Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 26

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
December 20, 2025 7 Mins Read
12 Comments

ގުރޫޕްގަނޑާއި އެކު އެޕާޓްމަންޓަށް ވަންނަން އައި އުބައިދަށް ހުއްޓެވުނީ ދޮރުމަތިން އެއްޗެއް ފާހަގަވުމުންނެވެ. އޭނާ ޖީބުން ލައިޓަރެއްނަގައި ރޯ ކޮށްލަމުން ބިންމައްޗަށް އަލިކޮށްލިއެވެ. އުބައިދަށް ދަތްކުނޑި ވިކާލެވުނީ އެ ގޭތެރެއަށް ބަޔަކު ވަދެގަންފިކަން ޔަޤީން ކުރެވުމުންނެވެ.

“އޭ ކައެ ދެން ވެސް ދޮރު ހުޅުވާބަލަ.” އެތަނުން ސޮރަކު ކެތްމަދުވެފައި ބުނެލިއެވެ. އުބައިދު ދޮރު ހުޅުވާލާފައި ފުރަތަމަ އެ މީހުންނަށް ވަންނާން ފުރުސަތު ދިނެވެ. އެއަށްފަހު ހަމަޖެހިލަމުން އެކްޓެއް ޖައްސަން ފެށިއެވެ.

އެ ޕާޓޭ ވައްތަރުގެ ފިރިހެނާ އެތެރެއަށް ވަނީ ވެސް އެއްލެމުންނެވެ. ގޮސް ވެއްޓުނީ އެއްފަރާތުގައި ހުރި ސޯފާ އަކަށެވެ. އޭނާގެ ފަހަތުން އެހެން ދެ ފިރިހެނަކާއި ނިވާކަންކުޑަ ގޮތަކަށް ހެދުން އަޅައިގެން ތިބި ދެ އަންހެނުން އައިސް އެތެރެއަށް ވަނެވެ. އެ ގުރޫޕް ގޮސް ވަނީ ކޮޓަރިއަށެވެ. “އޭ. ކައެމެން މި ގޭގަ ތިކަން ކުރަންޏާ މަށަށް ވެސް ރަހަ ދައްކާލަން ޖެހޭނެ.” އެ މީހުންނަށް އިއްވަންވެގެން އުބައިދު ބުނެލިއެވެ.

އެ އަޑު އިވިފައި ސުމައްޔާ އަށް ފަކުރުން އޯކަށް ނުދެމި ހުރެވުނީ ކިރިޔާއެވެ. އެހެނަސް ކުޑަކޮށް ތެޅިގަނެވުމުން ބޫޓު ހަރުމަތީގައި ހުރި ދަގަނޑު ބިޔަރު ހުސްކުރި ދަޅެއް ވެއްޓެން ދިޔައެވެ. އިޙުސާނު އޭގައި ހިފަން އުޅުނު ނަމަވެސް ކާމިޔާބެއް ނުވިއެވެ. ދެން އިވުނީ މުށިގަނޑު މަތީގައި އެ ދަގަނޑު ދަޅު ޖެހުމުން އިވޭ ބޮލަށް ތުރާ އަޑެވެ. އެ އަޑާއި އެކު އުބައިދުގެ ހަށިގަނޑު ވެސް ސީދާ ވެއްޖެއެވެ. ދެން އެނބުރި ބަލައިލީ އަލަމާރިއާއި ދިމާލަށެވެ. އެއަށްފަހު ތެދުވެ ހިނގައިގަތް އިރު އޭނާގެ ކިބައިގައި ބޮއެގެން ހުރި ކަހަލަ އަސަރެއް ނެތެވެ. މިކަމުން އިޙުސާނަށް ޔަޤީން ކުރެވުނީ އެންމެ ކަމެކެވެ. އެ ފިރިހެނާ ކުރިން ވެސް ހުރީ ހަމަހޭގައި ކަމަށެވެ. އެ ޖައްސާލީ ޑްރަންކް އެކްޓެއް ކަމެވެ. ސުމައްޔާގެ ހާސްކަން ކޮޅުން ލައިފިއެވެ. ދެން ލަސްތަކެއް ނުވެ އެމީހުން ކޯޓުވާނެއެވެ.

