ތިޔައީ ހަނދޭ-20 (ފަހުބައި)
“އަޝްވާން އަށް އޮތީ ނިދިފަ.. ދެން އިތުރަށް ގުޅާނެ ކަމެއް ނެތް..” އެއީ އަލޫކާ އެވެ. ޔޫރާ އަށް ހުއްޓުން އަރައިގެން ހުރެވުނީއެވެ އަލޫކާ އަޝްވާން އާއި އެކީ ކީއްކުރަނީ ހެއްޔެވެ؟ އަލޫކާ އަނެއްކާ އައީ ކީއްވެ ހެއްޔެވެ؟ ޔޫރާ ހާސްވިއެވެ. އަނެއްކާ އަލޫކާ އަޝްވާން އަށް ކަމެއް ކުރީބާއެވެ. އޭނާ ބޭނުންވީ އަޝްވާން ކާރިއަށް ހަމަ މިހާރު ދާށެވެ. ކުޑަ ގޮތަކަށް ތައްޔާރު ވެލައިގެން ޔޫރާ ނުކުތެވެ.
*ޕާރޓް-20*
ހިތަށް އެކި އެއްޗެހި އަރަމުން ދިޔަ ހާލު ޔޫރާގެ ހިގުން އަވަހެވެ. އޭނާ ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް އަޝްވާން ކާރިއަށް ދާށެވެ. އޭނާ ބުނީމާ ނައިސް އަލޫކާ އައީމަ އަލުކާ ކާރީ އަޝްވާން މަޑުކުރީ ހެއްޔެވެ؟ ކުރިން ނާދެވޭނެ ވާހަކަ ބުނި ނަމަތާއެެވެ. ޔޫރާ ހުރީ ހިތް ހަމަ ނުޖެހިފައެވެ. މިރޭ ވައިގަދަވެފައި ވިއްސާރައެވެ. ފިނިފިނި ވައި ރޯޅި ތަށް ޔޫރާގެ ހަންގަނޑުގައި ބީހިލާ ކޮންމެ ފަހަރަކު ގައިން ހީބިހި ނަގާގެން ދާނެއެވެ. އުޑުމަތީ އެހެން ރޭރޭ ފެންނަން ހުންނަ ހަނދެއް ވެސް މިރެ އަކު ނެތެވެ. އެއް ވެސް އަލިކަމެއް އުޑުމައްޗަކު ނެތެވެ.
ގޭތެރެއަށް ވަދެގެން އައި ޒަހްރާ ފެނި ރާނިޔާ ގޮވާލިއެވެ.
“ކޮބާ ޔޫރާ..؟” ރާނިޔާ އިނީ ކޮންމެ ވެސް ޑްރާމާ އެއް ބަލާށެވެ.
“އެބަ އަންނަމޭ ކިޔާފަ ދިޔައީ..” އެހެން ބުނެ ޒަހްރާ ވެސް އައިސް ރާނިޔާ އާއި ބައިވެރި ވިއެވެ.
ޔޫރާގެ މަންޒިލަށް ފޯރުނީރު މަދުމަދުން ވާރޭ ކަނިތަށް ޖަހައެވެ. އެކަމައް ފަރުވާލެއް ނުބަހައްޓާ ޔޫރާ ގޮސް ގޭދޮރު މައްޗަށް އަރާ ސަލާމް ގޮވާލިއެވެ. އިރުކޮޅެއް ތެރޭ ޝާނާ ސަލާމް ބަލާގަތެވެ. މިވަގުތު ޔޫރާ ފެނުމުން އޭނާ އިނީ ހައިރާން ވެފައެވެ.
“މިގަނޑީ ކިހިނެއްވެ ތިއައީ.. ދެން ވެސް ބޭރުގަ ނުހުރެ އަވަހަށް ވަދޭ އެތެރެއަށް..” ޝާނާ އެދުނެވެ. ޔޫރާ ވެސް ގޭތެރެއަށް ނަޒަރު ހިންގާލަމުން ވަދުނެވެ. އަޝްވާން ފެންނާކަށް ނެތެވެ. ހަމަގައިމު ވެސް އޭނާ ގޭގަ އެބަ އުޅެއެވެ. ގޯތި ތެރޭ އިން ހަޓް ދަށުގައި އޭނާގެ ސައިކަލު އެބާނެވެ.
“ކޮބާ އަޝްވާން..؟” ޔޫރާ އަހާލިއެވެ.
“ކޮޓަރީގަ..” ޝާނާ ވެސް އޭނާގެ ކޮޓަރިއަށް ވަންނަން ދާން ހިގައިގަންނަމުން ބުނެލިއެވެ. ޔޫރާ އަވަސް ފިޔަވަޅު ތަކާއި އެކީގައި ގޮސް އަޝްވާންގެ ކޮޓަރި ދޮރުމަތީ ހުއްޓިލިއެވެ. ތަޅުގައި ހިފާލުމާއި އެކީ އޭނާ ހުއްޓުން އެރިއެވެ. އެތެރޭން އިވުނީ އަންހެން ކުއްޖެއްގެ މަޑު “އާހް” އެއްގެ އަޑެވެ. ފިރިހެނެއް ވާހަކަ ދެއްކި އަޑުވެސް އިވުނެވެ. ދެން އިވުނީ އަލޫކާ އަޝްވާން އަށް ގޮވާލި އަޑެވެ. ޔޫރާ އަށް އިނދެވުނީއެވެ. ގުޑިލަން ވެސް ނޭނގިފައެވެ. އޭނާގެ ހިތަށް ހީވީ އެއް ފަހަރާ އެތަކެއް ތިރު ތަކެއް ހަރާލި ހެންނެވެ. ހިތުގައި ޒަހަމް ލެވި ލޭއޮހޮރެން ފަށާފިއެވެ. ދެލޮލުގައި ކަރުނައިގެ އަސަރު އުފެދުނެވެ.
