Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ރޯދަ ހާއްސަ “އެވާރެއާއި…” ބާބު 1 ( ގޮތް ނޭނގޭ ޒުވާން)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
March 7, 2026 4 Mins Read
11 Comments

ވިއްސާރަ ބަނަ ދުވަހެކެވެ. މެންދަމު ވެހެންފެށި ވާރޭ އަދިވެސް ހުއްޓައެއް ނުލައެވެ. މިހާރު މި އޮތްގެން މެންދުރުވަނީއެވެ. މާލޭގެ ބޮޑު ސިނަމާ ކުރިމަތިން ލާފައި ނޫރިޔާ ދުވަމުން ދިޔައީ މާވެއު މަގު ފެނޭތޯއެވެ. މަޝްހޫރު ކޭކު ވިއްކާ ފިހާރައަށް ދެވޭތޯއެވެ. ކޯޓު ލައިގެން އުޅުނެއް ކަމަކު ނޫރިޔާ ވަނީ ހީގެންފައެވެ. އެހެންނުވާންވީ ކީއްވެ ހެއްޔެވެ؟ ވާރޭގެ އަސަރު ވަނީ މުޅި ހަށިގަނޑަށް ކޮށްފައެވެ. މީހާ ދިޔައީ ތެމިފޯވަމުންނެވެ.

 

ކުއްލިއަކަށް ނޫރިޔާ ސިހުނީ ބާރު ދުވެލީގައި އައި ކާރު ފެނުމުންނެވެ. މަގުގެ މެދެއްހާ ހިސާބުގައި ހުރި ނޫރީގެ ބޮލަށް އެނބުރުން އަރާކަށް މާ ގިނަ ވަގުތުތަކެއް ނުނެގިއެވެ. ކާރުގެ ބުރެކި ޖައްސާލަށް ވި އިރު، ނޫރިޔާ ވެއްޓިއްޖެއެވެ.

 

މަގުގެ ކޮޅު ކޮޅަށް ދަތުރު ކުރަމުން ދިޔަމީހުން އެތަނަށް އެއްވަމުން ދިޔައެވެ. ކާރުގައިން ޒުވާނާ ވެސް މީހުންތައް ފޭކުރަމުން ގޮސް ވެއްޓިފައި އޮތް ނޫރިޔާ ކައިރީ ހުއްޓާލިއެވެ.

 

“މި ކުއްޖާ ހެޔެއްނެތް މަރުވެފަބާ” އެތާ ތިބި މީހުން އަނގަ ހުއްޓައި ނުލައެވެ. އެ މީހުންގެ ނަޒަރުގައި އެ ކުއްޖާ އެ އޮތީ މަރުވެފައި ކަހަލައެވެ.

އެވެރިން ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަމެއް ނުދީ އެ ޒުވާނާ ނޫރިޔާ އުފުލައި ލައިގެން އަތްދަނޑި މަތީ ގޮސް ކާރަށް އެރުވިއެވެ. އޭރުވެސް ވާރޭ ދިޔައީ ވެހެމުންނެވެ.

 

ކާރު ބާރު ދުވެލީގާ ގޮސް ހުއްޓާލީ 8 ބުރީގެ ހައިބަ ބޮޑު އިމާރާތެއްގެ ކުރިމައްޗަށެވެ.

“މަންމާ މަންމާ” ނޫރިޔާ އަތްދަނޑި މައްޗަށް ލައިގެން ދުވަމުން އައި ޒުވާނާ ގޮވަމުން ދިޔައެވެ.

“ދަރިފުޅާ ކިހިނެއްވީ ތީ ކޮން ކުއްޖެއް؟” މާކުރިންވެސް އެ ސުވާލުތައް އަމާޒުވާނެކަން އެޒުވާނަށް އެނގިފާއިވާ ކަހަލައެވެ.

 

“އިހަށް މަންމަ އާދެބަލަ ވަރަށް ހުންވެސް ގަދަ މި ކުއްޖާ ފަހުން ވީގޮތް ކިޔައިދޭނަން!” ފިރިހެން ދަރިފުޅު އަންހެން ކުއްޖެއް ގެނައި މީ ފުރަތަމަ ފަހަރެއެވެ. އެއީ ވަރަށް ލަދު ރަކި ކުއްޖެކެވެ. އަންހެން ކުދިންނާއި ދުރު ބަސްމަދު ކުއްޖެކެވެ.

