Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 27

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
December 23, 2025 8 Mins Read
20 Comments

“ބައްޕާ. އަޅުގަނޑު ބޭނުން ސުވާލެއް ކޮށްލަން. ޖަވާބު ދެވިދާނެތަ؟” ބަތްތަށި ހުސްކޮށްލައިފައި އަރީން ވަރަށް ސީރިޔަސް ރާގެއްގައި އެއްސެވެ. “ކީއްވެގެންތަ ޖަވާބު ނުދެވޭނީ.” ޒިޔާދު ބަތް ސުވާއެއް ނަގަމުން ބުނެލިއެވެ. އަރީން އިނދެފައި ކޮށްލި ސުވާލަކުން އާފިޔާ ސިހިގެން އިދިފުށަށް ނުވެއްޓުނީ ކިރިޔާއެވެ. ޒިޔާދު ކާން ނެގި ބަތް ސުވާ ވެސް އޭނާގެ އަތުން ދޫވެގެން ތަށި ތެރެއަށް ވެއްޓުނެވެ.

“ޑައިމަންޑް ސްކައިގެ ރިސޯޓުތަކާއި ހޮޓެލްތައް ބްލޫ ވޯޓާސްގެ ބާރުގެ ދަށަށް ދިޔައީ ކީއްވެ؟” އަރީން އަނެއްކާވެސް އެސުވާލު ތަކުރާރު ކޮށްލިއެވެ. “އެއީ… ރީއްކޮ… ކީއް…ކީއްކުރަން ބަލާ އެއްޗެއް.” އާފިޔާ ހާސްވެފައި އިނދެ އެއްސެވެ. “ޖޮބްގެ ކަމަކަށް އެ މައުލޫމާތު ބޭނުންވާތީ.” އަރީން ރައްދުގައި ބުނެލިއެވެ. “އެއީ އަސްލު. ކިޔަވައިދޭ ތަނެއް ހުޅުވަން ބޭނުން ވާތީ. ރިސޯޓު ވިޔަފާރި ހިންގަން ބޭނުން ނުވީމަ.” ޒިޔާދު އޭނާގެ ނިތްކުރީގައި ބަބުޅަމުންދިޔަ ދާ ތިކިތައް ފުހެލަމުން ހަމަޖެހިލިއެވެ. އަރީން ހުސް ތަށި ހިފައިގެން ތެދުވީ ޝައްކެއްގެ މަތީގައި ހުރެއެވެ.

ނިދަން ލާ ކަހަލަ އަތްދިގު ސްވެޓާއަކާއި ފުއްޕި ހަރަވާޅެއް ލައިގެން އަރީން އިށީނީ ސޯފާގައެވެ. ދަބަހުން ލެޕު ނަގައިފައި އޭނާ ނެޓު ހާވަން ފެށީ ޑައިމަންޑް ސްކައިގެ ރިސޯޓުތަކާއި ހޮޓެލްތައް ބްލޫ ވޯޓާސްގެ ނަމުގައި ރީބްރޭންޑް ކުރެވިގެން ދިޔަ ސަބަބު އެނގޭތޯއެވެ. އެ މަސައްކަތް ވެގެން ދިޔައީ ކަނޑަށް ވެއްޓުނު ތިނޯހެއް ހޯދުން ކަހަލަ ކަމަަކަށެވެ. ހިލާ ރަނގަޅު މައުލޫމާތެއް ލިބޭ ކަމަކަށް ނުވިއެވެ. އޭނާ ކެނެޑާގައި އުޅުނު ފުރަތަމަ އަހަރު ހަމަ ކުއްލިއަކަށް ހުރެފައި އެ ތަންތަން ރީބްރޭންޑް ކުރެވިގެން ދިޔައީއެވެ.

އަރީން ލެޕު ލައްޕާލީ ޒަވިއަން އައިސް ކޮޓަރިއަށް ވަނުމުންނެވެ. ދަބަސް އެއްފަރާތް ކޮށްލައިފައި އޭނާ އިސް އުފުލާލާ ބަލައިލީ ޒަވިއަންގެ އަސަރުގަދަ ލޮލަށެވެ. “ކާން… ހަދަން ވީތަ؟” މާޙައުލުގައިވީ ނުތަނަވަސްކަމުގެ ސަބަބުން އަރީނަށް ވާހަކަ ދައްކަން ވެސް އުނދަގޫވިއެވެ. ޒަވިއަން ނޫނެކޭ ބުނެ ފަރުވާކުޑަ ނަޒަރެއް ދެމުން ގޮސް ވަނީ ފާޚާނާއަށެވެ. އަރީން ސޯފާގައި އޮށޯތީއެވެ.

ޒަވިއަން ފާޚާނާއިން ނުކުތުމާއި އެކު ކޮޓަރި ތެރޭގައި ފެތުރުނީ ޝަވަރ ޖެލްގެ މީރު ވަހެވެ. ޓްރެކްޝޫޓަކާއި އެކު ބޮލުން ފެން ފޮޅަމުން ގޮސް އޭނާ ވޯޑްރޯބުގެ ދޮރުގައި އަޅުވާލެވިފައިވާ ޓީޝާޓު ނަގައި ބޮލަށް މަހާލިއެވެ.

“އަމްމް… ޖޮބްގަ އުޅޭ އިރު އަޅުގަނޑަށް…” ޒަވިއަން އެނދުގައި އިށީނުމުން އަރީން އަނގަ ހުޅުވާލީ ނާއިލް އޭނާ އަށް ގޯނާ ކުރާ ވާހަކަ ބުނާށެވެ. “ކަލޭ އިއްވާ ފަތިވަރު އަހާކަށް ވަގުތެއް ނެތް. އަނގަ މަޑުންލައިގެން މަޑުން އޮވޭ. އެހެން ނޫނީ..” އެހާ ވަރުން ކަށިން ހިތްވަރު ނެރެގެން އަރީން ވާހަކަ ދައްކަން މަސައްކަތް ކުރުމުން ވެސް ޒަވިއަން އެކަން މަނާ ކޮށްލިއެވެ. އަރީން ތުންފަތް ކަނޑައިގެން ދާހާ ބާރަށް ދަތް އަޅާލަމުން ދެލޯ މަރާލީ ޒަވިއަންގެ އަޅާލުން ކުޑަކަން އިޙުސާސްވުމުން ވީ ދެރަައިންނެވެ. އެ ހިތަށް ލިބެމުންދާ ވޭނާއި ހިތްދަތިކަން ބަޔާން ކުރަން ދައްޗެވެ.