އަނެއްކާ އަލުކާ އާއި އެކި އަޝްވާން ޖިންސީ ގުޅުން ހިންގަނީ ހެއްޔެވެ؟ ކީއްވެ ހެއްޔެވެ؟ އަޝްވާން އަބަދު ވެސް ބުނެފައިވަނީ އެއްވެސް އަންހެން ކުއްޖަކަށް އޭނާގެ ހިތެއް އަތު ނުލެވޭނެ ކަމަށެވެ. އެކަމު މިއަދު އަލޫކާ އަށް ވަނީ އަޝްވާންގެ ހިތް އަތުލެވި ނަސީބު ރަގަނޅު ވެފައެވެ. ދުވަހަކު ވެސް ނުކުރާނަމޭ ބުނި ކަންތަށް އަޝްވާން ކުރީއެވެ. ވި ހުރިހާ ވަޢުދަކާއި ދެއްކި ހުރިހާ ވާހަކަ އެއް ފެނަށްވެ ދިޔައީ އެވެ. އަޝްވާން އޭނާ އަށް މިހެން ހެދީ ކިއްވެ ހެއްޔެވެ؟ ބާރަށް ހިގައިފައި ޔޫރާ އެގޭން ނުކުތެވެ.
ވާރޭ ވެހޭ މަންޒަރު ބަލަން ކުޑަ ދޮރު ކާރީ ހުރި ޒަހްރާގެ ނަޒަރު ހުއްޓިފައިވަނީ އަނބުގަހަށެވެ. ވަޔާއި އެކީގައި އަނބުގަސް ހެލޭ އިރު ވަރަށް ރީއްޗެވެ. ފެނުގެ މުތީތަށް ފަތްތަކަށް ވެއްޓޭއިރު ވަރަށް ފުރި ހަމައެވެ. ޒަހްރާ ސިއްސައިގެން ދިޔައީ އޭނާގެ ފަހަތުން އައިސް ރަޝްނާން އޭނާގެ ގާގައި ބައްދާލުމުންނެވެ. ސިއްސައިގެން ދިޔަވަރުން ޒަހްރާ އަށް ތެޅިގަނެވުނެވެ. ނަމަވެސް ރަޝްނާންގެ ބަރު އަޑު ކަންފަތުގައި ޖެހުމާއި އެކީ އޭނާ ހަމައަކަށް އެޅުނެވެ.
“ކިހިނެއްވެފަ ތީނީ..؟” ޒަހްރާގެ އިސްތަށިގަނޑުން ވަސް ގަނެލަމުން ރަޝްނާން އަހާލިއެވެ.
“ޔޫރާ އަންނަން ދެކަށް.. އަހަރެންނަށް ހީވަނީ ޔޫރާ އާ އަޝްވާން އާ ތޮޅިގެން ކަންނޭނގެ އެއުޅެނީ..” ޒަހްރާ އޭނާގެ ހިތުގައިވީ އެއްޗެހި ބޭރު ކޮށްލިއެވެ.
“އޭން..؟! ޔޫރާ މިއޮށް ވިއްސާރަ ގަނޑުތެރޭ އެދިޔައީ އަޝްވާން ކާރިއަށް..؟!” ރަޝްނާންގެ އަޑު ބާރު ވިއެވެ. މިއޮށްފަދަ ކަޅުފޮއި ރޭގަނޑުގެ ތެރެއަށް ޔޫރާ އެކަނި ނުކުމެ އުޅުަމަކީ އޭނާ އެއްގޮތަކަށް ވެސް ރުހޭ ކަމެއް ނޫނެވެ.
“މިހާރު ވަރަށް ލަސްވެއްޖެ.. ރަޝް ދާންވީނު ޔޫރާ ބަލާ..” ޒަހްރާ ވެސް ބޭނުންވީ ޔޫރާ އަވަހަށް ގެޔަށް ގެންނާށެވެ.
ވަޔާއި ދެކޮޅަށް ހަނގުރާމަ ނުކުރެވިގެން ދެކޮޅަށް ހޫރެމުން ދިޔަ ގަސްތަކުގެ ފަތްތަށް އެކަތި އަނެކެއްޗާ ޖެހޭ އަޑާއި ވާރޭ ބިމުގައި ޖެހޭ އަޑުން މުޅި މާހައުލު ވަނީ އެއްކޮށް އަޑުބައްދާލާފައެވެ. މަގުތަށް ފެންބޮނޑު ވަމުން ދިޔައީ ސިކުނތު ކޮޅެއް ތެރޭ އެވެ. މަގުމެދުން ހިގާފައި އައި ޔޫރާގެ މޫނުމަތީ އެއްވެސް ދިރުމެއް ނެތް ކަހަލަ އެވެ. އޭނާ ހީވަނީ ފުރާނަ ނެތް މަސްކޮޅެއް ހިގާހެންނެވެ. އާއެކެވެ. އެފަކީރަށް ވަނީ އެހާ ވެސް އަސަރު ކޮށްފައެވެ. އަޝްވާން އަކީ އޭނާގެ ހިތުގައި އެއްމެ އަޑީގައި ފޮރުވިފައިވާ ނަމެވެ. އެ ހިތުގައި ފެވިފައިވާ ނަމަކީ އެއީއެވެ. ނަމަވެސް އެ ނަން ފެވެން ފަށާފިއެވެ. އަޝްވާން އޭނާ އަށް ދޯކާ ދިނީއެވެ. އެއީ ވެސް އަލޫކާ އާއި އެއްކޮށެވެ. އަޝްވާން އަލޫކާގެ މަޅީގައި ޖެހޭނެ ކަމަކަށް ޔޫރާ އެއްގޮތަކަށް ވެސް ހިތަކަށް ނާރައެވެ.
