އެ ކުޑަ ކުއްޖާ 3
ރަށު މީހުންނަށް އެކަންތައް ވީ މަޖަލަކަށް އަދި އަހަރެން ދޮގު ހަނދާގެން އުޅޭ ކަމަށް . އަހަރެންގެ އާއިލާ ގެ ބައެއް މީހުން އެކަންތައްތައް ގަބޫލް ނުކޮށް އެހެން މީހުން ކައިރީ ދައްކަމުން ގެން ދިޔައީ އެއީ އަހަރެން ހަދަ ހަދައިގެން ދައްކަމުން އަންނަ ވާހަކައެއް ކަމުގާ . ނަމަވެސް އަހަރެންނަށް އެކަންތައްތަކުގެ ސަބަބުން އަހަރެންގެ ދިރިއުޅުމަށް އެތަކެއް ހުރަހެއް އެތަކެއް ކަމެއް އަހަރެންނަށް ކުރިމަތި ކުރުވިއެވެ
ރޭގަނޑު އެހެން އެކަނި އުޅުމަށް ބިރުވެރި ކަމަށް އައި ، އެކަނި ވާ ވަގުތު އަހަރެން ކުރިމަތީ ގަޔާ އި ފުރަގަހުން އެކި އެކި އަރިމަތިން ދިޔައީ އަހަރެން ގެ އަސްލު ނަމުން ގޮވަމުންނެއެވެ . ބައެއް ފަހަރު އަހަރެންނަށް އެ މީހާ (ޖިންނި) އައީ ފެންނަމުންނެއެވެ . އަހަރެންނަށް ޖެހުނީ އެކަންތައް ތައް ސިއްރު ކުރަން .
އަހަރެންގެ އަވައްޓެރިން ވެސް އަހަރެން ކައިރީގައި އެއީ ތެދުވާހަކަ އެއް ތޯ އަހަން ފެށިއެވެ. އެއްދުވަހެއްގެ ހހަވީރުގެ ވަގުތެއެވެ ، އަހަރެން އޮފިސް ނިންމާލުމަށް ފަހު އަހަރެން ގޭ ކައިރީގައި އިން ޖޯލި ފައްޗެއްގައި އިށީދެލީމެއެވެ ، ފޯނާ ކުޅުމުގެ ނިޔަތުގައެވެ . އަދި އަހަރެންގެ ރައްޓެހިންނާ ވާހަކަ ދައްކާލުމަށެއެވެ . ނަމަވެސް އަހަރެންނަށް އަމާޒު ކުރެވިގެން ދިޔައީ އަނެއްކާ ވެސް އަހަރެންނާ ރަށުގެ މީހުން ކުރަމުން އަންނަ ސުވާލު ތަކެއެވެ .. ނަމަވެސް އަހަރެންގެ ސުވާލަކަށް އައީ އެ ވާހަކަ ދެއްކުމުން އަހަރެން ބިރުގަންނަ ވާހަކައެކެވެ .
އަހަރެން އެކަން ކަމުން އަހަރެން ދިރާސާ ކުރަން ޖެހުނު . އެކަހަލަ އެއްޗެއް ފެނުމުން ކަން ކުރަން ވީ ކިހިނެއް ކަމާއި އަދި ހަދަންވީ ކިހިނެއް ކަން އަހަރެންނަށް މަޖުބޫރު ވީ ކަމަށެއެވެ . އެކި ކަން ކަމުގައި އަހަރެންނަށް ޖެހުނީ ބެލުމަށެއެވެ .
ނަމަވެސް މި ވާހަކަ ރަށުގެ ތެރެ އަށް މި ވާހަކަ ގޮއްސިއެވެ . ވަރަށް ވެސް ހަލުވި ކަމާއެކު ގައެވެ . ހީވެސް ނުކުރާ ގޮތް ގޮތަށެއެވެ . އެކި މީހުން ގެ ފަރާތުން އަންނަމުން އަންނަނީ އެ ވާހަކަ އަކީ ދޮގު ހަބަރެއް ކަމާއި އަދި ހަދަ ހަދައިގެން ދައްކުވަމުން އަންނަ އެއް ވާހަކައެއް ގޮތުގައެވެ . އެއްވެސް މީހަކު މި ކަމުގެ އެއްވެސް ތެދެއް ދޮގެއް ބެލުމެއް ނެތި ގިނަ މީހުން ބުނަމިން އަންނަނީ އަހަރެން އެ ހެދީ ދޮގެއް ކަމަށެއެވެ ..
ސަބަބަކަށް ވަނީ އޭގެއިން އެއް ވެސް މީހަކަށް އަހަރެންނަށް އެއް ވެސް ކަހަލައިގެ ހަޤީޤަތެއް ނުދެއްކުމުންނެއެވެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.


V reethi! ekamu alhugadu bunelaanee full stop jahaa than thanah elafzu kairee jahaashey. Ehen nujeheema hunnanee v hadi koh! Kiyaa iru lolah udhugagoovey!
Love your story! Keep it up! 🥰
thanks for postive comment in shaa allah ragalhu kollaananan