ނިދީގެ ފުން ކަނޑެއްގައި އޮއި ދަމަމުން ދަނިކޮށް އަހަރެންނަށް ހޭލަން މަޖުބޫރުވީ ބެލް އަޅާ އަޑު އިވުމުންނެވެ. ކާރީގައި ހުރި ގަނޑިއަށް ބަލާލީރު މެންދަމު އަބުރާ 2 ޖެހީއެވެ. އަނެއްކާ ޒައިދާން ކަމެއް ބޭނުންވީ ހެއްޔެވެ؟ އަހަރެން އަވަހަށް އެއްޗެހި ބަދަލު ކޮށްލާގެން ނުކުތީމެވެ. އެއްމެން ވެސް އޮތީ ނިދާފައެވެ. ޒައިދާން ވެސް އެވެ. ހާދަ މީހުން މަދެވެ. އަނެއްމީހުން ކޮބާ ހެއްޔެވެ؟ އެމީހުން ގެޔަށް ދިޔައީ ބާއެވެ. އަހަރެން މާވަރަކަށް ނުވިސްނާ ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހީމެވެ. އެޅުނީ އެއްމެ ދެތިން ފިޔަވަޅެވެ. އަހަރެން އަނގަމަތީ އަތް އަޅާފައި ލުއި ފަތް ކޮޅެއް ހެން އަހަރެން ޖަހައިގަނެގެން ގޮސް އެތާ އިން ކޮޓަރިގަނޑަކަށް ވައްދާފިއެވެ. ގަދަ ދައްކައި ތެޅެނިކޮށެވެ.
*ޕާރޓް-8*
އެމީހަކު އަހަރެން ގައި ދޫކޮށްލިއެވެ. އޭރު އިތުރު ދެމީހުން ވެސް އެތާ އެތެރޭގައި ތިއްބެވެ. އަހަރެންގެ ހިތުވިންދު އަވަސްވިއެވެ. ބިރުން މީހާ ތުރު އަޅަން ފެށިއެވެ. އަހަރެން ވަކި ކުރާނީ ކީއްހެއްޔެވެ. ބޮޑު ތިން ފިރިހެނުން ކާރި ލަައިގެން އަހަރެންނަށް ވަކި ދެއްކޭނީ ކޮން ވަރެއް ހެއްޔެވެ؟ އަހަރެން އެމީހުންގެ މޫނަށް ރަގަނޅަށް ބަލާލީމެވެ. އޭގެން އެކަކީ އަހަރެންގެ ކްލާސް ކުއްޖެކެވެ. އަހަރެން ހައިރާންވެ އަންތަރީޒް ވެއްޖެއެވެ.
“ހަޒަން..” އަހަރެންނަށް ކިޔާލެވުނެވެ. ހަޒަން އަކީ އަހަރެންނާއި އެއްކޮށް ގްރޭޑް 5 ފަށާގެން ކިޔަވަމުން އަންނަ ކުއްޖެކެވެ. މިއަދު އަހަރެންނަށް އަނިޔާއެއް ކޮށްލަންވީމައި އޭނާ ވެސް އެބައިވެރި ވަނީ އެއް ނޫން ހެއްޔެވެ؟ ހުރި ލަދުކުޑަކަމެވެ.
“އޭ ބްރޯ މީނައަށް ކަލޭގެ ނަން އެނގެނީ ކީއްވެ..؟” އެތަނުން އެހެން މީހަކު އަހާލިއެވެ. އަހަރެންނަށް ހުރީ ހުއްޓުން އަރާފައި ހަޒަން އާއި ދިމާއަށް ބަލާށެވެ. ހަޒަން އަކީ މިކަހަލަ ކުއްޖެއް ކަމަކަށް އަހަރެން އެއްގޮތަކަށް ވެސް ހިތަކަށް ނާރަމެވެ.