 

ސިޑީގެ ހަރުފަތްތައް ގިރާކޮށް ނޫރިޔާ އެތަނުގެ ކޮޓަރިއަކަށް ވެއްދިއެވެ. ޖާގަ ތަނަވަސް ބޮޑު ކޮޓަރިއެކެވެ. މަޑު ހުދުކުލައިގެ ފާރުތަކުން ކޮޓަރިއަށް ދިރުން ގެނެސްދެއެވެ. ހަތަރުބައިގެ ބޮޑު އަލާމިރެއެވެ. ދިގު ގޮޅި ރީތިވާ މޭޒެވެ. ހުސް ހުދު ކުލައިގެ ފަރުނީޗަށެވެ.

ކޮޓަރީގެ މެދުގައި ހުރި ބޮޑު ކިންގު ސައިޒު އެނދުގައި ނުރިޔާ ބާއްވާފައި އެހެންކަންތައް މަންމަ އާއި ހަވާލުކުރިއެވެ. އެ ކުއްޖާގެ ހެދުން ވެސް ހުރީ ތެމިފައެވެ. އެހެންކަމުން ތެއް ހެދުން ޒުވާނާގެ މަންމަ ބަދުކޮށްލަދިނެވެ. އެހުރިހާ ކަމެއް ހިނގި އިރުވެސް އެއްވެސް ހިލަމެއް ނޫރިޔާ އަކަށް ނުވެއެވެ. އެއަށް ވުރެ ބޮޑަށް އޭނާ އޮތީ ހުން އައިސްފައެވެ.

 

ނޫރީ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެހެން ދުވަސްތަކާއި ހިލާފަށް ވަރަށް އަރާމުކޮން ނިދާލެވިއްޖެއެވެ. ހިތާ ހިތާ މިހެން ނޫރިޔާ ކިޔާލަމުން ރަނގަޅަށް ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ކުރިމަތީ ހުރި ބޮޑު ޓީވީއެވެ. އެނދާ އިންވެގެން ހުރި ސޯފާ ސެޓެވެ. އެއާއެކު ކުޑަކޮން ހާސްވެއްޖެއެވެ. އެއީ އޭނާގެ ކޮޓަރި ނޫންކަން އިނގިއްޖެއެވެ.

 

އޭނާއަށް އުއެވުނީ މުއްސަނދިކަމުން ޖަރީވެފައިވާ ކޮޓަރިއެއްގައެވެ. ހުދަށް ލޯބި ކުރައްވާ މީހެއްގެ ކޮޓަރިއެއްގައެވެ. ތަނުގެ ފާރުން ފެށިގެން ފަރުނީޗަރަށް ވެސް ހުރީ ހަމަ ހުދެވެ. މިއީ މީގެ ކުރިން ދުވަހަކުވެސް ނޫރިޔާ ދެކެފައިނުވާ ފަދަ ރީތި ކޮޓަރިއެކެވެ.

 

އެނދުން ތެދުވެ ލަސްފިޔަވަޅުތަކެއްގައި ހިގަމުން ދަނިކޮށް، ތަފާތެއް އިހުސާސްވިއެވެ. ކުރިމަތިން ފެންނަށް ހުރި އަމިއްލަ ސޫރައަށް ބަލާލެވުނު ހިނދު، ބިރުވެރިކަން ހިތަށް ވަދެއްޖެއެވެ. އެއީ އޭނާ ގެއިން ނިކުއިން އިރު ލައިގެން ހުރި ހެދުމެއް ނޫނެވެ. މިހާރު ގައިގައި އޮތީ ފިރިހެނެއްގެ ގަމީހެކެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ކާރެއްގައި ޖެހެން އުޅުންކަން އިނގެއެވެ. ދެން ވީ ގޮތެއް ނޭނގެއެވެ. ސައްކުގެ ނަޒަރުން އެކި ދިމަ ދިމާލަށް ބެލެމުންދަނިކޮން މީހާ ދިޔައީ ސިއްސައިގެންނެވެ.

