Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާޔާ ތިންވަނަ ބައި

Krystal Level 510 Stories100 Login100 Comments
December 3, 2025 4 Mins Read
4 Comments

ފަހަތުން އިވެމުން ދިޔަ ރުއިމުގެ އަޑު މާޔާގެ ކަންފަތުގައި ޖެހުނެވެ.

“އެ ކޮން ކުއްޖެއް ރޯއަޑު؟” މާޔާ އަހާލިއެވެ.

ޒައުލްގެ ހިތް ތެޅެމުން ދިޔައެވެ. ދޭނެ ޖަވާބެއް ވިސްނާކަށް ހުރެވޭކަށްނެތެވެ.

“އެ މިހެންދާ ޕޭޝަންޓެއް… މިދަނީ ގެއަށް ދާން މިހާރު… މީޓިން ކެންސަލްވީމަ..” ޒައުލް މިހެން ބުނެލީ ޔޫނުސް ގެޔަށް އައިކަން މާޔާއަށް އިގުމުންނެވެ. ޔޫނުސް އަކީ ޒައުލް އާ އެއް ޑިޕާރޓްމެންޓްގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ. ފޯނު ބޭއްވުމަށްފަހު ކޮޓަރިއަށްވަދެ ޒާން އަދި އެއްފަހަރު އުރާލިއެވެ.

“އަހަރެން ދެން ދަނީ… އަދި އަންނާނަން” ޒާން ސާރާއަށް ދިއްކޮށްލަމުން ޒައުލް ބުނެލިއެވެ.

“ކޮން އިރަކު؟ ޒައުލް މިހާރު އަހަރެން ކައިރި ނިދާކަށްވެސް ނާދޭ… އަހަންނަށް އަދާކޮށްދެން ޖެހޭ ވާޖިބުތައް ކޮބާ؟ ދެއަބިން ހަމަ ހަމަ ކުރެވޭތަ އެބަ؟” ސާރާ ސުވާލުކުރިއެވެ.

“އަނެއްކާ ފެށީ އޭތި ސާރާ… އަހަރެން ބުނިން ދޯ އިނުމުގެ ކުރިންވެސް އަހަރެން ލޯބިވަނީ މާޔާ ދެކެއޭ… އަހަންނަކަށް އިނަސް މާޔާއާ ސާރާ އެއްވަރެއް ނުކުރެވޭނެއޭ… އެގޮތަށް އެއްބަސް ވަންޔާ އިންނާށޭ… ނޫނީ ވިހެއިމަ އަހަރެން ދަރިފުޅު ނަގައިން ބަލާނަމޭ… އެހުރިހާ ކަމަކަށް އެއްބަސްވެގެން ދޯ ސާރާ އަހަންނާ އިނީ… ދެން އެވާހަކަ ނުދައްކާ.. ދަނީ” މީ މިހާރަކަށް އައިސް ސާރާ ގާތަށް ޒައުލް އައިއްސިނަމަ އަބަދުގެ ޝަކުވާއެވެ. މާޔާއަށް ވަގަށް މިހުރިހާ ކަމެއް މިހިސާބަށް ދެވުމުންވެސް ޒައުލް ހުންނަނީ ފާޑެއްގެ އުދަގުލެއް ވެފައެވެ.

ބޭރަށް ނިކުމެފައި އަނެއްކާވެސް ޒައުލް އައިސް އެތެރެއަށް ވަނީ ފާހަނަ އަކަށް ދާން ޖެހިގެންނެވެ. ކާރު ދަޅުދަޑިއާ ފޯނު އެދުމަތީ ބޭއްވުމަށް ފަހު ގޮސް ފާޙާނާއަށް ވަނެވެ.

ދަނޑިވަޅު ބަލައި ސާރާ ފޯނު ނަގައި ޒައުލްގެ މަންމަ ނަންބަރު ފެނޭތޯ ބަލަން ފެށިއެވެ. ފޯނު ލޮކް ކޮށްފައި އިނުމުން ފުރަތަމަ ޖެހީ ޒައުލް އުފަންދުވަހެވެ. ލޮކް ނުފިލުމުން ކުޑަކޮށް ވިސްނަން އިދެފައި ޖަހާލީ މާޔާ އުފަންދުވަހެވެ. ވަގުތުން ފޯނު އަންލޮކް ވިއެވެ.

