Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންސާފް (ފަންސަޔާޅީސްވަނަ ބައި)

Aayaa
Aayaa Level 410 Stories100 Login100 Comments
May 16, 2026 10 Mins Read
17 Comments

ގަރާޖުގެ ތެރެއަށް ނިކުމެވުމާއެކު ޔަޒްދާންއާ މަންހަލްގެ ފިޔަވަޅުތައްވެސް ހުއްޓުނެވެ. ބޯ ދިގުކޮށްފައި ތިބި ބިޔަ ދިހަ ފިރިހެނުން އެމީހުންގެ ކުރިމަތީގައި ތިއްބެވެ. ޔަޒްދާން ވަގުތުން މަންހަލްގެ ކުރިމައްޗަށް އަރައިފިއެވެ. ޔަޒްދާންއާ މަންހަލްގެ އަތް މަހާލެވިފައި ވީއިރު ފަހަރަކަށްވުރެ ފަހަރެއް އޭނާގެ އަތަށް ބާރުކުރަމުންދާކަމުގެ އިހުސާސް މަންހަލްއަށް ކުރެވުނެވެ. މަންހަލް އަނެއް އަތުން ޔަޒްދާންގެ އަތުގައި ހިފަހައްޓާލިއެވެ.

“އަފްރާ ކޮބާ؟” ޔަޒްދާން ސުވާލުކުރިއެވެ. އެއްވެސްމީހަކު އެއްވެސް އެއްޗެއް ނުބުންޏެވެ.

އެމީހުން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. ޔަޒްދާން އާއި މަންހަލް ފަހަތަށެވެ.

“އެންމެ ރަނގަޅު. އަހަރެން ވާހަކަދައްކާނަން އަފްރާއާ.. އޭނާ ކައިރީ ބުނޭ އަންނާށޭ..” ޔަޒްދާން ބޭނުންވީ ވާހަކަދައްކައިގެން ކަންކަން ހައްލުކުރާށެވެ.

“މަތީ ކޮޓަރިއަށް ދޭ..” އެތަނުން މީހަކު ބުންޏެވެ.

ޔަޒްދާން ފަހަތަށް އެނބުރި މަންހަލްއަށް ބަލައިލިއެވެ. ދެލޯ މަރާލާފައި ބޯ ޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނުމުގެ ގޮތުންނެވެ. ދެމީހުން އެކުގައި މަޑުމަޑުން ސިޑިން އަރަން ފެށިއެވެ. އެންމެ މައްޗަށް އެރުމާއެކު އެއްކަލަ މީހާ ފިރުކިފައި ސިޑި ކައިރިއަށް އަންނަން މަސައްކަތް ކުރަނީއެވެ. އެމީހާ ކައިރިން ލާފައި ދެމީހުން ގޮސް ބިއްދަށުގައި ހުރި ކޮޓަރިއަށް ވަނެވެ.

“ޔަޒްދާން..” މަންހަލްގެ އަތް ޔަޒްދާން މޫނާއި ދިމާއަށް ހަރަކާތް ކުރިއެވެ. ޔަޒްދާން ބޯ ދުރަށް ޖައްސާލީއެވެ.

“ތަދެއް ނުވެއޭ. އޯކޭވާނެ. މަންހަލް ކަންބޮޑުނުވައްޗޭ..” މަންހަލް ތިރިކޮށްލި އަތުގައި ހިފަހައްޓާލަމުން ޔަޒްދާން ބުންޏެވެ.

“އަހަރެންނަށް ކަމެއް ވެއްޖެއްޔާ ޔަޒްދާން އަހަންނަށް ކިހާ އަޅާލާ. އަހަރެން ވެސް ޔަޒްދާންއަށް އެފަދައިން ކަންތައް ކޮށްދޭން ބޭނުމޭ..” މަންހަލް އާދޭސްކޮށްލިއެވެ.

“އަހަންނަށް ކަމެއް ނުވެޔޭ.. އެހެން ނޫނަސް އެއްކަލަ އިރު ވަޅި ހެރިގެން އުޅުން އިރު އަހަރެންގެ ހުރިހާ ކަމެއް ކޮށްދިނީ ހަމަ މި ދެއަތުންނެއްނު..” މަންހަލްގެ ލޮލާ ލޯ ސީދާކޮށްގެން ހުރެ ޔަޒްދާން ބުނެލިއެވެ. “މަންހަލް ބުނެބަލަ. މަންހަލްއަށް ކިހިނެއް ހެދީ އޭނަ؟”

“ލޯންޗަށް އަރުވައިގެން މިތަނަށް ގެނައީ އެއްނު. އެއްވެސް ކަމެއް ނުކުރެއޭ އަހަރެންނަކަށް..” މަންހަލް ހިނިތުންވާން މަސައްކަތް ކުރިއެވެ. ޔަޒްދާންވެސް ހިނިތުންވެލާފައި މަންހަލް ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ.

“އަހަރެން.. އަހަރެން ޔަޒްދާން ދެކެ..” މަންހަލް ބުނަން ފެށި ބަސްތަކުން ޔަޒްދާން، މަންހަލް އޭނާގެ ގަޔާއި ދުރުކޮށްލިއެވެ. ޔަޒްދާންގެ ނަޒަރު އެމޫނަށް ހުއްޓުމާއެކު އޭނާ އިސްދަށަށް ޖަހާލިއެވެ. ދެއަތުން އެކުޑަ ކުޑަ މޫނުގައި ދެފަރާތުން ހިފާލާފައި އުފުލާލި އިރު މަންހަލް ޖުމްލަ ފުރިހަމަކުރާ އަޑުއެހުމަށް އޭނާ ކެތްމަދުވެއްޖެއެވެ.

“އަހަރެންދެކެ…؟؟” މަންހަލް އެއްޗެއް ނުބުނާނެހެން ހީވުމުން ޔަޒްދާންއަށް ބުނެވުނެވެ.

“އަހަރެން.. އަހަރެން ޔަޒްދާންދެކެ.. ލޯބިވޭ…” ސިކުންތުކޮޅަކަށް ޔަޒްދާންގެ މޫނަށް ބަަލައިލާފައި އޭނާ ނަޒަރު ވަކިކޮށްލިއެވެ. އޭރު އެ މޫނުމައްޗަށް ރަތްކަން ވެރިވެފައިވިއެވެ. މަންހަލްގެ ލަދުވެތި ހަރަކާތްތަކުން ޔަޒްދާންގެ ހިތް ލޯބިން ފުރެއެވެ.

“ނުބަލަބަލާ..” ޔަޒްދާންގެ މޭގައި ޖަހާލަމުން މަންހަލް ބުނެލިއެވެ.

“އަހަރެންވެސް. އަހަރެންވެސް މަންހަލްދެކެ ވަރަށް ލޯބިވޭ..” މަންހަލްގެ މޫނާ ކައިރިވެލާފައި ޔަޒްދާން ބުންޏެވެ. އޭނާގެ އަޑުގައި ޔަގީންކަންވިއެވެ.

ސިހިފައި ދެމީހުންނަށްވެސް ދުރަށް ޖެހިލެވުނީ ހައިހީލްސްއެއްގެ އަޑު ދުރުން އިވެން ފެށުމުންނެވެ. މަންހަލްގެ އަތުގައި ހިފާލާފައި ޔަޒްދާން އެއަތަށް ބާރު ކޮށްލިއެވެ.