“މީ އަހަރެންގެ ކްލާސް ކުއްޖެއް..” އެހެން ބުނެ ހަޒަން އަންނަން ފެށީ އަހަރެންނާއި ދިމާއަށެވެ. އަހަރެންނަށް ފަހަތަށް ޖެހެލެވުނެވެ. ނަމަވެސް ހަޒަން އަހަރެންގެ އަތުގައި ހިފާ ދަމައިގަތެވެ. އަހަރެންނަށް ހަޅޭ ލަވައިގަނެވުނެވެ. އެހެން މީހަކު އައިސް އަހަރެންގެ އަނގަމަތީ ޓޭޕް ގަނޑެއް އެޅިއެވެ. އަހަރެންނަށް ރޮވެން ފެށުނެވެ. ނޫނެކެވެ. މިކަން އަނެއްކާ ތަކުރާރު ވިޔަ ނުދޭށެވެ. ޒައިދާން އަށް ހޭލެވިގެން އަހަރެން ސަލާމަތް ކުރަން އަންނާނެ ނަމައެވެ. ނަމަ އަކުންނެއް ރިހަ އެއް ނުކެކޭ ނެއްނޫން ހެއްޔެވެ؟
އަހަރެންނަށް ހަމަ ރަގަނޅަށް ވެސް ރޮވެން ފަށާފިއެވެ. ހަޒަން އަހަރެންގެ ކޮލުގައި ހިފައި އޭނާ އާއި ހަތަރު ކަޅި ހަމަކުރުވިއެވެ. އެދެލޮލުގައި ވަނީ މަސްތީ އަސަރު ތަކެވެ. އައްޗީޑި އެވެ.
“ހަޔާތް.. ހާދަ ލޯބި ލޮލެކޭ ދޯ..” ހަޒަން އަހަރެންގެ ދެއަތުގައި ހިފައި ދެއަތް އައްސާލިއެވެ. މިކަން ތަކުރާރު ވާކަށް އަހަރެންނަކަށް ނޭދެވެއެވެ. އަނެއްކާ އަހަރެންގެ ހަށިގަނޑުގައި މުޑު ދާރު އަތްތަކަކުން ފެވޭނެއެވެ. ތަތް ގަނޑު އަރާނެއެވެ. ޔާ ﷲ އެވެ. އަހަރެންނަށް މިހާލު ނުޖައްސަވާށެވެ. އަހަރެންނަށް ހިތާ ހިތާ ކިޔާލެވުނެވެ. އެމީހުންތަށް އަހަރެންގެ ހެދުން އިރާލިއެވެ. އެމުޑުދާރު އަތްތަކުން އަހަރެންގެ ހަށިގަނޑުގައި ފިރުމާ ކަންތަށް ކުރާން ފެށިއެވެ. އަހަރެންނަށް ހަމަ ރޮވެނީއެވެ. ސަލާމަތަށް އެދިގޮވާނީ ވެސް ކާކަށް ހެއްޔެވެ؟ އަހަރެންނަށް ސަލާމަތް ވެވޭނެ އެއް ވެސް މަގެއް ނެތެވެ. އަހަރެންގެ ހިތުގައި އިތުރު ތީރެއް ހެރުނެވެ. އަހަރެންގެ އެއްމެ ބޮޑު އެއް ބިރެވެ. ފުރަތަމަ އަހަރެންގެ އަމިއްލަ ބޭބެ އެވެ. ދެން ނުވެސް ދަންނަ މީހުންތަކެކެވެ.
