Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބޮޑީގާޑު 9

Ara
Ara Level 210 Stories100 Comments
January 21, 2026 2 Mins Read
8 Comments

ޕާޓީ ނިމި މެހެމާނުން ދިޔައިރުވެސް ޒިމާމް ހުރީ ހަމައަކަށް ނޭޅިއެވެ. އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީ އެންމެ ފަހުން ފެނުނު މެސެޖާއި ޕާޓީއިން ފެނުނު ހިޔަންޏެވެ.

ޒިޔާދު ހުރީ ޒިމާމްގެ އަމަލުތަކުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. “ދަރިފުޅާ. ކިހިނެއްވެގެން ތި އުޅެނީ؟” ޒިޔާދު ހަރުކަށިކަމާއެކު އަހާލިއެވެ.

“މުޅި މާލޭގެ އިއްޒަތްތެރިންގެ ކުރިމަތީގައި ކަލޭ ތި ސާބިތުކޮށްދިނީ ކަލޭގެ ސިކުނޑި ހަމަނުޖެހޭކަން. ޒޭން މަރުވެއްޖެ. އޭނަގެ ވާހަކަ ދެން އިތުރަށް ދައްކަން ނުހަދާ.” ޒިމާމް އިސްޖަހާލިއެވެ. އޭނާ އަށް ދެންމެ ދިމާވި ހާދިސާ ކިޔައިދޭން ޒިމާމްގެ ހިތަށް އެރިއެވެ. ނަމަވެސް މިހާރު އިތުބާރު ކުރެވެނީ ހަމައެކަނި އިނާއަށެވެ.

ޖެހިގެން އައި ދުވަހު ޒިމާމް އޮފީހަށް ނުގޮސް ގޭގައި މަޑުކުރިއެވެ. އޭނާ އިނާ ގާތަށް ގޮސް އޭނާގެ ހިތުގައި އޮތް ބިރުވެރިކަން ހިއްސާކުރަން ފެށިއެވެ. “އިނާ. އަހަރެން ހީކުރީ ހުރިހާ ކަމެއް ނިމުނީ ކަމަށް. އެކަމަކު އަހަރެންގެ ފޯނަށް މެސެޖު އެބައާދޭ. ޒޭންގެ ނަމުގަ.” ޒިމާމްގެ އަޑު ތުރުތުރުލައެވެ. “އިނާއަށް ޔަގީންތަ އޭނާ މަރުވިކަން؟”

އިނާ ޒިމާމްގެ އަތުގައި މަޑުމަޑުން ހިފާލިއެވެ. “އަހަރެން އަމިއްލައަށް އޭނާ ގަޔަށް ބަޑިޖަހާ ކަނޑަށް ވައްޓާލިތަން ދުށީމެއްނު. ތީ ކޮންމެވެސް މީހަކު ޒިމާމް ބިރުގަންނަވަން ކުރާ ކަމެއް. ޒިމާމްގެ ހުރިހާ ސިއްރުތަކެއް އެނގެނީ ކާކަށް؟” ޒިމާމް ވިސްނާލިއެވެ. “ބައްޕައަށާއި.. އަހަރެންގެ އެންމެ ގާތް ސެކިއުރިޓީ ގާޑުންނަށް.”

“ފަހަރެއްގައިވެދާނެ އެއްނު އެމީހުންގެ ތެރެއިން މީހަކު ޒިމާމްގެ ބާރު ކަނޑުވާލަން އުޅެނީ ކަމަށް ވެސް. ހުރިހާ ސިއްރު ފައިލްތަކެއް ހުރީ ކޮންތާކު؟ އެތަން ރަނގަޅަށް ބަލާ.”

ޒިމާމް ވަގުތުން އޭނާގެ ކޮޓަރީގައި ހުރި ސޭފް ހުޅުވާލިއެވެ. އޭގެތެރޭގައި ހުރީ ޒިޔާދުގެ ވިޔަފާރީގެ ހުރިހާ ސިއްރުތަކެވެ. ހުރިހާ އެއްޗެއް ހުރީ ހަމައަށެވެ. ނަމަވެސް އެ ފައިލްތަކުގެ މަތީގައި ހުދު ފިނިފެންމަލެއް އޮތެވެ. ޒޭން އަކީ އަބަދުވެސް ހުދު ފިނިފެންމަލަށް ލޯބިކުރާ މީހެކެވެ.

