Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތަށް ލޯބިދޭށޭ – 18 ބައި

Twinklebean Level 110 Stories
February 18, 2026 6 Mins Read
1 Comment

އިރުގެ އަލިން ކޮޓަރިތެރެ ދިއްލެން ފެށުމާއެކު އެލައިރާޔައް ހޭލެވިއްޖެއެވެ. އެވަގުތު އިއްޔެގެ ހަނދާންތައް މަޑުމަޑުން އެނބުރި އައީ ފަޅުތެރެއަށް ރާޅުތައް ބުރުސް ޖަހާލި ފަދައިންނެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ބަދަލުވެގެން ދިޔަ އެ ދިރިއުޅުމާއެކު މިހާރު އެއީ މީހެއްގެ އަތްބެއްކަން ހަނދާންވިއެވެ. ކުޑައިރުކޮޅަކު އަމިއްލަ ދުނިޔޭގައި އޮވެލުމައްފަހު އެލައިރާ އަނެއްފަރާތައް އެނބުރިލިއެވެ. އޭރު ކައިލް އެލައިރާޔާއި ވާ ފަރާތައް މޫނު އަނބުރައިގެން އޮތެވެ. އޭނާގެ އެއް އަތް އެލައިރާގެ ގަޔާއި ކައިރީގައި ބޭއްވިފައި އޮތެވެ. މޫނުމަތިންވެސް ފެންނަނީ މަޑުމައިތިރިކަމެވެ. އިސްތަށިގަނޑުވެސް އޮތީ މީހާގެ މޫނުމައްޗައް ފަރުވާލެއްނެތި ދޫކުއްލެވިފައެވެ. ކައިލްއަކީ މިޒަމާނުގެ ކުދިން ހިތްކިޔާ ކަހަލަ ރީތިކަމެއް ލިބިފައި ހުރި ކުއްޖެކެވެ. އެކަން އެލައިރާޔައްވެސް އެނގެއެވެ. މިގޮތައް ކައިލް އާއި ދިމާއައް ބަލަހައްޓައިގެން އޮވެވުނުކަމެއް ރެޔަކާލީ ކައިލް އޭނާގެ ދެލޯ މަޑުމަޑުން ހުޅުވާލުމުންނެވެ. ކުޑަ ހިނދުކޮޅަކަށް ދެމީހުންކުރެ އެކަކުވެސް ހަރަކާތެއް ނުކުރިއެވެ. އެލައިރާ ކުޑަކޮއް ލަނދުވެސް ގަތެވެ. މާ ގިނައިރު އެހެން ބަލަން އޮތްކަން ކައިލްއައް އެނގުނީތީއެވެ. ނަމަވެސް ހައިރާންވީކަމަކީ ކައިލްގެ ނަޒަރުގައި އެއްވެސް ލަދުވެތިކަމެއް ނެތުމުންނެވެ.

“ހާދަ ވަރަކަށް ތިބަލަނީ.. އަނެއްކާ ކަމުދާ އެއްޗެއް ފެނުނީތަ؟” ދެލޯ ކަހާލަމުން ކައިލް ބުނެލީ ޖެއްސުމުގެ ރާގަކަށެވެ. އަހަރެން އަވަސް އަވަހަށް އަނެއްފަރާތައް އެނބުރިލީމެވެ. “ނޫން. އަހަންނެއް ނުބަލަން” އެވަގުތު ކައިލް ކުޑަކޮއް އެލައިރާޔާއި ކަރިރިޔައް ޖެހިލިއެވެ.

“ދޮގު ހަދާކައް އަސްލު އެހާ މޮޅެއްނޫން އެލައި.” ކައިލްގެ ދެލޯ ހުރީ ސީދާ އެލައިރާގެ ދެލޮލައް އަމާޒުވެފައެވެ.

“ނު..ނު..ނޫން.. ނުބަލަން..” ކައިލް އެހާ ކައިރިވުމުން އެލައިރާޔައް ބުނެވުނީ ވެސް ތުރުތުރު އަޅާ ހާލުގައެވެ. މަޑުމަޑުން ހިނިތުންވެލަމުން ކައިލް އެލައިރާގެ ކަންފަތް ދޮށައް ތިރިވެލިއެވެ.