“މޮޔަވެފަ” ބޭއިޚްތިޔާރުގައި ސާރާއަށް ބުނެލެވުނެވެ. އަވަހަށް ކޮންޓެކްޓްސްއަށް ވަދެ މަންމަ ޖަހާފަ އިން ނަންބަރުގެ ފޮޓޯއެއް އޭނާގެ ފޯނުން ނަގާލިއެވެ. ފާހާނަ ފްލެޝްކޮށްލި އަޑަށް އަވަސް އަވަހަށް ފޯނު ބާއްވާފައި އައިސް ޒާން ނަގައި ދެކޮޅަށް ހިގަން ފެށިއެވެ. ޒައުލް ނިކުމެ ފޯނާ ތަޅުދަޑި ނެގުމަށްފަހު ޒާންއަށް ދޮނެއްދީފައި ނިކުމެގެން ހިގައްޖެއެވެ.

*****

މާޔާ ތައްޔާރު ކުރަމުން ދިޔައީ ޒައުލް އަށް އެންމެ މީރު ކެއުން ކަމުގައިވާ ގާލިކް ރައިސް އާ ޑެވިލްޑް ޗިކަންއެވެ. ޒައުލް އަންނަންވާ އިރަށް ސުފުރާ މަތި ތައްޔާރުކޮށް ފެންވެރުމަށް ބާތު ޓަބަށް ފެން އަޅާ ތުވާލި ގެންގޮސް ފާހަނައަށް ވެއްދިއެވެ. ހުރިހާ ކަމެއް ނިންމާލުމަށްފަހު އައިސް ސޯފާގައި އިށީންނަން އުޅުނުތަނާހެން ގޭގެ މައި ދޮރުގައި ތަޅުދަނޑި ޖަހާލިއަޑު އިވުނެވެ. އަވަހަށް އެދިމާލަށް ދުއްވައިގަތެވެ. ޒައުލް އައިސް ދޮރު ހުޅުވިތަނާ ޒައުލްގެ އަތު ތެރެއަށް މާޔާ ވަދެގަތެވެ. ޒައުލްވެސް ލޯބިން ގޮސް މާޔާ ގައިގާ ބައްދާލައިން ހުރެ އެތެރެއަށް ވަނެވެ.

*****

ސާރާ ދިޔައީ ޒައުލް މަންމަ ޒުލޭޚާއަށް ގުޅަންވީބާއޭ ނުގުޅަންވީބާއޭ ވިސްނަމުންނެވެ. ޒައުލްގެ ވާހަކަ ތަކުން ޒުލޭޚާ މާމަ ދަރިއަކު އިންތިހާއަށް ބޭނުންވާކަން އެގެއެވެ. ނަމަވެސް މާޔާ އާ ޒައުލްގެ ދަރިއެއް ނުންވެއްޖެއްޔާ ބަލައި ގަންނާނެ ކަމާ މެދު ހުރީ ޝައްކުގައެވެ. ވަރަށް ވިސްނުމަށް ފަހު ޒުލޭޚާގެ ނަންބަރަށް ގުޅާލިއެވެ.

“އައްސަލާމް އަލައިކުމް.. ކޮންބޭފުޅެއްތޯ؟” ޔަގީން ކޮއްލުމަށް ސާރާ އަހާލިއެވެ.

“ވައަލައިކުމުއްސަލާމް… ޒުލޭޚާ.. ތީ ކޮންކުއްޖެއް..” ޒުލޭހާ އަހާލިއެވެ.

“އަޅުގަނޑުމީ ޒައުލްގެ…” ސާރާއަށް މިވަރަށް ބުނެވުނުތަނާ ކުޑަމީހާ ހޭލައިން ރޯންފެށިއެވެ. ސާރާ އެބަގުޅަމޭ ކިޔާފައި ފޯނު ބޭއްވިއެވެ.