އިޙުސާނު ސުމައްޔާގެ މެދު ހަށީގައި ވަށާލެވިފައިވާ އަތަށް ބާރު ކޮށްލިއެވެ. ދެން ސުމައްޔާ ގެނައި ދަބަސް ތެރެއިން ހަމަލާދެވޭނެ އެއްޗެއް އަތުޖެހޭތޯ ހާވާލިއެވެ. އުބައިދު ވެސް އައިސް ބޫޓު ހަރު ކުރިމަތީގައި ހުއްޓިލައިފިއެވެ. “ކާކު؟ ކިހިނެއް މިތަނަށް… އާތް” އޭނާ ދެލޯ މަތީގައި އަތް އަޅާލަމުން ހަޅޭއްލަވައިގަތީ ދެލޮލަށް އެރި ދިލަޔަށް ކެތް ނުވެގެންނެވެ. އިޙުސާނު ދެވަނަ ފަހަރަށް އެ ޕެޕާސްޕްރޭ ފުޅި ޖަހާލައިފައި އޭނާ ގައިގައި އަޅުވާ ކޮށްޕާ ވައްޓާލައިފިއެވެ. ސުމައްޔާ އަވަހަށް ގޮސް ދޮރު ހުޅުވާލިއެވެ. ނުކުމެފައި އެކީ ގުޅާލީ މާލޭ ފުލުސް ސްޓޭޝަނަށެވެ.

އިޙުސާނު އުބައިދު ލޯ މަތީގައި ފޮތިގަނޑެއް އައްސައިފައި އަތު ބިޑިއެއް އަޅުވާލަމުން ބިމަށް ތިރިކޮށްލިއެވެ. އުބައިދުގެ ގައިން ދޫކޮށްލީ އެ ސޮރަށް ނުތެދުވެވޭނެ ވަރު ކޮށްފައެވެ. ހޭވެސް ނައްތާލައިފައެވެ. އެއަށްފަހު އޭނާ ދެން އެ ތަނުން ނުކުތީ އިތުރު މައްސަލައަކާއި ކުރިމަތިލާން ބޭނުން ނުވާތީއެވެ. އަވަސް އަރުވާލަން އުޅެގެން އުބައިދުގެ ފަށަށް ޓްރެކަރު ލައްވާކަށް އޭނާ ހަނދާނެއް ނެތެވެ. އޭރު ސުމައްޔާ އޭނާ ނައިސްގެން ލަސްވެފައި ހުއްޓެވެ. ދެ މީހުން އެ ގޯޅިގަނޑުން ނުކުތީ އަމިއްލަ ސަލާމަތްތެރިކަން ހޯދާށެވެ.

“ކިރިޔާނުން މި ސަލާމަތްވީ. ކުރިން އެ ކުޑަ ދޮރުގަނޑުން ނުކުތް ނަމަ މިހެނެއް ނުވީސް. މީނާ އަދި ވެއްޖެ މަޑުކުރަން. އެ ސޮރަށް ނޭނގި ނުކުމެވިއްޖެތަ؟” ކާރު ދުއްވާލަމުން އިޙުސާނު ރުންކުރު ގޮތަކަށް ބުނެލިއެވެ. “ކޮންމެހެން މަ ދައްކާ ވާހަކަ އަޑުއަހަން ކަލެއަށް ޖެހޭތަ؟ އެންޑް… އަހަރެން ފުލުހުންނަށް ރިޕޯޓު ކޮށްފިން. އެކަމް އެނަނިމަސްލީ. ދެން މި ގެނައިހާ ހެއްކެއް އަހަރެމެން ދިރާސާ ކޮށްފަ ކޯޓު އަމުރަކަށް ރިކުއެސްޓް ކުރީމަ ވީނުން. އަނެއް ހަތަރު ގޮލާ ރެޑް ހޭންޑެޑް ކޮށް އަތުލައިގަނެވޭނެއްނު. ދެން ހުރީ ބަލާ ދިޔަ ގޮލާ ދޯ. ތި ވަކަރު ބޮލަށް އެނގޭނީ އޭނާއަށް ވާނެ ގޮތެއް.” ސުމައްޔާ ރައްދު ދިންލެއް ވަކި ލަހެއް ނޫނެވެ.

“ދެން ހެވޭ ތިޔަ ވަރު ނުކުރިއަސް. ކިހިނެއްތަ މަށަށް އެނގޭނީ އުބައިދަށް ވާނެ ގޮތެއް. ތަންތަނުގަ މީހުން އިސް މީހުންނަށް ޖަދަލުކުރާ ތަން މަދުން ނަމަވިޔަސް ފެނޭ. އެހެނަސް ދެކެދެކެ ވެސް މި ވަރުގެ ކަމެއް ނުދެކެން. ވަކަރު ބޮލެކޯ. މަށަށް ކިތައް ހާސް ގޮތަކަށް ނަން ހަދައިފަތަ ކަލޭ މައިތިރި ވާނީ.” އިޙުސާނު ކާރުގެ ދުވެލި ބާރު ކޮށްލަމުން ސުމައްޔާ އަށް ވައްކަޅިން ބަލައިލިއެވެ. “އެ ވަރަށް އެއްޗެއް ބުނެގެން ވެސް މި އުންމަތުލްވަބާ ހިތްހަމައެއް ނުޖެހޭނެ. މަވާ ހައްޕު ކިޔައިފިން.” ސުމައްޔާ ކަޅި އަނބުރާލައިފައި އޭނާގެ ޖީބުން ފޯނު ނެގިއެވެ.

