Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހުރެ ލޯބިވެވުނީ 1

shav
shav Level 1
April 18, 2026 2 Mins Read
18 Comments

މެންދުރުގެ އެންމެ އަވިގަދަ ވަގުތެވެ. ރަށުގެ ސްކޫލު ދޮށުގައި ބައިބަޔަށް ބެލެނިވެރިން ތިއްބެވެ. އެމީހެއްގެ ދަރިފުޅު ޖީސީ ހޯލުން ނުކުންނާނެ އިރަކަށެވެ. މިއަދަކީ އޯލެވެލްގެ އެންމެ ފަހު ޕޭޕަރުއޮތް ދުވަސް ކަމުން ހުރިހާ ބެލެނިވެރިން ވެސް ތިބީ އައިހެވެ. އެމީހެއްގެ ދަރި 10 އަހަރު ކުރި މަސައްކަތަށް ނިމުމެއް އަންނަތަން ބަލަން ބޭނުން ނުވާނީ ފަހެ ކާކު ހެއްޔެވެ؟

ވަގުތު ޖެހުމުން ހުރިހާ ދަރިވަރުން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓާލުމަށް ޖީސީ ހޯލުގެ ޗީފް އިންވިޖިލޭޓަރ ބުންޏެވެ. މިއަޑަށް ހުރިހާ ދަރިވަރުން ވެސް އެމީހެއްގެ ގަލަންތައް ތިރި ކޮށްފިއެވެ.

ހޯލުގެ އެންމެ ފަހަތު ބަރީގެ އެންމެ ކަނާއަތަށް އިން އިނާރާ ވެސް ގަލަން މޭޒުގައި ބާއްވާ ހަމަޖެހިލިއެވެ. އޭރު އެހިތް ދިޔައީ އުދުހެމުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވާނީވެސް އެހެންތާއެވެ. މިއަދު އޭނާ އެ ނަރަކައެއް ފަދަ ސްކޫލުން ސަލާމަތް ވަނީއެވެ. އުފާ ނުވާންވީ ސަބަބެއް ނެތެވެ.

ޖީސީ ހޯލުން އިނާރާ ނުކުމެފައި އެންމެ ފުރަތަމަވެސް ބެލީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ނުވަތަ މިޒަމާނުގެ ބަހުން ބުނާނަމަ “ބެސްޓު ފްރެންޑު” ހޯދޭތޯއެވެ. އަދި އެކުވެރިޔާ ފެނުމުން ދިޔަ ގޮތަށް ގޮސް އެކުއްޖާ ގައިގައި އޮޅުލައިގަތެވެ. ”އޯއެމްޖީ ވިނީ. އަމް ސޯ ހެޕީ. ފައިނަލީ މައި ޑްރީމް އިޒް ފުލްފިލްޑް. މި ނަރަކިން ސަލާމަތްވި. އާހް. އައި ފީލް ސޯ ފްރީ“ ޔޫވީން ގެ ގައިގައި އޮޅުލަމުން ފުންމަމުން އިނާރާ ބުނެލިއެވެ. ”އައި ނޯ ރައިޓް. ދިސް ޕިގް ފާމް އިން މި ސަލާމަތްވި ހާދަ ދުވަހެއް ފަހުންނޭ. އަމް ސޯ ހެޕީ“ ޔޫވީން އިނާރާގެ ގައިގައި ބައްދާލަމުން މަޑުމަޑުން ބުނެލިއެވެ. އަދި ދެމީހުން އެކީ އެހެން ކުދިންނެކޭ އެއްފަދައިން ސްކޫލުން ނުކުންނަން ދިޔައެވެ.

ސްކޫލު ގޭޓުން ދެކުދިންނަށް ނުކުމެވުމާއެކު ދެން ފެނުނީ ޔޫވީންގެ ކޮއްކޮ ޔޫމީން އައިސް ޔޫވީންގެ ގައިގައި ބައްދާލަމުން ”ކޮންގްރެޓްސް ދޮންތީ“ އޭ ބުނެލި ތަނެވެ. އަދި ޔޫވީން ގެ މަންމަ ވިދާދް އާއި ބައްޕަ ޔާމީން އައި ތަނެވެ. އެއާއެކު އިނާރާ އެމީހުންނަށް ހިނިތުންވެލާ ޔޫވީންގެ ގާތު ދަނީ ކަމުގައި ބުނެ ދުރަށް ހިނގައިގަތެވެ. އޭނާގެ ބައްޕަ ނާޒިމް އޭނާ ބަލާ އަންނާނަމޭ ބުނުމުން ބައްޕަ ހޯދުމުގެ ނިޔަތުގައެވެ.