ޔޫރާ ބަލާދާން ވެގެން ނުކުތް ރަޝްނާން ފިޔަވަޅުތަށް މަޑުޖައްސާލީ ގޯތި ތެރެއަށް ވަދެގެން އައި ޔޫރާ ފެނިފައެވެ. އޭނާ ހުރީ ތެމި ފޯވެފައެވެ. ލަސް ލަހުން ހިގައިފާ އައިސް ޔޫރާ ރަޝްނާން ކާރީ ހުއްޓިލިއެވެ. އޭރު ވެސް ޔޫރާ އަށް ގިސްލެވެއެވެ. ރަޝްނާން އަށް ވީގޮތް ކުޑަކޮށް ފަހުމް ވިއެވެ. ޒަހްރާ އަށް ވެސް ޔޫރާ އައިސް ހުރިތަން ފެނުމުން އޭނާ ފުރަތަމަ ޔޫރާ އަށް ތުވާޔެއް ގެނެސް ދިނެވެ. ޔޫރާ އިނީ ހުއްޓުން އަރާފައެވެ.
“ކީއްކުރަން މިއޮތް ވިއްސާރަ ގަނޑު ތެރޭ ނުކުމެގެން ދިޔައީ.. ވީގޮތެއް ވެސް ނުބުނެ ދިޔައީމަ ކިހާ ހާސްވާނެ.. މިހާރު ގަޑިން ވީއިރެއް އެނގޭތަ..” ރަޝްނާން ދެއުކުޅުގައި އަތް ވިއްދާލާގެން ހުރެ ކިޔަމުން ދިޔައެވެ. އޭގެން އެއްވެސް އަޑެއް ޔޫރާގެ ކަންފަތާއި ހަމައަށް ފޯރި ހެނެއް ހިޔެއް ނުވެއެވެ.
“ކިހިނެއްވީ ޔޫރާ..؟ އަޝްވާން އާ ދެމީހުން ތޮޅުނީތަ..؟” ޒަހްރާ ޔޫރާގެ ބޮލިގައި ފިރުމާލަމުން އަހާލިއެވެ. ޔޫރާ ބަލާލިއެވެ. އަނެއްކާ ވެސް އޭނާގެ ދެލޯ ކަރުނުން ފުރުނެވެ. ޒަހްރާ ބަލާކަށް ނުހުރެ ޔޫރާ އޭނާގެ މޭތެރެއަށްލާ ބޮނޑި ކޮށްލިއެވެ. ޔޫރާގެ ބަޑި ފަޅާގެން ދިޔައެވެ. ޒަހްރާގެ ގައިގައި ހިފާއްޓާލާގެން ހުރެ އެފަކީރު ރޮނީއެވެ. ހުއްޓުމެއް ނެތިއެވެ. އެފަކީރުގެ އެހިތަށް ކޮށްފައިވާ އަސަރު އެނގެދާނެއެވެ. ރަޝްނާން އަށް ހުރެވުނީ ބަލާށެވެ. އަޝްވާން އޭނާގެ ކޮށްކޮގެ ހިތް ހަލާކު ކޮށްލީހެއްޔެވެ؟ އޭނާގެ ކޮށްކޮގެ ދެލޮލުން އެކަހަލަ ފިރިހެނެކަށް ކަރުނަ އެޅިޔަކަ ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.
އިރުކޮޅަކު ރުއި ލުމުން ޔޫރާގެ ހިތަށް ހިތްހަމަ ޖެހުން ލިބުނެވެ. ހިތް ފުރޭވަރަށް ރުއި ލެވުމުން އޭނާ ވާހަކަ ދައްކަން ފެށިއެވެ.
“އަހަރެން މިއައީ އަޝްވާން މެން ގެޔަށް ގޮށްސަ..” ޔޫރާ ބުނެލިއެވެ. ޒަހްރާ ބޯޖަހާލީ ކުރިޔަށް ގެންދާށޭ ބުނާ ފަދަ ގޮތަކަށެވެ.
“އަހަރެން ގޮސް އެކޮޓަރި ދޮރުމައްޗަށް އެރީމަ އިވުނީ.. އަލޫކާގެ އަޑު.. ދެން..” ޔޫރާގެ އަޑު ފޭދުނެވެ. އިތުރަށް ބުނާނެ ހިތްވަރެއް އޭނާ އަކަށް ނުލިބުނެވެ. ޒަހްރާ އާއި ރަޝްނާން އަށް ވެސް ބަލާލެވުނީ ދެމީހުންގެ މޫނަށެވެ. އަނެއްކާ ވެސް ޔޫރާ އަށް ރޮވެން ފެށުނެވެ. ޒަހްރާ ޔޫރާ މަސަލަސް ކުރަމުން ދިޔައިރު ރަޝްނާން ހުރީ ޤަބޫލު ނުކުރެވިފައެވެ. އަޝްވާން އަކީ މިކަހަލަ ކުއްޖެއް ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިތަކަށް ނާރަމެވެ.
އިރުކޮޅަކު ހުރެލާފަ ޔޫރާ ދިޔައީ ކޮޓަރިއަށެވެ. ޔޫރާ ދިއުމުން ރަޝްނާން ވެސް ކޮޓަރިއަށް ވަނެވެ. ޒަހްރާ ވެސް ރަޝްނާން ފަހަތުން ވަނެވެ.
“ދެން ޒަހްރާ ވެސް އެކަމާ މާބޮޑަށް ނުވިސްނާ.. ޔޫރާ އަކީ ސްޓްރޯގް ކުއްޖެއް..” ރަޝްނާން ޒަހްރާގެ ކޮޑުހިފާއްޓާލަމުން ހިތް ވަރު ދިނުމުގެ ގޮތުން ބުނެލިއެވެ. ޒަހްރާ ވެސް ބޯޖަހާލިއެވެ.