“މިހާރަކަށް އައިސް މި ގޮލާއާއި އެއްކޮށް ކޮފީއަކަށް އެރިއަސް ފާޑެއްގެ ފަތަފޮޅިގަނޑެއްގެ ވާހަކައެއް ނޫން އެހެން ވާހަކައެއް ދެއްކޭ ކަމަކަށް ނުވޭ. ކޮންކަހަލަ ނަމެއްތަ އެއީ.” ލީވާން ވީ ފޫހިން ކަރު އެލުވާލިއެވެ. “ދެން އެ ވަރަށް ނަފްރަތުކުރެވޭ މީހެއްގެ ވާހަކަ އެއްނު ދެއްކޭނީ. ޒެވް ގަނޑު ވެސް ބިޒީ ކަމުން ލޮލަށް ފެންނަނީ އެއް ނޫން. ހުރި މީހެއް ގާތުއެއްނު ދެއްކޭނީ.” އިޙުސާނު ރައްދުގައި ބުނެލިއެވެ. “ދެން ދޭބަލަ ގޮސް ތި ގޮއްޔެ އާއި އިނދެގެން އޭނާ އާ ވާހަކަ ދައްކަން. މަ ހާދަ ފޫއްސެއް ވެޔޭ ތިޔަ ފަތިވަރު އަހަން.” ލީވާން އިޙުސާނުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. “އަޗި. ދުނިޔެއިން އަންހެނުން ހުސްވިޔަސް އޭނާ އަކާ ނީންނާނަން. އިލެވެން އޯ. ގައިމު ބްރޯ ވެސް ފަންސަވީސް ވީ އިރު ތި ހުރީ ހުސްހަށިބަޔަށް. ޒެވް ވެސް މީހަކާ އިނދެފި.” އިޙުސާނު އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

“ޒެވް ބޭނުންވެގެންނެއް ނޫނޭ އެ ކައިވެނި ކުރީ. ޒިޔާދުބޭމެން އެރޭންޖް ކުރި އެއްޗެއް. ހުރިހާ ދެރައެއް ރީނަށް.” ލީވާން އެހެން ބުނެލީ މަޑުމޮޅިވެފައި އިނދެއެވެ. އިޙުސާނުގެ ދެބުމަ ގާތްވީ އެހެންވެގެންނެވެ. “ރީން. އޯހް އަރީން ދޯ އެ އަންހެން ކުއްޖާގެ ނަމަކީ. އެ ޒެވް ގަނޑު އަންހެން ކުދިންނަށް ހިތްހަރު ވިޔަސް ހިޔެއް ނުވޭ މާ ވަރު ކުރާނެހެންނެއް.” އިޙުސާނު ބުނެލިއެވެ.

“ރީން ނޫން އެހެން އަންހެން ކުއްޖެއް ނަމަ ތިޔަހެން ވެދާނެ. އިއްސޭ ހަނދާނެއް ނެތްތަ އެ އަރީން މަތިންނެއް. އެއީ އަޒާޔާގެ ކޭސްގެ ޕްރައިމް ސަސްޕެކްޓް. ޒެވް އެންމެ ނަފުރަތު ކުރާ ފަރާތް އެއީ.” ލީވާން ބުނެލިއެވެ. “އޯހް **. މަ ހަނދާން ނެތިފަ މި ހުރީ. ކަލޯ ގަޔާ ސަޓަންޏާ. އެ ޒެވް ފަހެއް ނުޖެހޭނެ އަރީން މަރާލަން ވެސް. ކިހިނެއް ހަދާނީ؟ ރީނާއި ވާހަކަ ދައްކައިގެން އެ ގުޅުން ރޫޅާލެވޭތޯ ބަލަންވީ ކަންނެ.” ލީވާން ބުނި ވާހަކަ ހަނދާނަށް އައުމުން އިޙުސާނު އަރީނާއި މެދު ހަމްދަރުދީ ވެއްޖެއެވެ.

ދެން ވެސް ތަފާތު ވާހަކަތައް ދައްކައިފައި ދެމީހުން ވަކިވެލިއިރު އެގާރަ ވެސް ޖަހައިފާނެއެވެ. އިޙުސާނު އޭނާގެ ކާރުގައި ދިޔައީ ފުރަތަމަ ފިޔަވައްސަށެވެ. އޭނާ އުޅޭ ފުލެޓުގެ ޕާކު ކުރާ ބަޔަށް ގޮސް ކާރު ޕާކުކޮށްލިއެވެ. ކާރު ލޮކް ކޮށްލައިފައި އޭނާ ކާރުން ފޭބިއެވެ. ކާރު ލޮކް ކޮށްލުމަށް ފަހު ތަޅުދަނޑި ޖީބަށް ލީ ވަގުތު ފޯނު ރިންގުވާން ފަށައިފިއެވެ. ޖީބުން އެ ނަގައި ބަލައިލިއިރު ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. އޭނާ ދެ ފިކުރެއްްގައި ހުރެފައި ފޯނު ނެގިއެވެ. ދެން ފެނުނީ އަލުން ކާރަށް އަރައިފައި ދުއްވުނު އެންމެ ބާރަކަށް ދުއްވާލި މަންޒަރެވެ.

