ދެވުނީ ވޭނޭ 28
“ސޫމޯ! ސޭފްޓީ އަށް ފައިބާ.” އިޙުސާނު ހަޅޭއްލަވައިގަތެވެ. އެހެނަސް ސުމައްޔާ އެ އަޑެއް ނާހައެވެެ. އުބައިދު ފުންމަމުން ދިޔަ ގޮތަށް އޭނާ ވެސް އެއް ބެލްކަނިން އަނެއް ބެލްކަންޏަށް ފުންމަމުން ދިޔައީ ބިރެއް ނެތިއެވެ. ބާކީ ތިބި މީހުން ދުން ޖަހައިފައި އިމާރާތުން ފައިބައިފިއެވެ. އޭރު ސުމައްޔާ އުބައިދު ހުރި ބެލްކަންޏަށް ފުންމާލަނީއެވެ. އުބައިދު ތާށި އަރައިފައި ހުރީ ދެން ކައިރީގައި އެހެން ބެލްކަންޏެއް ނެތުމުންނެވެ. އޭނާ ޖީބު ހާވާލީ ސުމައްޔާ މައިތިރިކޮށްލައިފަ ސަލާމަތްވެގެން ދެވޭނެ ވަރުގެ އެއްޗެއް އޮތް ތޯ ބަލާލުމަށެވެ. އުބައިދުގެ އަތުގައި ޖެހުނީ ފިޔޮއްސެކެވެ. ސުމައްޔާ ފުންމާލައިފައި އުބައިދުގެ ގައިގައި ހިފައިގަތީ އެ ވަގުތެވެ. އުބައިދަށް އެ ފިޔޮހި އަޅުވާ ދަމާލެވުނީ ސުމައްޔާގެ ކަނައަތުގައެވެ. އިސާހިތަކު އެ ތަން ކަނޑައިގެން ގޮސް ލޭތައް އޮހިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.
“ކަލޭ ކީއްވެގެންތަ ސިލްވިޔާ އާ އެހާ ވައްތަރީ؟” އުބައިދު ކޮށްލި ސުވާލުން ސުމައްޔާގެ ޙަރަކާތްތަކަށް މަޑުޖެހުމެއް އައެވެ. “ނޫނޭ. ސިލްވީ ވީ އޭނާގެ ފިރިމީހާ އާއި ދަރިޔާއި އެކު މަރުވެފަ. އޯހް. ނުބައިކޮށް މި ބުނެވުނީ. މަރާލީ. ހަމަ އަންދާލީ.” އުބައިދު އިތުރަށް ބުނެލިއެވެ. މިއާއި އެކު ސުމައްޔާ ހުއްޓުން އެރިއެވެ. ލިބުނު ސިހުމުގައި ބަލަހައްޓައިގެން ހުރެވުނު އިރު ކަނޑައިގެން ގޮސްފައިވާ އަތް މަތިން ހަނދާން ނެތުނު ކަހަލައެވެ. އެ ބެލްކަންޏަށް ލޯ އަޅައިގެން ތިބި އިޙުސާނުގެ ޓީމަށް ސުމައްޔާ އަށް ވީގޮތް ފެނުމުން އެއްބަޔަކު އަވަސްވެގަތީ އެ އިމާރާތައް ވަންނާށެވެ.
ސުމައްޔާ އަށް ހަމަ ބިމަށް އާދެވުނީ ތިރިން ހަޅޭއްލަވައިގަތް އަޑަށެވެ. އެސްފިޔަ ތަޅުވާލުމަށް ފަހު އޭނާ އުބައިދަށް ނަޒަރު ހުއްޓާލިއެވެ. އެއަށްފަހު ތުންފަތުގައި ދަތް އަޅާލައިފައި އުބައިދުގެ އަތުގައި އޮތް ފިޔޮހި ދަމައިގަތެވެ. އަދި ބިޑި ނަގައި އުބައިދުގެ އަތުގައި އަޅުވާލަމުން ހައްޔަރު ކޮށްލިއެވެ. އެ ވަރުން ވެސް ދުވެ ފިލައިފާނެތީ ފައިގައި ވެސް ބިޑި އަޅުވާލިއެވެ. ސުމައްޔާ ދުރަށް ޖެހިލައިފައި ބެލްކަނީގެ ރޯނުގައި އަޅައިފައި އޮތް ކަޅުކުލައިގެ ޓީޝާޓެއް ނެގިއެވެ. އެއަށްފަހު ހުއްޓުމެއްނެތި ލޭ އޮހޮރެމުން ދިޔަ އަތުން ލޭ މަނާ ކުރުމަށް އޭނާ އެ އަތުގައި އޮޅާލަމުން ގޮށެއް ޖަހާލިއެވެ. އެ ވަގުތު ބެލްކަނީގެ ދޮރު ހުޅުވައިފައި އެތެރެއަށް ވަނީ އަކްމަލް އާއި އިޙުސާނެވެ. އަކްމަލް އުބައިދާއި ހަވާލުވުމުން އިޙުސާނު ހިފީ ސުމައްޔާގެ ސަލާމަތުން އޮތް އަތުގައެވެ. އެމީހުން ފައިބައިގެން ގޮސް ފުލުސް ޖިޕަށް އަރައިފިއެވެ.
