ދެވުނީ ވޭނޭ 46
“*****. ކަލޭ މައިތިރިވެބަލަ. އަރީންގެ ބަނޑުން ޒަވިއަންގެ ދަރިއަކު އުފަންވާން ކަލޭ ވަކި ބޭނުންތަ. ނިކަން މަށާ އެއްބައިވެބަލަ. އޭރުން އެ ބަނޑުތެރޭ އޮށްވާ އެ ކުއްޖާ މަރާލެވިދާނެ. މިހާރު ދެމީހުން އެ ތިބީ ވަކިވެފަ. މި ކަމަށް ފަހު ކަލޭ ހަރުފަޔާއި އެކު އުޅެވިދާނެއްނު. ތިހެން އުޅެގެން އެއްކަމެއް ވެސް ނުވާނެ.” ޝައުލާ ނާއިލް ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައިގަތެވެ.
ނާއިލަށް ޝައުލާ ދެއްކި ވާހަކަތަކާއި މެދު ވިސްނާލެވުނެވެ. “އެންމެ ރަނގަޅު. އެކަމަކު އަރީ އަށް ކަމެއް ނުކުރާތި.” ނާއިލް އެންމެ ފަހުން ބުނެލިއެވެ. ޝައުލާގެ މޫނުމަތީގައި ދުވެލީ ފަތަޙައިގެ ހިނިތުންވުމެކެވެ. “އަހަރެން ކުރަންވީ ހުރިހާ ކަމެއް ރާވާފައި ބޭނުން އެއްޗެހި ހޯދާފަ ހުންނާނެ.” ޝައުލާ އޭނާގެ ރޭވުން އެ ސޮރާއި ހިއްސާކުރަން ފެށިއެވެ.
ހުކުރު ދުވަސް ކަމުން ވަޒީފާ އަށް ނުކުންނަން ނުޖެހޭތީ އިޙުސާނު ދިޔައީ ފިހާރައަށެވެ. އެކި ފިހާރަތަކަށް ވަދެ ބޭނުންވާ ތަކެތި ގަންނަން އޭނާ އުޅުނީ ވަރަށް ވެގެންނެވެ. ފުރަތަމަ މިރޭ ލާން ފެހިކުލައިގެ އަތް ކުރު ގަމީހަކާއި ކަޅުކުލައިގެ ކެރެޓެެއް އޭނާ ގަތެވެ. އެއަށްފަހު ޢަބްދުއްރަޙްމާނަށް ދޭނެ ހަދިޔާ އަކަށް ގަޑި އަކާއި ސެންޓު ފުޅިއެއް ގަތެވެ. ކޮތަޅުތައް ހިފައިގެން އޭނާ ގެއަށް ދާން މިސްރާބު ޖެހި އިރު ދިހައެއް ޖަހަން ގާތް ވެއްޖެއެވެ.
އެޕާޓްމަންޓުތެރެ އަށް ވަދެފައި އޭނާ ފުރަތަމަ ވެސް ގުޅާލީ ސުމައްޔާ އަށެވެ. “މި އޮތީ މިރޭ ލާނެ އައުޓްފިޓް. ކަމުދޭތަ. ސޫމޯ ތިކިޔާ ވާމް ވައިބެއް ދޭތަ؟” އިޙުސާނު ވީޑިއޯ ކޯލަކުން ސުމައްޔާ އަށް އެ އެއްޗެހި ދައްކާލިއެވެ. “ބަރާބަރު. މަޑު ފެހި އެއީ ބައްޕަ އަށް އެންމެ ކަމުދާ ކުލަ. ބައްޕަ އަށް ހަދިޔާ އެއް ވެސް ގަންނަން ބުނީމެއްނު. ކޮބާތަ؟” ސުމައްޔާ ބޮޑުވައި އިނގިލި އުފުއްލާލަމުން ބުނެލިއެވެ. އެހެން ބުނުމުން އިޙުސާނު އޭނާ ގަތް ސެންޓު ފުޅި އާއި ގަޑި ދައްކާލިއެވެ. ސުމައްޔާ އަށް އެ އެއްޗެހި ވެސް ކަމުދިޔައެވެ.
ސުމައްޔާ އާއި ވާހަކަ ދެއްކުމަށް ފަހު އިޙުސާނު ފޯނު ކަނޑާލި އިރު އެގާރަ ޖަހައިފާނެއެވެ. އޭނާ ފުރަތަމަ ވެސް ލާން ނެގި އެއްޗެހި ދޮންނަން ލިޔެވެ. އެއަށްފަހު ފެންވަރާ ތައްޔާރު ވެލީ ހުކުރަށް ދާށެވެ. ދޮވުނު އެއްޗެހި ހިއްކަން އަޅައިފައި އޭނާ ފުން ނޭވާއެއް ލިއެވެ. “އައި ކޭން ޑޫ އިޓް” އިޙުސާނު އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ.
ހަވީރު ވީއްސުރެ ޝައުލާ އާއި ނާއިލް ތިބީ ޑައިމަންޑް ސްކައި ހޮޓެލްގެ މައި ދޮރު ފެންނަ ހިސާބުގައި ކާރު ޕާކު ކޮށްލައިގެން ބަލާށެވެ. އަރީން ބޭރަށް ނުކުމޭތޯ ބަލަން އިންތިޒާރުގައި ތިބި އިރު ދެމީހުން ދޭތެރެއަކުން ކޫސަނި އެއްޗެއް އަނގަޔަށް ލައި ހަފާލައެވެ.