“ގުޑް.. އެޓްލީސްޓް އެޑްމަޔާރ ޔުއާރ ހަސްބެންޑް ޕްރޮޕާރލީ..” ކައިލް އެހެން ބުނުމާއެކު އެލައިރާ އޭނާގެ ގަޔާއި ކައިލް ދުރުކޮއްލިއެވެ. އަދި ބުނެލިއެވެ. “ޔޫ އާރ ޓޫ ފުލް އޮފް ޔުއާރ ސެލްފެ.”

“ހެހެ. އެހެންތަ.. އެކަމް.. ރެޔަކު ކޮމްޕްލެއިންއެއް ނުކުރަމެއްނު..” އެލައިރާގެ އިސްތަށިގަޑުގައި ވަސްބަލާލަމުން ކައިލް ބުނެލިއެވެ.

“ދެންންންންން. ސްޓޮޕް.” ފޮތިގަނޑު މޫނުމަތީގައި އަޅާލަމުން އެލައިރާ ބުނެލިއެވެ. އޭރު އޭނަގެ ދެކޯ ވަނީ ރަތްވެފައެވެ.

“ރިލެކްސް.. އެއީ މަޖާ.” އަހަރެންގެ މޫނުމަތީން ފޮތިގަނޑު ތިރިކޮއްލަމުން ކައިލް ބުނެލިއެވެ.

“ވެލް.. ފެރްޝް އަޕް.. ކައިލް ވެސް މި އަންނަނީ ފެރްޝްވެގެން ތިރިޔައް ސައިބޯން ދާން.. މިހާރު ބައްޕަ އިންނާނެ އިންތިޒާރުގަ.” އެނދުމަތިން ތެދުވަމުން ކައިލް ބުނެލިއެވެ. އެލައިރާވެސް އަވަހައް ތެދުވެ ފާހަނަޔާއި ދިމާއައް ހިނގައިގަތެވެ.


“ބައްޕާ.. ގުޑް މޯނިންގް” ސިޑިން ތިރިޔައް ފައިބާލަމުން އަހަރެން ގޮވާލީމެވެ. އަހަރެން ފަހަތުން އެލައިރާވެސް މަޑުމަޑުން އައެވެ.

“ގުޑް މޯނިންގް ތި ދެކުދިންނައްވެސް..ބައްޕަ ބުނެލިއެވެ. “ކައިލް މިއަދު ހާދަ އުފާވެފަ.. އަނެއްކާ ރޭގަ މާ ބޮޑު ކަމެއް ހިނގީތަ” ގޮނޑީގައި އިށީންނަމުން ބައްޕަ ބުނެލީ ސަމާސާ ރާގަކަށެވެ.

“އަނެއްހެން ކަމެއް ނުވޭ.. ދޯ އެލައި..” އެލައިރާ ލަނދުން އެއްޗެކޭ ނުވެސް ބުނެއެވެ. އަހަރެމެން ދެމީހުންގެ ދެެމެދުގައި އެހާ ކުޑަކުޑަ ކަމެއް ވިޔަސް އެކުއްޖާ ހުންނަނީ ލަނދުގަހަކައް ވެފައެވެ. އަހަންނައް އެލައިގެ އެންމެ ކަމުދާ އެއްސިފަޔަކީ ވެސް މިއެވެ. ދެމީހުން ގޮނޑީގައި އިށީނުމުން ގޭގައި އުޅޭ މަސަތްކަތު ކުދިން ކާ އެއްޗިހި ހިފައިގެން އައިސް މޭޒުމަތީގައި އަތުރާލިއެވެ. މިއަދު ތައްޔާރުކޮއްފައި ހުރީ ބިސްގަނޑާއި ކްލަބް ސޭންޑްވިޗްއެވެ. އެއްޗިހިތައް އަތުރައި ނިމުނުތަނާހެން އެންމެން ވެސް ކާން ފެށިއެވެ. އަހަރެން ދިޔައީ އެލއަިރާއައް ވާވަރު ބަލަމުންނެވެ. ފުރަތަމަ ފަހަރު ވީމަ އޭނާ އިނީ ކާންވެސް ނުކެރިފައެވެ. އެލައިރާގެ ތައްޓައް ބިސްގަނޑަކާއި ކްލަބް ސޭންޑްވިޗް ލައިދެމުން އަހަރެން ކެއިމައް ބުނެލީމެވެ. އަހަރެން އެހެން ބުނުމުން މަޑުމަޑުން އިނދެ އެތިކޮޅު ކޮޅުން ކާންފެށިއެވެ.