 

“މިހާރު ކިހިނެއް؟” އަޑު އައި ދިމާލަށް ފުރަގަހަށް އެނބުރު އިރު ފެނުނީ ހުސްގަޔާ ހުރި ފިރިހެނެކެވެ. އިސްކޮޅުން ދިގު ރީތިކުއްޖެކެވެ. ލަފާ ކުރެވޭ ގޮތުގައި 6 ފޫޓު އިސްކޮޅުގައި ހުންނާނެއެވެ. މާބޮޑަށް ހިތަށް ބިރުވެރިކަން ވަދުނީދެނެވެ. ވެހެމުން ދިޔަ ވާރޭއަށް ބެލުމެއްނެތި ގެއިން ނުކުތީ ކޭކެއް ގަންނާށެވެ. ދައްތަ އަށް އަލަތު ދަރިއެއް ލިބޭތީ އެކަމުގެ އުފާ ފާހަގަކުރާއިރު ކޭކެއް ބޭނުންވާނެތީއެވެ. ކޭކަކީ މިހާރަކަށް އައިސް ހަފްލާތައް ފަޅުފިލުވައިދެމުން ތަނަށް އުފާވެރިކަން ގެނެސްދޭ ބައިވެރިޔެކެވެ.

 

“އަ… އަޅުގަނޑުގެ ހެދުން؟” ތުރުތުރު އަޅަމުން ދިޔަ އަޑަކުން އެންމެ ފުރަތަމަވެސް އެހުނީ ހެދުން ބަދަލުވެފައި ވާތީއެވެ. ނޫރިޔާ ގެ އަޑަށް ސަމާލުކަމެއް ދިނުމެއް ނެތި، އޭނާ އަލަމާރި ހުޅުވާލިއެވެ. އަދި ނޫކުލައިގެ ޓީޝާޓެއް ނަގައި ގަޔަށް މަހާލިއެވެ.

“އަޅުގަނޑަށް ކީއްކުރެއްވީތޯ؟ އަޅުގަނޑު ލައިގެން ހުރި ހެދުން ކޮބާތޯ؟ ކީއްވެ ހެދުން ބަދަލުވީ އަޅުގަނޑުގެ؟” ހާސްވެ ހުރެ ނޫރިޔާއަށް ސުވާލުތައް އަމުނާލެވުނެވެ.

 

އެއްވެސް ހާލެއްގައި ފިރިހެނެއްގެ ކުރިމަތީ ފިނޑިވާން ބޭނުން ނުވާތީއެވެ. ނިކަމެެތިކަމުގެ ފިޔަގަނޑު ހުޅުވައިގެން ރޯން ނޭދޭތީއެވެ. އެއީ މާސިންގާ ފިރިހެނެކެވެ. އަހަރެންމީ 24 އަހަރުގެ އަންހެނެކެވެ.

 

“ނޫރިޔާއަށް އިނގޭނީ ހެދުމަށް ވީ ގޮތެއް” ޒުވާނާ ވާހަކަ ދެއްކީ އާދައިގެ ރާގުގައެވެ.

“އަޅުގަނޑުގެ ނަން ވެސް އިނގޭ ތަ؟ ތީ ކާކު ތޯ؟”

ރޮވިފައި ނޫރިޔާއަށް ސުވާލު ބުނެވުނެވެ.

 

އަހަރެން ކުރި އެއްވެސް ސުވާލަކަށް އޭނާ ސަމާލުކަމެއް ނުދިނެއެވެ. އެހެން ހުރެފައި ގަޔަށް ސެންޓު ކޮޅެއް ބުރުވާލިއެވެ. އެހިނދު މުޅި ތަނުގައި ހިފާލީ އަސަދުގެ މީރު ވަހެވެ. އަސަދަކީ އަރަބިކަރައިން މަޝްހޫރުވި ދިވެހިންގެ މެދުގައި މަޤުބޫލު ކަމެއް ހޯދާފައިވާ ސެންޓެކެވެ.

 

އެ ޒުވާނާ ދާ ކޮންމެ ތަނަކަށް ފަހަތުން ދިޔައީމެވެ.

“މަންމާ މިހިރީ އެކުއްޖާއަށް ހޭލެވިފައި” ކުރިމަތީ ހުރީ ދެބައި އުމުރުގެ އަންހެނެކެވެ.