“ކަލޯ. މީން އިރަކުން އަރީ ނުކުންނާނެތަ؟ ދެން މިހެން ކިހާ އިރެއް ވާންދެން ތިބެން ޖެހޭނެތަ؟ އެހެން ގޮތަކުން ވެސް ކީކާޑެއް ހޯދޭނޭ.” ހައެއް ޖެހުމުން ނާއިލް ބުނެލިއެވެ. އޭނާ ހުރީ ފޫހިވެގެން ހަލާކުވާވަރު ވެފައެވެ. “އެއީ ޒަވިއަންގެ ބައްޕަ ހިންގާ ތަނެކޭ. އެ ތަނުން ކާޑެއް ނަގަން އުޅެފިއްޔާ ޕްލޭން ފެއިލް ވާނެ. ވަގުތުން ޒަވިއަނަށް ޚަބަރު ދާނެ. ބޭރު ތެރެއިން ކީ ކާޑު ޖަހައިގަންނަން ޖެހޭނީ.” ޝައުލާ ރައްދުގައި ބުނެލިއެވެ.
އިޝާ ނަމާދުން ފައިބައިގެން އިޙުސާނު ދިޔައީ ހުޅުމާލެ ފުލެޓު ނަންބަރު 150 ށެވެ. އިމާރާތުން ލިފްޓަށް އަރައިފައި އޭނާ ހަމަޖެހިލިއެވެ. އަތުކުރީ ގަޑި ބަލައިލި އިރު އަށެއް ޖަހަނީއެވެ. ސުމައްޔާގެ އެޕާޓްމަންޓު ކުރިމަތީގައި ހުއްޓިލައިފައި އޭނާ ބެލް ޖެހިއެވެ. އެތެރެއިން ދޮރު ހުޅުވާލީ ސުމައްޔާއެވެ.
“ޑޯންޓް މޭކް އެ ސިންގަލް މިސްޓޭކް.” އިންޒާރުގެ ނަޒަރެއް ދީފައި ސުމައްޔާ އިޙުސާނު އެތެރެއަށް ވެއްދިއެވެ. އިޙުސާނަށް ސުމައްޔާގެ ބައްޕަ ފެނުނު ފުރަތަމަ ފަހަރަކީ މިއެވެ. ކުޑަކޮށް ސުމައްޔާ އާއި ވައްތަރު ކަމެއް ހުއްޓެވެ. އެހެނަސް ބައެއް ސިފަތައް ތަފާތެވެ. މޫނުމަތިން ހިތްހެޔޮ ވައްތަރެއް ޖަހައެވެ.
އިޙުސާނު ގޮސް ގޮނޑީގައި އިށީނުމުން ސުމައްޔާ އޭނާ އާއި ޖެހިގެން އިށީނެވެ. އޭރު ޢަބްދުއްރަޙްމާންގެ ނަޒަރު އަމާޒުވެފައި ހުރީ އިޙުސާނަށެވެ. “މި އޮތީ ބައްޕައަށް ގެނައި ހަދިޔާއެއް.” އިޙުސާނު އެ ކޮތަޅު ދިއްކޮށްލިއެވެ. ޢަބްދުއްރަޙްމާން ޝުކުރު އަދާކޮށްލައިފައި އޭގައި ހިފިއެވެ. އެއަށްފަހު ކާން ފަށަން ބުންޏެވެ. އިޙުސާނު ކާން ހުރި އެއްޗެހިނުން ތަރުކާރީ ބަތްކޮޅެއް ތައްޓަށް އެޅިއެވެ.
ކެއުމުގެ ތެރެއިން ޢަބްދުއްރަޙްމާން އެ ސޮރާއި ތަފާތު ސުވާލު ކުރަމުން ދިޔައެވެ. އެއިން ކޮންމެ ސުވާލަކަށް ވެސް ވިސްނުންތެރި ކަމާއެކު އިޙުސާނު ޖަވާބު ދެމުން ދިޔައެވެ. “ބައްޕަ ހީވަނީ އިންޓަވިއު އެއް ކުރާހެން.” ހިތާހިތުން އެހެން ބުނެލީ ސުމައްޔާއެވެ. ޢަބްދުއްރަޙްމާނު މާ ގިނައިން ސުވާލު ކުރަމުން ދާތީ އުނދަގޫ ވެފައި އިނީ ސުމައްޔާ އަށެވެ. އިޙުސާނަށް އެއްވެސް އުނދަގުލެއް ވެފައި އިން ހެނެއް ހިޔެއް ނުވެއެވެ.
ކެއުމަށް ފަހު ދެ މީހުން ޖައްސާލީ ސޯފާގައެވެ. “ދަރިފުޅު އިހަށް ދޭބަ ކޮޓަރިއަށް. ބައްޕަ ބޭނުން މި ސޮރާއި ވަކިން ވާހަކަ ދައްކާލަން.” ޢަބްދުއްރަޙްމާން އެހެން ބުނުމުން ސުމައްޔާ އަށް ކަރު އެލުވާލެވުނެވެ. ދެކޮޅު ނުހަދާ އަވަހަށް ދިޔައީ ބައްޕަ ރުއްސަން ބޭނުންވެފައި ހުރުމުންނެވެ.