“ކަޕްލް ޓައިމް ނިމިއްޖެއްޔާ މީގަ ސޮއިކުރޭ.. ހުރިހާ ކަމެއް ނިމޭނެ..” ކޮޓަރި ދޮރުން ވަތް ގޮތަށް އަފްރާ ބުނެލިއެވެ. ރަށުގައި ލައި އުޅުނު ދިގު ހެދުންތަކުގެ ބަދަލުގައި އޭނާ ލައިގެން ހުރީ ގަޔަށް ބާރު، ރަތްކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމެކެވެ. އަރައިގެން ހުރި ރިހި ކުލައިގެ އުސްކުރީގައި ހަމަ އެކުލައިގެ ވިދާ އެސްކޮޅުތަކެއް ތަތްކުރެވިފައިވިއެވެ. އޭނާގެ ބުޅި އިސްތަށިގަނޑު އޮތީ ފަހަތަށް ގެންގޮސް ހުޅިއެއް ޖަހާފައެވެ. ގަދަޔަށް މޭކަޕް ކޮށްފައިހުރި މޫނަށް އިސްތަށިކޮޅެއް ވައްޓާލާފައި އޮތެވެ. އަފްރާ ފެނުމާއެކު ޔަޒްދާން އިސްދަށަށް ޖަހާލިއެވެ. އެއްފަހަރު ޔަޒްދާންއަށް އަނެއް ފަހަރު އަފްރާއަށް ބަލައިލި މަންހަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ޔަޒްދާންއާ އިހުނަށްވުރެ ގާތްވެލިއެވެ.

މޫނުމަތިން ނުރުހުމުގެ ކުލަ ދައްކާލާފައި އަފްރާ އަތުގައި އޮތް ފައިލް ޔަޒްދާންއަށް ދިއްކޮށްލިއެވެ. އެ ފައިލުގައި ހިފާފައި ޔަޒްދާން އޭގެ ތެރޭގައި އެންމެ ކުރިއަށް ފެންނަން އޮތް ގަނޑަށް ބަލައިލިއެވެ.

“ވަރިއަށް އެދޭ ފޯމް..” ޔަޒްދާން އާއި މަންހަލް އެކަކު އަނެކަކަށް ބަލައިލިއެވެ. މަންހަލްގެ މޫނުމަތިން ހާސްކަން ފާޅުވެލިއެވެ.

“އަފްރާ! އަހަރެން މަންހަލް ވަރިއެއް ނުކުރާނަން.” ޔަޒްދާން އަޑުގައި ނުރުހުންވިއެވެ.

“ކޮންމެވެސް ގޮތެއް ޗޫސްކޮށްބަލަ ދެން.. އޭނާ ވަރިކުރުން ނޫނީ އޭނާއާ އަބަދަށް ވަކިވުން..” އަފްރާގެ ވާހަކައިން މަންހަލްގެ ދެލޯ ބޮޑުވިއެވެ. މޭގަނޑު ނެގިނެގިފައި ޖެހެން ފެށިއެވެ.

“އަފްރާ. ސްޓޮޕް ބީން ރިޑިކިލަސް.” ޔަޒްދާން ބުނެލިއެވެ.

“ވިސްނަން ދެވިދާނެ ކުޑަ އިރުކޮޅެއް..” އަފްރާ ދެކޮޅަށް ހިންގަން ފެށިއެވެ.

“ތިކުރެވޭ ކަންތައް އެބަ އެނގޭތަ؟” ޔަޒްދާން ސުވާލުކޮށްލިއެވެ.

“ހެވޭ. އެއްވެސް މީހަކަށް އަހަރެން ކުރާ ކަމަކާ ނުބެހެވޭނެ. އަހަރެންގެ ފަހަތުގައި އަހަރެންގެ މަންމައާއި ބައްޕަ އަބަދުވެސް ތިބޭނެ. އެމީހުން އަހަންނަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނެ.” އަފްރާގެ މޫނުމަތީގައި ބިރުވެރިކަމެއް ނެތެވެ. ބައެއް މީހުން ކުށްތަކަށް އަރައިގަންނަ އިރު ހަމަ އެއްވެސް ވަރެއްގެ ޖެހިލުމެއް ނުވަނީއެވެ. ކުރެވޭ ފާފައިގެ ބޮޑުކަމާއި ލިބިދާނެ އަޒާބަށް ބިރުވެތި ނުވަނީއެވެ. “އެނގޭތަ، އަހަރެން ޓިޕްސް ނެގީ ޝަފް ދައްތަ ކައިރިން. މަންހަލްގެ ވާހަކަ އަޑު އިވުނީމަ ވަރަށް ދެރަވި. އެކަމަކުވެސް ބޭނުންވާ އެއްޗެހި އަބަދުވެސް އަހަންނަށް ލިބުމަށް އާދަވެފަ ހުރީމަ ކުރެވޭނެ ކަމެއްނެތް. އަހަރެން މީ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ކުއްޖާ ވީމަ އަބަދުވެސް އަހަރެން ބޭނުންވާ އެއްޗެހި ހޯދައިދޭނެ. މިހާ ބޮޑުވާ އިރަށް އެކަންތައްތަކަށް އާދަވެފަ ދޯ ހުންނާނީ. އާދަވެފަ ހުރި ކަމަކާ ދުރުވުން އެއީވެސް ފަސޭހަކަމެއް ނޫންތާ!”

“އައިޝާ، ހުއްޓާލާ… ލޯބިނުވާ މީހަކާ އެކު ކިހިނެއް އުޅެންތަ ތިވިސްނަނީ؟ އެއްފަހަރުވެސް އޭނާ ލޯބިން އައިޝާއަށް ބަލައިލާނެތަ؟ ކަމެއްވީމަ އަޅާލާނެތަ؟ ލޯބިން ހަދިޔާއެއް ގަނެދޭނެތަ؟ އައިޝާ ހިތް ފުރޭ ވަރަށް ލޯބި ދެވޭނެތަ؟ ނުދެވޭނެ އެއްނު! ސިކުނޑީގައި ތެތްކަމެއް ނެތް މީހަކު ނޫނީ އެކަހަލަ ހިޔާލެއް ނުކުރާނެ. އައިޝާއަށް ކެތްވާނެތަ އޭނާ ބަހައްޓާ ދުރުމިނަށް؟ އޭނާ ހުރީ އުފަލުގަ ނޫންކަން އެނގިހުރެ އުފަލުގަ ހުރެވޭނެތަ؟ ޝަފްނާ އެހެން ހުރެގެން އޭނާއަށް ލިބުނު އުފަލެއް އެބޮތްތަ؟ ބައްޕަގެ ލޯބި ދުވަހަކުވެސް އޭނާއަށް ލިބުނުތަ؟ އައިޝާ، ތިއީ ކިޔަވައިގެން ހުރި މޮޅު ކުއްޖެއް، ވިސްނުން ތޫނު ކުއްޖެއް. ކުރިމަގު އުޖާލާ ކުރެވޭތޯ ބަލާބަލަ. ތިއީ ރީތި ކުއްޖެއް. އައިޝާ ދެކެ ލޯބިވާނެ ކިތަންމެ މީހުންނެއް ލިބޭނެ. ފަހަރެއްގައި ޔަޒްދާންއަށްވުރެ މާ ރަނގަޅު މީހެއްވެސް ލިބިދާނެ އެއްނު. ބައެއްފަހަރު ބޭނުންވާ ހުރިހާ އެއްޗެއް ނުލިބޭނޭ. ހަގީގަތް ގަބޫލުކޮށްބަލަ. އެހެންމީހުންގެ އުފާތަކަށް ހުރަސް އަޅާ މީހަކަށް ނުވެބަލަ. ބަލާ، ޔަޒްދާން ހުރީ އަހަރެންނާއެކު އުފަލުންނޭ، އަހަރުމެން އެކަކު އަނެކަކު ދެކެ ލޯބިވަން، މި ބަނޑުގައި މިއޮތީ އޭގެ ނިޝާން.. ޕްލީޒް..” މަންހަލް އަފްރާގެ ކައިރިއަށް ޖެހިލިއެވެ. ޔަޒްދާން ހީކުރީ މަންހަލްގެ ވާހަކަތަކުން އަފްރާގެ ހިތަށް ކޮންމެވެސް ވަރެއްގެ ރަހުމެއް ވަންނާނެކަމަށެވެ.