“ސޯ” ސައި ޖޯޯޑުން ކޯވަރެއް ބޯލަމުން ބައްޕަ ވާހަކަ ދައްކަން ފެށިއެވެ. ​​“ކޮންއިރަކުން އަހަންނައް ކާފަޔަކައް ވެވޭނި.” ބައްޕަގެ ދުލުން ބޭރުވި ބަސްތަކާއެކު ފެންބޯން އިން އެލައިރާ ކުށިއަރައިގެން ދިޔައެވެ. އަހަންނައްވެސް އަނގަޔައްލާން ނެގި އެތިކޮޅު ނުކައި މަޑުޖައްސާލެވުނެވެ.

“ބައްޕާ..” ބޯ ކަހާލަމުން އަހަރެން ބުނެލީ ކުޑަކޮއް ލަނދުގަތީމައެވެ.

“ކިހިނެތްވީ ދަރިފުޅާ؟” މައުސޫމް ރާގަކައް ބައްޕަ ބުނެލިއެވެ. “މިހާރު ތިތިބީ ކައިވެނި ކުރެވިފައެއްނު.. ދެން އެހެންވީމަ މިވާހަކަ ދެއްކިޔަސް އަޯކޭ ވާނެތާ.. ބައްޕަވެސް ބޭނުންވާނެ ދޯ ކާފަ ދަރިއެއް…” ތައްޓަކައް ފެން އަޅަމުން ބައްޕަ ބުނެލިއެވެ.

“ޑޭޑް..” އަހަރެންގެ ގާތައް ކުޑަކޮއް ހިނިވެސް އައެވެ. އެވަގުތު އަހަންނައް ބަލާލެވުނީ އެލައިރާގެ މޫނަށެވެ. އެކުއްޖާ ފަކީރު އިނީ ރަތް ފިނިފެންމަލަކައް ވެފައެވެ. ލަނދުންގޮހެވެ. ބައްޕަޔަކީ ވަރަށް ސަމާސާކުރާ މީހެކެވެ. އަހަރެން އެއްޗެކޭ ނުބުންޏަސް އަހަރެންވެސް ބައްޕަޔަކައް ވާ ހިތްވިއެވެ. އެކަމް މި ކައިވެންޏަކީ އެރޭންގް މެރިއޭޖްއެއްކަމުން އަދި އެލައިރާޔައް އެވަރު ކަމެއް ކުރަން ވަގުތް ބޭނުންވާނެކަން އަހަންނައް އެނގެއެވެ.

“މި ދަތުރުގެ ބޭނުން ރަނގަޅުގޮތުގަ ހިފާތި ދެކުދިންވެސް.. ބައްޕަ މިދަނީ ދެން ދާން.. ހިޔެއްނުވޭ ފުރާތާކައް އާދެވޭނެހެނެއް. މިއަދު އެބޮތް ވަރަށް ބައިވަރު މަސަތްކައް. ހިތްހެޔުކުރާތި ދެކުދިންވެސް.. އެންޑް ކައިލް.. އެލައިރާޔައް ބަލާތި..” އަތްކުރި އޮޅާލަމުން ބައްޕަ ބުނެލިއެވެ. އަދި ދަބަސް ހިފައިގެން ގެއިން ނިކުމެގެން ހިނގައްޖެއެވެ. ބައްޕަ ދިޔުމުން އެލައިރާވެސް ފެންތަށި ބޯލައިގެން އެތަނުން ތެދުވެއްޖެއެވެ.


