Skip to content
އެސްފިޔަ

އެކުގައިވާނަން-17

އިރުކޮލާކުން ޔަސްރާ އަށް ހޭލެވިއްޖެވެ. ހޭލެވުމާއި އެކު އޭނަގެ ހަދާނަށް ރޭގެ ހާދިސާ އައެވެ. ވަގުތުން ޔަސްރާ އަށް ބާރު ބާރަށް ރޮވެން ފެށުނެވެ. ހަޔާ ޔަސްރާގެ ގައިގައި ބައްދާ ލައިފައި ކިހިނެއް ވީހޭ ސުވާލު ކުރަމުން ދިޔައެވެ. ކޮންމެވެސް ކަމެއް ވެއްޖެއެވެ. އެހެންނޫނީ ޔަސްރާ މިގޮތަކަށް ނޮރޯނެއެވެ.

*ޕާރްޓް-17*

“ޔަސް ބުނެބަ ކިހިނެއްވީ.. ޔަގީން ކޮންމެސް ކަމެއް ވެއްޖެކަން.. ދެން ބުނެބަ ޕްލީސް..” ހަޔާ ކިތައްމެ ވަރަކަށް ސުވާލުކުރެަމުން ދިޔައަސް ޔަސްރާ އަކަށް ޖަވާބެއް ނުދެވުނެވެ. އޭނާ އަށް ހަމަ ރޮވެނީއެވެ. ބަހެއް ބުނާނެ ހިތްވެރެއްވެސް ނެތެވެ. އޭނާ ބުނާނީވެސް ކީކޭ ހެއްޔެވެ.

އިރުގަނޑަކަށް ފަހު ޔަސްރާ ހަމައަކަށް އެޅުނެވެ. އޭރުވެސް ހަޔާ ޔަސްރާ ކައިރީގަ އިނެވެ. ޔަސްރާ ލޯ ފުހެލައިފައި ހަޔާގެ މޫނަށް ބަލާލިއެވެ.

“ޔަސް ބެނަ ޕްލީސް..” ހަޔާ އަނެއްކާ ވެސް އަހާލިއެވެ. އޭނާ އެހުރީ ޔަސްރާ ބުނާނެ އެއްޗެއް އަޑުއަހަން ކެއްމަދު ވެފައެވެ.

“ރޭގަ.. ކޮންމެވެސް މީހަކު.. އަހަރެން.. ރޭޕް ކޮށްލީ..” ޔަސްރާ އަށް އަނެއްކާވެސް ރޮވެން ފެށުނެވެ. ތަޤުދީރު އޭނާ އާއި މިކުރަނީ ކޮންސަމާސާ އެއްހެއްޔެވެ. ހަޔާ އިނީ އިވުނު އެއްޗިހި ޔަގީން ނުކުރެވިފައެވެ. އޭނާ އަށް ލިބުނީ ވަރަށް ވެސް ބޮޑު ޝޮކެކެވެ.

“އޭން!! ކާކޫތަ.. އަޅެ ޔަސް ހިގާ އަވަހަށް މަންމަ ކައިރީ ބުނަންދާން.. ތިވާހަކަ އެއްމެ ރަގަނޅު ވާނީ ބޮޑު މީހެއްކަރީ ބުނެގެން..” ހަޔާ ބުންޔެވެ. އޭނާ ބޭނުމީ ޔަސްރާ އަށް މިހެން ހެދި މީހަކު ބަލާށެވެ.

“ނޫން.. އަހަރެންނަކަށް ނުކޭރެ.. މީ ކިހާ ލަދުވެތި ކަމެއް..” ޔަސްރާ ލޯފުހެލަމުން ބުނެލިއެވެ.

“އަހަރެންނަށް ވެސް އެނގެއޭ.. އެކަމަކު ޔަސް ބޭނުމެއް ނޫންތަ އެކަމެއް ކުރި މީހަކު ހޯދާކަށް..؟” ހަޔާ އުޅުނީ ޔަސްރާ އަށް ވިސްނައިދޭށެވެ.

“އެމީހަކު މިހާރު ފިލައިގެން ގޮއްސި ނޫން ކަމެއްވެސް ނޭނގެއެއްނު..” ޔަސްރާގެ އަޑުގައި އެއްވެސް ދިރުމެއްނެތެވެ.

“ޔަސް.. އެކަމަކުވެސް އަހަރެން ބޭނުން އެމީހަކަށް ހައްޤު އަދަބު ލިބެން.. އެހެން ހަދާކަށް ގައިމު ހެޔޮނުވާނު.. ޔަސް ދެކުނިންތަ އެމީހާގެ މޫނު..؟” ހަޔާ އަހާލިއެވެ.

ޔަސްރާ ހަދާން ކޮށްލިއެވެ. އާއެކެވެ. އޭނާ އަށް އެމީހާގެ މުނުފެނިފައި ވެއެވެ. ނަމަވެސް ދެވަނަ ފަހަރަށް ފެނިގެން ހަދާނެއް ނުވާނެއެވެ.

“އާން.. ދެކުނިން.. އެކަމު ނޭނގެ ބުނާކަށް..” ޔަސްރާ ބުނެލިއެވެ.