ޔަޒްދާން ހުރީ އަފްރާއާއި މަންހަލްއަށް ބަލާށެވެ. އަފްރާގެ ޖަވާބަކަށް އިންތިޒާރު ކޮށްގެންނެވެ. ކުއްލި ހަރަކާތަކާއެކު ޔަޒްދާން މަންހަލްގެ ގައިގައި ހިފަހައްޓާލާ ކަކޫ މައްޗަށް ތިރިވެލިއެވެ. އިވުނު ބާރު އަޑުފަށްގަނޑާއެކު މަންހަލްގެ ބާރު ހާޅޭކުގެ އަޑު ވެސް އިވުނެވެ. އަފްރާގެ އަތުގައި ކުރިން މަންހަލް އިށީނދެ އިން ލަކުޑި ގޮނޑި އޮތްއިރު އޭގެ އެއް ފައިގަނޑު އޮތީ ބިންދައިގެން ގޮސް ދުރަށް ވެއްޓިފައެވެ.

“ޝަޓް އަޕް. ޝަޓް އަޕް.. އަހަރެންގެ ބޮލަށް ވަސްވާސް އަޅައިދޭނެ ކަމެއްނެތް.. ޝަޓް އަޕް..” ޔަޒްދާންގެ އަތުތެރޭ އޮތް މަންހަލްއާ ދިމާއަށް އަފްރާ ހަޅެއްލަވައިގަތެވެ.

ޔަޒްދާންގެ މޫނަށް ބަލަހައްޓައިގެން މަންހަލް އޮތް އިރު އޭނާގެ ދެލޯ ފެންކަޅި ވެއްޖެއެވެ. މާނޭވާ ލަމުން އޭނާ ބޯ ހިއްލާލާ ބަނޑުގައި އަތް ޖައްސާލިއެވެ. ގޮނޑިން ޖެހުނު ހިސާބުގައިވީ އައްސިކަން ކެނޑި ރިހުން ގަދަވާން ފެށިއެވެ.

“ޔަޒްދާން.. ބޭބީ..” މަންހަލްގެ އަނގައިން އާހެއްގެ އަޑު ބޭރުވިއެވެ. ހިމޭން ކަރުނަތައް އޭނާގެ ދެލޮލުން ފައިބަން ފެށިއެވެ.

“މަންހަލް..” ޔަޒްދާން މަންހަލްގެ ލޮލުން އައި ކަރުނަތައް ފުހެދޭން މަސައްކަތް ކުރިއެވެ. އޭނާގެ ހިތާއި ސިކުނޑި ނުތަނަވަސްކަމުން ވަށާލިއެވެ.

“އެންމެ ރަނގަޅު. އަހަރެން.. އަހަރެން މަންހަލް ވަރިކުރާނަން. އެކަމަކު މިވަގުތު މަންހަލް ހޮސްޕިޓަލަށް ގެންދިޔަ ދީ.. ޕްލީޒް..” ޔަޒްދާން އަފްރާގެ މޫނަށް ބަލައިލިއެވެ. އަފްރާ ހުރީ މަންހަލްއަށް ބަލާށެވެ. ހުއްޓުން އަރާފައެވެ. ޔަޒްދާން ދެއްކި ވާހަކަ އޭނައަށް އިވުނު ހެންނެއް ހިޔެއް ނުވެއެވެ.

އަފްރާއަށް ގޮވާލަން އުޅެފައި ވެސް ޔަޒްދާންއަށް  ސަމާލުކަން ދެވުނީ މަންހަލްއަށެވެ. ޔަޒްދާންގެ އަތަށް ބާރަށް އޭނާ ފިތާލިއެވެ. ބަނޑުގައި އަޅަމުންދާ ވޭނަށް ކެތްކުރަން އުނދަގޫވެގެން އުޅޭކަން އޭނާގެ މޫނުމަތި ހެކިދެއެވެ. ލުއި އާހުތައް މަޑު ހަޅޭކުގެ އަޑަށް ބަދަލުވިއެވެ. ރޮވެމުން ދިޔަ ހާލު މަންހަލް އަނެއްކާވެސް ބޯ ހިއްލާލާ ބަނޑުކޮޅަށް ބަލައިލިއެވެ. ފަހަރަކަށް ވުރެ ފަހަރެއް ބަނޑުގެ ރިހުން ދިޔައީ ގަދަވަމުންނެވެ. ހިނދުކޮޅަކަށް ރިހުން ކެނޑިފައި އިހުނަށްވުރެ ބޮޑަށް ރިހުން ގަނޑު އާދެއެވެ.

“ޔަޒްދާން. ޔަޒްދާން…” މަންހަލް ޔަޒްދާންއަށް ގޮވިއެވެ. އޭނާއަށް ފިނި އެއްޗެއްގެ އިހުސާސް ކުރެވުނެވެ. ލައިގެން ހުރި ހެދުން ކުޑަކޮށް މައްޗަށް ނެގިއެވެ. ނޫ ކުލައިގެ ޓައިޓް ހަރުވާޅުގައި ލޭ ހޭކިފައި ހުރިތަން ފެނުމާއެކު ދެމީހުންނަށް ވެސް އެކަކު އަނެކަކަށް ބަލައިލެވުނީ ހާސްވެފައެވެ.

“ޔަޒްދާން..” ތުރުތުރުލާ އަޑަކުން ޔަޒްދާންގެ ނަމުން ގޮވާލަމުން މަންހަލް އިހުނަށްވުރެ ބާރަށް ރޮއެގަތީއެވެ.

ޔަޒްދާންގެ ހިތުގެ ވިންދު ހުއްޓުންހެން ހީވިއެވެ. ނޭވާ ތާށިވިއެވެ. އެހެނަސް އޭނާ އެއިހުސާސްތައް ފޮރުވިއެވެ. މަންހަލްއަށް ޓަކައި ހިތްވަރު ކުރިއެވެ. މަންހަލް އަތް ދަނޑި މައްޗަށް ނަގަމުން އޭނާ ކޮޅަށް ތެދުވިއެވެ. ވަށައިގެން ބަލައިލި އިރު އަފްރާ ފެންނާކަށް ނެތެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފާ އޭނާ އަވަސް އަވަހަށް ކޮޓަރިން ނިކުމެ ސިޑިން ފައިބަން ފެށިއެވެ. އޭރު ގަރާޖު ތެރެއިން ބައެއްގެ އަޑު އިވެއެވެ.

ޔަޒްދާންއަށް ގަރާޖު ދޮރާ ހިސާބަށް ނުދެވެނީސް އެދޮރު ހުޅުވާލައިފިއެވެ. ކުރިމަތިން ފުލުސް ޔުނީފޯމް އަޅައިގެން ހުރި މީހެއް ފެނުމާއެކު އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

“ޝީ އިޒް ޕްރެގްނަންޓު. އެންޑް ލޫސިން ބްލަޑް.” ޔަޒްދާން މާނޭވާ ލަމުން ބުނެލިއެވެ.

“އެމްބިއުލާންސް އެބޮތް. ރެޑީގަ.” އެ ފުލުސް މީހާ ޔަޒްދާން ނިކުތުމަށް ތަން ދެއްކިއެވެ. އޭނާއާއި އިތުރު ފުލުސް މީހެއް ޔަޒްދާން އާއެކު އެމްބިއުލާންސް އާއި ހިސާބަށް އައެވެ. ވަށައިގެން ހިނގާ ކަންކަމަށް ސަމާލުކަންދެވޭ ވަރަށް ވުރެ އޭނާގެ ހިތްވަނީ އަވަސްވެފައެވެ.

އެމްބިއުލާންސްގައި މަންހަލްއަށް އަވަސް ފަރުވާދޭން ފެށުނެެވެ. ފަހަރަކަށް ވުރެ ފަހަރެއް އޭނާގެ ރުއިން ވަނީ އިތުރެވެ. މަންހަލްގެ އަތުގައި ބާރަށް ހިފަހައްޓާލައިގެން އިންއިރު ޔަޒްދާންއަށް މަންހަލްގެ ހެދުން ލެޔާ ތަތްތެޅެމުންދާ މަންޒަރު ފެނެއެވެ.

