Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަބިރުވެރިއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އާއެކޭ ލޯބިވޭ… ތޭވިސްވަނަބައި (އެކުދިންނަން ލިބުން މީ ހަމަ ޖަވާހިރެއް)

Isnaa Level 610 Stories100 Comments100 Login100 Stories500 Login
December 9, 2025 5 Mins Read
3 Comments

“އިޝްބާ: ހުލްްޤު ހެޔޮ އަޚްލާޤު ރަނގަޅު ދަރިއަކަށް ހަދަން އަޒުމު ކަނޑައެޅިން. އެކަމަކު އެ ނަސީބެއް ނުލިބުން.” ރޮވޭ ވަރުން އިޝްބާއަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.

“އައިޒީ: ޕޮރުގުރާމުގައި ކުރިއަށް އޮތްބައި ދެން އޮންނަނީ އަޝްބާމެންނާއި ވަރަށް ގާތް ފަރާތަކާއެކު.” ބެނދިފައިވާ އަޑަކުން އައިޒީ ބުނެލިއެވެ. ގެންނަން އެއުޅެނީ ދެން ކާކުބާއެވެ. އަނެއްކާ ބޮޑަދައިތަބާއެވެ.
**********************************
ޕޮރުގުރާމުގެ ނަން ދިމާކުރުމުގެ ފުރުސަތު ހަމަވެއްޖެއެވެ. ގިނައިން ލިބިފައި ހުރީ ހިމޭންނެވެ. ހިމޭން ހިތް، ހިމޭން ނޭވާ ނުވަތަ ހިމޭންވާށޭވެސް ހުއްޓެވެ. އެންމެ ރަނގަޅު ޖަވާބެއް އެކަކަށްވެސް ނުދެވުނެވެ. ހުރިހާ އެންމެން ކަހަލަ ގޮތަކަށް އެއްބައި ރަނގަޅެވެ. އެހެންކަމުން އެންމެ އިންސާފުވެރި ގޮތަކީ މިއީއެވެ. ގުރުއަތުގައި ޖަވާބު ފޮނުވި އެންމެން ހިމަނާނީއެވެ.

“އައިޒީ: އަޅުގަނޑުމެންނާއެކު ބައިވެރިވުމަށް އަޝްބާމެންގެ ބޮޑުދައިތައަށް ފުރުސަތުދެން. ޕޮރުގުރާމު ދެން ކުރިއަށް ދާނީ އެކުދިންގެ ބޮޑުދައިތައާއެކު. ” އައިޒީ އެ ޚާއްސަ ފަރާތް ފާހަގަކޮށްލިއެވެ. އެއީ އެދެކުދިންގެ ބޮޑުދައިތަކެވެ. އެކުދިންގެ ނަމުންނަމަ ބޮޑުދޮންތައެވެ.

ހަމައެކަނި އެއީ ބޮޑުދައިތައެއް ނޫނެވެ. މަންމައެކެވެ. އެކުދިންނަން މަންމައެއްގެ ލޯބިދިން ފަރާތަކީއެވެ. ދުނިޔޭގައި އެކުދިން މިއަދު ތިބުމުގެ އަސްލަކީ އެއެވެ.

ހިތްވަރަކީވެސްއެވެ. އައިޒީގެ އަޑުވެސް ކުރެހުނެވެ. ހުށައެޅުމުގައި ހަތަރު އަހަރު ފާއިތުވިއިރުވެސް މިވަރު ކަމަކާ ދިމާނުވެއެވެ. މުޅިންވެސް ޕޮރުގުރާމުތަކުގައި އޭނާ ހެނީއެވެ. އެކަމަކު މިއަދު މިޖެހެނީ ނުހުއްޓި ރޯށެވެ.

“އައިޒީ: އާއިލާއަކުން އައި ޖަވާހިރެއް. އަޝްބާމެންގެ ހަޔާތަށް ލިބުނު ރަންމުތެއްތީ.  އެހާ ބުރަކުން އުޅެމުންވެސް މި ޕޮރުގުރާމަށް ދުރުވެދެއްވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ ” އިޚްތިރާމާއެކު އައިޒީ ބޮޑުދައިތައަށް ޝުކުރުއަދާކުރިއެވެ.

