Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތަށް ލޯބިދޭށޭ- 14 ބައި

Twinklebean Level 110 Stories
January 27, 2026 4 Mins Read
0 Comments

ހޮސްޕިޓަލުގެ މައިދޮރުނެ ވަދެގެން ދިޔައިރު އެތަނައް ވެރިވެފައިވާ ހަލަބޮލިކަން ފެނުނެވެ. އަވަސްއަވަހައް ބޮލުގައި ރަބަރު އައްސާލީމެވެ. މި ދެތިން ރެޔަކު ރަނގަޅައް ނުނިދޭތީ މީހާ އިތުރައް ވެސް ވަރުބަލިހެން ހީވެއެވެ. މިވަގުތުގައި ވެސް އޭނާޔައް ވިސްނެނީ ހަމަ މިޝީއާއި މެދުއެވެ. އެދެމެދައް ވެރިވެފައި އޮތް ހަމަހިމޭންކަމަކީ މީގެ ކުރިން ދުވަހަކުވެސް ވެފައިވާ ކަމެއްނޫނެކެވެ.

“ޑރ އެލައިރާ” ނަރުހަކު އަވަސް އަވަހަށް ގޮވާލިއެވެ. “އެމަޖެންސީ. ފާސްޓް. އުމުރުން ސާޅީސް އަހަރުގެ ފިރިހެނެއް. ޝައްކު ކުރެވެނީ އެއޯޓިކް ޑިސެކްޝަން ކަމަށް.”

އަހަރެންގެ ޚިޔާލުތައް ވަގުތުން އެއްފަރާތްކޮއްލީމެވެ.. “ލެޓްސް ގޯ” އަހަރެން ހިނގައިގަންނަމުން ބުނެލީމެވެ.

އޮޕަރޭޝަން ތިއޭޓަރ ތެރެޔައް ވަދެގެން ދިޔައިރު އަހަންނަައް މުޅި ދުނިޔެ އެއްކޮއް ފަނޑުވެގެންދިޔަ ކަހަލަގެ އިހްސާސެއްކުރެވުނެވެ. އެތަނުގައި މެޝީނަތަކުގެ އަޑު ފިޔަވައި އިތުރު އަޑެއްނެތެވެ. މުޅި މާހައުލުގެ ސީތިއަސްކަން ފެނި ކުޑަކޮއް ނުތަނަވަސްވެސް ވިއެވެ. ނަމަވެސް މިހާރު އެފުރާނަ އެ ބަރޯސާވަނީ އަހަންނާއި އަހަރެންގެ ޓީމަށެވެ. އަދި އޭނާގެ އާއިލާ މީހުންވެސް މެއެވެ. ދެއަތައް ދެ އަންގި ލެއްވުމަައްފަހު ޕޭޝެންޓްއާއި ދިމާއައް ބޮކި ދިއްލާލީމެވެ.

“ލެޓްސް ބިގެން ” އަހަރެންގެ އިރުޝާދައް ދެންތިބި ނަރުހުންނާއި ޑޮކްޓަރުން މަސައްކަތް ފެށިއެވެ.