“ބްލަޑް ގްރޫޕް؟” އެމްބިއުލަންސް ގައި އިން ކުއްޖާ ސުވާލުކުރި އަޑަށް ޔަޒްދާން ދިޔައީ ސިއްސައިގެންނެވެ. “ލޭ ބޭނުންވާނެ.”

“އޯ ޕޮޒިޓިވް.” ޔަޒްދާން ބުނެލިއެވެ.

“މަންނާ..” ޔަޒްދާންގެ އަޑު ނިކުތީ ކިރިޔައެވެ. އެ އަޑުގައި އެތައް ޖަޒުބާތުތަކެއް ފޮރުވިފައިވިއެވެ. މަންހަލްގެ ހިތްހަމަ ޖައްސައިދިނުމަށް ބުނާނެ އެއްޗެއް އޭނާގެ ސިކުނޑިއަކަށް ނައެވެ. “އައިމް ސޮރީ..”

ހޮސްޕިޓަލަށް ދެވުމާއެކު މަންހަލް ވެއްދީ އަވަސް ފަރުވާދޭ ކޮޓަރިއަށެވެ. ޔަޒްދާންއަށް ކަނާއަތުން ދެލޮލާއި ނިތްކުރި ފޮރުވާލެވުނެވެ. ލޮލުން އައި ކަރުނަތަކި މީހަކަށް ނުފެންނާނޭހެން ފުހެލަމުން އޭނާ އައިސް އެތާހުރި ގޮނޑިއެއްގައި އިށީނެވެ. އިރުކޮޅު ކޮޅުން ހިންދިރުވަމުން ދިޔަ އިރު ކަރުނަތައް ހިފަހައްޓަން އޭނާއަށް އުނދަގޫ ވެގެން އުޅޭކަން އެނގެއެވެ. އިސްދަށަށް ޖަހާލި ގޮތަށް ލޭ ހޭކިފައި ހުރި އޭނާގެ ދެއަތްތިލައަށް ބަލަން ފެންކަޅިވެފައި އިނީއެވެ.

ފައުޒާން އާއި އައިޒިންއާއި ސާހިލްގެ އިތުރުން ސުހައިލް އައިޖީއެމްއެޗްއަށް ވަދެގެން އައެވެ. އެމީހުންގެ މިސްރާބުހުރީ އަވަސް ފަރުވާދޭ ކޮޓަރިއާއި ދިމާއަށެވެ. އެތާ ކުރިމަތީގައި ހުރި ގޮނޑިބަރީގައި ހަރަކާތެއް ނެތިފައި އިން ޔަޒްދާން އެ އެންމެންނަށްވެސް ފެނުނީ އެކުގައެވެ.

“ޔަޒްދާން..” އެންމެ ފުރަތަމަ ޔަޒްދާންއަށް ގޮވާލީ އައިޒިންއެވެ. އޭނާ ޔަޒްދާންގެ ކޮނޑުގައި ޖަހާލުމާއެކު އޭނާ އިސްއުފުލާ ބަލައިލައިފިއެވެ. އައިޒިންއަށް ބަލައިލާފައި އޭނާ އިސްޖަހާލިތަނާ ލޮލުގައި ބޮނޑިޖެހިފައި ހުރި ކަރުނަތިކިތައް ފައިބައިގަތެވެ. އަވަސްއަވަހަށް އޭނާ އެކަރުނަތިކިތައް ފުހެލައިފިއެވެ.

“މަންހަލް، މަންހަލް ކޮބާ؟” ސުހައިލް ސުވާލުކުރިއެވެ. ޖަވާބުދިނުމުގެ ބަދަލުގައި ޔަޒްދާން އިޝާރާތްކޮށްލީ އަވަސްފަރުވާދޭ ބައިގެ ދޮރަށެވެ.

“މަންހަލްއަށް ކިހިނެއްވީ؟” މިފަހަރުވެސް ސުވާލުކުރީ ސުހައިލްއެވެ. ޔަޒްދާން އެއްވެސް އެއްޗެއް ނުބުންޏެވެ. ތިން ފިރިހެނުން އެކަކު އަނެކަކަށް ބަލައިލީއެވެ. “ދޭ ފާހާނައަށް ގޮސް އަތްދޮވެލާ ހަދައިގެން އަންނަން. އަހަރެމެން މިތިބީއޭ މިހާރު.”

ފައުޒާން ޔަޒްދާންގެ ކޮނޑުގައި ޖަހާލުމާއެކު އޭނާ ތެދުވެ ހިނގައިގަތެވެ.

ސާހިލްއަށް ހުރެވުނީ ބަލާށެވެ. އަތުގައި ލޭ ހޭކިފައި ހުރި ހާލު ޔަޒްދާން އިށީނދެ އިން ގޮތުން ސާހިލްގެ ހިތަށް ސިފަވީ އޭނާވެސް އެފަދައިން އިން ދުވަސް މަތިންނެވެ. ލޯބިވާ އަނބިމީހާއާއި ވަކިވި ގޮތަށް ހުރި ހަމައެކަނި އަންހެން ދަރިފުޅާ ވަކިވާން ޖެހިދާނެ ކަމުގެ ބިރު އެހިތުގައި ބޮޑުވިއެވެ. އޭނާގެ އަރުތެރެ ބެދޭގޮތް ވިއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި އޭނާ ބޭބެއަށް ބަލައިލިއެވެ.

“މަންހަލް ރަނގަޅުތަ؟ ރަނގަޅުވާނެތަ؟” ސުހައިލްއަށް ބަލައިލަމުން ސާހިލް ސުވާލުކޮށްލިއެވެ.

“ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ.. ޑޮކްޓަރުން ނިކުންނަންދެން މިތާ އިށީނދެބަލަ.” ސުހައިލް ސާހިލްގެ ކޮނޑުގައި ފިރުމާލިއެވެ.

“އަންނާނަން.. އެބަ އަންނަން..” އިށީންނަން އުޅެފައިވެސް ސާހިލްގެ ހިޔާލު ބަދަލުވިއެވެ. އޭނާ އެތަނުން ދުރަށް ދާން ހިނގައިގަތެވެ.

އިސްކުރު ދޫކޮށްލުމާއެކު ޔަޒްދާން އަތް ދޮވެލިއެވެ. އޭނާގެ ސިކުނޑީގައި އެކި މަންޒަރުތައް ތަކުރާރުވަނީއެވެ. އަފްރާ މަންހަލްގެ ބަނޑުގައި ޖެހިގޮތެވެ. ލިބޭ ވޭނަށް ކެތްނުވެގެން މަންހަލް އުޅުނު ގޮތެވެ. އޭނާގެ ރަހިމުން ފޭބިހާ ލެޔެކެވެ. ރިހުންގަނޑު އަރާ ކޮންމެ ފަހަރަކު އޭނާ ޔަޒްދާންގެ އަތަށް ބާރުކޮށްލާ ގޮތެވެ. އެއިހުސާސް އަދިވެސް އަތުން ކުރެވޭހެން ހީވެއެވެ. ރޮވިފައިވާ ހާލު ‘ޔަޒްދާން’އޭ ކިޔާ މަންހަލް ގޮވާލި ގޮތް ސިފަކުރެވުނެވެ. މޫނުގައި ފެންކޮޅެއް ހާކާލުމަށްފަހު އޭނާ އިސްކުރު ބަންދުކޮށްލިއެވެ.