މެންދުރުގެ ވަގުތެކެވެ. މިއަދުގެ މޫސުން އެހާ ރަނގަޅެއް ނޫނެކެވެ. އުޑުމަތި އޮތީ ވަރަށް ބަނަކޮށެވެ. ކުޑަކޮއް ވާރޭ ކަނި ވެސް ޖަހައެވެ. އަހަރެމެން ތުލުސްދޫއައް ދާން ހަމަޖެހިފައި އިނީ މިއަދު ހަވީރު 4 ޖަހާއިރުގައެވެ. އަހަރެންގެ އިތުރުން ކައިލްވެސް މިވަގުތު އުޅުނީ ދަތުރައް ގެންދާނެ އެއްޗިހި ފޮއްޓައް އެޅުމަށެވެ. ކޮޓަރީގެ އެކި ދިމަދިމާއުގައި ހުޅުވާފައި ހުރި ފޮށިތަކާއި ހެނދުންތައް އެނބުރެމުންދިޔައެވެ.

“އަމް އެލައި..” އެއްޗިހި ފަތްޖަހަން ހުރެފައި އަހަރެން ފަސްއެނބުރި ބަލައިލީ ކައިލް ގޮވާލުމުންނެވެ.

“މި ހެނދުން ވެސް ގެންދޭތަ..؟ ކައިލް އަހާލިއެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ.

“ދިސް އިޒް ޓޫ ޝޯޓް.” ކައިލް ބުނެލިއެވެ.

“އިޓްސް ނޮޓް..” އަހަރެންގެ ބަހަށް ކައިލް ބުމަ އުފުލާލިއެވެ.

އަހަރެން ގޮސް ކައިލްގެ އަތުން ހެދުން ދަމައިގަތީމެވެ. “އަހަރެންގެ ހެދުންތަކަށް ފާޑުކިޔުން ހުއްޓާލާ.”

“އަހަރެން ފާޑެއް ނުކިޔަން” ކައިރިއަށް ފިޔަވަޅު އަޅަމުން ކައިލް ބުނެލިއެވެ. “ކައިލް މިހެން މިބުނީ.. ކައިލް އައް ދޯ ސަފާރ ކުރަން ޖެހޭނީ.”

އަހަރެން އޭނާއަށް ބަލަހައްޓައިގެން ހުރީމެވެ. “ތިބުނީ؟”

“އެލައި ތިކަހަލަ ހެނދުން ލަންޏާ ކައިލްއައް ހާރޓް އެޓޭކެއް ޖެހިދާނެ” އަހަރެންގެ އުނަގަނޑޫގައި ހިފައި ކައިރިކޮއްލަމުން ކައިލް ބުނެލިއެވެ. އެހެން ކުއްލިޔަކައް އަހަރެން ދަމައިގަތުމުން އަހަންނައް ހުރެވުނީ ކައިލްއާއި ވަރައް ކައިރީގައެވެ. ޔަގީނުންވެސް މިހާރު ކައިލްއައް މިހިތް ތެޅޭ އަޑު އިވޭނެއެވެ. ގަތް ލަނދުން އަހަރެން ކައިލް އާއި ދުރައް ޖެހިލީމެވެ. “ކައިލް އެހެން ހެދީމަ ކީއްވެ މިހިތް އެވަރައް އެތެޅެނީ.. އަހަރެން ކައިލް އާއި ގަޔާ ނުވާނަމަ ޔަގީން އެގޮތައް ކަންތައް ކުރާއިރު އަހަންނައް އުނދަގޫ ވާނެކަން.. އެކަމް.. ކީއްވެ އަހަންނައް އެއްގޮތަކައްވެސް އުނދަގޫ ނުވަނީ..؟ އަހަންނައް ކައިލްދެކެ ލޯބިވެވެނީތަ..؟ ހިތާއި ހިތުން އަހަންނައް ބުނެލެވުނެވެ. މާ ބޮޑައް އެކަމައް އަޅާ ނުލާ ހެނދުން ހިފައިގެން ގޮސް ފޮއްޓައް ލީމެވެ. އެވަގުތު އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ބަނޑުގައި ކައިލް އައިސް އަތް އޮޅާލުމުންނެވެ. އަދި މަޑުމަޑުން އަހަރެންގެ އިސްތަށިގަނޑުގައި އަތްކާތާލަމުން ބުނެލިއެވެ.

