Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ރޯދަ ހާއްސަ “އެވާރެއާއި…” ބާބު 2 ( ފުރަތަމަ ނަޒަރުން ހިތުގެ ލަގަން ދޫވުން )

Isnaa Level 610 Stories100 Comments100 Login100 Stories500 Login
March 13, 2026 5 Mins Read
0 Comments

“އެކޮއެ ކިހިނެއް؟ ރަނގަޅު ވެއްޖެތައް؟ އާރިޒުގެ ކާރުގައި ޖެހެން އުޅެނިކޮން އެކޮއެ ހޭނެތިގެން ވެއްޓުނީ އޭރު ބޯކޮން ވާރޭ ވެހޭ.. މިގެއަށް ގެނައިރު ހުން ވެސް އައިސް އޮތީ!. ދައްތައް ދެން އެކޮއެ ތެމިފަ ހުރީމަ ހެދުން ބަދަލުކޮށްލަދިނީ! ސުވާލު އުފެދި ހާސްވެ ދާނެތި ބުނެދިނީމި” ހީކުރެވުނު ގޮތާ ޚިލާފަށް ކަންތައް ވެފައި މިވަނީ ރަނގަޅަށެވެ. އެއްޗެހި ބަދަލުކުރުވީ އެ ޒުވާނާ އެއް ނޫނެވެ. ހިންގަން ނުވާ ކަހަލަ ގުޅުމެއް ވެސް ނުހިނގައެވެ. ކަންތައް ވެދިޔަ ގޮތުން އާރިޒު ކައިރިން މާފަށް އެދެން ނުހަނު ބޭނުންވިއެވެ. އެހެން ހިތާ ފަހަތަށް ބަލާލިއިރު ޖެހުނުތާ ލަކުނުވެސްނެތެވެ. ދިޔަ އިރެއްވެސް ނޭނގެއެވެ. ނޫނޭ ވާ މީ ގޮތް ނޭނގޭ ތަފާތު ޒުވާނެކެވެ. އެހެން ހިތަށް އަރުވަމުން ސިނޓިން ރޫމުގެ އެތައް މިތަނަށް ވަށްކަޅިން ބަލާލީމެވެ. ހާދަހާވައި ރީއްޗެވެ. ސީލިންގުގައި އެލުވައިފައިވާ ފަންކާއިންވެސް ޝާހީކަން ވިދާ ބަބުޅަމުން ދިޔައެވެ. ސިޓިންރޫމުގައި އަތުރާފައި ހުރީ އެންމެ ޒަމާނީ ފަރުނީޗަރެވެ. މުޅި ގެ ޒީނެއްކޮށްފައި އޮތީ ހުދާއި ކަޅުންނެވެ. ގޭގެ ރީތިކަން ފެނި އެހެން އާޝޯހުވެފައި އިންދާ މީހެއްގެ އަޑު ކަންފަތުގައި ޖެހިގެން ބަލާލީމެވެ. ލިބުނީ ކުއްލި ހައިރާންކަމެކެވެ.

****************************************************************

އެހެރީ އެޒުވާނައެވެ. އަޅެ އަޖައިބު އަންތަރީހެއް މީހަކު ނުވާނެ ހެއްޔެވެ؟

“އަހަންނަށް ޔަގީން އަޅުގަނޑުގެ ކާރުގައި ޖެހިފައެއް ނުވޭ ނޫރީއެއް”

ލިބުނީ ފުރުސަތެއް ކަމަށް ބަލައި އަހަރެންވެސް މާފަށް އެދުނީމެވެ.

” ވަރަށް ބޮޑަށް މާފަށް އެދެން އާރިގެ ކިބައިން އަހަރެންގެ ފުރާނަ ސަލަމަތް ކޮށް ދިނީތީ”

ފާނޑަކަށް ނޫރިޔާގެ މޫނަށް ބަލާލާފައި އާރިޒް ލޯ އަޅައިލަމުން ބުންޏެވެ.

