މުޅި ހިތް ބޭޤަރާރު ވެއްޖޭ-14
“އެކަމު ދެން ޒާޔާ ތިގޮތަށް އެއްޗެހި ކީމަ މަންމަ ކިހާ ދެ-” ޖައިލަމް އަށް ޖުމްލަ ފުރިހަމަ ނޮކޮށް މަޑުކޮށްލަން މަޖުބޫރުވީ ކުއްލިއަކަށް ޒާޔާ އޭނާގެ ތުންފަތަށް ބޮސްދިނުމުންނެވެ. ޖައިލަމް އިނީ ގަބޫލު ނުކުރެވިފައެވެ. މިއީ ހަމަ ޒާޔާ އޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް ދެނެއް އޭނާ އަކަށް ކެތެއް ނުކުރެވޭނެއެެވެ. ކެއްކުރަން ވެގެން ހިފާއްޓާލާގެން ހުއްޓާވެސް ޒާޔާ އެކަންވެސް ފުޑުފުޑު ކޮށްލީއެވެ. ވަގުތުން ޖައިލަމް ދެމީހުންގެ ތުން ގުޅުވާލިއެވެ. ޒާޔާ ވެސްދިޔައީ އެއަށް ރައްދު ދެމުންނެވެ. ޒާޔާގެ ރުހުމާއި އެކީ މިފަހަރު ޖައިލަމް އަށް ކަންތަށް ކުރެވެމުންދާތީވެ އޭނާ އިނީ އުފަލުންނެވެ. އެހެން ނޫނީ އޭނާ ކަންތަށް ކުރަނީ ޒާޔާ ދެކޮޅު ހަދައި ގަދަދައްކަނި ކޮށެވެ. ޖައިލަމް ޒާޔާގެ އުނަގަނޑުގައި ހިފައި އޭނާއާއި ގާތަށް ލަފާލިއެވެ.
*ޕާރޓް-14*
ގާތް ގަނޑަކަށް އެރޭ 8 ޖަހާލީރު ސެހްރިޝްމެން ގެޔަށް އައެވެ. ދެމީހުން ވެސް އޮލަ ވާހަކަތަކުގައި ތިބެގެން ގޭތެރެއަށް ވަދެގެން އައިރު ލޯތަކެއް އެދެމީހުންނަށް ހުއްޓިފައިވާތަނެއް ނުފެނެއެވެ. ގޭތެރެއަށް ރަގަނޅަށް ބަލާލުމުން ސެހްރިޝްގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އާކިފްއެެވެ. އާކިފް އެވަގުތު އިނީ ސެހްރިޝް އަށް ބަލަން ކަމުން ދެމީހުންގެ ވެސް ހަތަރު ކަޅި ހަމަވިއެވެ. ސެހްރިޝް ވަގުތުން އިސްޖަހާލިއެވެ. އޭނާ ލަދުގަތެވެ. އޭރު ހަމްދާން އާއި އަހްމަދް ވެސް ތިއްބެވެ. ވަދީފާ އާއި ރަޝްފާ ވެސް ތިއްބެވެ. އާކިފް ކާރީގައި ކައިސާން ވެސް އިނެވެ. ކައިސާން އިނީ ފޯން ހިފައިގެން ކަމުން އޭނާ އަކަށް ސެހްރިޝް މެންނެއް ނުފެނެއެވެ.
“އަހަ ދަރިފުޅުމުން އައީ ދޯ..” ވަދީފާ ހިނިތުން ވެލާފައި ބުނެލިއެވެ.
ސެހްރިޝް އާއި ތާރާ ވެސް އަހްމަދް އާއި ރަޝްފާ އަށް ހިނިތުންވުމެއް ރައްދު ކޮށްލިއެވެ.
“މަންމަމެން މިވާހަކަދައްކާލަނީ ކައިވެންޔާ މެދު.. ދަރިފުޅުމުން މައްސަލަމެއް ނެތް ހުރިހާ ކުދިން އެކީ ބޭރަށް ގޮސްލ ވާހަކަ ދައްކާލިއަސް.. ދެން ކުރިއަށް އޮތް ދުވަސް ތަކަކީ ތި ހަތަރު ކުދިން ވެސް އެކުވެރިންގެ ގޮތުގައި އުޅޭނެ ދުވަހެއްނު..” އަހްދަމް އެހެން ބުނެލުމުން ސެހްރިޝް ބޯޖަހާލިއެެވެ. އާކިފް ވެސް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލާފައި ސޯފާ އިން ތެދުވިއެވެ. އަދި ކައިސާން އަށް ގޮވާލިއެވެ.