“އައިޒީ: ރަށުގައި ކުޑަ ދެކުދިން ބަހައްޓާފައި މިހެން އައިސް އުޅެންވެސް ދައްތައަށް ދަތިވާނެ. އެކަމަކު އިޝްބާގެ ފަރުވާއަށް އައިސް ތިއުޅެނީ.” ދުރު ދުރުން އައިޒީ ފެށިއެވެ.

“އައިޒީ: ދައްތަ ކިޔައިދީފާނަންތޯ އިޝްބާމެންގެ ބައްޕަމެން ނިޔާވުމުގެ ފަހުންގެ ކަންތައްތައް” އައިޒީ ސުވާލުކޮށްލިއެވެ.

“ބޮޑުދައިތަ: ރަށުގައި ހުއްޓާ ބޭބެމެން ނިޔާވި ޚަބަރު ލިބުނީ ކާރު އެކްސިޑުންޓެއްގައި. ވީގޮތެއް ވެސް ނޭނގެ. ވަގުތުން ފުރައިގެން މާލެއައީ. އަޝްބާމެން ބޮޑުވަމުން ދަންދެން މާލޭގައި އުޅުނީ. ދައްތައަށް ވެސް އަބަދަކު ނުހުރެވޭނު.” ބޮޑުދައިތަ ކިޔައިދޭން ފެށިއެވެ.

“ބޮޑުދައިތަ: ދެން ދިވެހި ކުއްޖެއް ހޯދީ. މާލޭގައި އެކުދިން ބަލައިދޭނެ. އެގޮތުން ލިބުނީ ވަރަށް ރަނގަޅު ކުއްޖެއް. ދައްތަ ރަށަށް ދާން ޖެހުނީ. ފިރިމީހާ ރަށުގައި ވަޒީފާގައި އުޅޭއިރު ދަތިވާނެދޯ މާލޭގައި އަބަދު އުޅެންވެސް. ” ބޮޑުދައިތަގެ މަޖުބޫރީ ހާމަކޮށްލިއެވެ. އެވެސް ދޮގެއްނޫނެވެ. ފިރިމީހާ ރަށުގައި ވަޒީފާގައި އުޅޭއިރު ދަތިވާނެއެވެ.

“ބޮޑުދައިތަ: ހުރިހާ ޚަރަދެއް ރަށުގައި ހުރެގެން ކުރަމުން ދިޔައީ. އެކުދިން ބަލިވިޔަސް މާލެދަން. ރަނގަޅުވީމަ އަންނަނީ. އެފަދަ ގޮތަކަށް ކަންތައްތައް ދިޔައީ ދޯ އެކުދިން ސުކޫލު ނިމެންދެން.” ރޮވިފައި އިނދެ ބޮޑުދައިތަ ބުނެލިއެވެ. ރަށާއި މާލެއާއި ދެމެދު ދަތުރުކުރުމަކީވެސް އުނދަގޫކަމެކެވެ.

“އައިޒީ: ދިރިއުޅުމުގައި ތަކްލީފުތައް ވަރަށް ގިނަވާނެ. އަޅުގަނޑުމެންނަށް ކާމިޔާބު އޮތީ ކެތްތެރިވެގެން. ”  ނަސާހަތް ދިނުމުގެ ގޮތުން އައިޒީ ބުނެލިއެވެ.

“އައިޒީ: އިޝްބާ ގޮވައިގެން އިންޑިޔާގައި ހޭދަވި ދުވަސްތަކުގައި ބޭސް ފަރުވާގެ ކަންތައްތައް ދިޔަ ގޮތް ދައްތަ ކިޔާލަދީފާނަންތޯ ” ފިނި ނޭވާއެއް ލަމުން އައިޒީ އަހާލިއެވެ.

“ބޮޑުދައިތަ: އަޅުގަނޑުމެންވެސް އަޝްބާ ގުޅާފައި ވެގެން އުޅޭ ގޮތް ކިޔައިދިނީމަ ވުގުތުން  ރަށުން އައީ. އޭރު އުޅުނީ އާސަންދަ ހަމަނުޖެހިގެން ދޯ.”  ބޮޑުދައިތަ ކިޔައިދޭން ފެށިއެވެ.

