ފުރަތަމަ ފެނިލުމުން 4
ތައްޔާރު ވެގެން ލުއައްޔުގެ އިންތިޒާރުގައި ހުރި ޔުސައިރާގެ އިންތިޒާރަށް ނިމުމެއް އައީ 0830 ވީ ތަނާ ލުއައްޔު ގުޅުމުންނެވެ. “ކޮބާ؟ އަވަހަށް ފައިބާ” ޔުސައިރާ ތިރިއަށް ފައިބައިގެން ކާރަށް އެރި އިރު ފަހަތުގައި މީހަކު އިންހެން ހީވެގެން ފަހަތް ބަލައިލި އިރު އިނީ ލުއައްޔުގެ އޮފީހުން ފެނުނު އަންހެން ކުއްޖާ އެވެ. “މީނަ ވެސް ގޮވައިގެންތަ ތިއައީ؟ ޔުސައިރާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. “ޔުސް ހަމަޖެހިބަ. ފުރަތަމަ ހިނގާބަ މި ދާން އުޅޭ ތަނަށް. ހުރިހާ ވާހަކަ އެއް ވެސް ކިޔައި ދޭނަން.” ލުއައްޔު އެހެން ބުނުމާއި އެކު ދެން ދިޔައީ ހަމަ ހިމޭން ކަމުގެ 20 ވަރަކަށް މިނެޓެވެ.
ރެސްޓޯރެންޓަށް ވަދެ 3 މީހުންނަށް ތިބެވޭ މޭޒެއްގައި އިށީނދެފައި ފުރަތަމަ ކާއެއްޗެއްސަށް އޯރޑަރ ދިނެވެ. އެއަށްފަހު ލުއައްޔު ވާހަކަ ދައްކަން ފެއްޓިއެވެ. “ޔުސް. އަހަރެން އަބަދުވެސް ދައްކަމެއްނު ކޮއްކޮ އެއްގެ ވާހަކަ ރަޝިއާގައި ކިޔަވަން ހުރި. މީ އެކޮއްކޮ.މިއަދު އައީ. އިވްރިއާ. އިވީ މީ ދޮންބެގެ ގަރލްފްރެންޑް ޔުސައިރާ.” ޔުސައިރާ އަށް އިވްރިއާ ތަޢާރަފްކޮށް ނިމުނު އިރު ލަދުން މޫނަށް ޖަންބު ކުލަ އަރާލައިފިއެވެ. “އައިމް ސޯ ސޮރީ. އައި ޑިޑްންޓް ނޯ” ޔުސައިރާ އަށް ބުނެލެވުނެވެ.”އިޓްސް އޯކޭ. އެވަރުގެ ކަމެއް ވެދާނެ. ދޮންބެ ވަގު ކަމުން ނުބުނޭ ގަރލްފްރެންޑެއް ހުންނަ ވާހަކަ އެއްވެސް. އައިމް އޯލްސޯ ސޮރީ” ރައްދުގައި އިވްރިއާ ވެސް ބުނެލިއެވެ. އެވަގުތު ކާއެއްޗެހި ގެނައުމާއި އެކު ތިން މީހުންވެސް ކާންފެށިއެވެ. “ދެން ކޮން އިރަކުންތަ ތި ދެމީހުން މެރީ ކުރަނީ؟ މަންމަ އާއި ބައްޕަ އަށް އިނގޭތަ؟”ކެއުމުގެ ތެރެއިން އިވްރިއާ ސުވާލު ކޮށްލިއެވެ. “އަދި ނުބުނަން. ދެން އުޅެންވީ ތިކަމާވެސް ދޯ ޔުސް؟” ޔުސައިރާއަށް ދޯއެއް އެއްލަމުން ލުއައްޔު ބުނެލިއެވެ. ޔުސައިރާ ގަތް ލަދެއްގެ ބޮޑުކަމުން އަނގައިން ވެސް ބުނެނުލެވުނެވެ. ހަމަ އެކަނި ބޯ ޖަހާލައިފައި ހިނިތުން ވުމަކުން ފުއްދައިލިއެވެ.” ފަހަރި އެއޮއްގެން ލަދުން ވިރެނީ މިހާރުވެސް. މާދަންމީ ހުކުރެއްނު. މެންދުރު ކާން ފަހަރި ގެންދަން ވީނު؟. ދެން ނިންމާފައި ބުނާނީ މަންމަ މެން ކައިރީގައި.” ޔުސައިރާ ލަދުގަތްކަން އިނގުމުން އޭނާއާއި ބެހިލައިފައި ލުއައްޔުއަށް ބުނެލިއެވެ. “ރަނގަޅު ޚިޔާލެއް. ހުކުރުން ފައިބައިގެން ދާނަން ޔުސް ބަލައި. އޯކޭ އެއްނު” ޔުސައިރާ ހަމައެކަނި ބޯ ޖަހައިލުމަކުން ފުއްދައިލީއެވެ.