“ސޮރީ.. އަސްލު އެލައި ކޮންމެ އެއްޗެއް ލިޔަސް ވަރަށް ރީތި.. އެހެންވެ އެހެން ބުނީ..”

“އި..އި…އިޓްސް އޯކޭ….” ކައިލްގެ އަތް ނައްޓާލަމުން އަހަރެން އަވަހައް ދުރައް ޖެހިލީ ހިތުގެ ތެޅުން އަވަސްވާކަން އިހްސާސްވީމައެވެ.


ހަވީރުގެ ވަގުތެވެ. ދަބަސްތައް ހިފައިގެން ކައިލްއާއި އެލައިރާޔާއި ދެމީހުން މިހާރު ތިބީ ޖެޓީކައިރީ ލޯންޗްގެ އިންތިޒާރުގައެވެ. އޭރު ވާރޭ ވެސް ވެހެމުންދިޔައެވެ. އާދައިގެ ވަރަށް ވުރެއް ވައިވެސް ގަދައެވެ. އެލައިރާ ހުރި ގޮތުން އޭނާ ބިރުގަނެފައި ހުރިކަން ކައިލްއައް އިހްސާސްކުރެވުނެވެ. ގާތްގަޑަކައް 10 ވަރަކަށް މިނެޓް ފަހުން އެމީހުން ފުރާން ހަމަޖެހިފައި އިން ލޯންޗު އަތުވެއްޖެއެވެ. އެޔާއެކު ފުރާން އައިސް ތިބި މީހުންގެ ލަގޭޖްތައް އަރުވާން ފެށިއެވެ. އެޔައްފަހު ދެން އޮތީ ލޯންޗައް މީހުން އެރުވުމެވެ. އެންމެ ފުރަތަމަ ލޯންޗައް އެރީ ކައިލްއެވެ. އެޔައްފަހު ކައިލް އަތް ދިއްކޮއްލީ އެލައިރާ އެރުވުމަށެވެ. ނަމަވެސް އޭނާ ޖެހުނީ ފަހަތަށެވެ.

“ނު..ނު..ނުކެރޭނެ.. ވަރަށް ގަދައެއްނު.. ކައިލް.. އަހަންނަކައް ނުކެރޭނެ ދާކައް… ޕްލީސް.. ހިނގާ ގެޔައް ދާން..” ގައިން ތުރުތުރު އަޅަމުންދިޔަވަރުން އޭނާޔައް ބުނެވުނީ ވެސް ވަރަށް އުނދަގުލުންނެވެ.