އަކްމަލް މެން ޖިޕުން ފައިބަން ދެން އިޙުސާނު އިނީ ސުމައްޔާގެ ވައަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. އެއަށްފަހު އޭނާ އެ ގިޔަރަށް ލައި ދުއްވާލީ ހަސްފަތާލަށް ދިއުމަށެވެ. އޭރު ވެސް ސުމައްޔާގެ ވިސްނުމުގައި އެނބުރެމުން ދިޔައީ އުބައިދު ދެއްކި ވާހަކަތަކެވެ.
“ވަޓް ދަ ހެލް ވާރ ޔޫ ތިންކިން. އެހެން ކުއްވެރިއަކު އަތުލައިގަންނަން ދާން ޖެހޭތަ. ކިރިޔާ ނުބައިކޮށް ފިޔަވަޅެއް އެޅުނު ނަމަވެސް ދެންމެ ފުރާނައަށް ނުރައްކާވީހޭ. އޭނާ ސޫމޯ އަށް ފިޔޮހިން ހަމަލާއެއް ދިނުމުގެ ފުރުސަތު ދޭން ފަހަތުން ދާކަށް ނުޖެހޭ.” މަގަށް ނަޒަރު ހުއްޓާލައިގެން ހުރެ އިޙުސާނު އެހެން ބުނެލީ ހަރުކަށި ރާގަކަށެވެ. އިޙުސާނު ގާތަށް އައިސްފައިވާ އަލިފާން ކަހަލަ ރުޅި އިޙުސާސް ވުމުން ސުމައްޔާ އަށް ހިންދިރުވާލެވުނެވެ.
“ވީ ކަމެއް ވީ އަހަންނަކައްނު. ސަރ އަޅާލާނެ ކަމެއް ނެތް. ވައި ޑޫ ޔޫ ކެއާރ. ކޮން ތާކަށް ތަ ތި ދަނީ. ހަސްފަތާލަށް ދާކަށް އަހަރެން ބޭނުމެއް ނޫން.” ފާޑަކަށް އިނދެފައި ސުމައްޔާ އެހެން ބުނެލީ ދުވަހަކު ވެސް އޭނާ އަށް އިޙުސާނުގެ މި ސިފަ ފެނިފައި ނުވާތީއެވެ. “މަށަށް އަޅާނުލާ ހުރެވޭތަ؟ މައިތިރިވެގެން ހުރެފަ މަ ފަހަތުން އާދޭ.” އިޙުސާނު ހަސްފަތާލު ކައިރީގައި އެ ޕާކު ކޮށްލަމުން އަމުރު ކޮށްލިއެވެ. “ދެން ހެވޭ. މަށަށް މާކަ ވަރެއް ނުވެޔޭ. ސަރ އަކަށް ނުޖެހޭނެ މާ ވަރަކަށް އަހަރެންގެ ރައްކާތެރިކަމާއި މެދު ސަމާލުވާކަށް” ސުމައްޔާ އޭނާގެ އަތް ދަމައިގަތެވެ. އޭނާ އުޅުނީ ހަސްފަތާލަށް ނުވަންނާށެވެ.
“ޑޭމްއިޓް ސުމައްޔާ. ވައި އާރ ޔޫ ސޯ ސްޓަބަން. ކުޑަކުއްޖެއް ހެން ބޮޑާ ނުހާކަ އަންނަންވީ” އިޙުސާނު ސުމައްޔާގެ އަތުގައި ހިފާ ގާތަށް ދަމާލަމުން ގޮސް ހަސްފަތާލަށް ވަނެވެ.