ހޮސްޕިޓަލް ކުރިމަތީގައި ހުއްޓިލައިގެން ކައިލް ހުއްޓެވެ. އެތަނައް ދާން ކައިލް ނިންމީ ހަމަ ކުއްލިއަކަށްށެވެ. ހެނދުނުއްސުރެ އޭނާގެ ޙީޔާލުގައި ވަނީ އެލައިރާއެވެ. . އޭނާ އަމިއްލަ ނަފްސަށް އެއީ އެއްވެސް ކަމެއް ނޫން ކަމައް ވިސްނައިދިން ނަމަވެސް މިއަދު ހަމަ އެހިތައް ކުޑަކޮއްވެސް ހަމަޖެހުންލިބޭ ގޮތެއް ނުވިއެވެ.. މިއަދު ހަމަ އެހިތް އެލައިރާ ދެކެން ބޭނުންވަނީއެވެ. މޮޔައެއްހެން ދެކޮޅު ދެކޮޅައް ހިނގަން މިހާރު އެތާ ހުންނަތާވެސް 10 ވަރަކައް މިނެޓް ވެދާނެއެވެ. ހޮސްޕިޓަލައް ވަންނަ ކޮންމެ މީހެއް ކަހަލަ ގޮތަކައް ކައިލްއައް ބަލާލައެވެ. ހީވަނީ ވާނުވާ ނޭނގިފައި ހުރި މީހެއްހެންނެވެ. އަތުން ބޯ ކަހާލުމައްފަހު ފުންނޭވާއެއް ދޫކޮއްލީ ހޮސްޕިޓަލް އެތެރެޔައް ވަންނަމުންނެވެ. ބޭރުގައި ކިތެންމެ ވަރަކައް ހުއްޓަސް އެލައިރާ ނުފެންނާނެކަން އެނގޭތީއެވެ.

ހޮސްޕިޓަލުގެ ތެރެއަށް ފިޔަވަޅު އެޅި ވަގުތު އެންޓިސެޕްޓިކްގެ ވަސް ވައިގެ ތެރޭގައި އެނބުރެމުން ދިޔަކަމުގެ އިހްސާސް ކުރެވުނެވެ. . ޑޮކްޓަރުން އަވަސް އަވަހަށް ހަރަކާތްތެރިވަމުން ދިޔައިރު، ނަރުހުންވެސް  މަޑުޖެހުމެއް ނެތި އޭނާގެ ކައިރިން ހިނަގުންދިޔައެވެ.. އެއީ އޭނާގެ އަމިއްލަ ދުނިޔެއާ މުޅިން ތަފާތު ދުނިޔެއެއް ކަން ކައިލްއައް ވިސްނުނެވެ.

“އެކްސްކިއުޒް މީ.. ޑރ.އެލައިރާ އެބައިޅުއްވައިތޯ؟” ކައުންޓަރު ދޮށުގައި އިން ކުއްޖަކާއި ކައިލް ސުވާލުކޮއްލިއެވެ.

އެކުއްޖާ ސްކްރީނަށް ބަލާލުމައްފަހު، ދެން ކައިލްއައް ބަލާލިއެވެ. “ޝީ އިޒް އިން ސާޖަރީ.”

“އޯހް”….އެލައި އޯކޭތަ؟

އެކުއްޖާ ޖަވާބު ދިނުމުގެ ކުރިން ފުންނޭވާއެއް ދޫކޮއްލިއެވެ . “ވަރަށް ހައި ރިސްކް އޮޕަރޭޝަނެއް. ވަރަށް ސީރިއަސް.. މިހާރު ވެއްޖެ ގަޑިއިރެއް އޮޕަރޭޝަން ރޫމްގަވީތާ.”

އެބަހުން ކައިލްގެ ހިތް ކުޑަކޮއް ނުތަނަވަސްވާންފެށިއެވެ. އޭނަ ހިތާއި ހިތުން އެލައިރާޔައް މިކަން ކާމިޔާބުވާނެކަމައް އެދި ދުއާ ކޮއްލިއެވެ. އަދި މަޑުމަޑުން އައިސް ވެއިޓިން އޭރިޔާގައި ހުރި ގޮޑިއަކު އިށީންދެލިއެވެ.

އޭގެ ގާތްގަޑަކައް އިރުކޮޅެއް ފަހުން އޮޕަރޭޝަން ރޫމްގެ ދޮރު ހުޅުވުނެވެ. ކައިލްއައް ކުއްލިޔަކައް ގޮނޑިން ތެދުވެވުނެވެ. ” އެލައި..” ކޮޓްރިން ނިކުތް އެލައިރާޔައް ބަލަންހުރެ ކައިލްއައް ބުނެވުނެވެ.


