ދެވުނީ ވޭނޭ 40
Warning: Contains explicit references to domestic violence and abusive language
ސުމައްޔާ އާއި ވާހަކަ ދެއްކުމަށް ފަހު އަރީން ދިޔައީ ބަދިގެއަށެވެ. އޭރު ފާތުމަމެން ރިހަގަނޑެއް ކައްކަން އުޅެއެވެ. ކާތަކެތީގެ ވަހުން މުޅި ބަދިގެ ވަނީ އެއްވަސް ވެފައެވެ. އަރީނަށް މި ވަސް ދުވުމުން އަނެއްކާވެސް ބޮލުގައި ރިއްސައިގަތެވެ. އޭނާ އެ ތަނުން ނުކުމެ ދުވެފައި ސިޑިން މައްޗަށް އަރައިގެން ދިޔައީ މޭ ނުބައި ކުރާ ގޮތް ވުމުންނެވެ. އަރީނަށް ފާޚާނާ އަށް ވަދެވުނީ ކިރިޔާއެވެ. ޕްރެޝަރުގައި ދޫކޮށްލެވުނު އިސްކޫރެއް ހެން އަނގަ ފުރާ ހޮޑު އައެވެ. އޯކަށް ދެމި ހޮޑުލަމުން ދިޔައިރު އެ މޫނުމަތީގައި ވަނީ ވަރުބަލިކަމެވެ. “އަނެއްކާ ރޯގާ ލައްވާލީބާ؟” މޫނު ދޮވެލަމުން އަރީން ކަނދުރާގައި އަތް ޖައްސާލިއެވެ. ހުން ނެތުމުން އޭނާ ކޮންމެވެސް ވަރަކަށް ހަމަޖެހުނެވެ.
ލޯވް ފާރމަށް ދާން ތައްޔާރު ވަމުން ދިޔައިރު ވެސް އަރީން ހުރީ ޖެހިލުންވެފައެވެ. އަތް ދަބަސް ނަގައިފައި އޭނާ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރަ އަށް އަވަސް ނަޒަރެއް ދިނެވެ. ފުން ނޭވާއެއް ލައިފައި އަރީން މޫނުމައްޗަށް ހިނިތުންވުމެއް ގެނައެވެ. ނުކުމެގެން ދާއިރު އެ މޫނުމަތީގައި ހާސްކަމުގެ އަސަރެއް ހުއްޓަސް އާފިޔާމެންގެ ސުވާލު އަންނާނެއެވެ. އެ ޒާތުގެ ސުވާލަށް ޖަވާބު ދިނުމަކީ އޭނާ ގަޔާވާ ކަހަލަ ކަމެއް ނޫނެވެ.
ބޭރަށް ނުކުތް އިރު އަދި ޒަވިއަން ބަލައެއް ނާދެއެވެ. ހާސްކަން ނައްތާލަން އިނގިލިތަކާއި ކުޅެމުން ދިޔައިރު އަރީންގެ ނަޒަރު އަމާޒުވެފައި ހުރީ މަގުމައްޗަށެވެ. މިހެން ހުރި އިރު އޭނާ އަށް ވިސްނެމުން ދިޔައީ މިއަދު ނާއިލް ގާތަށް ގޮސް ކޭސް ދޫކޮށްލަން ދައްކާނެ ވާހަކަ އާއި މެދުގައެވެ. ނާއިލް އާއި ކުރިމަތިލައިގެން ހުރުމަކީ ވެސް އަރީނަށް އުނދަގޫ ކަމެކެވެ. އެއީ ކިރިޔާ ފުރުސަތެއް ލިބޭ އިރަށް ފޮށެން ތައްޔާރަށް ހުންނަ އުނދަގޫ ބޮޑު ފިރިހެނެއް ވިއްޔާއެވެ.
ޒަވިއަން ކާރުގައި އައިސް މަޑުކޮށްލުމާއި އެކު އަރީން ފަހަތު ސީޓަށް އަރާ ހަމަޖެހިލިއެވެ. އެ ދަތުރު ނިމޭންދެން އޭނާ އިސްޖަހާލައިގެން ހިމޭނުން އިނީ ޒަވިއަނަށް ކުޑަ ވެސް އުނދަގުލެއް ނުކުރާށެވެ.
ލޯވް ފާރމަށް ވަދެ ސައިން އިން ވެލައިފައި އަރީން ގޮސް ލިފްޓަށް އެރިއެވެ. ފެންނަ މުވައްޒަފުންނަށް އުފަލާއި އެކު އޭނާ ހެނދުނުގެ ތަހުނިޔާ ކިޔަމުން ދިޔަ ގޮތުން ކަމެއް ގޯސްވެފައި ހުރިކަން ނޭނގޭނެކަން ޔަޤީނެވެ.
އަރީން ނާއިލްގެ ކެބިނު ދޮރުގައި ޓަކި ޖަހާލީ ވަރަށް ހިތްވަރު ކޮށްފައެވެ. ރޭގައި ހިނގައިދިޔަ ކަންތައްތަކުގެ ފަހަތުގައި ނާއިލްގެ އަތެއް ވާނެކަން އެނގޭތީ އެ ފަކީރު ހުރީ ހާސްކައްޓަށް އަރައިފައެވެ. މާލަހެއް ނުވެ ނާއިލް ދޮރު ހުޅުވާލައިފިއެވެ. އަރީން އެތެރެއަށް ވަދެގެން ދިޔައިރު އެ ހަށިގަނޑުގައި މަޑު ތުރުތުރެއް ވިއެވެ.