ހުޅުމާލޭގެ ފުލުސް ސްޓޭޝަނަށް ހުއްޓާލުމަށް ފަހު ދެމީހުން ވެސް ކާރުން ފޭބިއެވެ. މާސްކުތަކާއި އަންގި ބާލައިފައި ވުމުން އެހެން މީހަކު ޝައްކެއް ނުކުރާނެތާއެވެ. އެ މީހުން ގެނައި ތަކެތި ގެންގޮސް ހަވާލުކުރީ ތަނުގެ ފޮރެންސިކް ޓީމަށެވެ. ކުރަން ޖެހޭ ބައެއް މުހިންމު ކަންކަން ކޮށްފައި ދެ މީހުން ނުކުތް އިރު ދޭއް ޖަހަނީއެވެ. ސުމައްޔާ ހިނގައިފައި މިސްރާބު ޖެހީ އޭނާ އުޅޭ ފުލެޓަށް ދާށެވެ. އިޙުސާނަށް މިކަން ފާހަގަ ކުރެވުމުން ގޮސް ސުމައްޔާގެ އަތުގައި ހިފާ ހުއްޓުވައިފިއެވެ.

“މިހާރޯ؟” ސުމައްޔާ އިޙުސާނުގެ އަތް ފޮޅުވާލަމުން މޫނު ހަދާލިއެވެ. “އާދޭ! މިހާ ދަން ވަގުތެއްގައި އެކަނި ދާނެ ކަމެއް ނެތް.” އިޙުސާނު އަނެއްކާވެސް ސުމައްޔާގެ އަތުގައި ހިފާ ގާތަށް ދަމާލިއެވެ. “މަ މީ ކުޑަކުއްޖެއް ނޫނޭ. ދޫކޮށްލާ. އިތުރަށް ލަސްވިއްޔާ އަހަރެންގެ ބައްޕަ ކަންބޮޑުވާނެ.” ދަތްކުނޑި ވިކާލަމުން ސުމައްޔާ އަމުރުކޮށްލިއެވެ. އިޙުސާނު މި އަޑު އިވޭ ކަމަށް ވެސް ހަދާނުލާ ގޮސް ސުމައްޔާ ކާރުގެ ކުރީ ސީޓުގައި ބައިންދައިފައި ސީޓު ބެލްޓު އަޅުވަން އުޅުނެވެ. ސުމައްޔާ އަދިވެސް ހުއްޓާލާށޭ ކިޔާ ގަދަހަދަމުން ދިޔައެވެ. އެހެނަސް އިޙުސާނަށް ވުރެ ގަދައެއް ނުވިއެވެ. ސީޓު ބެލްޓް އަޅުވާ ލޮކު ކޮށްލައިފައި އިޙުސާނު ގޮސް ކާރަށް އަރާ ދުއްވާލިއެވެ.

“އުންމަތުލްވަބާ ހަނދާން ކޮށްލައިގެން ހުންނާތި. މަށަށް ބެހެފަ ސަލާމަތެއް ނުވެވޭނެ.” ސުމައްޔާ އަށް ސީޓު ބެލްޓު ނުނެއްޓުމުން ހިފީ އިޙުސާނުގެ އިސްތަށިގަނޑުގައެވެ. “އަައްދޯތް.” އިޙުސާނު ބޮލަށް އެރި ތަދަށް ކެތްނުވެގެން ކާރު ވެސް ހުއްޓާލެވިއްޖެއެވެ. އޭރު އަދި އާދެވިފައިވަނީ ފުލެޓު ނަންބަރު ސަތޭކަ ނުވަދިހައިގެ ބްލޮކަށެވެ. އިޙުސާނު ސުމައްޔާގެ ދެ އަތުގައި ހިފާ ފަހަތަށް ގެންގޮސް ހޭންޑް ލޮކެއް އަޅުވާލިއެވެ. އެ މޫނާއި ދިމާލަށް ގުދުވެލައިފައި އިޙުސާނު ހިނިގަނޑެއް ޖަހާލިއެވެ. “ޑޯންޓް ޓެސްޓް މައި ޕޭޝެންސް. ދެން ނުކުންނާނެ ނަތީޖާ މާ ރީއްޗެއް ނުވާނެ.” އިޙުސާނުގެ ހޫނު ނޭވާ ސުމައްޔާގެ މޫނަށް އެޅުމާއި އެކު އޭނާ ހިމޭން ވެއްޖެއެވެ. މެޔަށް ފާޑެއްގެ ފިނިގަނޑެއް އަރައިގެން ދިޔައެވެ. އެ ކަތި ނަޒަރު އަމާޒުވެފައި ހުރިގޮތުން ކޮންމެވެސް ވަރަކަށް ހާސްވާން ފަށައިފިއެވެ.