ފޯނު ހާވަން ކެބިނުގައި އިން އަރީން ސިހުނީ އެ ވަގުތު ސޯޝަލް މީޑިޔާގައި ދައުރު ވަމުން ދިޔަ ވީޑިއޯ އެއް ފެނިފައެވެ. އޭގައި ކުށްވެރިއެއް އަތުލައިގަތުމަށް ފަހަތުން އުޅުނު އަންހެން ފުލުސް އޮފިސަރުގެ މޫނު ފެނި އޭނާގެ ލޮލުން ތަރި ބުރައިގެން ދިޔައެވެ. ހާސްވެ ކަންބޮޑުވެފައިވާ ޙާލު އަރީން ސުމައްޔާގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. ރިންގުވެލައިފައި ކެނޑުމުން އޭނާގެ ނުތަނަވަސްކަން އިތުރުވިއެވެ. ފޯނު ނަގާ ތޯ ބަލަން އޭނާ ހުއްޓުމެއް ނެތި އެ ނަންބަރަށް ގުޅަމުން ދިޔައެވެ.
ބޭސް އަޅައި ނިމިގެން އިޙުސާނާއި އެކު ގޮސް ސުމައްޔާ ފުލުސް ޖިޕަށް އެރިއެވެ. އޭރު އޭނާގެ ފޯނު ރިންގުވަމުން ދިޔަ އަޑު އިވެމުން ދިޔައެވެ. ލަސްނުކޮށް ސުމައްޔާ ފޯނު ނަގައިފިއެވެ. “ހަލޯ. ކިހިނެއް ވީ މި ގަޑީ ތި ގުޅާލީ؟” ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ސުމައްޔާ އެހިއެވެ. “ސުމީ. ކިހިނެއްވީ ބެލްކަނިން ފުންމަން ޖެހުނީ؟ ކުއްވެރިއަކު ހައްޔަރު ކުރަން ވިޔަސް އެހާ ނުރައްކާތެރި ކަމެއް ކުރަން ހެޔޮ ވާނެތަ؟ ޢަބްދުއްރަޙްމާން ބެއަށް މިކަން އެނގިއްޖެނަމަ ފުލުހުން ކެނޑެން ތޯއްޗެ ޖެހޭނީ. އަނިޔަލެއް ލިބުނު ނަމަ އެ ބޭބެ އެކަންޏެއް ނޫން. އަހަރެން ވެސް ކިހާ ދެރަވާނެ. އަބަދުވެސް ރީން ބުނަމެއްނު އަމިއްލަ ސަލާމަތްތެރިކަން އެހެން ކަންކަމަށްވުރެ އިސްކުރާށޭ.” ނަސޭހަތުގެ ރާގަކަށް އަރީން ބުނެލިއެވެ. ސުމައްޔާ އަށް ވަގުތުން ތުންހަދާލެވުނެވެ.
“ރީން ހާސްވާންޖެހޭ ވަރުގެ ކަމެއް ނުވެޔޭ. ހަމައެކަނި ކިރިޔާ އަތުގައި ކޫރުމެއް އެޅުނުކަން. ފުލުހަކަށް ވިއްޔާ ނުރައްކާތެރި ކަންކަން ވެސް ކުރަން ޖެހޭނެއްނު. ރިސްކެއް ނެގުމަކީ މި ކަހަލަ ޖޮބަކަށް މުހިންމު ކަމެއް. އަނެއްކޮޅުން ރީން އޯ! ކިހިނެއްތަ ޒަވިއަނާއި އެއް ކޮޓަރިއެއްގެ ތި ސަވައިވް ވަނީ ވެސް. އޭނާ އަރީނަށް ވަރަށް ގޯނާ ކުރޭތަ؟” ސުމައްޔާ މައުޟޫ ބަދަލުކޮށްލިއެވެ. އަރީން މާ ކަމުދާ މިސްރާބަކަށް ނޫނެވެ.
ސުމައްޔާގެ ވާހަކަ ތަކަށް ރައްދެއް ދޭން ނޭނގިފައި އަރީނަށް އިނދެވުނީއެވެ. އޭނާއާއި ބެހޭގޮތުން ވާހަކަ ދައްކާ އޭނާ އާއި މެދު ޙަމްދަރުދީ ވުމަކީ އަރީން އެހާ ގަޔާވާ ކަހަލަ ކަމެއް ނޫނެވެ. އޭނާގެ ޙާލަތު ކިރިޔާ އެނގުނަސް އެނގޭނީ ސުމައްޔާއަށެވެ. އެހެނަސް އަޒާޔާ ނިޔާވުމަށް ފަހު އަރީން އޭނާގެ ހިތާމަތައް އޮއްބާލާ ވަރުން ކިތަންމެ ގާތުން އުޅޭ މީހަކަށް ވެސް އޭނާގެ ޙާލަތު ދެނެގަންނަން އުނދަގުލެވެ.