ގާތްގަނޑަކައް 1 ގަޑިއިރާއި އިރުކޮޅެއް ފަހުން އޮޕަރޭޝަން ނިމުމަކައް އައެވެ. ” ގޮޑް ޖޮބް އެވްރީވަން. ޕޭޝަންޓް އިސް ސްޓޭބަލް.” ތިއޭޓަރގައި ތިބި އެންމެންނައް މަރުހަބާ ކިޔަމުން އެލައިރާ އަންގި ނަގާލިއެވެ. އަދި ރީތިކޮއް އަތް ދޮވެ ސާފުކޮއްލުމައްފަހު އޮޕަރޭޝަން ރޫމްއިން ނިކުނަން ހިނގައިގަތެވެ.

ތިއޭޓަރުން ނުކުތްއިރު ހުރީ  މީހާ މުޅިން ވަރުބަލިވެފއެވެ. ދެލޯ މަރާލަމުން ފާރުގައި ކުޑައިރުކޮޅަކު ލެނގިލީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ދުރުގައި އަހަންނާއި ދިމާއައް ބަލަހައްޓައިގެން ހުރި ކައިލްއެވެ.

” ކައިލް މިތާ ކީއްކުރަނީބާ… އަންނަ ވާހަކައެއްވެސް ނުބުނޭ” އަހަންނައް ހިތާއި ހިތުން ބުނެލެވުނެވެ.

އެލައި… ނިމުނީދޯ.. ހައު ވޯޒް އިޓް؟…. ކައިލް ބުނެލިއެވެ.

“ ކައިލް މިތާ ކީއްކުރަނީ؟” ކައިލްގެ ސުވާލައް ޖަވާބުދިނުމެއްނެތި އަހަންނައް ފުރަތަމަވެސް އަހާލެވުނީ މިހެންނެވެ.

“އެމަޖެންސީއެއްގަ ހުރި ވާހަކަ އަޑުއެހިން” ކައިލް ޖަވާބު ދިނެވެ. “އެހެންވެ އަންނަންދެކައް މިތާ ވެއިޓް ކޮއްލީ… ހޯޕް ޔޫ ޑޯންޓް މައިންޑް މީ ހިއާރ.. އެލައި ވޯރކް ގަ ބިޒީ ކޮއް އުޅޭތީވެ މިއައީ… ބޯ ހަމަޖައްސާލަންވެސް ވާނެއްނު..”

“އަހަންނަށް ނޭނގުނު ކައިލް އަންނާނެ ކަމެއް” އަހަރެން ބުނެލީމެވެ..

އޭނާ ކުޑަ ކޮނޑު އަރުވާލިއެވެ. “އެލައި އަހަރެން ގާތު ނުބުނަމެއްނު އަންނާކައް…. އެކަމްވެސް އޯކޭ.. މިހާރި މިއައީނު.”

ކައިލްގެ ރާގުން އަހަންނައް ފާހަވީ އެންމެކަމެކެވެ. ..ސަޕޯޓް..

“އެކަމް.. ކީއްވެ..؟ މީގެ ކުރިން މިގޮތަކައް ނާދޭ… އަނެއްކާ.. ނޫން… އެހެންނެއް ނުވާނެ…”

“ހިނގާ ބޭރައްދާން.. ކަމެއްނެތިއްޔާ..” ޙީޔާލުތަކުން ނިކުމެވުނީ އަނެއްކާވެސް ކައިލް އަހަންނާއި ވާހަކަދެއްކުމުންނެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ. އަދި ކައިލްއާއި އެއްކޮއް ހޮސްޕިޓަލުން ނިކުތީމެވެ.

ކުޑައިރުކޮޅަކައް ދެމީހުންގެ މެދުގައި ހަމަހިމޭންކަން ވެރިވިއެވެ. ހީވަނީ ދެމީޙުންވެސް ކަމަކާ ވަރައް ފުންކޮއް ވިސްނަމުން ދިޔަހެންނެވެ. ކުޑައިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރުމައްފަހު އިސްވެ ފުރަތަމަ ވާހަކަ ދެއްކީ ކައިލްއެވެ.