ސުމައްޔާ އަށް ވުރެ އިޙުސާނުގެ ޙާލު ވަކިން ދެރަ ހެން ހީވެއެވެ. ސުމައްޔާގެ ހިތްގައިމު ސޫރަ އެހާ ގާތުން ފެނި ހިތް އަވަސްވެއްޖެއެވެ. އޮބިނޯވެ ތެޅެމުން ދިޔަ އެ ހިތުގެ އަޑު ސުމައްޔާ އަށް އިވިދާނެތީ ހާސްވާވަރު ވެއްޖެއެވެ. މައުސޫމް ގޮތަކަށް ބަލަހައްޓައިގެން ހުރި ގޮތުން އިޙުސާނަށް އޭނާގެ ނަފުސު ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. އިތުރަށް ގާތްވެލާ އެ ފިޔާތޮށި ކުލަ އަރަމުން ދިޔަ ތުންފަތުގައި ބޮސްދޭން ހިތް އެދެން ފެށިއެވެ. މި ނުރައްކާތެރި އިހުސާސްތައް ވަށާލުމުން އޭސީގެ ފިނިކަމުގެ ތެރެއިން ވެސް އޭނާ ދާހިއްލާލައިފިއެވެ. އެހެނަސް އެ ހިތުގެ އެދުމުގެ މައްޗަށް މި ފަހަރު ކުރި ހޯދީ އޭނާގެ ނުތަނަވަސްކަމެވެ.

“ރަނގަޅު. ދެން ވެސް ގެއަށް ދެވެންދެން ހިމޭނުން އިނދޭ.” އިޙުސާނު ތެޅިގަނެފައި ދުރަށް ޖެހުނީ ދެތިން މިނެޓްވީ ފަހުންނެވެ. އޭސީގެ ފިނިގަދަ ކޮށްލަމުން އޭނާ މަގަށް ނަޒަރު ހުއްޓާލީ ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލުތައް ފިލުވާލެވޭތޯއެވެ. މިރޭ މި ވަމުން ދާ ގޮތުން ޚުދު އޭނާ ވެސް ހައިރާންވެއްޖެއެވެ. އަނެއްކޮޅުން ސުމައްޔާ އިސްޖަހާލި ގޮތަށް ތަނަކަށް ފަރާތަކަށް ހެލިނުލައެވެ. ފުލެޓު ނަންބަރު 150 ގެ ކުރިމައްޗަށް ހުއްޓާލައިފައި އިޙުސާނު ކާރުން ނުކުތެވެ. ދެން އަނެއް ފަރާތުން ކާރު ދޮރު ހުޅުވާލާފައި ސީޓު ބެލްޓް އަންލޮކް ކޮށް ނައްޓާލައިފިއެވެ. ސުމައްޔާ އެ ހިނދުކޮޅަށް އިންތިޒާރު ކޮށްލަ ކޮށްލާ އިން ކަހަލައެވެ. ވައި ސޫރިއެއް ހެން ފައިބައިގެން ގޮސް އިމާރާތުގެ ތެރެއަށް ވަނެވެ.

އެޕާޓްމަންޓުތެރެއަށް ވަން އިރު ސޯފާގައި އިށީނދެ އިން އަބްދުއްރަޙްމާން ފެނި ސުމައްޔާ އަށް ހުއްޓެވުނެވެ. “ދަރިފުޅު ހާދަ ލަސްވީ. ދަންވަރު ޑިއުޓީ އޮތް ރެއެއް ވެސް ނޫނެއްނު. މިޝަނަކަށް ދިޔަޔަސް މިހާ ދަންކޮށްފަ ދާން އެހާ ރަނގަޅެއް ނުވާނެ. ދެން އަވަހަށް ދޭ ނިދާލަން.” ސުމައްޔާގެ ބޮލުގައި ފިރުމާލަމުން އަބްދުއްރަޙްމާން ބުނެލިއެވެ. ސުމައްޔާ ވަކި އެއްޗެއް ނުބުނެ ހިނިތުންވެލައިފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“ލިވާޒާ ދެއްތޯ! އަޅުގަނޑަށް ތި މައްސަލައިގެ އިތުރު ތަފްސީލުތައް ދެއްވާ. ވީ ވަރަކުން އަޅުގަނޑު ވެސް އެއްބާރުލުން ދޭނަން.” ހެނދުނުގެ އޮފީސް ވަގުތުގައި އަރީން އިނީ ފަހުން ދިމާވި ކްލައިއެންޓާއި ވާހަކަ ދައްކާށެވެ. އޭނާގެ ކެބިންގައެވެ. “ލައްބަ. އަރީނަށް ވެސް މިހާރު އެނގިފައި އޮންނާނީ ބޭރުފުށުގެ މައުލޫމާތުތައް. އެ ދުވަހު އަޅުގަނޑުގެ ކުޑަ އާއިލާ އާއި އެކު އުޅުނީ ޖެޓްސްކީ ދުއްވުމުގައި. ކުރިން ޑައިމަންޑް ސްކައިގެ އެންމެ މަޝްހޫރު ރިސޯޓު. އެކަމަކު ބްލޫ ވޯޓާސް ކިޔާ ބަޔަކު ރީބްރޭންޑް ކޮށްގެން އެތަން ހިންގަނީ.” ލިވާޒާ ކިޔައިދޭން ފެށިއެވެ.

