Skip to content
އެސްފިޔަ

މާފު ކުރާށޭ ލޯބިވާ 1

“ޝާޝާ! އަވަސްކޮށްބަލަ. އެއޮއް ހަތަރެއް ޖެހީ” ލޯގަނޑު ކުރިމަތީގައި ހުރި ސަނާޝް ސިހުނީ ކޮޓަރި ދޮރު ހުޅުވާލަމުން އޭނާގެ އެންމެ ގާތް އެކުވެރިޔާ ޝޫރާ ވާހަކަ ދެއްކި އަޑަށެވެ. “މި ނިމުނީ އޭ ޝޫ” ސަނާޝް ހިނިތުންވެލާފައި ފޯނު ޖީބަށް ލަމުން ހިނގައިގަތެވެ. ހުދުކުލައިގެ ހުޑީ އަކާއި ނޫކުލައިގެ ޖީންސްއެއް ލާފައިވާއިރު އެއްވެސް މޭކަޕަކާއި ނުލައިވެސް ސަނާޝްގެ ރީތިކަން ފަނޑެއް ނުވެއެވެ. އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ އޭނާއަށް ލިބިފައިވާ މަޑުމުށިކުލައިގެ ކަޅިރަވަ އާއި މުށިކުލައިގެ އިސްތަށިގަނޑެވެ.

“ސާރާ ކޮބާ؟” ސަނާޝް ބޫޓަށް އަރަނިކޮށް ޝޫރާ އަހައިލިއެވެ. “ސާރާ ވީތަނެއް ނޭނގެ. ބޭރުގަ ކަންނޭނގެ” ދެކޮނޑު އަރުވާލަމުން ފަރުވާކުޑަގޮތަކަށް ސަނާޝް ބުނެލިއެވެ. އަދި އަވަސް އަވަހަށް ގެއިން ނުކުތެވެ. “ރިއަލީ ޝާޝާ؟ އެއީ ޝާޝާގެ ކޮއްކޮއޭ. ކީއްވެތަ ސާރާދެކެ ތިހާ ރުޅި އަންނަނީ؟” ޝޫރާ ސަނާޝްއާއި އަރާ ހަމަކުރަމުން އަހާލިއެވެ. “އަސްލު ބުނަން. އަހަރެން ސާރާދެކެ ރުޅިއެއް ނާންނަން. އެކަމަކު އޭނަ އުޅުނު ގޮތުން މިހިރީ ވަރަށް ދެރަވެފަ” ސަނާޝް އެހެން ބުނި އިރު އެއަޑުގައި މޮޅިވެރި ގޮތެއް ހުއްޓެވެ. “ސާރާ ކޮންގޮތަކަށް ތަ އުޅުނީ؟ އަަހަންނަކަށް ނޭނގެ ކުއްލިއަކަށް ޝާޝާއަށް ވެގެން ތިއުޅޭ ގޮތެއް” ޝޫރާ ހީވަނީ ސަނާޝް އެކަން ވީގޮތް ކިޔައިނުދެނީސް އެވާހަކަ ނުހުއްޓާނެހެންނެވެ. “އޯކޭ” ސަނާޝް ބުނެލިއެވެ. “އެކަމަކު ގެއަށް ގޮއްސަ ކިޔައިދޭން ވާނެ” ޝޫރާވެސް އެކަމާއި އެއްބަސްވިއެވެ. “ހޫމް ދެން ތިއެއް ނޫނޭ. ހިނގާ އައިސް ކްރީމް ބޮމާ” މާހައުލު އުފާވެރިކޮށްލުމަށް ޝޫރާ ބުނެލިއެވެ. ސަނާޝްވެސް ހީލަމުން ބާސްކިންރޮބިންސްއަށް ވަނުމަށް ހިނގައިގަތެވެ. ޝޫރާގެ ފަހަތުން ބާސްކިންރޮބިންސްއަށް ވަތް ސަނާޝް ސިހުނީ ފެނުނު މީހެއްގެ ސަބަބުންނެވެ. ސަނާޝްގެ ދެލޯ ކަރުނައިން ފުރިގެންއައިރު ޝޫރާގެ ދެލޮލުން ފެނުނީ ނަފްރަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. CHEEZ 🧀

    Wow v v reethi MA
    Alhey I thought sanaash akee boy eh kamah 🧑
    🤦‍♀️🤦‍♀️🤦‍♀️🤦‍♀️🤦‍♀️
    CW4THENEXTP

  2. Miss rose

    Thank you . sanaash is a girl 🥰 .
    Next part varah avahah IA.
    Eid Mubarak

    1. Cheex
      Miss rose

      EID MUBAARAK 💫🪻🌖✨️🎆🎊

  3. Anonymous

    Haadha lahun thi up kury may 6 ga eyy bunefa… Mi part maa kury

    1. Miss rose
      Anonymous

      Very sorry for the delay. Alhugandah vaahaka neren oy dhuvahu ge kuree dhuvahu influencer jehunee . dheyn alhugandu icu ah ves gendhiya. two weeks vandhen alhugandu othee hospital ga admit koffa. I Will try next part dhigu kolleveythow. Hope you like the story .🥰🥰
      Eid mubarak

  4. Anonymous

    Owhh.. Sorry to hear that 😭 Eid Mubarak ✨

  5. Exxo

    Wow.
    Luv the story 🤩🤩🤩

    1. Miss rose
      Exxo

      Thank you glad you like the story. Eid mubarak .🥰🥰

Comments are closed.