“ބޮޑުދައިތަ: ހަމަ ރުފިޔާ ހޯދަން މަހުޖަނުން ކައިރިއަށް ގޮސް އާދޭސްކޮށް ރޮއެ ހެދި އަޝްބާ. އެކަމަކު އަޅުގަނޑުމެންނަން ދިހަހާސްވެސް ނުލިބޭ. އަޝްބާ ރެސްޓޯރެންޓެއްގައި ވޭޓަރަކަށް އުޅެގެން ހޯދާފައި ހުރި ރުފިޔާ ރައްކާކޮށްފައި ހުރި އެވެސް ހިފައިގެން ދިޔައީ.”  އެ އަޑުގައި ފަސްޖެހުމެއްވިއެވެ. ބުނެދޭން ދަތި ރިޚުމެއް އެކުލެވިގެން ވިއެވެ.

“ބޮޑުދައިތަ: އިންޑިޔާއަށް ދެވުމުން ހަމަ ވަގުތުން ހަސްފަތާލަށް ދިޔައީ ދޯ. އަޅުގަނޑުމެން ދިޔައީވެސް ކޮޗިންއަށް ޓިކެޓުނަގައިގެން މަތިން.”   އިޝްބާއަށް ބަލައިލަމުން ބޮޑުދައިތައް  ވާހަކަ ކުރިއަށް ގެންދިޔައެވެ.

“ބޮޑުދައިތަ: އަޅުގަނޑުމެން ދިޔައީވެސް އަމްރީތާ ހަސްފަތާލަށް އެ މިވަގުތު ހުރި އެންމެ މޮޅު ޑޮކްޓަރުން ތިބިތަން އިންޑިޔާގެ އެއީ. އެންމެ ގިނަ ދިވެހިންވެސް ގޮސް އުޅޭތަންދޯ.” މަޑުމަޑުން ހުއްޓެމުން  ކިޔައިދެމުންދިޔައެވެ. އައިޒީ ބޯ ޖަހަމުން ދުރަށް ބަލަމުންދިޔައެވެ.

“ބޮޑުދައިތަ: ހަތަރު ފަސް ޑަކްޓަރުންނަން ދައްކައިގެންވެސް އަލިމަގެއް ނުފެނުން އަޅުގަނޑުމެންނަން.  ދެން  “ފުލް ބޮޑީ ޗެކަޕެއް”  ހެދީ.”  ބޮޑުދައިތައަށް ދުރަށް ބަލާލެވުނެވެ.

“ބޮޑުދައިތަ:  އެ ހެދީމަ އިޝްބާގެ އަޑުއިވުމުގައި މައްސަލަ ހުރިކަން އެނގުނީ. ވަރަށް ދެރަވި އެދުވަހު.  އެފަކީރުގެ ލޮލަކަށް ނުފެނޭ އެރޫވެސް،  އަމިއްލަ ހާލަށް ހިނގައި ނުލެވޭ އަދިއަދަށް ދާން ދެންވެސް ” ރަނގަޅަށްވެސް ބޮޑުދައިތައަށް ރޮވުނެވެ.

“ބޮޑުދައިތަ: ބޭސް ދިން ނަން ހުސްކޮން ދޯ. ކަންފަތުގައި އޭތި އެޅުވީމަ އަޑު އިވޭކަން އިތުރަށް އައި ބަދަލެއް ނެއް ވަކި ބޭސް ބޭނުންކޮށްގެންވެސް” ޓިސޫއަކުން ދެ ލޯފުހެލަމުން ބޮޑުދައިތަ ބުނެލިއެވެ.

ޕޮރުގުރާމުގެ މިއާދެވުނީ ނުހަނު ހައްސާސީ ހިސާބަކަށެވެ. ނުތަނަވަސްކަން ފިލުވާލަން ކަމެއް ކޮށްލުން ކިހިނެއް ވާނެ ހެއްޔެވެ؟

“އައިޒީ: ވަރަށް ބައިވަރު ވާހަކަ އެކުދިން ބޮޑުދައިތަ އެކިޔައިދިނީ. ދެން ހިނގާ އަނެއްކާވެސް އެއްޗެއް ބަލާލަންދޯ.” އަތުގައި އޮތް ކަރުދާސް ގަނޑަށް ބަލައިލަމުން އައިޒީ ހާމަކޮށްލިއެވެ.