“އެއްވެސް ކަމެއް ނުވާނެޔޭ އެލައި.. ކައިލް މިހިރީނު.. އަވަހައް އާދޭ.. މިހާރު އެތިބީ ލަސްވެފަ.. ޓްރަސްޓް މީ.. އިޓްސް ގޮނަ ބީ އޯކޭ..” ކައިލް އެހެން ބުނުމުން ބިރުގަތަސް އެލައިރާ ކައިލްގެ އަތުގައި ހިފައި ލޯންޗައް އެރިއެވެ. އެމީހުންނައް ސީޓު ލިބުނީ ނަސީބަކުން އެންމެ ފަހަތުންނެވެ. އެލައިރާ އިށީނީ ކުޑަދޮރާއި ވާ ފަޅީގައެވެ. އޭރު އޭނާ އިނީ ބިރުންގޮސް ދަބަހުގައި ވަރަށް ބާރައް ހިފަހައްޓައިގެންނެވެ. ގާތްގަނޑަކައް 5 މިނެޓް ފަހުން ލޯންޗް ފުރަން އިންޖީނު ޖައްސާލިއެވެ. ސިހިފައި ގޮސް އެލައިރާޔައް ކައިލްގެ އަތުގައި ވަރަށް ބާރައް ހިފާލެވުނެވެ. އެޔާއެކު ކައިލް އެލައިރާގެ ގައިގައި ބައްދާލިއެވެ. ލޯންޗް ދުއްވަން ފެށިހާއިރުން އޭގައި ތިބި މީހުންގެ އަޑު ވެސް ގަދަވިއެވެ. ރޯ މީހުން ރޮނީއެވެ. ހަޅޭލަވާ މީހުން ހަޅޭލަވަނީއެވެ. މިއަދު މޫސުން ދިމާކުރި ގޮތުން ވަރަށް ވެސް ގަދައެވެ. ކައިލް އިނީ އެއްއަތުން އެލައިރާގެ ގައިގައި އަދި އަނެއް އަތުން އެލައިރާގެ ލޮލުގައި އަތް އަޅައިގެންނެވެ. ދޭތެރެ ދޭތެރެޔަކުން އެލައިރާޔައްވެސް “މަންމާ” އޭ ކިޔާ ހަޅޭލެވެއެވެ. އެހުރިހާ ވަގުތެއްގައިވެސް ކައިލް ބެލީ އެލައިރާ ހިތްހަމަޖައްސުވައިދެވޭތޯއެވެ. އިރުއިރު ކޮޅާ “މިހާރު މި ލެފެނީ އިނގޭ.. ދެންނެތް އެހާ އިރެއް.. އިޓްސް އޯކޭ އައި އޭމް ހިއާރ.. ” މިހެން ބުނެލާނެއެވެ. އަދި އިރުއިރުކޮޅާ އެލައިރާގެ އިސްތަށިގަނޑުގައި ލޯބިން ފިރުމާވެސް ލައެވެ.

ގާތްގަނޑަކައް 1 ގަޑިއިރުގެ މި ދިގު ދަތުރައްފަހު ލޯންޗެ ލެފިއްޖެއެވެ. އޭރުވެސް ވާރޭވެހެމުންދިޔައެވެ. އެލައިރާޔައް ކުޑަ ފެންފޮދެއް ދިނުމައްފަހު ކައިލް އޭނާގެ އަތުގައި ހިފައިގެން ލޯންޗުން ފޭބިއެވެ. ފިނިވެފައި ހުރިވަރުން އެލައިރާގެ ގައިން ތުރުތުރު ލައެވެ. އަދި މިހާ ވައިގަދަވެފަ ވާރޭވެހެންޏާ އިތުރައްވެސް ފިނިވާނެތާއެވެ. ތުލުސްދޫއައް ލެފުނުތާ މާ ގިނަ އިރެއް ނުވެ މާހިރުބެ އަތުވެއްޖެއެވެ. މާހިރުބެޔަކީ ކައިލްގެ ބައްޕަގެ ވަރަށް ދުވަސްވީ ރައްޓެއްސެކެވެ. އެ ބޭބެގެ އަންހެނުން މަރުވި ފަހުން އެ ބޭބެ ދިރިއުޅެނީ އެ ބޭބެގެ މަންމަޔާ އެކުގައެވެ.  އަދި އެ ބޭބެގެ ގެ ހުންނަނީ ކުއްޔައް ދޫކޮއްލާފައެވެ. މިއަދު ކައިލްމެން އަންނަ ވާހަކަ ބައްޕަ އޮތީ ބުނެފައެވެ. އެގޭގައި ހިލޭ ހުރެވޭނެތީ އިތުރު ގެސްޓްހައުސްއެއް އެމީހުން ނުބަލައެވެ.

“ކައިލް..  ވަރަށް ދުވަސްކޮއްފަ ދޯ މި ދިމާވީ.. ރަނގަޅުތަ..؟ މީ ދޯ ވައިފް.. ބައްޕަ ބުނި މެރީ ކުރި ވާހަކަ” ކައިލްގެ އަތުގައި ހުރި ދަބަސްތައް ބަގީއައް އަރުވާލަމުން މާހިރުބެ ބުނެލިއެވެ.

