Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މުޅި ހިތް ބޭޤަރާރު ވެއްޖެވޭ-1

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
December 11, 2025 3 Mins Read
6 Comments

ސޯނާ ވަމުން ދިޔަ ގަނޑި ނިއްވާލައިފައި ސެހްރިޝް ތެދުވެ ވާޅަށް ދެމިލިއެވެ. އޭނާ ފޯނުނަގައި ބަލައިލިއިރު ވާސިލްގެ މެސެޖް އެއް އައިސް އިނެވެ. އޭނާ މެސެޖް ހުޅުވާލީރު އޭގައި ލިޔެފައި ވެއެވެ.

“ގުޑް މޯރްނިން ލަވް..” ސެހްރިޝްގެ ތުންފަތް މަތީ ކުޅެލީ ރަކި ހިނިތުން ވުމެކެވެ. އޭނާ އެއަށް ރިޕްލައި ދީފައި ތެދުވެގެން ދިޔައީ ފާޙަނާ އަށެވެ.

ސެހްރިޝް އަކީ 22 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. އޭނާ އަކީ އޭނާގެ މަންމަ، ވަދީފާ އަދި އޭނާގެ ބައްޕަ، ހަމްދާންގެ ހުރި ހަމައެކަނި ދަރިއެވެ. ހަމްދާން އަކީ ރާއްޖޭގައި ނަން މަޝްހޫރު ކޮންޕެނީއެއްގެ ވެރިޔާއެވެ. ވަދީފާ އަކީވެސް ވަރަށް މުއްސަނދި އާއިލާ އަކަށް ނިސްބަތްވާ އަންހެނެކެވެ. އެެހެންކަމުން އެއާއިލާ އަކީ ވަރަށް މުސަނދި އަދި ގަދަރުވެރި އާއިލާ އެކެވެ. ސެހްރިޝް މަސަށްކަތް ކުރަނީ އޭނާގެ މަންމަ ފަރާތު މާމަމެން ކޮންޕެނީއަށެވެ.

“ދަރިފުޅާ ސެހްރިޝް.. އަދިވެސް ނިކުމެވޭވަރެއް ނުވޭތަ..” ވަދިފާ ގޮވާލިއެވެ.

“ނޫނޭ މަންމާ މިނުކުތީ..” ސެހްރިޝް ބުނެލިއެވެ. ގަޔަށް ސެންޓް ކޮޅެއް ޖަހައިލައިފައި އޭނާ ނުކުތެވެ. އޭނާ ލައިގެން ހުރީ ހުދުކުލައިގެ އަތް ދިގު ކަކުލާއި ހަމައަށް އަންނަވަރުގެ ރީތި ހެދުމެެކެވެ. އޭނާ މާރީތި ވެލެއިގެން ހުރުމުން ވަދީފާގެ އިތުރަށް ހަމްދާންގެ ހިތުގައިވެސް ސުވާލު އުފެދުނެވެ.

“ކޮންތާކަށް ދާން ތިއުޅެނީ ދަރިފުޅާ..” ހަމްދާން ސުވާލު ކޮށްލިއެވެ.

“ބައްްޕާ އެއްމެ ރަގަނޅުތަ އަޅުގަނޑު ތާރާ އާއި އެއްކޮށް ބޭރަށް ދިޔައަސް..؟” ސެހްރިޝް އަބަދުވެސް އޭނާގެ މައިންބަފައިން ކައިރިން ހުއްދަ ހޯދާނެވެ.

“އެއްމެ ރަގަނޅު.. ސައިބޮއިގެން ދާނި ދޯ.. އަވަހަށް އާދޭ..” ހަމްދާން އެއްބަސް ވިއެވެ.

ސައިބުއިގެން ސެހްރިޝް ނުކުތީ ބޭރަށެވެ. އަވިއައިނުން އޭނާގެ ރީތި ދެލޯ ފޮރުވާލިއެވެ. އަދި ގަރާޖުގައި އޮތް އޭނާގެ ކަޅުކުލައިގެ ކާރަށް އެރިއެވެ. މަގުތަށްމަތި އޮތީ ފުދޭވަރަކަށް ހުސްކޮށެެވެ. ސްކޫލު ބަންދު ދުވަހެއްކަމުން މީހުން މަދެވެ. ބާރު ސްޕީޑެއްގައި ގޮސް ސެހްރިޝް ކާރު މަޑުކޮށްލީ އޮފީސް “ސްޓާރ ވާރސް” ޕާކިންލޮޓްގައެެވެ. ކާރުން ފައިބައިގެން އައިރު އެތަކެއް ޒުވާނުންގެ ނަޒަރުވަނީ އޭނާ އަށް ހުއްޓިފައެވެ. ނަމަވެސް އެކަމަކަށް ސެހްރިޝް އަޅައެއް ނުލައެވެ.

އާދައިގެ ހިގުމެއްގައި ގޮސް ސެހްރިޝް އޭނާގެ ކެބިންއަށް ވަނެވެ. އޭރު ތާރާވެސް އޭނާގެ މޭޒުކައިރީ އިނެވެ. ސެހްރިޝް އައިސް ތާރާ ކައިރީ ހުއްޓިލިއެވެ.

“ކިހިނެއްވެފަ ތިއިނީ.. ހާދަހާ މޫނުކުނިކޮށްލައިގެން..” ސެހްރިޝް މަޖާވެލައިފައި ހުރެ ބުނެލިއެވެ.

“މޫނުވެސް ކުނިކުރާނެ ދޯ.. ވަރަށް ފޫހިވޭ..” ތާރާ ތުން އަނބުރާލިއެވެ. އޭނާ އެހުރީ ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިފައެވެ.

“ކިހިނެއްތަވީ..؟” ސެހްރިޝް މޭޒުގައި ލެނގިލިއެވެ.

“އަންނަމުން މިވަދެލީ ކޮފީ ޝޮޕްއަށް.. ހަމަ ކޮފީތަށި ހިފައިގެން އެނބުރިލީރަށް މީނަގަނޑު ވެއްޖެ ކުރިމައްޗަށް އަރަން.. ދެން މަގޭ މުޅި ކޮފީ އެތި އެޅުނީ އެމީހަ ގަޔަށް.. ދެން އެމީހަ ދުލަށް އައިހާ ނުބައި އެއްޗެއް މަށާދިމާއަށްކީ.. ދެން މީހަކު ރުޅި ނައިސްއިއްޔާ ދެރައެއްނު..” ތާރާ ކިޔައިދިނެވެ. ސެހްރިޝް ޖަހާލީ ހިނިގަނޑެކެވެ.

“މަޖައެއް ނޫން އިނގޭ..” ތާރާ ގާތަށް ވެސް ކުޑަކޮށް ހިނިއައެވެ. ނަމަވެސް އޭނާ އެކަން ނުދައްކަން ވެގެން މޫނުއަނބުރާލިއެވެ.

“ހޫމް ހޫމް ދެން ހެވޭ.. މާމަ ބުނި މިއަދު އަހްމަދުބެމެންގެ ބިޒްނަސް މީހަކު އަންނާނޭ ފައިލް އެއް ބަލާ.. އެހެންވެގެން އަހަރެން މިއައީ އަސްލު..” ސެހްރިޝް ގޮސް އޭނާގެ މޭޒުކައިރީ އިށީނެވެ. އަދި ކޮމްޕިއުޓާރް އޮން ކޮށްލިއެެވެ.

ހަމައެވަގުތެވެ. އާކިފް އިނީ އޭނާގެ ކާރުތެރޭގައެވެ. އިގިލިތަކުން ކާރުގެ ހުންގާނުގައި މަޑުމަޑުން ޖަހަމުން ދިޔައިރު ހީވާނީ މީހެއްގެ އިންތިޒާރުގައި އިންނަހެންނެވެ. ކާރުގެ ލޯގަނޑު ތިރިކޮށްލައިގެން އޭނާ އިނީ ބޭރުބަލާށެވެ. އިރުކޮޅެއް ތެރޭގައި އާކިފް އިންތިޒާރު ކުރަމުން ދިޔަ މީހާ އައިސް ކާރަށް އެރިއެވެ.

