Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންމަޖާލޯބި

އާއެކޭ ލޯބިވޭ… ސައުވީސް ވަނަބައި (ނަފްސާނީ ބައްޔަކީ ޤަބޫލުކުރަންވީ ހަޤީގަތެކޭ)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
December 12, 2025 7 Mins Read
7 Comments

“އައިޒީ: ކުރިއަށް އޮތީ ވަރަށްވެސް ޚާއްސަބައެއް. އަޅުގަނޑަކަށްވެސް ނޭނގެ ވާނެ ގޮތެއް. ހިތް ނެނގި ނެނގިފައި ޖެހޭ އެބަ. މީހަކު އަންނަކަށް އިނގެނީ. އަންނަނީ ކާކުކަން ނޭނގެނީ.” އައިޒީ އޭނާގެ ހިތުގައި އަތްޖައްސާލިއެވެ.

މުޅިތަން އެއްކޮން އަނދިރިވިއެވެ.  އަޝްބާ ކުޑަކޮން ބިރު ގަނެއްޖެއެވެ. ވާން މިއުޅެނީ  ކޮން ކަމެއް ހެއްޔެވެ؟ އަންނަން އެއުޅެނީ ކާކު ހެއްޔެވެ؟      ********************************

ފަނޑު އަލިކަމުގެ ތެރެއިން ދެތިން  މީހުން ދުވާ ތަންފެނުނެވެ.  އެމީހުން ހީވީ މެދުގައި އެއްޗެއް ބަހައްޓާފައި ދިޔަހެންނެވެ. އަވަސް އަރުވާލާފައި  ފިލަން ދުވާ ބީދާއިންނެވެ.

ބޫޓެއްގެ ހަރު އަޑު އިވެން ފެށީ ދެނެވެ. ” ޓޮއް، ޓޮއް، ޓޮއް” އަންނަން އެއުޅެނީ މިފަހަރު ފިރިހެނެކެވެ. އަޝްބާގެ ބިރުގެންފައިވާ ހިތް ބުނެލިއެވެ.

ރަން ރިހި ކުލައިން ތަން އަލިވެގެންދިޔައެވެ. މާމެލާ މެލިތައް ވަށައިގެން  އެނބުރެން ފެށިއެވެ. ސީލިންގުގައިވި މަޑު ހުދުކުލައިގެ ތެރެއިން  ނޫކުލަ ފަވާލިއެވެ. ހުދުކުލައިގެ ސަބަބުން ތަނުގެ ޖާގަ ތަނަވަސްކަމަށް ދަކަމުންދިޔައެވެ.

ވިދާ ބަބުޅަމުން ދިޔަ ޗާދަލިޔާތަކުން ދިރުން ގެނެސްދޭ ކަހަލައެވެ. ވާސްތަކުގައި ބެހެއްޓިފައި ހުރި މާތަކުން ފޮނިކަން ގެނުވަމުންދިޔައެވެ. މައިގަނޑު ވަހަކަށް މުޅިތާވަނީ ފިނިފެންމަލެވެ. ފިނިމަލުގެ ތާޒާ ވަހެވެ.

ޒަމާނާ އެއްގޮތަށް އެލުވާފައި ހުރި  މަސްނޫއީ ގަސްތަކުން ހައިބަތު ދައްކުވައިދެއެވެ. މުއްސަނދިކަން ރަމްޒުކޮށްދޭ އެއީ ފުރިހަމަ ފަރުމާއެކެވެ.

ކުރިމަތީ ހުރި މައިކުގައި އައިސް ހިފާލީ ޒުކާންއެވެ.   އޭނާ ލައިގެން ހުރީ ގަދަ ނޫކުލައިގެ ގަމީހެކެވެ. ކަޅު ކުލައިގެ ކޯޓެވެ. ގަދަ ނޫކުލައިގެ ބޫޓާއި ކަޅު ކުލައިގެ ފަޓުލޫނެވެ. ފަން އިސްތަށިގަނޑެވެ. މިރޭ  ޒުކާން ފެންނަނީ އިންތިހާ ހިތްގައިމު ކޮށެވެ.

އެންމެ ބޮޑު ސިހުމެއް ގެނުވީ އަޝްބާއަށެވެ. ޒުކާން އެ އުޅެނީ ކީއްކުރަންބާއެވެ. އެ ހިތަށް އެރިއެވެ. ކޮއްކޮއަށް  ހިތްވަރުގެ ބަޚެއް ބުނެލަދޭން ހެއްޔެވެ؟

ޒުކާންގެ އަޑު ނިކުތީ ފުންކޮންނެވެ. މަޑުމައިތިރި ރާގުގައެވެ. ހިތާމަވެރިކޮންނެވެ. ލޯބިވެރިޔާ އެދިގެން ކުރާ އާދޭހާއެކުއެވެ.