ކުއްލިއަކަށް އެންމެންގެ ކުރިމަތިން އަލިކަމެއް ފަވާލިއެވެ.  އެތާ ހުރި ސުކުރީނަން “ހިމޭން ދުނިޔެ”  ބޮޑުކޮން އަރުވާލިއެވެ.    އެއީ ފޮރްގުރާމުގެ ނަމެވެ. ޓީވީ ދަށުގައި އިން ނަޒާން ދިޔައީ ސިހިގެންނެވެ. އެއީ ހަމަ އޭނާ ހިތަށް އެރިނަމެވެ. ޖަވާބު ފޮނުވުނު ނަމަ ކޮންފަދަ ހޭ އެހިތަށް އެރިއެވެ.

ނަމާއެކު މާހައުލު  ކުޑަ ހިނދުކޮޅަކަށް ހަަލަބޮލިވިއެވެ. ތަނުގައި  ބަހުސެއް ކުރެވުން ކަހަލައެވެ.

“އައިޒީ:  ފެނިގެން އެދިޔައީ ޕޮރުގުރާމުގެ ނަން  “ހިމޭން ދުނިޔެ” އިނގޭތޯ. ގުރުނެގުން ކުރިއަށް ދަނީ އެންމެ ފަހު ކަމަކަށް.” ސީރީޔަސް ވެލަމުން އައިޒީ ބުނެލިއެވެ. އޭނާ އިނީ އަޒުމުގައެވެ. އިތުރު ސުވާލެއްކުރަން ތައްޔާރުގައެވެ.

” އައިޒީ: އިޝްބާއަށް އެހާލު ޖެއްސި ފަރާތަށް ސަޒާ ލިބިއްޖެތޯ؟  އަދުލު އިންސާފު އިޝްބާއަށް ޤާއިމު ވެއްޖެތޯ؟ ”  ފުންކޮން ވިސްނާލަމުން އައިޒީ އަހާލިއެވެ. އެވެސް ބެލުންތެރިންގެ ހިތުގައި ސުވާލު އުފެދޭނެކަމެކެވެ. އެގެން  އެދި ހުންނާނެކަމެކެވެ.

” ބޮޑުދައިތަ:  އަދުލު އިންސާފެއް މި ރާއްޖެއަކުނެތް. ހަފްތާއެއްގެ ތެރޭ މިނިވަންކޮށްފި ހެކި ނެތިގެން އޭނަ. މަސްތުވާތަކެތި ގަނެވިއްކާ ކަމަކަށްވެސް ނުވި. އެއްވެސް ކަމެއް ސާބިތެއްނުވި އޭނަގެ މައްޗަށް” އަޝްބާއަށް އިންސާފު ނުލިބޭކަން ބޮޑުދައިތަގެ ރާގުން އެގުނެވެ.

” ބޮޑުދައިތަ: އެދަރިފުޅަށް ވެފަ އިން ވަރުބަލާބަލަ. އެކަމު އެވެސް އެދަރި އަމިއްލައަށް ކޮށްފަހުރި ކަންތަކަށޭވީ. އެސޮރުވީ ހަމަ ހުދު ކާފޫރަށް” ހިތާމައާއި ރުޅިވެރިކަން ބޮޑުދައިތަގެ އަޑުގައި އެކުލެވިގެން ވިއެވެ.

” ބޮޑުދައިތަ: މި ދުނިޔޭގައި މިދަރިއަށް އިންސާފު ލިބޭނޭކޭ އަޅުގަނޑެއް ނުބުނާނަން ދެން. ކަންތައް ވެފައި މި އޮތް ގޮތަށް ބަލާއިރުދޯ.” މާޔޫސްކަމާއެކު ބޮޑުދައިތަ ބުނެލިއެވެ.