“ނޫން. އޭނާ ކަމެއް ނުކުރޭ. ޒެވް އަމިއްލަ ދިރިއުޅުމެއްގަ މަސައްކަތުގައި ގިނައިން އުޅެނީ. ދެމީހުން ވެސް ވަކިން އަމިއްލަ ކަންކަމުގައި އުޅޭތީ އެހާ ވަރަކަށް ދިމާ ނުވޭ.” އަރީން ރައްދުގައި ބުނެލިއެވެ. ސުމައްޔާ އަށް އެކަން އޮޅުވާލެވުނީތީ ކޮންމެވެސް ވަރަކަށް ކުށްވެރިކަން އިހުސާސް ކުރެވުނެއް ކަމަކު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް އަރީނަށް ޤަބޫލުކުރެވުނީއެވެ.
ސުމައްޔާ ދައްކަމުން ދިޔަ ވާހަކައިން އިޙުސާނުގެ ސަމާލުކަން ހުއްޓުނީ ޒަވިއަނާއި ގުޅޭ ގޮތުން އޭނާ ކޮށްލި ސުވާލަށެވެ. އެއަށް އަރީން ދޭނެ ރައްދެއް އެނގެން ބޭނުންވެފައި އެ ސޮރު އިންތިޒާރު ކުރަމުން ދިޔައީ ފޯނުކޯލު މެދުކެނޑޭނެ އިރަކަށެވެ. ސުމައްޔާ ފޯނު ބޭއްވުމާއި އެކު އޭނާގެ ހިތުގައިވީ ސުވާލު ކޮށްލައިފިއެވެ.
“ރީން ބުނީ ޒެވް ކަމެއް ނުކުރެޔޯ. ބޮޑު ކުންފުންޏަކާ ހޮޓެލް ޗެއިނެއް ހިންގާ މީހެއްވީމަ އަބަދު ބިޒީ ކޮށޯ އުޅެނީ. ނަސީބެއްނު އެ ފަކީރަށް އަނިޔާނުކުރާކަން.” ސުމައްޔާ ރައްދުގައި ބުނެލިއެވެ.
ޑިޔުޓީގެ ވަގުތު ހަމަވިއެއް ކަމަކު އަރީންގެ މަސައްކަތް ބުރަކަމުން އިނީ ގެއަށް ދެވޭ ގޮތް ނުވެފައެވެ. އެ ޙަވާލުވެގެން އުޅޭ ކޭސްގެ ޙަޤީޤަތް އޭނާއަށް އެނގެމުން ދިޔަ ވަރަކަށް ބްލޫ ވޯޓާސްއިން އެހެން މީހުންނަށް ދައްކާލާ ދަޅަތައް ހާމަވަމުން ދިޔައެވެ. އެ ރުޅި މަޑު ކަމުގެ އިންތިހާ މީހާއަށް ވެސް ބައެއްފަހަރު ދަތްކުނޑި ވިކާލެވެއެވެ. އެހެން ގެއްލިފައި އިންދާ އޭނާ ސިހުނީ މީހަކު ކެބިންގެ ދޮރުގައި ޖަހާލުމުންނެވެ. އޭނާ ތެދުވެ ގޮސް ބައިންޑްސްތައް ކަހާލިއެވެ. ބޭރުގައި ހުރީ ޝައިނާ ކަން އެނގުމުން ދޮރު ހުޅުވާލިއެވެ.
“އޭ ރީނޫ. އަހަރެންނަށް ހެލްޕެއް ދެވިދާނެތަ؟ އަހަރެން ނަގައިގެން އުޅުނު ކްލައިއެންޓުގެ ކޭސް ދިރާސާކުރަން ވަގުތު ބޭކާރު ކުރެވުނީމަ އެނަލައިޒް ކުރުމުގެ ބައި ނުނިންމި އޮތީމަ. މާދަން އޮވޭ އަޑުއެހުން. ނާދެވެންޏާ އޯކޭ ނަޔަސް. އެނގޭ މިހާރު ލަސް ވެއްޖެކަން.” ޝައިނާ އެދުނުގޮތުން ވެސް އަރީނަށް އިންކާރުކުރާކަށް ނުކެރުނެވެ. އަމިއްލަ މަސައްކަތައް އަވަސް ކަޅިއެއް އެއްލައިފައި އެއްބަސްވިއެވެ.
ސުމައްޔާ އެޕާޓްމަންޓުގެ ކޯޑު ޖަހާލައިފައި ދޮރު ހުޅުވާލިއެވެ. “ދަރިފުޅު އަވަހަށް އާދޭ ކާން.” ޢަބްދުއްރަޙްމާން ބަދިގެ ބައިގައި ހުރެފައި ގޮވާލިއެވެ. ސުމައްޔާ މި އަންނަނީއޭ ބުނެފައި ގޮސް ވަނީ ކޮޓަރިއަށެވެ. ޔުނީފޯމު ބަދަލުކޮށްލައިގެން އައިސް އޭނާ ކާމޭޒުދޮށުގައި އިށީނދެ ކާން ފެށިއެވެ. ދެބަފައިންގެ މެދުގައި ކެއި ވަގުތު މާކަ ގިނަ ވާހަކައެއް ނުދެކެވެއެވެ.