“ފަހުން ނެގި ކޭސް ދޫކޮށްލަން ކަމަށް. މި އޮތީ އެ ފައިލްތައް. ލިބިފަ ހުރި ފެމިލީ ސިވިލް ކޭހެއް އޮތިއްޔާ އަހަރެންނަށް ހަވާލުކުރޭ.” އަތުގައި ހުރި ކަރުދާސް ތަކާއި ފައިލްތައް މޭޒުމައްޗަށް ލަމުން އަރީން އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. ނާއިލް ޒާތަކަށް ހީނލަމުން އެ ފައިލްތަކާއި ހަވާލުވިއެވެ. އިތުރު ކޭސް ފައިލްތަކެއް ނަގައިފައި ދިނުމުން އަރީން ވީ އެންމެ އަވަހަކަށް އެތަނުން ނުކުމެގެން ދިޔައެވެ.
އަރީން ދޫކޮށްލި ކޭހުގެ ކްލައިއެންޓަށް މެސެޖަކުން އެ ކަން އަންގާލީ ގުޅައިފައި ވާހަކަ ދައްކާނެހާ ހިތްވަރު ނެތުމުންނެވެ. “އައިމް ސޮރީ. އަހަރެންގެ ދެން ހުރި އެންމެ ގާތް އެކުވެރިޔާ ވެސް ގެއްލިގެން ދާ މަންޒަރު ދެކެން ކުޅަދާނައެއް ނުވާނެ. މި ކަމުގަ މިހާރު އަހަރެންނަށް މަޖުބޫރު އަމިއްލަ އެދުން އިސްކޮށް ސުމީ ރައްކާތެރިކުރަން.” ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެ އަރީން ހިތާ ހިތުން ބުނެލިއެވެ.
**ފަސް މަސް ފަސް**
ބުރަހެލިކަމާއި އެކު އައިސް ބަދިގެއަށް ވަތް އަރީންގެ މޫނުމަތީގައި ހިނިތުންވުމެއް ވިއެވެ. އޯވާސައިޒް ކަޅު ޓީޝާޓަކާއި ފުއްޕި ހަރަވާޅެއް ލައިގެން ހުރުމުން ބައްޓަން އެނގޭކަށް ނެތެވެ. އެހެނަސް އެ މޫނުމަތިން މިހާރު ކުޑަކޮށް ފަލަ ވެލައިފައި ހުރިކަން ފާހަގަވެއެވެ.
“މި ގެއަށް އައި ފަހުން މި ކުއްޖާގެ ކަށީގަ އެންމެފަހުން މަސް ޖަހާލައިފި. ކޮލެއް އިނީމަ ރީއްކޮ ހާދަ ލޯތްބޭ.” އާފިޔާ އަރީންގެ ކޮލުގައި ހިފާލަމުން ސަމާސާ ރާގަކަށް ބުނެލިއެވެ. “ހެހެހެ. ކަސްރަތު ނުކޮށް އަރާމުގަ އިނދެގެން މަސައްކަތް ކުރަންޏާ ފަލަ ވާނެއްނު. އަނެއްކާ ކެވޭލެއް ވެސް ގިނަ ވިއްޔާ.” އަރީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
ކްރައިމް ސީނަށް އާދެވުމުން ސުމައްޔާމެންގެ ޓީމް ފުލުސް ޖިޕުން ފައިބަންނަމުން ދުވެފައި އެ އިމާރާތުގެ ތެރެއަށް ވަނެވެ. ދެވަނަ ފުލޯގެ ޔުނިޓު ދޭއްގެ ތަޅު ހަލާކުކޮށްލައިފައި އެތެރެއަށް ވަދެ އެ މީހުން ބެހިލިއެވެ. މަސްތުކަން ކެނޑެމުން ދިޔަ ވަގުތަކަށް ވުމުން އެތެރޭގައި ހުރި ފިރިހެނުންނަށް ފިލަން ދުއްވައިގަނެވުނެވެ. ޓީމުގެ މެންބަރުން އެކި މީހުންގެ ފަހަތު އަޅުވާލިއެވެ. ފަހަރަކު މީހަކު ތިރި އަރުވާލާ ބިޑި އަޅުވާލުމަށް ފަހު އެ މީހުން ނުކުތެވެ.
ފުލުސް ޖިޕުގެ ފަހަތު ބަޔަށް ހައްޔަރު ކުރެވުނު މީހުން އަރުވާ އެ މީހުންނާއި ހަވާލުވީ ޒައިނާއި އަކްމަލެވެ. ޑްރައިވަރ ސީޓަށް އަރާ އިޙުސާނު ސައިރެން އަޅުވާލަމުން ޖިޕު ދުއްވާލިއެވެ. ސުމައްޔާ އާއި އަފާފް އުޅުނީ ބެކަޕް ޓީމަކާއި އެކު އެޕާޓްމަންޓު ތެރެއިން މަސްތުވާތަކެތި ހޯދާށެވެ. އެ ތަނުން ބޮޑެތި ފޮށިފޮށީގައި ހުރި ރާ ފުޅިތަކާއި ކޮކެއިންގެ އިތުރުން ތަފާތު ވައްތަރުގެ މަސްތުވާތަކެތި ނެރުނެވެ. އޭރު ތަނަށް އެއްވެފައި ތިބި މީހުން އެކި ގޮތް ގޮތަށް ވާހަކަ ދައްކަމުން ދިޔައެވެ.