” އާރިއޭ ކާކު ހުއްދަދީގެން މަށައް އާރި ތިކިޔަނީ”

އަހަންނަށް އާރިޒް އެހެން ބުނުމުން ހެވެން ވެސް ހެވުނެވެ. އެކަމަކު މޫޑު ބަދަލުކޮށްލަމުން ބަލި ނުވާން ވެގެން ބުނީމެވެ.

” ދެން ކީއްވެ ނޫރީއޭ ބުނީ” ދެ މީހުންގެ ކޯޅުން ގަނޑު ބަލަން ފަހަތުގައި މަންމަ ހުރި ކަމެއް ދެމީހުންކުރެ އެކަކަށްވެސް ރޭކާ ވެސްނުލައެވެ. އާރިޒުގެ މަންމަ އާއި ނޫރިޔާގެ ފޯނު ހަވާލުކުރާށެވެ.

 

“އެދެން އެވަރުގެ ކަމެއް ނޫނޭ ދަރިފުޅުމެންނޭ” އާރިޒްގެ މަންމަގެ ދުލުން ދަރިފުޅޭ ބުނުމުން ހިތަށް ހިތްހަމަޖެހުން ލިބުނީ ކީއްވެ ކަމެއް ނޭނގެއެވެ. ބަލާބެލުމަށް ވަރަށް ހިތްހެޔޮ ފާޑުޖަހައެވެ. އެންމެ ޖުމްލައަކުންވެސް ހިތުގައި ކުލުނާއި ލޯބި އުފެއްދިއްޖެއެވެ. ” އާރިޒު ދާންވީނު ނޫރިޔާ ގެއަށް ލައިދެން ދެންމެވެސް ނޫރީ މަންމަ ގުޅައިފި މަންމަ ބުނެފިން ވެގެން އުޅޭ ގޮތް ދަރިފުޅު ހާސްވާނެ ކަމެއްނެތް މަންމަ ރުޅިއެއްނާއްނާނެ ”

 

ބޭރަށް ނިކުއިން އިރު ވިއްސާރައިގެ އެއްވެސް އަސަރެއް ނެތެވެ. މުޅި މަގަށް ވެރިވެފައި އޮތީ މަރުފަދަ ހަމަހިމޭންކަމެކެވެ. އާރިޒުގެ ސައިކަލުގެ ފަހަތުގައި އިންއިރު ނޫރީގެ ހިތުގެ ވިންދު އަވަސްވަމުންދިޔައެވެ. މިއިން ދުވަހަކު ހިތަށް ނުވާފަދަ އެތައް ގޮތްތަކެއް ވަމުންދިޔައެވެ. މަޖީދީމަގަށް އެޅުނު އިރު ކެރި ތިކިތަޅަން ފަށައިފިއެވެ. ގެއާ ހަމައަށް ދެވުނީ ހަމަ ކިރިޔާއެވެ. ވާރޭ އޮއްސާލައިފިއެވެ. މިން އިރަކު ހުއްޓާނެ ފާނޑެއް ނުޖަހައެވެ.

” ހިނގާ އެތެރެއަށް” އަވަސްވެފައިވާ ހިތުގެ ހިނގުން ކޮންޓުރޯލު ކުރަމުން ބުނީމެވެ. ގޭގެ އެންމެން އަހަރެންގެ އިންތިޒާރުގައި އޭރު ސިނޓިންރޫމަށް އެއްވެތިއްބެވެ. މަންމަ އާއި ބައްޕައެއްވެ. ދޮންތައާއި ދޮންތަބެއެވެ. ދޮންބެއާއި ދޮންބެދައްތަގެ އިތުރުން އެ މީހުންގެ ދަރިފުޅެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހާސްކަމެވެ. ބިރުވެރިކަމެވެ. އަހަންނަށް ވެގެން އުޅޭ ގޮތެއް ރަނގަޅަށް ނޭނގޭތީ ކޮންމެ މީހަކުމެ އިނީ މޮޅިވެފައެވެ. މާޔޫސްވެފައެވެ. އަހަރެން ހަމަ ފެނުމާއެކު މަންމަ ދަރިފުޅާ އޭ ކިޔާފައި އައިސް ބައްދައިފިއެވެ.