“މިހާރު ހާދަ ބޮޑަކަށް ކަޓާފަ. އިއްޔެ ޒެވް އާއި ދިމާކުރަން ދިޔަ އިރު ކަމެއް ވީތަ؟” ޔޫލީން ކޮފީ ފޮދެއް ބޯލަމުން އެހިއެވެ. އެ ވަގުތު އެ ތިންމީހުން ވާހަކަ ދައްކަން އައިސް ތިބީ އެ މައިޒާނުގެ އެކަހެރި ގޮޅިއެއްގައެވެ. “ކަޓާނެއްނު. އިނގޭތަ މަށަށް ފެނުނު މަންޒަރު؟ އައްޗީޑި. އެ ނާގަ ހަރުފަގަނޑާ ތުން ގުޅާލައިގެން ޒެވް ހުރީ. އަދި އޭނާގެ އުނދަގޫ ބޮޑު ޕީއޭ މަ ކަމެއް ކުރަން ވާއިރަށް އެތަނުން ނެރެ ބޭރު ކޮށްލައިފި. ހާދަ ޙާލަކުންނޭ މަށަށް އެ ތަނަށް ވަދެވުނީ. އަވަސް ރަޙުމަތެއްގަ މަރުވާން އުޅޭ *** އެއް ނޫން.” ކޮފީ ތައްޓަށް ބާރު ކޮށްލަމުން ވާހަކަ ދެއްކި ޝައުލާގެ މޫނު ހުރީ ރުޅިން ރަތްކުލަ އަރައިފައެވެ.

“ނައު މިހާރު އެއްޗެއް ސެޓު ކޮށްފިންތަ.” ޔޫލީން ކޮފީ ޖޯޑުތެރޭ ސަމްސާ ތަޅުވާލަމުން ބުނެލިއެވެ. “އާން. މިރޭ އެކަން ނުވިއްޔާ ދެން އުންމީދު ކަނޑާލާނީ. މިހާރު ކިތައް ހާސް ގޮތްގޮތުން މަސައްކަތް ކުރެވިއްޖެތަ؟” ފޯނުން ނަޒަރު ވަކި ނުކޮށްލާ އިނދެ އޭނާ ބުނެލިއެވެ. “މި ދެ މީހުންނަށް ފުރަތަމަ ލޯބީގެ މަތިން ހަނދާން ނައްތާލާކަށް ނޭނގުނު. ޝައުގެ ޒެވް މީހަކާ އިނދެފި. ނައުގެ ސެން ހުސްހަށިބަޔަށް ހުއްޓެއް ކަމަކު އެ ލޯބި ކާމިޔާބު ކުރެވެނިއްޔެއް ނޫން.” ޔޫލީން ބޯހޫރާލަމުން ބުނެލިއެވެ.

“ނައު އަށް ފަސޭހަ ވިޔަސް މަށަށް މި ޖެހެނީ ކަށި ކުނބުރު ޖަންގައްޔެއްގަ ހިނގަން. މިހާރު މި ކުރާ މަސައްކަތްތަކުން އެއްވެސް ރާހަތެއް ނުކުރޭ. ތަންކޮޅެއް ކޮމްޕްލެކްސް ކޮށް ވިސްނަންވީ.” ޝައުލާ އެހެން ބުނެލި އިރު އެ މޫނުމަތީގައިވަނީ މަކަރުވެރި ހިނިތުންވުމެކެވެ. ހީވާ ގޮތުން އޭނާއަށް އަރީނަށް ގޯނާ ކޮށްލެވޭނެ މޮޅު ޚިޔާލެއް ލިބުނީއެވެ. “ހޫމް. އެކަމަކު މަރުގެ އެތިފަހަރު ނުދީ އެހެން ގޮތެއް ހޯދާ. އެހާ މައްޗަށް ދާކަށް ނުވާނެ.” ނައުރީން ބުނެލިއެވެ. ޝައުލާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. ޔޫލީން ފަދައިން ކޮންމެ ޒާތެއްގެ ނުބައި ކަމެއް ކުރާން ނައުރީންގެ އެއްބާރުލުން ނުލިބޭތީ ހިތްހަމަނުޖެހުނެވެ.