“އޫހް. އެންމެފަހުން އެ ގުރޫޕް ގަނޑު ހިފިއްޖެ. މަށަށް މިރޭ ހަމަޖެހިލައިގެން ނިދާލެވޭނެ.” ކްރައިމް ޔުނިޓް ތެރެއަށް ވަދެފައި ގޮސް ގޮނޑިއަށް ވެއްޓިގަންނަމުން ސުމައްޔާ ބުނެލިއެވެ. މި ދޭތެރޭ ޖަލުން ފިލި ދަހުލާންމެން މަސްތުވާތަކެތި ވިޔަފާރި ކުރާ މީހުން އަތުލައިގަންނަން އެ މީހުންނަށް މުޅި މާލެ އާއި ހުޅުމާލެ ތެރޭ އަތް ފުނާ އަޅަން ޖެހުނެވެ. އެކަމާ ހެދި އޯވަރޓައިމަށް މަސައްކަތް ކުރަން ޖެހި އެންމެން ވެސް ތިބެނީ ދެވަރުން އެއްވަރު ވެފައެވެ.
“އާނ. އަހަރެމެންނަށް ދުއްޕާން ކުރަން ހިފާލާފަ ތިބި ބައެއް ހެން ހީވަނީ. އެއްފަހަރު ގޮޅިއަށް ލީމަ އެ ތަނުން ފިލައިފި.” އަފާފް ފެން ފުޅީގައި ތުން ޖަހާ ދަމާލިއެވެ. “އޭތް އަދި އުފާފާޅު ކުރާކަށް ނުވެޔޭ. ޑޭޓާ އެނާލަސިސް ހެދުމާއި ރިޕޯޓު ހެދުމުގެ ބައި އޮތިއްޔޭ. އަހަރެން އިންޓަރިގޭޝަނާއި ހަވާލުވާނަން.” އިޙުސާނު އައިސް ސުމައްޔާގެ ކޮނޑުގައި ހިފައިގަންނަމުން ބުނެލިއެވެ. “އުންމަތުލް ވަބާ! އަހަރެމެން ރެސްޓްކޮށްލަން ކުޑަ ވަގުތު ކޮޅެއް ދީބަލަ.” ގޮނޑިން ތެދުވެ ސުމައްޔާ ދެލޯ އަޅާލިއެވެ.
“އޯލްރައިޓް މައި ފަތަފޮޅީ. ދިހަ މިނެޓް.” އިނގިލިތައް މަޅާލަމުން އިޙުސާނު ބުނެލިއެވެ. “ހޫން ބަލާބަލަ. ބިޓަށް ވީމަ ތަފާތު ކުރަނީ.” ދެރަވާ ކަމަށް ހެދެމުން ޒައިން ބުނެލިއެވެ. “ޕިސްޕިސް. އެންމެންނަށޭ ރެސްޓް ކޮށްލަން ވަގުތު މި ދިނީ. މި މީހުން އަބަދު ހުންނާނީ ހަމަ އެހެން ބެހިލާނެ ފުރުސަތަކަށް ބަލަބަލަ. މިހާރު ބުނެވުނު މޮޔަ ހިތަށް އަރާ.” އިޙުސާނު އިސްތަށިގަނޑަށް އަތް މަހާލަމުން ރައްދުގައި ބުނެލިއެވެ. އެ ގުރޫޕް މީހުންނަށް ސުމައްޔާ އާއި އިޙުސާނު ރައްޓެހިވިކަން އެނގުނީއްސުރެ ދިމާކޮށްނުލާ ދުވަހެއް ނުދެއެވެ. ކިރިޔާ ކަމެއް ވިޔަސް ބެހިލާނެއެވެ.
ލޯވް ފާރމް ކުރިމައްޗަށް ކާރު ހުއްޓާލުމުން އަރީން އެއިން ފޭބިއެވެ. ކޮނޑުގައި ދަބަސް އަޅުވާލައިގެން ހިނގައިފައި ދިޔައިރު ވެސް މީހުންގެ ނަޒަރުތައް އޭނާ އާއި އަމާޒުވަމުން ދިޔައެވެ. ކަޅުކުލައިގެ އަބާޔާ ހެދުމަކާއި ޕްލީޓެޑް ޝޯލް އެއް އަޅައިގެން ހުރި އިރު ނިކަން ޗާލެވެ. މަތިން ކަޅު ކުލައިގެ ކޯޓެއް ލައިގެން ހުރުމުން ރަސްމީ ވައްތަރު ޖަހައެވެ. އިމާރާތުގެ ތެރެއިން ލިފްޓަށް އަރައިފައި އޭނާ ހަމަޖެހިލިއެވެ. ލިފްޓު ލެއްޕެން އުޅެނިކޮށް ތެޅެމުން ފޮޅެމުން ކަހަލަ ގޮތަކަށް އެ ދިމާއަށް ދުވެފައި އަންހެން ކުއްޖަކު އައެވެ. އަރީން ލިފްޓު ލެއްޕުނަކަ ނުދޭން ފިތަކަށް އޮބާލައިފިއެވެ.
