Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި ހިތް ބޭޤަރާރު ވެއްޖޭ-2

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
December 14, 2025 3 Mins Read
6 Comments

“ކަލޭ ހަދާން ނެތުނީތަަ މިގެ ގާތްގަނޑަކަށް ގަޑިއިރެއް ހާއިރު ކުރިން ކަލޭ މަށާ ދިމާއަށް އެއްޗިހި ކީކަން.. ދެންއެހެންވީރު މަ ކޮންމެހެން ޖެހޭތަ ކަލެޔަށް ރީއްޗަށް ވާހަކަށް ދައްކަން.. ޝޯ ރެސްޕެކްޓް އިފްޔޫ ވޯންޓް ރެސްޕެކްޓް..” އެއްނޭވާ މަތިން ތާރާ އެހުރިހާ އެއްޗެއް ކިޔައިލައިފައި ދިޔައެވެ. ކައިސާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއީ ހާދަ ފޮނި ބޮޑު އަންހެނެކެވެ.

*ޕާރްޓް-2*

ބާރު ހިގުމެއްގައި އައިސް ކެބިންތެރެއަށް ވައިން ތާރާ ފެނި ސެހްރިޝް ހައިރާން ވިއެވެ ތާރާ ރުޅި އައިސް މީނީ ކީއްވެހެއްޔެވެ.

“މިއަދު ހާދަހާ ރުޅި ދުރުވާ ދުވަހެކޭ ދޯ..” ސެހްރިޝް ބުނެލިއެވެ. އޭރުވެސް އޭނާ ދިޔައި ޓައިޕް ކުރަމުންނެވެ.

“ރުޅި އަންްނާނެ ދޯ.. އެކަމު ހިތްހަމަވެސް ޖެހިއްޖެ ވަރަށް ބޮޑަށް..” ތާރާ އައިސް ގޮޑީގައި އިށިންދެ ހިނިތުންވެލިއެވެ.

“އެއީ..؟”

“ދެންމެ ފައިލްތަށް ބަލާ އައިސް ހުރީ އެއްކަލަ މީހަވިއްޔާ.. ދެން މަބުނީ ކަލޭ މަށާ ދިމާއަށް އެއްޗިހި ކިޔައިފަ އަދިވެސް ހިތައްއަރަނީހޭ މަ އޭނައަށް ރީއްޗަށް ވާހަކަ ދައްކާނޭ..” ތާރާ ވީގޮތް ކުރުގޮތަކަށް ބުނެދިނެވެ.

“ސާބަސް ތާާރާ އަށް..” ސެހްރިޝް ގާތަ ހިނިއައެވެ. ތާރާ އަކީ ވަރަށް ކެރޭ އަންހެން ކުއްޖެކެވެ. ސްކޫލު ދައިރުގައިވެސް އޭނާ ކްލާސް ފިރިހެން ކުދިންނާއިވެސް ޒުވާބުކޮށް މޮޅުވެއެވެ.

ކާރަށް އައިސް ކައިސާން އެރުމާއި އެކީ އޭނާގެ މޫނު މަތީވީ އިހްސާސްތަށް އާކިފް ދެނެގަތެވެ.

“ކިހިނެއްވީ..؟” އާކިފް އަހާލިއެވެ.

“ކަމެއް ނުވޭ..” ކައިސާން ބުނެލިއެވެ.

“ކަމެއް ނުވެޔޭ.. އެހެން ނުވާނެ..” އާކިފް ބޭނުމީ އެނގޭށެވެ.

“ކޮފީ ޝޮޕްތެރެއިން އަހަރެންގެ ގަޔަށް ކޮފީ އަޅާލި ކުއްޖާ އާދިމާވީ.. އޭނަ ބުނީ ތިމަންނަ ކަލެޔަކަށެއް ރީއްޗަކަށް ވާހަކައެއް ނުދައްކާނަމޯ.. ވަރަށް ފޮނު މީހެއް ކޮންމެއަކަސް..” ކައިސާން ކިޔައިދިނެވެ.