“އަނދިރި ރޭގެ ނިކަމެތި އިހްސާސުން ކަލާ ނެތި ހިތްރޮނީ
ތި ހަނދާންތަކުގައި ގެނބިގެން ކަލާ ނެތި ހިތް ރޮނީ
ލޯތްބާ ހިތުފުރާނަޔާއި ވަކިވެނުދާ ކަލާނެތި ހިތް ރޮނީ
ދިިރިއުޅުމެއް މިތާދެން  ކޮބާހޭ  ކަލާނެތި ހިތް ރޮނީ ހިތް ރޮނީ…”

*****

ޒުކާންއަށް ނުރޮވުނަސް އިޝްބާގެ ލޯ ކަރުން ތެތްމާލިއެވެ. އަޝްބާ އިނީ ވަރަށް ހިތްވަރުކޮށްގެނެވެ. އޭނާ ޒުކާން ދެކެ ވާ ލޯތްބަކީ މުޅި އުމުރަށްވެސް ސިއްރެކެވެ. އިޝްބާގެ ލޮލަށް ޒުކާން ބަލާލިއެވެ. ލޯބިން ފުރިގެންވާ ބެލުމަކުންނެވެ.  އަދި ރުއިން ހުއްޓާލުމަށް އެދި ފުން ނޭވާއެއް ލަމުންނެވެ.

ޒުކާން ރާގު ކުޑަކޮށް އުސްކޮށްލިއެވެ. އޭނާ ލަވައިގެ އިސްތިޣާސާގެ ބަސްތައް ކިޔާލިއެވެ. މިއީ  ލަވައިގެ މިސްރާބު ބަދަލުކޮށްލިބައެވެ. އުންމީދުގެ އަލިކަން ދައްކުވައިދިން އެންމެ އަސަރު ހުރި ބައެވެ.

“ކަލާ ހަމައެކަނި އަންނާށޭ، މި އިންތިޒާރު ނިމިދާނޭ
ކަލާ ހަމައެކަނި އަންނާށޭ، ދުރަން ހަޔާތުން ނުމެދާށޭ
ކަލާ ހަމައެކަނި އަންނާށޭ..”

އަޑުމަޑު ކޮށްލަމުން ސީދާ އިޝްބާގެ ދެލޮލަށް ޒުކާން ބަލާލިއެވެ. އިޝްބާ ދެކެ ޒުކާން ވަމުންދާ އުނިކަމެއްނެތް ޚާލިސް ލޯބި ހާމަކޮށްލިއެވެ. ނިކަމެތި ޒުވާނެއްގެ ހިތުގެ ފަސާނާ އިއްވައިދޭ ފަދައިންނެވެ. ފުން ލޯބި ދައްކުވައިދޭ ބީދާއަކުންމެއެވެ.

“ކަލާގެ ލޯބިން އުފާ ލިބުން، އަބަދު ހަނދާނުން ފިލައިނުދޭ
މިހިތުގެ ވިންދޭ ކަލާތިއީ، ކަލާ ނުލާ ހިތް ހުއްޓިދޭ ކަލާގެ ލޯބިން އުފާ ލިބުން، އަބަދު ހަނދާނުން ފިލައިނުދޭ
މިހިތުގެ ވިންދޭ ކަލާތިއީ، ކަލާ ނުލާ ހިތް ހުއްޓިދޭ”

ލަވައިގެ ރާގު އުސްވެގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ޒުކާންގެ އަޑު މުޅި ދޭހުގައި ގުގުމާލިއެވެ. އެނބުރި އައުމަށް އެދި އެނބުރި އާދޭތޯ ބާރުކޮން ގޮވާލިއެވެ.

“މި ލޯބި ގާތަށް އަންނާށޭ، ކަލާމެ ނޫނީ މިހިތް ނޭދޭ
ދުނިޔެ ނުލާވެސް އަންނާށޭ، ކަލާމެ ނޫނީ މިހިތް ނޭދޭ
ކަލާމެ ނޫނީ މިހިތް ނޭދޭ…”

ލޯބި އިޚްސާސްކޮށް ދެމުން ލަވައިގެ ފަހުބަސްތައް ތަކުރާރުކޮށްލިއެވެ. ވަކި ވަކިން ބަސްތަކަށް ރާގު މަޑުކޮން އިއްވާލީ ހަރުކޮންނެވެ.

“ކަލާ ހަމައެކަނި އަންނާށޭ، ޖެހިގެން އެވާ މިދުނިޔެއަށޭ
ކަލާ ހަމައެކަނި އަންނާށޭ، ދުރަށް ނުގޮސް ދެން އަންނާށޭ
ކަލާ ހަމައެކަނި އަންނާށޭ…
އަންނާށޭ އަންނާށޭ…..”

ޒުކާންގެ ޖާދުވީ ނަލަ އަޑު ކުރެހިގެން ދިޔައެވެ. މުޅި މެހެފިލް ހިމޭންކޮށްލިއެވެ. އަޝްބާ ގެ ހިތް ދިޔައީ އެތެރެއިން ރޮއެ ގިސްލަމުންނެވެ. އެ ހިތުގެ ރިހުން ބޭރަށް ހާމަކުރެވޭކަން ނެތެވެ. އެއީ ކޮއްކޮގެ ވާން އުޅޭ ފިރިމީހާއެވެ.