ޝައިނާގެ މަސައްކަތް ނިންމާލެވުނުއިރު އެގާރަ ވެސް ޖަހައިފިއެވެ. “ނުދަނީތަ؟” އަރީން އަނބުރާ އޭނާގެ ކެބިނަށް ވަންނަން ދިއުމުން ޝައިނާ އެއްސެވެ. “ހޫމް. ކުޑަ އެއްޗެއް ނިންމާލައިފައި ދާންކަމަށް.” އަރީން ހިނިތުންވުމަކާއި އެކު ބުނެލިއެވެ. ޝައިނާ އަނެއްކާވެސް ޝުކުރު އަދާކޮށްލައިފައި ދިޔައީ ލިފްޓަށް އަރާށެވެ.
އަރީން އަވަސް އަރުވާލަމުން އޭނާ މާދަން ކިޔަން ނިންމި ބައިތަކާއި ހެކީގެ ރިޕޯޓް ލެޕުގައި ޓައިޕްކުރަމުން ދިޔައެވެ. ސިކުންތަކުން ސިކުންތަކުން ގަޑިއަށް ކަޅިއެއް އެއްލައެވެ. އެ ޓައިޕްކުރަމުން ދިޔައިރު ހީވަނީ މުބާރާތަކަށް އަރައިގެން އުޅޭ ހެންނެވެ. އެ ދިހަ ސަފުހާގެ ލިޔުން އޭނާ ޓައިޕްކޮށް ނިންމާލީ ވިހި މިނެޓު ތެރޭގައެވެ. އެއަށްފަހު ލެޕު ދަބަހަށް ލައިފައި ކަބަޑު ތެރެއަށް ލީ މިކަހަލަ ގަޑިއަކު އެ ގެންދިޔުމަކީ ރަނގަޅު ކަމަކަށް ނުވާނެތީއެވެ. ކަބަޑު ތަޅުލައިފައި ޖީބު ތެރެއަށް ފޯނު ކޮށްޕާލައިފައި އޭނާ އެތަނުން ނުކުތެވެ. އޭރު އެހެން ކެބިން ތަކުގައި ހުރި ލައިޓްތައް ހުރީ ނިވާލެވިފައެވެ. އެހާ ވެސް ލަސް ވެއްޖެއެވެ.
އަރީން ސައިން އައުޓް ވެލައިފައި ނުކުތް އިރު އެގާރަ ގަޑި ބައިވެގެން ހިނގައިދާނެއެވެ. ލަސް ހިނގުމެއްގައި އޭނާ މިސްރާބު ޖެހީ ބަސް ސްޓޮޕާއި ދިމާލަށެވެ. އެ ވަގުތު މާކަ ގިނަ ބަޔަކު މަގު މައްޗަކު ނޫޅެއެވެ. އެހެނަސް އަރީނަށް ބަސް ސްޓޮޕާއި ހަމައަށް ނުދެވެނީސް މީހަކު އޭނާގެ އަނގަމަތީގައި ފޮތިގަނޑެއް އަޅާލައިފިއެވެ. އެރި ހިތިހުތް ވަހުން އޭނާގެ ބޯ އަނބުރައިގަތެވެ. ލަސްތަކެއް ނުވެ އޭނާގެ ހޭވެރިކަން ނެތިގެން ގޮސް ދެމުނީ ފިރިހެނެއްގެ އަތް މައްޗަށެވެ. އެ ފިރިހެނާ އަރީން އުފުއްލާލައިގެން ގެންގޮސް ލީ ކަޅު ކުލައިގެ ކާރެއްގެ ފަހަތު ސީޓަށެވެ.