“ދަރިފުޅާ. ސުމައްޔާ އަށް ވަރަށް އަޅާލާތި. އެއީ ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު. ސުމައްޔާ ކުޑައިރު އޭނަގެ މަންމަ ނިޔާވި ފަހުން ބައްޕަ މި ހުރިހާ ދުވަހަކު ސުމައްޔާ ގެންގުޅުނީ ވަރަށް ބަލައިގެން. އެހެން ކުޑަކުއްޖެއް ހެން އުޅުނަސް ސުމައްޔާ އެއީ ވަރަށް ވިސްނުން ތޫނު، ގޮތުގައި ހިފަހައްޓާ ކުއްޖެއް. ކޮންމެ ކަހަލަ ނުރައްކާތެރި ކަމެއް ކުރަން ވެސް އޭނާ ފަސް ނުޖެހޭނެ. އެހެންވީމާ ދަރިފުޅު ވާނެ ސުމައްޔާ ރައްކާތެރިކުރަން. ކައިވެންޏަށް ފަހު ވެސް ބައްޕަ ބޭނުން ދެކުދިން ބައްޕަ ކައިރީ އުޅެން. މިހާރު ސުމައްޔާގެ ނެތް އަދި އެކަން ކުރުމުގެ ޚިޔާލެއް. ސުމައްޔާ ތައްޔާރު ވީމަ އެކަން ކުރެވޭނީ. އިހަށް ކޮންމެވެސް މުހިންމު މަސައްކަތެއް ކުރަން ޖެހެޔޭ ކިޔާފަ އެ ހުރީ. އެ ކަމެއް ނިމުނީމައޯ ކައިވެނިކޮށް އެ ޒިންމާތަކާއި ހަވާލުވާނީ. އަދި ތައްޔާރެއް ނޫނޯ.” ޢަބްދުއްރަޙްމާން އިޙުސާނުގެ ބުރަކަށީގައި ފިރުމަމުން ވާހަކަ ދެއްކިއެވެ.
“ކަލޭ ކޮންތާކަށް ދާންތަ ތި އުޅެނީ؟ ކިތަންމެ މުހިންމު ކަމަކަސް މަޑުޖައްސާލެވިދާނެއްނު.” ނާއިލް ކާރުން ފައިބަން އުޅުމުން ޝައުލާ އޭނާ ހުއްޓުވިއެވެ. “މިހާރު ހަތަރު ގަޑި އިރަށް ވުރެ ގިނަ އިރު ވެއްޖޭ. މާކަ ލަހެއް ނުވާނޭ. މި އަންނަނީ އޭ” ނާއިލް ނުކުންނަމުން ބުނެލިއެވެ. ޝައުލާ ކަޅި އަނބުރާލިއެވެ. އަނެއްކާ ވެސް ނަޒަރު ހޮޓެލްގެ މައި ދޮރާއި ދިމާލަށް ބަދަލުކޮށްލިއެވެ.
ރޭގަނޑުގެ ކެއުމަށް ނޫޑުލިސް ކައްކަން ބޭނުންވެފައި ހުރުމުން އަރީން ކޮޓަރިން ނުކުތީ ފިހާރައަށް ދިއުމަށެވެ. އެ ނޫނަސް ބަދިގެއަށް ބޭނުންވާ ސާމާނު ގަންނަން ޖެހޭނެތާއެވެ. އަތް ދަބަސް ހިފައިގެން ނުކުމެގެން ގޮސް އޭނާ ލިފްޓަށް އެރިއެވެ. އިމާރާތުން ނުކުމެގެން ދިޔައީ ކައިރީގައި ހުރި ފިހާރަ އަކަށެވެ.
ވަށިގަނޑަށް ބޭނުން އެއްޗެހި އަޅަމުން ގޮސް އޭނާ އެންމެ ފަހުން ހުއްޓުނީ އައިސްއަލަމާރި ކައިރީގައެވެ. ވަށިގަނޑާއި ދަބަސް އެއް ކައިރީގައި ބަހައްޓާފައި އަރީން އެ އައިސްކްރީމް ތަށިތަކުން ބޮޑު ޗޮކްލެޓް ތައްޓެއް ނެގިއެވެ. އައިސްއަލަމާރީގެ ދޮރު ކަހާލައިފައި އަރީން ވަށިގަނޑަށް އެ ތަށި ލިއެވެ. ވަށިގަނޑު ނަގައިފައި އޭނާ ދަބަސް ފެނޭތޯ ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. އެ ޖެހުނުތާ ލަކުނު ވެސް ނެތެވެ. ތެޅިގަނެފައި އޭނާ ފަރަތްފަރާތަށް ނަޒަރު ހިންގާލީ އެ ދަބަސް ނަގައިގެން މީހަކު ދިޔަތޯއެވެ. ފެންނަން ހުރި އެކެއްގެ އަތުގައި ވެސް ދަބަހެއް ނެތެވެ. އަރީން ދެން ދިޔައީ ކައުންޓަރާއި ދިމާލަށެވެ.