“އައިޒީ: ހަޔާތުގެ މި ދަތުރުގައި، ލިބޭނަމަ މަށައްވެސް                      އެފަދަ ދެވަނައެއްނެތް، ހިފަނޭ ޔަޤީން ލޯބިވެރިއެއް”

ލަވައިގެ މަސްތުގައި ޖެހި އައިޒީއަށް ބުނެވުނެވެ. އެވެސް ދޮގެއް ނޫނެވެ. ކޮންމެ މީހަކުވެސް ބޭނުންވާނެވެ. ތެދުވެރި ހިތަކުން މާތް ﷲ ޓަކައި ލޯބިވާނެ ފަރާތެކެވެ. ލޯބިދޭނެ ހެޔޮ ލަފާ ފިރިއެކެވެ.

“އައިޒީ: ބައެއްގެ ލޯބީގެ ވާހަކައިގެ ތެރެއަށް މިވަދެވުނީ. މާފަށް އެދެން ޒުކާން ، އިޝްބާ.”    އައިޒީ އޭނާގެ ގޮތުގައި މަޖާވެލާފައި މާފަށް އެދުނެވެ.

“އައިޒީ: ޕޮރުގުރާމުގެ ނިމުން ވެސް މިދަނީ ކައިރިވަމުން. ޒުކާން  މިރޭ އަދި އެއްކަންތައް އެބޮއެއް އިނގޭ. ތައްޔާރުތަ!” ބުމަށް އެއްލާލަމުން އައިޒީ ނުގޮތަކަށް ބުނެލިއެވެ. ޒުކާން ހިނިތުންވެ ހުރެ ބޯޖަހާލިއެވެ. މާކުރިން ވެސް އޭނާއަށް އެނގޭ ކަހަލައެވެ.

“އައިޒީ: އޭގެ ކުރިން ހިނގާ އިޝްބާއާއި ދިމާވި ގޮތް ކިޔާލަދެން ބެލުންތެރިންނަން ދޯ” ކުރިއަށް ބަލާލަމުން އައިޒީ ހަމަޖެހިލިއެވެ.

ޒުކާން މާހައުލަށް ނަޒަރު ހިންގާލަމުން އަނގަހުޅުވާލިއެވެ. އެއީ ދިގު ވާހަކައެކެވެ. ސުކޫލު ދައުރުން ފަށައިގެން ކިޔައިދެންޔާ ގަޑި ދެ ގަޑިއިރުވެސް ހޭދަވެދާނެއެވެ. ކުރުކޮން ބުނެވޭތޯ ބަލަމާހެވެ.

“ޒުކާން: އައްސަލާމް އަލައިކުމް. އަޅުގަނޑަށް ފުރުސަތު ދެއްވީތީ ޝުކުރިއްޔާ.” ފުރަތަމަވެސް ޒުކާން ސަލާމް ގޮވާލިއެވެ. ދެއްވި ފުރުސަތައް ޝުކުރު އަދާކުރިއެވެ.

“ޒުކާން: އަސްލަކީ އަޅުގަނޑާ އެންމެ ގާތީ އަޝްބާ. ސުކޫލުގައި ކިޔެވިއިރު އެއީ އެންމެ ގާތް މިތުރު އަޅުގަނޑުގެ. ހަމަ ކުއްލިއަކަށް ދެމީހުން ދުރުވީދޯ. ދެމީހުންނަން އެކަކު އަނެކަކު ގެއްލުނީ ކަންނެއް.”  ދިގުވިޔަސް ޒުކާނަން ފެށުނީ ސުކޫލު ދައުރުންނެވެ.

“ޒުކާން: އަޅުގަނޑުވެސް ބާރަ ނިމުންކަން. ފުރައިގެން ދިޔައީ. އޭރު އިޝްބާ އުޅުނީ ކުއްޖަކާ ރައްޓެހިވެސް ވެގެން. އަޝްބާވެސް ކުރީގެ ގާތް ކޮންނެއް ނޫޅެވިއްޔަ އޭރު.” ދުރަށް ނަޒަރުދެމުން ޒުކާން ބުނެލިއެވެ.

“ޒުކާން: ދުރުކަމެއް ވަށާލާފައި އަޅުގަނޑުމެންގެ ރަހުމަތްތެރިކަމުގެ މެދުގައި އޮތީ” ޒުކާން އަޝްބާއަށް ބަލާލިއެވެ. އެއީ ތެދެކެވެ. އެ ރަހްމަތްތެރިކަން ވަނީ އޭރު ކުޑަކޮން ދުރުވެފައެވެ. ފާނޑަކަށް ރޫޅިފައެވެ. އެކަމުގެ ހަޤީގީ ސިއްރަކީ ޒުކާން ކިލާހަށް  ގުޅުނު ކުއްޖަކާ ރައްޓެހިވުމެވެ. ލޯބީގެ ގޮތުން ގުޅިގެންދިޔުމެވެ. މަދު ދުވަސްކޮޅަކުން ރުޅިވިޔަސްމެއެވެ.

“ޒުކާން:  ހާއަލިފު ދިއްދުއަކީ އަޅުގަނޑުގެ އުފަންރަން އެރަށުގައި ދިރިއުޅެނިކޮން ދިމާވަނީ އިޝްބާއާ. އެއީ ގާތްގަނޑަކަށް އަޅުގަނޑުމެން ސުކޫލުން ނިމުންފަހުން ތިން އަަހަރު ފަސްދޯ.” ޒުކާންއަކީ ހަނދާން ގަދަ މީހެކެވެ.  އުނިކަމެއް ނެތި ހުރިހާ ކަމެއް އެހެރަ ކިޔައިދެނީއެވެ.