ދެލޯ ހުޅުވާލެވުނީރު އަހަރެންނަށް އޮވެވުނީ ހަމަ އެކޮޓަރި ގަނޑު ތެރޭއެވެ. ތެދުވާނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ރުއިލާނެ ހިތް ވަރެއް ވެސް މިހާރު އަހަރެންގެ ނެތެވެ. އަހަރެން އަދި މިއީ ޅަކުއްޖެކެވެ. އަހަރެންނަށް މިވަރު އެކުރަނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް އޮވެވުނު ހާލެއްވެ ވެސް ނޭނގެއެވެ. އަދި ވެސް ދެއަތް ވަނީ އައްސާފަ އެވެ. އަނގަމަތީ އަޅާފައިވާ ޓޭޕް ކޮޅު ވެސް އެބައޮތެވެ. ގައިގެ އެތަން މިތަނުގައި އެބަ ރިއްސައެވެ. އެމީހުންގެ ބޭނުން ފުދުނީމައި އަހަރެން މިހާލުގައި ބާއްވާފައި އެދިޔައީ އެއް ނޫންހެއްޔެވެ؟
އިރުކޮޅަކު އެހެން އޮށްވައި މީހަކު ދޮރު ހުޅުވާލިއެވެ. އެއީ ނަޝާ އެވެ. ނަޝާ އަށް އަހަރެން ފެނުމާއި އެކީ ހުއްޓުން އެރިއެވެ. އަނގަމަތީ އަތް އަޅާފައި އޭނާ ހަޅޭ ލަވައިގަތެވެ. ދުވެފައި އައިސް އަހަރެން ކާރީ ކަކޫ މައްޗަށް ތިރިވިއެވެ. ކުރިންވީ ނަފްރަތުގެ އެއްވެސް ކަން ފުޅެއް އެދެލޮލުން ފެންނާކަށް ނެތެވެ. އޭނާގެ ދެލޮލުން ކަރުނަ އަންނަން ފެށިއެވެ. އަހަރެންގެ އަނގައިން ޓޭޕް ކޮޅު ނައްޓާލާފައި އޭނާ ބެލީ އަހަރެންގެ އަތުގައި އައްސާފައިވާ ވާކޮޅު ނެއްޓޭތޯއެވެ. އެހެން ނޯކަރުން ވެސް އައިސް ކޮޓަރި ތެރެ ފުރާލަން ފެށިއެވެ. ލީނާ އައިސް ފޮތިގަނޑެއް އަހަރެންގެ ގައިގައި ވަށާލައި އަހަރެންގެ އޮރިޔާން ހަށިގަނޑު ނިވާ ކުރިއެވެ. ނަޝާ އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. ލީނާ ވެސް އެވެ. އެދެމީހުން ވެސް ރޮނީއެވެ. އަހަރެންނަށް ވެސް ރޮވެން ފެށުނެވެ. ގަޔަކު ވަރެއް ނެތެވެ. އެކުދިންގައި ގައި އަތްޖައްސާލަން އަތް އުފުލާވެސް ނުލެވުނެވެ.
“ހަޔާތް.. ކިހިނެއްވީ..؟ ކާކު މިހެން ހެދީ ހަޔާތް އަށް..؟” ނަޝާ އަހަރެންގެ މޫނުގައި ހިފައި ކަރުނަތަށް ފޮހެލަމުން އަހާލިއެވެ. އަހަރެންނަކަށް ބަހެއް ނުބުނެވުނެވެ. ހަމަ ގިސްލެވެނީއެވެ. އަހަރެން ވަކި ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އަނެއްކާ ވެސް އަހަރެންގެ ދެލޮލަށް އަދިރިވިއެވެ.
އަހަރެންނަށް ދެލޯ ހުޅުވާލަން މަޖުބޫރުވީ އަހަރެންގެ ނިތްކުރީގައި ފިނިއެއްޗެއް ޖައްސާ އިހްސާސް ކުރެވޭތީއެވެ. ބަލާލީރު އަހަރެންގެ މަގަތުގައި އިށީންދެލައިގެން އެއިނީ ނަޝާ އެވެ. އޭނާ އޭރު ވެސް ދިޔައީ ނޭފަތް ދަމަމުންނެވެ. އޭނާ އަށް ދިޔައީ ގިސްލެވެމުންނެވެ. އަހަރެންގެ ހާލަތާއި މެދު ނަޝާ އަށް ހަމްދަރުދީ ވެވުނީ ހެއްޔެވެ؟ އަހަރެން ދެލޯ ހުޅުވާގެން އޮތް ތަން ފެނުމާއި އެކީ ނަޝާ އޭނާގެ ކަރުނަތަށް ފޮހެ ލިއެވެ.