ޒުލޭޚާއަށް އެއަޑު އިވުނެވެ. އަދި ޒައުލްގެ ކާކު ބާއޭ ހިތައް އަރަންފެށިއެވެ. ޒައުލް އަށް ގުޅަން އުޅެނިކޮށް އަނެއްކާވެސް ޒުލޭޚާ ފޯނު ރިންގުވާން ފެށިއެވެ. އަވަސް އަވަހަށް ފޯނު ނެގިއެވެ.

“އަޅުގަނޑުމީ ޒައުލްގެ އަންހެނުން..” މިހެން ސާރާ ބުނުމުން ޒުލޭޚާ ހީކުރީ މާޔާ ފޯނު ނަންބަރު ބަދަލު ކުރީ ކަމަށެވެ. އަދި ޒުލޭޚާ ނަންބަރުތޯ ޔަޤީން ކުރުމަށް ގުޅީ ކަމަށެވެ.

“ކިހިނެއްވީ އަހަރެން ޒައުލް ކައިރީ މާޔާ ނުގުޅާ ވާހަކަ ބުނީމަ ޒައުލަށް ކަންދައްކަން ތަ ތި ގުޅީ.. އަހަރެން މާޔާ ދައްކާ އެއްވެސް ވާހަކަ އެއް އަޑުއަހާނީ އަހަންނަށް މާމަ ދަރިއަކު ގެނެސް ދިން ދުވަހަކުން..” މިހެން ބުނުމަށްފަހު ޒުލޭޚާ ފޯނު ބޭއްވިއެވެ.

ސާރާއަށް ލިބުނު ހިތްހަމަ ޖެހުމެއް ބުނަންވެސް ނޭގުނެވެ. މާޔާ އާ ޒުލޭޚާ ގެ ގުޅުމުގައި ކުޑި ޖެހިފައިވާކަން އޭނާއަށް އިގުމުން އުފާވިއެވެ. ޒުލޭޚާ ސާރާ އާއި ޒާން ބަލައިގަންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބުނެވެ.

ސާރާ އަނެއްކާވެސް ޒުލޭޚާއަށް ގުޅާލިއެވެ. މިފަހަރު ޒުލޭޚާ ފޯނެއް ނުނަގައެވެ. ސާރާ ހާސްވާން ފެށިއެވެ. ޒުލޭޚާ ފޯނު ނުނަގައިފިނަމަ ސާރާގެ ރޭވުންތައް އެއްކޮށް ފެއިލްވާނެއެވެ.

*****

ޒުލޭޚާ ރުޅި އައިސް ހުރިވަރުން ޒައުލް އަށް ގުޅަން ފެށިއެވެ. ޑްރެސިންގް ޓޭބަލް މަތީ އޮތް ފޯނު ރިންގްވާން ފެށުމުން މާޔާ އައިސް ފޯނަށް ބަލާލިއެވެ. ޒައުލް ފެންވަރަން ހުރުމުން އޭނާ ފޯނުނެގިއެވެ.

“މިހާރު އެހާ އަވަހަށް ގޮސް މާޔާ ކައިރި ކުޓުވާލީތަ އޭނަ މަންމަ އަށް މިރޭ ގުޅި.. ކީއްކުރަން ގުޅަނީ ޒައުލް ގުޅަން ބުނީމަ ނޫނީ ގުޅޭ ކަމަކަށް ނުވޭ…” ޒުލޭޚާ ފޯނު ނެގުމާއެކު ވާހަކަ ދައްކަން ފެށިއެވެ.

“ޒައުލް ވީ ފާހާނައިގަ…މަންމަ އަހަރެން ކޮން އިރަކު މަންމަ އަށް ގުޅީ…” މާޔާ ނުގުޅާކަން އިގުމުން ޒުލޭޚާ ފޯނު ކަޑާލިއެވެ.

“ކާކު ގުޅީ…” ޒައުލް ފަހަތުން އައިސް އަހާލުމުން މާޔާ ދިޔައީ ސިއްސައިންނެވެ.