“އާން މެޑަމް. އަހަރެން މިހާރު އެ އަންހެން ކުއްޖާ ޑްރަގް ކޮށްލައިފިން. މިރޭ މި މަލުގެ ޢިއްޒަތް ވެއްޔާއި މޮޑެލެވޭނެ ވަރުގެ ވީޑިއޯއެއް ފޮނުވާލާނަން.” ފޯނު ނަގާ މީހަކަށް ގުޅާލައިފައި އެ ފިރިހެން މީހާ ބުނެލީ އެހެންނެވެ. އެއަށްފަހު ހިނިގަނޑެއް ޖަހާލަމުން އަރީންގެ ދޮން މޫނުގައި އަތް ހިންގާލިއެވެ. “އާދައިގެ ކުއްޖެއް ނޫން. ހަމަ އުޑުން ތިރިކޮށްލި ހޫރު ޕަރީއެއް ފަދަ. މޮޔަވާވަރުވޭ އެބަ.” އަރީންގެ އަތުގައި ބޮސްދީފައި އޭނާ ގޮސް އެރީ ކުރީ ސީޓަށެވެ. ހަމަޖެހިލައިގެން ކާރު ދުއްވަމުން ދަނިކޮށް އޭނާއަށް ކާރު ހުއްޓާލަން މަޖުބޫރުވީ ކުރިމައްޗަށް އެހެން ކާރެއް އައިސް ހުއްޓާލުމުންނެވެ. އަނބުރާލައިފައި ދާން އުޅުމުން ވެސް އެ ކާރު އޭނާ އަށް ހުރަސްއެޅިއެވެ. އެންމެފަހުން ސަރަކައަށް އެތިފަހަރެއް ވީއްލާލައިފައި އޭނާ އެ ކާރުން ފޭބިއެވެ.
ކުރިމަތީގައި އޮތް ކާރުން ވެސް މީހަކު ނުކުތީ އެ ވަގުތެވެ. އެ ޒުވާން ފިރިހެން ކުއްޖާގެ މޫނު ފެނި އެ ސޮރު ސިހުނެވެ. އެހެނަސް ބޭރުފުށުން ތަފާތު ކުލައެއް ނުދައްކާ ހުރީއެވެ. “ކަލޭ މަށަށް އެ އަންހެން ކުއްޖާ ދީ.” ރުޅިއައިސްގެން ކެކި އަރަމުން ދިޔަ ޙާލު ނާއިލް އައިސް ކުރިމަތީގައި ހުރި ފިރިހެނާގެ ގަމީހުގެ ގިރުވާނުގައި ހިފައިގަތެވެ. “ހެހެހެ. ކަލެއަކަށް ނުލިބޭނެ. ލައްކައެއްހާ ރުފިޔާ ލިބިފަޔޭ އޮތީ އެ ކަމަނާގެ ރަހަ ބަލާލަން. ކޮން މޮޔައެއްތަ މި ފުރުސަތު ދޫކޮށްލާނީ.” ނާއިލްގެ މޭގައި އަތް އަޅާ ކޮށްޕާލައިފައި އޭނާ ހިނިގަނޑެއް ޖަހާލިއެވެ.
“ދެ ލައްކަ. މަށަށް ގެނޭ އެ ކުއްޖާ. އެހެން މީހަކު ނުވާނެ އަހަރެންގެ ޙައްޤަކަށް އަރައިގަނެގެންނެއް. އަމުދުން ކަލޭ ކަހަލަ މީހަކު.” ނާއިލް ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. “ނޫނޭ. މަށަށް މި ކުއްޖާ ވެސް ހަމަ އެހާ އަގުބޮޑޭ. ނުލިބޭނެ.” އެ ފިރިހެނާ ކުރީ އިންކާރެވެ. “ފަސް ލައްކަ. އަދިވެސް މަދުތަ؟” ނާއިލް އޭނާގެ ޕްރޮޕޯޒަލް ބޮޑުކޮށްލިއެވެ. އެ އަޑު އިވިފައި އެ ފިރިހެނާގެ ދެލޯ ވިދައިގަތެވެ. ދެކޮޅު ހަދާކަށް ނުކެރުނެވެ. މިހާ ބޮޑު އޮފާއެއް ދޫކޮށްލަން ކެރޭނީ އެކަހަލަ ކޮން ފަރާތަކަށް ހެއްޔެވެ؟
“އޯކޭ. ކަލޭ ގޮސް ނަގާ. މަ ފޮނުވާލާނަން އެކައުންޓު ނަންބަރު. އެންޖޯއި.” އެ ފިރިހެން މީހާ މަކަރުވެރި ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. ހީވާ ގޮތުން އެ ދެ މީހުންނަށް އެކަކު އަނެކެއްގެ ވަނަވަރު ވަރަށް ރަނގަޅަށް އެނގެއެވެ. ނާއިލް ގޮސް އަރީން އުރާލައިގެން ގެނެސް އޭނާގެ ކާރު ތެރެއަށް ލިއެވެ.