“އަޅުގަނޑުގެ ދަބަސް ގެއްލިގެން މި އުޅެނީ. އައިސްކްރީމް އަޅާ ފްރިޖު ކައިރިން ކެމެރާތައް ބަލައިލައިފައި އެ ނެގި މީހެއް ބަލައިލެވިދާނެތަ؟” ކިޔުން އަރީނަށް ފުރުސަތު ލިބުމުން އަރީން އެތަނުގައި ހުރި ފިރިހެން ކުއްޖާ ގާތުގައި އެއްސެވެ. އެ ކުއްޖާ ބޯ ޖަހާލައިފައި ފޯނު ނަގާ މީހަކަށް ގުޅާލިއެވެ.
“މި ކާކުގެ ދަބަހެއްތޯ؟ ކުޅޭ އެއްޗެހި ހުރި ސެކްޝަންގައި އޮއްވާ ފެނުނު އެއްޗެއް.” ފިހާރައިގެ މެދެއްހާ ހިސާބުގައި ހުރެ މީހަކު ހަރު އަޑުން ބުނެލިއެވެ. އަރީން ވަގުތުން އެ ފިރިހެން ކުއްޖާ ގާތު އެއީ އޭނާ ދަބަސް ކަމަށް ބުންޏެވެ. އެ ކުއްޖާ ދުރުގައި ހުރި ސޭލްސްގާލް އަށް ސިގުނަލެއް ދިނެވެ. އެ އަންހެން ކުއްޖާ އެ ދިމާލަށް އައެވެ.
“އޫހް. އެކަން ސްމޫތް ކޮށް ނިންމާލެވިއްޖެ. ޔޫ ކިއުޓް ކާރޑް. މިރޭ އަރީނަށް ރަނގަޅު ގެއްލުމެއް ދޭނަން. މި ނާއިލްގަނޑަށް ވެސް މި ނޫން ވަގުތަކު ދާކަށް ނޭނގުނޭ. އެހެން ނޫންނަމަ އެ ހަރުފަ އައުމުގެ ކުރިން އެ ތަނުގަ ފިލާ ތިބެފަ އެބޯޝަން ޑްރަގް ބޯން ދެވުނީސް. އެންމެ ދިހަ އެމްއެލް އިން އެ ކުއްޖާ މަރާލެވޭ ވަރުގެ އިލީގަލް ޑްރަގެއް ހޯދައިދިން ކަމަށް ޔަލާ އަށް ބަދަލެއް ދޭން ޖެހޭނެ.” އަރީންގެ ދަބަހުން ނަގައިގެން އައި ކީ ކާޑަށް ވިހަ ގޮތަކަށް ބަލައިލަމުން ޝައުލާ ހިތާހިތުން ބުނެލިއެވެ.
އަރީން ޝުކުރު އަދާކޮށްލައިފައި ދަބަހުގައި ހިފަމުން ގަތް އެއްޗެހިނަށް ލާރި ދެއްކިއެވެ. އެއަށްފަހު ކޮތަޅުތައް ހިފައިގެން ފިހާރައިން ނުކުތެވެ. އޭނާ ދަބަސް ތެރެ ބަލައިލީ އެއްވެސް އެއްޗެއް މަދުތޯ ބަލާލުމަށެވެ. އޭނާއަށް އެނގުނީ ހޮޓެލް ރޫމުގެ ކީ ކާޑު ނެތް ކަމެވެ. ހާސްވިއެއް ކަމަކު އޭނާ އަށް ދެން ކުރެވޭނެ ކަމެއް ނެތެވެ. ކަރު އެލުވާލަމުން އަނބުރާ ހޮޓެލަށް ދާން މިސްރާބު ޖެހީ އެހެންވެގެންނެވެ.
ރިސެޕްޝަން ކުރިމަތީގައި ހުއްޓިލައިފައި އަރީން އެދުނީ އިތުރު ކީ ކާޑެއް ދިނުމަށެވެ. ނަސީބަކުން ވަރަށް ފަސޭހައިން އެހެން ކާޑެއް ލިބުނެވެ. އެ ވަގުތު އެ ތަނުން މަސައްކަތް ކުރާ ކުއްޖަކު އައިސް އޭނާގެ އަތުގައި ހުރި ބަރު ކޮތަޅުތައް އަތުލިއެވެ. އަރީން އަމިއްލައަށް ގެންދެވޭނޭ ބުނި ނަމަވެސް އެ އަންހެން ކުއްޖާ އަނބުރާ އެ ކޮތަޅުތަކެއް ނުދިނެވެ. އެއީ ކުރިން ވެސް އޭނާ ގޮވައިގެން ރޫމަށް ގެންދިޔަ ކުއްޖާއެވެ.
“މިސް ޕްރެގްނެންޓް އިރު އަހަރެންގެ ޒިންމާއެއް ހެލްޕް ވުމަކީ. އާދޭ.” މާޝަލް ހިނިތުންވުމެއް ރައްދުކޮށްލަމުން ގޮސް ލިފްޓަށް އެރިއެވެ. އަރީން ވެސް ފަހަތުން ގޮސް އެރިއެވެ. މާޝަލް އެތެރެއަށް ވަދެފައި އެ އެއްޗެހި އަލަމާރިއަށާއި ކަބަޑަށް އެޅުމަށް އެހީވިއެވެ.
