Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަދަލް-7

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
April 4, 2026 4 Mins Read
7 Comments

މިކަހަލަ ފޮނި ހިޔާލުތަށް ކުރަމުން އަަހަރެން ގޮސް ފާޙަނާ އަށް ވަދެ ފެންވަރާލީމެވެ. ވީ އަރާމެއްގެ ބޮޑުކަމުން އަހަރެން ބޭނުންވީ ނިދާލާށެވެ. އެނދުމައްޗަށް ޖެހިގަނެވުމާއެކު އަހަރެންގެ ސުކުނޑި ތެރޭ ކުލަ ނެތް ތަސްވީރެއްހެން ކުރެހިގެން ދިޔައީ އަަހަރެންގެ ނުރުހުމާއެކު އަހަރެންގެ ފަރާތުން ނުހައްޤުޤައި އުފަލާއި އަރާމު ހޯދި ޝައިލް ކުރިކަންތަކެވެ. ވަގުތުން ފުންމައިގެން ތެދުވެވުނެވެ. އެނދުގައި އޮށޯންނަ ހިތެއް ނުވިއެވެ. ތަޅުން ގަނޑު މަތީ އޮށޯވެ އަހަރެން ދެލޯ މަރާލީ މެވެ.

*ޕާރޓް-7*

މިހާރު އެގޭގަ އަހަރެން އުޅޭތާ ގާތް ގަނޑަކަށް ހަފްތާއެއްހާ ދުވަސް ވެދާނެއެވެ. ޒައިދާން ވަރަށް ރަގަނޅެވެ. އަހަރެންނަށް މަސަށްކަތް ބުރައެއް ނުކުރެއެވެ. އަހަރެންނަށް އޮންނަ މަސަށްކަތް ތަކަކީ ޒައިދާން އުޅޭ ކޮޓަރި މޮޕުލާ ސާފު ކުރުމާ އޭނާގެ އެއްޗެހި ދޮވުމާ އޭނާ އަށް ކާން ތައްޔާރު ކުރުމެވެ. މަސަށްކަތް ކިތައްމެ ހާވެސް ފަސޭހަ އެއް ނޫން ހެއްޔެވެ؟ އެކަމު އެތާ މަސަށްކަތް ކުރާ އެހެން އަންހެން ކުދިން ލީނާ ނޫން އެހެން ހުރިހާ މީހުން ވެސް އަހަރެންނާއި ދިމާ އަށް ބަލަނީ ރުޅި ވެރި ކަމުގެ ނަޒަރަކުންނެވެ. އެއީ އަހަރެންގެ މައްސަލަ އެއް ނޫނެވެ.

މަސަށްކަތާގެން އަވަދި ނެތި އުޅޭތީވެ އަހަރެންނަށް މަންމަމެންނާއި މެދު ވިސްނާލާކަށް ފުރުސަތެއް ނުލިބެއެވެ. އިރުއަރާރަށް މަސަށްކަތް ފަށާނީ އެވެ. ނިދޭރު ހުންނާނީ ބާރަ އެކެއް ޖަހާފައެވެ. އާއެކެެވެ. އެހާ ވެސް ބުރައެވެ. ނަމަވެސް މަންމަމެން ކާރީ އެވައްތަރައް ރައްކާތެރިކަމެއް ނެތްތާކު އުޅުމަށް ވުރެއް މިތާ ޒައިދާންގެ އަޅެއްގެ ގޮތުގައި އުޅެން މާ ފަސޭހަ އެވެ. ހިތަށް މާ ލުއެވެ.

އަވިގަދަ ދުވަހެކެވެ. އަހަރެން އިނީ ގޯތި ތެރެ ކުނި ކަހާށެވެ. އަހަރެން އެކަންޔެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އިރުކޮޅަކުން އެހެން ހުއްޓައި ޒައިދާން އައެވެ. އަހަރެން ކާރީ ގާތަށް އައުމަށް އިޝާރާތް ކޮށްލިއެވެ. އަހަރެން މަޑުމަޑުން ގޮސް ހުއްޓިލީމެވެ.