އެހުރިހާ ކަމަކަށްފަހު ބަނޑުގައި އޮތް ފުރާނަ ސަލާމަތް ނުވާނެކަން ޔަޒްދާންއަށް އިހުސާސްކުރެވެއެވެ. އެހެނަސް އޭނާގެ ހިތް އެދެނީ މަންހަލްއާއި ދަރިފުޅުގެ ހާލުވެސް ރަނގަޅުވާށެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެހިތް ގެނބިގެންދާހެން ހީވިއެވެ. ގައިން ވަރުދޫވާން އުޅޭހެން ހީވިއެވެ. ނުރޯންވެގެން އޭނާ މަސައްކަތްކުރިއެވެ. މަންހަލް ދުށުމަށް އޭނާ ކެތްމަދުވިއެވެ. އޭނާ ހެޔޮހާލުގައި ވުމަށް އެދެވުނު ވަރު ގުނާ އަދަދެއް ނުކުރެވޭނެއެވެ. އެހަށިގަނޑުގައި އަޅާ ވޭން ޔަޒްދާން ތަހައްމަލު ކުރަން ބޭނުންވިއެވެ. ފާހާނާއިން ނިކުމެގެން ޔަޒްދާން މަޑު ފިޔަވަޅުތަކެއްގައި އައެވެ. ގޮނޑީގައި އިށީނުމުގެ ބަދަލުގައި އޭނާ ފާރު ކައިރީގައި ހުއްޓިލީއެވެ.

އެމަޖަންސީ ރޫމުގެ ދޮރު ހުޅުވުނު އަޑަށް އެންމެންގެ ސަމާލުކަންވެސް އެދިމާލަށް ހުއްޓުނެވެ. އެނދުގައި އޮތް މަންހަލް ފެނުމާއެކު ޔަޒްދާންއަށް އަވަސް އަވަހަށް އޭނާގެ ގާތަށް ދެވުނެވެ. ދެލޯ މެރިފައި ހަރަކާތެއްނެތި މަންހަލް އޮތް އިރު އެދެއަތަށް ވަނީ ކަށިތައް ގުޅާފައެވެ. އޮކްސިޖަން މާސްކުގެ އެހީގައި ނޭވާ ލަމުން ދިޔައިރު އެ މޫނުމަތިވީ ހުދުވެފައެވެ. ޔަޒްދާންއަށް މަންހަލްގެ މޫނު ފެނުނީ ސިކުންތުކޮޅަކަށެވެ. ޑޮކްޓަރުންނާ ނަރުސްކުދިން އަވަސް އަރުވާލާފައި މަގު ހަދަމުން މިސްރާބު ޖެހީ އައިސީޔޫއާއި ދިމާއަށެވެ.

“މަންހަލް ކިހިނެއް؟ ޕްލީޒް.. ކޮންމެވެސް އެއްޗެއް ބުނެބަލަ.” އައިސީޔޫގެ ދޮރު ކައިރިން ނަރުސް ކުއްޖަކު ހުއްޓުވާފައި ޔަޒްދާން އާދޭހާއެކު އަހާލިއެވެ.

“ޝީ އިޒް ބްލީޑިން އިންޓާނަލީ.. ސާޖަރީއަށް ދާން ޖެހުމުގެ ފުރުސަތު އެބޮތް. ބީ ރެޑީ ފޯ އެނީތިން..” ޔަޒްދާންގެ ހިތް އިތުރަށް މާޔޫސްކޮށްލާފައި އެ ނަރުސް ކުއްޖާ އެތެރެއަށް ވަދެގެން ދިޔައެވެ.

ގަޑިން ފަތިހު ހަތަރެއް ޖަހައި ބޮޑުވެއްޖެއެވެ. އައިސީޔޫ ދޮރުމަތީގައި އެންމެންވެސް މަޑުކޮށްލައިގެން ތިއްބެވެ. ސާހިލް ދިޔަގޮތަކަށް ފަހުން އޭނާގެ ޚަބަރެއް ނުވިއެވެ. ސުހައިލްގެ ހިތަށް އެކަން އިރުކޮޅުކޮޅަކާ ވަދެއެވެ. އެހެނަސް އޭނާ ކެތްކޮށްލައިގެން ހުރީއެވެ. ފަތިސް ނަމާދު ބަންގިގޮވަން ފެށިތަނާ ޑޮކްޓަރު އައިސީޔޫއިން ނިކުތެވެ. ޔަޒްދާން ފުންމައިގެން ގޮނޑިން ތެދުވެ ޑޮކްޓަރުގެ ގާތަށް ދިޔައެވެ.

“މަންހަލް ކިހިނެއް؟ ރަނގަޅުތަ؟” ކެތްތެރިކަން ކޮޅުންލާފައިވާ އަޑަކުން ޔަޒްދާން ސުވާލުކޮށްލިއެވެ.

“ވީ ޑިޑް އަވަށް ބެސްޓް..” ޑޮކްޓަރުގެ އެޖުމުލައިން ޔަޒްދާން އަރިއަޅާލާ ގޮތް ވިއެވެ. އައިޒިން އޭނާގެ ގައިގައި ހިފެހެއްޓިއެވެ. “އެކަމަކު ބޭބީ ސަލާމަތެއް ނުކުރެވުނު. އިންޓާނަލް ބްލީޑިންގެ ސަބަބުން ޕޭޝަންޓުގެ ހާލަތު ވަރަށް ގޯސްވި. މިވަގުތު ހާލަތު ރަނގަޅު. އިތުރަށް މޮނިޓާ ކުރުމަށް ސައުވީސް ގަޑިއިރު އައިސީޔޫގަ ބާއްވާނެ.” ޔަޒްދާންގެ ދެފައިން ވާގި ދޫވާން އުޅުނުހެން ހީވިއެވެ. އޭނާ މަޑުމަޑުން އައިސް ގޮނޑީގައި އިށީނެވެ. އަލަތު ދަރިފުޅު ދުނިޔެއަށް އުފަންވުމުގެ ކުރިން ވަކިވެ ދިޔަކަމަށް ޓަކައި ހިތުގައި ރިހުން އުފެދުނު އިރު މަންހަލްގެ ހާލު ރަނގަޅުވި ކަމަށް ޓަކައި ހިތަށް ހަމަޖެހުމެއްވެސް ލިބުނެވެ. ދެއަތުން މޫނު ފޮރުވާލައިގެން ޔަޒްދާން އިނީއެވެ. ފައުޒާންއާއި އައިޒިން އޭނާގެ ދެފަރާތުން އައިސް ގޮނޑީގައި އިށީނދެ ކޮނޑުގައި އަތް ބާއްވާލިއެވެ.

ހެނދުނު އަށެއް ޖެހިއިރު ޝަޔަމް ބޭރަށް ދާން ތައްޔާރުވެއްޖެއެވެ. ބައްޕަ އޮފީހަށް ދާން ނިކުތްއިރު ޝަޔަމްވެސް ބައްޕައާއެކު ބޭރަށް ނިކުމެ މަޑުކޮށްލީ ޖާވިދު ގުޅާފައި ބުނުމުންނެވެ. ގޭ ދޮރު މައްޗަށް މަޑުކޮށްލި ކާރަށް ޝަޔަމް އެރިއެވެ.

“މަންމަ ވަރަށް އުފަލުން ހުރީ ޝަޔޫ އަންނަ ވާހަކަ ބުނީމަ.” ޝަޔަމް އާއި ދިމާއަށް ބަލައިލާފައި ޖާވިދު ހިނިތުންވެލިއެވެ.

“ކިހާ އިރަކު ނިމޭނީ؟” ޝަޔަމް ސުވާލުކޮށްލިއެވެ.

“ނުވައެއްގަ.” ޖާވިދު ޖަވާބު ދިނެވެ.

“ޝަޔަމް. ބޭނުންނޫނިއްޔާ.. އަޅާނުލާ. އަހަރެންނަށް ހިޔެއް ނުވޭ ޝަޔަމްއަށް އެހާ ފަސޭހަވާނެ ހެނެއް އޭތި ބަލަން. އަހަރުމެންގެ މި ގުޅުމަށްވެސް އަސަރުކުރާނެ..” ޖާވިދު އަޑުގައި މަޑުމައިތިރިކަމެއް ވިއެވެ.

