އެ ކުޑަ ކުއްޖާ ފަހު ބައި
މި ވާހަކަ ތަށް ރަށުގެ ކުދި ބޮޑު އެންމެން ކަހަލަ ގޮތަކަށް ދައްކަމުން ދިޔައެވެ . ވާހަކަ ތައް އައީ އެކި ގޮތް ގޮތަށެއެވެ އެކި އެކި ރާގު ތަކަކަށެއެވެ . އޭރު ވެސް އަހަރެން ބުނަމުން އައީ ޖިންނީން ނަކީ އަހަރުމެން ގެ ތެރޭގައި ލައްވަފާއި ވާ އަހަރުމެންނަށް ނުފެންނަ މަހުލޫގެކެވެ . އަހަރުމެންނަށް ބައެއް ފަހަރު އެ ޖިންނީން އަވަލާ ހަދަމުން ދެއެވެ .
މިއީ އަހަންނަށް ހުރި ތަޤުދީރު ބާވައެވެ .
އަހަރެން ގެ ލޯ ކުރިމަތިިން އަހަރެންގެ އެންމެ ލޯބިވާ މީހުން އެ ކަންކަމުން ސަލާމަތް ވެފައި އެބަ ތިއްބެއެވެ . އަހަރެންނަށް އެކަން ވެސް ކުރެވުނީ ތަޖުރިބާ އަށެއެވެ . 2018 ވަނަ އަހަރު ގެ ފަހު ކޮޅު އަދި 2019 ވަނަ އަހަރު ކުރީ ކޮޅު އަހަންނަށް ފެނިގެން ދިޔައީ އެހެން ކަހަލަ މަންޒަރު ތަކެއެކެވެ . އެ ހިސާބުން އަހަރެންނަށް ގަބޫލު ކުރެވުނު ގޮތުގައި ޖިންނީން އަހަރުމެން ގެ ތެރޭގައި އުޅޭ ކަމެއެވެ . އަދި އަހަރުމެންނަށް އެ އެއްޗިހިން އަވަލާފި ނަމަ އެ ދުރު ކުރުމަށް އެތަކެއް މަސައްކަތެއް ކުރަން ޖެހޭ ކަމެއެވެ . އެތަކެއް ކަމަކާ އަހަރެން ކުރިމަތި ލާން ޖެހުނު .
މިއީ އިމްތިހާނެއް ގޮތުގައި އަހަރެން ދެކުގޮތެއެވެ . އަމިއްލަ ނަފްސާއެކު އުޅުމެއެވެ. .
އެތަކެއް ރެޔެއްގައި އަހަރެންނަށް ޖެހުނީ އެ ބިރުވެރި ކަމެއްގައި އުޅުމަށެއެވެ .
ނިމުނީ