 

“އެކޮއެ ކިހިނެއް؟ ރަނގަޅު ވެއްޖެތައް؟ އާރިޒުގެ ކާރުގައި ޖެހެން އުޅެނިކޮން އެކޮއެ ހޭނެތިގެން ވެއްޓުނީ އޭރު ބޯކޮން ވާރޭ ވެހޭ.. މިގެއަށް ގެނައިރު ހުން ވެސް އައިސް އޮތ!. ދައްތައް ދެން އެކޮއެ ތެމިފަ ހުރީމަ ހެދުން ބަދަލުކޮށްލަދިނީ! ސުވާލު އުފެދި ހާސްވެ ދާނެތި ބުނެދިނީމި” ހީކުރެވުނު ގޮތާ ޚިލާފަށް ކަންތައް ވެފައި މިވަނީ ރަނގަޅަށެވެ. އެއްޗެހި ބަދަލުކުރުވީ އެ ޒުވާނާ އެއް ނޫނެވެ. ހިންގަން ނުވާ ކަހަލަ ގުޅުމެއް ވެސް ނުހިނގައެވެ.

ކަންތައް ވެދިޔަ ގޮތުން އާރިޒު ކައިރިން މާފަށް އެދެން ނުހަނު ބޭނުންވިއެވެ. އެހެން ހިތާ ފަހަތަށް ބަލާލިއިރު ޖެހުނުތާ ލަކުނުވެސްނެތެވެ. ދިޔަ އިރެއްވެސް ނޭނގެއެވެ. ނޫނޭ ވާ މީ ގޮތް ނޭނގޭ ތަފާތު ޒުވާނެކެވެ. އެހެން ހިތަށް އަރުވަމުން ސިނޓިން ރޫމުގެ އެތައް މިތަނަށް ވަށްކަޅިން ބަލާލީމެވެ. ހާދަހާވައި ރީއްޗެވެ. ސީލިންގުގައި އެލުވައިފައިވާ ފަންކާއިންވެސް ޝާހީކަން ވިދާ ބަބުޅަމުން ދިޔައެވެ. ސިޓިންރޫމުގައި އަތުރާފައި ހުރީ އެންމެ ޒަމާނީ ފަރުނީޗަރެވެ. މުޅި ގެ ޒީނެއްކޮށްފައި އޮތީ ހުދާއި ކަޅުންނެވެ. ގޭގެ ރީތިކަން ފެނި އެހެން އާޝޯހުވެފައި އިންދާ މީހެއްގެ އަޑު ކަންފަތުގައި ޖެހިގެން ބަލާލީމެވެ. ލިބުނީ ކުއްލި ހައިރާންކަމެކެވެ.

 

ނުނިމޭ

(ކިޔުންތެރިންގެ ސަމާލުކަމަށް)

މި ވާހަކައަކީ އިސްނާގެ ފަރާތުން ކިޔުންތެރިންނަށް ގެނެސްދޭ ރޯދަ މަހުގެ ހަދިޔާ އެކެވެ. މިވާހަކަ ގެނެސްދޭނީ ރޯދަމަހު  ހަފްތާގެ ހުކުރުދުވަހުއެވެ. ހޮނިހިރު ވިލޭރޭއެވެ. އަޅުގަނޑުގެ މި ވާހަކަވެސް ކިޔުންތެރިންނަށް ރީތިވާނެ ކަމަށް ހީކުރަމެވެ.

 

