Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެކުގައިވާނަން-18

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
December 12, 2025 2 Mins Read
0 Comments

މަޑުމަޑުން ހިގައިފައި އައިސް އޭނާ ގެޔާއި ހަމައަށް އެރީރަށް ޔަސްރާމެން ގެއިން  މީހަކު ނުކުތެވެ. ކައިލާން ބަލާލިއެވެ. ހަމަ އެވަގުތު އޭނާގެ ފައި ބިމުގައި ގަނޑުވި ކަހަލައެވެ.

*ޕާރޓް-18*

އެއީ ހަޔާއެވެ. ހަޔާގެ މޫނުމަތީ ފެންނަން ހުރި ނުތަނަވަސްކަމުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނާ އަށް އެނގެއެވެ. ނަމަވެސް ބަހެއް ނުބުނެ ކައިލާން ހުރީއެވެ. ހަޔާ މަޑުމަޑުން ދޮރުލައްޕާލައިފައި އައީ ކައިލާން ކައިރިއަށެވެ. ކައިލާން އިނީ ހައިރާން ވެފައެވެ. އޭނާ ހީއްކުރީ ހަޔާ އޭނާ އަށް ދުވަހަކުވެސް ވާހަކަ ނުދައްކާނެ ކަމަށެވެ.

“ކައިލާން.. ދެކުނިންތަ މިގެއިން ނިކުތް ފިރިހެނަކު.. ލައިކް ހަމަ ޒުވާން މީހެއް.. ކަޅުކުލައިގެ އެއްޗިހި ލައިގެން..” ހަޔާ ބެލީ ވީހާވެސް ތަފްސީލުކޮށް ކިޔައިދެވޭތޯއެވެ. ފަހަރެއްގައި ހަމަ ކައިލާން އަށް ވެސް އެނގިދާނެއެވެ.

“އާން.. ދެކުނިން.. އެއީ ގާތް ގަޑަކަށް 7 ޖަހަން އުޅުނީރުގަ.. އަނެއްކާ އަހަރެން ހީއްކުރީ އެއީ ޔަސްރާގެ ފެމިލީ މީހެއް ކަމަށް..” ކައިލާން ބުނެލިއެވެ.

“އެމީހާ ދިޔައީ ކޮންތާކަށް.. އަސްލުވެސްތަ ދެކުނިންތަ..” ހަޔާ އަށް ހިތްވަރުލިބުނެވެ.

“ހަމަ އަސްލައްވެސް ދެކުނިން.. އެމީހާ ދިޔަތަނެއް ވަކި ނުބަލަން.. އެކަމަކު އެމީހާ އަޅައިލީ އެމަގުން..” ކައިލާން އިށާރާތް ކޮށްލީ އޭނާގެ ވާ އަތްފަޅިއަށެވެ.

“އެއްވެސް މީހެއް ކައިރީ ނުބުނައްޗޭ.. އެކަމު ޔަސް ރޭޕް ވެއްޖެ.. އެންޑް ކައިލާން ތިބުނީ އެމީހަކު ދެކުނީމޭ ދޯ.. ސޯ ވިލް ޔޫ ހެލްޕްމީ އެމީހާ ހޯދަން..” ހަޔާ ވަރަށް ސިއްރުން އަހާލިއެވެ. ކައިލާން ބޯޖަހާލިއެވެ. ޔަސްރާ އަށް މިދިމާވީ ކޮންކަހަަލަ ކަމެއް ހެއްޔެވެ.

ދެމީހުންވެސް އެއްބަސް ކިޔައިގެން ނިއްމީ ހަވީރު އެމީހަކު ހޯދުމަށް ދިޔުމަށެވެ.

ލަސްތަކެއް ނުވެ ރާޝިމް ވެސް އައެވެ. އޭރުވެސް ޔަސްރާ ހުރީ ކާމޭޒު ދޮށުގައި ގަނބު އަރާފައެވެ. ރާޝިމް އައި ގޮތަށް އައިސް ޔަސްރާ ގައިގައި ބައްދާލިއެވެ. ޔަސްރާ އަށް އަނެއްކާ ވެސް ރޮވެން ފެށުނެވެ.

“ދޮންބޭ.. އެމީހާ އަހަރެންގެ އިއްފަތް ތެރިކަން ނަގައިފި.. ދެން ކިހިނެއް ހަދާނީ..” ޔަސްރާ ރޮމުން ވާހަކަ ދެއްކިއެވެ. އޭރު ހަޔާ އާއި އެކީ ކައިލާން ވެސް އެގޭގައި އިނެވެ. ޔަސްރާ ދެރަވެ ހިތާމަ ކުރާ ވަރު ފެނުފައި މިކުއްޖާ އަކީ އިއްފަތްތެރިކަމަށް ލޯބި ކުރާ ކުއްޖެއްކަން ކިތައްމެހާވެސް ކައިލާން އަށް ހާމަވިއެވެ.

“ޔަސް ދެން ނޮރެއި.. ދޮންބެ އެމީހަކު ހޯދާނަން..” ރާޝިމް ބުނަމުން ދިޔައެވެ. ހަޤީޤަތުގައިވެސް ރާޝިމް ހުރީ ޔަސްރާ އަށް މިހެން ހެދި  މީހަކު ދެކެ އިންތިހާއަށް ރުޅިއައިސް ފައެވެ. އޭނާ ދުވަހަކުވެސް އެމީހަކަށް މަޢާފެއް ނުކުރާނެއެވެ.