“ތެންކްސް ރީން.” ނޭވާ ހަމައަކަށް އަޅުވަމުން ޝައިނާ ބުނެލިއެވެ. ބަދަލުގައި އަރީން ހިނިތުންވެލީއެވެ. ބޭނުންވި ފުލޯ އަށް ހުއްޓާލުމުން ދެމީހުން އެއިން ފޭބިއެވެ އަރީންގެ ފަހަތުން ޝައިނާ ގޮސް ވަނީ އެ ކެބިނަށެވެ. އެތެރޭގައި ހުރި ސޯފާ އަށް ވެއްޓިގަންނަމުން ޝައިނާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އަރީން ގޮސް އިށީނީ އޭނާ މަސައްކަތް ކުރާ މޭޒު ދޮށުގައެވެ.
“ރީން މިފަހަރު ވެސް ހާދަ ޑަލް ކޭހެކޭ ތި ނެގީ. ކުރިން ހުސް ކްރިމިނަލް ކޭސްތަކަށް ޝައުގުވެރިކަން ހުރި ލޯޔަރެކޯ” ޝައިނާ ބުނެލިއެވެ. “ކިހިނެއްތަ ވީ. ޝައި މިހާރު ވެސް ތިޔަ އަވަދިވަނީނުން އެ ކަހަލަ ކޭހެއް ނަގައިގެން. އަހަރެން މި ކަހަލަ ރައްކާތެރި، ފީލްޑަށް މާގިނައިން ނުކުންނަން ނުޖެހޭ ކަހަލަ މަސައްކަތޭ ކުރާ ހިތްވަނީ.” އަރީން ރައްދުގައި ބުނެލިއެވެ.
“ތިއީ ކަނޑައެޅިގެން ދޮގެއް. ތި މޫނު މައްޗަށް ބަލައިލިޔަސް މީހަކަށް އެކަން އެނގޭނެ. އެންޑް އަނަދާރ ތިންގް. ރީން ބަނޑުބޮޑުތަ؟ އަހަރެންނަށް ހަމަ ޝައްކުވާ ވަރުން އަހާލަން ބޭނުންވީ. ސީދާކޮށް އެނގުނަކަ ނުދޭންތަ އަބަދު ތިޔަހެން ހެދުން އަޅަނީ؟” ޝައިނާ އަހަން ނާހަން ހުރެފައި ބުނެލިއެވެ. އަރީނަށް ސިހިފައި ބަލައިލެވުނެވެ. “ހެހެހެ. ނުބަލަން ޕްރެގްތޯ ނޫންތޯއެއް. މާ އަރާމުގަ ހެލިފެލިވެ ނޫޅޭތީ ފަލަވަނީނުން. އަހަރެން ވެސް ޖިމަކަށް ދާން ފަށަންވީ ކަންނެ.” އުނދަގުލުން ހިނިގަނޑެއް ޖަހާލަމުން އަރީން ބުނެލިއެވެ. ޝައިނާ އިތުރު އެއްޗެއް ނުބުނީ އަރީން ތެދުތެދަށް އެ ކަން ހިއްސާ ކުރަން ބޭނުންނުވާ ހެން ހީވުމުންނެވެ.
ބްރޭކް ވަގުތެވެ. އާދައިގެ މަތިން މިއަދު ވެސް ސުމައްޔާ ކާން އައީ ގެއަށެވެ. ޢަބްދުއްރަޙްމާން ކާން ހަދައިފައި ހުރި އެއްޗެހީގެ ވަސް އެޕާޓްމަންޓުތެރޭގައި ވަނީ ހިފާލައިފައެވެ. ސުމައްޔާ ނޭފަތް އެތެރެއަށް ދަމާލަމުން ގޮސް ތައްޓަށް ބަތާއި ރިހައިގެ އިތުރުން ތަރުކާރީ ސެލެޑު ކޮޅެއް އަޅާ މޮޑެލިއެވެ. ދަހިގޮތަކަށް އޭނާ ކަމުން ދިޔައީ ނުހަނު ހަލުވިކޮށެވެ. ކުރިމަތީގައި ޢަބްދުއްރަޙްމާން ވެސް ކާން އިނެވެ.
“މަންމަ މަރާލަން އުޅުނު މީހާ ދުނިޔޭގަ އެބަހުރިތަ؟ އެއީ އަލީ އަހުމަދު ތަ؟” ސުމައްޔާ ކައި ނިންމާފައި އެހިއެވެ. ޢަބްދުއްރަޙްމާނުގެ ފަރާތުން މަންމައަށް ވީ ގޮތުގެ ކުޑަ މިންވަރެއް އެނގުނު ފަހުން އެ ކަހަލަ ސުވާލެއް އޭނާ ކުރި ފުރަތަމަ ފަހަރަކީ މިއެވެ. އެ މައްސަލަ އަށް އިތުރު ކުރިއެރުމެއް ލިބިފައި ނުވާތީ ސުމައްޔާ އަށް އެ ނޫން ގޮތެއް ނެތް ކަމަށް ގަބޫލުކުރެވުނީއެވެ. ސުމައްޔާގެ ސުވާލު އިވިފައި ޢަބްދުއްރަޙްމާންގެ މޫނުމަތީގައިވީ ހިނިތުންވުން ފޭދިގެން ދިޔައެވެ.