“މިސް އަށް ކާން ލިބޭނޭ ހޮޓެލް ރެސްޓޯރެންޓުން ފްރީ ކޮށް. އުނދަގުލެއް ނުވާނެތަ ކައްކާކަށް.” މާޝަލް އެހިއެވެ. “ހޫމް. މާޝަލް ވާހަކަ ދައްކާ އިރު އިސްކޮށްފަ މިސް ނުކިޔާ ރީން ކިޔާބަ. ވަރަށް އެހެންކަހަލަ ތިހެން މުޚާޠަބު ކުރާތީ.” އަރީން ހީނލަމުން ބުނެލިއެވެ. މާޝަލް އެންމެ ރަނގަޅޭ ބުނެފައި އެ ރޫމުން ނުކުތެވެ. އަރީން ފުރަތަމަ ކޮޓަރިއަށް ވަދެލީ ލައިގެން ހުރި އެއްޗެހި ބަދަލުކުރާށެވެ.
“އަވަސްކުރޭ. މިހާރު ވެސް މާ ލަސްވެއްޖެ.” ދުރުން ސައިކަލެއްގައި އައި ނާއިލަށް ގޮވާލަމުން ޝައުލާ ބުނެލިއެވެ. ނާއިލް ސައިކަލް ޕާކު ކޮށްފައި ދުވެފައި އައިސް ޝައުލާ އާއި އަރާ ހަމަކުރިއެވެ. ދެމީހުން އެކުގައި ހޮޓެލް ތެރެއަށް ވަދެގެން ދިޔައީ ހަމަޖެހިލައިގެންނެވެ. ލިފްޓުން މައްޗަށް އަރައިފައި ދެމީހުން ގޮސް ހުއްޓުނީ ވީއައިޕީ ރޫމް ނަންބަރ 2 ގެ ކުރިމަތީގައެވެ. އެތަނުގައި އުޅުނު އެހެން މީހުންނަށް ޝައްކެއް ވެދާނެތީ ފުރަތަމަ އެމީހުން ދޮރުގައި ޓަކި ޖެއްސެވެ. އެއަށްފަހު ސިއްރު ސިއްރުން ކީ ކާޑު ޖައްސާލިއެވެ.
ކޮޓަރިން ނުކުތް ވަގުތު ދޮރުގައި ޓަކި ޖަހާ އަޑު އިވުމުން އަރީން ގޮސް ލޯ ކޮޅުން ބޭރު ބަލައިލީ ކާކުތޯ ބަލާށެވެ. އެ ތަނުގައި ނާއިލް އާއި ޝައުލާ ހުރުމުން އަރީނަށް ހިންދިރުވާލެވުނެވެ. ޝައުލާ އޭނާ ގެއްލިގެން އުޅުނު ކީ ކާޑް ނެގި މަންޒަރު ފެނުމުން އަރީން ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ބަނޑުގައި އަތް ޖައްސާލެވުނު އިރު އެ ނާޒުކު ހިތުގައި ރެނދުލަމުން ދިޔައީ މުޅި ނަފްސުގެ ހަމަޖެހުން ނަގާލަމުންނެވެ.
“އަރީން. ކޮބާ؟ ހުރި ތާކުން ނުކުމޭ.” އަކުރުތަކަށް ދަމާލަމުން ޝައުލާ އިންޒާރެއް ދިނެވެ. ޝައުލާ ބަދިގެ ފަޅި ބަލަމުން ދިއުމުން ނާއިލް ދިޔައީ ކޮޓަރި އާއި ދިމާލަށެވެ. އެ ތަޅުގައި ހިފި އިރު ތަޅުލައިފައި ހުރުމުން ނާއިލް ޝައުލާ އަށް ގޮވާލިއެވެ. “ކޮޓަރީގަ ފިލާފަ އޮންނާނެ ކަމެއް ނެތް. ހަމަ މިހާރު ނުކުމޭ.” ދޮރުގައި ތަޅައިގަންނަމުން ޝައުލާ ބުނެލިއެވެ.
އަރީން ބިރުން ތުރުތުރު އަޅަމުން ދިޔަ ޙާލު ގޮސް އޭނާގެ ފޯނު ނެގިއެވެ. ބިރުގަނެ ހިތް އަވަސްވެފައި ހުރުމުން ފުލުހުންނަށް ގުޅަން އުޅެނިކޮށް ގުޅުނީ އެހެން މީހަކަށެވެ. އެ މީހަކު ވެސް ފޯނެއް ނުނަގައެވެ. ރިންގުވެރިންގުވެ އޮތީއެވެ. އެ ވަގުތު ބާރަށް ދޮރުގައި އެއްޗަކުން ޖެހި އަޑު އިވުމުން ސިހިފައި އަރީންގެ އަތުން ފޯނު ވެއްޓުނެވެ. އޭނާ މަޑުމަޑުން ފޯނުގައި ފައިން ޖަހާލަމުން ޑްރެސިން ޓޭބަލް ދަށަށް ވައްދާލައިފައި ގޮސް ވަނީ އެތަނުގެ ވޯކްއިން ވޯޑްރޯބަށެވެ. ދޮރު ލައްޕައިފައި އޭނާ ހުސް ކޮށް ހުރި ވައި ގޮޅި ބަޔަށް ވަނެވެ.