ސްޕީޑް 120 ލައިގެން އިޙުސާނު ދުއްވައިފައި ގޮސް ދެވަނަ ފިޔަވަހީގެ ސްޓެލްކޯ ފުލެޓު އަށާރައަށް ހުއްޓާލައިފައި އޭނާ ކާރުން ނުކުތެވެ. އޭނާ ދުވެފައި ގޮސް އެ އިމާރާތުގެ ތެރެއަށް ވަދެ ލިފްޓަށް އަރައިފިއެވެ. އަށާރަ ވަނަ ފުލޯއަށް ދާން އެ ފިތަށް އޮބާލައިފައި އޭނާ ފޯނުނަގާ ބަލައިލިއެވެ. ދިހަ މިނެޓް ތެރޭގައި މި ހިސާބަށް ފުލުސް ޓީމެއް ފޮނުވޭނެ ކަން ޔަޤީންކުރެވުމުން އޭނާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ލިފްޓު ހުއްޓުމުން އޭނާ ހޯދާލީ ނަންބަރު އަށެއް ފެނޭތޯއެވެ. އެ ޔުނިޓާއި އަރާ ހަމަކޮށްފައި ދޮރުގައި ޖެހި ޖެހީނުން ހަލާކުކޮށްލައިފިއެވެ. ދޮރު ހުޅުވައިފައި އޭނާ ގޮސް އެ ތަނުގައި ހުރި ކޮޓަރި ގަނޑަކަށް ވަނެވެ. އޭނާއަށް ފެނުނީ ކިރިޔާ އޮރިޔާން ނިވާވާ ވަރުގެ އަންހެން ކުއްޖެއްގެ ގަޔަށް އަރަން މަސައްކަތް ކުރަމުން ދިޔަ ފިރިހެނެކެވެ. އެ މީހާގެ ކިބައިން ސަލާމަތްވުމަށް އެ އަންހެން ކުއްޖާ ދިޔައީ ގަދަހަދަމުންނެވެ. އެ ކުއްޖާގެ މޫނު ނުފެންނާތީ އެއީ ކާކު ކަމެއް ނޭނގުނެވެ.

“އޭތް” އިޙުސާނު ހަޅޭއްލަވައިގަނެފައި ގޮސް އެ ފިރިހެނާގެ ގައިގައި ހިފާ ދަމައިގަތެވެ. ދެން ފެނުނީ އެ ދެމެދުގައި ވަރުގަދަ ތަޅާފޮޅުމެއް ހިނގައިދިޔަ މަންޒަރެވެ. އެހެނަސް މާކަ ގިނައިރެއް ނުވަނީސް އިޙުސާނު އެ ފިރިހެނާ ނޮކްއައުޓް ކޮށްލައިފިއެވެ. ދެން ތެދުވެ އެ އަންހެން ކުއްޖާ އަށް އަވަސް ނަޒަރެއް ދިނެވެ. ބްލެންކެޓް އޮޅާލައިގެން އިން އަންހެން ކުއްޖާގެ މޫނު ފެނުނީ ދެނެވެ. ދެ ބުމަ ގޮށް ޖަހާލެވުނީ ވެސް އެހެންވެގެންނެވެ. ބިރުން ތުރުތުރު އަޅަމުން ދިޔަ އިރު އެ ދޮން މޫނު ވަނީ ހުދުވެފައެވެ. އެހާ ވެސް އެކްޓް ކުރަން މޮޅެވެ.

“ސެން… މިތަނުން އަހަރެން ގެންގޮސްދީ… ޕްލީޒް. އޭނާ… އޭނާ އަނެއްކާވެސް ތެދުވެދާނެ.” ނައުރިީން އިޙުސާނުގެ އަތުގައި ހިއްޕެވެ. އިޙުސާނު އެ އަތް ފޮޅުވާލައިފައި އަނެއް ފަރާތަށް އެނބުރުނެވެ. “އިރުކޮޅަކުން ފުލުހުން އަންނާނެ. އެމީހުން އައިމަ ވާހަކަ ދައްކާ.” އިޙުސާނު ބުނެލިއެވެ. “ސެން. އަހަ…އަހަރެން ބޭނުމެއް ނޫން ބޭރުން ބަޔަކަށް މިކަން އެނގޭކަށް. އޭރުން އަހަރެންގެ އަގު ވެއްޓޭނެ.” ނައުރިީން އަނެއްކާވެސް އިޙުސާނުގެ އަތުގައި ހިއްޕެވެ. އޭރު އެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.

“ނައުރިީން ބޭނުން ގޮތެއް. އެ އައީ ކަންނެ ފުލުހުން. އެމީހުން ކަލެއާ ހަވާލުވާނެ. އަހަރެންގެ އަތުން ދޫކޮށްލާ.” އިޙުސާނު އަމުރުވެރި ރާގަކަށް ބުނެލިއެވެ. އެހެން ބުނުމުން ނައުރިީން ސިހިފައި އެ އަތުން ދޫކޮށްލައިފިއެވެ. އެ ވަގުތު އެ ކޮޓަރިއަށް އައިސް ވަދެގަތީ ފުލުސް ޓީމެކެވެ. ފަސް ދީފައި އިޙުސާނު ނުކުތް ގޮތުން ވެސް ނައުރިީންގެ ހިތް ވީދި ފިސްފިސް ވެއްޖެއެވެ. މިފަހަރު ދެރަވެގެން ލޮލުން ކަރުނަ އޮހޮރެން ފެށީ ފޭކު ކަމެއް ނެތިއެވެ. އިޙުސާނުގެ ލޯތްބަށް އެދި އޭނާ ދެން ކުރަންވީ ކޮން ކަމެއް ހެއްޔެވެ؟

ނައުރީން އެ ރޭ ފުލުސް އޮފީހުން ނުކުތީ އެކެއް ޖަހަން ގާތްވެފައި ވަނިކޮށެވެ. އޭނާގެ މިލައިފައިވާ މޫނު ހީވަނީ މޮޅީގެ ތަސްވީރެއް ހެންނެވެ. ނާއިލްގެ އަތުގައި ހިފައިގެން ގޮސް އޭނާ ކާރަށް އަރައިފިއެވެ. “ދޮންތީ. ކޮއްކޮ ބުނަމެއްނު ގާތުގައި ބޮޑީގާޑެއް ބަހައްޓާށޭ. ކިރިޔާނުން ތި ސަލާމަތްވީ.” ނާއިލް ކާރު ދުއްވާލަމުން އޭގެ ލޯކޮޅުން ނައުރީނަށް ބަލައިލިއެވެ. ނައުރީން އެކައްޗެއް ވެސް ނުބުނެ ގެއްލިފައި އިނީއެވެ. މިއަދު ވަރަށް ރަނގަޅަށް އޭނާގެ ހިތުގައި ޖެހިއްޖެއެވެ.