ކައިސާން ފޯން އިން ނަޒަރު ވަކި ކޮށްލި ތަނާހެން ލޮލުގައި އަޅައިގަތީ ތާރާ އެވެ. އޭނާ އިނީ ހިނިއައިސްފައެވެ. އެރީތި ހިނިތުންވުމުން ފޮރުވާލަންވެގެން އޭނާ އިނީ އަނގަމަތީ ކުޑަކޮށް އަތް އަޅާގެންނެވެ. ކައިސާންގެ މޫނުމަތި އަލިވެލިއެވެ.
ހަތަރު މީހުން ވެސް ނުކުމެގެން އައިރު އެއްމެންގެ މެދުގައި ވެސް ވަނީ ހަމަހިމޭން ކަމެެވެ. ފުރަތަމަ ވާހަކަ ދައްކަންވީ ކާކުކަން ނޭނގިފައި އެއްމެން އެއްމެންގެ މޫނަށް ބަލަން ތިބީއެެވެ.
“ހިގާދޯ ކޮފީއަކަށް..؟” އެއްމެ ފަހުން ސެހްރިޝް ބުނެލިއެވެ. އެއްމެން ވެސް އެއްބަސް އެރީ ސެހްރިޝްގެ ކާރަށެވެ. ކައިސާން އާއި އާކިފް ތިބީ ފަހަތު ސީޓްގައެވެ. ދަތުރު ހޭދަވެގެން ދިޔައީ ހަމަހިމޭން ކަންމަތީގައެވެ. ނަމަވެސް ތާރާ ވާހަކަދައްކަން ފެށުމުން އެހެން މީހުން ވެސް ވާހަކަ ދައްކަން ފެށިއެެވެ.
“މަންމަމެން ދެއްކީ ކޮންވާހަކަތަކެއްތަ..؟” ސެހްރިޝްގެ ސުވާލު އަމާޒުވީ އާކިފް އާއިއެވެ. އާކިފް އިރުކޮޅަކު ހުރެލާފައި ފެށިއެވެ.
“އަންނަ ހަފްތާ ބުދަ ދުވަހު އަހަރެމެންގެ ކައިވެނި ކުރާނެ ވާހަކަ އެންޑް ކުލަ.. ދެން ދެއްކި ސެހްރިޝް ގޮވާގެން ޝޮޕިން އަށް ދާވާހަކަވެސް..” އާކިފް ކިޔައިދިނެވެ. ސެހްރިޝް ހުރީ އަޑުއަހާށެވެ.
“ކޮންކުލައެއްތަ..؟” ތާރާ ވެސް ޝައުގު ވެރިކަމާއި އެކީ އަހާލިއެވެ.
“ބްލެކް.. ސަޅި އެއް ނޫންތަ..؟” އާކިފް ޖަވާބުދިނެވެ.
“ވަރަށް ސަޅި ވާނެ.. ހުރޭ މަވެސް ޕާޓީ އަށް ވާރަށް ރީތި ހެނދުމެއް ހޯދާނަން..” އަތް ޖަހާލާފައި ތާރާ އެހެން ބުނެ ހައިފައިވް އަކަށް އަތް ދިއްކޮށް ލެވުނީ ކައިސާން އަށެވެ. ކައިސާން އިރުކޮޅަކު ބަލަން ހުރެފައި އަތާ އަތް ޖަހާލިއެވެ. ތާރާ އިނީ އުފަލުންކަމުން އޭނާ އެމާބޮޑު ކަމަކަށް ނަހަދައެވެ.
ކާރު މަޑުކޮށްލީ ކެފޭ އެއް ކުރިމައްޗަށެވެ. ބޭރުން ފެންނަން ހުރީރު ބޭރުގައި ވެސް ހިޔާކޮށްފައި ދެމޭޒު ބަހައްޓާފައި ވެއެވެ. ޕްޓެއްގައި ހުރި ގަސްތައްވެސް ވަަރަށް ރީއްޗެެވެ. ބިއްލޫރި ދޮރު ތެރެއިން އެތެރެ ފެންނަން އޮތެވެ. މީހުން މަދެވެ. މިއީ އާމުކޮށް މީހުން އަންނަ ތަނެއް ނޫނެެވެ. ނަމަވެސް މިތަނީ ވަރަށް ހަމަހިމޭން ވަރަށް ރީތި ތަނެކެވެ.