 

” މަންމާ މެހުމާނެއް ދޮރުމަތީ އެބަހުރި ” ނޫރިޔާ މަންމަ ކައިރީ ސިއްރު ސިއްރުން ބުނެލުމަށްފަހު އަތުގައި ހިފައިގެން ދޮރުމައްޗަށް ގެނައެވެ. އެތާ ހުރީ އިސްކޮޅުން ދިގު ހިމަ ތޮޅި ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. ދޮން ކުލައިގެ ވަށް މޫނެއްގެ ވެރިއެކެވެ. ހިނިތުންވެލި ހިނދު ދެކޮލަށް އެޅުނު އަޑިކޮން މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނެވެ.

” މިއީ އާރިޒް އަޅުގަނޑުގެ ފުރާނަ ސަލާމަތްކޮށްދިން ކުއްޖާ އޭނަގެ ކާރުގައި ޖެހެން އުޅެނިކޮން ހޭނެތުނީ ހާސްވެލެއްވި ވަރުން ދެން ހޭލެވުނު އިރު އާރިޒުމެން ގޭގެ ކޮޓަރިެއްގައި އޮތީ ވަރަށް ބިރުގަތް އަޅުގަނޑު ހިތަށް ވަރަށް އެއްޗެހި އެރި ރޮވެން ވެސް ރޮވުން އާރިޒާއި އޭނަގެ މަންމަ އަޅުގަނޑަށް އެހީވީ އެހެން މީހަކާ ޖެހުން ނަމަ މިހެން މަންމަ ކުރިމަތީ އަޅުގަނޑެއް ނުވެސް ހުންނާނެ ކައްނެއް ” ރޮވޭ ވަރުން ނޫރިޔާއަށް ވާހަކަ ފުރިހަމަ އެއް ނުކުރެވުނެވެ. އަސްލު ހަގީގަތުގަވެސް މީ ހަޔާތުގައި ކުރިމަތިވި  ބިރުވެރިކަމެކެވެ. ނުބައިބައެއްގެ އަތްދަށުވިނަމަ ސަލާމަތެއް ނުވީހެވެ. ފެންނާނީ ކޮންމެވެސްތާކު މަރާލާފައި ވަނިކޮށެވެ. ނޫނީ ރޭޕްކޮށްލާފައިވާ ތަނެވެ. މިތާކު އިންސާފު ގާއިމް ވަނީއެއް ނޫނެވެ. މީހަކަށް އިންސާފު ލިބެނީއެއް ނޫނެވެ. ގާޒިން ތިބެނީ ފައިސާއަށް ވިކިފައެވެ. އާރިޒު ކަހަލަ އޯގާތެރި އަހުލާޤު ރަނގަޅު މާތް މީހަކާ ދިމާވިކަން އެއީ ހަމަ ނޫރިޔާގެ ނަސީބެވެ.

 

” ސާބަސް ދަރިފުޅާ އާރިޒު އެހެރަ ހީގަނެގެން ތުރުތުރު އަޅަނީނު” ތެދެކެވެ. އާރި ހަމަ އަސްލަށް ވެސް އެހުރީ ފިނިވެފައެވެ. ވާރޭގެ ތެއް ފިނިކަމާއެކު ތަފާތު އިހުސާސެއް ނޫރިޔާއަށް ކުރުވައިފިއެވެ. އާރިޒުގެ ދިހުން ގަދަ ދެލޮލަށް ބަލާލެވުނެވެ. ހާދަހާވާ އަސަރުގަދަ ލޮލެކެވެ. ކިތަންމެ ގިނައިރަކުވެސް ފޫހިނުވެ ބަލަން ހުރެވިދާނެއެވެ.