އެތާނގައި ތިބި އެހެން ކުދިންނާ އިނާރާ ތަފާތެވެ. އެހެންކުދިންގެ އާއިލާ އާއި އެކުވެރިން އެކީ އެކުދިން ބަލާ އަޔަސް އިނާރާގެ ހުރީ ބައްޕަ އެކަންޏެވެ. ސަބަބަކީ އޭނާގެ މަންމަ އިޝާރާ އަކީ ޖީސީ ހޯލުން ބޭރުގައި ހުންނަ އިންވިޖިލޭޓަރަކަށް ވެފައި، ދޮންބެ އިޝާން ހުރީ މާލޭގައި ކަމަށްވާތީއެވެ. އަދި އޭނާގެ ގިނަ އެކުވެރިން ތިއްބަސް އޭނާއާ އެހާ ގާތްކޮށް އުޅޭ ހަމައެކަނި މީހަކީ ޔޫވީންއަށް ވީމައެވެ.

މީހުންގަނޑު ތެރެއިން ފުރޭނިގެން ސައިކަލުތައް ހުރި ދިމާލަށް ދިޔަ އިނާރާ އަށް އޭނާގެ ބައްޕަ ފެންނަ ގޮތެއް ނުވިއެވެ. އެހެންކަމުން ސްކޫލު ދޮރުމަތީގައި ތިބި އޭނާގެ ކުލާސް ކުދިންނާއި އެކުދިންގެ ބެލެނިވެރިންތަކާ ދިމާލަށް އަނެއްކާވެސް އިނާރާ ދިޔައެވެ. އޭނާގެ ބައްޕަ ހުރިތޯ ބެލުމުގެ ނިޔްތުގައެވެ. ނަމަވެސް ވީ ކަމެއް ހަރާމެވެ. މީހުންތައް މދުވަމުން ގޮސް އެންމެ ދިހަވަރަކަ މީހުންނަށްވި އިރުވެސް އޭނާއަށް ބައްޕައެއް ނުފެނުނެވެ. އެއާއެކު ބައްޕަ އޭނާ ބަލާ ނާންނަނީކަން އޭނާއަށް ޔަގީން ކުރެވުނެވެ. އެހެންކަމުން ދެން އޭނަ ހިނގައިގީ ގެއަށް ދާށެވެ.

ގެޔަށް ދިޔަ މަގުމަތީގައި އިނާރާގެ ހިތަށް އަރަމުން ދިޔައެވެ. ”އެހެންކުދިންގެ އާއިލާ އެއްކޮށް އައިސް ތިބި އިރު އަހަރެންގެ އެކަކުވެސް ނާދެ. އެންމެ ކުޑަމިނުން ބައްޕަ އަންނާނަމޭ ބުނެފަވެސް ނައި. އަހަރެންގެ މި އުފާވެރި ދުވަހުވެސް އެއްވެސް މީހެއް ނައި. އަހަރެން ހާދަ ބަދުނަސީބޭ.“ މިހެން ހިތަށް އަރަމުން ދިޔައިރު އޭނާގެ ރީތި މުށިކަންގަދަ ބޮޑު ދެލޯ ކަރުނުން ފުރުނެވެ. ކަރުނަތަށް ފޭބިޔަ ނުދޭން އެ ފިޔާތޮށި ކުލައިގެ އެ ތުންފަތުގައި ދައިގަންނަމުން އޭނާގެ ފިޔަވަޅުތައް އަވަސް ކޮށްލިއެވެ.

10 މިނެޓު ފަހުން ގެއަށް އައި އިނާރާއަށް ހައިރާން ކަމެއް ލިބުނީ ގޭގެ ދޮރުމަތީގައި ހުރި ފިރިހެން ފައިވާނުންނެވެ. ހަމަ ގިމުވެސް އެއީ އޭނާގެ ބައްޕަގެ ފައިވާނެއް ނޫނެވެ. އެއީ ކާކުގެ ފައިވާނެއް ބާވައޭ ހިތަށް އަރާ ހާލު ގޭގެ ދޮރު އިނާރާ ހުޅުވިއެވެ. ދެން ފެނުނީ އޭނާ ހަޅޭއްލަވައިގަނެފައި އަތުގައި ހުރި ގަލަންތަކާއި އެހެން ހުރިހާ އެއްޗެއް އުކާލި މަންޒަރެވެ.

 

މިއު އަޅުގަނޑު ލިޔާ ފުރަތަމަ ވާހަކަ ކަމުން ކުށް ހުރެދާނެއެވެ. ކުށެއް ފެނިއްޖެނަމަ ނުވަތަ އިސްލާހު ކޮށްލަން ޖެހޭ ތަނެއް ފެނިއްޖެ ނަމަ ކޮމެންޓު ސެކްޝަނުގައި އެވާހަކަ ބުނެލުމަކީ އަޅުގަނޑުގެ އެދުމެކެވެ.