“އަނބުރާލާ. ގެންގޮސްދީ އާރޓިފިޝަލް ބީޗަށް.” ވަކި ހިސާބަކުން ނައުރީން އެންގިއެވެ. އެއްޗެކޭ ބުނަން އުޅެފައި ވެސް ނާއިލް ހުއްޓާލީ ނައުރީންގެ ދެ ލޮލުގައި ވިދަމުން ދިޔަ ހިތާމަ ފާހަގަކުރެވުމުންނެވެ. އާރޓިފިޝަލް ބީޗު ކުރިމައްޗަށް ކާރު ހުއްޓާލުމާއި އެކު ނައުރީން އެއިން ފޭބިއެވެ. “ފަހަތުން ނާންނާތި.” ވޭނީ އަޑަކުން އަމުރެއް ކޮށްލައިފައި އޭނާ ދުވެފައި ގޮސް އެ ތަނުގެ ތެރެއަށް ވަނެވެ. ނާއިލް ކާރު ދުއްވާލީ އެހެން ދިމާލަކަށެވެ.

ނައުރީން ގޮސް އިށީނީ ހިލަތަކުގެ މަތީގައެވެ. އޭގެ އެއް ފަރާތުގައި މޫދެވެ. އަނެއް ފަރާތުގައި މާ ސިންގާ ކަނޑެވެ. ގާތަކުގެ މަތީގައި އިނދެ އޭނާ ހިފަހައްޓައިގެން ހުރި ކަރުނަތަކަށް ދުލެއް ދިނެވެ. ކަކޫ މޭގައި ޖައްސާލައިގެން އޭނާގެ މެޔަށް ބާރުކުރަމުން ދިޔަ ވޭނަށް ލުޔެއް ލިބޭތޯ މަސައްކަތް ކުރިއެވެ. ލޯތްބަކީ ހަމަ މިހާ ހިތި އެއްޗެއް ހެއްޔެވެ؟ އޭނާއަށް އިންތިހާ ދަރަޖައިގެ މުއްސަނދި ކަމާއި މީހުންގެ އިޙުތިރާމް ލިބުނެވެ. ދުނިޔޭގައި އޭނާގެ ނަން މަޝްހޫރެވެ. އެހެނަސް ލޯބީގައި އޭނާ ތަކުރާރުކޮށް ނާކާމިޔާބު ވަނީއެވެ.

އެތައް އިރަކު ރޯން އިނދެފައި ނައުރީން ކޮޅަށް ތެދުވިއިރު އެ ދެލޯ ވަނީ ރަތް ވެފައެވެ. ދިރުން ނެތިގެން ގޮސްފައިވާ އެ ދެލޮލުގެ ތެރޭގައި އެތައް ހާސް ހިތާމައެއް އެކުލެވިގެން ވިއެވެ. އޭނާގެ ދޫކޮށްލެވިފައިވާ އިސްތަށިގަނޑު ވަޔަށް ވިހުރެމުން ދިޔައެވެ. އެ ކަށިތައް ތޮރުފާލާ ފަދަ ފިނިކަމަށް ކެތްނުވެގެން ތުރުތުރު އަޅަމުން ދިޔަ ދެ ތުންފަތާއި އެކު އެ ތުނި ހަށިގަނޑު ވެސް ރޫރޫ އަޅަމުން ދިޔައެވެ. ކުރިމަތީގައި ފެންނަން އޮތް މާ ސިންގާ ކަނޑަށް ނަޒަރު ހުއްޓާލައިގެން ހުރެ އޭނާ އެ ދިމާއަށް ފިޔަވަޅު އަޅަން ފެށިއެވެ. ބަލާލާ މީހަކަށް އޭނާ އެ ހުރީ ރަނގަޅު ވިސްނުމެއްގައި ނޫން ކަން އެނގޭނެއެވެ. ގާތަކުގެ ކޮޅުގައި ހުއްޓިފައި އޭނާ އިސްޖަހާލަމުން ބަލައިލީ ކަނޑުގެ ބިޔަ ރާޅު ތަކަށެވެ. އެއަށްފަހު ދެލޯ މަރާލައިފައި އޭނާ ފަޔަށް ބާރުލައިފައި ގޮސް އެ ތަނުން ތިރިއަށް ފުންމާލައިފިއެވެ.

ކަނޑުގެ ލޮނުގަނޑުގައި ޖެހުމާއި އެކު ނައުރީނަށް ހިނިތުންވެވުނެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ދަށުވެ އޭނާ ދިޔައީ އަޑިއަށެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ނޭފަތުގެ ހިނދުރީގެ ތެރެއަށް ލޮނުފެން އެތެރެވެގެން ދިޔައެވެ. އަޑިއަށް ދަމުން ދިޔަ ވަރަކަށް އޭނާގެ ވަށައިގެންވީ އަނދިރިކަން ފުންވަމުން ދިޔައެވެ. ހަށިގަނޑަށް ވެރިވަމުން ދިޔަ އާދަޔާ ޚިލާފު ފިނިކަމާއި އެކު އޭނާގެ އަތްފައި ވަރުބަލިވެ ވަރު ދޫވަމުން ދިޔައެވެ. އަނގަ ހުޅުވާލެވޭ ކޮންމެ ފަހަރަކު އަރުތެރެ ފުރިގެންދާ ލޮނު ފެންތަކުން މެޔަށް އުނދަގޫ ކުރަމުން ދިޔައެވެ. އެ ވަރުން ވެސް ސަލާމަތްވާކަށް ނައުރީން މަސައްކަތެއް ނުކުރެއެވެ. ލޯތްބަކީ އޭނާ މިހާ ބަލިކަށިކޮށްލާނެ އިޙުސާސެއް ކަން ކުރިން ނުދެނަހުއްޓެވެ.