ޒިމާމް ސޭފް ލައްޕާލާފައި ބިންމަތީގައި އިށީނެވެ. “އޭނާ އެބަހުރި. އޭނާ މި ގޭގެ ތެރޭގައި އެބައުޅޭ.” ޒިމާމް ހަޅޭއްލަވައިގަތެވެ. ޒިމާމްގެ ހަޅޭކުގެ އަޑަށް ޒިޔާދު ދުވެފައި ކޮޓަރިއަށް ވަނެވެ. ބިންމަތީގައި އިށީނދެގެން ބިރުން ގޮސް ހަލާކުވެފައި އިން ޒިމާމް ފެނުމުން ޒިޔާދުގެ މޫނުމަތިން ރުޅިވެރިކަން ފެނުނެވެ. އޭނާގެ ނަޒަރު ކޮޓަރީގައި ހުރި އިނާއަށް ހުއްޓުނެވެ. އިނާ ހުރީ ވަރަށް ހައިރާންވެފައެވެ.

“ކިހިނެއްވީ؟” ޒިޔާދު ހަރުކަށިކަމާއެކު އަހާލިއެވެ.

ޒިމާމް ތުރުތުރުލާ އަތަކުން ސޭފްއާ ދިމާލަށް އިޝާރާތް ކުރިއެވެ. “ބައްޕާ.. އޭގެ ތެރޭގައި އޮތީ ހުދު ފިނިފެންމަލެއް. ޒޭން… ޒޭން މިތަނަށް ވަދެއްޖެ.”

ޒިޔާދު ސޭފް އަށް ބަލާލިއެވެ. އޭގައި މަލެއް އޮތެވެ. އޭނާ އެ މާ ނަގައި ޗިސްކޮށްލިއެވެ. “މީ ކޮންމެވެސް މީހެއްގެ ސަމާސާއެއް. ޒޭންއެއް މިތަނަކަށް ނާދޭ.” ޒިޔާދު ފަސްއެނބުރި އިނާއަށް ބަލާލިއެވެ. “މި ހުރިހާ ކަމެއް ފެށުނީ މި އަންހެން ކުއްޖާ މިގެއަށް އައި ފަހުން. ޒިމާމް ކަލޭ މޮޔަވިޔަސް އަހަރެން މޮޔައެއް ނުވާނެ. މީ މީނަގެ ރޭވުމެއް.” ޒިޔާދު ވަގުތުން އޭނާގެ ސެކިއުރިޓީންނަށް އަމުރުކުރިއެވެ. “އިނާގެ ފޯނާއި އޭނަގެ ކޮޓަރި އަދި އޭނަގެ ހުރިހާ އެއްޗެއް ޗެކްކުރޭ. ކުޑަވެސް ސިއްރެއް ފެނުނަސް އޭނާ މިތަނުން ދިރިހުއްޓާ ނުނިކުންނާނެ.”

ސެކިއުރިޓީން އިނާގެ އަތުން ފޯނު އަތުލައި އޭނާގެ ކޮޓަރި އެފުށް މިފުށަށް ޖެހިއެވެ. އޭނާ ހުރީ އެއްވެސް ޖެހިލުމެއް ނެތި ބަލަހައްޓައިގެންނެވެ. ސެކިއުރިޓީންނަށް އެއްވެސް އެއްޗެއް ނުފެނުނެވެ. ފޯނުގައި ހުރީ ހަމައެކަނި އޭނާގެ އާއިލާގެ މީހުންނާ ދައްކާފައި ހުރި ވާހަކަ އާއި އާދައިގެ މެސެޖުތަކެވެ. ޒިޔާދު ހިތްހަމަނުޖެހިފައި އިނާއަށް ބަލާލިއެވެ. “ކަލޭ ވަރަށް ހުޝިޔާރު. އެކަމަކު ހަނދާންކުރާތި އަހަރެން ކަލެއަށް ފާރަވެރިވާނަން.”

ޖެހިގެން އައި ދުވަސްތަކުގައި ޒޭންގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އެއްވެސް ބިރުވެރި މެސެޖެއް ނާދެއެވެ. ޒިމާމްގެ ހިތުގައި އޮތް ބިރުވެރިކަން މަޑުމަޑުން ފިލައި އޭނާގެ މުޅި ސަމާލުކަން އިނާއަށް ހުއްޓުނެވެ. އޭނާއަށް ހީވަނީ އިނާގެ ސަބަބުން އޭނާގެ ހަޔާތަށް ހަމަޖެހުން ލިބޭހެންނެވެ. ޒިމާމް މިހާރު ގިނަ ވަގުތު ހޭދަކުރަނީ އިނާ އާއިއެކުގައެވެ. އޭނާ އިނާއަށްޓަކައި އަގުބޮޑު ހަދިޔާތައް ގެނެސްދެއެވެ. ޒިމާމްގެ ހިތުގައި އިނާއަށްޓަކައި އުފެދިފައިވާ ޝައުގުވެރިކަން ވަނީ ވަރަށް އިތުރުވެފައެވެ.