“ޖާވިދު. އަހަރެންވެސް ބޭނުން ހަގީގަތް އެނގެން.. ޖާވިދަށް އެނގޭނީ އަހަރެންނާ މަންމައާ ދެމެދު އެހާ ގާތް ގުޅުމެއް ނެތްކަމަށް.” ޝަޔަމް ބުނެލިއެވެ.

“އެހެންވިޔަސް މަންމައަކީ މަންމަ. ޝަޔަމް..” ޖާވިދު ޝަޔަމްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

“އެހުރިހާ ދުވަހެއް އަހަރެން ހިތް ތަޅުވާފަ، ޖޭމާ.. ޖާވިދު މިއަދު އަހަރެންނަށް ހެކި ނުދައްކައިފިއްޔާ އަހަރެން ގަބޫލުކުރާނީ މަންމަ އިނޮސަންޓު ކަމަށް..” ޝަޔަމްގެ މޫނުމަތިން ނުރުހުމުގެ ކުލަވަރެއް ފާޅުވިއެވެ.

“ޝަޔަމް. އައިމް ޖަސްޓް ވާނިން ޔޫ. ނުދައްކާނަމެކޭ ނުބުނަން.” ޖާވިދު ބުނެލިއެވެ.

“ތިއީ ހަގީގަތެއް ވެއްޖެއްޔާ މަންމަގެ މައްސަލަ އެންމެ ފުރަތަމަ ފުލުހަށް ހުށައަޅާނީވެސް އަހަރެން.” ޝަޔަމްގެ މޫނުމަތިން އޭނާއަށް އެކަމާ ކުރިމަތިލެވޭނެ ކަމުގެ ޔަގީންކަން ވިއެވެ.

ޖާވިދު ކާރު މަޑުކުރީ ހުޅުމާލޭގައި މީހުން އާބާދުވާން ފަށާފައި އޮތް ހިސާބެއްގައެވެ. ހެނދުނުގެ އެވަގުތު އެހިސާބުން އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ދެމީހުން ހިނގާފައި ގޮސް ވަނީ ހަދަން ފަށާފައި އޮތް ގެއެއްގެ ތެރެއަށެވެ. ދެމީހުންވެސް ގޭގެ ސިޑިން މައްޗަށް އަރަން ފެށިއެވެ.

“ކީއްވެތަ މިތަނަށް ތިއައީ؟ ހީވަނީ ޑްރަގް ޑީލަރުންހެން. ތަފާތަކީ އެމީހުން އެކުރާކަމެއް ކުރާނީ ރޭގަނޑުކަން، ދޯ..” ޝަޔަމް ވާހަކަދެއްކިއެވެ.

“މީހުން އާންމުކޮށް ނާންނަ ކަހަލަ ތަނަކަށް މިއައީ.” ޖާވިދު އޭނާއަށް ވުރެ ދެތިން ހަރުފަތް ފަހަތުގައި ހުރި ޝަޔަމްއަށް ބަލައިލިއެވެ. އޭނާ މަޑުކޮށްލިއެވެ. ޝަޔަމް އޭނާއާ އަރާ ހަމަވުމުން ސިޑީގެ ހަރުފަތް މަތީގައި އިށީނެވެ. ޝަޔަމްވެސް އޭނާގެ ގާތުގައި އިށީނެވެ. “ތިންވަނަ ބަޔަށް އެރިއްޖެ ދޯ..”

ޝަޔަމް ބޯ ޖަހާލިއެވެ. ޖާވިދު ޝަޔަމްއަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވުމާއެކު އެކަކުވެސް ނަޒަރު ވަކިކުރާކަށް ބޭނުމެއް ނުވިއެވެ. އެ ދެލޮލުން އެދެމީހުން އެތައް ވާހަކައެއް ދެއްކިފަދައެވެ. ޖާވިދު މަޑުމަޑުން ޖިންސުގެ ޖީބުން ފޯނެއް ނެގިއެވެ. ޝަޔަމްއަތަށް ފޯނު ދިއްކޮށްލިއެވެ. ޝަޔަމް ފޯނުގައި ހިފުމާއެކު ޖާވިދު ފޯނާއި އެދެއަތުގައި ހިފިއެވެ.

“އަހަރެން ބިރުގަނޭ.. ޝަޔޫ ދެރަވާނެކަން އެނގޭ. ކޮންމެ ކަމެއްވިއަސް އަހަރެންނާ ދުރުނުވައްޗޭ. ޕްލީޒް. އަހަރެން ޝަޔަމް ދެކެ ލޯބިވޭ.. ކޮންމެ ކަމެއް ބޭނުންވިއަސް އަހަރެން އަބަދުވެސް ޝަޔޫގެ ގާތުގައި ހުންނާނީ. ހިތުގައި އެއްވެސް އެއްޗެއް ނުފޮރުވާ އަހަންނަށް ކިޔައިދެއްޗޭ..” ޖާވިދުގެ ދެލޮލުން އާދޭސްކުރިއެވެ. އޭނާ ޝަޔަމްއާމެދު ކަންބޮޑުވަނީއެވެ.

“އަހަރެންވެސް ޖާވިދު ދެކެ ލޯބިވެއޭ. ޖޭމު ކަންބޮޑުނުވެބަލަ.” ޝަޔަމް ބޯ ޖަހާލިއެވެ. ޕާސްވޯޑެއް ޖަހާފައިނެތް އެ ފޯނު ޝަޔަމް ހުޅުވާލިއެވެ. “މިހާ ބޮޑު އެއްޗެއް އޮތް ފޯނު މިއޮތީ ޕާސްވޯޑެއްވެސް ނުޖަހާ.”

“ޝަޔޫއަށް ދޭންވެގެން ޕާސްވޯޑު ދުއްވާލީ.”

އެންމެ ފުރަތަމަ ޝަޔަމް ވަނީ ގެލެރީއަށެވެ. އޭގައިވަނީ އެންމެ ވީޑިއޯ އެކެވެ. ޝަޔަމް އެ ވީޑިއޯ ޕްލޭކޮށްލިއެވެ. އެ ވީޑިއޯއަކީ ސިޑި ގޮޅިއަކުން ނަގާފައިވާ އެއްޗެކެވެ. ފެންނަނީ އެޕާޓްމަންޓެއްގެ ދޮރެވެ. ސާދަ ފަނަރަ ވަރަކަށް އަހަރުގެ އަންހެން ކުއްޖެއް ސިޑިން އަރާ އެ އެޕާޓްމަންޓަށް ވަންނަތަން ފެނެއެވެ. ތިން މިނެޓު ފަހުން ސިޑިން އަރާތަން ފެންނަނީ ޝަފްނާއެވެ. އޭނާއާއެކު އެހެންމީހަކުވެސް ހުއްޓެވެ. އެދެމީހުންވެސް ވަނީ އަންހެން ކުއްޖާ ވަތް އެޕާޓްމަންޓަށެވެ. އިރުކޮޅެއްފަހުން ޝަފްނާ އާއި އޭނާއާއެކު އައި ފިރިހެން މީހާ ނިކުންނަތަން ފެނުނެވެ. ދެމީހުންގެ ހަރަކާތްތައްވެސް އަވަސްވެފައި ސިއްރުވެރިއެވެ. ޝަޔަމް ފުޓޭޖްގައިވީ  ގަޑިއަށް ބަލައިލިއެވެ. އެދެމީހުން އެތެރޭގައި ގަޑީއިރެއް ހޭދަކުރިއެވެ. އަނެއްކާވެސް އެފުޓޭޖް އަވަސް ކުރެވުނެވެ. ތިރީހަކަށް މިނެޓް ފަހުން އެގެޔަށް ފިރިހެން މީހެއް ވަދެއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެގެއަށް ޕޮލިހުންނާ ނަރުހުން ވަދެއެވެ. ދެން ފެނުނީ މީހަކު ހުދުކުލައިގެ ފޮތިގަނޑަކުން ނިވާކޮށްގެން، އަށިގަނޑަކަށް ލައިގެން ނެރޭ ތަނެވެ.