އިޙުސާނާއި އެއްކޮށް ކޮފީ ބުއިމަށް ފަހު އާރޓިފިޝަލް ބީޗަށް ދިޔަ ލީވާން އެކެއް ޖަހައިގެން ދިޔަ އިރު ވެސް އިނީ އެ ތަނުގައެވެ. ގޮނޑުދޮށުގައި އިނީ އޭނާގެ މަރުޙޫމް މަންމަ މަތިން ހަނދާންވާ ވަރުންނެވެ. އެއީ އޭނާގެ މަންމަ އާއި އެކު އެންމެ ގިނައިން އައިސް އުޅުނު ތަނެވެ. އޭނާ ސިހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. އޭރު ގަޑިން އެއްގަޑި ސާޅީހެވެ. ކުއްލިއެއް ޖަހައިފައި ލީވާން ތެދުވީ މާ ލަސްވުމުންނެވެ.

ކުރިއަށް ހިނގާލުމާއި އެކު އެކު އޭނާއަށް ހުއްޓާލަން މަޖުބޫރުވީ ހިލަތަކުގެ މަތީގައި ހުރި އަންހެން ކުއްޖެއް ފެނިފައެވެ. އޭނާގެ ފަޔަށް ބާރެއް ލެވުނީ އެ ކުއްޖާ އެހެން ހުރެފައި އަނެއް ފަރާތަށް ފުންމާލުމުންނެވެ. އަތުގައި އޮތް ފޯނާއި ގަޑި އާއި ފޯނު ދޮންވެލިގަނޑު މައްޗަށް ވައްޓާލައިފައި ގޮސް ހިލަތަކުގެ މަތިން ގޮސް ކަނޑަށް ފުންމާލައިފިއެވެ. އަނދިރިވި ނަމަވެސް ދެލޯ ހުޅުވާލައިގެން އޭނާ މަސައްކަތް ކުރީ އެ ކުއްޖާގެ އަތުގައި ނަމަވެސް ހިފާލެވޭތޯއެވެ.

ލީވާންގެ އަތުގައި އެ ކުއްޖާ ޖެހުމާއި އެކު ހިތު މިސާލަށް އެ ކުއްޖާގެ މެދު ހަށީގައި ހިފާ އުފުއްލާލިއެވެ. ދެން އެ ކުއްޖާ ނަގާ ކޮނޑަށް ލައިފައި ފަތާލީ އެއްގަމަށް އަރާށެވެ. ހިލަތަކުގެ މަތިން އަރަން އުނދަގޫ ވެދާނެތީ އެ ހިލަތައް ވަށާލައިފައެވެ. އާރޓިފިޝަލް ބީޗުގެ ތުނޑިއާއި ގާތްވީ ވަރަކަށް މޫދުގެ ލޮނުގަނޑު ތިލަވަމުން ދިޔައެވެ. ދޮންވެލިގަނޑު މަތީ ފައި ޖެހުމުން ލީވާން އެ ކުއްޖާ ބިމުގައި ބާއްވާލިއެވެ. ހަނދުވަރުގެ ރިހި އަލި އެ މޫނަށް އެޅިފައިވުމުން ޖާދޫކުރަނިވި ގޮތެއް ހުއްޓެވެ. ނޭވާ ލަމުން ދަތީ ލީވާން އިތުރު ޙަރަކާތްތެއް ނުކޮށް ބަލަހައްޓައިގެން ހުރީއެވެ.

“އޭތް. ދެލޯ ހުޅުވަބަލަ” ލީވާން އެ ކުއްޖާގެ ކޮނޑުގައި ހިފާ ތަޅުވާލީ އިރުގަނޑެއް ފަހުންނެވެ. އެއާއި އެކު ކެއްސަމުން ނައުރިީން ދެލޯ ހުޅުވާލައިފިއެވެ. އަނގައިން ލޮނު ބޭރު ކުރަމުން ދިޔަ އިރު ދޭތެރެއަކުން އޭނާ އޯކަށް ދެމިލައެވެ. “ކަލޭ ގާތަކު ނުބުނަން ދޯ މަ ސަލާމަތްކުރާކަށް. މަ ބޭނުމީ މަރުވާށޭ.” ވޭނީ އަޑަކުން ނައުރިީން އެހެން ބުނެލައިފައި އަނެއްކާވެސް ދިޔައީ މޫދާއި ދިމާލަށެވެ. ލީވާން ހުށިޔާރުކަމާއި އެކު އެ އަތުގައި ހިފާ ހުއްޓުވާލިއެވެ. އެހެނަސް ނައުރިީން އެ އަތް ފޮޅުވާލައިފައި ގޮސް ތުނޑިއާއި ދިމާލަށް ދުއްވައިގަތެވެ. ލީވާން މި ފަހަރު ގޮސް ނައުރިީންގެ މެދު ހަށީގައި އެ ބާރުގަދަ އަތް ވަށާލިއެވެ.

“އަމިއްލައަށް މަރުވާން ތީ މޮޔައެއް ތަ؟” ލީވާން އެހިއެވެ. އެއަށްފަހު ގަދަ ހަދަމުން ދިޔަ ނައުރިީނާއި އެކު ދޮންވެލިގަނޑު މައްޗަށް ވެއްޓިގަތީ ނައުރިީންގެ ޙަރަކާތްތައް ހުރި ގޮތުން ގެއްލުމެއް ވެދާނެތީއެވެ.

“އެއީ ކަލެއާ ބެހޭ ކަމެއް ނޫން. މަ ބޭނުމެއް ނޫން މި ދުނިޔޭގައި އެންމެ ސިކުންތަކު ވެސް ދިރިހުންނާކަށް. އަހަރެންގެ އަމިއްލަ އަބުރު ކަތިލެވިގެން އެމީހަކަށް ޓަކައި އެންމެ ދަށު ދަރަޖައަށް ވެއްޓުނީމަ ވެސް ވީވަރު. ކީއްވެގެންތަ ހަމައެކަނި އެކަމުން އަހަރެން ފޭލި ވާންވީ؟” ލީވާންގެ މޭގައި ތަޅައިގަންނަމުން ނައުރިީނަށް ވާހަކަ ދެއްކުނީ ރޮމުންނެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ހިތްދަތިވެފައެވެ.