“ޒުކާން: ޤަބޫކުކުރަންވެސް ދަތިވި. ހިތަށް އެރި ހަމަ އެއީ އިޝްބާބާއޭ. ކިހިނެއް ކޮންއިރަކު ވީކަމެއްހޭ.” ބޮލުގައި އެތައް ސުވާލެއް އެނބުރުންކަން ޒުކާން ހާމަކޮށްލިއެވެ. ކަރުނަވީ ލޮލަކުންނެވެ.

“ޒުކާން: އިޝްބާގެ ބޮޑުދައިތަ ހުރިހާކަމެއް ކިޔައިދީނީ. ދެން އަޅުގަނޑު ޤަވައިދުން އެހެން އިޝްބާ ކައިރިއަށް ގޮސް ގޮސް ލޯބިވެވުނީ.” ޒުކާންއަށް ހީނލެވުނެވެ.

“ޒުކާން: ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް އިޝްބާ އިނީ ހަލާކުވެފައި. ދިރިއުޅުން މަތިން ފޫހިވެފައި. ދުނިޔެމަތިން މާޔޫސްވެފައި.” ކުރިއަށް ބަލާލަމުން ޒުކާން ފާހަގަކޮށްލިއެވެ.

“ޒުކާން: ސުމަކުން ފަށައިގެން އަޅުގަނޑު އިޝްބާއާއެކު އުޅުނީ. އެންމެ ދެރަވަނީ އެހާ ގާތުގައި އުޅޭއިރުވެސް އިޝްބާއަށް އަޅުގަނޑު ނުފެންނާނެކަން އެނގޭތީ”  ކަރުނަތައް އިންފަހަނައެޅިއެވެ. މަޤާމުދޫކޮށް ފައިބަންފެށިއެވެ. ޒުކާން ފުރަގަހަށް އެނބުރިލިއެވެ. ވާހަކަ ދައްކަން އޭނާއަށް ދެން ވަރަށް ދަތިވާނެއެވެ.

“ޒުކާން: އަނިޔާގެ ނިސާންތައް އެތެރެ ފުށުންނާއި ބޭރުފުށުން އެހެރީ ފެންނަން.” އިޝްބާގެ އަތަށް އިނގިލިދިއްކޮށްލަމުން ޒުކާން ބުނެލިއެވެ. ފާރުތަކުން ފުރިފައިވި އަތެކެވެ. ރަތްކަން ނުހަނު ގަދައެވެ. ހީވަނީ ގަނޑުވެފައި ހުރި ލޭގަނޑެއް ހެންނެވެ.

“ޒުކާން: މީ އަޅުގަނޑުމެން ދިމާވި ގޮތް ދޯ” ވާހަކަތައް ދިގުލާހެން ހީވިމުން ޒުކާން ނިންމާލިއެވެ.

ލޯތްބަކީ ޒާތެއްގެ އެއްޗެކެވެ. އޭގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާއެވެ. ބައެއް މީހުންނަން ލޯތްބަކީ އަނިޔާއެވެ. އަނެއްބަޔަކަށް އުފަލެކެވެ. ހިތްހަމަޖެހުމެކެވެ.

“އައިޒީ: ލޯބީގެ ވާހަކައިގައި ނިމުމުގެ ކޮޅުމައްޗެއް ނުފެންނާނެ އެހެންނު. ޒުކާންއަށް އެންމެ ރީތިވާނީ ޒުކާންގެ ލޯބީގެ ވާހަކަ. އައިޒީއަށް ރީތި އެކަމް އައިޒީގެ ލޯބި.” އެމީހަކަށް ރީތި ވާނީ އެމީހެއްގެ ލޯބީގެ ވާހަކައެވެ.

“އައިޒީ: ބެލުންތެރިން އެނގެން ބޭނުންވެފައި ހުންނާނެ ވަރަށް ބައިވަރު ވާހަކަތައް ތިކިޔައިދީ. އަޅުގަނޑުމެންގެ މި ޕޮރުގުރާމަށް ފުރިހަމަކަމެއް ގެނެސްދީފި. ތިވާހަކަތައް ޝުކުރިއްޔާ ޒުކާން. އަދި ބައްދަލުވާނެ ކަމަށް ބަލަމާ.” ފަހުން ބައްދަލުވާނެ ކަމަށް އައިޒީ ޒުކާނަން ބުނެލިއެވެ.

“އައިޒީ: ޖިސްމާނީ ގޮތުން ނަފްސާނީ ގޮތުން އަސަރުކޮށްފައި ހުރިކަން ޒުކާންވެސް ބުނެފި. ދައްތަ ވިދާޅުވެފާނަންތޯ އެވާހަކަތައް ކުރުކޮން” ބޮޑުދައިތަ ކައިރީ އައިޒީ އަހާލިއެވެ.

“ބޮޑުދައިތަ: އާދެ! ވަރަށް ބޮޑު ތެދެއް އެއީ. ނަފްސާނީ ބައްޔަށް މިއަންނަނީ މިހާރުވެސް ބޭސްކުރަމުން. ބާރުގަދަ ބޭސްތައްދެމުން.”              ބޮޑުދައިތަ އެއީ ތެދުކަން ހާމަކޮށްލިއެވެ.