 

އެތެރައަށް ވަދުމާއެކު ހުސް ސޮފާއަކަށް ނޫރިޔާ މަންމަ އިސާރަތްކޮށް އިށީނުމަށް ބުންޏެވެ. ލަދުވެތިކަމާއެކު ގޮސް ސޮފާގައި އާރިޒް އިށީނުމުން ވެގެންއުޅޭ އަލިފުން ޔާއަށް އާޒިމާ ކިޔައިދިނެވެ. އެންމެގެ ލޯތަވެސް އާރިޒަށް ޝުކުރުން ބަންޑުންވިއެވެ. ހިނިތުންވުމާއެކު އެންމެންގެ ޝުކުރުތަކާއި ހެޔޮދުޢާތައް އޮއްސާލިއެވެ.

 

ދޮންތަ އާއި ދޮންބެ ދައްތަގެ މެދުގައި އަހަރެން އިށީނުމުން ވަރަށް ސިއްރުން ދެމީހުން ދިމާކޮށްލިއެވެ. ހާދަރީތި ސޮރެކޭ ކިޔާ އަހަރެން ރަކި ކޮށްލިއެވެ.

” ތިހެން އިންނަނީތަ ދަރިފުޅާ ދޭބަލަ ހޫނު ކޮފީއެއް ގެންނަށް” މަންމަގެ ބަހަށް އިޖާބަދީ ކޮފީ މެސިނުން އެކްސްޕުރިސޯއެއް ހަދާލީމެވެ. މިގޭގެ ފިރިހެންވެރިން އެނޫނީ ނުބޯނެވެ. އަހަންނަށް ބޯން ނުކެރުނަސް އާރިއަށް މީރުވެދާނެ ކަމަށް ހީކުރީމެވެ.

 

” އަން އެކްސްޕުރިސޯ” ކޮޕީތަށި ދިއްކޮށްލަމުން ބުނީމެވެ. އާރިޒު އެކްސްޕުރިސޯ އެއް ބުއިމީ ފުރަތަމަ ފަހަރެވެ. ނުބައި ނޫނަސް އެހާ ގަޔާއެއް ނުވިއެވެ. ފަހަރުގައި މިހެން ނުބޮންޔާވެސް ވުން އެކަށޭނައެވެ. މަދު މަދުން ބޯން ފެށީމައި ރަނގަޅުވާނެވެ.

 

ވާރޭ ތުނިކޮށްލީ ނުވަގަޑި ބައި ދިހައެއް ޖަހަނިކޮށެވެ. . ގޭގެ އެންމެންވެސް އާރިޒާއި ގާތް ގުޅުމެއް އުފެއްދިއެވެ. ހާސްފަށުން ޝުކުރުއަދާކުރިއެވެ. ކޮއްކޮގެ ފުރާނަ ސަލާމަތްކޮށްދިނީތީއެވެ.

 

ނިދަން އަރާ އެނދުގައި އޮންނަތާ އެތައް އިރެއް ވިއިރުވެސް ނޫރިޔާއަކަށް ނުނިދުނެވެ. އޭނާގެ ހިޔާލު ތަކުގައިވީ އާރިޒެވެ. ދަންވަރުގެ ހަމަހިމޭން ކަމުގައިވެސް އެސޫރަ ދެކޭ ހިތުން އެހިތް ތެޅި ފޮޅެނީއެވެ. ދެ ލޯ ރޮއެ ހަދަނީއެވެ.

 

“މޫނު ކަލާގެ ދެކޭ ހިތްވާތީ

ރޮއެ ރޮއެ ހިތް އަދު މާޔޫސްވާތީ

ކުރެވިއްޖޭ ވަގުތު ބަރުބާދު

ކުރެވިއްޖޭ ވަގުތު ބަރުބާދު

މިހިތުން އެ މޫނެއް ނުފިލާ

މިހިތުން އެ މޫނެއް ނުފިލާ

މިހިތުން އެ މޫނެއް ނުފިލާ”

 