“މަންމަ.. ޒެއްލު ކީއްވެ މަންމަ މިއަދު ގުޅިވާހަކަ ނުބުނީ..” މާޔާ އަހާލިއެވެ.

“މަންމަ އެއްޗެކޭ ބުނީތަ؟މާ ބޮޑަށް އަޅާނުލާ.. މަންމަ މިހާރު އެހުންނަނީ މުޅިން އެހެން ދުނިޔެއެއްގަ.. މުސްކުޅިވީމަވެސް ވާނީ އެހެން.. ވީ ހޭވް ޓު އަންޑާސްޓޭންޑް.. ހިގާބަ ކާން ވަރަށް ބަޑުހައި…” ޒައުލް މާޔާގެ ކަރާ ގާތް ވެލަމުން ބުނެލިއެވެ. މާޔާ ހެމުން ހެމުން ޒައުލް ކޮއްޕާލިއެވެ. އަދި ހެދުން ލައިން ކާން ނިކުންނަން ބުންޏެވެ.

****

“ކާކުބާ އެގުޅީ ޒައުލް އަންހެނުންނޭ ކިޔާފަ.. ގައިމު ޒައުލް އިދެގެން އެއުޅެނީ މާޔާ އާ.. ދެން މީ ކޮންކުއްޖެއް.. އަނެއްކާ ކޮން ކުޑަކުއްޖެއްގެ އަޑު އެ އިވުނީ… މަގޭ ޒައުލް މަކައިރި ނުބުނެ މީހަކާ ގައިމު ނީންނާނެ…” ސާރާގެ ނަންބަރަށް ބަލަހައްޓައިން އިދެ ހިތާހިތުން ޒުލޭޚާ ކިޔާލިއެވެ. މީހަކު ޖެއްސުމަކަށް ގުޅަނީ ކަމަށް ނިންމުމަށްފަހު ޒުލޭޚާ ވެސް ދިޔައީ ނިދަންށެވެ.

*****

“ކޮބާ ގޭގެ ރަޖިސްޓްރީ.. މަންމަ ބުނީ މާޔާ އަތަށް ދިން ވާހަކަ..” ކުއްލިއަކަށް ޒައުލް ގޭގެ ރަޖިސްޓްރީ ހޯދަން ފެށުމުން މާޔާ ކުޑަކޮށް ހައިރާންވިއެވެ. އެ ރަޖިސްޓްރީއަކީ މީގެ 5 އަހަރު ކުރިން ޒުލޭޚާ މީހަކާ އިދެގެން އެމީހާގެ ރަށަށް ބަދަލު ވުމުގެ ކުރިން މާޔާ އަތަށް ދިން އެއްޗެކެވެ. މިހާރު ޒައުލް އެ ހޯދަނީ ކީއްކުރަން ބާއެވެ.

“ކީއްކުރާ ރަޖިސްޓްރީއެއް ގޭގަ ކުއްޖަކު ޖައްސަންވީތަ؟” މާޔާ ނޭގި ނަމަވެސް މަޖަލަކަށް މިހެން ބުނެލިއެވެ. ޒައުލް ހުއްޓުން އަރާފައި އިންތަން ފެނުމުން މާޔާ ސީރިއަސްވިއެވެ.

“ހެއި އެއީ މަޖަލޭ… ހާދަ ސީރިއަސް ތިވީ” މާޔާ އަވަހަށް ޒައުލް ހަމަޖެއްސޭތޯ ބެލިއެވެ.

“މަންމަ އެ ހޯދާތީ.. އަހަންނަކަށް ތިކަހަލަ ސަމާސާ މަޖަލެއް ނުން…” ޒައުލް ކާން އިން ތަށި ކުރިއަށް ޖައްސާލުމަށްފަހު ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުތެވެ. މާޔާ އަށް ވެސް މި ބުނެވުނު އެއްޗެއް ތަސައްވަރު ކޮށްލެވުނެވެ. މަޑުމަޑުން ގޮސް ޒައުލް ފަހަތުން ބައްދާލިއެވެ.