ފެންވަރައިލައިގެން ނުކުމެ ލޯގަނޑު ކުރިމަތީ ހުރެ ފުނާ އަޅަމުން ދިޔަ ޔޫރާ އިނީ ގަނބު އަރާފައެވެ. އޭނާ އާއި ލޯބީގެ ގޮތުން ގުޅޭ މީހުންނާއި އެކީ ރަގަނޅު ގުޅުމެއް ނުބޭއްވެނީ ކީއްވެ ހެއްޔެވެ؟ އޭނަ އަޝްވާން އަށް ނުލާހިކު ލޯބި ދިނެވެ. އަޅާލައެވެ. އަރްފާން އާއި އެކީ އުޅުނީރު އަރްފާން އަށް ވެސް ހަމަ ނުލާހިކު ލޯބި ދިނެވެ. އެކަމު އަބަދު ވެސް އަނބުރާ ލިބެނީ ލަނޑެވެ. އަބަދުވެސް ލިބެނީ ހިތާމަ އެވެ. ކޮށްލަނީ އެކަނި ވެރިއެވެ. ކީއްވެ ހެއްޔެވެ؟
ނިދަން ތަައްޔާރު ވެގެން ގޮސް ޔޫރާ އެނދުގައި އޮށޯވެލިއެވެ. ވިސްނާ ވިސްނާ ސިކުނޑި ވަނީ ވަރުބަލި ވެފައެވެ. ރުއި ރުއި ލޮލަށް ވަނީ ބަރުވެފައެވެ. އިސާހިތަކު އެހެން އޮށްވައި ޔޫރާ އަށް ނިދުނެވެ.
*އަނެއް ދުވަހު ހެނދުނު*
އެސްފިޔަތަށް ތަޅުވާލާފައި އަޝްވާން ވާޅަށް ދެމިލިއެވެ. ދެލޯ ހުޅުވާލާފައި ބަލާލުމާއި އެކީ އޭނާ އަށް ފުންމައިގެން ތެދުވެވުނެވެ. އެނދުމަތީ އޮށޯވެލާގެން އޭނާ އާއި ދިމާ އަށް ބަލަހައްޓައިގެން އެއޮތީ އަލޫކާ އެވެ. ދެން އަޝްވާން އަށް ވިސްނާލެވުނީ އޭނާ އަށް ހުރެވުނު ހާލާ މެދުއެވެ. ގައިގައި ފޭރާމުގެ އެއްވެސް މިންވަރެއް ނެތެވެ. އަވަސް އަވަހަށް އަޝްވާން ބޭޑްޝީޓް ހިފައި އުނަގަނޑާއި ކާރިން އައްސާލިއެވެ.
“އަލޫކާ މިތާ ކީއްތި ކުރަނީ..؟؟!! ހަމަ މިހާރު ނުކުމޭ..!!” އަޝްވާން ހަޅޭ ލަވާގަތެވެ. އަލޫކާ ދިޔައީ ސިއްސާގެންނެވެ. އަޝްވާން ހަޅޭ ލަވާގަންނާނެ ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިތަކަށް ނާރައެވެ.
“ކީއްކުރަންތަ އަހަރެން ނިކުންނަންވީ..؟” އަލޫކާ ތުން ކޮޅު އޫކޮށްލާފައި އެނދުން ތެދުވިއެވެ. އަޝްވާންގެ ދެބުމަ ކާރިވެލިއެވެ. އެދެލޮލުގައި ނަފްރަތުގެ ކުލަ ވަރު ފެންނަން ހުއްޓެވެ. އަޝްވާންގެ ހަދާނަށް މަޑުމަޑުން ރޭގެ ހަދާންތަށް އާވާން ފެށިއެވެ. އޭނާ ޔޫރާ މެންގެޔަށް ދާން އުޅެނިކޮށް އަލޫކާ އައިސް އޭނާ އަށް ކޮފީ ތައްޓޭއް ދިނެވެ. އެ ކޮފީ ތައްޓަށް އަޅާފަ ހުރި އެއްޗެއްގެ ސަބަބުން އަޝްވާންގެ “ސެލްފް ކޮންޓްރޯލް” މުޅިންހެން ދިޔައެވެ. އަލޫކާގެ ބީހުން ތަކުގެ ސަބަބުން އަޝްވާން އަށް ވެސް ނުހުރެވުނީއެވެ.
“އަމިއްލަ އަކަށް ނުކުންނާނީހޭ ނޫނީ ގަދަކަމުން ނެރެންވީހޭ..؟” އަޝްވާން އަނެއްކާ ވެސް އަހާލިއެވެ.
“އަޝްވާން ތިހެން ބުނާރު ހީވަނީ އަހަރެމެން ދެމެދު ކަމެއް ބަދަލު ނުވާހެން..” އަލޫކާ ނުކުންނާކަށް ނޫޅެއެވެ. އަޝްވާން ދިޔަ ގޮތަކަށް ގޮސް އަލޫކާގެ މުލައްދަޑީގައި ވަރަށް ބާރަށް ހިފައި ކޮޓަރިން ނެރި އެއްލާލިއެވެ. އަޝްވާން ހިފިލެއް ބާރުކަމުން އަލޫކާ އަށް ރޮވުނެވެ. ދޮރުލައްޕައި ތަޅުލިގޮތަށް އަޝްވާން އަށް އިސްތަށިގަނޑުގައި ދެއަތުން ބާރަށް ހިފާއްޓާލެވުނެވެ. އޭނާ އަށް މިކުރެވުނި ކޮން ކަމެއް ހެއްޔެވެ؟ ޔޫރާ އަށް ބޭވަފާ ތެރި ވެވުނީއެވެ. މިވާހަކަ ޔޫރާ އަށް ކިޔާދޭން އެބަ ޖެހެއެވެ. އެއީ އޭނާ ކުރި ކަމެއް ނޫނެވެ. ހަމ ހޭގައި ހުރިނަމަ އޭނާ މިކަހލަ ކަމެއް ނުކުރާނެކަން ކަށަވަރެވެ.