“އާނ.. ރަނގަޅު.. މީ އެލައިރާ.. މައި ވައިފް..” އެލައިރާގެ އުނަގަނޑުގައި އަތް އަޅުވާލައި ކައިރިކޮއްލަމުން ކައިލް ބުނެލިއެވެ.

“ހެހެ. ކޮބާ އަވަހައް އަރާ.. މިހާރު އަނެއް ވިލާގަނޑު ބޯމަތިވަނީ ކަންނޭނގެ.. މިހާރުވެސް ތިތިބީ ފިނިވެފައެއްނު..” ބަގީއައް ތަޅުދަނޑި ޖަހާލަމުން މާހިރުބެ ބުނެލިއެވެ. އެޔާއެކު އެލައިރާގެ އިތުރުން ކައިލް ވެސް ބަގީއައް އަރާލިއެވެ. މާހިރުބޭގެ ހުންނަނީ ރަށުގެ ތަންކޮޅެއް ދުރުގައެވެ. ގާތްގަނޑަކައް 20 ވަރަކަށް މިނެޓުން އެގެޔައް ދެވުނެވެ. އެޔާއެކު ކައިލް ބަގީ އިން ފައިބައި ދެމީހުން ގެނައި ދަބަސްތައް ބޭލިއެވެ.

“މިއޮތީ މިގޭގެ ތަޅުދަނޑި.. ކައިލްގެ ބައްޕަ ބުނީ މަތީ ކޮޓަރި ރެޑި ކޮއްލާށޭ.. މިއޮތީ ކޮޓަރީގެ ތަޅުދަނޑިވެސް.. މި ތަޅުދަނޑިން ބެލްކަނީގެ ތަޅުވެސް ހުޅުވޭނެ.. މަތީގަ ވެސް ހުންނާނެ ބަދިގެ.. ކައްކައިގެން ކެވޭނެ.. އިތުރު އެއްޗެއް ބޭނުންވަންޏާ މާހިރުބެޔައް ގުޅާލާތި.. ދެން މިވަގުތައް ދަނީ.. އަދި ވާނެ ދިއުމުގެ ކުރިން ކޮފީއަކައް އަރާލަން..” މާހިރުބެ ބުނެލިއެވެ. އެޔާއެކު ބަގީގައި ލޯމައްޗައް ގެއްލިގެން ގޮއްސިއެވެ.

އެ ގޭގެ ދޮރު ހުޅުވާލުމާއެކު އެލައިރާ ކައިލްއައް ވުރެއް ކުރިޔައް ގެޔައް ވަނެވެ. އެ ކުއްޖަ އިނީ ފިނިވެގެން ގޮސް ހަލާކުވާ ވަރުވެފައެވެ. އަތް ވެސް ހީވަނީ މަޑު ގަނޑުފެންކޮޅެއް ހެންނެވެ. އެހާ ވެސް ފިންޏެވެ. ކައިލްވެސް އެލައިރާގެ ފަހަތުން ގޮސް މާހިރުބޭ ބުނި ކޮޓަރީގެ ތަޅު ހުޅުވާލިއެވެ. އެއީ ފުދޭ ވަރަކައް ބޮޑު ކޮޓަރިޔެކެވެ. ހީވަނީ ހަމަ ގެސްޓް ހައުސްއެއް ހެންނެވެެ. އެހާ ވެސް ރީއްޗެވެ. ދަބަސްތައް ތިރީގައި ބަހައްޓަލުމައްފަހު ކައިލް އެ ކޮޓަރީގެ ދޮރު ތަޅުލިއެވެ.