ސެހްރިޝް އާއި އާކިފް އިށީނުމުން ތާރާ ކައިސާންގެ އަތުގައި ހިފޭއްޓިއެވެ. ކައިސާން ހައިރާންވެ ހުރެ ބަލާލިއެވެ. ސެހްރިޝް އާއި އާކިފް ވެސް ބަަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“ތިދެމީހުން ތިއުޅެނީ މެރީކުރާކައްނު ދޯ.. އެހެންމަ ޕްރައިވެޓް ވާހަކަވެސް ހުންނާނެތާ ދައްކާނެ.. ސޯ އަހަރެމެން ދާނަން އެހެން މޭޒަކަށް.. އެންޖޮއި..” ހިގައިގަންނަމުން ތާރާ ބުނެލިއެެވެ.
ކައިސާންގެ އަތުން ދޫނޮކޮށްލަ ތާރާ ގޮސް ވަނީ އެތާ އިން ދޮރަކުންނެވެ. އެތާ އެތެރޭގައި ބައިވަރު މީހުން ތިއްބެވެ. ގިނައިން ތިބީ ގްރޫޕް ހަދައިފައި ތިބި ފިރިހެނުންނެވެ. ތާރާ އާއި ކައިސާން ވަދެެގެން އައި ތަން ފެނިފައި އެމީހުން ތާރާ އަށް ބަލަން ފެށިއެވެ. ތާރާ ގޮސް ހުސް މޭޒެއްގައި އިށީންދެލިއެވެ. ކައިސާން ތާރާ އާއި ކުރިމަތިވާ ގޮތަށް އިށީނެވެ. އިށީންދެފައި ތާރާ ހިނިތުންވެލިއެވެ. ކާމިޔާބީގެ ހިނިތުންވުމެކެވެ.
“ކީއްވެ މިތަނަށް އައީ..؟” ވަށައިގެން ހޯދާލަމުން ކައިސާން އަހާލިއެވެ.
“ދޭ ނީޑްޓު ޓޯކް.. އެހެންމަ އެމީހުންނަށް އުނދަގޫނުވެދާނެތީވެ.. އަނެއްކާ އަހަރެންނާ އެކީ އިންނަވީމަ މައްސަލަކަށް ވީތަ..؟” ތާރާ ނުރުހުމުގެ ނަޒަރަކުން ބަލާލަމުން އަހާލިއެވެ.
“ނޫނޭ.. އަހަރެންނަކަށް ނެތް މައްސަލައެއް..” ކައިސާން މޭމަތީ އަތް ހުރަސްކޮށްލަމުން ގޮޑީގައި ލެނގިލިއެވެ. އޭނާ ފެންނަލެއް ވަރަށް ފިރިހެންވަންތައެވެ. ނިތް މައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅާ އެކީގައި އެތޫނު ދެލޯ ސީދާ ވެފައިވަނީ ތާރާގެ ދެލޮލާއެެވެ. ތާރާ ނަޒަރު ވަކިކޮށްލިއެވެ.
އޯރޑާރ ދީފައި ސެހްރިޝް ގޮޑީގައި ހަމަޖެހިލިއެވެ. އާކިފް ސިއްރު ސިއްރުން ސެހްރިޝް އަށް ބަލާލިއެވެ. ކައިވެނީގެ ވާހަކަ ބައްޕަ ބުނި ހިސާބުން އާކިފްގެ ހިތުގައި ސެހްރިޝް އަށް ދެވިފައިވަނީ އެހެން މަގާމް އެކެވެ. އެއީ ކީއްވެކަމެއް ވެސް އާކިފް އަކަށް ނޭނގެއެވެ. އޭނާ ހީއްކުރަނީ އޭނާ ސެހްރިޝް އަބަދުވެސް ދެކެމުން އަންނަނީ އެކުވެރިއެއް ކަމުގައެވެ. ނަމަވެސް އެއީ ހަޤީޤަތް ހެއްޔެވެ؟ އޭނާގެ ހިތް އޭނާ އަށް ދޯކާދެނީއެވެ.
“އެހެންމާ.. ދެން އަހަރެން ދާންޖެހޭނީ އާކިފް މެން ގެޔަށް ދޯ..؟” ސެހްރިޝްގެ ސުވާލުން އާކިފް އަށް ހިޔާލުތަކުން ބޭރުވިއެވެ.