“ސޮރީ… އަހަރެން މޮޔަކަމުން އެހެން ބުނެވުނީ… އަހަންނަށް ދަރިން ނުލިބޭ އިރު ކޮންދަރިއެެއް އެތާ ރަޖިސްޓްރީ ކުރެވޭނީ…” މާޔާ ދެރަވިއެވެ. ލޮލުން ފާއްދާލި ކަރުނަތަކުން ޒައުލްގެ ބުރަކަށި ތެއްވާން ފެށިއެވެ.

މާޔާގެ އަތުގައި ހިފާ ކުރިމައްޗަށް ޒައުލް ގެނައެވެ. އަދި މާޔާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށް ފަހު ބައްދާލިއެވެ.

“އިޓްސް އޯކޭ… އަހަރެންވެސް ދެރަވީމަ މިއައީ..” ޒައުލް ދެރަވީކީ މާޔާ އެހެން ބުނުމަކުން ނޫނެވެ. އޭނާ ދެރަވީ މާޔާ ބޮޑު އޮޅުވާލުން ގަނޑެއްގެ ތެރޭ ބަހައްޓަން ޖެހޭތީއެވެ. މާޔާދެކެ އިންތިހާއަށް ލޯބި ވިއަސް މިހާރު ކަންކަން ހިގާ ގޮތުން އެކަކުވެސް އޭނާ ދެކެ ލޯބިވެޔޭ ބުންޔަސް ޤަބޫލެއް ނުކުރާނެއެވެ.

“އަހަރެން މަންމަ އަށް މާދަން ގުޅާފަ ރަޖިސްޓްރީ ރަށަށް ފޮނުވޭ ގޮތެއް އޮތްތޯ ބަލާނަން..” މާޔާ މިހެން ބުނުމުން ޒައުލް އަށް ތެޅިގަނެވުނެވެ..

“އުހުން މަންމަ އަށް ގުޅާނެ ކަމެއް ނެތް މަންމަ އަކަށް ނޭގޭނެ…” ޒައުލް މިހިސާބަށް ބުނެ ހުއްޓާލިއެވެ. ކަންކަން ފަޅާއަރަން އުޅޭހެން ހީވާން ފެށިއެވެ.

“ކޯންޗެއް ނޭގެނީ…” މާޔާ އަހާލިއެވެ. ކަންތައް ގަޑެއް ހިގާހެން މާޔާއަށް ޝައްކުވާން ފެށީ ދެނެވެ.

-ނުނިމޭ-

 

 

 

Share Article

Follow Me Written By

Krystal

Level 510 Stories100 Login100 Comments

Other Articles

Previous

އާއެކޭ ލޯބިވޭ… އެކާވިސްވަނަބައި (އެއީ ހިތްވަރުގަދަކަމުގެ ނަމޫނާއެއްނޫންތޯ)

Next

މިހިތުގެ ލަގަން ދޫވީ ދުވަސް

Next
December 3, 2025

މިހިތުގެ ލަގަން ދޫވީ ދުވަސް

Previews
December 2, 2025

އާއެކޭ ލޯބިވޭ… އެކާވިސްވަނަބައި (އެއީ ހިތްވަރުގަދަކަމުގެ ނަމޫނާއެއްނޫންތޯ)

4 Comments!

  1. Isfurrr says:
    December 3, 2025 at 9:20 am

    Wooow. Maasha allah.
    Mi prt vs vrh reethi.
    Aaaaaawwwwwwnnn. I feel bad for maaya.
    I hope she will have a great husband later.

    1. Krystal says:
      December 4, 2025 at 12:24 am

      Hehe you want her to get another husband?

  2. ✨ says:
    December 3, 2025 at 11:59 am

    Mashallah mi part vx vrh reethi
    Alheyy i feel bad foe maya
    When’s next?

    1. Krystal says:
      December 4, 2025 at 12:24 am

      You never know who will back stab you

Comments are closed.



All Right Reserved!