“އަހަރެން މިރޭ މިއުޅީ އަހަރެންގެ ފްރެންޑުން ކޮޅެއް ގެންނަން ވެގެން.. ސްލީޕް އޯވާއެއް ގޮތަށް ހަދަން.. އެހެންމަ ހަޔާތް އަހަރެންނަށް ސެޓަޕް ހަދަން އެހީވެދޭން ވާނެ..” ޒައިދާން ކިޔާދިނެވެ.

“ކޮން އިރަކުންތޯ..؟” އަހަރެން އަހާލީމެވެ.

“މެން ދުރު ކެއުމަށް ފަހު.. އަންނައްޗޭ އަހަރެން ކާރިއަށް..” އެހެން ބުނެ ޒައިދާން ގޭތެރެ އަށް ވަނެވެ. އަހަރެން ސިކުނޑީތެރޭ އެކަން ނޯޓް ކޮށްލީމެވެ. ހަަމަ އެވަގުތެވެ. އަހަރެންނާއި އެކީގައި ބޭރު ކުނިކަހަން ނުކުން އަންހެން ކުއްޖެއް އައިސް އަހަރެން ކާރީ ހުއްޓިލިއެވެ. އޭނާ އަހަރެންނާއި ދިމާއަށް ބަލާލީ ރުޅި ވެރި ކަމުގެ ނަޒަރަކުންނެވެ. އެއީ ނަޝާ އެވެ. އަހަރެން އައި ދުވަހުއްސުރެއް އޭނާ އަހަރެންނަށް ވާހަކަ އެއް ވެސް ނުދައްކާނެއެވެ. ދުރުގަ ހުރެގެން އަހަރެންނާއި ދިމާ އަށް އެއްޗެހި ކިޔާނީ އެވެ. އެއީ ވެސް ނަސީބެއް ނޫންހެއްޔެވެ.

“ޒައިދާން އަށް ކޮން ސިހުރެއް ޖައްސާގެންތަ ތިއުޅެނީ..؟” ނަޝާ އަހާލިއެވެ. އަހަރެންނަށް ބުމަ އަރުވާލެބުނެވެ. އަހަރެން އެއްވެސް ކަމެއް ނުކުރަމެވެ. އަހަރެން ހަމައެނި ދިރިހުރީއެވެ. ޒައިދާންގެ ހިތް އެދުނު ގޮތަށް އޭނާ އަހަރެން ބެހެއްޓީ އޭނާގެ ޕާރސަނަލް ނޯކަރެއްގެ ގޮތުގައެވެ. އެއީ އަހަރެން ކިޔައި އާދޭސް ކޮށްގެނެއް ނޫނެވެ.

“ބުނަންތަ.. ޒައިދާން އެއް ކަލޭ ކަހަލަ ނިކަމެތި އަންހެން ކުއްޖަކާ އެކީއެއް ނޫޅޭނެ.. އޭނަ ކަލޭ ގެން ގުޅެނީ ނޯކަރެއް ގޮތަށް..” އަހަރެންގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަންނަމުން ނަޝާ ބުނެލިއެވެ. އަހަރެންނަށް ދަތްކުނޑީ ވިކާލެވުނެވެ. ނަޝާ އަހަރެންގެ ގަޔަށް އަތްލަނީ ކީއްކުރަން ހެއްޔެވެ؟ އަހަރެންގެ ސިކުނޑި ގޮވަން ފެށިއެވެ.

“އޭނަ އަށް އަނިޔާއެއްދީ.. އޭނަ ފުރަތަމަ ހަޔާތް އަށް ބެހުނީ.. އޭނަ އަށް ހަޔާތްތީ ކާކުކަން ދައްކާލާ..” އަހަރެން ސިކުނޑި ކިޔަމުން ދިޔަ އެއްޗެހި އެއްފަރާތް ކޮށްލީ ޒައިދާންގެ އަޑުއިވުމުންނެވެ. ސިއްސައިގެން ގޮސް ނަޝާ އަހަރެންގެ އިސްތަށިގަނޑުން ދޫކޮށްލިއެވެ.

އޭރު ޒައިދާން ހުރީ މޫނު މަތި ބަނަ ކޮށްލައިގެންނެވެ. އޭނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފަކަން އެނގެއެވެ. ނަޝާގެ މޫނު އެއްކޮށް ހުދު ކަފަ ކޮޅަކަށް ވެގެން ދިޔަތަން އަހަރެން ދެކުނީމެވެ.