ލިވާޒާ ދިން މައުލޫމާތުގެ އިތުރުން ވެސް ތަފާތު ގޮތްގޮތުން ދިރާސާކޮށް މައްސަލައިގެ ތެރެއަށް ފީނައިގަތުމަށް އަރީން އުޅުނީ ލޯވް ފާރމްގެ ރިސާޗިން ފުލޯގައެވެ. އެއީ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ އާލާތްތައް ބޭނުން ކުރަން ލިބެން ހުރި ބައެކެވެ. އާންމު ގޮތެއްގައި ކޭސް ދިރާސާކުރަން މުވައްޒަފުން ބޭނުން ކުރާ ތަނެކެވެ. މި ފަހަރު އޭނާ އެ ކޭސް ނެގީ ބްލޫ ވޯޓާސް އާއި ދެކޮޅަށް އިން ކޭހަކަށް ވުމުންނެވެ. އެ ކުންފުންޏާއި މެދު އެ ހިތުގައި ވީ ވަހުމުތައް ސާފުކޮށްލުމަށް އެ ތަނާއި ގުޅުން ހުރި އެއްޗެހި ދިރާސާކުރަން ބޭނުންވީއެވެ.

“ޑައިމަންޑް ސްކައި… ބްލޫ ވޯޓާސް. ކީއްވެބާ މިތަނުގެ އޯވްނާޝިޕް ބަދަލުވީ. ދެން އެކްސްޕްލޯސިވްސް ބޭނުން ކުރުން. ލިވާޒާގެ ފިރިމީހާ އަށް ކޮން ކަމެއް އެނގިގެން ކީއް ކޮށްގެންބާ މިހާ ވަރެއް ކުރަން މި ޖެހުނީ. ކުށެއް ނެތް ޅަ މައުސޫމް ކުއްޖަކަށް ވެސް ރަޙުމެއް ނެތް. މި މީހުންގެ ހިތެއް ނެތީބާއޭ ހިތަށް އަރާ.” ލެޕްޓޮޕަށް ގެއްލިފައި އިން އަރީންގެ ހިތުގައި ވަނީ އެ ސުވާލުތަކެވެ. ފަސޭހައިން ޖަވާބު ލިބޭނެކަމާއި މެދު ޝައްކެވެ. އިރުކޮޅަކު އެހެން އިނދެފައި އޭނާ ލެޕު ނިވާލައިފައި އެއްފަރާތަށް ޖައްސާލިއެވެ. އެއަށްފަހު ކޮންޕިޔުޓަރުގެ ކީބޯޑަށް ކުޅެލަމުން އޭނާ ހޯދަން މަސައްކަތް ކުރީ ސީސީޓީވީ ފުޓޭޖްތަކެކެވެ. އެހެނަސް ލިވާޒާގެ މައްސަލައާއި އެއްވެސް ގުޅުމެއް ނެތް އެއްޗެހި ތަކެކެވެ.

“ވަޓް. ކީއްވެ؟ އެ ރޭގެ އެއްވެސް ރިކޯޑިން އެއް ނެތީ. އަދި އެ ވެސް ހަމައެކަނި އެ ބްލޮކުގަ.” ހިތްހަމަނުޖެހިފައި ހުރެ އަރީން މޭޒުމަތީގައި އަތުން ޖަހާލިއެވެ. “އެއީ ކީއްވެބާ؟ ރައުފާނަށް އެނގިދާނެބާ؟” ސިކުނޑިއަށް ބާރުކުރާ ކަހަލަ ގޮތެއް ވުމުން އަރީނަށް ދެލޯ މަރާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއި އެކު އޭނާގެ ލޯ މައްޗަށް ސިފަވީ އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހި މުޅި މީހާ ތައްޅުވަ ތައްޅުވައިގަނެގެން ދިޔަ ރޭގެ މަންޒަރުތަކެވެ. އޭނާގެ އެންމެ ގާތް މިތުރު ލޭކޮށާލެވި މަރާލެވިފައި އޮތް ގޮތެވެ.