“އެންގޭޖްމަންޓުގެ ސަބަބުން އެއްވެސް ކަމެއް ބަދަލުނުކުރިޔަސް އޯކޭ،” ކައިލް ބުނެލިއެވެ. “މިބުނީ ޑިއުޓީ ޝެޑިއުލްތައް. ދިރިއުޅުން. އެއްވެސް ކަމެއް… އެލައިއަށް އެނގެން ބޭނުންވެދާނެތީ މިބުނީ..”

ނޭނގިހުރެ އަހަންނައް ހިނގުން ހުއްޓާލެވުނެވެ. އެވަގުތު ކައިލްވެސް ފަސްއެނބުރި އަހަންނާއި ދިމާއަށް ބަލާލިއެވެ.

“އަހަރެން ބޭނުމެއް ނޫން އަހަރެންގެ ސަބަބުން އެލައިއަށް ކުޑަކަމުގެ އިޙްސާސްވާކައް..”ކައިލް މަޑުމަޑުން ކުރިއަށް ގެންދިޔައެވެ.

އެލައިރާއަށް އެއްޗެކޭ ނުިުބުނެވުނެވެ. ހީވީ ކަރުގައި އެއްޗެއް ތާށިވިހެންނެވެ. މީގެ ކުރިން އެއްވެސް މީހަކު އެހެންނެއް ނުބުނެއެވެ. ބަލަނީ އަބަދުވެސް އަހަރެން މީ ވަރައް ދަށް މީހެއްކަން އަންގައިދިނުމަށެވެ.

“ކައިލްއަށް އަދި އަހަރެން ރަނގަޅަކައް ނުވެސް އިނގެއެއްނު.. ދެން ކީއްވެ ތިހެން ތިބުނީ..” އެލައިރާގެ އަޑު ނިކުތީ ވަރަށް މަޑުންނެވެ.

ޖަވާބުދިނުމުގެ ކުރިން ކައިލް އަހަންނާއި ދިމާއައް ބަލާލިއެވެ. ” އެލައިތީ ކާކުކަން އަހަންނައް އިނގޭ…. ކޮންމެ ދުވަހަކުވެސް އެތެއް ފުރާނަޔެއް ސަލާމަތްކުރޭ.. އެލައި މަސަތްކައް ކުރާ ވަރު ދުރުގައި ބަލަންހުންނަ ކޮންމެ މީހަކައްވެސް އެނގޭނެ.. އެންޑް… މިހާ ހިސާބައް އާދެވޭނީވެސް ހާދަ ހިތްވަރެއްކޮށްގެންނޭ… އެލައިއައް ބަލާލީމަ އިނގޭ ތީ ވަރައް ހިތްވަރުގަދަ ކުއްޖެއްކަން..” ކާރުގެ ދޮރު ހުޅުވާލަމުން ކައިލް ބުނެލިއެވެ.

އަނެއްކާވެސް އަހަރެންގެ އަނގަ ބަންދުވިއެވެ. ބުނާނެ އެއްޗެއް ނޭނގުމުންނެވެ. އެހާ އޯގާތެރިކޮއް މީހަކު ވާހަކަދެއްކުމުން އެލައިރާ އިނީ ހައިރާންވެފައެވެ. އަމިއްލަ ބައްޕަވެސް އެވަރު ނުދަންނައިރު ކައިލްއައް އެކަންތައް ފާހަގަވާންނީ ކީއްވެހެއްޔެވެ؟.. މި ފަހަކައް އައިސް އަބަދުވެސް ކޮންމެސް އެއްޗެކޭ ކިޔައި އަހަންނައް ތައުރީފްކުރެއެވެ. އަމިއްލަ އާއިލާވެސް ނުކުރާވަރަށްށެވެ.