“އާނ. އޭނާ ދިރި ހުއްޓަސް މީހުންގެ ތެރެއަކަށް ވަރަށް ނުނުކުމޭ. އެއީ ޢަލީ އަހުމަދެއް ނޫން. ދަރިފުޅު އޭނާ ހޯދަން މަސައްކަތް ނުކުރާތި. ކުރިން ވެސް ބުނެފަ ދޯ އޮންނާނީ. އެއީ މާ ނުރައްކާތެރި މީހެއް.” ޢަބްދުއްރަޙްމާން ނަސޭހަތުގެ ރާގަކަށް ބުނެލިއެވެ. “ބްލޫ ވޯޓާސްގެ މީހުން ދޯ އޭނާ ރައްކާތެރި ކުރަނީ.” ވިސްނަން އިނދެފައި ސުމައްޔާ ބުނެލިއެވެ.
“ތިޔަށް އިތުރު އެއްޗެއް ބުނެވޭކަށް ނެތް. ސުމީ އެ މީހުންނާއި ކުރިމަތިނުލާތި. ދަރިފުޅަކީ ކާކުކަން އެމީހުންނަށް އެނގޭ އިރަށް މަރާލާނެ. އަހަރެމެން ފަދައިން އޭނާގެ މަރު ވެސް ރަޖިސްޓަރީ ކުރެވިފައި ވަނީ. ޙަޤީޤަތުގައި އަހަރެމެންގެ މަރު އެހާ ފަސޭހައިން ރަޖިސްޓަރީ ކުރެވުނީ އޭނާގެ ނުފޫޒުން. އަމިއްލަ މީހާގެ މަރު ރަޖިސްޓަރީ ކުރަން ވެގެން އޭނާ ކަމާއި ހަވާލުވެގެން ތިބި ފުލުހުން ގަނެލީ. ދެން ވިސްނާލާ އެއީ ކިހާ ވަރެއްގެ މީހެއްކަން.” ޢަބްދުއްރަޙްމާން ކަންބޮޑުވެފައި ހުރެ ބުނެލިއެވެ. “ބައްޕަ ހާސްނުވޭ. އަހަރެންގެ އަސްލު އެ މީހުންނަށް އެނގުނަކަ ނުދޭނަން އިންޝާ ﷲ” ސުމައްޔާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ. އޭނާ ހިތްހަމަޖެހުނީ ޢަބްދުއްރަޙްމާން އެ ބުނި އެއްޗެއްގެ އެހީގައި އެ ނުބައި މީހަކީ ކާކުކަން ހޯދުމުގެ ފުރުސަތު ފަހިވީމައެވެ. އޭނާ ލަސްނުކޮށް ގޮސް ވަނީ ކޮޓަރިއަށެވެ.
ކަބަޑު ހުޅުވައިފައި އެއިން ފިތަކަށް އޮބާލުމާއި އެކު ތިރިން ބައެއް ކެހިގެން ދިޔައެވެ. ސުމައްޔާ އޭގައި ކޯޑެއް ޖަހާލައިފައި ހުޅުވާލަމުން އެތެރެއިން ނެގީ ލެޕްޓޮޕެކެވެ. އެ ހުޅުވާ ފައިލްތައް ހާވާލައިފައި ވަދެލީ 2009 ވަނަ އަހަރުގެ އަލިފާނުގެ ހާދިސާ އިން ޑޮކިޔުމެންޓަށެވެ. މަރުވި މީހުންގެ ލިސްޓު ނަގައިފައި އޭނާ އެ މީހުންގެ ޒާތީ މަޢުލޫމާތަށް ބަލައިލިއެވެ. ކަލްޕްރިޓަކަށް ވެދާނެހެން ހީވާ މީހުން ފާހަގަ ކޮށްފައި އޭނާ އެއިން ޑިޖިޓަލް ބޯޑެއް ހުޅުވާލިއެވެ. އޭގައި ވަނީ އޭނާ ސިލްވިޔާގެ މަރާއި ގުޅޭގޮތުން ލިބިފައި ހުރި މައުލޫމާތުތައް ތަރުތީބުކޮށް ލިޔެ ކުލަކުލައިން ޝޯޓް ނޯޓްސް ހަދައިފައެވެ.
“ބުޝްރާ ހަމީދު. އަހުމަދު ހަކީމް. އިބްރާހިމް ޝާފިއު.” އެ މީހުންގެ ފޮޓޯ ތަކާއި އެކު ސުމައްޔާ އެ ބޯޑަށް ބަދަލުތަކެއް ގެނައެވެ. “މިއިން މީހަކު ފެނޭތޯ ބަލަންވީ. އެ ހާދިސާގަ ނިޔާވި މީހުންގެ ތެރެއިން ޝައްކު ކުރެވިދާނެ ކަހަލަ މީހުންނަކީ މިއީ.” ދެލޯ ހަނިކޮށްލައިގެން ސުމައްޔާ އެއަށް ބަލަން އިރުކޮޅަކު އިނެވެ. އޭނާ އަނބުރާ ދާން ތެދުވީ ބޭރުން ޢަބްދުއްރަޙްމާން ގޮވާ އަޑު އިވުމުންނެވެ. އަވަސް އަރުވާލަމުން ލެޕު ލައްޕާ އެތެރެއަށް ލައިފައި އޭނާ އެތަން ހުރި ގޮތަށް ރުޖޫޢަކުރިއެވެ. ދެން ދުވެފައި ނުކުތީ ބްރޭކް ގަޑި ހަމަވެފައިވާ ކަން ރެއަކާ ލުމުންނެވެ.