” ބޮޑުދައިތަ: ވިސްނުމާއި އިހްސާސްތަކަށްވެސް އަސަރުކޮށްފައި ހުރީ. ވަރަށް ބާރުގަދަ ބޭސް މިބޭނުން ކުރަނީދޯ.”  ބޮޑުދައިތަ އައިޒީއަށް ބަލައިލިއެވެ.

“ބޮޑިދައިތަ: އެންޒައިޓީވެސް ހުރޭ އިޝްބާ. ކުއްލި ކުއްލިއަށް ސިހުމާ ތުރުތުރުލާނެ ގަދައަށް. ބައެއް ފަހަރު ހިފަހައްޓާ ނުލެވޭނެ.” ލޮލުގެ ހިމަ ކޮޅުން ބޮޑުދައިތަ ކަރުނަފޮހެލިއެވެ.

“އައިޒީ: ބޭހުގެ ކަންތައްތައް ކިހިނެއް. ފަސޭހައިން ލިބޭތޯ ބޭސްތައް” އައިޒީ ފެންފޮދެއް ބޯލިއެވެ.

“ބޮޑުދައިތަ:  ބައެއް ބޭސް އުނދަގޫ ދޯ ލިބެން “ކްލޯޒަޕީން” ކަހަލަ. އަނެއްކާ އެބޭހަކީ ސަމާލުކަމެއް ދީގެން ދޭންވެސް ޖެހޭ ބެހެއް. އޭގެ ބާރު ގަދަވީމަ ”

“އައިޒީ: ކޮން ކަހަލަ ބޭސްތަކެއް ތޯ. ތި ބޭނުން ކުރައްވަނީ މިހާރު.”  އައިޒީ އިސްޖަހާލިއެވެ. އިރެއްގައި އޭނަވެސް ނަފްސާނީ ބަލީގެ ވޭން ތަހައްމަލުކުރިއެވެ.

“ބޮޑުދައިތަ: މިވަގުތު ކްލޯޒަޕީން، ރިސްޕެރިޑޯން، އެރިޕިޕްރަޒޯ، ލަމޯޓްރިޖީން އާއި ޒެނެކްސްގެ ނަމުން މަޝްހޫރު އަލްޕްރާޒޯލަމް ކާން ޖެހޭ ބޭސްތައްމީ ހަމަ އިޝްބާ” ބޮޑުދައިތަ ފަރިތަކަމާއެކު ނަންތައް ކިޔާލިއެވެ. އެއީ ހުސް އަޝްބާ މިހާރުވެސް ކާ ބާވަތްތަކެވެ.

“އައިޒީ: ޕޮރުގުރާމުގެ ކުރިއަށް އޮތީ ދެން ނަފްސާނީ ބައްޔާބެހޭ ގޮތުން ހަދާފައިވާ ރިޕޯޓެއް ގެނެސްދިނުން. ބައްލަވާލައްވާ!” އައިޒީ އެންގިއެވެ. ދެން އޮތީ ނަފްސަނީ ބަލީގެ ރިޕޯޓެކެވެ.

“ނަފްސާނީ ބައްޔާކީ މީހަކު ކުޅޭ ކުޅިވަރެއްވެސް ނޫނެވެ. ކުރާ އެކްޓެއްވެސް ނޫނެވެ. އެއީ ބައްޔެކެވެ.  ވޭން ހުރި ބައްޔެކެވެ. މީހާގެ ވިސްނުމާ އިޚްސާސް ނެތިކޮށްލާ ބާރުގަދަ ބައްޔެކެވެ.

ތަފާތު ވައްތަރުގެ ބަލިތައް ނަފްސާނީ ބަލީގައި ހުރެއެވެ. “އެންޓިސައިކޯޓިކްސް” މި ބައްޔަކީ “ސްކިޒޯފްރީނިއާ، ބައިޕޯލާ ޑިސްއޯޑަރ،” އަދި ނަފްސާނީ އެހެނިހެން ބޮޑެތި ބަލިތަކެވެ. މޫޑް “ޑިސްއޯޑަރސްއަކީ” އިންސާނެއްގެ އިޙްސާސްތަކާއި ހިތުގެ ހާލަތަށް ބަދަލު އަންނަ ބަލިތަކެވެ. އޭގެތެރޭގައި “ޑިޕްރެޝަން” އާއި “ބައިޕޯލާ ޑިސްއޯޑަރ” ހިމެނެއެވެ.