ފެންވަރައި ހަދާގެން އަޝްވާން އަވަސް ވެގަތީ ޔޫރާ ކާރިއަށް ދިއުމަށެވެ. ރޭގަ ދާނަމޭ ކިޔާފަ ނުދިޔުމުން ޔޫރާ ހުންނާނީ ހިތްހަމަ ނުޖެހިފައިކަން އެނގެއެވެ. އެކަމު ވީގޮޮތް ރަގަނޅަށް ކިޔާދޭން ޖެހޭނެއް ނޫން ހެއްޔެވެ؟ ސިޓިން ރޫމް އަށް ނުކުތުމާ އެކު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ސޯފާގައި އިށީން ދެލައިގެން އިން އަލޫކާ އެވެ. އަލޫކާ އާއި ހެދި އޭނާގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖަހާފިއެވެ. އޭނާ ޔޫރާ ދެކެ ވަނީ ހަޤީޤީ ލޯތްބެވެ. މިގުޅުން ނިމިދާކަށް އޭނާ ބޭނުމެއް ނޫނެވެ. މިކަން ސިއްރު ކުރާކަށް ވެސް އޭނާ ބޭނުމެއް ނޫނެވެ.
“ކޮންތާކަށް ތިދަނީ..؟” އަލޫކާ އައިސް އަޝްވާން ކާރީ ހުއްޓިލަމުން އަހާލިއެވެ. އަޑު އިވޭ ކަމަށް ވެސް ނަހަދާ އަޝްވާން ހިގައިގަތީއެވެ. އަލޫކާ އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ. އަޝްވާން އެއަތް ފޮޅުވާލިއެވެ.
“ދެން މަގޭ ގަޔަށް އަތްނުލާތި..” އަޝްވާން ދިނީ އިންޒާރެކެވެ. އަލޫކާ އަށް ކަމެއް ވިހެނެއް ވެސް ހިއެއް ނުވެއެވެ.
ސައިކަލުގެ ސްޕީޑް ބާރުކުރަމުން އަޝްވާންގެ މިސްރާބު ހުރީ ޔޫރާ މެންގެޔާއި ދިމާއަށެވެ. މިއަދު ޔޫރާ އަށް ކޮންމެހެން ވެސް ބައްދަލު ކުރަން އެބަ ޖެހެއެވެ. އެހެން ނޫނީ މައްސަލަ އިތުރަށް ބޮޑު ވެދާނެއެވެ. އަލޫކާ އެއީ އޭނާގެ އެއްމެ ގާތް އެކުވެރިޔާއެވެ. މިކަހަލަ ކަމެއް ކުރާކަށް އަލޫކާ ލަދެއް ނުގަނޭ ހެއްޔެވެ؟ ސައިކަލު ޕާކް ކޮށްލާފައި އަޝްވާން ދިޔަ ގޮތަށް ގޮސް ސަލާމް ގޮވާލިއެވެ. ސަލާމް ބަލައިގަތީ ޒަހްރާ އެވެ. މިވަގުތު ގޭގައި ތިބީ ރަޝްނާން އާއި ޔޫރާގެ އިތުރަށް ޒަހްރާ އެވެ.
“ޔޫރާ އެބަ އުޅޭތަ..؟” ގޭތެރެއަށް ލޯ ހިންގާލަމުން ޒަހްރާ އަހާލިއެވެ. އެވަގުތު ޔޫރާ ވެސް ހޭލައިގެން ކޮޓަރިން ނުކުތް ވަގުތަށް ވުމުން އޭނާ އަށް އަޝްވާން ފެނުނެވެ. އަޝްވާން އާއި ޔޫރާގެ ހަތަރު ކަޅި ހަމަވި ވަގުތު ޔޫރާގެ ދެލޮލަށް ވެރިވި އަސަރު ތަކުން އޭނާ އަށް މިކަން އެނގޭކަން އަޝްވާން އަށް ހަމަ ރަގަނޅަށް ވެސް އެނގުނެވެ.
“ޔޫރާ އަހަރެން އެބައޮތް ވާހަކަ އެއް ބުނަން ވެފަ.. ޕްލީސް.. އަޑު އަހާބަ..” އަޝްވާން ވާހަކަ ދައްކަ ދައްކަ އޮށްވައި ޔޫރާ ގޮސް ބަދިގެޔަށް ވަނެވެ. އަޝްވާން ގެޔަށް ވަންނަން އުޅުމުން ޒަހްރާ އޭނާ ހުއްޓުވިއެވެ.
“މިވަގުތު އަދި ޔޫރާ އާ ވާހަކަދައްކާކަށް އެހާ ރަގަނޅެއް ނޫން.. އެހަށް އަޝްވާން ވެސް ދޭ ގެޔަށް..” ޒަހްރާ އަޝްވާން އަށް ވިސްނާ ދެވޭތޯ ބެލިއެވެ.
“އެކަމު-” އަޝްވާންގެ ޖުމްލަ ފުރިހަމަ ނުވަނީސް އޭނާގެ ކަންކަށިމައްޗަށް އެރީ ހޫނު އެތިފަހަރެކެވެ. އަޝްވާން ދިޔައީ އެއްލި ގެންނެވެ.
“އަޑެއް ނީވޭތަ ގެޔަށް ދާށޭ ބުންޔަޑެއް.. ހަމަ މިހާރު ދޭ..” އެއީ ރަޝްނާން އެވެ. އޭނާގެ ބެލުމުން ވެސް ހީވަނީ އަޝްވާން ފިއްސާލަން އުޅޭ ހެންނެވެ.
“އަހަރެން ބޭނުން ވަނީ ހަޤީޤަތް ކިޔާދޭން.. އެއީ ޔޫރާ އަށް ހީވާ ގޮތް.. އަސްލު ވީ އެހެނެއް ނޫން..” އަޝްވާން ކިޔާދޭން އުޅުނެވެ. ނަމަވެސް އޭނާ އަނެއްކާ ވެސް ބަސްހުއްޓުނީ ރަޝްނާން އޭނާގެ ޓީޝާޓް ގައި ހިފީމައެވެ.