އަށްގަޑި ފަންސާސް ވުމާއި އެކު އަރީން ގޮނޑިން ތެދުވެ ގެއަށް ދާން ތައްޔާރުވެލިއެވެ. ކޮނޑުގައި ދަބަސް އަޅުވާލައިފައި ނުކުންނަނިކޮށް އެ ކެބިން ހުޅުވާލައިފައި އެތެރެއަށް ވަނީ އޭނާ އެންމެ ފަހުން ހަވާލުވި ކޭސް ކްލައިއެންޓެވެ. އައީ މުހިންމު ކަމަކު ކަމަށް ވުމުން އޭނާ މޭޒު ދޮށުގައި އަނބުރާ އިށީނެވެ. އެ މީހާ ވާހަކަ ދައްކަމުން ދިޔަ ވަގުތު އަވަސް އަރުވާލަމުން އޭނާ ލެޕު ނަގައި ލިޔުންތަކަކަށް ބަދަލު ގެނައުމުގައި މަޝްޣޫލުވެލިއެވެ. ދެފައި ތަޅުވާލަ ތަޅުވާލާ އިން އިރު އަރީން ދޭތެރެއަކުން ގަޑި ބަލައިލައެވެ. ލަސްވެދާނެހެން ހީވުމުން އޭނާ އިނީ ކަންބޮޑުވެފައެވެ.
“ސުއްބޫހް. އަޅެ ދެން ކިހިނެއް ހަދާނީ.” ކްލައިއެންޓް ޝުކުރު އަދާކޮށްލައިފައި ނުކުމެގެން ދިޔަ އިރު އަށެއް ޖަހައިފިކަން އެނގުމުން އަރީން ހާސްވިއެވެ. އެ ކެބިނުން އޭނާ ނުކުތީ ދުވެފައެވެ. ލިފްޓަށް އަރައިފައި އޭނާ ވިސްނަމުން ދިޔައީ ޒަވިއަނަށް ޖަވާބުދާރީ ވާނެ ގޮތަކާއި މެދުގައެވެ. ލިފްޓު ތިރިއަށް ހުއްޓުމުން އޭނާ އެ ޢިމާރާތުން ބޭރަށް ނުކުތީ ވެސް ދުވެފައެވެ. އެ ތަނުގައި ތިބިހާ ބައެއްގެ ނަޒަރު އޭނާއަށް އަމާޒު ވެފައި ހުރިކަން އެނގުމުން އަރީން ލަދުގަތެވެ. އެހެނަސް ލަސްވާ ކޮންމެ މިނެޓަކަށް ޒަވިއަންގެ ރުޅިގަނޑަށް ޕެޓްރޯލް އެޅޭނެކަން އެނގޭތީ އޭނާ އަށް އެ ނޫން ގޮތެއް ނެތެވެ.
“އަންހެނާ! ކަލޭ ކީއްވެގެންތަ އެހާ ލަހުން ނުކުތީ؟ އޭނ. އަހަރެންނަކީ ނުހަނު ބިޒީ މީހެކޭ. އެހެން ބޭކާރުވާ އެންމެ މިނެޓެއް ވެސް އަލުން އިއާދަ ކުރެވޭނެތަ؟ ސިކުންތުކޮޅެއް ވެސް ނޫން. ބަރާބަރު ހަތަރު މިނެޓް ލަހުން މި ކާރަށް އެެރޭ ވަރު ތި ވީ.” އަރީން ކާރަށް އެރުމާއި އެކު ޒަވިއަން އެއްޗެހި ކިޔައިގަތެވެ. “ސޮރީ. ދެން މިކަން ތަކުރާރު ވިޔަަކަ ނުދޭނަން.” އިސްޖަހާލަމުން އަރީން ބުނެލިއެވެ. ޒަވިއަން ހުއްޓާ އޭނާއަށް ލަހުން އާދެވުނު ފުރަތަމަ ފަހަރަކީ މިއީ އެވެ.
ގެއަށް ވަދެފައި އަރީން ފުން ނޭވާއެއް ލިއެވެ. މައްޗަށް އަރާ ހެދުން ބަދަލު ކޮށްފައި އޭނާ ތިރިއަށް އައީ ކާށެވެ. ހާސްވެފައި ހުރުމުން އޭނާ އަށް ކާން ވެސް އުނދަގޫވިއެވެ. ކެވުނީ ކުޑަ އެތިކޮޅެކެވެ. ބަނޑުހައި ވިޔަސް ކާހިތް ނުވަނީއެވެ. އާފިޔާމެންނަށް އެ ކަން ފާހަގަވެގެން ސުވާލެއް ކޮށްފާނެތީ އޭނާ އިނީ ކަންބޮޑުވެފައެވެ. ކެއި ތަށި ދޮވެލުމަށް ފަހު ލަސްނުކޮށް އޭނާ މައްޗަށް އެރިއެވެ. އަރީން ގޮސް ސޯފާގައި އިށީންހެނެއް ހިޔެއް ނުވެއެވެ.
އިވުނީ ބޯކޮށް ވާރޭ އޮއްސާލި އަޑެވެ. ދުވާލު ހިޔާ އަޅައިފައި ހުރި ވިލާތަކުގެ އަސަރު އެ ދައްކާލީ ރޭ ވުމުންނެވެ. ޒަވިއަން އަންނާނެ އިރަކަށް އިންތިޒާރު ކުރަން އަރީން ނިޔަފަތި ހަފާލަ ހަފާލާ އިނެވެ. ޒަވިއަން އައުމުގެ ކުރިން ނިދާކަށް އޭނާއަށް ލާހިކެއް ނޫނެވެ. އޭރުން ލިބޭ އަދަބުގެ ހޫނުކަން އިތުރުވާނެއެވެ.