“އެންޒައިޓީ ޑިސްއޯޑަރސް” މިއީ ބޭނުންނުވާ މިންވަރަށް ނުވަތަ ދިގު މުއްދަތަކަށް ކަންބޮޑުވުމާއި ބިރުގެންނެވުން ހުންނަ ބަލިތަކެވެ.  މިބަލީގެ ތެރެއިން ޖެހޭ “ޖެނެރަލައިޒްޑް އެންޒައިޓީ ޑިސްއޯޑަރ” އަކީ ކަންބޮޑުވުމެވެ. އެބަލީގައި އާދައިގެ ކަންކަމާ މެދު ވެސް ބާރަށް ކަންބޮޑުވެ، ކޮންޓްރޯލް ނުކުރެވޭ ވަރަށް ބިރުގަންނާނެއެވެ.  “ޕެނިކް ޑިސްއޯޑަރ” ޖެހުމުން ކުއްލިއަކަށް ހިތް ބާރުވާނެއެވެ. ނޭވާ ނުލެވޭނެކަމުގެ ބިރު އިހުސާސްވ،ެ “ޕެނިކް އެޓޭކްސްއެއް” ޖެހޭނެއެވެ. ފޯބިއާ މިބަލި ގޮޅިފައި އޮތީ ބިރުގަތުމާއެވެ. މީހުން ގިނަ ތަންތާއި ބިރުގަންނާއެވެ. އަދި އުސްތަންތާ އާދަޔާ ޚިލާފަށް ބިރުގަނާނެއެވެ.

“ސައިކޯސިސް ޑިސްއޯޑަރސްއިން” ޖެހޭ ބަލިތައް ހުރެއެވެ.  މިއީ ޙަޤީޤަތާ ދުރުވެ، ވިސްނުމަށް ބޮޑެތި ބަދަލުތައް އަންނަ ބަލިތަކެވެ. “ސްކިޒޯފްރީނިއާ” ޖެހިމުން ވިސްނުމާއި އިޙްސާސްތައް ބައިބައިވެއެވެ. “ހެލިއުސިނޭޝަންސް” ނެތް އެއްޗެއް ފެނި ނުވަތަ އަޑުއިވިދާނެއެވެ. ހަމައެޔާއެކު “ޑިލޫޝަންސް” ޙަޤީޤަތާ ޚިލާފު ޔަޤީންކަންތައްތައް ފަދަ ޢަލާމާތްތައް ފެންނާނެއެވެ.

“އޮބްސެސިވް-ކޮމްޕަލްސިވް އަދި ރިލޭޓެޑް ޑިސްއޯޑަރސް” އަކީ އެއްވެސް ބޭނުމަކާ ނުލައި ވަކި ޚިޔާލުތަކަކަށް  އަރައިގަނެ، އެ ޚިޔާލުތަކުން ސަލާމަތްވުމަށް ވަކި އަމަލުތަކެއް  ތަކުރާރުކޮށް ކުރަންޖެހޭ ބަލިތަކެވެ. “އޮބްސެސިވް-ކޮމްޕަލްސިވް ޑިސްއޯޑަރ” ޖެހުމުން ތަކުރާރުކޮށް އަތްދޮވެދާނެއެވެ. ނޫނީ ފެންވަރާފާނެއެވެ. “ބޮޑީ ޑިސްމޯރފިކް ޑިސްއޯޑަރ” މިއީ ބައްޔެކެވެ. މި ޖެހުމުން  އަމިއްލަ ހަށިގަނޑުގެ ބައެއްގައިވާ ކުޑަ އައިބަކަށް މާ ބޮޑަށް ސަމާލުކަންދޭނެއެވެ. އަދި ކަންބޮޑުވެގެން އަބަދު އެކަމާ އުޅޭނެއެވެ.

“ޓްރޯމާ އަދި ސްޓްރެސްއާ ގުޅުންހުރި ޑިސްއޯޑަރސް ” މިބަލިޖެހެނީ ނުރައްކާތެރި ހާދިސާއަކާއި ގުޅިގެންނެވެ. “ޕޯސްޓް-ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑަރ” މިއީ މީގެން ޖެހޭ ހަމައެކަނި ބައްޔެވެ. އާންމުކޮން މިބަލި ޖެހެނީ ބޮޑު ނުރައްކަލެއްގެ ސަބަބުންނެވެ.  ނުވަތަ ގެއްލުމެއް ލިބުނު ހާދިސާއެއްގެ ސަބަބުންނެވެ. މިއީ ތަކުރާރުކޮށް އެކަން ހަނދާންވެ، ނިދި ނައިސް، ވަށައިގެންވާ މާޙައުލުން ދުރުވާ ބައްޔެކެވެ.

ކެއުމުގެ “ޑިސްއޯޑަރސް” އަކީ ކެއުމުގެ އާދަތަކާއި ހަށިގަނޑުގެ ބަރުދަނާ މެދު އާދަޔާ ޚިލާފު ޚިޔާލުތައް ހުންނަ ބަލިތަކެވެ. އެގޮތުން މިއާ ގުޅޭ ދެބައްޔެއްވެެވެ. “އެނޮރެކްސިއާ ނަރވޯސާ” އާއި “ބުލީމިއާ ނަރވޯސާ” އެވެ.

އެއީ ހުސް ނަފްސާނީ ބަލިތަކެވެ.  ވިސްނާލައިފިނަމަ ހިތަށް އަސަރުކުރާނެއެވެ. ދެރަވާނެއެވެ. ދަރިއަކަށް ޖެހިއްޖެ ނަމަ ހިތް ހުއްޓިދާނެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު، އެޗް، އޯ) ގެ ދިރާސާއަކަށް ބަލާލަމާހެވެ. އޭގާއި ބުނާގޮތުން ވިއްޔާ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ނަފްސާނީ ބަލީޖެހިފައިވެއެވެ.  އަދި ނަފްސާނީ ބަލީގެ ސަބަބުން ދިރިއުޅުމުގައި ދަތިތަކާ ކުރިމަތިލަމުންދެއެވެ.