“ކަލެޔާ ހެދި މަގޭ ކޮށްކޮގެ ހިތް ހަލާކު ވެއްޖެ.. އެއީ އަދި އެއްފަހަރަކު ނޫން މިކަހަލަ ކަމެއް މިވީކީ.. އަދި ވެސް ކަލޭ ހީއްކުރަނީ މަ ކަލޭ ދައްކާ ވާހަކަ ގަބޫލު ކުރާނެ ކަމައްތަ..” ރަޝްނާން އެހެން ބުނެ އަޝްވާން ކޮށްޕާލިއެވެ. ރަޝްނާންގެ އިތުރު ހަމަލާއެއް އަތުވެދާނެތީ ޒަހްރާ އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ. އަޝްވާން އަށް އިތުރު ގޮތެއް ނެތް ކަން އެނގުމުން އޭނާ އަވަހަށް ދިޔައީއެވެ. އަދި އޭނާ ޔޫރާ ކާރިއަށް ދާނަމެވެ.
ކައުންޓަރުގައި ލެނގިލާގެން ޔޫރާ އިނީރު އޭނާ އަށް ބޭރުގައި ދައްކަމުން ދާ ހުރިހާ ވާހަކަ އެއް އިވެއެވެ. އަޝްވާން އަދި ވެސް އެއުޅެނީ ވީގޮތް ކިޔާދޭން ހެއްޔެވެ؟ ރޭގައި އިވުނު އަޑުތަކުން ދެން އޭނާ އިތުރަށް ތަފްސީލް ހޯދާކަށެއް ބޭނުމެއް ނޫނެވެ. ދެން އޭނާ އަޝްވާން ކުރިމައްޗަށް އަރާކަށް ވެސް ބޭނުމެއް ނޫނެވެ.
“ޔޫރާ.. މިއަދު ކޮލެޖް އަށް ދާނަންތަ..؟” ޒަހްރާ ބަދިގެޔަށް ވަދެ އަހާލިއެވެ. ޔޫރާ ކޮފީ ތަށި ބޭންދިއެވެ.
“އަހަރެން ކޮލެޖް އަށް ދާނަން.. އެކަހަލަ ބޭވަފާތެރިންނަށް ކަރުނަ އެޅުމަށް ވުރެއް އަހަރެންގެ ކިޔެވުން މާ މުހިންމު..” ޖޯޝާ ފޯރި އެކުލެވޭ އަޑަކުން ޔޫރާ ބުނެލިއެވެ. ޒަހްރާ އަށް ހިނިތުން ވެލެވުނެވެ.
ގެޔަށް ވައިން ގޮތަށް އަޝްވާން ގޮސް އިށީނީ ސޯފާގައެވެ. ހުސްމެން އަލޫކާގެ ކަންތަކެވެ. އޭނާގެ ލޯބީގެ ގުޅުމަށް އަލޫކާގެ ހިޔަނި އަޅުވަނީ ކީއްކުރަން ހެއްޔެވެ؟ އޭނާ ނޫން އެހެން މީހުން ވެސް އަލޫކާ އަށް ލިބިދާނެއް ނޫން ހެއްޔެވެ؟ އޭނާ އުފަލުގައި އުޅޭތީ އަލޫކާ އަށް ހަޖަމު ނުވަނީ ހެއްޔެވެ؟ ބޮޑު އުނދަގުލެކެވެ.
ހަވީރުގެ ވަގުތެވެ. ލޯގަނޑު ކުރިމަތީ ހުރެ ތައްޔާރު ވަމުން ދިޔަ ޒަހްރާ ފެނި ރަޝްނާންގެ މޫނަށް ވެރިވީ ސުވާލު މާކެކެވެ. ޒަހްރާ އެއުޅެނީ ކޮންތާކަށް ދާން ބާއެވެ.
“ކޮންތާކަށް ދާން ތިއުޅެނީ..؟” ރަޝްނާން އަހާލިއެވެ.
“މިއުޅެނީ ފްރެންޑް ކުއްޖެއްގެ ގެޔަށް ގޮސްލަން.. އޭނަ ކުޑަކޮށް ބަލިވެގެން އުޅޭތީވެ..” ޒަހްރާ ބުނެލިއެވެ. އޭނާ ތައްޔާރު ވެނިމުމުން ކޮޓަރިން ނުކުތެވެ. ރަޝްނާން ވެސް ދެނެއް އަޅައެއް ނުލައެވެ.
ކޮލެޖް ގައި އިނީރު ކިޔެވުމަށް ސަމާލުކަން ދޭން ޔޫރާ އަށްވީ އުނދަގޫ ކަމަކަށެވެ. އޭނާ އަށް އިރުއިރު ކޮޅާ އަޝްވާން އާއި މެދު ވިސްނަން ހުރެވެނީއެވެ. އަޝްވާން އެވަރުގެ ކަމެއް ކުރާނެ ބާއެވެ. އަޝްވާން ބުނިހެން އަނެއްކާ އޭނާ އަޝްވާންގެ ވާހަކަ އަޑުއަހަންވީ ހެއްޔެވެ؟ ނޭނގެއެވެ. ހިތާއި ސިކުނޑީ ކިޔަނީ ދޭއްޗެކެވެ. ޤަބޫލު ކުރަންވީ ކާކު ދައްކާ ވާހަކައެއް ކަމެއް ނޭނގެއެވެ.
