
އަބަދުވޭ ހިތުގާ މަގޭ 2 (28)

“ނިޝް ވީތަނެއް ނޭނގިގެން ޔީޝާ އެބައުޅޭ. ދޭބަލަ އެގެއަށް ޔީޝާ ކައިރިއަށް. ޒެލް ދާނަން އިންޝާ ﷲ އިރުކޮޅަކުން ނިޝް ގޮވައިގެން.” ގާތުގައި އިން އުޔޫނާ ގާތުގައި އެހެން ބުނެ ރައިޒެލް ސްޓޭޝަނުން ނިކުމެގެން ދިޔައެވެ.
މެރިފައި ވީ ދެލޯ ހުޅުވާލެވުން އިރު ނިޝްވާގެ ބޮލަށް ބަރުވެފައިވީ ވަރުން ދެލޯ މަރާ ބާރު ކޮއްލެވުނެވެ. ކޮނޑާއި ދިމާލުގައިވެސް ތޫނު ތަދެއް ވިއެވެ. ބޮލުގައި އަތް ޖައްސާލަން އުޅުމާއި އެކު މުޅި ހަށިގަނޑުގައި ހީބިހި ނަގައި ގަތެވެ.
(28 ވަނަ ބައި)
“އާހްހްހްހް” ގަންނާ ކުރެއްވީ ބިރުން ނިޝްވާ އަށް ހަޅޭ ލަވައިގަނެވުނެވެ. އޭނާ ހުރީ ފައި ބިމުގައި ޖެހޭ ވަރަށް ވުރެ މާ މަތީގައެވެ. އަނދިރި ކަމަށް ހޭނެން އޭނާ ވަގުތު ކޮޅެއް ނެގިއެވެ. އެއާއި އެކު އޭނާ ހުރީ ނިކަ ގަހެއްގައި އެލުވާފައި ކަން އެނގުނެވެ. ދެއަތް މައްޗައް ނަގާ އެލުވާފައި ވީ އިރު ގަހުގެ އަޅޯތައް ފަދައިން ނިޝްވާގެ ހަށިގަނޑު ހޫރެމުން ދިޔައެވެ.
“މީހެކޭ… ހެޔޮނުވާނެ އަޅުގަނޑު ސަލާމަތް ކުރޭ. ސުބްހާނައްﷲ ޔާ ރައްބީ އަޅުގަނޑު ސަލާމަތް ކޮއްދީ. މަންމާ… ބައްޕާ…” ރޮމުން ރޮމުން ނިޝްވާ ވާހަކަ ދައްކަމުން ދިޔައެވެ. އޭރު އޭނާގެ އަޑު ވެސް ކުރެހެމުން ދިޔައެވެ. އެއަޑ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.