ފުރަތަމަ ފެނިލުމުން 3
އިވްރިއާ އާއި އަދީވާ އާއި އެކު ކައި ނިމިގެން އޮފީހަށް ދިޔަ ލުއައްޔުއަށް ފެނުނީ އޭނާއަށް ޚާއްސަ ކުރެވިފައިވާ ކޮޓަރީގެ ސޯފާގައި އޮތް ލާވީ އެވެ. ޚިޔާލަކަށް ގެއްލިފައި އޮތް އިރު މީހަކު އެތާ ހުރިކަމުގެ ހިލަމެއްވެސް ލާވީ އަކަށް ނުވެއެވެ. އޭތް މޭން. އޯކޭތަ ކައެ. ހޭލާ ހުރެގެން ހުވަފެން ބަލަނީތަ؟ ކޮނޑުގައި ކޮއްޓާލަމުން އަހާލުމާއެކު ކިހިނެއް ރަނގަޅުވާނީ ހުވަފެނީ ގޮތަކަށް ބުނެލައިފިއެވެ. ހާދަ ރީއްޗޭ. އަދިވެސް އެއްކޮށް ބަލަން އިން ހުވަފެނުން ނުހޭލެވޭ ކަހަލަ އެވެ. އާދަޔާ ޚިލާފު އެއްޗެއް ކެވުނީތަ މިއަދު؟ ލުއައްޔު އަހައިއެވެ. ނޫނެކޭ. ޖަވާހިރެއް ފެނުނީ. ހީވީ ހަމަ ޖައްވުން ބިމަށް ތިރިކޮށްފަ އިން ހޫރު ޕަރީ އެއްހެން. އެހެރަ ހިތިފަތު ބުމައެއް. ފަން އިސްތަށިގަނޑެއް. އެހެރަ ދެލޮލެއް. ހުރީ ވެސް ވަޅު ފެހި ކުލައިގަ. ހީވީ ހަމަ ވޯގް މަޖައްލާގެ ބޭރުގަނޑުން ފުންމާލި ކުއްޖެއްހެން. ސާބަހޭ. މަށަށް ހީވަނީ 28 އަހަރު ވީއިރުވެސް އަންހެން ކުއްޖަކަށް ކަޅި އަޅާލަންވެސް ބޭނުން ނުވި މީހާއަށް ކުއްޖަކު ދެކެ ލޯބި ވެވިއްޖެހެން. ލުއައްޔު އެހެން ބުނުމާއެކު ލާވީ ހިނިގަނޑެއް ޖަހާލައިފިއެވެ. މިއަދު މަސައްކަތެއްވެސް ނެތީތަ ހުވަފެން ބަލަން މިތާ ސޯފާއަށް ވެއްޓިފަ ތި އޮތީ؟ އާން. މިއަދަށް ވާވަރަށް މަސައްކަތް ކުރެވިއްޖެ. އާން މަވެސް ދާން އެބަ ޖެހޭ މިއަދު އަވަހަށް. އިވީ އައިސްގެން އެބަ އުޅޭ. މަގޭ ސަލާން އިވީ އަށް. ލުއައްޔު އެހެން ބުނެލުމާއެކު ލާވީ ބުނެލިއެވެ. އެއުޅޭ ޔުސް ވެސް މިއަދު އިވީ އާއި ދެމީހުން ހަނގުރާމަ ހިންގާލައިފި. ދޮގު ނުހަދާ. ކޮންތާކުން ޔުސް އާއި އިވީ ދިމާވީ. ލާވީ އަހައިލިއެވެ. އިވީ އައި މަ ހޯދަން އެއްކަލަ މީޓިންގަ އިންދާ. ދެ ޔަލްވީ ބުނެފި މީޓިންގ އެއްގަ އޭ. ދެން އިވީ މިބުނީ ރޫމް ދައްކާލާށޯ މަޑުކޮށްލަން. އެވަގުތު ވީ ޔުސް އައިސް އަރާ ހަމަވި ގަޑިއަށް. ވަގުތުން އިވީ ކަންފަތްމައްޗަށް ހަމަލާއެއް އައީ. އަދި ޔުސް މިބުނަނީ އައްޔު އަަކާ ދިމައެއް ނުކުރެވޭނެ އޯ ތިމަންނަ ބޭނުން މީހަކަށް ނޫނިއްޔާ. ބުނާއިރަށް މި އިވީ ބުނެފި އޭނަ އާއި ދިމާލަށް ތިމަންނަ ފެންނަ އިރަށް ތި މީހާ ނުވާނެ އޯ ތިކިޔާ އައްޔުއަކަށް އެކައްޗަކަށްވެސް. އަނެއްކާ ޔުސް އަތް މަޅާލީ ޖަހަން. އެޔަށްވުރެ ކުރިން އިވީ އޭނަގެ ކަންފަތް މަތީގަ ޖަހާލައިފި. އެއްވަރެއްގެ ދެމީހުން. މީޓިންގ އިން ނިކުއިތް އިރު ހުރިހާ އެންމެން ރިސެޕްޝަން އޭރިއާގަ ކުޅި ބަލަން. މަ ފެންނަ އިރަށް ބުޅާ ނަގުލުގަ އުނބަކުން ޖެހީމަ ދާހެން ހުރިހާ އެންމެން ހިނގައްޖެ. އޭރުވެސް މަށަކަށް ނޭނގެ އިވީ ހުރިކަމެއް.މަށަށް ފެނުނީ ޔުސް ތުން ދަމައިން ހުއްޓާ. ޔުސް އެހުރިހާ ވާހަކަ އެއް ކިޔާ ނިމުނީމަ މި ބަލާލީ އަދި ކާކު ތޯ. ބަލާލި އިރު އިވީ. އިވީ ފެންނައިރަށް މަވެސް ޕްރިންސެސް އޭ ކިޔާފަ ގޮސް ބައްދާލައިފިން އޭނަ ގައިގަ. ޔުސް އަށް އަދިވެސް ނޭނގޭނެ އިވީ އެއީ ކާކު ކަމެއް. އެބަ ޖެހޭ އެކަން ހައްލު ކުރަންވެސް. މިހާރު ހުންނާނީ ނުފެނިގެން ރަތުގަ ހުންނާނީވެސް. ހުރިހާ ވާހަކަ އެއް ކިޔާދީ ނިމޭއިރަށް ލާވީ އަށް ފެށުނީ ހޭންށެވެ. އިވީ ގަދަ. ގުޑް ލަކް އޭ ކިޔައި ލާވީ އަވަހަށް އެތަނުން ނިކުމެގެން ހިނގައްޖެއެވެ. އެ މައްސަލަ ހައްލު ކުރާނެ ގޮތެއް ހޯދަން ވިސްނަމުން ޔުސައިރާ އަށް މެސެޖް ކޮށްލިއެވެ. ހިނގާ ޑިނަރ އަށް ދާންމިރޭ. ޔުސްގެ ފެވަރިޓް ރެސްޓޯރަންޓް އަށް ދާނީ. ސިކުންތެއްނުވަނީސް ޔުސައިރާ ރިޕްލައި ކޮށްލައިފިއެވެ. ޕްރިންސެސް ގޮވައިން ދިޔައިމަ ވީނު. ލުއައްޔު ހިތަށް އެރިއެވެ. މިއޮތީ ކަންތަކާ ލައިގަނެފައެވެ.ދިމާވީމަ ކިޔާދޭނަމޭ. ހިނގާބަ ދެން. 0830 އަށް ރެޑީވެގެން ހުންނާތި. އޯކޭ ޖަހާފަ ރިޕްލައި ކޮށްލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
