އެ ކުޑަ ކުއްޖާ 04
އިސާހިތަކު އެ ވާހަކަ ތަށް ރަށު ތެރެއަށް ފެތުރިގެން ހިގައްޖެއެވެ . ބައެއް މީހުން އެ ވާހަކަ ތައް ގަބޫލު ނުކޮށް ދިމާ އަށް ދޮގު ވާހަކަ އެއް ކަން ބުނަމުން ގެންދެއެވެ . ނަމަވެސް އަހަރެން ނަށް މި ކަންތައް ތަށް ދިމާ ވިކަން އަހަރެން ނަފްސު ގަބޫލް ކުރެވުނުއެވެ.
މިއީ ވެސް އިމްތިހާނެކެވެ . އެކި މީހުން ގެ ފަރާތުން އެކި އެއްޗިހިން އައި ގޮން ޖެހުން ތަކެއެވެ . ސަބަބަކަށް ވަނީ އެ މީހުންނަށް އަހަންނަށް ފެނުނު ކަހަލައިގެ އެއްޗެއް ނުމެ ފެނުމެއެވެ . އަހަރެން އެރޭ އަހަރެން ސައިކަލުން ނުވެއްޓި ހަމަ ޖެހިލައިގެން އައުމުންނެއެވެ. އަހަރެން އެކަމުން މިންޖުވި ގޮތުގެ ވާހަކައެވެ . މިއީ އަހަންނަށް ނެގުނު ފިލާވަޅެކެވެ .
އަހަރެން އެކަމުގައި ބިރު ނުގަނެ އަހަރެން ގެޔާ ހަމަޔަށް އާދެވުނީ އަހަރެންނަށް ކުރިން ވެސް މި ކަހަލަ ކަމެއް މެދުވެރި ވުމުންނެއެވެ . އެއީ 2019 އަހަރު އަހަރެން އެންމެ ލޯބިވާ މަންމަ އަށް މި ކަހަލަ ކަމެއް ދިމާ ވުމުން އަހަންނަ|ށް ވަނީ މުޅިން ވެސް ބިރު ފަހަނަ އަޅާ ގޮސްފައެވެ. އަހަރެން ގެ ލޯ ކުރިމަތިން 2019 ވަނަ އަހަރު ފެނިގެން ދިޔައީ އެހެން ކަހަލަ މަންޒަރު ތަކެއެވެ . އަހަރެންނަށް ކުރެވިގެން ދިޔައީ އެހެން މަޒަރު ތަކެއެވެ . އެކި ފަހަރު މަތިން ރުޤްޔާ ކުރާ މީހުން ސުވާލު ތަކެއް ކުރަމުން ދާ މަންޒަރު ތައް އަހަންނަށް އެ ފަހަރު ފެނިގެން ދިޔައެވެ . ނަމަވެސް އެއީ އިމްތިހާނެކެވެ . 6 މަސް ވަންދެން އަހަރެން އުޅެމުން އައީ ވޭން ދެނެވެނި ދުވަސް ތަކެއެވެ. ހިތްދަތި ދުވަސް ތަކެއެވެ .
6 އަހަތު ފަހުން އަހަންނަށް ކަޅު ކުޑަ ކުއްޖަކު އަހަރެން ސައިކަލު ފަހަތަށް އެރުން އެއީ އިއްތިފާގެއް ބާވައެވެ . ނުވަތަ އަހަރެން އިސްލާހު މަގަށް އެޅެން ކުރިމަތި ވީ ކަމެއް ބާވައެވެ . އެތަކެއް ފަހަރު އަހަރެން ގެ އަމިއްލަ ޒަމީރަށް ސުވާލު ކުރެވިގެން ދެއެވެ .
އެރޭ އަހަރެން އެންމެ ފުރަތަމަ އައިސް ދެއްކިގެން ދިޔައީ އަހަރެން ގެ މައިންބަފައިން ކައިރީގައެވެ . ނަމަވެސް އެ ވާހަކަ ތައް ގަބޫލު ނުކުރެވިގެން ދިޔަ މަންޒަރު ފެނިގެން ދިޔައެވެ . ނަމަވެސް އަހަރެން އޮފިސް ނިންމާފައި އަހަރެން ކޮފީ ބުޔުމަށް އެކުވެރިންނާ އެކު އުޅެމެއެވެ . އަދި އަހަރުމެން އެކުވެރިންނާ އެކު ކޮފީ ބުޔުމަށް ދަނީ ގަބުރުސްތާނު ކައިރީގައި ހުރި ތަނަކަށެއެވެ .
އެއްދުވަހެއްގެ ހަވީރު ވަގުތެއެވެ . އަހަރެންނާއި އަހަރެންގެ އޮފިސް ކުދި ބަޔަކާ އެކު ކޮފީ ބުޔުމަށް އެ ހިސާބަށް ދިޔާމެއެވެ . އެ ދިޔުމުގައި އަހަރެން މި ހިސާބަށް އައުމަށް ޖެހިލުން ވާ ވާހަކަ ބުނަ މުން ގެންދިޔާމެއެވެ .
އަދި ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