“ހަޔާތް.. އޯކޭތަ..؟” ނަޝާ އަހާލިއެވެ. އެއަޑުގައި އޯގާތެރިކަން އެކުލެވިފައި ވެއެވެ. އަހަރެން ބޯޖަހާލީމެވެ. މިހާރު ގައިގައި ރިއްސާވަރު ވެސް ކުޑަކޮށް ލުއި ވެއްޖެއެވެ. އަހަރެން އެނދު ފަޑީގައި ލެނގިލާފައި އިށީން ދެލީމެވެ. ނަޝާ އަހަރެންނަށް ފެންތައްޓެއް ދިނެވެ.
“ހަޔާތް.. ޕްލީސް އަހަރެންނަށް މަޢާފް ކުރޭ.. އިއްޔެ އަހަރެންނަކަށް ނޭނގެ ވެފަ ހުރި ގޮތެއް ވެސް.. އެކަމު ހަޔާތް މިހާލުގައި އޮތްތަން ފެނުނީމަ އަހަރެންގެ ހިތަށްހަމަ ކުޅަދާން ނުވީ..” ނަޝާ މަޢާފަށް އެދުނެވެ. އަހަރެން ފަނޑު ހިނިތުންވުމެއް ދިނީމެވެ. އަދި މިކަހަލަ ކަމެއް މިދިމާވީކީ އަލަކަށެއް ނޫނެވެ. އަހަރެން އަދި މިއަށް ތުރެއް ބޮޑު ކަންތަކާއި ކުރިމަތި ލައިފައި ހުރީމެވެ.
“އަހަރެން ނަޝާ އަށް މަޢާފް ކޮށްފިން..” އަހަރެން ބުނެލީމެވެ. ނަޝާ އަހަރެންގެ ހަށިގަނޑުގައި ބައްދާލިއެވެ. އަހަރެން އުފާވިއެވެ. އަހަރެންގެ ހާލާއި މެދު އެހެން މީހަކު ދެރަވެ ހިތާމަ ކުރާކަން އެނގޭތީއެވެ. އަހަރެންނަށް ދެރަގޮތެއް ވުމައް އެހެންމީހަކު ނޭދޭތީއެވެ.
ޒައިދާން ކަރު ކެހިލި އަޑަށް ނަޝާ ދުރުވެލިއެވެ. ޒައިދާން ލޮލުގެ އިޝާރާތުން ނަޝާ ކާރީ ނުކުތުމައް ބުންޔެވެ. ނަޝާ ވެސް ވަކި އެއްޗެކޭ ނުބުނެ ދިޔައީއެވެ. އަހަރެން އިސްޖަހާލީމެވެ. ޒައިދާން އާއި ދިމާ އަށް ބަލާކަށް އަހަރެންނަކަށް ނުކެރުނެވެ. ޒައިދާން އައިސް އަހަރެން ކާރީ އިށީނެވެ.
“ހަޔާތް.. ވަރަށް ބޮޑަށް ސޮރީ ހަޔާތް އަށް މިކަހަލަ ކަމަކާ ކުރިމަތިލާން ޖެހުނީމަ..” ޒައިދާން އިނީ ދެރަވެފައިކަން އެއަޑުން އެނގެއެވެ. އަހަރެން ބަހެއް ނުބުނަމެވެ.
“ބުނެބަ އެއީ ކޮން ބައެއް..؟” ޒައިދާން އާދޭހުގެ ރާގަކަށް ބުނެލިއެވެ. އަހަރެންނަށް ބަލައިލެވުނެވެ. ޒައިދާންގެ ދެލޮލާއި އަހަރެންގެ ދެލޯ ހަމަވިއެވެ. އަހަރެންނަށް ކުރެވުނީ އެހެންކަހަލަ އިހްސާސް އެކެވެ. އަހަރެންނަކަށް ބަހެއް ނުބުނެވުނެވެ.