“މިޒަމާނުގެ އަންހެން ވެރިންވެސް ނުލާހިކު ފޮނިވާނެ..” އާކިފް އެހެންބުނެ ފެށީ ހޭށެވެ.

ސެހްރިޝް އާއި ތާރާ މަސަށްކަތް ނިއްމާލައިފައި ދިޔައީ ބޭރަށެވެ. ސެހްރިޝްގެ ލޯބިވެރިޔާ ވާސިލް އާއި ބައްދަލު ކުރާށެެވެ. ދެމީހުންވެސް އެރީ ސެހްރީޝްގެ ކާރަށެެވެ. އެކިވާހކަތަކުގައި ތިބެ ކާރުމަޑުކޮށްލީ ރެސްޓޯރެންޓް އެއް ކުރިމައްޗަށެވެ. އޭރު ރެސްޓޯރެންޓް ދޮރުމަތީގައި ޒުވާން ފިރިހެނަކު ހުއްޓެވެ. ގަދަ ފެހިކުލައިގެ އަތްދިގު ޓީޝާޓަކާއި ޖިންސެއްގައި އޭނާ ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ. އެއީ ވާސިލް އެވެ. ސެހްރިޝް ދުވެެފައި އައިސް ވާސިލްގެ އަތުގައި ހިފާލިއެވެ. ތާރާ ވެސް އެމީހުންނާއި އަރާހަމެވެލާފައި ހާލު ކިހިނެއްހޭ އަހާލިއެވެ.

“ހާލު ހަމަ ބަރާބަރު.. ހިގާ އެތެރެއަށް އަހަރެން ހުންނާނީ އެއްޗެއްސައްވެސް އޯޑަރ ޖަހާފަ..” ވާސިލް އެތެރެއަށް ވަންނަން ހިގައިގަންނަމުން ބުނެލިއެވެ.

“ހާދަ ރަގަނޅޭ ދޯ..” ސެހްރިޝް ހިނިތުންވެލިއެވެ.

ވާސިލް އާއި ސެހްރިޝް އަދި ތާރާ އަކީ ސްކޫލު ދައުރުގައި ވަރަށް ގާތް ތިން އެކުވެރިންނެވެ. ވާސިލް ތާރާ ކައިރީގައި ސެހްރިޝް އާއި ގަޔާވާ ވާހަކަ ބުނީ ސްކޫލު ދައުރުގެ އެއްމެ ފަހު އަހަރެވެ. އެހެން ކަމުން އޭނާ އަކަށް މާބޮޑު ކަމެއް ނުކުރެވުނެވެ. އެކަމު ފަހުން އަނެއްކާ ވެސް ވާސިލް ސެހްރިޝް އާއި ބައްދަލުކޮށް އޭނާގެ ހިތުގެ ގޮވުމުގެ އަޑު އިއްވާދިނެވެ.

ތިން މީހުންވެސް ގޮސް މޭޒުދޮށުގައި އިށީން ވަގުތަކީ ކާއެއްޗެހި ހިފައިގެން ވެޓާރ އައިސް ހުއްޓިލި ވަގުތެެވެ. ލަސްތަކެއް ނުކުރެ ތިންމީީހުންވެސް ކާން ފެށިއެވެ.

“ސެޝް.. ދެން ކޮންއިރަކުންތަ މަންމަމެން ކައިރި ބުނާނީ ތިދެމީހުންގެ ވާހަކަ..؟” ކެއުމުގެ ތެރެއިން ތާރާ އަހާލިއެވެ.

“އަހަރެން މިވިސްނަނީ ވަރަށް އަވަހަށް ބުނަން.. ވާސިލް ކޮންއިރަކުންތަ ބުނާނީ..” ސެހްރިޝް އަހާލިއެވެ.

“އަހަރެންވެސް އެބަ ވިސްނަން ބުނަން..” ވާސިލް ވެސް އެއްބަސް ވިއެވެ.

ސެހްރިޝް އާއި ވާސިލްގެ ގުޅުމަށް މިހާރު 3 އަހަރު ވެދާނެއެވެ. ނަމަވެސް އެވާހަކަ ދެމީހުންކުރެ އެކަކުވެސް މައިންބަފައިން ކައިރިއަކު ނުބުނެ އެވެ.