“ހަމަ މި ދޮރު ހަލާކު ކޮށްލާކަށްނު ތި ޖެއްސީ. ނިކަން ރީތިކޮށް އާދެބަލަ. އޭރުން އަރީއަށް އެއްވެސް ވަރަކަށް ތަދުނުވާނެހެން މި ދަރި ވައްޓާލާ ބޭސް ދެވޭނެ.” ނާއިލް ދޮރުގައި ބަރު އެއްޗަކުން ޖަހަމުން ބުނެލިއެވެ. އިސާހިތަކު އެ ދޮރު ހަލާކުކޮށްލައިފައި އެ ދެ މީހުން ކޮޓަރި ތެރެއަށް ދެމިގެންފިއެވެ.
“އޭތް. ފިލާ އޮތް ތަނަކުން ނުކުންނަން ވީއޭ. އަރީން. މަރާލުމުގެ ކުރިން ދަރިއަށް ދޭނެ ނަމެއް ވިސްނައިފިންތަ؟” ކޮޓަރިތެރެ ހާވާ ހަޑިކުރަމުން ޝައުލާ ބުނެލިއެވެ. ނާއިލް ފާޚާނާ އަށް ވަދެގެން ވެސް އަރީން ފެނޭތޯ ބެއްޔެވެ. ދެން ޝައުލާ ދިމާކޮށްލީ ވޯޑްރޯބަށް ވަންނާށެވެ.
ޝައުލާމެން ވާހަކަ ދައްކާ އަޑު އިވުމުން އަރީން އަނގަމަތީގައި އަތް އެޅިއެވެ. އަނެއް އަތް ބަނޑުމަތީގައި ވަށާލެވިފައި ވެއެވެ. މުޅި މީހާ ބިރުން ތުރުތުރު އަޅަމުން ދިޔައިރު އެ ހިތް ޑަންޑަޑަން ލައިފައި ތެޅެމުން ދިޔައެވެ. ނޭވާ އަށް އުނދަގޫ ކުރަން ފެށުމުން އަރީންގެ ލޮލުން ފެން އަންނަން ފެށިއެވެ. އެ ވޯޑްރޯބުގެ ދޮރު ހުޅުވާލި އަޑު އިވުމުން އަރީންނަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ. ޝައުލާ އޭނާ ހުރި ދިމާލަށް އަންނަން ފެށުމުން އަރީން ކުއްލިއަކަށް ދުއްވައިގަތެވެ. ޝައުލާ އަށް ވުރެ ކުރިން އޭނާ އަށް ވޯޑްރޯބުން ބޭރަށް ނުކުމެވުނެއް ކަމަކު ބޭރުން ދިމާކޮށްލީ ނާއިލެވެ.
ވޯޑްރޯބުން ޝައުލާ ގޮވާ އަޑު އިވުމުން ނާއިލް އަވަހަށް އެ ދިމާލަށް ދިޔައެވެ. ނަސީބުވެސް ރަނގަޅީއެވެ. އަރީން ނުކުތީ އޭނާގެ ކުރިމައްޗަށެވެ. ފުރުސަތުގެ ބޭނުން ހިފާ އޭނާ އަރީން ހިފެހެއްޓިއެވެ. އަރީން ތެޅިފޮޅެމުން ދިޔައީ ސަލާމަތްވާށެވެ. ކަރު ބުޑުން ހަޅޭއްލަވަމުން ދިޔައެއް ކަމަކު ސައުންޑް ޕްރޫފްކޮށްފައި ހުރިއްޔާ އެ އަޑު ފޯރާނީ ކާކުގެ ކަންފަތަކަށް ހެއްޔެވެ؟
“ހަޅޭއްލެވިޔަސް ކަލެއަކަށް ސަލާމަތެއް ނޯންނާނެ.” ޝައުލާ ހެމުން ހެމުން އައިސް އަރީންގެ އަނގަޔަށް ފިތާލަމުން ގަދަކަމުން އަނގަ ހުޅުވާލިއެވެ. ޝައުލާ އަނެއް އަތުގައި ހުރި ބޭސް ފުޅި އަރީންގެ އަނގަޔަށް އަޅަން ދިމާކޮށްލިއެވެ.
ބަނޑުގައި އޮތް ދަރިފުޅާއި މެދު ކަންބޮޑުވެފައި ހުރި ޙާލު އަރީން ސަލާމަތް ވެވޭތޯ ހަށީގައި ނެތް ހިތްވަރު ލައިގެން މަސައްކަތް ކުރަމުން ދިޔައެވެ. އެހެނަސް… ޝައުލާ އެ ބޭސްފުޅީގައި ހުރިނަމަހާ އެއްޗެއް އޭނާގެ އަނގަޔަށް އަޅާލައިފިއެވެ. އެ ތުއްތު ފުރާނަ ދެކި އުރާލުމުގެ ފުރުސަތު ނުލިބެނީސް ގެއްލިގެން ހިނގައިދާނެހެން ހީވުމުން ހިތް ފޮތިފޮތިވެ ދިލަ ތަދަކުން މުޅި މީހާ ހަފުސްވެގެން ދިޔަ ކަހަލައެވެ.