ދުވާލުގެ ވަގުތު ނިދުމުގެ ސަބަބުން ދެން މިރޭ ނުނިދޭނެކަން ޔަޤީންވުމާއެކު އެނދުން ތެދުވެ ކިޔަވައި މޭޒުކައިރީގައި އިށީނީމެވެ. ކަބަނޑު ތެރޭގައި އޮތް ޑައިރީ ނަގައި ލިޔުމަށް ތައްޔާރުވެލީމެވެ. ހިތުގެ އުދާސްތައް ބޭރުކޮށް ލުމުގެ މަޤުސަދުގައެވެ. އަހަންނަށް ލިޔެވޭ ކޮންމެ އަކުރެއް ފިއްޔެއް ރަމުޒުކޮށް ދެމުން ދިޔައީ މިހުތުގެ ލަގަން ދޫވެއްޖެކަމެވެ. ފުރަތަމަ ނަޒަރުން ލޯބިވެވިއްޖެއްކަމެވެ.

 

ބިސްމިނުގެ ބަރާކުތުން ލިޔަން ފެށީމެވެ.

“ﺑِسمِ اللهِ الرَّحْمَنِ الرَّحِيمِ

 

ހިތުގެ ގުލްޝަން

މާލެ، ދިވެހިރާއްޖެ

 

ލޮބުވެތި އާރިޒައަށް،

ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

 

މި ސިޓީއަކީ އަހަރެންގެ ހިތުގައި އަނދައަނދާ ހުރި ލޯބީގެ އަލިފާނުގެ ހޫނުކަން ކަލާގެ ހިތަށް ފޯރުކޮށްދިނުމަށްޓަކައި ލިޔެވޭ ސިޓީއެކެވެ. ކަލާގެ ލޮލުގެ ނަޒަރު އަހަރެންގެ ހިތުގައި ޖެހުނު ފުރަތަމަ ސިކުންތުން ފެށިގެން، އަހަރެންގެ ހިތުގެ ވެރިކަން ކަލާއަށް ދެވިއްޖެއެވެ.”

ލިޔެވުނު  އެ ލަފުޒުތަކަށް ބަލާލޭވުމުން މީހާ ރަކިވެއްޖެއެވެ. މުޅި ނަފްސު ލަދުން އިސްޖަހާލިއެވެ.  މަޑުމަޑުން ގަލަމުން ގަނޑުގައި ޖަހާލާފައި ދޮންތައަށް ލިޔެލީމެވެ.

“ދޮންތާ! އެ ވިއްސާރައިގައި، އާރިޒް އަހަރެން ސަލާމަތްކުރީ އެ ކާރުގައި ޖެހެން އުޅެނިކޮށެވެ. އަހަރެން ހޭނެތިގެން ވެއްޓުނު ވަގުތު، ހިތް ހުއްޓުނެވެ. އޭރު ހަށިގަނޑުގައި ހުރި ހޫނުކަމާއި، އަހަރެންގެ ހިތުގައި އުފެދުނު ކަންބޮޑުވުމާއެކު، ވާނެ ގޮތެއް ޔަގީންނުވާތީއެވެ. އާރިޒުގެ ކާރުގައި އެގެއަށް ގެންދިޔައެވެ. އޭނާގެ މަންމަ އަހަރެންނަށް އެހީވިއެވެ. ހޭއެރި ވަގުތު އަހަރެންގެ ހިތުގެ ވިންދުވެސް އަވަސްވެގެން ދިޔައެވެ.”

ލިޔެވެމުންދާ އެއްޗަކުން ލަދުން ވިރިވިރި އިން އަހަރެންގެ މޫނު ރަތް ޓޮމާޓޯ އެއްފަދައެވެ.

އާރިޒް! އެ ވަގުތުން ފެށިގެން، އަހަރެންގެ ހިތުގައި ކަލާގެ މަޑުމައިތިރި ސިފަ ކަނޑައެޅިގެން ދިޔައެވެ. ކަލާގެ ހިނިތުންވުމުގެ ފޮނިކަމާއި، ވާހަކަދެއްކުމުގެ “މިއުޒިކަލް” އަޑު އަހަރެންގެ ކަންފަތުގައި ޖެހެމުން ދިޔައެވެ. ކަލާގެ މަންމައާއި ގުޅުން ބަދަހިވިއެވެ.”