“ރާޝިމް ބޭބޭ.. ކައިލާން ބުނީ އެމީހަކުގެ މޫނު ދެކުނީމޯ..” ހަޔާ ބުނެލިއެވެ. ރާޝިމް އާއި ޔަސްރާ އަށް އެއްފަހަރާ ބަލައިލެވުނެވެ. ރާޝިމް ބުމަ އަރުވައިލީ އަސްލުވެސްހޭ އަހާފަދަ ގޮތަކަށެވެ.

“އަޅުގަނޑު ހެދުނު ލައިބްރެރީއަށް ދާން ވެގެން ނުކުތީރު މިގެން ކޮންމެވެސް ފިރިހެނަކު ނުކުތް..” ކައިލާން ބުނެލިއެވެ.

“އެހެންމަ އަޅުގަނޑުމެން ދެކުދިން މިއުޅެނީ މިއަދު ހަވީރު އެމީހާ ހޯދަން..” ހަޔާ ޔަގީންކަން ދިނެވެ.

“އެއްމެ ރަގަނޅު..” ރާޝިމް އެއްބަސް ވިއެވެ.

ހަޔާ ގެޔަށް ދިޔައީ ހަވިރުން ކައިލާން ކައިރިއަށް ދާނެމޭ ބުނެފައެވެ. އޭނ ާގެޔަށް ވނީރުވެސް ވިސްނެމުން ދިޔައީ ޔަސްރާ އާއިމެދުއެވެ. ޔަސްރާ އަށް އަމާޒުކޮށް މީހަކު އޭނާ އަށް ގަސްދުގައި އަނިޔާ އެއް ދޭން އުޅެނީބާއެވެ. އެކަމު ކާކުހެއްޔެވެ. ޔަސްރާ އަކީ އެހެން ކުދިންނާއި ނުލާހިކު ގާތްކޮށް އުޅޭ ކުއްޖެކެވެ. އެހެން މީހަކު އޭނާއަށް ނަފްރަތު ކުރަން ޖެހޭ އެއްވެސް ކަމެއް ކޮށްފައެއް ނުހުންނާނެވެ.

“ހަޔާ.. ހާދަހާވާ ހާސްވެފަހެން ހީވޭ.. އަނެއްކާ ކިހިނެއްވީ..؟” މިންހާ އިނީ ޓީވީ ބަލާށެވެ. ހަޔާ އައިސް މަންމަ ކައިރީ ސޯފާގައި އިށީނެވެ.

“މަންމާ ވަރަށް ބޮޑު ކަމެއް ވެއްޖެ..” ހަޔާގެ ސީރިއަސް މޫނު ފެނި މިންހާ ވަގުތުން ޓީވީ ނިއްވާލިއެވެ.

“ކިހިނެއްވީ ދަރިފުޅާ..” މިންހާ ކަނަފަތް ހުޅުވައިލައިފައި އަޑުއަހަން އިނެވެ. ހަޔާ ކިޔައިދިނެވެ. އޭނާ މިއަދު އެގެޔަށް ދިޔައިރު ގޭގެ ދޮރުތަށް ހުޅުވައިފައި ހުރިވާހަކައެެވެ. އެތެރެއަށް ވަދެ ޔަސްރާ ކައިރިއަށް ދިއުމުން އޭނާ ކިޔައިދިން ވާހަކަ ތަކެވެ.

“ސުބްހާނައްﷲ.. މިހާރު އެކުއްޖާގެ ހާލަތު ރަގަނޅު.. ޕިސް ޕިސް..” މިންހާ އަގަމަތީ އަތް އަޅާލިއެވެ. ޔަސްރާ އަކީ އޭނާގެ ވެސް ދަރިއެއް ފަދައިން އޭނާ ލޯބިވާ ކުއްޖެކެވެ.

“މިހާރު ކުޑަކޮށް އޯކޭ.. އެކަމު އަބަދުވެސް އިންނަނީ ގަނބު އަރާފަ.. ރާޝިމް ބޭބެ ވެސް އެބައުޅޭ..” ހަޔާ ބުނެލިއެވެ. ދެން އޭނާ މިންހާ ކައިރީ ބުނީ ކައިލާން އާއި އެކީ މިއަދު ހަވީރު އެމީހާ ހޯދަން ދާނެ ވާހަކައެވެ. ދެމައިން މިވާހަކަ ދައްކަން ތިބިއިރު ފަހަތުގައި އަޒްހާން މިހުރިހާ ވާހަކައެއް އަަޑުއަހަން ހުއްޓެވެ.

އޭނާގެ ލޭވަނީ ކެކިގަނެފައެވެ. ޔަސްރާ އަށް އެހެން ހަދަން އެކެރުނީ ކާކައްހެއްޔެވެ. އެމީހަކު އޭނާ އަށް އެނގިއްޖިއްޔާ އެމީހަކު ދުވަސް ދުއްވާލާނަމެވެ.

އައިސް ފައި ހުރި ރުޅި އެއްގެ ސަބަބުން އަޒްހާން ވަގުތުން ގެއިން ނުކުމެގެން ދިޔައީއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ޙަޤީޤަތް ކަޝްފުވުމުން…. 1

Next

ހިތް އެދޭ މަންޒިލަކީ… 16

Next
December 12, 2025

ހިތް އެދޭ މަންޒިލަކީ… 16

Previews
December 12, 2025

ޙަޤީޤަތް ކަޝްފުވުމުން…. 1



All Right Reserved!