އެހާ ވަރުން ރާވައިގެން ފުރާވަރުގެ އަންހެން ކުއްޖެއްގެ ފުރާނައެއް ދަމައިގަންނާނީ ކޮންމެވެސް އެހެން ސަބަބަކާއި ހުރެ ކަން ޔަޤީނެވެ. އެހެނަސް ކޮން ކަމެއް ޙާސިލުކުރަން ހެއްޔެވެ؟ އެހެން ނޫނީ ލިވާޒާގެ ފިރިމީހާ ފަދައިން އަޒާޔާ އަށް ވެސް އެނގެން ނުޖެހޭ ވަރުގެ ކަމެއް އެނގުނީމަ ހެއްޔެވެ؟ މިހުރީ ހައްތަހާ ވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ.

“އުބައިދު ވީތަނެއް އަދިވެސް ނުހޯދޭތަ؟” ލެޕުން މަސައްކަތެއް ކުރަން އިނދެފައި ސުމައްޔާ އެހިއެވެ. “އާނ. ބްލެކް ލިސްޓަށް ލެވިފަ ވީ. އެއީ މޮޅު ކްރައިމް މާފިޔާ އެކެއްނު. ހީކުރާހާ ފަސޭހައެއް ނުވާނެ އެގޮލާ އަތުލައިގަންނާކަށް.” ޒައިން ރައްދުގައި ބުނެލިއެވެ. “ތި ޓެކް ލެޖެންޑެކެއްނު. އަޅެ އޭނަ އުޅޭނެހެން ހީވާ ދެވަނަ ތަނެއް ހޯދަބަލަ ކުރިން ވެސް ޒޮންބީ އެއްނު ހޯދީ. ފުރުސަތު ލިބުނީމަ ވެސް މި އުންމަތުލް ވަބާ އަކަށް ނޭނގުނު ވިއްޔާ އެ ގޮލާގެ އެއްޗެއްގަ ޓްރެކަރު ހަރު ކުރާކަށް.” ސުމައްޔާ ބުނެލިއެވެ.

“އެއީ ތި ހީކުރާހާ ފަސޭހަ ކަމެއް ނޫނޭ. ސޫމޯ އަކަށް ނޭނގޭނެ ކިހާ ޙާލަކުން ކަމެއް އެ ހައިޑް އައުޓް ވެސް ހޯދި” ޒައިން ޝަކުވާގެ ރާގަކަށް ބުނެލިއެވެ. “ހެވޭ. ކޮންމެ ވެސް ގޮތަކުން ތީނައަށް ހޯދިދާނެއްނު. އަހަރެމެން ކަހަލަ މީހަކު ތިޔަ ކަމާ އުޅުނިއްޔާ ހިޔެއް ނުވޭ އެ ގޮލާ މި ހިސާބުން ރައްކާވެގެން ދާއިރު ވެސް ހޯދިދާނެހެންނެއް.” އަފާފް ބުނެލިއެވެ. އެ ދެމެދުގައި ކުޑަ ފިނި ޒުވާބެއް ހިނގިނަމަ ވެސް ނިމުނީ ސުމައްޔާގެ ކޮޅަށެވެ. ޒައިން އޭނާގެ މަސައްކަތް ދޫކޮށްލައިފައި އެ ކަން ފެށީ އެހެންވެގެންނެވެ.

އަރީން ގެއަށް ދިޔައީ ފުރަތަމަ އަޑުއެހުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އެތެރެއަށް ވަނުމާއި އެކު އާފިޔާ ކާން ގޮވާލައިފިއެވެ. އަރީން ދަބަސް ކޮޓަރިއަށް ލައިފައި އައިސް ކާން އިށީނެވެ. އާދައިގެ މަތިން މިރޭ ވެސް ކާމޭޒުމަތި ވަރަށް ތިޔާއްގެވެ. ނަން ހުސްކޮށް ކާތަކެތި ތައްޔާރުކޮށްފައި ހުއްޓެވެ. އަރީން ކާން އަޅައިފައި ފެށިއެވެ. އުފާވެރިކަމާއި އެކު ތަފާތު ވާހަކަތައް ދައްކަމުން ދިޔަ އިރު ފާހަގަވަނީ އެމީހުންގެ މެދުގައިވީ ވަރުގަދަ ގުޅުމެވެ.

“ބައްޕާ. އަޅުގަނޑު ބޭނުން ސުވާލެއް ކޮށްލަން. ޖަވާބު ދެވިދާނެތަ؟” ބަތްތަށި ހުސްކޮށްލައިފައި އަރީން ވަރަށް ސީރިޔަސް ރާގެއްގައި އެއްސެވެ. “ކީއްވެގެންތަ ޖަވާބު ނުދެވޭނީ.” ޒިޔާދު ބަތް ސުވާއެއް ނަގަމުން ބުނެލިއެވެ. އަރީން އިނދެފައި ކޮށްލި ސުވާލަކުން އާފިޔާ ސިހިގެން އިދިފުށަށް ނުވެއްޓުނީ ކިރިޔާއެވެ. ޒިޔާދު ކާން ނެގި ބަތް ސުވާ ވެސް އޭނާގެ އަތުން ދޫވެގެން ތަށި ތެރެއަށް ވެއްޓުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ތިޔައީ ހަނދޭ-1