ޙިޔާލުތައް އެއްފަރާތްކޮލުމައްފަހު އަހަރެން ކައިލްގެ ކާރައް އެރީމެވެ. އަހަރެން އަރަންދެން ކާރުގެ ދޮރުގައި ހިފަހައްޓައިގެން ކައިލްހުރިކަން ރެޔަކާލީވެސް އެވަގުތުއެވެ. “ސޮރީ… ” އަހަންނައް ބުނެވުނެވެ.

“މީކީ ސޮރީ ބުނާވަރުގެ ކަމެއްނޫނޭ…” ހިނިތުންވެލަމުން ކައިލް ބުނެލިއެވެ.

އެޔާއެކު ކައިލްވެސް ކާރައް އަރައި ހަމަޖެހިލިއެވެ. ކާރުގެ އިންޖީން ސްޓަރޓްކުރަން އުޅެނިކޮއް ކުއްލިއަކައައް ކައިލްއައް ފޯނެއްއައެވެ. އޭނާ ސްކްރީނަށް ނަޒަރު ހިންގާލިއެވެ. އެއީ ކޮންފަރެންސް ކޯލެކެވެ. އޭނާގެ ބައްޕައާއި މުހައިމީންގެ ކޯލެކެވެ. ކުޑަކޮށް މޫނު ކުނިކޮށްލަމުން ކައިލް ފޯނު ނެގިއެވެ.

“އެލައިރާ އިޒް ވިތް މީ” ތެދުވެރިކަމާއެކު ކައިލް ބުނެލިއެވެ.

“ތިހެންވިއްޔާ އަދި މާ ރަނގަޅުަ” އަމްޖަދު ޖަވާބު ދިނެވެ. “ތިދެކުދިންނައް ވާހަކަދައްކާލަން މިގުޅީ.. އެލައިރާޔައް ނުގުޅިގެން އުޅެނިކޮއް ތިބުނީ އެބައިނޭ ކައިރީގަ…”

“ދެން ކިޔާބަ.. ކިހިނެތްވީ..” ކައިލް ބުނެލިއެވެ. އޭގެ ފަހުން ދެން އައީ މުހައިމީންގެ ތޫނު އަޑެވެ.

“ކައިވެނީގެ ކަންތައް މިހާރު ހަމަޖައްސައިފީން.. ދެން އިތުރައް އެންމެ ދުވަހެއްވެސް ލަސްކުރާކައް ނެތިން… 21 ޖުލައި 2026. މާނައަކީ މާދަން ނޫން އަނެއްދުވަހު.”

އެލައިރާގެ ނޭވާ އަވަސްވިއެވެ.. ” ކީކޭތިކިޔަނީ ބައްޕާ…؟”

“ދެ އައުޓްފިޓް ވެސް ގަނެފިން. ކައިލްގެ ސޫޓާއި އެލައިރާގެ ކައިވެނީގެ ހެދުން މިރޭ ގެއަށް ޑެލިވަރީ ކޮށްދޭނެ.”  އަމްޖަދު ކުރިއަށް ގެންދިޔައެވެ.

“އެހާ އަވަހަށް… ކީއްވެ އަހަރެމެންނާ ކުރިން މިވާހަކަ ނުދެއްކީ؟ ކައިވެނި ކުރަނީ އަހަރެމެން ދެމީހުންނެއްނު.. އެހެންވީމާ އެކަން ކުރިޔައް އެނގެންވެސް ޖެހޭނެދޯ… އަހަރެމެންގެ މަޝްވަރާވެސް ލައިގެން…” ކައިލް ވާހަކަދެއްކިއެވެ.

“މީ އެންމެ ރަނގަޅު ވަގުތް.. ތިދެމީހުން އެދިގެން މިކަން ކުރަންޏާ ވަރައް ގިނަ ދުވަސްތަކެއް ބޭކާރުވާނެ..” މުހައިމީން ބުންޏެވެ. “އިތުރައް ދެން އެންމެ ދުވަހެއްވެސް ލަސްކުރާކައް ނެތިން…” އެޔާއެކު ކޯލް ކެނޑިއްޖެއެވެ.