“އިނާ. އަހަރެން މިއަދު ވަރަށް ހިތްހަމަޖެހިއްޖެ.” ޒިމާމް ބަގީޗާގައި އިނާއާއެކު އިށީނދެލައިގެން އިނދެ ބުންޏެވެ. “އެ ބިރުވެރިކަން މިހާރު ފިލައިފި. އަހަރެން ބޭނުމީ އިނާ އަބަދުވެސް އަހަރެންގެ ގާތުގައި ހުންނަން. ރަށަށް ދާން އޮތީ ދެން އެންމެ ދެ ދުވަސް ދޯ؟ އެކަމަކު އަހަރެން ބޭނުމެއް ނޫން އިނާ ފޮނުވާކަށް.” އިނާ އިސްޖަހާލިއެވެ. “ޒިމާމް. އަހަރެންގެ އާއިލާ އިންތިޒާރުގައި ތިބޭނެ. އަހަރެން ދާންޖެހޭނެ. އެކަމަކު ޒިމާމް ބޭނުންވެއްޖެ ކޮންމެ ވަގުތަކު އަހަރެންނާ ގުޅޭނެ.”

ޒިމާމް އިނާގެ އަތުގައި ބާރަށް ހިފާލިއެވެ. އޭނާގެ ދެލޮލުން ފެންނަނީ އިނާގެ މައްޗަށް އޭނާގެ ހިތް ކިޔާފައިވާ މިންވަރެވެ. އޭނާގެ ހިތުގައި ޒޭންގެ މަރުގެ ހިތާމައެއް ނެތެވެ. އޮތީ ހަމައެކަނި އިނާގެ ރީތިކަމަށް ހިތްދީގެން އުޅޭ މީހެއްގެ އުފާވެރިކަމެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Ara
Follow Me Written By

Ara

Level 210 Stories100 Comments

A girl with a passion for reading and writing. Check out my story's "Hiy Nuruhenee Ey" "Loabi Vaavaru Neyngenee Hey" "Laika" "E Biruveri Rey" "Kaiveni" "Dhathuru" "Maidhaitha" "Meesmedia" "Loabi" "Inthizaaru" "Masthu" Don't miss my latest series "Hiy Kalaa Ah Edheythee" A dangerous love story between a criminal and a nurse. "Bodyguard": A journalist seeking justice and a bodyguard sent to silence her. Share your feedback to help me improve in the future. .ފާޑުކިޔުމަކީ ލިބޭ ކުރިއެރުމެކެވެ

Other Articles

Previous

ސާރާ 14

Next

މިހިތައް ލޯބިދޭށޭ- 13 ބައި

Next
January 21, 2026

މިހިތައް ލޯބިދޭށޭ- 13 ބައި

Previews
January 21, 2026

ސާރާ 14

8 Comments!

  1. 😶‍🌫️Raajiha 😶‍🌫️ says:
    January 21, 2026 at 12:26 pm

    Me first
    Alhey what is happening 😭
    Zeyn ekam Maru vejje ennu?? Then why??
    Is he a ghost 👻 or something?
    Curiosity waiting for the next episode
    Lysm girl

    1. Ara Ara says:
      January 21, 2026 at 4:53 pm

      Thank you 😊🫶🏻

  2. 😶‍🌫️Raajiha 😶‍🌫️ says:
    January 21, 2026 at 3:25 pm

    Ummm request eh kollantha

    1. Ara Ara says:
      January 21, 2026 at 4:53 pm

      Yes

  3. Anaa says:
    January 21, 2026 at 5:23 pm

    Bring zayn back i miss him already. I love how Ina went from being a victim to being the person zimam feels safe with. She’s such a strong character. Can’t wait for next part ❤️👏🏻👏🏻

  4. 😶‍🌫️Raajiha 😶‍🌫️ says:
    January 21, 2026 at 7:43 pm

    6 mins read story eh genevidhaanetha next time
    2 or 3 mins is way too short 😭

    1. Ara Ara says:
      January 21, 2026 at 8:35 pm

      I’m sorry about it. Already series liye nimifa inee and reyga adhi notice vee part 9 and 10 varah short koh liyevifa inee.

  5. Anonymous says:
    January 21, 2026 at 7:44 pm

    Yeah 2 to 3 mins too short 😭😭😭

Comments are closed.

Next Episodeބޮޑީގާޑު 10←


All Right Reserved!