“ޕްރިންސެސް ކޮން އިރަކު ޖޮބަށް ނިކުންނަނީ؟ އެޕްލައި ކޮށްފިންތަ އެއްވެސް ތާކަށް؟ ” “ލައްބަ.އެޕްލައި ކުރިން މިކޮޅަށް އައުމުގެ ކުރިން. ޒޫމް ކޮށް އިންޓަރވިއު ކުރީ. ބުނި ވަރަށް އަވަހަށް ޖަވާބެއް ދޭނެ ވާހަކަ. ” ލުއައްޔު އެހެން އަހައިލުމާއި އެކު އިވްރިއާ އެއް ނޭވާ އަކުން ހުރިހާ ވާހަކަ އެއް ކިޔައި ދީފިއެވެ.
3 މީހުންވެސް ކެެއުން ނިންމާލުމަށްފަހު ފުރަތަމަ ދިޔައީ ޔުސައިރާ ގެއަށް ލާށެވެ. މާދަމާ ބައްދަލުވާނެ ކަމަށް ބުނެ ބާއްޖަވެރި ރެއަކަށް އެދެމުން ލުއައްޔުއާއި އިވްރިއާ ދުއްވާލީ ގެއަށް ދިއުމަށެވެ. ގެއަށްގޮސް ވައިން އިރު މަންމަ އާއި ބައްޕަ ސިޓިންގ ރޫމުގައި ތިބުމުން ދެމީހުންވެސް މަޑުކޮށްލީ ސިޓިންގ ރޫމްގައެވެ. އަދި އިވްރިއާ ބުނެލިއެވެ. “މާދަން މެންދުރު ކާން މިގެއަށް ކުއްޖެއް އަންނާނެ.” އެހެން އަހާލުމާއެކުހެން ކޮން ކުއް ޖެއްތޯ ވާރިޝާ އަހައިލީ ޝައުގުވެރި ކަމާއި އެކީ އެވެ. މާދަން އެނގޭނެ ކަމަށް ބުނަމުން އިވްރިއާ ބާއްޖަވެރި ރޭގަނޑަކަށް އެދެމުން އަވަސް އަވަހަށް އޭނާގެ ކޮޓަރިއަށް ދުވެފައި ހިނގައްޖެއެވެ.ނިދަން އެނދަށް އަރާ އޮތް ޔުސައިރާ އަށް ވިސްނެމުން ދިޔައީ ލުއައްޔުގެ މައިންބަފައިންނާއި ދިމާ ވުމުން ވާނެ ގޮތަކާއިމެދު އެވެ. އެމީހުންނަށް އަހަރެން ކަމުދާނެ ތަ؟ މު ގުޅުމަށް ރުހޭނެތަ؟ މިފަދަ ސުވާލުތަކުން އޭނާގެ ސިކުނޑި ވަނީ ބަރާވެފައެވެ.
One Comment
Comments are closed.

salhi stry eh<3