އަރީން ގެއަށް ލައިފައި ޒަވިއަނަށް އަނބުރާ ތިންވަނަ ފިޔަވައްސަށް ދެވުނީ ދާން ޖެހޭ ވަރަށް ވުރެ ލަހުންނެވެ. މުހިންމު މީޓިން އަކަށް ގަޑި ޖެހިގެން އާދެވުމުން ޒަވިއަން ހައްތަހާ ރުޅިގަދަވިއެވެ. ބައްދަލުކުރަން ޖެހުނީ ވެސް ޒީލަގަދަ އަންހެނަކާއި އެވެ. އެ އަންހެން މީހާ ހިތްހަމަނުޖެހިފައި ހުރުމުން މީޓިން ނިމިގެން ދިޔައީ ވެސް ޒަވިއަން ބޭނުންވި ގޮތަކަށް ނޫނެވެ. ބައްދަލުވުން ނިމުމުން މީހުން އެ ތަނުން ނުކުމެގެން ދިއުމުން ޒަވިއަނަށް މޭޒުގައި ބާރަށް އަތުން ޖަހާލެވުނެވެ.
އެގާރަ ޖެހުމާއެކު ކާރަށް އެރި އިރު ވެސް ޒަވިއަންގެ ރުޅިގަނޑު ތާޒާކަން މަތީ ދެމި ހުއްޓެވެ. ސަރަކައަށް އެތިފަހަރެއް ވީއްލާލައިފައި އޭނާ އެ ގިޔަރަށް ލައި ދުއްވާލިއެވެ.
ޒަވިއަން އައިސް ކޮޓަރިއަށް ވަން އިރު އަރީން ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނާއަށް މަޑު ޖެހެވުނީ ދުން ޖަހައިފައި އެ ދިމާލަށް ޒަވިއަން އައުމުންނެވެ. އަރީނަށް ހަމައެކަނި ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނީއެވެ.
“ކަލެއަށް އެނގޭތަ މިއަދު ލަހުން ނުކުތީމަ އަހަރެންގެ މަސައްކަތަށް ލިބުނު ގެއްލުން. އޭނ! ދެން ދުވަހަކުވެސް ލަސް ވެގެން ނުވާނެ. މިއަދު އެ ކަން ވިސްނެން ޖެހޭނެ.” އަރީންގެ އަތު ކުޑަހުޅުގައި ހިފާ ދަމަމުން ޒަވިއަން ދިޔައީ ބެލްކަންޏާއި ދިމާލަށެވެ. އެ ތަނަށް ވަންނަން ހުރި ބިއްލޫރި ދޮރު ކަހާލައިފައި އޭނާ އަރީން ބޭރަށް ހޫރާލިއެވެ. އޭރު ވެސް ހުއްޓުމެއް ނެތި ވާރޭ ވެހެމުން ދިޔައެވެ.
“ޒެވް. ތިހެން ނުހަދާ. މި ވާރޭ ތެރެއަށް ދޫކޮށްނުލާ. ހެޔޮނުވާނެ މި ދޮރު ހުޅުވާ.” ޒަވިއަން ލައްޕާ ތަޅުލި ދޮރުގައި ތަޅަމުން އަރީން އާދޭސް ކުރިއެވެ. ޒަވިއަންގެ ހިތަށް އެކައްޗެއް ވެސް ނާރައެވެ. އެ ބޮލަށް ސަވާރުވެފައިވާ އަލިފާން ރުޅީގެ ހޫނުކަމުން އަރީން ވިރުވާލާން ތައްޔާރަށް ހުރި ކަހަލައެވެ. ދޮރު ފޮތި ކަހާލައިފައި ގޮސް އޭނާ ނިދަން ތައްޔާރުވެލިއެވެ.
އެ ބެލްކަންޏަކީ އެއްވެސް ވަރަކަށް ހިޔާ ނުކޮށް ހުންނަ ތަނަކަށް ވުމުން އިސާހިތަކު ވެހެމުން ދިޔަ ވާރެއިން އަރީން އެކަށް ތެމި ފޯވިއެވެ. ދޭތެރެއަކުން ޖަހާލާ ބާރު ގުގުރީގެ އަޑަށް އެ ހިތް ނުހުއްޓި ހުންނަނީ ކިރިޔާއެވެ. ގިސްލަ ގިސްލައިފައި ރޮމުން އޭނާ ތިރީގައި އިށީނެވެ. ބެލްކަނީގެ ބިއްލޫރި ދޮރުގައި މޫނު ޖައްސާލައިގެން އޭނާ ބަލި އަޑަކުން ޒަވިއަނަށް ގޮވަމުން ދިޔައެވެ. ޖެހެމުން ދިޔަ ބާރު ވައި ރޯޅިތަކުގެ ފިނިކަމަށް ހީގެންފައި އިން ވަރުން އަރީން ދިޔައީ ތުރުތުރު އަޅަމުންނެވެ. ގައިގައި ހެދުން ތަތްލަވައިފައި ވުމުން އޭނާގެ ބައްޓަން ހުރީ ވަރަށް ރަނގަޅަށް ހާމަ ވާށެވެ. އިހުގައި ހިމަތޮޅިކޮށް ހުރި ކުއްޖާ ފަލަވެފައި ހުރި ސަބަބު އެ ހުރީ ފެންނާށެވެ. ހަ މަހަށް އަޅައިފައިވީ ބަނޑުގައި އަތް އަޅާލައިގެން އަރީން އެ ދޮރުގައި ޓަކި ޖަހަމުން ދިޔައީ ޒަވިއަންގެ ހިތަށް ކޮންމެވެސް ރަޙުމެއް ވަދެގެން އައިސް ހުޅުވާލާނެ ކަމުގެ އުންމީދުގައެވެ. އެހެނަސް… އެހެނަސް ޒަވިއަނަކީ އަރީނަށް ރަޙުމް ކުރާނެ މީހެއް ހެއްޔެވެ؟ މި ހުރިހާ ދުވަހަކު ނިކަމެތި އަރީނަށް ބަހާއި އަމަލުން އެތައް ގޯނާއެއް ކުރަމުން ދަނީ އެ ހިލަ ހިތުގައި ރަޙުމާއި ކުލުނުގެ ކުނޑިފުށެއްގެ މިންވަރު ވެސް ނެތީމަ ތާއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.