މިއަދު އިންސާފު  މީހަކަށް ލިބެނީ ކިހިނެއް ހެއްޔެވެ؟ ގާޒީން ތިބެނީ ރުފިޔާއަށް ވިކި ހުސްވެފައެވެ. ވަކީލުން ތިބެނީ ރިޝްވަތުގައި ހިފައިގެންނެވެ. ފުލުހުންނަން އެއްވެސް ކަމެއް ޔަޤީނެއްނުވެއެވެ. މުޅިން ވާނީ ސައްކެވެ.

“މިވަނި މީހަކު މަސްތުވާތަކެތި ވިއްކާކަމަށް ސައްކުވެއްޖެއެވެ.” ނުވަތަ “މިވަނި މީހަކު އަތުން މަސްތުވާތަކެއްޗަށް ސައްކުކުރެވޭ ރަބަރު ޕެކެޓެއް ފެނިއްޖެއެވެ.”

މިވަރުން ދެން ކަންތައްތައް ރަނގަޅުވާނީ ކިހިނެއް ހެއްޔެވެ؟ އިސްލާމީ ޝަރީއަތް ޤާއިމްކުރެވޭނީ ކޮން ގޮތަކުން ހެއްޔެވެ؟

“އައިޒީ: މާތް ﷲ ގެ ތަނަވަސް ރަޚުމަތުން އަދި އިޝްބާއަށް އިންސާފު ލިބޭނެ ދުވަހެއް އަންނާނެ އަޅުގަނޑުމެން އެންމެންގެ ދުޢާއަކީ އެއީ” އިޝްބާގެ މޫނަން ބަލާލަމުން އައިޒީ ބުނެލިއެވެ.

“އައިޒީ:  އަޝްބާމެންނާއި ވަރަށް ޚާއްސަ ފަރާތެއްގެ  ވާހަކަކޮޅު ގެނެސްދިނުން ދެން އޮތީ ބައްލަވާލައްވާ” އައިޒީ  އަރިއަކަށް އެނބުރިލިއެވެ.

ޓީވީތެރެއިން ފެނިގެން ދިޔައީ ބޭބެއެވެ. ބޮޑުދައިތަގެ ފިރިމީހާއެވެ. ނަސާހަތްދީ ނުހަނު ހިތްވަރުދިނެވެ.

” ބޭބެ: ދެލޯ ފަދަ ބޭބެގެ ދެކުދިން.  ބޭބެގެ އުފަން ކުދިން ފަދަތީ. އަބަދުވެސް ބުނެލަން އޮތީ ނަމާދު ވަގުތުގައި ކުރާ ދަރިންތަކަށް ވާށޭ ” ލޯބި ހާމަކޮށްދެމުން ނަސާހަތްތެރިވަމުން ބޭބެ ފެށިއެވެ.

“ބޭބެ: މާތް ﷲ އެއްވެސް އަޅަކަށް ދެރަގޮތެއް ނުދައްކަވާނޭ. އިޝްބާއަށް އަދި ފެނުމުގެ ނަސީބާ ހިނގުމުގެ ނަސީބުވެސް ލިބޭނޭ.” ކަރުނަތައް ފޮރުވަން އުޅެމުން ބޭބެ ބުނެލިއެވެ.

” ބޭބެ: ދިރިއުޅުމަކީ އިމްތިހާނެއް ކެތްތެރިވުން ނޫން ގޮތެއް ނޯންނާނެ. ބޭބެ ތި ދެކުދިން ދެކެވެސް ވަރަށް ލޯބިވޭ.  ބުނެލާނީ މާޔޫސްވެ ދެރަނުވާށޭ. ހިތްވަރުކުރާށޭ. ބޭބެން މިތިބީ ތި ދެކުދިންނާއެކުއޭ. ޝުކުރިއްޔާ!” ރޮވިދާނެހެން ހީވުމުން ބޭބެ ވާހަކަ ކޮޅު ނިންމާލިއެވެ. ޝުކުރުއަދާކޮށްލަމުންނެވެ.