މިވޭތުވެދިޔަ ދުވަސްތަކުގައި އަޅުގަނޑުގެ ވާހަކަތަށް ނުގެނެސް ދެވުނީ ކީއްވެ؟ މިއީ ކިއުންތެރިން ސުވާލު އުފެދޭނެ ކަމެކެވެ. އެ ދުވަސްވަރުގައި އަޅުގަނޑު އުޅުނީ ބޭސް ފަރުވާއަށް ރާއްޖޭން ބޭރުގައި އެވެ. އެހެންކަމުން  ބަލިވެ އުޅުމާއެކު ވާހަކަ ލިޔެވޭ ގޮތް ނުވީއެވެ. އެހެނަސް އެނބުރި މިއައީއެވެ. ލިޔަމުން އެދާ ދެ ވާހަކައިގެ އާ ބައެއް އަންނާނީ ރަމަޟާންމަހުގެ ފަހުންނެވެ. ރަމަޟާން މަހު މިގެނެސްދެނީ ތަފާތު ބަދަލުތަކާއެކު ބޮޑު ބައެއް ލިޔެވިފައިވާ ވާހަކައެވެ. އުންމީދަކީ ކިޔުންތެރިންނަށް އަޅުގަނޑުގެ މި ހަދިޔާ ކަމުދިއުމެވެ. ވާހަކައިގެ އިތުރުން ރޯދަ ހައްސަ މީރު ކާބޯތަކެތީގެ ރަހަތަށް ވެސް ގެނެސް ދެން ގަސްތުކުރަމެވެ. ކާ އެއްޗެއް ނުވަތަ ބޯ އެއްޗެއް ހަދާގޮތް ހިއްސާ ކުރަމުން ދާނަމެވެ. މީގެ އިތުރުންވެސް ތަފާތު ބައިތައް އަޅުގަނޑުގެ ފެނިގެން ދިއުމަކީ އެކަށޭނަ ކަމެކެވެ.

މިއަދު އަޅުގަނޑު އެގޮތުން ބުއިމެއް ގެނެސްދޭނަމެވެ. އަޅުގަނޑު މިއަދު ތައްޔާރު ކޮށްލަނީ ކޮން ބާވާތެއްގެ ބުއިމެއް ބާއެވެ؟

“ބަރަކާތްތުން ފުރިގެންވި ރަމަޟާން މަހަކަށް އެދެން!”

🫶♥️🤗🥀🥰

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

މުޅި ހިތް ބޭޤަރާރު ވެއްޖޭ-18

Next

ޖަވާހިރުގެ ބާރު – 11

Next
March 7, 2026

ޖަވާހިރުގެ ބާރު – 11

Previews
March 7, 2026

މުޅި ހިތް ބޭޤަރާރު ވެއްޖޭ-18

11 Comments!

  1. Shaba_73 says:
    March 7, 2026 at 11:50 am

    Hii after a long time 😊
    How are you doing?
    Mi part vrh reethi MA! 💝
    Aariz vrh hot soreh dhw hahaha 😅
    Kihineh Aariz ah nooriya ge nan enguny 🤔
    Anehkaa Kaaku ge adeh baa kan fathuga jehuny E??
    Curiously waiting for the next part…..
    Lyyy and Tc 💗

    1. Isnaa says:
      March 7, 2026 at 1:22 pm

      I’m fine dear
      Thank you for the lovely comment shaba_73
      Next Friday night ah inthizaaru kuramaa kaaku ge adeh thw balan dhw
      Kihineh thr Ariz ah alhey nooriyaa ge nan ingunee visnaalaba ingey thw
      And now you can guess the drink
      Rangalhu javaabu dhey kuhjakah hadhiyaa eh ohnannae IA 🫶🥰🥀🤗♥️☺️

  2. Shaba_73 says:
    March 7, 2026 at 3:07 pm

    Chocolate milkshake

    1. Isnaa says:
      March 7, 2026 at 3:40 pm

      No it’s a fruit juice

    2. Los siento says:
      March 7, 2026 at 3:43 pm

      Pineappleeeeee

  3. Shaba_73 says:
    March 7, 2026 at 4:23 pm

    Guava

    1. Isnaa says:
      March 7, 2026 at 8:12 pm

      No dear

  4. Isnaa says:
    March 7, 2026 at 8:13 pm

    No dear Leo siento

  5. Shaba_73 says:
    March 7, 2026 at 10:32 pm

    Fashion fruit

    1. Isnaa says:
      March 8, 2026 at 10:43 pm

      Correct 1 fruit

  6. Shaba_73 says:
    March 9, 2026 at 4:09 pm

    Awwn 🖤

Comments are closed.

Next Episodeރޯދަ ހާއްސަ “އެވާރެއާއި…” ބާބު 2 ( ފުރަތަމަ ނަޒަރުން ހިތުގެ ލަގަން ދޫވުން )←


All Right Reserved!