އިރޯއްސި ހަތެއްޖެހުމުން ކޮލެޖް ނިމުނެވެ. ޔޫރާ ވެސް ދެފައި ދަމަމުން ކަހަލަ ގޮތަކަށް ނުކުމެ ހިގައިގަތެވެ. އޭނާ އަޝްވާން ކާރިއަށް ދާންވީ ހެއްޔެވެ؟ އަޝްވާން ދައްކާ ވާހަކައެއް އަޑު އަހާލަންވީ ހެއްޔެވެ؟ މި ގުޅުން ނިމިދާކަށް ޔޫރާ ވެސް ބޭނުމެއް ނޫނެވެ. ހިޔާލުތަކަށް ގެނބެމުން ދިޔަ ޔޫރާ ސިއްސާގެން ދިޔައީ އޭނާގެ އަތުގައި ހިފައި މީހަކު ދަމާގަތުމުންނެވެެ. އެމީހަކު އޭނާ ދަމައިގަތީ އެތާ އިން ގޯޅި ގަނޑެއް ތެރެއަށެވެ. ސިކުންތު ކޮޅެއް ވެސް ވޭތުކޮށްނުލާ އެމީހަކު ޔޫރާގެ ހަށިގަނޑުގައި ބާރުގަދަ ދެއަތުން ވަށާލިއެވެ. ޔޫރާގެ ނޭފަތުގައި ޖެހުނު ސެންޓް ވަހުން އެއީ ކާކުކަން އެނގުނެވެ. އެއީ އަޝްވާން އެވެ. ދުރަށް ޖެހެން ބޭނުމެވެ. އެކަމު އެހާ ހިތްވަރެއް ނެތެވެ. އެހެންކަމުން ޔޫރާ އަށް ހުރެވުނީއެވެ.
“ޔޫރާ.. ޕްލީސް.. އަހަރެންނަށް މަޢާފް ކުރޭ.. ތިޔަހެން އަހަރެން އިގްނޯ ނޮކޮށްބަލަ.. އެއްފަހަރު ނަމަވެސް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ..” އަޝްވާން އާދޭސް ކޮށްލިއެވެ. ޔޫރާ ބަހެއް ނުބުނެއެވެ. އަޝްވާން ޔޫރާ އާއި ދުރަށް ޖެހިލިއެވެ. އަދި ކަންތަށް ހިގައި ދިޔަގޮތް ވަރަށް ތަފްސީލް ކޮށް ކިޔާދިނެވެ.
ރޭގަ އަޝްވާން އެގެޔަށް ދާން ވެގެން ނުކުތް ތަނާހެން އަލޫކާ އައިސް އޭނާ އަށް ސަޕްރައިސް އެއް ދިން ކަމާއި އަލޫކާ ބުނިހެން އޭނާ އަލޫކާ އާއި އެއކީ ކޮފީއެއް ބޯން މަޑުކޮށްލީ ކަމަށާއި އެ ކޮފީ ބުއި މުން އޭނާގެ ބޮލަށް އެނބުރުން އެރިއެވެ. އެނބުރުން އެރުމުން އަލޫކާ އޭނާ ގެން ގޮސް ކޮޓަރިއަށް ލީކަމާއި ދެން ކަންތަށް ހިގާދިޔައީ އޭނާގެ އިޙްތިޔާރުން ބޭރުގައި ކަމަށް ބުނެދިނެވެ.
ވާހަކަ ނިމުނީރު ޔޫރާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ.
“ޕްލީސް.. ޔޫރާ ޤަބޫލު ކޮށްބަލަ.. އަހަރެން ހަމަހޭގަ ހުރެ އެކަހަލަ ކަމެއް ނުކުރާނަމެއްނު..” އަޝްވާން އަދި ވެސް އާދޭސް ކުރަނީއެވެ.
“އަހަރެން އަޝްވާން އަށް މަޢާފް ކޮށްފިން.. އައިސް ސޯ ސޮރީ ކުރިން އަޝްވާން ދެއްކި ވާހަކަ އަޑުނޭހުނީމަ.. އެގޮތަށް އަޝްވާން އިގްނޯ ކޮށްލެވުނީމަ.. ސޮރީ..” ޔޫރާގެ ކޯތާފައްމަތިން ކަރުނަ ތިއްކެއް ދަތުރު ކޮށްލިއެވެ. އަޝްވާން ހިނިތުން ވެލާފައއި ޔޫރާގެ މޫނުކޮޅުގައި ދެއަތުން ހިފާއްޓާލިއެވެ.
“އިޓްސް އޯކޭ.. އަހަރެންނަށް އެނގެޔޭ ޔޫރާ އަށް ވަރަށް އަސަރު ކުރާނެކަން.. ދެން ހުއްޓާލަ ބަލަ.. ދެނެއް އެކަހަލަ ކަމެއް ނުވާނެ..” އަޝްވާން ޔޫރާގެ ކަރުނަތަށް ފޮހެލަ ދިނެވެ.
“ދެން ހިގާދާން.. ގޮސް ދޮންބެމެން ކާރީ ބުނަން.. އަޝްވާން އަށް ކިހިނެއް އެނގެނީ މިއަދު އަހަރެން ނިމެނީ މިގަޑީ ކަމެއް..؟” އަޝްވާންގެ އަތުގައި ހިފާއްޓާލަމުން ޔޫރާ އަހާލިއެވެ.
“ޔޫރާގެ ދޮންބެ ދައްތަ ބުނީ..” އަޝްވާން ޔޫރާގެ ކަންފަތްބުޑުގައި ބުނެލިއެވެ.
“އަސްލު ވެސްތަ..” ޔޫރާގެ މޫނުމަތި އެއްކޮށް ފޮޅުނެވެ. މި ދެލޯބި ވެރިން އެކަކު އަނެކަކުގެ އަތުގައި ހިފާއްޓާލާގެން ހިގައިގަތީރު ދެމީހުންގެ ވެސް ހިތުގެ އަޑީގައި ދެމީހުންނަށް ދެވިފާވާ ލޯބި ވަނީ އިތުރު ވެފައެވެ. ވަރުގަދަ ވެފައެވެ. ދެން ދުވަހަކު ވެސް ދެމީހުން ދޫކޮށް ނުދާނެ ކަމަށް ވަޢުދުތަކެއް ވަމުންނެވެ.
ދުރުގައި މިމަންޒަރު ބަލަން އިން އަލޫކާގެ މޫނުމަތި ވަނީ ބަނަވެފައެވެ. އަޝްވާން އާއި ޔޫރާ ގުޅުގެން އުޅުމަކީ އޭނާގެ ހިތަށް ކުޅަދާނަ ވާނެ ވަރުގެ ކަމެއް ނޫނެވެ. އަލޫކާ ސިއްސައިގެން ދިޔައީ އޭނާގެ އަތުގައި މީހަކު ހިފާއްޓާލުމުންނެވެ. ބަލައިލިއިރު އެއީ އޭނާގެ ފިރިމީހާ އެވެ. ފިރިމީހާ އަށް ފިލައިގެން އައުމުންވެސް އެފެނުނީތާ އެވެ.