އެ ވާހަކަތަކުން އިޝްބާމެންނަށް ރޮވުނެވެ. ބައްޕަ ނެތް ދުނިޔޭގައި ލޯބިދެމުން ދިޔައީ ބޭބެމެންނެވެ. އެއްވެސް ކަމެއް އުނިވިޔަ ނުދީކޮށްދެއެވެ. އަޅުގަނޑުމެން ދެބެން ދެކެ އެހާ ލޯބިވެއެވެ.

“އައިޒީ: ހާއަލިފު ދިއްދޫގައި އިޝްބާ އުޅެމުން އެދަނީ މިހާރު. ކިޔާދީ ފާނަށް ތޯ  ރަށުގައި އިޝްބާ ގެންގުޅުނު ހާލު ދައްތަމެން.” ކުރިމައްޗަށް ނަޒަރެއް ދެމުން އައިޒީ ބުނެލިއެވެ.

“ބޮޑުދައިތަ: އަޅުގަނޑުމެން ރަށު މީހުންވެސް ވަރަށް ރަނގަޅު. އަދި އަވަށު މީހުން ވަކިން ރަނގަޅު. ހަމަ ގޮވާލަންވެސް އާދޭ ވަރަށް އުފާވޭ ހިތްވަރުދީ ހަދާ.” ބޮޑުދައިތަ ރަށުގެ މީހުންގެ ރަނގަޅުކަން ހާމަކޮށްލިއެވެ.

“ބޮޑިދައިތަ: އިޝްބާ އިންނާނީ ހަރާކަތް ހުއްޓި. ވާހަކަ އެއް ނުދައްކާނެ. އަޅުގަނޑުމެން ކާންދެނީ ވަކި ކަހަލަ އެއްޗެހި. އިޝްބާއަށް ނުކެވޭ މާ ބޮޑެތި އެއްޗެހިވެސް. ފުޑައިގެން ކާންވެސް މިދެނީ މިއަދާ ހަމައަށްވެސް.” ކާން ދޭން އުޅޭ ގޮތް ބޮޑުދައިތަ އިސްޖަހާލަމުން  ކިޔައިދިނެވެ.

“ބޮޑުދައިތަ: ދެން ނަފްސާނީވެފައި މުޅި މީހާ އިނީ ދޯ. އެވަރަށް ތުރުއަޅާ. އަތުން އެއްކަމެއް ނުކުރެވޭ. އެހެން އުޅެނިކޮން. ” ބޮޑުދައިތަ ކުޑަކޮން މަޑުކޮށްލިއެވެ. ފަޒާގެ ތެރެއަށް ނެވާއެއް ބޭރުކޮށްލިއެވެ. ގޮޑީގައި ހަމަޖެހިލިއެވެ. ބުނަން އެއުޅެނީ ޒުކާންގެ ވާހަކައެވެ.

” ބޮޑުދައިތަ: ދޮރުމަތީ  ގޭގެ އަވަށްޓެރި ސޮފިއްޔާގެ ހަގު ސޮރު އަންނަން ފެށީ. މިކުދިން ވީ މާކުރިންވެސް ދަންނަން ބަޔަކަށް. އެކުގައި ކިޔަވަން އުޅުނު ކުއްޖަކަށް އޭނަވީ.” ބޮޑުދައިތަވެސް އުފާވެލިއެވެ.

” ބޮޑުދައިތަ: އެފަކީރަށް ކުރިއެރުމެއްވެސް ލިބުނީ އެ ކުއްޖާގެ ފަރާތުން. ރަނގަޅު ކުއްޖެއް އެއީ. އިޝްބާއާއި ވާހަކަ ދައްކާ. އަތިރިއަށް ގެންގޮސް. އެތައް ވަގުތެއް ހޭދަކޮށްގެން. ” އަނެއްކާ ބޮޑުދައިތަ އިޝްބާއަށް ބަލާލިއެވެ.  މިއީ ތިންވަނަ ފަހަރެވެ.

“ބޮޑުދައިތަ: މިހާރު ފެންނަން ތީނަ އިޝްބާއަށް ވީ. ކުޑަކޮންވެސް މިހާރު އެވަރަށްވެސް އެ އިނދެވެނީވެސް އެކުއްޖާގެ ސަބަބުން. މިއިން ދުވަހަކު ވާހަކަ ނުދައްކާހާ ގިނައިން މިއަދު އެވާހަކަވެސް ދެއްކީ ހިއްސާކުރީދޯ. ” މިއަދަށްވެސް އުފާކުރާހާލު ބޮޑުދައިތަ ބުނެލިއެވެ.