“ބައްޕާ! އަޅުގަނޑު ކުރަން އެބައޮތް ސުވާލެއް. މަންމަ ނިޔާވީ ކިހިނެއް؟” ޢަބްދުއްރަޙްމާން ނިދަން ވަންނަން އުޅެނިކޮށް ސުމައްޔާ އެއްސެވެ. ޢަބްދުއްރަޙްމާނަށް ހީވީ ލައިލައި ހުރި ނޭވާ ވެސް އެތެރޭގައި ތާށިވި ހެންނެވެ. “ދަރިފުޅާ! ދެން ނިދަންވީނުން.” ޢަބްދުއްރަޙްމާން މަސައްކަތް ކުރީ މައުޟޫ ބަދަލުކޮށްލާށެވެ. “ބަޔަކު އަލިފާން ރޯ ކޮށްލައިފަތަ އެ ކަން ކުރީ؟” ސުމައްޔާ އަނެއްކާ ވެސް އެހިއެވެ. ސުމައްޔާގެ ބަސްމަގު ހުރި ގޮތުން ޢަބްދުއްރަޙްމާނަށް ހިންދިރުވާލެވުނެވެ. ސުމައްޔާ ވިސްނުންތެރިކަމާއެކު ޢަބްދުއްރަޙްމާންގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަތައް ތަރުޖަމާކުރަމުން ދިޔައެވެ.
އާދައިގެ ސްޕީޑެއްގައި ނާއިލް ކާރު ދުއްވަމުން ދިޔައިރު އިރު އިރު ކޮޅާ އަރީންގެ މޫނަށް ބަލައިލައެވެ. ނާއިލްގެ މޫނުމަތީގައި ކުޅެލެވިފައި ވަނީ ފަތަޙައިގެ ހިނިތުންވުމެކެވެ. “ވެލް ލޯބީ! ކިހިނެއް އެނގޭނީ އަހަންނަށް މި ކަހަލަ ފަހި ފުރުސަތެއް ލިބޭނެ ކަމެއް. އަރީގެ ނުރުހުމަކާއި ނުލައި ތިޔަ ހަށިގަނޑުން އުފާ ލިބިގަނެ ތި މަލުގެ ރަޙަ ބަލައިލަން ބޭނުންވާ މިންވަރު އެކަކަށް ވެސް ނޭނގޭނެ.” ސްޕީޑް މަތިކޮށްލަމުން އޭނާ އެ ދުއްވި ގޮތުން ވެސް އެ ހުރީ އެ ކަމަށް ކެތްމަދުވެފައި ކަން ހާމަވެއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.







Hey White Rose….☺️
OMG OMG OMG 😮 I AM SPEECHLESS HAMA
Alheyyyyyyyyy……. Nooooooo Reen ah ehen nuhadhaa….. 😭
Naail reen egen dhanyy Kon thaakah baa anehkaa??? 🤔
Nuvaane dhw efakeerah ehen hadhaakah vx…. 😡
Naail vx dhen reen geah gen Gos dheynama dhw reethi koh..
Naseebehnu sumayya salaamaiy vikan….
Ehen noon nama ihsaan vx haadha dhera veehey… 😌
Sumayya vx vaane dhw amihla safety ah visnan…
Im so curious to know what happens next???
Curiously waiting for the next part when’s next?
❤️ Lyy . Tc ❤️
Konme thaakah gendhiyayas naail ge niyaiy rangalheh noon dhw 😔😔
Arn, sumayya ves eba jehey job ge mahchah amilla rahkaatherikan iskuran.
Vrh shauguveri vaa kahala gothakah dhw mi nimmaalevuny 😄😄
IA next Tuesday ga submit kohlaanan
Shukran Shaba_73 ✨✨
Lyt darl 🫶🏻🫶🏻
BETWEEN ME FIRST DHW HEHE ☺️😀
YA YA YA 🤣😂
Hehe, yea you first this time 😄😄
Mi part vx varah Reethi Masha Allah….
Sumee Salaamaiy v dhw, 😊 E ubaidhu dhw Sumee ge mamma Silviya vx Maraaly?? Haadha nulafaey 🤬 Reen dhn dhogu nuhadha kommes meehakah kiyaidheebala Zavian kanthah kuraa goiyy 😩
Shaula bunegen kanneynge dhw emeeha Reen E gendhiyaee?? the person said, “Aan Madam” E meeha akee Naail ah vx Engey meeheh dhw?? Naail haadha goahey, Thee eh nooney Loabivaa meehun ulhey gothakee 🙄 Naailoooo, don’t dooo anything to Reeeeen, pls 🥺🙏 Allheyyy, noooo Zavian ah noony kommes ehn meehakah fenibala Naail Reen gendhaathan,😩 Reen ah dhera gotheh nahadhacheyy, Pls 🥺🙏
When Next??? Curiously waiting for the next part… Appreciate your hard work 🥰💗
Lysm White Rose 🤍
Sumee mum maraalee eynaa kameh adhi neynge 😒😒
Dhw, reen ah hama nuvisneny, she’s way too selfless 😭😭
Shaula ah vumakee ves hama oiy possibility eh.