“އެހެންކަމަށް..” އާކިފް ހަމައެކަނި ބުނެލީ އެހެންނެވެ.
“އާކިފް އެއްބަސްތަ ކައިވެންޔަށް..؟” ސެހްރިޝް އަހާލިއެެވެ. އާކިފް އިރުކޮޅަކު ބަލަން ހުރީއެވެ.
“ނޫނެކޭ ބުންޔަށް އަހަރެންނަށް އެނގޭ ބައްޕަ އަހަރެން ލައްވަ މިކައިވެނި ކުރުވާނެކަން..” އާކިފް އެހެން ބުނެލުމުން ސެހްރިޝް ބޯޖަހާލީއެެވެ.
“ދެން އަހަރެމެން ޖެހޭނީ ނޯމަލް ލައިފް އެއް އުޅެވޭތޯ ބަލަން..” ސެހްރިޝް ދުރުބަލަން ހުރެފައި ބުނެލިއެވެ.
“އާން.. ސެހްރިޝް ވާނެ އަހަރެން ކައިރީގަ ކަމެއް ވެއްޖެއްޔާ ވެސް ބުނަން.. އެނގޭ.. އަހަރެން ބޭނުމެއް ނޫން ސެހްރިޝް އެކަނި އެއް ވެސް ކަމެއް ކުރާކަށް..” އާކިފްގެ މިޖުމްލަ އާއި އެކީ ސެހްރިޝް ބަލާލީ ގަބޫލު ކުރަން ދަތިވެފައިވާ ހާލުއެވެ. އާކިފް ވެސް ހައިރާނެވެފައެވެ. ބޭއިޙްތިޔާރުގައި އޭނާގެ އަނގައިން ބޭރުވި ބަސްތަކުން އޭނާ ހުރީ ހަމަ ރަގަނޅަށް ވެސް ހައިރާންވެފައެވެ.
“އޯކޭ.. ބުނާނަން..” ސެހްރިޝް އަދިވެސް ހުރީ ހައިރާންވެފައެވެ.
“އާކިފްގެ އެއްވެސް ގާރލް ފްރެންޑް އެއް ހުރޭތަ..؟” އޯރޑާރ ކުރި ކޮފީތަށް އައުމުން އެތިކޮޅެއް ބޯލާފައި ސެހްރިޝް އަހާލިއެވެ.
“ހުރި.. އެކަމު ކުރިން ދުވަހަކު އެނގުނީ އެއީ މީހެއްގެ އަތްބެއްކަން..” އާކިފް އެހެން ބުނެލީރު އެއަޑުގައިވީ ހިތާމަ ސެހްރިޝް އަށް އިހްސާސް ކުރެވުނެވެ.
“އޮހް.. އައިމް ސޮރީ..” ސެހްރިޝް ހަމްދަރުދީ ފާޅުކުރިއެވެ.
“ހެހެ ނޯނީޑް ޓުބީ.. އެހެން ނޫނަސް އަހަރެން އެދެނީ ޒާޔާ އަށް އެއްމެ ރަގަނޅަށް.. ހޯޕް ޝީ އެންޑް ހާރ ހަޒްބެނޑް ވޯކް އައުޓް..” އާކިފް އެހެން ބުނެ ހީލިއެވެ. ސެހްރިޝް ވެސް ރައްދުގައި ހިނިތުން ވެލިއެވެ.
ދެން ދެމީހުން ވެސް ދެއްކީ ކައިވެންޔަށް ފަހު ދިރިއުޅުން ބައްޓަން ކުރާނެ ގޮތުގެ ވާހަކައެވެ. ދެމީހުންގެ ހިޔާލު އަހައި އެއްމެ ރަގަނޅު ގޮތް އިޙްތިޔާރު ކުރަމުން ދިޔައީ ދެން މިނޫން ގޮތެއް ނެތީމައެވެ. ދެމީހުން ވެސް ކައިވެނި ކޮށްގެން އުޅެން ޖެހޭނީ އެއްކޮށެވެ.
އޯރޑާރ ކުރި ފްރެންޗް ފަރައިސް އިން އެތި ކޮޅެއް ނަގާފައި ތާރާ އަނގައަށް ލިއެވެ. އޭރު ކައިސާން އިނީ އަނގަ ހުޅުވިފައެވެ. އޭނާ އިނީ ކޮންމެވެސް ކަމެއް ގަބޫލު ނުކުރެވިފައެވެ. ތާރާ އާއި ދިމާއަށް ބަލަހައްޓައިގެން ހުރީރު އޭނާ އިނީ ހައިރާންވެ އަންތަރީސް ވެފައެެވެ. އިރުކޮޅަކު އެހެން ހުރެފައި ކައިސާން ފެށީ ހޭށެވެ. ތާރާ ހަމަ އިނީ ބަލާށެވެ.