” ބޮޑުދައިތަ: އެވެސް ކުރިއެރުމެއް ލިބުން. އެކަމާ ވަރަށް އުފާވޭ”   ކަރުނައިގެ ތެރެއިން ހިނިތުންވެލަމުން ބޮޑުދައިތަ ފާހަގަކޮށްލިއެވެ.

“އައިޒީ: ތި ވިދާޅުވަނީ ޒުކާންގެ ވާހަކަ ދެއްތޯ؟ އެއީ ހަމަ ދިވެހި ޒުވާން ފިރިހެނުންނަން  ހެޔޮ ނަމޫނާއެކޭ އަޅުގަނޑު ދަންނަވާލާނީ. މަންމައަކަށް ލިބިފަ ހުރި ރަންގަނޑެކޭ ދަންނަވާލާނީ.” އައިޒީ ޒުވާން ފިރިހެނުންނަށް ބުނެލިއެވެ. ޒުކާން ނަމޫނާއަކަށް ބެލުމަށެވެ.

“އައިޒީ: ކުރިއަށް އޮތީ ވަރަށްވެސް ޚާއްސަބައެއް. އަޅުގަނޑަކަށްވެސް ނޭނގެ ވާނެ ގޮތެއް. ހިތް ނެނގި ނެނގިފައި ޖެހޭ އެބަ. މީހަކު އަންނަކަށް އިނގެނީ. އަންނަނީ ކާކުކަން ނޭނގެނީ.” އައިޒީ އޭނާގެ ހިތުގައި އަތްޖައްސާލިއެވެ.

މުޅިތަން އެއްކޮން އަނދިރިވިއެވެ.  އަޝްބާ ކުޑަކޮން ބިރު ގަނެއްޖެއެވެ. ވާން މިއުޅެނީ  ކޮން ކަމެއް ހެއްޔެވެ؟ އަންނަން އެއުޅެނީ ކާކު ހެއްޔެވެ؟

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Isnaa

Level 610 Stories100 Comments100 Login100 Stories500 Login

އަޅުގަނޑުގެ ނަމަކީ އިސްނާާން އަހުމަދު އެވެ. ވާހަކަ ލިޔުމަކީ އަޅުގަނޑު ވަރަށް ކުރާހިތްވާވާކަމެކެވެ. އެއްވެސް ސުވާލެއް ވާނަމަ ވަކިން މެސެޖެއްކޮށްލާ 🥰🤗✍️💐☺️ Snap: (aishathisnan24) https://www.snapchat.com/add/aishathisnan24?share_id=fiCBd2AhEQs&locale=en-US https://www.instagram.com/aisha_th_isnan?igsh=MWFpc3B6aTU5ZWtteQ==

Other Articles

Previous

ވާތީ ހިތަކު ލޯބި މަންމަންވެފާ 6

Next

ހިތަކުން ނުދާނޭ ފިލާ 26

Next
December 9, 2025

ހިތަކުން ނުދާނޭ ފިލާ 26

Previews
December 8, 2025

ވާތީ ހިތަކު ލޯބި މަންމަންވެފާ 6

3 Comments!

  1. Nayerr says:
    December 11, 2025 at 11:16 am

    Isnaan ahnan vegen eulheny

    1. Isnaa says:
      December 11, 2025 at 7:19 pm

      Thank you Nayerr
      Ehnthr balamaa dhw 🫶🥰

  2. Isnaa says:
    December 11, 2025 at 7:21 pm

    Part 24 IA maadhan kiyaalan libeyne
    Alhugandu ge aan lava eh ves Part 24 in fenigendhaane 🥰🫶

Comments are closed.

Next Episodeއާއެކޭ ލޯބިވޭ… ސައުވީސް ވަނަބައި (ނަފްސާނީ ބައްޔަކީ ޤަބޫލުކުރަންވީ ހަޤީގަތެކޭ)←


All Right Reserved!