އެ ނުދަންނަ އަންހެން ކުއްޖާގެ ނަފްސާނީ ޙާލަތު ގޯސްވެފައިވާ މިންވަރު ފެނި ލީވާނަށް ވެސް ހަމްދަރުދީ ވެވިއްޖެއެވެ. ކާކު ކަން ނޭނގުނަސް އެ ކުއްޖާ އަށް އެ ޙާލެއް ޖެއްސި މީހަކަށް ހިތާހިތުން އެއްޗެހި ކިޔާލެވުނެވެ. ލީވާން ސިހުނީ އެ ކުއްޖާ ލީވާންގެ މޭގައި ބޯ އަޅާލަމުން ރޯން ފެށުމުންނެވެ. އެ ކުއްޖާގެ ކަރުނައިގެ ހޫނުކަން އިހުސާސް ކުރެވުމުން ތުން ފިއްތާލެވުނެވެ. ހިތްވަރު ދިނުމަށް ބުނާނެ އެއްޗެއް ވެސް އޭނާގެ ދުލަކަށް ނައެވެ.

ނޯއް ދަމަމުން ނައުރިީން ދުރުވެލީ އިރުގަނޑެއް ފަހުންނެވެ. “ސޮރީ، ބަޓް ތޭންކްސް. މިހާރު ބޮލަށް ވަަރަށް ލުއިވެއްޖެ.” ނައުރިީން އިސްޖަހާލައިފައި ތެދުވެ އެއްފަރާތަށް ޖެހުނެވެ. “މައްސަލައެއް ނޫނެއްނު. ކޮންތާކު އުޅެނީ؟ ލިފްޓެއް ދޭން ކަމަށް. މިހާރު ނޭނގެ މެންދަންވެ ތިނެއް ނުޖަހާ ކަމެއް ވެސް. ދެން ވެސް އެ ކަހަލަ މޮޔަ ކަމެއް ނުކުރާތި. ތި ކިޔާ ވައްތަރުގެ ފިރިހެނުން މަތިން ހަނދާން ނައްތާލާ. އިޓްސް ނޮޓް ވޯތް އިޓް. ފަހުން ދެރަވާން ޖެހޭނީ ވެސް ތި ކުއްޖާ އަށް.” ލީވާން އެންމެފަހުން އެއްޗެއް ބުނެލިއެވެ.

“ހޫމް. ގެންގޮސްދީ ގުލްޝަން ޕާކު ކައިރިއަށް.” ނައުރިީން ރައްދުގައި ބުނެލިއެވެ. ލީވާން ކުރިއަށް ހިނގައިގަތީ އޭނާގެ ފަހަތުން އައުމަށް ނައުރިީނަށް އިޝާރާތް ކޮށްލައިފައެވެ. އޭނާގެ ފޯނާއި ގަޑި ނަގައިފައި ގޮސް އާރޓިފިޝަލް ބީޗުން ނުކުތެވެ. ބޭރުގައި ހުރި ސައިކަލަށް ތަޅުދަނޑި ޖަހާލައިފައި ނައުރިީން ގާތު ފަހަތަށް އަރަން ބުނެލިއެވެ. ނައުރިީން ދެކޮޅު ހަދާކަށް ނުވިސްނައެވެ. އެ ސައިކަަލަށް އަރައިފިއެވެ.

“ކޮން ނަމެއް ކިޔަނީ؟” ސައިކަލު ދުއްވާލަމުން ނައުރިީން އެއްސެވެ. “ނައުރިީން. ތީނަ އަށޯ؟” ނައުރިީން ޖަވާބުގައި ބުނެލިއެވެ. އެ ނަން އިވިފައި ލީވާނަށް ފާޑެއްގެ ގޮތެއް ވިއެވެ. އެއީ ކުރިން އޭނާއަށް އިވިފައިވާ ނަމެއް ކަން ޔަޤީނާއި ގާތަށް އެނގެއެވެ. އެހެނަސް ކިހިނެއް ކޮންތާކުން ކަމެއް ނޭނގެއެވެ. މަދަރުސާގައި އުޅުނު އިރު ހުރި ގޮތާއި މިހާރު ނައުރީން ހުރިލެއް ތަފާތު ކަމުން ވަކި ނުކުރެވުނީ ކަމަށް ވެދާނެއެވެ.

“އަހަރެންނަކީ ލީވާން” ލީވާން ރައްދެއް ދިނީ އިރުކޮޅެއް ފަހުންނެވެ. ލީވާނާއި އެއްފަދައިން ނައުރީނަށް ވެސް އެއީ ދަންނަ ނަމެއް ހެން ހީވިއެވެ. ވިސްނުމަކަށް ގެއްލިފައި އިންދާ އޭނާގެ ހަނދާނަށް އައީ ބާރައިގައި އުޅުނު އިރު އެއް ކުލާހެއްގައި ކިޔެވި ކުއްޖެކެވެ. އެހެނަސް އެ ކުއްޖާ އާއި ކުރިމަތީގައި މި އިން ވަރުގަދަ ޝަޚުސިއްޔަތެއް ލިބިފައިވާ ޒުވާނާ އާއި ހާސް ތަފާތެވެ. އެއް ނަން ކިޔާ މީހުން އުޅޭ ކަމަށް ބަލައިފައި އޭނާ އެއީ އެހެން މީހެއް ކަމަށް ޤަބޫލުކުރިއެވެ. އެހެނަސް އޭނާއަށް ނޭނގުނީ މިއީ ވެސް ހަމަ އެ ލީވާން ކަމެވެ.