ބޮޑެތި ބަލިތަކުގެ ތެރެއިން އިންސާނާގެ ދިރިއުޅުން ހަލާކުކޮށްލާ އެއްބަޔަކީ މިއެވެ. އާދެ “ޑިޕްރެސަނެވެ.” އާންމުކޮން މިބައްޔަށް  ދެވޭ ފަރުވާއަކީ ކައުންސިލިންއެވެ. މީހެއްގެ އެހީގައި ވާހަކަ ދެއްކުމެވެ. ނުވަތަ ބޭސްވެރިކަމެވެ. ބާރުގަދަ ބޭސް ދީގެން ހަމައަކަށް އަޅުވުމެވެ.

މީއީ ނުރައްކާތެރި ބައްޔެކެވެ. ބޮލުގައި ރިހުމެއްނޫނެވެ. ހިތާމައެއް ކުރުމެއްވެސް ނޫނެވެ.  އެހެނީ މީ ސިކުނޑިއަށް ނޭދެވޭ އަސުރުކުރުވާ ޖިސްމާނީ ބައްޔެކެވެ. މީހަކު އަމިއްލައަށް މަރުވާންވެސް މިބަލީގައި ޖެހިލުމެއްނުވާނެއެވެ.  ސަބަބުތައް ބައިވަރެވެ. މިހާގެ ވިސްނުމާއި އުޅުމާއި އިޚްސާސްތަކަށްވެސް  އޭގެ އަސަރުކުރުވާނެއެވެ.

ނަފްސަނީ ބައްޔަށް ފަރުވާ ކުރެވޭނެއެވެ. ބަލީގެ ކުރީ ކޮޅު ފަރުވާ ކުރެވިއްޖެނަމަ ރަނގަޅުވެސްކުރެވޭނެއެވެ. އެންމެން އަތުކުރި އޮޅާލަމާހެވެ. ދޮޅަހެޔޮ ސިއްހަތެއް ތިބުމަށެވެ.  ބަލިތަކާއި ދުރު އަމާން ވެއްޓެއް ޤާއިމްކުރާށެވެ. މިފަދަ ބަލިތަކުން އަރައިގަތުންމަށް އެއްބާރުލުން ދެމާހެވެ. އެންމެން އެކައްޗެއް ކިޔަންވެއްޖެއެވެ. މިކުޑަ ރާއްޖޭގައިވެސް މިބަލި މިދަނީ އިތުރުވަމުންނެވެ.”

ފެނިގެން އެދިޔައީ ނުހަނު ތަފްސީލީ ރިޕޯޓެކެވެ. ކުރިން ނޭނގޭ އެތައް ކަމެއް އެނގިން ދިޔަކަހަލައެވެ.

“އައިޒީ: މިއީ ސަމާސެއްނޫން. މިއީ ހަޤީގަތެއް. އެންމެން އެކުގައި އަތުކުރި އޮޅައިގެން ނޫނީ މިކަމެއް ނުވާނެ.” އައިޒީއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ. ހިވީ ތަނުގައި ބޮމެއް ގޮވިހެންނެވެ. ދެވަނަ ސިކުންތުގައި ހަމަ އަޑު މަޑުވެއްޖެއެވެ.

“އައިޒީ: ޕޮރުގުރާމަށް ލިބުނު ވަގުތު ހަމަވާނީ މިއޮތްގެން. އަދިވެސް ބައިވަރު ސުވާލުތައް އެބަހުރި ކީއްކުރާނީ .” އައިޒީ މާޔޫސްވެއްޖެއެވެ.  ޕޮރުގުރާމުގެ ނިމުން އައީއެވެ.

” އައިޒީ:  އެކަމަކު ކުރިއަށް ހުރީ އެންމެ އިންތިޒާރު ކުރެވޭ ބައިތައް އިނގޭ .” ހިތްއަވަސްވެފައި އިނދެ އައިޒީ ބުނެލިއެވެ.

ކުރިއަށް  ދެން ހުންނާނީ ކޮންބައިތަކެއް ހެއްޔެވެ؟  ޕޮރުގުރާމު އެއުޅެނީ ނިމޭށެވެ.  ދެން އޮންނާނީ ގުރުނެގުންތާއެވެ. ނޭނގެއެވެ. އިތުރު ކަމެއް އަދިވެސް އޮތީއެވެ. އެކަމަކު ކޮން ކަމެއް ހެއްޔެވެ؟

ނުނިމޭ

(ކިޔުންތެރިންގެ ސަމާލުކަމަށް)

މިބައިގައި އަޅުގަނޑު ލިޔެފައިވާ ޅެމަކީ ލަވައެކެވެ. ދެހާސް އަށާރައިގައި މަޝްހޫރުވެގެންވި ދިޔަ ހިންދީ ފިލްމު “މަރްޖާވާން” އިން  “ތުމް ހީ އާނާ” ލަވައިގެ ރާގަށް ހަދާފައިވާ  އަޅުގަނޑުގެ ޅެމެކެވެ. “ތުމް ހީ އާނާ” ލަވައިގެ ޅެން ހެއްދެވީ ކުނާލް ވާރމްއެވެ. މިއުޒިކު ހެދީ ޕަޔަލް ދޭވްއެވެ. މީރީތި ލަވަ ކިޔާފައިވަނީ މޯހިތު ޗައުހާނެއެވެ.