“ޕްލީސް ހަޔާތް.. އަހަރެން ބޭނުން ހަޔާތް އަށް އިންސާފް ހޯދަދޭން..” ޒައިދާން އަނެއްކާ ވެސް ބުނެލިއެވެ.
“ހަޒަން އެތާ އިން.. ދެން ތިބި ދެމީހުންނެއް ނޭނގެ..” އަހަރެން ބުނެލީމެވެ. ވަގުތުން ޒައިދާންގެ މޫނުމަތީވީ ކުލަވަރު ބަދަލުވިއެވެ. އަހަރެންނަށް ވަރަށް ފަސޭހައިން އެކަން ފާހަގަވިއެވެ.
“ދެން އެހައް އަރާމު ކޮށްލާ..” ޒައިދާން އެހެން ބުނެ ނުކުމެގެން ދިޔައެވެ. އޭނާ އެހުރީ ވަރަށް ނުރުހުން ވެފައިކަން އެނގެއެވެ.
ޒައިދާން އަހަރެންނަށް އިންސާފް ހޯދަދޭން ބޭނުންވަނީއެވެ. އެކަމު އެއީ އޭނާގެ އެކުވެރިންނެއް ނޫންހެއްޔެވެ؟ ޒައިދާން އަކީ ހާދަ ރަގަނޅު ހިތެއްގެ ވެރިއެކެވެ. އަހަރެންނަށް އަނެއްކާ ވެސް އަހަރެންގެ ހާލަތާއި މެދު ވިސްނާލެވުނެވެ. އަޅާލާނެ ޔާރެއް އިޔާރެއް ނެތެވެ. ގެއިން ވަނީ ނެރި އެއްލާލެވިފައިވައެވެ. މީހެއްގެ ލޯތްބެއް ނުލިބެއެވެ. ދިރުއުޅެނީ ކޮންމެވެސް އެހެން މީހެއްގެ ގޭގައި އެމީހެއްގެ ނޯކަރެއްގެ ގޮތުގައެވެ. ރައްކާތެރިކަން ލިބޭނެ ކަމަށް ހީއްކޮށްގެން ހުއްޓައި އަނެއްކަ ފަހަރަށް އެހެން މީހުންތަކެއްގެ އަތްދަށުވީއެވެ. އަހަރެންގެ މިހަށިގަނޑުގެ ނާޖާއިޒް ފައިދާ އެމީހުން ނެގީއެވެ.
އަހަރެންނަށް މި ދިރިއުޅުން ހައްޤު ވާންވީ ކީއްވެހެއްޔެވެ؟ އަހަރެންނަށް ނުބައިކޮށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެންނަށް މިހާލު ނުޖައްސަބަލާށެވެ. އަހަރެންގެ މޭކަށިގަނޑު ތެރޭގައި ވެސް މިއޮތީ ހިތެވެ. އެހެން އިންސާނުންފަދައިން އަހަރެންގެ ހިތަށް ވެސް އަސަރު ކުރެއެވެ. އަދި އަހަރެންމީ އެއްމެ 18 އަހަރުގެ ކުއްޖެކެވެ. އަހަރެންނަށް މިހާލު ނުޖައްސަބަލާށެވެ. އަދި ރަގަނޅުވާނެ އެވެ. އަދި ހުރިހާ ކަމަކުން ވެސް ސަލާމަތް ވެވޭނެއެވެ. އަދި ކެއްކޮށްލާށެވެ. އަދި މިތަނުން ނުކުމެގެން ދެވޭނެއެވެ. މިއަދު ނޫނީ މާދަމައެވެ. އަދި ކެއްކޮށްލާށެވެ. ތީ ހަޔާތް އެވެ. ހަޔާތް އަކީ ވަރަށް ވަރުގަދަ ކުއްޖެކެވެ. ވަރަށް ކެއްތެރި، ހިތްވަރުގަދަ ކުއްޖެކެވެ. އަދި ހިތްވަރު އެލުވާލާފައި އަދިރި ކަނަށް ވަންނާކަށް ދާނެ ކަމެއް ނެތެވެ. އަދި ދެއަތް ތިރިކޮށްލާނެ ކަމެއް ނެތެވެ. އަހަރެންގެ ސިކުނޑި ބެލީ އަހަރެންނަށް ހިތްވަރު ދެވޭތޯ އެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







Omg gurll so creative 😽😻❤️🔥
WHATTTTTTTTT!! she got r**** again 😾🙀
Asluves we need hayaa ah insaafu hoadhaadheyn 😿
Goodluck zaidhaan ✊️🤞
What is wrong with boys 😾
“SCUMBAGS SHE IS ONLY 18″😾
“HAS SHE DON SOMETHING YOU CAN’T HANDLE WITH THAT FRAGILE EGO?”😾
I’m glad That I hate boys (some are only my fav)😾
Omg girl I got a rlly bad tempuer 😿
