Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުރަތަމަ ފެނިލުމުން 2

Pooohbear Level 2
February 8, 2026 3 Mins Read
4 Comments

އައްދިއްޔޯއި. އިވްރިއާއަށް ބުނެލެވުނެވެ. އަދި ކުރިމައްޗަށް ބަލައިލި އިރު ފުއްޕި ކުކުޅެއްހެން ފުފިފައި ހުރި އަންހެން ކުއްޖެއް ހުއްޓެވެ. އަދި އައްދިއްޔޯއި އެކޭ އެބަ ކިޔައެއްނު. ކަލޭތީ ކާކު މަގޭ އައްޔުގެ ރޫމްގަ މަޑުކުރަން. އެ އަންހެން ކުއްޖާ ރުޅި އައިސް ފުފިފައި ހުރެގެން ބުނެލިއެވެ. މީ ހާދަ ވަރެއްގެ އަންހެނެކޭ. ހުރެބަލަ ރަނގަޅު ލަގާއެއް މީނައަށް ދޭނަން. އިވްރިއާގެ ހިތަށް އެރިއެވެ. އޭރު އަނގަ ހުޅުވިފައި ބަލަން އަދީވާ އާއި ރިސެޕްޝަންގައި އިން ކުއްޖާ އިނެވެ. ހަމަ ގައިމުވެސް ތި އަންހެނާއަށް ވުރެ ތިކިޔާ އައްޔުއަކަށް މުހިންމު ވާނީ އަހަރެން. އަހަރެން ހުއްޓާ ތި އަންހެނާއާއި ދިމާލަށް ނުވެސް ބަލާނެ އޭނައެއް. އިވްރިއާވެސް ބުނެލިއެވެ. އެއްކަލަ އަންހެން ކުއްޖާ އަންހެން ކުއްޖާ އަތް މަޅާލީ އިވްރިއާގެ ކަންފަތް މަތީގައި ޖެހުމަށެވެ. އެކަމު އެޔައްވުރެ ކުރިން އެއަންހެން ކުއްޖާގެ ކަންފަތް މަތީގައި އިވްރިއާ ޖަހާލައިފިއެވެ. ވީ ތަދުން ކަންފަތް މަތީގައި އަތް އަޅާލައިން ހުރި އިރު މީހާ ދިޔައީ އިތުރަށް ރުޅިން ފުފެމުންނެވެ. އަޑިގަދަ ވެގެން ÷އޮފީހުގެ ސެކްޝަން ތަކުގައި ތިބި މީހުންވެސް ނިކުމެ ކުޅި ބަލަން ތިއްބެވެ. އިވްރިއާ ރިސެޕްޝަންގައި އިން ކުއްޖާއާއި ދިމާލަށް އެނބުރިލާފައި އަނެއްކާވެސް ސީއީއޯގެ ރޫމް ދައްކާލަން އެދުނެވެ. ނުދެވޭނެ ކަލެއަކަށް. މީކީ އަމިއްލަ ގެޔެއް ނޫން ބޭނުންހާ ގޮތަަކަށް އައިސް މިތާތެރޭގަ އުޅޭކަށް. އަހަރެން ބޭނުމިއްޔާ ކަލެއަށް އައްޔު އާއި ބައްދަލު ކުރެވޭނީ. އެއަންހެން ކުއްޖާ ބުނެލިއެވެ. އެވަގުތު ވީ ލުއައްޔު މީޓިންގ ނިންމާފައި ނިކުއިތް ވަގުތަށެވެ. ރިސެޕްޝަން ސަރަހައްދަށް މާ މީހުން ގިނަވެފައި އޮތުމުން ވެގެން އުޅޭ ގޮތެއް ބެލުމަށް ލުއައްޔު ކައިރިވެލިއިރު އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ރުޅި އައިސް ފުފިފައި ހުރި ޔުސައިރާ އެވެ. އެންމެންގެ ލޮލުގައި ވެސް ލުއައްޔު އަޅައިގަތުމާއި އެކު އެންމެންހެން އެމީހެއްގެ މަސައްކަތަށް ރުޖޫއަ ވެއްޖެއެވެ. ޔުސް. ކިހިނެއް ވެފަ ތިހިރީ؟ އޯކޭތަ؟ ކަންބޮޑުވެފައިވާ ރާގެއްގައި ލުއައްޔު އަހައިލިއެވެ. ކިހިނެއްތަ ރަނގަޅުވާނީ. މިހިރަ ލަދު ކުޑަ އަންހެން މީހާ އައްޔުގެ ރޫމް ދައްކާށޯ މަޑު ކޮށްލާނަމޯ؟ ނުދެވޭނެ އޭ ބުނާއިރަށް ކަންފަތް މަތީގަ ވެސް ޖަހައިފި. އަދި ނުވިތާކަށް ބުންޏޭ އައްޔު އަށް ތިމަންނަ އޯ މުހިންމު ވާނީ. ތިމަންނަ ފެނިއްޖެެއްޔާ އައްޔު ނުވެސް ބަލާނެ އޯ ޔުސް އާ ދިމާލަކަށް. ކުސްތަޅާލާފައި ޔުސައިރާ އެހެން ބުނެލުމިން ލުއައްޔު ބަލައިލީ ޔުސައިރާ އެދައްކަނީ ކޮން އަންހެނެއްގެ ވާހަކަ ތޯ ބަލައިލާށެވެ. ބަލައިލި ސިކުންތާއެކު ޕްރިންސެސް އޭ ކިޔައި އިވްރިއާގެ ގައިގައި ބައްދާލައިފިއެވެ. އަދީވާގެ ހިނިގަޑު ފަޅައިގެން ދިޔައީ ޔުސައިރާގެ މޫނަށް އެރި ކުލަވަރު ފެނިފައެވެ. އެވަގުތު ލުއައްޔުގެ ކަންފަތް ދޮށުގައި ސިއްރުން އިހަކަށް އިތުރު އެއްޗެއް ނުބުނުމަށް އިވްރިއާ ބުނެލައިފިއެވެ. ކޮބާ. ބުނީމެއްނު ތިއަންހެނާއަށްވުރެ ތިކިޔާ އައްޔުއަކަށް މުހިންމުވާނީ އަހަންނޭ. ތިމާހިތުން ތިމާވަރުގެ މީހެއް ނެތިގެން އަދި ބުނެފިއެއްނު ރޫމް އަށް ނުދެވޭނެ އޭ ބުނެގެން ކަންފަތް މަތީގަ ޖެހީ އޭ. ކީއްވެތަ ހަގީގަތަށް ކިޔައިދޭން ނުކެރިގެން ތިއުޅެނީ. ބުނެބަލަ ފުއްޕި ކުޅެއްހެން އައިސް ތިމަންނަ އޭ ފުރަތަމަ ޖެހީ. އިވްރިއާ އައިސް ހުރި ރުޅިގަނޑުގައި އެއް ނޭވާ އިން ފަތިވަރެއް އަމުނާލައިފިއެވެ. ލުއައްޔުގެ ކަންފަތަށް އަޑު އިވުނު އެެއްޗެހި ގަބޫލު ނުކުރެވިފައި ޔުސައިރާ ޢަައި ދިމާލަށް ބަލައިލިއެވެ. އޭރު އިސްޖެހިފައި ހުރި ޔުސައިރާ ފެނުމުން އިވްރިއާ ދެއްކީ ތެދު ވާހަކަ ތަކެއްކަން ކަށަވަރު ކުރެވުނެވެ. އައްޔު. ޕްލީސް އަޑު އަހާބަ. ޔުސައިރާގެ ވާހަކަ މެދު ކަނޑާލީ ލުއައްޔު އެވެ. މިއަދަށް ވާވަރު ވެއްޖެ. ގެޔަށްދޭ. ގުޅާނަން ފަހުން. އެހެން ބުނި ގޮތަށް ލުއައްޔު އެނބުރުނީ އިވްރިއާ އާއި ދިމާލަށެވެ. ޕްރިންސެސް. ވަރަށް ބޮޑަށް ސޮރީ. ހިނގާ މައްޗަށް. ލުއައްޔު އެހެން ބުނެލާއިރަށް އެތާނގައި އޭރުވެސް މަޑުކޮށްގެން ހުރި ޔުސައިރާ އާއި ދިމާލަށް ދޫނެރެ ވައްތަރެއް ޖައްސާލިއެވެ. ޔުސައިރާ އައިސްފައި ހުރި ރުޅި ވަކިން ގަދަވިހެން ހީވިއެވެ. ނަމަވެސް އެއްޗެކޭ ނުބުނީ ލުއައްޔު ހުރީމައެވެ. ހުރެބަލަ އަދި ލަނޑެއް ދޭނަމޭ އެ އަންހެނާއަށް. ހިތާ ހިތާ އެހެން ކިޔާލުމަށްފަހު ނިކުމެގެން ހިނގައްޖެއެވެ. ޕްރިންސެސް ކޮން އިރަކު އައީ. ބުނި ނަމަ ދޮންބެ ދާނަމެއްނު ޕްރިންސެސް ބަލާ. އިވްރިއާގެ ބޮލުގައި ފިރުމާލަމުން ލުއައްޔު ބުނެލިއެވެ. ބުނި ނަމަ ސަޕްރައިސް އަކަށް ނުވާނެ އެއްނު. މިއަދު ހެނދުނު. ގެޔަށް ދިޔަ ގޮތަށް ފެންވަރައިގެން ނުވެސް ކައި އަދި މިއައީ ދޮންބެ ކައިރިއަށް. އެކަމު އިވީ އަކަންނު ސަޕްރައިސް މި ލިބުނީ. ތުންކޮޅު އޫ ކޮށްލަމުން އިވްރިއާ ޝަކުވާ ކޮށްލިއެވެ. އެއި ކޮން އަންހެނެއްތަ ތިމާ ވަރުގެ މީހެއްނެތް ކަމަށް ހެދިގެން. އޭރުވެސް އިވްރިއާ އައިސް ހުރި ރުޅިއަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެއީ ދޮންބެގެ ގަރލްފްރެންޑް. މިހާރު އެއްކޮށް އުޅޭތާ 2 އަހަރު ވަނީ. ލުއައްޔު ބުނެލިއެވެ. ނުވެސް ބުނޭ. ވަގު މީހެކޭ. ލުއައްޔު ވަގުތުން ބޯ ކަހާލާފައި ރަކި ހިނިތުންވުމެއް ހަދިޔާ ކޮށްލައިފިއެވެ. ވާ ވަރު ވެއްޖެ އެންނު ދެން. މިހާރު ބަނޑުން އަޑު ގޮވަން ފަށައިފި. ހިނގާ ކާންދާން ދެން. އިވީ ދޮންބެ ޖެހޭނީ މިއަދު ކާން ދޭން. އަދީވާ އެއްފައްޗަކަށް އަމުނާލާފައި އަވަހަށް ބުނެލިއެވެ. ތި ދެމީހުން ގޮވައިން ކާން ދަންޏާ އަބަދުވެސް ދޮންބެ ދޭން ޖެހިފަ އޮންނަނީ. ހިނގާ ދާން އަވަހަށް. އަވަހަށް ފައިބަންވެގެން ސިޑިން ފައިބައިގެން އައި އިވްރިއާގެ ފައި ކަހާލައިގެން ވެއްޓެން ދިޔަ ވަގުތު ތޫލި ހަޅޭކަކާއި އެކު ދެލޯ މަރާލެވުނެވެ. ކުއްލިއަކަށް އަތުގައި ހިފައި މީހެއް ދަމައިގަތުމުން ބަލައިލި އިރު ހުރި ކުއްޖާފެނި އިވްރިއާގެ ދެލޯ ބޮޑުވެއްޖެއެވެ. ނޭވާލާން ވެސް ހަނދާން ނެތްފަދައެވެ. އޭތް. އޭތް. ނޭވާ ލާބަލަ. އަހަރެން މޫނުގަ އެއްޗެއް ހުރީތަ ތިވަރަށް ތި ބަލަނީ. އިވްރިއާއަށް ހަމަ ބިމަށް އާދެވުނީ އެކުއްޖާ އެހެން ބުނެލުމުންނެވެ. ސޮރީ. އެންޑް ތެންކިއު.. ލާވީ މަށަށް ކިޔަނީ. އިވްރިއާ.އެހެން ބުނެލާފައި އަނެއްކާވެސް އަވަހަށް ތިރިޔަށްދާން ފައިބަން ފެށިއެވެ. ލާވީ އަށް ހުރެވުނީ އެ ފަތްމިންޏެއް ފަދަ ކުއްޖާއަށް ބަލަން އާޝޯހުވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pooohbear

Level 2

Other Articles

Previous

އެކުގައިވާނަން-30

Next

އެދިގެން ކަލާ ލިބޭތޯ 39

Next
February 8, 2026

އެދިގެން ކަލާ ލިބޭތޯ 39

Previews
February 7, 2026

އެކުގައިވާނަން-30

4 Comments!

  1. aimee says:
    February 9, 2026 at 6:49 am

    story nice ingey
    ekamaku paragraphs ah bahaalaigen dialogue thah “” gai beynun kureema enme ragalhu vaany
    kepe it up author❤️

    1. Pooohbear says:
      February 10, 2026 at 1:14 pm

      Thank you. Dhen anna part ehga rangalhu kohlaanan

  2. Sha123 says:
    February 9, 2026 at 7:45 am

    Masha Allah

    1. Pooohbear says:
      February 10, 2026 at 1:14 pm

      ❤️

Comments are closed.

Next Episodeފުރަތަމަ ފެނިލުމުން 3←


All Right Reserved!