“ޔޫ އާ ޝޭކިންގް” އެލައިރާގެ ހާލުފެނި ކައިލް ބުނެލިއެވެ. “ދޭ ފެންވަރާލަން. އެލައި ނިމުނީމަ ކައިލް ވަންނާނަން” ދަބަހުން ހެދުމެއް ނެގުމައްފަހު އެލައިރާ އަވަހައް ފެންވަރާން ވަނެވެ. އެ ހޫނު ފެނުން އޭނާގެ ހުރިހާ ޚިޔާލުތައް ހަމައަކަށް އެޅުވުމަށް އެހީތެރިވެދިނެވެ. އެކަމުގެ ސަބަބުން އޭނާގެ ހަންގަނޑުގައި ތާށިވެފައި އޮތް ލޮނުގަނޑާއި ފިނިކަންވެސް ފިލައިގެން ދިޔައެވެ. ފެންވަރައި ނިމުމުން އޭނާ އަވަހައް އެއްޗިހި ލިއެވެ. އަދި މަޑުމަޑުން އިސްތަށިގަނޑު ހިއްކަމުން ފާހަނައިން ނިކުތެވެ. އެވަގުތު އެލައިރާގެ ލޮލުގައި އަޅައިގަތީ ގަޔައް އެއްޗެއް ނުލައި އެނދު ކައިރީގައި ހުއްޓިލައިގެން ހުރި ކައިލްއެވެ. އެ ގޮތައް ކައިލް ހުއްޓާ އެލައިރާޔައް ފެނުނު މިއީ އަދި ފުރަތަމަ ފަހަރެވެ. އޭރުވެސް ކައިލްގެ އިސްތަށިތަކުން ކުޑަކޮއް ފެން ތިކި ޖަހައެވެ.

” ވައި އާ ޔޫ ބްލަޝިންގް.” އެލައިރާޔާއި ކައިރިޔައް ހިނގަމުން ކައިލް ބުނެލިއެވެ.

” އަ..އަ…އައި އޭމް ނޮ..ނޮ..ނޮޓް..” ތުވާލިން މޫނު ފޮރުވަމުން އެލައިރާ ޖަވާބުދިނީ ފަހަތައް ފިޔަވަޅު އަޅަމުންނެވެ. އޭރު ކައިލް އެލައިރާޔާއި ކައިރިޔައް އަންނަނީއެވެ. އެލައިރާޔައް ހުއްޓުން އެރުނީ ފާރުގައި ބުރަކަށި ޖެހުމުންނެވެ.

” ތިހާ ލަނދުނުގަތަކަސް އޯކޭ ވާނެޔޭ..” އެލައިރާގެ ކަންފަތް ދޮށުގައި މަޑުމަޑުން ކައިލް ބުނެލިއެވެ. އެޔާއެކު އެލައިރާގެ މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ. ނަސީބަކުން އެވަގުތު ކައިލް ފަހަތައް ޖެހިލިއެވެ. އަދި ތުވާލި ހިފައިގެން ގޮސް ފާހަނާއައް ވަނެވެ. ނޭވާ ހިފަހައްޓައިގެން ހުރި އެލައިރާ ފުން ނޭވާއެއް ދޫކޮއްލިއެވެ. ތެދެއްމެ އޭނާގެ ދެކޯ ވެސް ވަނީ ރަތްވެފައެވެ. ގަތް ލަނދުން އެލައިރާ އެނދައް ވެޓިގަތެވެ. އޭގެ އިރުކޮޅެއް ފަހުން ކައިލް ފާހަނައިން ނިކުތެވެ.

“އައި އެޭމް ހަންގްރީ..” ކައިލްއާއި ކައިރީގައި ހުއްޓިލަމުން އެލައިރާ ބުނެލިއެވެ.

“އޯކޭ.. ހިނގާ ކަން ދަމާ ދޯ” ކައިލްގެ ބަހައް އެލައިރާ ބޯ ޖަހާލިއެވެ.

Share Article

Follow Me Written By

Twinklebean

Level 110 Stories

Other Articles

Previous

ގަތުލް – 02

Next

ހިތް އެދޭހާ ކަމެއް.. (34 ވަނަބައި)

Next
February 18, 2026

ހިތް އެދޭހާ ކަމެއް.. (34 ވަނަބައި)

Previews
February 18, 2026

ގަތުލް – 02

One Comment

  1. 🌺 says:
    February 28, 2026 at 5:37 pm

    When next part

Comments are closed.



All Right Reserved!