“އަދި ދޯ ތިއާދެވުނީ.. ތިމަންނަ އަންނާނެމޭ ވަރަށް އަވަހަށް ބުނިމީހާ ތިޔައީ..” އާކިފް ޖެއްސުމުގެ ރާގަކަށް ބުނެލިއެވެ.

“ސާބަހޭ.. މަގޭމިއައީ ފެންވަރައިގެންނޭ..” ކައިސާން ސީޓްގައި ހަމަޖެހިލަމުން ބުނެލިއެވެ. އޭރުވެސް އޭނާ ދިޔައީ މާނޭވައިލަމުންނެވެ. އަވަސް އަރުވައިލައިފައި އަންނަންޖެހުނީމައި ތެޅިފޮޅެވުނީއެވެ.

“އައްދެ.. ހާދަ އަވަހަކަށް ފެންވަރަން ޖެހުނީ..” އާކިފް އެއްމިޔަކަނަށް ހީލަމުން ބުނެލިއެވެ. ކައިސާން ލޯއަނބުރާލީރު އޭނާގެވެސް ތުންފަތް މައްޗަށް ވެރިވެފައިވަނީ ލާނެތް ހިނިތުން ވުމެކެވެ.

ދެމީހުންވެސް އަވަސް އަރުވާލައިފައި ދިޔައީ ”ސްޓާރ ވަރސް” އޮފީހަށެވެ. އާކިފް މަޑުކޮށްފައި ކައިސާން އެތެރެއަށް ވަނެވެ. އޭނާ މަޑުހިގުމެއްގައި އެތެރެއަށް ވަދެގެން އައިރު އެތާ ތިބި އަންހެންކުދިންގެ ލޯތައް ވަނީ އޭނާ އަށް އަމާޒުވެފައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެހާވެސް ފިރިހެންވަންތަ އެވެ. ހާވައިލެވިފައިވާ އިސްތަށިގަނޑު ވަނީ އެރީތި ދެލޮލަށް ނިވާ އަޅާފައެވެ. ލައިގެން ހުރި މުށިކުލައިގެ ސްވެޓާރްވަނީ އެރީތި ކަސްރަތީ ހަށިގަނޑަށް ހިފާލެވިފައެވެ.

“ހަލޯ.. އާން މިދަނީ.. ސަލާމް..” ސެހްރިޝް ކަންފަތުގައި ފޯނުޖަހައިގެން ހުރެ ބުނެލިއެވެ. އެގުޅީ އޭނާގެ މާމަ އެެވެ.

“ތާރާ.. މި ހުރި ފައިލްތަށް ހިފައިގެން ދޭބަ ބޭރަށް.. މާމަ ބުނީ އެބަލާ އައިސް އިންނާނެޔޯ ސޮރެއް.. އަހަރެން ޖެހޭ މިވަރަށް އަވަހަށް ސަބްމިޓް ކޮށްލަން.. ޕްލީސް..” ސެހްރިޝް އާދޭސް ކޮށްލިއެވެ.

“ތިހާވަރަށް ނުބުންޔަސް ގޮސްދާނަމޭ..” ތާރާ ހީލައިފައި އެފައިލްތަކުގައި ހިފިއެވެ.

ހަމަޖެހިލައިގެން ގޮސް އޭނާ ތިރީ ފްލޯރްއަށް ފެއިބިއެވެ. އޭރު އެތާ ފުރަގަސް ދީގެން ފިރިހެނަކު ހުއްޓެވެ. އެވާނީ ސެހްރިޝް ބުނި މީހާ އަށެވެ. އެހެން ކަމުން ތާރާ ވަރަށް ހަމަޖެހިލައިފައި ގޮސް އެމީހާ ކައިރީ ހުއްޓިލިއެވެ.