ޝަޔަމް ހިންދިރުވާލިއެވެ. ޖާވިދުއަށް ބަލައިލިއެވެ. އޭނާ ގެލެރީއިން ނިކުތެވެ. ފައިލްސްއަށް ވަދެ އޯޑިއޯ ބަލައިލި އިރު ދެ ރިކޯޑިންއެއް އޮތެވެ. ޖާވިދު ޝަޔަމް އަތުން ފޯނު ނަގަން އުޅުނެވެ. އެހެނަސް ޝަޔަމް ބޯ ހޫރުވާލުމުން ޖާވިދު ހަތިޔާރު ބެހެއްޓީއެވެ.

ފުރަތަމަ ރިކޯޑިން ޕްލޭ ކޮށްލުމާއެކު އެންމެ ފުރަތަމަވެސް އިވުނީ ޝަފްނާގެ އަޑެވެ. އޭނާ ވާހަކަދެއްކީ ޒިއާމްއާއި މުރުޝިދާއާއެވެ. އެ މައުސޫމް އަންހެން ކުއްޖާއަށް ހެދިގޮތުގެ ވާހަކަ އަމިއްލައަށް ޝަފްނާ ކިޔައިދެމުން ދިޔަގޮތުން ޝަޔަމްގެ ލޮލަށް ކަރުނަތައް ޖަމާވެއްޖެއެވެ. އެކުއްޖާ ސަލާމަތަށް އެދި އާދޭސް ކުރާނެގޮތް ޝަޔަމްގެ ހިތަށް ތަސައްވަރުކުރެވުނެވެ. އެ ކުއްޖާގެ ރުއިންތަކުން އެ މަންމަގެ ހިތަށް ހަމަ އަސަރެއް ނުކުރީބާއޭ ޝަޔަމްގެ ހިތް ސުވާލުކުރިއެވެ.

ކަރުނަތަކާއެކު ޝަޔަމް ދެވަނަ ރިކޯޑިން ޕްލޭކޮށްލިއެވެ. އޭގައި ޝަފްނާ ވާހަކަދެއްކީ ފިރިހެނަކާއެވެ. އެދެމީހުން ދެއްކީ ނޫހެއްގައި ޝާއިރުކޮށްފައިވާ ރިޕޯޓެއްގެ ވާހަކައެވެ. ވަކި ހިސާބަކުން ޝަފްނާ އެ ފިރިހެން މީހާއަށް ބިރުދައްކައެވެ. މަރުގެ އިންޒާރު ދެއެވެ. އެ ރިކޯޑިން ނިމުނީ އެހިސާބުންނެވެ.

ޝަޔަމް ފޯނު ނިއްވާލުމަށްފަހު ޖާވިދަށް ދިއްކޮށްލީ އަނގަމަތީގައި އަތް އަޅަމުންނެވެ.

“އެއީ ބައްޕަ..” ޖާވިދު ބުންޏެވެ. ޝަޔަމްގެ ފަރާތުން ޖަވާބެއް ލިބޭތޯ އޭނާ މަޑުކޮށްލިއެވެ. “އެރޭ ބައްޕަ ގެއަށް އަންނަނިކޮށް ބަޔަކު ބައްޕައަށް ހަމަލާދިނީ.. ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް ނިޔާވީ. ކޮއްކޮވެސް ނިޔާވީ އޭގެ ދުވަސްކޮޅެއް ފަހުން ބަލިކޮށް އުޅެފަ. ކޮއްކޮއަކީ އުފަންވިއިރުވެސް ހިތުގެ މައްސަލަހުރި ކުއްޖެއް. ބައްޕައާއި ކޮއްކޮ ނިޔާވުމަށްފަހު މަންމައާއި އަހަރެންގެ ހަޔާތް ވަރަށް ފަޅުވި.. އެ ހިތާމައިގައި މަންމައަށް ސްޓްރޯކެއް ޖެހި ވާގިނެތުނީ..”

“އައިމް ސޮރީ..” ޝަޔަމްގެ ބަޑި ފަޅައިގެން ދިޔައެވެ. އޭނާއަށް ގިސްލަ ގިސްލާ ރޮވެން ފެށުނެވެ. “އައިމް ސޮރީ..”

“ޝަޔަމް..” ޖާވިދު ކަންބޮޑުވިއެވެ. އޭނާ ޝަޔަމް ކައިރިކޮށްލާ ބުރަކަށީގައި ފިރުމައިދޭން ފެށިއެވެ.

“ޖާވިދު. އަހަރެން ކިހިނެތްތަ އެކަހަލަ މީހެއްގެ ދަރިއަކަށްވީ؟ ކީއްވެ؟ އަހަރެން މިހާރު ބިރުގަނޭ މަންމަކަހަލަ މީހަކަށް ވެދާނެތީ. ޖާވިދު އައިމް ސޮރީ. މަންމަ ކުރި ހުރިހާ ކަމަކަށް މަންމަގެ ނަމުގަ އަހަރެން މާފަށް އެދެން. ޖާވިދު. ޔޫ ވެންޓް ތްރޫ ސޯ މަޗް. އައި ކާންޓް އިމޭޖިން..” ޝަޔަމް ޖާވިދުގެ މޫނަށް ބަލަން އިނެވެ.

“ޝަޔަމް އަހަރެން ރަނގަޅޭ. އަހަންނަށް އެހިތާމަތަކާއެކު އުޅެން ދަސްވެއްޖެއޭ.. އެއީ ޝަޔަމް މާފަށް އެދެން ޖެހޭ ކަމެއް ނޫން. އެނގޭތަ؟ އަހަރެންނަށް ބައްޕައާ ވާހަކަދެކެވުން ބައްޕަ ނިޔާވުމުގެ ކުރިން. ބައްޕަ ބުނީ ނަމަނަމަ ބައްޕަ ކުރިއަށް ދިޔަ ދާއިރާއިން ކުރިއަށް ނުދައްޗޭ. ރުޅިވެރިކަން އިސްނުކުރައްޗޭ.. އެއީ ބައްޕަ އަހަންނަށް ކުރި ވަސިއްޔަތް ދޯ. އަހަރެން ބައްޕަގެ ވަސިއްޔަތް ފުރިހަމައަށް އަދާކޮށްދިނިން. އަހަރެންގެ ރުޅި ކޮންޓްރޯލްނުވެގެން އެހެންމީހަކަށް ގެއްލުމެއް ލިބިފައެއް ނޯންނާނެ. ބައްޕައަށް އެހެން ހެދި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދޭނީ ގާނޫނުން. އަހަރެން ބޭނުންވީ ހެކި. އެމަކަށްޓަކައި އަހަރެން މަސައްކަތްކުރީ.. ޝަޔަމް. އަހަރެން ޝަޔަމްއަށް ނަފްރަތެއް ނުކުރަމޭ. ޝަޔަމް މަންމައާއި ޝަޔަމްގެ ހުރި ތަފާތު އެންމެ ގާތުން ފެނުނީ އަހަންނަށޭ. އަމިއްލަ ނަފްސު ކުށްވެރި ނުކޮށްބަލަ. އެހެންމީހުންގެ ކުށުގެ ބަދަލު ޝަޔަމްދޭކަށް ނުޖެހޭނެއޭ..” ޖާވިދު ޝަޔަމްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

“އައި ޑޯންޓް ޑިސާވް ޔޫ. ޖާވިދުއަށް ގުޅޭނީ ޖާވިދު ކަހަލަ ހިތްވަރުގަދަ އަންހެނެއް. ރަނގަޅު އާއިލާއަކުން އައިސްފައިހުރި އަންހެނެއް. ބައްޕަގެ ގާތިލުގެ ދަރިއެއް ނޫން. ޖާވިދު..” ޝަޔަމް ތެދުވެ ސިޑިން މައްޗަށް އަރަން ފެށިއެވެ. ޝަޔަމްގެ ނަމުން ގޮވަމުން ޖާވިދުވެސް އޭނާގެ ފަހަތުން ސިޑިން އެރިއެވެ.