އާކިފް އާއި ކައިސާން އޮފީހުން ނުކުތީ މަސަށްކަތް ނިއްމާލާފައެެވެ. ބަންދުދުވަހެއް ކަމުން މާ ބޮޑު މަސަށްކަތެއް ނެތެވެ.

“އޭ ބްރޯ މަމިދަނީ ގެޔަށް.. މަންމަ ކައިރީ ބުނިން މިއަދު މަންމަ އަށް އެހީވާން ދާނަމޭ.. ކުޑޫމެން އަންނަން އެއުޅެނީ މިއަދު.. ކަލޭ ވެސް އަންނަން ވީނު..” ކައިސާން ދައުވަތު ދިނެވެ.

“ދާން ބޭނުން އެކަމު ދެއްމެ ޒާޔާ ގުޅާފަ އެބުނީ އައިސް ބަލާށޭ ތިމަންނަ އާއި އެކީ ޝޮޕިން އަށް ދާން..” އާކިފް ބުނެލިއެެވެ. ޒާޔާ އަކީ އާކިފްގެ ލޯބިވެރިޔާއެވެ. އެދެމީހުން ދެމީހުންދެކެ ކިތައްމެ ލޯބިވިއަސް ކައިސާން އެގުޅުމަކަށް އެހާ ނުރުހެއެވެ. އޭނާއަށް ޒާޔާގެ ކިބައިން ވަރަށް ނޭދެވޭ ސިފަތަށް ފެނެއެވެ.

“އެހެންދޯ..” ކައިސާން މޫނަށް ވައްތަރެއް ޖައްސާލައިފައި ހެލްމެޓް އެޅިއެވެ.

“ދެން ދަނީ..” އާކިފް ކާރު ސްޓާޓް ކޮށްލަމުން ބުނެލިއެވެ. ކައިސާން ވެސް އޭނާގެ ސައިކަލުގައި ނައްޓާލިއެވެ.

“ބޭބީ ހާދަ ލަހޭ..” އާކިފް އައިސް ޒާޔާމެންގޭ ދޮރުކުރިމައްޗަށް ކާރު މަޑުކޮށްލުމުން ޒާޔާ ޝަކުވާކޮށްލިއެވެ. އޭނާ ހުރީ ގަދަޔަށް މޭކަޕްކޮށްލައިގެނެވެ. ރަތް ކުލައިގެ މެޓް ލިޕްސްޓިކް އެއް ޖައްސާލެވިފައިވީރު ކޮލުގަވެސް ބްލަޝް އުގުޅާލައިފައި ހުއްޓެވެ. ފެންނަ ފެނުމަށް އޭނާ ރީއްޗެވެ. އެކަމަކު އާކިފް އަށް ޒާޔާ މޭކަޕް ކޮށްފައި ހުރުމުން އެހާ ހިތްހަމަ އެއް ނުޖެހެއެވެ. ޒާޔާ ލައިގެން ހުރީ މަޑު ފިޔާތޮށި ކުލައިގެ ކަކުލާ ހަމައަށް އަންނަ ވަރުގެ އަތް ކުރު ހެދުމެކެެވެ. އޭނާގެ ދޮންފައި އޮތީ ހާމަ އަށެެވެ.

“ލަސްތަ.. ދެން އެހެނެއް ނުވާނެ..” އާކިފް ކާރުން ފައިބައިފައި އައިސް ޒާޔާގެ އަތުގައި ހިފާ ގެނެސް ކާރު ދޮރު ހުޅުވައިދިނެވެ.

“އަބަދުވެސް އާކިފް ބުނާނީ އެހެން..” ޒާޔާ އަދިވެސް އިނީ ތުންކޮޅު އޫކޮށްލައިގެނެވެ.

އާކިފް ކާރު ދުއްވާލީ ޒާޔާ ބުނި ފިހާރެއާއި ދިމާއަށެެވެ. ދެމީހުންވެސް އެކިވާހަކަ ދައްކަމުން ޒާޔާ ބުނެލިއެވެ.