“ހަޔާތް ހަމަމިހާރު އާދޭ އެތެރެއަށް..” ޒައިދާންގެ ހަރުކަށި އަޑުން ޒައިދާން ގޮވާލިއެވެ. އަހަރެން އަވަހަށް ކުނި ކަހަން ގެންގުޅުނު އެއްޗެހި ނެގީމެވެ.

“ތީއްޗެހި ބަހައްޓާފަ ގެޔަށް.. މިހާރު..” ޒައިދާން އަމުރު ކޮށްލިއެވެ. އަހަރެން އިނީ ހުއްޓުން އަރާފައެވެ. ޒައިދާން މިހާ ރުޅި އައިސް ހުރި ތަނެއް އަދި އަހަރެން ނުދެކެމެވެ. އަހަރެން ގޮސް ގެޔަށް ވަންނަން ޒައިދާން ކާރިން ލާފައި ހިގައި ގަތުމާއި އެކީ އޭނާ އަހަރެންގެ އަތުގައި ހިފިއެވެ. އަހަރެންނަށް ތެޅި ގަނެވުނެވެ. ބޭއިޙްތިޔާރުގައި އެއަތް ދުރައް ޖައްސާލެވުނެވެ. އަހަރެންގެ މިއަމަލުން ޒައިދާން ހައިރާން ވިއެވެ.

“އޯކޭތަ..؟ މިފަހަރު ޒައިދާން އޯގާތެރި ރާގެއްގައި އަހާލިއެވެ. އަހަރެން ބޯޖަހާލީމެވެ. ޒައިދާން އަހަރެންނަށް އިޝާރާތް ކުރީ އެތެރެއަށް ވަދުމަށެވެ. އަހަރެން ގޮސް ބަދިގެޔަށް ވަނީމެވެ. އޭރު އެކަކުވެސް ބަދިގެޔަކު ފެންނާކަށް ނެތެވެ. މިއަދު ނަޝާ ކުރިކަމުން އަހަރެން މިހުންނަނީ ވަރަށް ހިތް ހަމަ ނުޖެހިފައެވެ. ޒައިދާން ހޯދަން ދުވަން އަހަރެން މީކާކު ހެއްޔެވެ؟

ނަޝާ އަހަރެންގެ ގަޔަށް އަތްލީ ނުހައްޤުޤައެވެ. އޭނާ އަށް އަދި މީގެ ސަޒާ ލިބެން ޖެހެއެވެ. އަހަރެން އަދި ނަޝާ އަށް އޭގެ ބަދަލު ދޭނަމެވެ.

ރޭގަނޑުވެ މިހާރު ޒައިދާންގެ އެކުވެރިން އަންނަން ފަށާފިއެވެ. މިއަދު މެންދުރު ޒައިދާން އަހަރެން ގޮވާގެން އެއްޗެހި ގަންނަން ދިއުމުން އެއްމެން ވެސް ތިބީ ހައިރާންވެ އަންތަރީޒް ވެފައެވެ. ޒައިދާންގެ މަންމަ އާއި ބައްޕަ އާއި ވެސް މެއެވެ. ޒައިދާން އަހަރެންނަށް އައިސް ކްރީމް ވެސް ގަނެދިނެވެ. އަހަރެންގެ 18 އަހަރު މިދުނިޔޭގައި ދިރިއުޅުނީރު އެއްވެސް މީހަކު މިފަދައިން އަހަރެންނަށް އަޅާލާ ލޯބި ދީފައެއް ނެތެވެ. އަހަރެންނަށް ރޮވުނު ވެސް ރޮވުނެވެ.

ފަހަރަކު މީހަކު އަންނަމުން ދިޔައިރު އަހަރެން އޭރު ވެސް އިނީ ޒައިދާން ކާރީ އޭނާ ކިޔާ އެއްޗެހި އަޑުއަހާށެވެ.