“ހަމަ އަސްލު ވެސް ތާރާ އެހެން ބުނީތަ..؟ ހަހަހަ.. ދެން ކޮބާ މިހާރު އެމީހުން..؟” ކައިސާން ހުނުން ކޮންޓްރޯލް ކުރަން މަސަށްކަތް ކުރަމުން އަހާލިއެވެ.
“އެއްމެ ފަހަށް ފެނުނީ މީގެ މަހެއްހާ ދުވަސް ކުރިން.. އެދެމީހުން މިހާރު އުޅެނީ ރިލޭޝަން ޝިޕް އެއްގަ.. އެކަށްވެސް ނޭނގޭނެ އެއީ މަ ކުރިމަމެއްކަން..” ތާރާ އަމިއްލަ މީހާ އާއި މެދު ތަޢޫރީފް ކުރަމުން އެހެން ބުނެލީރު އިނީ ހީލާގެންނެވެ.
“ނޮއިސް ރިވެންޖް.. އެކަމު އެހެން ހެދީމަ އެގޮލަށް އެލިބުނީ ހެޕީ ރިލޭޝަން ޝިޕް އެއްނު..؟” ކައިސާން ވެސް ފްރެނޗް ފްރައިސް ކޮޅެއް އަނގަޔަށް ލަމުން އަހާލިއެވެ.
“މީހުން ކިޔާނީ ކީކޭ..؟” ތާރާ އެހެން ބުނުމުން ކައިސާން އަަނެއްކާ ވެސް ހޭން ފެށިއެވެ.
“ބޯ ބޮޑުވެސް މީހެކޭ ދޯ..” ކައިސާން ތާރާ އަށް ބުންޔެވެ.
ރޭގަނޑު ކައިހަދައިގެން ޖައިލަމް އާއި ޒާޔާ ނުކުމެލީ ގޯތި ތެރެއަށެވެ. ފިނިވައިރޯޅި ޖެހެމުން ދިޔައިރު ގަސްތަކުގެ ފަތްތަށް އެކެތި އަނެކެއްޗާ ޖެހެމުންދާ އަޑުވަނީ މާހައުލުގައި ހިފާލެވިފައެވެ. ގަސްތަށް ތެރެއިން ފޭދިގެން އަންނަ މަޑު އޮރެންޖް އަލިން ބިންމަތިވަނީ އަލި ކޮށްލާފައެެވެ. ޖައިލަމްގެ އަތުގައި ހިފާއްޓާލާގެން ޒާޔާ އައިރު އޭނާގެ މޫނުމަތީ ވަނީ ހިނިތުން ވުމެކެވެ. ޖައިލަމް އަށް ހަމަ ޒާޔާ އަށް ބެލެނީއެެވެ. ޒާޔާ ކުއްލިއަކަށް މިހާ ބަދަލުވީ ކިހިނެއް ހެއްޔެވެ؟ އަދި ނުފެނި މިދިޔައީ އެއްމެ ދެތިން ދުވަހެވެ. ދެން ބައްދަލު ކޮށްލީރު ޒާޔާގެ މުޅި މިޒާޖު ވަނީ ބަދަލު ވެފައެވެ.
“ޒާޔާ ވަދޭ ގެޔަށް ދެން.. އަހަރެން ގެޔަށް ދާންވެއްޖެ..” ޖައިލަމް އެހެން ބުނެލުމާއި އެކީ ޒާޔާ ބާލާލިއެވެ.
“ކީއްވެ ގެޔަށް ދަނީ.. ޖައިލަމް މިރޭ އަހަރެން ކައިރީ ނިދަންވީނު.. އެއީ މައްސަލައެއް ނޫނެއްނު.. މަންމަމެން ވެސް ވަރަށް ގިނައިން ކިޔާ އަޑުއަހަން އަަހަރެންނެއް ޖައިލަމް އެއް ކޮޓަރިއަކަށް ނުވައްދައޭ..” ޒާޔާ ކުޑަކުއްޖެއް ހެން ތުން ކޮޅު އޫކޮށްލިއެވެ.