Loiybah vure obsession ekehnu e othy.
Can’t promise on not hurting reen, this really is a sad story 😭😭
IA next Tuesday ga submit kohlaanan
Vrh ufaavejje mihaa reethi comment eh dhineema, Shukran Shiu ✨✨
Lyt darl 🫶🏻🫶🏻
Hi white rose…vvvv reethi white rose ge stories thah abadhu vx kiyaalaa hithunnkiyanee…dhen mifaharu hithah ery hama comment kohlan …anyways whit rose thikuraa hihvarah hama saabas dhen…keep it up gurllll.
Lysm tc
Really, so glad to hear that.
Shukran savuu_17 ✨✨
Lyt darl 🫶🏻🫶🏻
Thank God soomoa is safe!
Alhe isse haadha caring ey! ekamaku ves name tag enemys 😂
Ubaidhu tha soomoa mum maraily? Vrh heeveyey!
Areen ah ehen ehedhee kaaku? I swear!!! I thought naail areen save kuree kamah but he’s so selfish!! Zev gandu viyas stop him before he touch her😭😭😭
Vrh reethi mi part vx💗
So curious when next??
Ly
Hehe, yea name tag enemies 🤣🤣
Thi eh neynge dhw, Ubaidhah ves hama vedhaane.
Areenah ehen hadhan ulhunu meeheh engidhaane thaa kuri ah huri bai thah kiyaaleema.
Yup, Naail is selfish and obsessed with areen 😣😣
IA next Tuesday
Shukran Your fav bab ✨✨
Lyt darl 🫶🏻🫶🏻
Eyyy salhiii ingey 💕
Shukran iyerrnnn ✨✨
Mi part ves Vrh Reethi MA!!! 😄
Alheyy… Areen ah ehn nuhadhaa plzzz😭
Areen is so unlucky dhw 😥
Curiously waiting for next part….. Whn nxt???
Luv you and Tc 😄❤️
Yea, areen ah mulhin hen dhera kan kan mi dhimaa vany 😭😭
Next Tuesday ga submit kohlaanan IA
Shukran Alaika_22 ✨✨
Lyt darl 🫶🏻🫶🏻
Shit Shit…….. Areen is so getting bad luck 🙁
Sadly yes, she’s very unlucky 😣😣
Shukran Ot ✨✨
vrh vrh reethi mi episode vesss
reeen ah ehn hadhan heyo nuvaane this naail is so badd
zev kairi buney reen save kuran dhaasheyy
and sumeee n ihusaaan dhww soo cutee they actually care for each other but accept eh nukurey dhw …….
soooo.. whens next episode?
my favv author
Reen ah abadhu dhera kan kan dhw mi vany 😣😣
Aan, adhi sumee men ehbas vaakah noolhey.
IA next Tuesday
Shukran ellie ✨✨
nice story❤️waiting fr the nxt
but haadha vathharey kurin ki stry akaa🤔
Ehentha, ekm mi ee alhugandu ge ammilla khiyaalu ge mahchah binaa koh liyaa khiyaalee vhk eh.
Shukran sum ✨✨
Alheyyyyy kobaaa tha??
Iyye submit kohlin miadhu upload veythoa balan. Ekm adhi nuvey dhw. 😭😭
Bro is admin approval necessary
Adhives pending ga tha alhey😭😭
Is their approval literally that important????
Yeaa, pending ga.
Mi site hingaa meehun hadhaafa onna rules eii. The set process ah kankan vaany 😭😭
Let’s wait, it will be uploaded soon IA
Aley haadha inthizaareky ehn kudhin vaahaka thah update eba kuree
Ehen authors ah vx hama vhk up kureveny approve libigen! So wait till mi story ah ves approve liben dhekah
Eii pro authors, they have the authority to update it. I’m just a normal writer 😭😭 ehenve jeheyni madu kuran. Vhk upload kurany admin, alhugandu submit kurany. Hope u understand.
Adhi vess????
Kalo gayaa satanya!!
Mihaaru ebain upload vefa.
Shukran Eh ✨✨
Alheyy areen fajeerah gotheh nuhadhahchey!
Nail ves dho dhen!!
Varah reethi mibai ves 😊
Curiously waiting for the next part ☺️
Lysm❤️
Areenah gotheh nuvaane ey nubuneveyne 😭😭
Shukran Anonymous ✨✨
Lyt darl 🫶🏻🫶🏻