“އަހަރެން މި ބެލް އަޅާލީމަ ހަޔާތް ވާނެ އަންނަން.. ވީހާ ވެސް އަވަހަކަށް.. އޯކޭ..” ޒައިދާން އަހަރެން އަތަށް ކުޑަ ސްޕީކަރެއް ކަހަލަ އެއްޗެއް ދެމުން ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. ވަށައިގެން ނަޒަރު ހިންގާލުމާއި އެކީ ބަލައިލެވުނު މޮޔަ ހީވިއެވެ. އެއްމެންތަށް ތިބީ އަހަރެންނާއި ދިމާ އަށް ބަލާށެވެ. އޭގެން އެކަކާއި އަހަރެންގެ ހަތަރު ކަޅި ހަމަވިއެވެ. އެމީހާ ވަރަށް ނުލަފާ ވައްތަރަކަށް ހިނިތުންވެލިއެވެ. އަހަރެން ވެސް ފަނޑު ހިނިތުންވުމެއް ރައްދު ކޮށްލީމެވެ.

އަހަރެން ކޮޓަރިއަށް ދާން ވެގެން ހިސާބަކަށް ދެވުމާއި އެކީ އިވުނެވެ. އޭގެން އެކަކު ބުނެލިއެވެ.

“އޭ ހާދަ ރީތި މަންޖެއެއް.. ކޮންތާކުން ގެނަ ކުއްޖެއްތަ..؟” އަހަރެންގެ ފިޔަވަޅުތަށް ހުރިތާ ގަނޑުވި ކަހަލައެވެ. އެއީ ކާކު ހެއްޔެވެ؟ ގައިމުވެސް އެއީ ދަންނަ އަޑެކެވެ. އެކަމު މާ ދުރުން އިވުމުން އެއީ ކާކުގެ އަޑެއްކަމެއް ނޭނގުނެވެ. އެކަމާއި ނުވިސްނާ އަހަރެން ގޮސް ކޮޓަރިއަށް ވަނީމެވެ. ފެން ވަރައި ހަދައިގެން އައިސް އަަހަރެން އޮށޯތީމެވެ. އަހަރެން ނިދަނީ ސޯފާމަތީއެވެ. ތަޅުންގަނޑު މަތި މާފިނިވީމައެވެ. އޮށޯވެ މިއަދު ހިގާ ދިޔަ ކަންތަށް އަހަރެން ސިކުނޑިތެރޭ ކިޔާދިނީމެވެ.

މެންދުރު ފިހާރެއަށް ގޮށްސަ ޒައިދާން އަހަރެންނަށް ހަދިޔާ ދިނެވެ. ކާއެއްޗެހި ގަދިނެވެ. އަހަރެނަށް ބަލާލެވުނީ އަހަރެންގެ އެނދުކާރީ ހުރި ސައިޑް ޓޭބަލް އަށެވެ. ބޮޑު ކޮތަޅެއްގައި ލުއި ކާނާ ހުއްޓެވެ. ޒައިދާން އަހަރެންނަށް އެހާ އަޅާލަނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް އެހާ އޯގާތެރީ ކީއްވެ ހެއްޔެވެ؟ އަހަރެން އެހާ ޅަކޮށްގެން އެއުޅެނީ ކީއްވެ ހެއްޔެވެ؟ އެހެން ނޯކަރުންނަށް އެހެން ނަހަދަނީ ކީއްވެހެއްޔެވެ؟ ނޫނެކެވެ. އެވާނީ އަހަރެން އާކުއްޖަކަށް ވީމައެވެ. އެހެން ކުދިން ވެސް ފުރަތަމަ އައިރު އެކުދިންނަށް ޒައިދާން މިގޮތަށް އަމަލު ކުރާކަމެއް ނޭނގެއެއް ނޫން ހެއްޔެވެ؟

އަހަރެންނަށް އިހްސާސް ވަނީ ދޫން ހެންނެވެ. އެތަކެއް ދުވަހު ޖަލެއްގައި އުޅެފަ އަލިކަމެއް ލިބި ބަގީޗާތަށް ތެރޭ އުދިހިލަން ފުރުސަތެއް ލިބުނީއެވެ. އެއްވެސް މީހެއްގެ ހުރަހެއް ނެތެވެ. އެއްވެސް ހަޅޭ ލެވުމެއް ނެތެވެ. އެއް ވެސް އަނިޔާއެއ ނެތެވެ. ނުރާކާތެރިކަމުގެ އިހްސާސް އެއް ނުކުރެވެއެވެ. އެތެރެއަށް ފުން ނޭވާ އެއް އެތެރެ ކޮށްލާފަ އަހަރެން ދެލޯ މަރާލީމެވެ. އަދި މިއަށްތުރެއް ބޮޑަށް އަހަރެންގެ ދިރިއުޅުން ފުރިހަމަ ކުރުވަން އެދި މާތް ﷲަ އަށް ދުއާ ދެންނެވީމެވެ. އިންޝާﷲ އަދި އަހަރެންގެ ދުޢާ އިޖާބަ ކުރައްވާނެތެވެ.