“ބޭބީ.. ޒާޔާ ބަނޑުހައިވެއްޖެ.. ހިގާބަ ތަނަކަށް ގޮސް އައިސް ކްރީމް ކާން..” ޒާޔާ ބަނޑުގައި އަތްޖައްސާލައިފައި ބުނެލިއެވެ. އާކިފް ވަގުތުން ކާރުގެ މިސްރާބު ބަދަލު ކޮށްލިއެވެ. ޒާޔާ ބުނާރަށް އޭނާ ހުންނަނީ އެކަމަކަށް ތައްޔާރަށެވެ.

“ކޮންތާކަށް ދާނީ.. ދޫނި ބުނެބަ..” އާކިފް މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރެ އަހާލިއެވެ.

“ޒާޔާ ކުރިން ދުވަހަކު ދިޔައިން ވަރަށް މީރު އައިސް ކްރީމް ވިއްކާ ތާކަށް.. ހިގާބަ އެތަނަށް.. އެއީ “ޓޭކް އެ ބައިޓް” ރެސްޓޯރެންޓް އާއި ޖެހިގެން ހުންނަ ތަނެއް..” ޒާޔާ ބުނެލިއެވެ.

ދެމީހުންވެސް ގޮސް އައިސް ކްރީމް ވިއްކާ ތަނަށް ހުއްޓިލިއެވެ. އޭރުވެސް އެތަކެއް މީހުން އެތާ ހަރަކާތް ތެރި ވަމުން ދިޔައެވެ.

އާކިފް ޒާޔާގެ އަތުގައި ހިފައިގެން ހރެ އެތެރެއަށް ވަނެވެ. އެތެރެއަށް ވަދެ ކައުންޓަރު ކައިރީ ހުއްޓިލި ތަނާހެން ޒާޔާގެ ލޮލުގައި މީހަކު އަޅައިގަތެވެ. އެމީހަކު އިނީ މާކުރިންވެސް ޒާޔާ އާއި ދިމާއަށް ބަލާށެެވެ. ޒާޔާ ހިތް ބިރުގަތެވެ. އާކިފް އަށް އެމީހަކު ފެނުމުގެ ކުރިއަށް މިތަނުން ނުކުންނަން ވީއެވެ. ނޫނީ ކަންތަށް ދާނީ ގޯހުން ގޯހަށެވެ. ޒާޔާ ހާސްވާން ފެށިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

މުސްތަޤުބަލު ބިނާކުރުމުގައި މުދައްރިސުންގެ ދައުރު!

Next

ރީމާލް… ފުރަތަމަބައި (އެކަނިވެރިކަމަށް ލޯބިކުރާ ރީމާލް)

Next
December 14, 2025

ރީމާލް… ފުރަތަމަބައި (އެކަނިވެރިކަމަށް ލޯބިކުރާ ރީމާލް)

Previews
December 14, 2025

މުސްތަޤުބަލު ބިނާކުރުމުގައި މުދައްރިސުންގެ ދައުރު!

6 Comments!

  1. Anonymous says:
    December 14, 2025 at 12:41 pm

    When’s next

    1. _MuXo_ _MuXo_ says:
      December 14, 2025 at 1:35 pm

      Idk.. 🤭🤩 iInshaallah v avahah!

  2. Save meh says:
    December 14, 2025 at 2:03 pm

    Love it

    1. _MuXo_ _MuXo_ says:
      December 14, 2025 at 3:31 pm

      Thank you darlin!

  3. Alaika_22 says:
    December 14, 2025 at 10:54 pm

    Masha Allah mi part ves Vrh Reethi…… 😀
    Whn nxt…?????
    Lov u and take care…… ❤️☺️

    1. _MuXo_ _MuXo_ says:
      December 15, 2025 at 9:59 am

      Thank you Alaika_22!
      Inshaallah v avahah! wednesday ah balamaa dhw! eyrun muxo ge test ves innaanee nimifa eyrun ehkoh free vaane!
      Love you too darlin! You also take care!

Comments are closed.

Next Episodeމުޅި ހިތް ބޭޤަރާރު ވެއްޖޭ-3←


All Right Reserved!