“ސޫމޯ! ހޯދިއްޖެ.” ކޮންޕިޔުޓަރު ދޮށުގައި އިނދެފައި ޒައިން ފުންމައިގެން ތެދުވިއެވެ. “ކޮން ތާކުން؟” ސުމައްޔާ ކޮށްލީ ސުވާލެކެވެ. ޒައިން ބުނީ އެ ދިމާލަށް އަންނާށެވެ. ސުމައްޔާ ގޮސް އެ ސްކްރީނަށް ބަލައިލިއެވެ. އެއާއެކު ދެން ފެނުނީ އެ ޔުނިޓު އެންމެން އެ ފިރިހެނާ އަތުލައިގަތުމަށް ތައްޔާރު ވާން ފެށި މަންޒަރެވެ. ފުލުސް ގިޔަރު އަޅާލުމަށް ފަހު ހުރިހާ އެންމެން އިޙުސާނުގެ ފަހަތުން ނުކުތެވެ. އެ މީހުން ގޮސް އެރީ ފުލުސް ޖިޕަކަށެވެ. އިޙުސާނު އެ ގިޔަރަށް ލައި ދުއްވާލީ ސައިރެން ނާޅުވައެވެ. އެ އަޑު އިވިއްޖެނަމަ އެ ފިރިހެނާ ފިލައިގެން ހިނގައިދާނެ ކަމުގެ ބިރު އޮތީމައެވެ. މަންޒިލަކަށްވީ ހަމަ މާލޭގެ އިމާރާތެކެވެ.

ހެންވޭރު ރަސްރިހި އިމާރާތުގެ ކުރިމައްޗަށް ހުއްޓާލައިފައި އެ އެންމެން ފުލުސް ޖިޕުން ފޭބިއެވެ. އެމީހުން ދުވެފައި ގޮސް އިމާރާތުގެ ފުލޯ ނަންބަރު ބަލަމުން މައްޗަށް އަރަން ފެށިއެވެ. ހުއްޓާލީ ހަވަނަ ބުރިއަށް އަރައިފައެވެ. އިޙުސާނު ލޮލުން އިޝާރާތް ކޮށްލުމާއި އެކު ދެން ތިބި މީހުން އެތުރެލިއެވެ. އިޙުސާނު ފިސްތޯލު ނަގައިފައި ތަޅަށް ވަޒަނެއް ޖެހިއެވެ. އަކްމަލް ދޮރުގައި ޖަހާ ހުޅުވާލަމުން އެތެރެއަށް ވަނެވެ. އެ ވަގުތު ސިޓިންރޫމުގައި އިން އުބައިދާއި ދިމާލަށް ދިޔައީ ސުމައްޔާ އާއި ޒައިނެވެ. އެ ފިރިހެނާ ވެސް ވަކި ލަހެއް ނޫނެވެ. ވައިސޫރިއެއްހެން ގޮސް ބެލްކަނިން ފުންމާލައިފިއެވެ. ސުމައްޔާ ވެސް ވަކި ބަލާކަށް ނުހުރެއެވެ. ދެވަނަ ވިސްނުމަކަށް ނުގޮސް އުބައިދުގެ ފަހަތުން ފުންމާލައިފިއެވެ.

“ސޫމޯ! ސޭފްޓީ އަށް ފައިބާ.” އިޙުސާނު ހަޅޭއްލަވައިގަތެވެ. އެހެނަސް ސުމައްޔާ އެ އަޑެއް ނާހައެވެެ. އުބައިދު ފުންމަމުން ދިޔަ ގޮތަށް އޭނާ ވެސް އެއް ބެލްކަނިން އަނެއް ބެލްކަންޏަށް ފުންމަމުން ދިޔައީ ބިރެއް ނެތިއެވެ. ބާކީ ތިބި މީހުން ދުން ޖަހައިފައި އިމާރާތުން ފައިބައިފިއެވެ. އޭރު ސުމައްޔާ އުބައިދު ހުރި ބެލްކަންޏަށް ފުންމާލަނީއެވެ. އުބައިދު ތާށި އަރައިފައި ހުރީ ދެން ކައިރީގައި އެހެން ބެލްކަންޏެއް ނެތުމުންނެވެ. އޭނާ ޖީބު ހާވާލީ ސުމައްޔާ މައިތިރިކޮށްލައިފަ ސަލާމަތްވެގެން ދެވޭނެ ވަރުގެއެއްޗެއް އޮތް ތޯ ބަލާލުމަށެވެ. އުބައިދުގެ އަތުގައި ޖެހުނީ ފިޔޮއްސެކެވެ. ސުމައްޔާ ފުންމާލައިފައި އުބައިދުގެ ގައިގައި ހިފައިގަތީ އެ ވަގުތެވެ. އުބައިދަށް އެ ފިޔޮހި އަޅުވާ ދަމާލެވުނީ ސުމައްޔާގެ ކަނައަތުގައެވެ. އިސާހިތަކު އެ ތަން ކަނޑައިގެން ގޮސް ލޭތައް އޮހިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ލޯބި-17

Next

ނަފްރަތު (9)

Next
December 23, 2025

ނަފްރަތު (9)

Previews
December 23, 2025

ލޯބި-17

20 Comments!

  1. Diva_gurly says:
    December 23, 2025 at 5:17 am

    I have never said anything before but I’m first hehe
    Mibai ves varah reethi Masha allah keep it up
    When next???
    Lysm

    1. White rose White rose says:
      December 23, 2025 at 5:52 am

      Yh, u first 😄
      IA next Friday ga submit kohlaanan.
      Shukran Diva_gurly ✨✨
      Lyt darl 🫶🏻🫶🏻

  2. 🎀 says:
    December 23, 2025 at 6:25 am

    Masha Allah mi part vx vrh reethi ❤️💯
    Curiously waiting for the next part 🤍✨
    When’s next part???
    Ur one of my fav author 🤩
    Vrh interest hureyy crime scene thakaa …mi type ge stories thakah…
    Keep it up 👍
    Lysm❤️🎀

    1. White rose White rose says:
      December 23, 2025 at 7:37 am

      I also like crime thrillers.
      Next Friday ga submit kohlaanan IA.
      Glad to hear that, Shukran 🎀 ✨✨
      Lyt darl 🫶🏻🫶🏻