ޔަސްރާގެ އުދާސްވެފައިވާ މޫނަށް ބަލން ހުރެފައި ހަޔާ ތެދުވިއެވެ. އޭނާ ދިޔައީ ބަދިެގެޔަށެެވެ. ޔަސްރާ ވެސް އެހެން އިދެފައި ވަނި ފާޙަނާއަށެވެ. އޭނާ ފާޙަނާއަށް ވަދެ މާގަނޑު ދޫކޮށްލިއެވެ. ފިނިފެންތަށް ގައިގައި ޖެހުމުން އެހެންނޫނީ ލިބޭ ހިތްހަމަ ޖެހުމެއް މިއަދަކު ނުލިބުނެވެ. ރޮވެން ފެށުނީ އިޙްތިޔާރުން ބޭރުގައެެވެ. އެމީހަކު އެދިޔައީ އޭނާގެ އިއްފަތްތެރިކަން ފޭރިގަނެފައެވެ. ކާކުކަމެއް ވެސް ނޭނގެއެވެ. ޔަސްރާ ރޮއިރޮއިފައި ފެންވަރައިގެން ނުކުތެވެ.

އޭރު ހަޔާ ހުރީ ސައިހަދާފައެވެ. ސޭންޑްވިޗް އާއި ކަޅުސައެެވެ. ޔަސްރާ ކޮޓަރިން ނުކުއްތަން ފެނުމުން ހަޔާ އަވަހަށް ޔަސްރާ ކައިރިއަށް ދިޔައެވެ.

“އާދޭ ސައިބޯން..” ހަޔާ އޯގާތެރިކަމާއި އެކީ ޔަސްރާގެ އަތުގައި ހިފައިގެން އައިސް ކާމޭޒުދޮށުގައި އިށީނެވެ.

“ދެން ޔަސް ދޮންބެ ކައިރީ ބުނަންވީނު..” ހަޔާ ބުނެލިއެވެ. ޔަސްރާ މަޑުމަޑުން ބޯޖަހާލިއެވެ. މިކަހަލަ ވާހަކައެއް ދޮންބެ ކައިރިން ބުނަން އޭނާ ކިތައްމެހާވެސް ލަދުގަނެއެވެ. އެކަމަކު ސިއްރުކޮށްގެން ވާނޭ ފައިދާއެއް ނެތެވެ. އެއްމެ ރަގަނޅީ އަވަހަށް އެވާހަކަ ބުނުމެވެ. ހަޔާ ޔަސްރާގެ ފޯނުން ރާޝިމް އަށް ގުޅިއެވެ.

“އޭން!! ކީކޭ..؟! ރޭޕްވީ އޭ..؟!” ރާޝިމްގެ އަޑުބާރެވެ. އޭނާ ހުރީ އިވުނު ވާހަކަ ގަބޫލު ނުކުރެވިފައެވެ.

“ލައްބަ.. ޔަސްރާ ބުނީ އެމީހާ ގެޔަށް ވައިންގޮތެއްވެސް ނޭނގޭކަމަށް.. އެމީހާގެ މޫނުވެސް ފެނުނު އެކަމު ނޭނގޭނެއޯ ދެނެއް..” ހަޔާ ބުނަމުން ދިޔައެވެ. ރާޝިމް ފޯނުކަޑާލީ މިދަނީއޭ ކަމަށް ބުނެފައެވެ.

ފޮތެއް ހިފައިގެން މޭޒެއް ދޮށުގައި އެކަނި އިން ކައިލާންގެ ހިޔާލިތަށް ގުޅިފައިވަނީ މިއަދު ހެނދުނު ފެނުނު މަންޒަރާއެވެ. ޔަސްރާގެ ގެއިން ނުކުމެގެން އައީ ކާކުހެއްޔެވެ. އެމީހާގެ ނުކުމެގެން އައިރު އައީ ވަރަށް ނުލަފާ ގޮތަކަށް ހިނިއައިސް ހުރެއެވެ. އަނެއްކާ އެއީ ވަގެއްހެއްޔެވެ. ވެދާނެއެވެ. އެކަމަކު އެވަގުގެ އަތަކު އެއްވެސް އެއްޗެއް ނެތެވެ. އަޅާނުލާށެވެ. އެއީ ކައިލާން އާއި ބެހޭކަމެއް ނޫނެވެ. ފޮތް ކިޔުމުގެ ބަދަލުގައި ހިޔާލުތަކަށް ގެބެމުން ދާތީވެ ކައިލާން ތެދުވެގެން ނުކުތެވެ.

މަޑުހިގުމެއްގައި އައިސް އޭނާ ގެޔާއި ހަމައަށް އެރީރަށް ޔަސްރާމެންގެ ގެއިން މީހަކު ނުކުތެވެ. ކައިލާން ބަލާލިއެވެ. ހަމަ އެވަގުތު އޭނާގެ ފައި ބިމުގައި ގަނޑުވިކަހަލައެެވެ.

*ނުނިމޭ*

Just wanted to share this with you all..

My insta ID is muxo3533

If you want you can follow we can have fun chatting

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (2)

  1. Nai_73

    Masha Allah mi part ves Vrh reethi
    Yasra rape kohlee Alhe Kaaku thr???
    Dhenme Yasra men gein enukukthy anehka Kaaku baa???
    Eii Hayaa kahneynge! So curious 😲
    When’s next???

    1. _MuXo_
      Nai_73

      Yes yasra rape vee dhw!
      Dhen alhugadu vhk liyaanee term test ah fahu!
      But anna hafthaagaves liyevenyaa liyaanan!

Comments are closed.