ލަވައިގެ ނަން: ކަލާ ހަމައެކަނި އަންނާށޭ.      ލަވައިގެ ރާގު: ތުމް ހީ އާނާ           ލިޔުނީ: އިސްނާން އަޚުމަދު

އަނދިރި ރޭގެ ނިކަމެތި އިހްސާސުން ކަލާ ނެތި ހިތްރޮނީ                         ތި ހަނދާންތަކުގައި ގެނބިގެން ކަލާ ނެތި ހިތް ރޮނީ ލޯތްބާ ހިތުފުރާނަޔާއި ވަކިވެނުދާ ކަލާނެތި ހިތް ރޮނީ ދިިރިއުޅުމެއް ނުވާނޭ ކަލާނެތި ހިތް ރޮނީ ހިތް ރޮނީ…

*****

ކަލާ ހަމައެކަނި އަންނާށޭ، މި އިންތިޒާރު ނިމިދާނޭ ކަލާ ހަމައެކަނި އަންނާށޭ، ދުރަން ހަޔާތުން ނުމެދާށޭ ކަލާ ހަމައެކަނި އަންނާށޭ..

ކަލާގެ ލޯބިން އުފާ ލިބުން، އަބަދު ހަނދާނުން ފިލައިނުދޭ                     މިހިތުގެ ވިންދޭ ކަލާތިއީ، ކަލާ ނުލާ ހިތް ހުއްޓިދޭ ކަލާގެ ލޯބިން އުފާ ލިބުން، އަބަދު ހަނދާނުން ފިލައިނުދޭ

މިހިތުގެ ވިންދޭ ކަލާތިއީ، ކަލާ ނުލާ ހިތް ހުއްޓިދޭ  މި ލޯބި ގާތަށް އަންނާށޭ، ކަލާމެ ނޫނީ މިހިތް ނޭދޭ ދުނިޔެ ނުލާވެސް އަންނާށޭ، ކަލާމެ ނޫނީ މިހިތް ނޭދޭ ކަލާމެ ނޫނީ މިހިތް ނޭދޭ…

ކަލާ ހަމައެކަނި އަންނާށޭ، ޖެހިގެން އެވާ މިދުނިޔެއަށޭ ކަލާ ހަމައެކަނި އަންނާށޭ، ދުރަށް ނުގޮސް ދެން އަންނާށޭ                       ކަލާ ހަމައެކަނި އަންނާށޭ…            އަންނާށޭ… އަންނާށޭ…..

ކިޔުންތެރިންނަން އަޅުގަނޑުގެ މިލަވަ ރީތިވާނެކަމަށް އުންމީދުކުރަމެވެ.

🥰❤️🥀😊🫶

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 16

Next

ރިހުން…

Next
December 13, 2025

ރިހުން…

Previews
December 12, 2025

ހިތް އެދޭ މަންޒިލަކީ… 16

7 Comments!

  1. Aisherr says:
    December 12, 2025 at 2:59 pm

    Lava vrh reethi Thee ehen authors aa thafaathu koh vhk liyaa hunaru veri author eh so proud of you may Allah gives bless you with a bright further ❤️

    1. Isnaa says:
      December 12, 2025 at 5:02 pm

      Thanks dhoony 😘
      Vrh ufaa vejjeh comment kiyaafa ingey 🫶🥰
      Vrh loabivey ❤️

  2. Isnaa says:
    December 12, 2025 at 5:00 pm

    Give some ideas roadha mahu genesdhey ne program thakah isnaa ah
    Vrh plan thr eba hadhan ingey roadha mahu konmeh dhuvahuves ehcheh leveythw ingey
    Roadha mahugeneys dheyn vaahaka eh ves liyan ready vamun midhnee mihaaru

    Roadha mahu liyevidhaane baeh liyun thr
    1 Hafthaa vaahaka
    2 Kuru vaahaka
    3 Recipe
    4 Habaru
    5 Reports
    😊❤️🫶🥀🥰

  3. Aisherr says:
    December 12, 2025 at 8:58 pm

    Kuru vaahaka ge Loabi ge vhk vx liyahchey dear

  4. Isnaa says:
    December 12, 2025 at 10:03 pm

    IA labba 🥰🫶

  5. w says:
    December 13, 2025 at 3:09 am

    it was nice seeing you bring up mental health struggles especially considering the stigma around it in this society its time we started treating this as a serious issue people deal with

    1. Isnaa says:
      December 13, 2025 at 8:58 am

      Thank you so much for saying that dear 🫶🥰
      It’s incredibly important to challenge that stigma, and I truly believe that open conversations are the first step toward ensuring these issues get the serious attention and support they deserve.” 😊

Comments are closed.

Next Episodeއާއެކޭ ލޯބިވޭ… ފަންސަވީސް ވަނަބައި (އަސްލުވެސް ލިނީ އެއުޅެނީ ފުރަން)←


All Right Reserved!