  3. Shaba_73 says:
    December 23, 2025 at 8:17 am

    Mi part vx vrh reethi MA! 😘
    Naureen vx nuvey dhw amihla ah maruvavareh……
    Alheyyy zavian vx dhen islaah vaan vehje ehnu……
    Areen haadha dhera vaane eyy zavian egothah ulheythy…. 😥
    I hope azaya ge Aslu gaathil hoadheyne kamah…. 😊
    Edhuvahun zavian vx reen aa dheytherey rangalhah kanne ulheny….. Hama e dhuvahakah vrh inthizaaru kurevey 😊
    Curiously waiting for the next part when’s next? 🤗
    ✨ I appreciate your hard work keep it up ✨
    Lyyy, Tc 😘❤️

    1. White rose White rose says:
      December 23, 2025 at 10:32 am

      Naureen ge eemaantherikan balikashee dhw.
      Arn, areen fakeerah mi kanthakaa hedhi e libeny nuhaggu aniyaa eh 😣😣
      I’m also waiting for the day the truth will come out
      Next Friday IA
      Shukran Shaba_73 ✨✨
      Lyt darl 🫶🏻🫶🏻

  4. Alaika_22 says:
    December 23, 2025 at 9:09 am

    Mi part ves Vrh Reethi MA!!
    Curiously waiting for next part…. Whn nxt..????
    Lov u and take care ❤️🤗

    1. White rose White rose says:
      December 23, 2025 at 10:33 am

      IA next Friday ga submit kohlaanan
      Shukran Alaika_22 ✨✨
      Lyt darl 🫶🏻🫶🏻

  5. Shiu says:
    December 23, 2025 at 9:35 am

    Mi part vx varah Reethi Masha Allah….
    Soo Issey gendhan vegen Naureen plan koggen kuri kameh dhw e eee?? Too bad but Issey ge hithuga othy Sumee ge nan, hehe😅😁Ekamaku dhn Amilla ah maruvaakah nuvaanennu, Naseebeh Leevan ah Fenun Kan, dhn Leevan, Naureen dheke Loabi vaany, and Naureen ah vx Leevan dheke Loabi veveyny, right???🧐🤔
    Allheyyy, Zavian dhn at least Reen ge vaahaka adu ahaabala, E Naail gandakaa hadhaigen E kujjaa ah e ulheny vazeefa GA vx rangalhah noolhevigen🙄 And Naail akee Naureen ge kokko dhw???Zavian ah Reen dheke Loabi ve veyne dhuvahakah keh Madhu 😅.
    Nooo Sumee ah dhera gotheh nahadhacheyy, Pls🥺🙏
    When Next??? Curiously waiting for the next part… Appreciate your hard work 🥰💗
    Lysm White Rose 🤍

    1. White rose White rose says:
      December 23, 2025 at 10:36 am

      Yea, Naureen was that desperate for isse.
      Let’s see if they fall in love or not.
      Keehkuraany, reen fakeerah e zev maa varugadha nafratheh kurany.
      Sumee ah vaagotheh balamaa, stay tuned.
      Next Friday IA
      Shukran Shiu ✨✨
      Lyt darl 🫶🏻🫶🏻

  6. Anonymous says:
    December 23, 2025 at 1:37 pm

    Vrh exciting story eh MA! 💗
    Xev dhn atleast reen dahkaa vaahaka adu ahaalaba dhw. She would also want someone to protect her and listen to her😢
    Ihsaan ah abadhu Sumeee ge vaahaka dhw dhahkanee😍. Naureen ehaa varah plan koh gen scene create kureema vs hedhi goi dhw.
    Naureen nuvaane dhw suicide vaan visnaakah vs. I think emme fahun Naureen and Leevaan hen loabi vaanee.
    Sumeee save kurahchey plzzz
    Curiously waiting for the next part
    Whn nxt?????
    Lysm 💗

    1. White rose White rose says:
      December 23, 2025 at 3:30 pm

      Keehkuraany, mi zev maa boa haree 😭😭
      Arn, ihusaan hama ekani dhulun ehbas nuvaakan
      Sumee salaamaiy veythoa noonthoa engidhaane thaa dhen oiy bai kiyaaleema, stay tuned.
      IA next Friday
      Shukran Anonymous ✨✨
      Lyt darl 🫶🏻🫶🏻

  7. Your fav bab says:
    December 23, 2025 at 1:59 pm

    Naureen akee ves vaa molhu actresses eh dhw?
    She literally lured issey!! Eh, so happy he ignored her cuz he is just made for the one and only soomoa😹
    Shaula ge goth gandeh neth dhw naureen gayaku? Eves naseebeh!
    Btw leevaan and naureen dhw😅
    Alhe soomoa safety akah nufaibaa dhw? Pis pis pis! Soomoa ah kameh vejjeyya isse vrh dheravaane ingey!
    This story is so inspiring and entertaining I swearr!!! JUST LOVE IT💗💗
    UR ALWAYS MY FAV😁and
    Ly💗

    1. White rose White rose says:
      December 23, 2025 at 3:33 pm

      Arn, Naureen act kuran molhu.
      Soomoa hama danger ah fummaalee dhw, keehkuraany Ubaidhu athulaigannan maa bodah beynunvany.
      Vrh ufaavejje thihen buneleema, Shukran Your fav bab ✨✨
      Lyt darl 🫶🏻🫶🏻

  8. Aisha says:
    December 23, 2025 at 7:44 pm

    Masha Allah vrh reethi ♥️♥️♥️..Aley sumoo ah kihineh thihedhy.. reen dheke zavian loabin uleeny kondhuvakun tha? Next part ge inthizaruga hurin

    1. White rose White rose says:
      December 23, 2025 at 8:44 pm

      Ubaidhu fiyohsakun hamalaa eh dhinee ehnu 😭
      Shukran Aisha ✨✨

  9. Anonymous says:
    December 26, 2025 at 5:02 pm

    KobAAAA?

    1. White rose White rose says:
      December 26, 2025 at 6:33 pm

      Pending ga 😭😭

  10. ellie says:
    December 26, 2025 at 8:20 pm

    heiiiiii
    adhi ves pending ga tha new episodee
    vvrhhh kiyaaa hithunn huryma kehmadhu vefa

    1. White rose White rose says:
      December 26, 2025 at 8:33 pm

      Yeaa, I don’t know when it will be uploaded. Depends on the admin team 😒
      Shukran ellie ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 28←


All Right Reserved!