“ދެން ވެސް ގޮތް ދޫކޮށްފަ ދިރުވާލަބަލަ.” އަރީން އެ ނުދިރުވާ ހުރުމުން ޝައުލާ އޭނާގެ އަނގަމަތީގައި ޖެހިއެވެ. އަރީން ކުއްލިއަކަށް ފަހަތުން ނާއިލްގެ ގައިގައި ވިކައިގަނެފައި އަނގައިގައި ހުރި އެއްޗެހި ބުރުވާލިއެވެ. ކުރިމަތީގައި ހުރި ޝައުލާގެ މޫނު މައްޗަށެވެ. އެ ލިބުނު ހަނި ފުރުސަތުގައި އޭނާ ދުވެފައި ކޮޓަރިން ނުކުތެވެ.
“ހީކުރީތަ މަ މޫނަށް ބޭސް ޖަހާފަ ފިލައިގެން ދެވޭނޭ” ޝައުލާ އަރީން ފައިގައި ހިފައިގަތެވެ. ފަހަތުން ނާއިލް ވެސް އައިސް އަރީނާއި އަރާ ހަމަކޮށް ފަހަތުން ހިފަހައްޓައިފިއެވެ. “އާ…ދޭސް ކޮށްފަ މި ބު..ނީ މި ކުއްޖާ އަށް ގޮ.. ގޮތެއް ނުހަދާ. އަހަރެން ވިހޭމަ ކުރާ ކަމެއް އަހަންނަށް ކުރޭ. ހެޔޮ ނު..ވާނެ. މި ކުއްޖާގެ ކޮން ކުށެއްތަ އޮތީ” ދެލޮލުން ހޯސްލައިފައި ކަރުނަ އޮހޮރެމުން ދިޔަ ޙާލު އަރީން އެދުނެވެ. “އައިމް ސޮރީ އަރީ. އެކަމަކު ތި ހަށިގަނޑުން ޒަވިއަންގެ ދަރިއެއް އުފަންވުމުގެ ފުރުސަތެއް ނުދެވޭނެ.” ނާއިލް އިތުރަށް އަރީންގެ ގައިގައި ބާރަށް ހިފެހެއްޓިއެވެ. “އާހް… އަހަރެން… ދޫކޮ..ށްލާ! އާދޭ..ސްކޮށްފަ މި ބު..ނީ” ގަދަހަދަމުން ނާއިލްގެ ކިބައިން ސަލާމަތްވެވޭތޯ މަސައްކަތް ކުރަމުން ދިޔަ އަރީންގެ ވޭނީ ގިސްލުމުގެ އަޑު ބާރު ވެއްޖެއެވެ. އެހެނަސް އެ ދެމީހުންގެ ހިތުގައި ހަމްދަރުދީގެ ޛައްރެއްގެ މިންވަރު ވެސް ނުވާ ކަހަލައެވެ.
ޝައުލާ ތެދުވެގެން ގޮސް ވަނީ ބަދިގެއަށެވެ. ކަބަޑު ތައް ހާވާލައިފައި ތޫނު ވަޅިއެއް ހިފައިގެން އޭނާ އަރީނާއި ދިމާލަށް ދިޔައެވެ. އެ މަންޒަރު ފެނި ނާއިލަށް ދެލޯ ބޮޑު ކޮށްލެވުނެވެ. “އޭތް. ކަލޭ ކައިރީ ބުނިންދޯ އަރީނަށް ތިކަހަލަ ގެއްލުމެއް ދީގެން ނުވާނޭ.” ނާއިލް ހަޅޭއްލަވައިގަތެވެ. “އެހެންނޭ ކިޔާފަ ކުއްޖާ މަރާ ނުލާ ދާން ވީތަ؟ ކުރިން ވެސް ބުނިންދޯ މިހެން ވިއްޔާ ވަޅިންނޭ ހަމަލާ ދޭން ޖެހޭނީ. އަރީންގެ ވައިޓަލް ޕޮއިންޓަކަށް ނުޖަހާނަމޭ.” ޝައުލާ ރައްދުގައި އެހެން ބުނެފައި އައިސް އަރީންގެ ބަނޑުގެ އެއް ފަރާތަށް އެ ތޫނު ވަޅި ހަރާލިއެވެ.
އަރީން ލައިގެން ހުރި ހެދުން ކަޅިވެގެން ލޭތައް އޮހިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އެ ލޭތައް ފެނި އަރީންގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. ބަނޑުގައި އޮތް ތުއްތު ފުރާނަ އާއި މެދު ވިސްނެމުން ދިޔަ ވަރަކަން ނާއިލް އާއި ޝައުލާ އަށް އެ ހިތުގައިވީ ނަފުރަތުގެ އަނގުރު ހޫނު ވަމުން ދިޔައެވެ. އެ ރުޅީގެ މައްޗަށް ގަދަވެގަންނަމުން ދިޔަ ހިތާމައިގެ ސަބަބުން މޭފިތިގެން ދިޔައެވެ. ދަރިފުޅުގެ ފުރާނަ ވަކިވެގެން ހިނގައިދާނެކަން ވިސްނުމަށް އައުމާއި އެކު އަރީނަށް ހީވީ ކޮށި ދައްޗަކުން ހިތުގައި އަޅުވާ ދަމައިގަތް ހެނެވެ. ކަރަށް ވާން އަރަމުން ގޮސް ނޭވާ ލާން ދަތި ވެއްޖެއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.