ނިދީގެ ފުން ކަނޑެއްގައި އޮއި ދަމަމުން ދަނިކޮށް އަހަރެންނަށް ހޭލަން މަޖުބޫރުވީ ބެލް އަޅާ އަޑު އިވުމުންނެވެ. ކާރީގައި ހުރި ގަނޑި އަށް ބަލާލީރު މެންދަމު އަނބުރާ 2 ޖެހީއެވެ. އަނެއްކާ ޒައިދާން ކަމެއް ބޭނުންވީ ހެއްޔެވެ؟ އަހަރެން އަވަސްް އަވަހަށް އެއްޗެހި ބަދަލު ކޮށްލާގެން ނުކުތީމެވެ. އެއްމެން ވެސް އޮތީ ނިދާފައެވެ. ޒައިދާން ވެސް އެވެ. އެކަމު ހާދަ މީހުން މަދެވެ. އަނެއް މީހުން ކޮބާ ހެއްޔެވެ؟ އެމީހުން ގެޔަށް ދިޔައީ ބާއެވެ. އަހަރެން މާވަރަކަށް ނުވިސްނާ ކޮޓަރިއަށް ދިއުމަށް މިސްރާބު ޖެހީމެވެ. އެޅުނީ އެއްމެ ދެތިން ފިޔަވަޅެވެ. އަހަރެންގެ އަނގަމަތީ އަތް އަޅާފައި ލުއި ފަތް ކޮޅެއްހެން އަހަރެން ޖަހައިގަނެގެން ގޮސް އެތާ އިން ކޮޓަރި ގަނޑަކަށް ވައްދާފިއެވެ. ގަދަ ދައްކައި ތެޅިކޮށެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

މެހެކް – ހަތަރުވަނަ ބައި

Next

ހިޔަނި ފަދަ ލޯބި-1

Next
April 4, 2026

ހިޔަނި ފަދަ ލޯބި-1

Previews
April 4, 2026

މެހެކް – ހަތަރުވަނަ ބައި

7 Comments!

  1. Shaba_73 says:
    April 4, 2026 at 10:13 am

    Mi part ves vrh Reethi MA! 💗
    Nasha men Haadha goaheyyy….
    Anehkaa jealous vaany kee noon? 🤔
    Haya ah kihineh hadhan baa eulheny? 😭
    Dhera gotheh nuhadhahcheyy plsss…. 🙏
    Haadha curios kohlaafa eyy thi ninmaaly 😅
    Curiously waiting for the next part When’s next?
    Lysm & Tc 💗

    1. _MuXo_ _MuXo_ says:
      April 4, 2026 at 12:54 pm

      Happy to know that you enjoyed this part aswell 🥰
      Nashaa men jelous vaatheenu ebunee ehen
      Next part ga egeyne 😭
      Hehe.. Curious vaan vaane 😌
      Next part dhen in vhk liyelaafa
      Love you more and you also take care 💙

  2. Anonymous says:
    April 4, 2026 at 11:57 am

    Awwnn…Muxo long time to know see Ur tales…
    Btw,MA…So so Emotive

    1. _MuXo_ _MuXo_ says:
      April 4, 2026 at 12:55 pm

      Happy to see your comment too Anonymous🤗
      Glad you like this part! 💙

  3. Black Heart says:
    April 5, 2026 at 12:11 pm

    Muxo..Bunelaba
    Ks-3 ge newbies Thibey class ah onnaaa Subjects term test ga???

    1. Black Heart says:
      April 5, 2026 at 12:12 pm

      Vrh Vrh avahah javaabu… emergency ehgga eyy

    2. Anonymous² says:
      April 5, 2026 at 3:50 pm

      For us it’s 6 subjects
      Islam, dhivehi, English, business, science, maths

Comments are closed.

Next Episodeބަދަލް-8←


All Right Reserved!