Sry <3 😿🥀
Cw4thenextp!😻
TC & LYSM 😻😻😻💛💛💛⚘️
Hehe thank you Sheex 🥰
Yes hayaath got r**** again 😭
IA hayaath ah insaaf libeyne
Aslu ves sheex thibunee what is wrong with them 😒
Fr I agree with you sheex ✨
It’s okay sheex, no need to be sorry 🤗
You also take care, and I love you more 💋💙
Vrh rythi MA mi part vess!✨❤️
Hayaa darling be strong
IA👆🏻🤲🏻 hayaa ah insaafu hoadheyne adhi
Curiously waiting for the next part
When’s nxt?????????
Lysm and TC my girl 🤭💗
Thank you Alaika_22 🤗
Yeah IA adhi insaaf libeyne 💚
Next part dhen in vhk liyelaafa ✨
Love you too, you also take care bbg 💋💙
MA…This part is marvelous…❤️🩹
Hayaer ah dhera gotheh nuhadhahcheyy! I suspect this Xai is under it…
Btw,”Pov:Girl who is legally not 18 yrs, Shouldn’t go around alone or live they should treat well respectful.”
Muxo wx Saabaheyy hama…👏🏻👏🏻👏🏻
Aharunmen begg kuraairu Hayaer Save kuraakah nulhevihyya…I thought then story in fennaanee Muxo Bahamini Akah vegen gosss Hayaer save kuraan than…😂😂
Jk to you,Dude
Lysm & Tc my sis
Happy to know that you enjoyed this part aswell 🥰
IA hayaath akah dheneh dheragitheh nuvaane
Ehehe.. Thankx.. , ✨✨
😭😭😭
Love you more, you also tc 💋💙
Study well, 🩶🩶
Wlcm, All my pleasure I was busy dhuvaskolheh Veema Muxo’s tales ah full-support might not happen!
Btw, I read Ur tales & see website max a day!!
Keep it up,Shine it with Ur all efforts!📚🩶
Thank you my dear 😭
What happened to my Darl???
Tell me,
MA mi part vx vrh reethi🤩💯🔥🔥
Abadhu keehve tha hayaath ah ehn vanee😩
Sifa kuruthah vx vrh baraabaru👍🏻
Curiously waiting for the next part
When’s next????
Keep it up 👏🏻👏🏻
Happy to know that you enjoyed this part 🤗
Thank you Un_known 🥰
Next pary dhen in vhk liyelaafa ✨
IA i will 💙
Muxo keehve tha Maabodah Sad emoji choose
Kuree??? I aai hure Dhera vee dhw!!
Its actually a habit of mine!! Happy vias sad vias majaa vias proud feel vias alhugadah beynun kurevenee this emoji!! Sorry!!
No need to feel it ,I understand you…
🩶🩶🩶 Bye ,yaaa
Mi part vx vrh reethi ✨✨✨
I really hate that boys y would they have to
Do that her…😭 She is only 18 😭
I wish no one do that to her I really really wish☺️
BTW Lysm 🥀 Tc…. And wish u get full in ur test☺️☺️