“މިހެންވެއޭ އަހަރެން ބުނީ ޝަޔަމް ކައިރީ ގިވް އަޕް ކުރާށޭ.. ޝަޔަމްމް.. އަޑުއަހާބަލަ. އަމިއްލަ ނަފްސު ކުށްވެރިނުކޮށްބަލަ. ޝަޔަމްގެ ބައްޕަ ބަލާ. ތިޔައީ އަޒީމްބެ ކަހަލަ ހިތްހެޔޮ ކުއްޖެއް ނޫންތަ؟ ވިސްނާލަބަލަ. ޝަޔަމް އުޅެ ބޮޑުވީ މަންމަ ކައިރިއަކު ނޫނޭ. ޝަޔަމްއަށް ދަސްވެފައި ހުރީ ޝަޔަމްގެ ދޮންތަ ދަސްކޮށްދިން ރިވެތި ގޮތްތައް. މަންމަގެ ސިފަތަކެއް ނޫން. ޝަޔަމް..” ޝަޔަމް ސިޑިން އެރޭނެ އެންމެ މައްޗަކަށް އެރިއެވެ. އޭނާ މަޑުމަޑުން އެއްކައިރިއަކަށް ދާން ފެށިއެވެ. ހަތަރުވަރަކަށް ފިޔަވަޅު އަޅާލުމުން އެތަނުން ތިރިޔަށް ވެއްޓޭނެހާ ކައިރީގައި މަޑުކޮށް ފަހަތް ބަލައިލާ ޖާވިދުއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

“މަންމައަކީ ގާތިލެއް. ބައްޕަ ބުނިބަސް އަޑުއަހައިގެން އެހެން ބައްޕައަކާއި ދަރިއަކު އެގާރަ އަހަރު ވަންދެން ދުރުގައި ތިބެން ޖެހުން. ކީއްވެ؟ ކީއްވެ އަހަންނަށް މިހެންވަނީ؟ ކީއްވެ އަހަރެން އެހާ ބަދުނަސީބުވެރީ؟” ޖާވިދު ޝަޔަމްގެ ގާތަށް ދިޔައެވެ. އޭނާގެ މުލައްދަނޑީގައި ހިފާ އެތަނުން ދުރަށް ޖެހިލިއެވެ. އެދެލޮލުން އައިސްފައި ހުރި ކަރުނަތައް ނުހަނު ލޯބިން ފުހެލައިދިނެވެ.

“ސްޓޮޕް ބްލޭމިން ޔުއަސެލްފް ޝަޔަމް އަޒީމް. ޕްލީޒް. ބޭނުން މަންމައަކާ ބައްޕައެއް ޗޫޒް ކުރުމަކީ އަހަރުމެންގެ އަތްމަތީގައި އޮތް ކަމެއް ނޫން-” ޖާވިދު ވާހަކަކުރިއަށް ގެންދަން އުޅިފައިވެސް މަޑުޖެހިލިއެވެ. މީހެއްގެ ހިލަމެއްވިހެން ހީވެ އޭނާ ސިޑި ހުރި ދިމާއަށް ބަލައިލިއެވެ. ފަރުވާތެރިވެލުމާއެކު ބޫޓަކުން ‘ޓޮއް’ކަނޑަމުން މީހަކު ސިޑިން އަރަނީކަން ޖާވިދުއަށް ޔަގީންވެއްޖެއެވެ. އޭނާ ޝަޔަމް ގޮވައިގެން ގޮސް ވަނީ އެތާހުރި ސިމެންތި ބަސްތާތަކެއް ބިއްދަށަށެވެ. ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލާފައި އޭނާ ޝަޔަމްއަށް ހިމޭންވުމަށް އިޝާރާތްކުރިއެވެ.

“ޖާވިދު.. ޝަޔަމް..” އެމީހެއްގެ އަޑު ޖެހުމާއެކު ޝަޔަމްއާއި ޖާވިދުއަށް ވެސް ދެލޯ ބޮޑުކޮށްލަމުން އެކަކު އަނެކަކަށް ބަލައިލެވުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Aayaa
Follow Me Written By

Aayaa

Level 410 Stories100 Login100 Comments

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 55

Next

ގާތުގާ… 20

Next
May 16, 2026

ގާތުގާ… 20

Previews
May 16, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 55

17 Comments!

  1. Anonymous says:
    May 16, 2026 at 3:40 pm

    When next???

    1. Aayaa Aayaa says:
      May 16, 2026 at 7:50 pm

      In sha Allah Eid ga.. ☺️🤍

  2. Anonymous says:
    May 16, 2026 at 3:52 pm

    Aayahthaa

    1. Aayaa Aayaa says:
      May 16, 2026 at 7:51 pm

      Yesss 🙂

  3. Neynge says:
    May 16, 2026 at 4:32 pm

    Why so late. When next

    1. Aayaa Aayaa says:
      May 16, 2026 at 7:54 pm

      Late tha? Ehen noony nerey varah vure avahah mi part nerevunyma ufalun mi hury.. Dhen part miah vure avas kollanan In sha Allah! Eid hadhiya eh libeyne kamah balama hinga dw..☺️🤍

  4. Anonymous says:
    May 16, 2026 at 6:10 pm

    Mi part vrh furihama MA!

    1. Aayaa Aayaa says:
      May 16, 2026 at 7:55 pm

      Thank you Anonymous! ☺️🤍

  5. Anonymous says:
    May 16, 2026 at 8:02 pm

    Maa bodah vess late

  6. Cutie girl says:
    May 17, 2026 at 7:44 am

    Mi part ves varah reethi masha Allah
    Curiously waiting for next part
    Heyonuvaane yazdhaan fakeeru Moya vedhaane manhal vaki vaan jehijja
    Shayam and azeem dhuru nukurache
    They both are made for each other
    Mi part kiyaafa rovijje
    Afraa hithuga rahumeh kulhuneh neih
    Kuhverinah adabu dhee
    Really appreciated your hard work 🥰
    Haadha curious kohlaafa thi nihmaaly
    Miayee varah kiyaa hithun kiyaa vaahaka eh

  7. StorySeeker_X says:
    May 17, 2026 at 4:31 pm

    How many episodes are there total ?

  8. Someone says:
    May 20, 2026 at 8:47 pm

    Nice episode 😁
    Can’t wait for next one

    But manhal ge baby 😭
    So sad

  9. Anonymous says:
    June 4, 2026 at 4:20 pm

    when next part… i thought eid ga new episode eh kiyaalan libeyne kamah😔

  10. butterflyy says:
    June 14, 2026 at 9:38 pm

    its been a month mihaaru
    when will the next episode be uploaded
    i cant wait anymore😭💗

  11. Anonymous says:
    June 23, 2026 at 9:04 pm

    Girlll it’s been a month already u said eid ga kiyaalan libeyney it been longer than that it like almost 2bmonths mhr chl kiyaa interest vx kendihje dhn avas kohlabaaa

  12. leen says:
    July 8, 2026 at 6:45 pm

    gurll its been too long mihaaru
    kon irakun tha dhn alhe nesxt part upload kurany
    mihaaru varah keii madhu vehjje

    1. Aayaa Aayaa says:
      July 10, 2026 at 10:45 pm

      Just submitted the story to the esfiya site

Comments are closed.

Next Episodeއިންސާފް (ސަޔާޅީސްވަނަ ބައި)←


All Right Reserved!