Mi part ves Vrh Reethi MA!!!!
Alhey Zev dhn ehn nuhadhaba reen ah..
Omg she is pregnant😱
By the way I am first
Curiously waiting for next part
Whn nxt????
Lysm and Tc my dear
Yea u first 😄😄
IA next Tuesday
Shukran Alaika_22 ✨✨
Lyt darl 🫶🏻🫶🏻
How many episodes total?
It will be over 80 for sure
Shukran Anonymous ✨✨
Mibai varah salhi
Issey calling sumee “my fathafolhi” is so sweet☺️
Zevian ves dho dhen 😔
Areen ethereah vahdhaba🥺
Efakeerah thihen nahadhabala
When next???
Curiously waiting!!!!
I forgot to write my name hehe
Dhw, he should stop this abuse 😭😭
IA next Tuesday
Shukran Diva_gurly ✨✨
Oh! For the very first time reen aa nubehi e dhookohllee! Keep up the gud work naail👏
Sumy you will nail it!! But atleast reen aa ehkoh kuriyah dhanya I think it’ll be way easy to catch the culprit!
OMG reen’s preg dhw?😳
But zavian how dare he😡!!! She did not tell him about this dhw?
Btw when next?
Loved this part sm💗
Yea, areen is pregnant. Zev gaathu adhi buni hen hiyeh nuvey dhw
IA next Tuesday
Shukran Your fav bab ✨✨
Mi part vx varah Reethi Masha Allah…
Ehenveema, Sumee ah ehn hedhi meehunge thereyga, Naail ge Atheh vx vey dhww?? Foohi meeheh huvaa 🙄. Aaan E eee hama Ihusaan ge moyakan, emeehun gaathu Sumee aaa rahtehi vi vaahaka bunumaky, kurevunu moya kameh, hehehe 😂 Fathafolhi and Ummathul vabaa, will never be forgotten, 😂 Dhnnn Zevvvv, Reeen ah ehn nuhadhabala 😭💔 Soo reen hama preg eee dhw??? Zev akah neynge dhw reen preg kameh vx?? Shaina kairy ehn bunyas, 6 mas vaairu Reen ah preg Kan neyngieh nuhunnaane kanneynge dhw, dhn keevve baa E sirru kurany, 😩 Sooo curious 🤨
When Nexxxt??? Curiously waiting for the next part… Appreciate your hard work 🥰
Lyssm 🤍
Hmm, naail ge atheh ves vey ekamuga
Hehe, glad to know that they won’t be forgotten 😄😄
Yeaa, she’s pregnant. Ofc she’ll know if she’s pregnant, just hiding it from others for some reason
IA next Tuesday
Shukran Shiu for ur unwavering support ✨✨
Lyt darl 🫶🏻🫶🏻
Shukran Your fav bab ✨✨
Mi part ves varah reethi. Aww areen is pragnant. Zavian! You dont deserve to live. Areen alhey zavian dheke thihaa varah loabi nuve zavian nidhaafa ovva alifaan jahaa andhaalaba pls. Aww sumee and isse soo cute. Nail dhww areen ah biru dhekkee ? Cant wait to see what will happen? Curiously waiting for next part???
Yea naail ge atheh vey areen ah birudhehkumuga
Shukran Miss jennie ✨✨
Yooo.. Apparently fathafolhi is a bad word ekoa.. Locally or whatever.. But when my sis used it my mum was like where you learning those bad words from n yh she said it IS a bad word. What do you say??
Idk if it has any other meaning. If it does have a bad meaning, eii alhugandah ekan neyngi liyevifa 😭😭
Mi vhk ga fathafolhi beynun kohfa in maana akee dhivehin hedhikaa akah hadhaa baavathah, dhe gothakah hadha ehnu foni fathafolhi and kulhi fathafolhi. So I hope u understand this context and use that meaning for this story’s character sumee instead of any other meaning
Shukran Unknown 000057 ✨✨
I’ve decided to change her nickname for next eps. Thi bunaahen double meaning eh ovedhaane thaa alhugandah neyngunas
Thnx for letting me know, Unknown 000057 ✨✨✨
So that do has a double meaning glad to know I’m a help📌
True. That is a bad word! I did not say anything cuz ik white rose e word beynun kuranee kon mana ehga Kan. So yh respect Ur decision 🫡