ކައިލް މަޑުމަޑުން ފޯނު ޖީބައްލިއެވެ. ކުޑަ ސިކުންތުކޮޅަކަށް ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެން ކައިލް އެނބުރުނީ އެލައިރާޔާއި ދިމާއަށެވެ.

“ސޮރި … އަހަންނަކައް ނޭނގުނު މިކަމެއް މިހެން ނިންމިކަމެއް…”

އޭރު އެލައިރާގެ ދެއަތް ތުރުތުރު އަޅަމުން ދިޔައެވެ.

“މާާދަން ނޫން އަނެއް ދުވަސް..” އަދިވެސް ގަބޫލުނުކުރެވޭ ހާލު އެލައިރާ އެބަސްތައް ތަކުރާރުކުރަމުން ދިޔައެވެ. ގޮތްހުސްވެފައި ކައިލްއައް ވެސް އިނދެވުނީ އެލައިރާގެ ކޮންމެ ހަރަކާތެއްވެސް ބަލާންށެވެ.

“އައި އެމް ސޮރީ” ކައިލް ބުނެލިއެވެ. “ކުރިން އެނގުން ނަމަ އެލައި ކައިރީ ބުނީމުސް…”

“އަހަރެން މިއުޅެނީ ރަނގަޅަށް ނޭވާލާން ވެސް ތައްޔާރު ނުވެވިގެން.. ދެން ކިހިނެތް  މީހެއްގެ އަނބަކަށް ވާން ތައްޔާރުވާނީ؟” ފެންކަޅިވެފައިހުރެ އެލައިރާޔައް ބުނެވުނެވެ.

ކުޑައިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރުމައްފަހު ކައިލް ވާހަކަދެއްކިއެވެ.

“މަޑުމަޑުން ދަސްކުރާނީ އެލައި.. “އަހަންނާ އެކު ޕްރިޓެންޑް ކޮއްގެން އުޅޭކަށް ނުޖެހޭނެ”

އެލައިރާޔައް ކައިލްއާއި ދިމާއައް ބަލާލެވުނެވެ.

“އަހަރެން އެލައިއަކައް އެއްވެސް ކަމެއްކުރާކައް އަމުރެއްނުކުރާނަން… އެހެން ހުރިހާ ކަމެއް މިގޮތައް ދިޔަސް…. އެލައިއައް ޓައިމް ދޭނަން.. އިނގޭ މިވަގުުތު ވަރައް ބައިވަރު އެއްޗިސް ހިތައް އަރާނެކަން.. ރުޅިވެސް އަންނާނެ.. ދެރަވެސް ވާނެ.. އެކަމް.. އޭގެން އެއްވެސް ކަމެއް އަހަރެންގެ ކުރިމަތީގަ އެލައި ނުޖެހޭނެ ފޮރުވާކައް…”

ކައިލްގެ ވާހަކައިގާއި ވި އޯގާތެރިކަން އިވުމުން އެލައިރާ ކުޑަކޮއް ހަމަޖެހުނެވެ. ނަމަވެސް ހިތް ބިރުގަންނަނީ ވަގުތު ކުޑަތަންވެފައި ވީއިރު ކުޑަކޮއްވެސް ކައިވެންޏައް ތައްޔާރުވެވިފައި ނުވާތީއެވެ.

 

 

 

 

 

ދ

Share Article

Follow Me Written By

Twinklebean

Level 110 Stories

Other Articles

Previous

ތިޔަ ނަން މި ހިތުގާ

Next

ދެވުނީ ވޭނޭ 39

Next
January 27, 2026

ދެވުނީ ވޭނޭ 39

Previews
January 26, 2026

ތިޔަ ނަން މި ހިތުގާ



All Right Reserved!