“މީތަ ބަލާ އައިސް ހުރި ފައިލްތަކަކީ..؟” ތާރާ ވަރަށް އަދަބުވެރި ކަމާއި އެކީ އަހާލިއެވެ.

ތާރާގެ އަޑަށް އެމީހާ އެނބުރުނެވެ. އެމީހާ އެނބުރުނީރަށް ތާރާ އަށް ލިބުނީ އިންތިހާދަރަޖައިގެ ސިހުމެވެ. އެމީހާ އަށް ވެސް ވީ ހަމަ އެވަރެވެ. ތާރާ ވަގުތުން ދެބުމަ ގޮއްޖަހާލިއެވެ. އެއީ މިއަދު އޭނާ އަށް އެއްޗިހި ގޮވި މީހާ އެެވެ.

“އަން.. މިހުރީ ފައިލްތަށް..” ތާރާ އެމީހާގެ އަތަށް އޭއްޗިހި ގަންނުވާލިއެވެ.

“އެކްސްކިއުޒް މީ މޭމް.. ތިޔަށް ތުރެ ތަންކޮޅެއް ރީއްޗަށް ވާހަކަ ދެއްކޭނެ ދޯ..” ކައިސާން ކުޑަކޮށް ނުރުހުނެވެ.

“ކަލޭ ހަދާން ނެތުނީތަ މީގެ ގާތްގަނޑަކަށް ގަޑިއެއްހާ އިރު ކުރިން ކަލޭ މަށާ ދިމާއަށް އެއްޗިހީ ކީކަން.. ދެން އެހެންވިރު މަ ކޮންމެހެން ޖެހޭތަ ކަލެޔަށް ރީއްޗަށް ވާހަކަ ދައްކަން.. ޝޯ ރެސްޕެކްޓް އިފް ޔޫ ވޯންޓް ރެސްޕެކްޓް..” އެއްނޭވާ މަތިން ތާރާ އެހުރިހާ އެއްޗެއް ކިޔާލައިފައި ދިޔައެވެ. ކައިސާން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މިއީ ހާދަ ފޮނި ބޮޑު އަންހެނެކެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ހިތް އެދޭހާ ކަމެއް.. (12 ވަނަބައި)

Next

ރޭފަނާ – 9

Next
December 11, 2025

ރޭފަނާ – 9

Previews
December 11, 2025

ހިތް އެދޭހާ ކަމެއް.. (12 ވަނަބައި)

6 Comments!

  1. Nai_73 says:
    December 11, 2025 at 4:21 pm

    Masha Allah mi finally first part up vehje dhw sehrish and vaasil vrh Loabi thaaraa and kaisaan hehehe 😂 Curiously waiting for the next part when’s next??
    Lyyyyyyyy 🙏

    1. _MuXo_ _MuXo_ says:
      December 11, 2025 at 6:02 pm

      Yes darlin!
      Kaisan and Tara majaa dhw! hehe!
      Next part ves v avahah up kohdeveythw balaanan!
      Love you too!!

  2. Cherry 🍒 says:
    December 11, 2025 at 5:00 pm

    When 1 st version🧡🧡Raani Coming ???I meant ” Barubaadhu koali Aniyaa eyru Dheefa” Maasha Allah ❤️🫴 This Story Version is still made of thousands of Gems Thx to The Autor 🧡🧡
    Lysmm
    Tc

    1. _MuXo_ _MuXo_ says:
      December 11, 2025 at 6:04 pm

      Inshaallah v avahah! Lets say mi week ge Thursday gaey!
      Aww! Thank you so much!
      Love you too Cherry!
      You also take care darlin!

  3. Anonymous says:
    December 12, 2025 at 2:57 am

    not the office being called star wars but the granny who owns the business is a baddie for sure

    1. _MuXo_ _MuXo_ says:
      December 12, 2025 at 8:07 am

      Fr!
      You dont like the office name?

Comments are closed.

Next Episodeމުޅި ހިތް ބޭޤަރާރު ވެއްޖޭ-2←


All Right Reserved!