މިބަޔަކީ ހުރިހާ ކިޔުންތެރިންނަށް ޝައުގުވެރި ބައެއް ކަމަށް އުންމީދުކުރަން💗💜,

ޝަވް.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shav
Follow Me Written By

shav

Level 1

Just a simple girl who fell in love with reading stories which lead to try writing 💗💜

Other Articles

Previous

މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް (19 & 20 & 21)

Next

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި (އ/ނ)

Next
April 18, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި (އ/ނ)

Previews
April 18, 2026

މި ހަމަހިމޭންކަން…ހިލަމެއް އެބަވޭ މަށަށް (19 & 20 & 21)

18 Comments!

  1. Shaba_17 says:
    April 18, 2026 at 2:26 pm

    Wauu Wauu Mi part vrh Reethi MA! 💗
    I feel so bad for you inaara 😭😭
    I think inaara bro ge faivaan kanne eii… 🤔
    Suprise eh dhinee hen heevany bodah… 😀
    Curiously waiting for the next part When’s next?
    Lysm & Tc shavv💗

    1. shav shav says:
      April 18, 2026 at 5:11 pm

      Awwwh thank youu
      Samee i feel bad for her too
      Vedhaane inaara ge dhonbe ge faivaan kamah ves. Lets see dhw
      Next part monday or tuesday ga genesdheveytho balaanan inshallah
      Lysm too shaba 💗💜

  2. N0nni_77 says:
    April 18, 2026 at 5:13 pm

    Maasha allah.
    Mi prt vs vrh reethi.
    When next sissy??
    Tc n lysm

    1. shav shav says:
      April 18, 2026 at 7:11 pm

      Thanks nonnii
      Inshallah monday or tuesday
      Lysm too and tc 💜💗

  3. Heesu says:
    April 18, 2026 at 7:03 pm

    Eyy engene eh thr??
    My jake, niki n sunghoon eyyyyy.!!!

    1. shav shav says:
      April 18, 2026 at 7:11 pm

      Hehe yh I’m an engene

  4. Someone says:
    April 18, 2026 at 8:23 pm

    Woww..mi prt vrh vrh reethi..vrh kiyaa hithun kiyaali vx..when nxt?

    1. shav shav says:
      April 19, 2026 at 8:03 pm

      Awwh thank youu 💓
      Next part inshallah tonight or tmr submit kollaanan

  5. Shyyyms Shyyyms says:
    April 18, 2026 at 10:12 pm

    Wowww. Vvvv salhi igey. Vvv kiyaa hithun mi kiyaa levunii.

    I wonder what Inaaraa saw dhoru hulhuvaalithanaa. So curious 🧐. Haha.

    Can’t wait for the next episode, my fav.🩷🫶🏻

    Love uuuu🩷
    Take care 😘

    1. shav shav says:
      April 19, 2026 at 8:04 pm

      Haha thankss siss
      Next part ga ingeyne inaara ah fenuni koahchekkan 🤭
      And love you moree and tcc 💜💗💓

  6. Shiu says:
    April 18, 2026 at 10:28 pm

    Mi part varah reethi Masha Allah 🤩
    Inaara haadha dhera vaaane ey dhw 😢
    First story aaa balaafa varah rangalhu ingey, Masha Allah Keep on shining 🌟
    Appreciate your hard work 💪
    Omggg Engene spotted 😁 I’m an Engene toooo who’s your bias btw???
    Anyways curiously waiting for the next partt…
    Lyy Shavv 💕

  7. Mrs. GenZ says:
    April 19, 2026 at 3:40 pm

    Hellow, i know who you r and you should know me too. We were friends before, and its been ages since we have been in touch..

    This story is going pretty good. I like how its going.
    So curious to know who it was..

    1. shav shav says:
      April 19, 2026 at 8:20 pm

      Idk who you are but thankss 😊🫶
      Stay tuned for the next ep 💗💜

  8. shav shav says:
    April 19, 2026 at 8:07 pm

    Thankssss 💗💜
    Yhhh she was sadd but now ig she ok 🤔
    Ooh my bias is jungwon 🤭😭
    Stay tuned for the next ep
    Inshallah mirey or tmr submit kollaanan
    💜💗

    1. shav shav says:
      April 19, 2026 at 8:07 pm

      This is for shiuu 😭🫶

    2. Shiu says:
      April 19, 2026 at 8:47 pm

      Oooh, mine is Jayyyyyyy, hehe 😁

  9. Princess_112 says:
    April 20, 2026 at 4:59 pm

    Mi part vrh reethi… Kiyaa Hithun Kiyaali vx
    Can’t wite for the next part
    Lysm Tc 🖤🎀

  10. Lamtty Lamtty says:
    April 21, 2026 at 8:32 pm

    Very interesting ❤️

Comments are closed.

Next Episodeނޭނގި ހުރެ ލޯބިވެވުނީ 2←


All Right Reserved!