“މިއަދު މެންދުރުން ފެށިގެން މިއުޅެނީ މިގޭގަ.. އަހަރެން ޖެހެއޭ ގެޔަށްދާން..” ޖައިލަން ޒާޔާގެ މޫނުމަތިން އިސްތަށީ ކޮޅު ދުރުކޮށްލަމުން ބުނެލީ އޯގާތެރި ރާގަކަށެވެ.
“ދެން ޕްލީސް..” ޒާޔާ އާދޭސް ކުރަން ފެށުމުން ޖައިލަމް އަކަށް އިންކާރު ކުރާކަށް ނުކެރުނެވެ. އޭނާ ބޯޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.







Me first to be,🖤🥀
Maasha Allah 💜💜 story Gud 👍✨
How U re making the profile of the story characters???🌸🌸🌸
✨🖤when ‘s next?Gurlllyyy
Tell the app plxx
Yes you first!! 🥰
Thank you!! Glad you like the story!! 😭
Hehe meege cover mee hama gallary in hadhaafa! Photo negee pintrest in! 💙
Next part ves lets say v vahah dhw!
Muxo mi ulhenee hama v busy koh!! 😭😭
Oh yes and some pictures muxo hadhanee ehen app akun! The app name is photo collage maker! 🥰💙
Mi part vx vrh reethi MA!! 😍
Aakif ah sehrish dheke lwbi vevuny kanne! 😅
Sehrish ah vure bodah Tara happy vehje dhw.. 😀
Tara ves Aakif dheke lwbi vaahen eba heevey… 🙈
Xaya Mihaaru vrh Lwbivey dhw jailam dheke….. 🖤
jailam and Xaya such a cute Couple wauu.. 💗
Curiously waiting for the next part when’s next??
Lyyy and Tc gurll 🤞🖤
Thank you Shaba_73!! 🥰 I really appriciate your support lovely! 😭
Yeah heevanee Akif sehrish dheke loabi vaahen dhw! 😄
Yeah tara is waiting for the wedding!! 😂
Tara loves kaisan!! 👀 Not akif!! 😭
Yes zaaya loves jailam mihaaru dhw!!
Next part vaki ehen bunaakah neinge dhw!!
V vahah kamah balamaa Inshaallah!! 💙😄
Oh yhh Adhi kiriya mi balaaly Yhh she loves kaisaan olhigen liyevunye Aakif 😭😭
Hehe!! It’s okay darls!! 🥰
Sorry baby girl muxo ah dhemme indhevunee log in nuve! 😭
It’s ok 🤗
Muxo do u use Pinterest
yes!!
Beynun kuranya I’d dhevidhaane tha
Muxo beynun kuranee mom ge id!!
Jahaafa innanee raziyaa kanne!!
Msg kohlaanan ingey ☺️
Baivaru meehunge ehen liyefa ebay huri
Who u
No need to tell you bruh 😒
MuXo,Are you using Ur own id here?or
Ur parent id plx tell me!!😭😭😭
Bad Caution:Telling Ur personalities to others in internet is riskyy…
It will have so so many disadvantages
You know, When we tell our personalities to others sometimes Robbers also may ask with some names…So Be Careful !!😁😁
Well I use my own id!!
Like science, Social & Business studies subjects ah kihineih exams thakah ready vaanee?? Mi bunee easy method for toppers???🌸🌸🌸
Science ah muxo dhas kuree hama dheefa hunna notes thah kiyaa text book ves kiyaagen!!
Social dhw!! Muxo men grade 7 ga in scocial teacher v galhi kameh kuree!! like test ga anna hurihaa suvaaleh dheynee, dhen muxo men euthi hithudas kuranee!! dhen eyru abadu libeynee social in full marks!! Dhen muxo fahun grade 8 ga social dhas kuree ngaadhin filaavalhun chat gpt lahvaa kuru bullet points hedhee!! Dhen aslu emme muhinmu kamakee understand vun!!
Bussiness ah ragalhee hama kiyun!! prectice kurun!! Try using Feynman technique for those subjects!! I think it will help you!!
Thank you…🖤🖤🖤
Then,How h.p.e???🌸🌸
H.p.e in test eh nunagaaneh nnu..?
Hehe…Muxo men nunagaa dhw But Mi school nagaa H.p.e Teacher told I thought Muxo men ves nagaa kameh H.p.e in sorry 😔
MUXO kn rasheh and kn grade eh
She’s from Meemu Atoll rasheh…
She’s grade 9 now…
When’s next?