Next

އަބަދުވޭ ހިތުގާ މަގޭ 2 (3)

Next
December 20, 2025

އަބަދުވޭ ހިތުގާ މަގޭ 2 (3)

Previews
December 20, 2025

ތިޔައީ ހަނދޭ-1

12 Comments!

  1. Alaika_22 says:
    December 20, 2025 at 4:59 pm

    Ooh I am first.. Dhw ehehehe😄
    By the way mi part ves Vrh Reethi Masha allah….
    Whn nxt…..
    Luv u and take care 🙂❤️

    1. White rose White rose says:
      December 20, 2025 at 7:14 pm

      Yea u first
      IA next Tuesday ga submit kohlaanan
      Shukran Alaika_22 for ur unwavering support ✨✨
      Lyt darl 🫶🏻🫶🏻

  2. Your fav bab says:
    December 20, 2025 at 5:36 pm

    Vrh salhi mi part vx MA!!
    Oh God they escaped!!
    Soomoa ah vaa saabas!!! Adhives nan dheny! Ummathul vabaa akaa vakaru bolakaao heehee halaaku😂😂
    Shaula mihaaru e ulheny keeh kuran? Rangalhah viyya e fakeeraa hedhi aree and zev gaath vaanee!😜😂
    Aa areen e kuree kon suvaaleh baa?
    So very curious for the next part!!
    Lysm💗💗TC

    1. White rose White rose says:
      December 20, 2025 at 7:20 pm

      Arn, naseebakun salaamaiy vejje.
      Dhemeehun ge koalhun hama dhigulaigen dhany dhw 😂😂
      Kon suvaalehkan engidhaane thaa anniey bai kiyaaleema, stay tuned.
      Shukran Your fav bab ✨✨
      Lyt darl 🫶🏻🫶🏻

  3. Anonymous says:
    December 20, 2025 at 6:08 pm

    What a relief! I thought Sumeee and ihsaan will get caught. One day ihsaan out of control vaane hen vrh heevey
    SHAULAAAAA! what is wrong with you. Let reen live in peace.
    I wonder what reen asked ziyaadhu that made them so shoked
    Whn nxt?????

    1. White rose White rose says:
      December 20, 2025 at 7:18 pm

      Kiriyaa dhw salaamaiy vee
      Shaula ge kibain areen ah salaamaiy vaan faseyha eh nuvaane dhw 😢
      Let’s see e kuree kon kahala suvaalehthoa
      Next Tuesday IA
      Shukran Anonymous ✨✨

  4. someone says:
    December 20, 2025 at 7:25 pm

    vrh vrh reethi ingey mi episode ves
    masha allah
    sumee and ihusaan gulhuvahche ingeyhh
    they r soo cutee
    when’s the next episode? waiting impatiently

    1. White rose White rose says:
      December 20, 2025 at 7:51 pm

      So happy to hear that 😊😊
      Next Tuesday ga submit kohlaanan IA
      Shukran someone ✨✨

  5. Shaba_73 says:
    December 20, 2025 at 8:13 pm

    Masha Allah mi part vx vrh reethi naseebehnu ihsaan and sumayya safe vikan vx…. Anehka kon kameh kahlan hithah araigen baa shaula gandhu eulheny…. I hate shaula soo much 😡… Whattt??? Anehka kon Suvaaleh baa eii 🤔 I am so curious to know.. Curiously waiting for the next part when’s next???
    Lyyyyyyyy 😘🤞

    1. White rose White rose says:
      December 20, 2025 at 8:40 pm

      Shaulaa kuraa kameh engidhaanethaa kuri ah huri bai thah kiyaaleema.
      E kuri suvaalakaa medhu dhw dhen visneyni 😅😅
      IA next Tuesday ga submit kohlaanan
      Shukran Shaba_73

  6. Anonymous says:
    December 21, 2025 at 8:08 am

    Hiii white Rose
    How are you? Long time no sees 😥
    Mi part ves Vrh reethi MA!!! 😘
    Curiously waiting for the next part when’s next???
    You are so talented……
    Lots of Love 😘🤞😘🤞
    Between How old are you?

    1. White rose White rose says:
      December 21, 2025 at 9:37 am

      Alhamdhulilah, good, thank you.
      Next Tuesday ga submit kohlaanan IA
      16 – 20
      So ecstatic to hear that, Shukran Anonymous ✨✨
      Lyt darl 🫶🏻🫶🏻

Comments are closed.

Next Episodeދެވުނީ ވޭނޭ 27←


All Right Reserved!