ޔޫރާ އާއި އަޝްވާން ގެޔަށް އައިސް އެންމެންނަށް ވީގޮތް ކިޔާދިނެވެ. ރަޝްނާން ވެސް އަޝްވާންގެ ކިބައިން މައާފަށް އެދުނެވެ.
ރަޝްނާން އާއި ޒަހްރާގެ ލޯބި ވެސް ކާމިޔާބުވީ އެވެ. ވަރަށް ފަސޭހަ ކަންމަތީއެވެ. ޔޫރާގެ ފުރަތަމަ ލޯބި ވެރިޔާ އޭނާ އަށް ބޭވަފާ ތެރިވީ އެވެ. ނަމަވެސް ދެވަނަ ލޯބި ވެރިޔާ ވަރަށް ރަގަނޅެވެ. ޔޫރާގެ ދިރިއުޅުން އަލި ކޮށްލީ އަޝްވާން އެވެ. ކޮންމެ މީހެއްގެ ހަޔާތަށް ވެސް ލޯބި ވެރިން އަންނާނެވެ. ބައެއްފަހަރު ވަރަށް ފަސޭހައިން ލޯބި ހާސިލް ކުރެވޭނެއެވެ. އަނެއް ބައިފަހަރު އެތަކެއް އަޑި ގުޑަން ތަކެއް ކަޑަތު ކުރުމައް ފަހުއެވެ.
*ނިމުނީ*
“ތިޔައީ ހަނދޭ” މިއީ އަޅުގަނޑު ޑިސްމްބަރ 18 2025 ގަ ލިޔަން ފެށި ވާހަކަ އެކެވެ. ނިމުނީ 5 އޭޕްރީލް 2026 ގައެވެ. މިވާހަކ މި ނިމުނީ އަޅުގަނޑުގެ އެއްމެހާ ކިުންތެރިންގެ އެއްބާރު ލުމާއި ސަޕޯޓް ލިބިގެންނެވެ. ހުރިހާ ކުދިންނަށް ވެސް އަޅުގަނޑާއި އެކީ މި މަރުހަލާ ކަޑަތު ކުރި ކަމައްޓަކައި ވަރަށް ޝުކުރު އަރުވަމެވެ. މިވާހަކަ އަކީ އެއްމެހާ ކުދިންނަށް ރީތި ވާހަކަ އެއްކަމަށް އުންމީދު ކުރަމެވެ.
ޝުކުރިއްޔާ!!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.







Wow v reethi🥰
Mi story ves nimunee dhw🥹
Alhey vhk thah nukiyaathaa v gina dhuvas vehjje, exams thah boamathi vaatheeve vaagoy 😖
WHATTTTTT! alooka has a huxx 😢🥀
So now she became a cheater dhww🫠
OMGGGGGG!!!!!!!⚘️⚘️⚘️⚘️⚘️⚘️
Congrats yooraa and ashwaan ❤️🎉
sheex MuXo mathin ves v miss vi 💛
How did the tests went? ☺️
Can’t wait 4 the next story ge part kiyalan ☺️
Tc & love you ❤️
Gald you liked this part Sheex 🥰
Yeah mi story ves nimunee 😌
Gurll me too
Yess Alooka has a hux, and yes she cheat kurikah dhw vaanee 🙄
Muxo ves Sheex mathin v miss mi 🤭
IA v faseyha hurihaa test eh ves ✨
IA v avahah next story ves kiyaalan libeyne
You also tc Sheex, Love you more 😘💙
Mi part ves vrh Reethi MA 💗!
My fav Story Mi nimunyy sadddd 😭…
Alooka ge husband eh hurey eyy really? 😳
I hate that Alooka so much Uhhh urghhh 😡…
Congra Yoora and Ashwern 🎊🎉……….
They both are so cute together 😍…..
Im gonna miss this story so much 😭😭…
I really appreciate your hard work keep it up ✨
Hope to read more stories from you in the future 💙
Ily & Tc my darlsss 💗💋
Thank you Shaba_73 🥰
Alheyy 😭
Yeah Alooka has a hux
It is ok Shaba 😔
Thank you for the support ✨
IA yes you will get to read more stories from me! 💙
you also take care ✨✨
Mi vaahaka varah reethi. Alookaa fiyavai emmenah happy ending eh .
Happy to know that you enjoyed this story!!
Yeah Alooka akah happy ending eh nulibunu dhw!!
Last part vess vrh rythi MA!✨❤️
Owwh mi story vess nimuny dhww…..
Awwn Yoora and Ashwaan soo lwbi ❤️🤭
U alooka gandu…. How dare u ….
Ooh she is married and she cheated on her husband 😭
Lysm and TC my girl 🤭 🖤
Happy to know that you enjoyed the last part Alaika_22 🤗
Yess mi story ves nimunee
Yeah, beleveynee hama cheat kuree kamah dhw✨
You also take care Alaika 💙
MA…Last part!! Ur part So so Beautiful….
Finally,Yoora & Ashwaan became couples..❤️
Xahra & Rash cute cute 🥰🥰
Congratulations 🎉👏🏻👏🏻 On Ur story ending ceremony!🎉👏🏻👏🏻
Muxo,Haadha curious eba kureyyeyy dhw…
Aloo ekuree keehtha I never thought Aloo would done it!
She has a hubby,Then Why ruining other people’s love story…😮💨
I hate you! Awwwnnn….The ending look extremely so so Wonderful..😊
Hope I would get chance, to read Ur other tales as well ❤️🩹☺️
See you later, Lysm & Tc my Bby
Vrh loabi
It’s so cute