Ey NAAIL N SHAULAAAA!!! omg amashaku rulhi eh nooney ais mihuree!! How dare theyyy!! Reen ah olhigen viyas egulhunee zev ah hen vrh heeveye! Zev alhe jahaali guguri eh hen e thanah vattaalaba! Heyo nuvaane😭😭
Isse went smooth like butter dhw? Vrh familiar vejje!
When next? Hama hith thelhenee ey!😭
Lysm💗
RAMADAN MUBARIK MY FAV AUTHOR!!
Naail and Shaula mifaharu maa mahchah dhiyaee dhw 😒😒
E gulhunee zev ah kamah ves vedhaane, who knows 🤔🤔
Yup, he was smooth like butter 😏😏
Hehe, maa bodah hiy thalhuvaa levunee dhw 😄😄 I’m just used to end in cliffhangers
IA next Sunday
So ecstatic to hear this, shukran Your fav bab ✨✨✨
Lyt darl 🫶🏻🫶🏻🫶🏻
🌟 رمضان مبارك 🌟
To my dear readers, Ramadan Mubarak! Ramadan mahah maruhaabaa kiyumuge gothun mi genesdhin hadhiyaa kamudhiya kamah unmeedhu kuran. I hope this month brings you quiet moments of reflection and deep peace in your prayers. Wishing you a season of light and spiritual growth.
Ramadan Mubarak to you also
Btw vrh surprise vs vejje ehaa avahah kiyaalan libuneema mihaaru vrh curious vs vejje pls zavian genesba areen salaamaih kuran…😭😭
When next???
Happy to hear you liked this 😄😄
Zev gennaany kihineh 🤔🤔
Curious kohlaafa ninmaalaa hiyvee 🙃🙃
IA next Sunday
Shukran 🌺 ✨✨
🌟 رمضان مبارك 🌟
Mi part ves varah reethi. Someone please naail and shaula kandu faththabala. They are crossing the limits. Zev please olhigen ves reen kobaitho balaalaba. Reen ge baby salaamay vaanebaa? Curiously waiting for next part???
Ramadan mubarak
They really did go overboard with that 😒😒
Olhigen viyas balailiyya kithanmehaa ves rangalhu 😬😬
She could lose the baby, who knows wht will happen next 😭😭
Shukran Miss jennie for ur unwavering support ✨✨
🌟 رمضان مبارك 🌟
Piss pisss.anekkaa aneh kanthah.meehun dheke Rulhi ayas,hasadha veriviyas mi dhen bodu varu dhww.loaibakee gadhakamun haadilukureveyne ehcheh noonkan neygey haa e dhemeehun kanutha?keekey Dhn bunaanee.i hope areen and baby will be ok.e meehunnah gotheh nuviyyaa rangalhu
If you r the REAL svetlana plz tell me when the the next part of PIYADHA is!
Aan, hasadha veri viyas bodu varu.
Loaibakee gadhakamun hoadheyne ehchehkan neyngeny kanne 😒😒
Shukran Svetlana ✨✨
Noooooooo! Poor reen. Xev dhn vs aadhebaa. Come and save your wife and child. 😢😢
Naail vs bunaanee reen dheke loabi veyey. Loabi vaa meehun thihen kankameh nukuraane dhw. E shaula witch ge hitheh vs netheetha! 😤
Haadha rulhi anna meehaa gandekey ei😡😡
Sumeee ge dad vrh like vejje kan nynge ihsaan dheke
Save reen Plzzz
Whn nxt???????
Luv u 💗💗
Xev annaane kamuge unmeedhuga alhugandu ves mi huree. 😒😒
Dhww, love ah vure obsession eh
Shaulaa akee rahumeh kuluneh huri meeheh noon aan
Yea, sumee’s dad approved him
IA next Sunday
Shukran Anonymous, vrh ufaavejje mi comment fenifa ✨✨
Lyt darl 🫶🏻🫶🏻
Lyt darl
Dont kill the child
Dont give them what they wanted
Zev aree is in danger
Shaula n naail u too are so dead if zevian comes in
Whn next???
The child… Can’t guarantee that girl/boy ‘s safety 😭😭
Definitely, zev ah engijjenama salaamatheh noanaane
IA next Sunday
Shukran Diva_gurly ✨✨
Wow V.Reethi Maashaa Allah.
WHEN NEXT??????????????????????????????????
IA next Sunday
Shukran DINO ✨✨
Ramadan Mubarak to you too white rose
Shukran maan lover ✨✨
🌟 رمضان مبارك 🌟
When is the next part
IA tomorrow
Shukran ahlam005 ✨✨
Kobaaaaaaaaaa
Adhi kiriyaa mi submit kohlevuny, so prolly tomorrow
Shukran R@@jiha🧕 ✨✨
Kobaa?
Kobaaaaaaaaaaaaaaaa? 😊