ހަމަ ރަނގަޅަށްވެސް އަހަންނަށް މިބުރު ހީލެވިއްޖެއެވެ. އޭނާގެ މަންމަގެ ވާހަކަ ލިޔެވުމުންނެވެ.

“އާރީ! ކަލާއާ ދިމާވާވުމުން އަހަރެންގެ ހިތުގެ ވިންދު އަވަސްވެ، ހަށިގަނޑުގެ ހޫނުމިން މައްޗަށް ދިއައެވެ. ކަލާގެ ލޯތްބަށް އެދި، އަހަރެންގެ ހިތް ފަޅައިގެން ދާހާ ވޭންދެނިވި އިހުސާސްތަކެއް ކުރެވުންނެވެ. ކަލާގެ ހަމްދަރުދީއާއި އަޅާލުން އަހަރެންނަށް ލިބުމުން އަހަރެންގެ ދިރިއުޅުމުގެ އަގު އިތުރުވެގެންދިއައެވެ.”

ދުވަހަކުވެސް އަހަރެން ހިތުގެ ލޯބި މިހެއް ލިޔެއެއް ނޫޅެމެވެ. މީހުންނާއި ހިއްސާކޮށެއްވެސް ނަހަދަމެވެ.

“އަހަރެންގެ ހިތް ބުނެއެވެ. ތިލޯބި ލިބޭނެ ނަމައެވެ. އެހެންނަމަ އަހަރެމެންގެ ލޯބި ދުވަހަކުވެސް ނިމުމަކަށް ނާންނާނެއެވެ.”

ގަލަން އަތުން ދޫވެގެން ބިން މައްޗަށް ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އެލިޔެވުނީ ލޯބިވެވުނު ވާހަކަ ވިއްޔާއެވެ.

“އާރިޒް! އަހަރެންގެ ލޯބި ކަލާއަށް އަރުވަމެވެ. އަހަރެމެންގެ ލޯބި ދާއިމަށް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ. ކަލާގެ ލޯބި އަހަރެންނަށް ލިބޭނެކަމުގެ އުއްމީދުގައި މި ސިޓީ ނިންމާލަމެވެ.”

 

އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.

51 ޝައްވާލް 4441

6 މެއި 3202

 

ޚާދިމްކުމް

(ސޮއި)

ނޫރިޔާ އަޙްމަދު

 

އާރިޒު ނިހާދު

ހަނދުވަރީގެ

މާލޭ ”

މިއީ ފާޑަކަށް ލޯބީގެ ސިޓީއެކެވެ. މީގައި މި ލިޔެވުނީ މިހިތުގެ އަޑެވެ. މިހިތް އެދެމުން ދިޔަ ހަމައެކަނި އެދުމެވެ. އެހެން ފޮނި ހިޔާލުތަކުގައި އިނދެ ކުރިމަތީ ހުރި ގަޑިއަށް ނަޒަރު ހުއްޓާލިއިރު ކަމަކު ދާކަށް ނެތެވެ.

 

 

ނުނިމޭ

މި ވާހަކައަކީ އިސްނާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ގެނެސްދޭނީ ރޯދަމަހު  ހަފްތާގެ ހުކުރުދުވަހުއެވެ. ހޮނިހިރު ވިލޭރޭއެވެ. އަޅުގަނޑުގެ މި ވާހަކަވެސް ކިޔުންތެރިންނަށް ރީތިވާނެ ކަމަށް ހީކުރަމެވެ.

 

“އުފާވެރި ހުކުރުދުވަހަކަށް އެދެން!”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ބަދަލް-ޓްރެއިލާރ

Next

ބަދަލް-1

Next
March 13, 2026

ބަދަލް-1

Previews
March 13, 2026

ބަދަލް-ޓްރެއިލާރ



All Right Reserved!