މިލާމޯޅީވެފައިވާ ޖަންބުކުލައިގެ ކޯތާފަތް މައްޗަށް އޮހެމުން ދިޔަ ކަރުނަ ތިކިތައް ކަނާއަތުގެ ނުފުށުން ފޮހެލީމެވެ. މިއީ ހިތްވަރު އެލުވާލަންވީ ވަގުތު ނޫން ކަމަށާއި ހިތްވަރުކޮށް ކުރިއަށް ހިނގައިގަންނަންވި ވަގުތުކަން ހިތަށާއި ނަފްސަށް ވިސްނައިދެމުން ދިޔައީމެވެ. އަލަމާރި މަތީގައިވާ ކަޅުކުލައިގެ ދާގީނާ ނެގުމަށްފަހު، ތަޅުންގަނޑު މަތީގައި ބާއްވާ ހުޅުވައިލީމެވެ. އަހަރެން މަސައްކަތްކޮށްގެން ހޯދާފައިވާ އާމްދަނީން ގަނެފައިވާ ހުރިހާ އަންނައުނެއް އަހަރެން އެ ފޮށި ތެރެއަށް އެޅީމެވެ. އަދި ފާޒްގެ އަންނައުނުތައް ވެސް އެއަށް އަޅާ ފޮށި ބަންދުކޮށްލީމެވެ. އެނދުމަތީގައި […]
އަހަރެން ގޯތި ތެރެއަށް ނުކުގެން ދިޔައީމެވެ. އޭރު ފަޔާ ހުރީ އަށި ކައިރީގައި ފުރަގަހަށް އެނބުރިއެވެ. މަޑުމަޑު ހިނގުމެއްގައި ގޮސް އަހަރެން އަށީގެ ކަނާއަށްފަޅީގައި އިށީންދެލީ އެ އަތުން ލިބިދާނެ ޒަހަމްތަކަށް ނަފްސު ތައްޔާރުކޮށްގެންނެވެ. “ބުނިން ދޯ މަންމަ އާއި ރީތިކޮށް ވާހަކަދައްކައްޗޭ! މަންމައަކީ އަހަރެންގެ އެންމެ މުހިއްމު އަންހެނާއޭ! ކީއްވެތަ ނުވިސްނެނީ!” ފަޔާ އަހަރެންނަށް ބަލާލަމުން ބުންޏެވެ. “އަހަރެން މަންމަ އާއި ދިމާލަކަށް އެއްވެސް ބަހެއް ނުބުނަން. ކީއްކުރަން އަހަރެން ބުނަންވީކީ ވެސް. ފަޔާ އަޅެ […]
ނޫކުލައިން ފިޔާތޮށި ކުލައަކަށެވެ. ފިޔާތޮށި ކުލައިން އޮރެންޖު ކުލައަކަށެވެ. އޮރެންޖު ކުލަ ފަޑުވަމުން ގޮސް ކަޅު ކުލައަކަށެވެ. ފަޒާއަށް އަރައި ފައިބަމުން ދިޔަ ކުލަވަރަށް ބަލަން ވަށައި ފާރާއި އިންވެގެން ހުރި ޖޯލިފަތީގައި އަހަރެންނަށް އޮވެވުނީ ގެއްލިފައެވެ. އެއިން ކޮންމެ ކުލައަކުން ވެސް ބުނެދެނީ ތަފާތު ކަމެކެވެ. ކުރުވައިދެނީ ތަފާތު އިހްސާސެކެވެ. ހަމަ އެ ބީދައިން އިންސާނުންގެ ހަޔާތަށް އަންނަ ބަދަލުތަކުގެ ކުލަ އާއި ކުރެވޭ އިހްސާސް އާއި މުޅިން ތަފާތެވެ. ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭ ބަދަލުތަކަށް […]