Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – ތިރީސްވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
November 22, 2025 3 Mins Read
12 Comments

“ޔުމްނާ ހިތަކަށް ނާރާތަ އަހަރެން އެހާ ޔުމްނާއާއި ވައްތަރުވީ ކީއްވެކަމެއް؟” ޒިންނީރާ މާނަ ފުން ގޮތަކަށް ސުވާލު ކުރިއެވެ. އޭގެ ރައްދުގައި ޔުމްނާ ބޯ ހޫރުވާލިއެވެ. އަދިވެސް ޔުމްނާ ހުރީ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. އެހެންކަމުން އޭނާ މުއާމަލާތު ކުރަމުން ދިޔައީ އިޝާރާތުންނެވެ.

ޒިންނީރާ ފަސްޖެހޭ ފަދައަކުން ޔުމްނާގެ ކިލާވެފައިވާ އަތުގައި ހިފާލިއެވެ. “އެއީ….އަހަރުމެން ދެމީހުން މީ…..އެއް މާބަނޑު ދެކުދިން.”

*** 30 ވަނަ ބައި ***

ޔުމްނާގެ ބަސް ހުއްޓިގެން ދިޔައެވެ. ޔުމްނާ ނިކަން ރަނގަޅަށް ޒިންނީރާއާއި ދިމާއަށް ބަލާލިއެވެ. ތެދެކެވެ. ހީވަނީ ހަމަ ލޯގަނޑެއް ކުރިމަތީ ހުއްޓި ހުރެ އަމިއްލަ ސޫރައަށް ބަލާލެވޭ ހެންނެވެ. ޔުމްނާާ މަޑުމަޑުން ޒިންނީރާއާއި ދިމާއަށް ދިއުމަށް ފިޔަވަޅު އަޅަން ފެށިއެވެ. ޒިންނީރާ ޔުމްނާ އޭނާ ކައިރިއަށް އަންނަންދެން މަޑުކޮށްގެން ހުއްޓެވެ. ޔުމްނާ ޒިންނީރާއާއި އަރާ ހަމަވުމުން ޔުމްނާގެ ބަޑި ފަޅައިގެން ދިޔައެވެ. ރޮމުން ރޮމުން ޔުމްނާ ކަކޫ މައްޗަށް ތިރިވިއެވެ. މި މަންޒަރު ފެނިފައި ޒިންނީރާގެ ހިތަށް އާދަޔާޚިލާފު ހިތާމަ ވެރިކަމެއް ވެރިވިއެވެ. ޔުމްނާ ދެއަތުން މޫނު ފޮރުވައިގެން ރޯން އިން ތަން ފެނުމުން މާ ބޮޑަށް ޒިންނީރާއަށް އަސަރު ކުރީ ކަންނޭނގެއެވެ.

ޒިންނީރާ މަޑުމަޑުން ޔުމްނާއާއި އެއްވަރަށް ބިންމަތީގައި ދެ ކަކޫ ޖަހައިގެން އިށީނެވެ. އަދި ޔުމްނާގެ ދެ އަތް އޭނާގެ މޫނުން ދުރުކޮށްލުމަށްފަހު ޔުމްނާގެ ގައިގައި ބާރަށް ބައްދާލިއެވެ. އެ ވަގުތު ކުރިން ޒިންނީރާގެ ހިތުގައި ޔުމްނާއާއި މެދު އުފެދުނު ހަސަދަވެރިކަމާއި ނަފްރަތު މުޅިންހެން ފިލައިގެން ގޮއްސިއެވެ. މި މަންޒަރު ބަލަން ޒަބީލު ހުރިއިރު އޭނާގެ ހިތަށް ކުރަމުން ދިޔަ އަސަރުތައް ވަކި މަދެއް ނޫނެވެ.

ޔުމްނާ ދިޔައީ އޭރުވެސް ގިސްލަ ގިސްލާފައި ރޮމުންނެވެ. އޭނާއަށް ރޮވެމުން ދިޔަ ވަރަކަށް އޭނާގެ ހަށިގަނޑުން ދިޔައީ ވަރު ދޫވަމުންނެވެ. މިކަން ޒަބީލަށް އިހްސާސްކުރެވުމުން އިޝާރާތުން އެކަން ޒިންނީރާއަށް އެންގިއެވެ. ޒިންނީރާ މިތަން ފެނި މަޑުމަޑުން ޔުމްނާގެ ގައިން ދޫކޮށްލިއެވެ. ޒަބީލު ކުރިއަށް ޖެހިލިއެވެ. އަދި މަޑުމަޑުން ވައިރޯޅިއަށް ވެސް ސިއްރު ވާ ވަރަށް އެއްޗެހިތަކެއް ކިޔަން ފެށިއެވެ.

ޔުމްނާއަށް އާދަޔާޚިލާފަށް ފިނި ވާން ފެށީ އެ ހިސާބުންނެވެ. އޭނާގެ ވީދިފައިވާ ދޯޕައްޓާ ގައިގައި އޮޅާ ބާރުކޮށްލިއެވެ. “ކީ…ކީއްތަ ޒަބީލު ތިކުރަނީ؟” ދެ ދަތްޕިލަ ރަނގަޅަށް ނުޖެހޭ ހާލު ޔުމްނާ ސުވާލު ކުރިއެވެ. ޒަބީލު އެއަކަށް ޖަވާބެއް ނުދެއެވެ. އޭގެ ރައްދުގައި ކިޔެވުން ބާރުކޮށްލީއެވެ.

ކުއްލިއަކަށް ވައި ގަދަވާން ފެށިއެވެ. ޔުމްނާގެ ހިތުގައި ބިރުވެރިކަން އަލުން އާލާވެގެން ދިޔައެވެ. “ޔުމްނާ. ޔުމްނާގެ ދެލޯ މަރައިގެން އަހަރެން ބުނާ އިރެއްވަންދެން ހުރޭ!” ޒަބީލު އަމުރުކުރާ ބީދައަކުން ބުންޏެވެ. ޔުމްނާ އެއަށް އެއްޗެކޭ ބުނަން އުޅެފައިވެސް އެންމެ ފަހުން ޒަބީލު ބުނި ފަދައިން ދެލޯ މަރާލިއެވެ. ދެލޯ މެރުނުތަނާހެން ޔުމްނާއަށް އިހްސާސް ވަމުން ދިޔަ ފިނި އަރާމު ފިންޏަކަށް ބަދަލުވެގެން ދިޔައެވެ. ޔުމްނާއަށް އިހްސާސް ކުރެވުނީ ވިލާތަކެއް މަތީގައި އުދުހެވެމުން ދިޔަ ކަހަލަ އިހްސާސެކެވެ. ޔުމްނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

އިރުކޮޅެއްފަހުން ޔުމްނާ މަޑުމަޑުން ބިންމަތީގައި ޖެހުނު ކަމުގެ އިހްސާސް ކުރެވުނެވެ. “ދެން އެންމެ ރަނގަޅު ދެލޯ ހުޅުވިއަސް.” ޒަބީލު މިހެން ބުނުމުން ޔުމްނާ އޭނާގެ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. ޔުމްނާއަށް އޮވެވުނީ ފުދޭވަރަކަށް އަނދިރި ތަނެއްގައެވެ. ވަށައިގެން ބަލަލިއިރު ކޮންމެވެސް ވަރަކަށް އަލިވި ނަމަވެސް އަކި އަންނަމުން ދިޔައީ ކޮންތަނަކުން ކަމެއް ފާހަގަ ކުރާކަށް ޔުމްނާއަކަށް ނޭނގުނެވެ. ޔުމްނާ ވަށައިގެން އެކި ދިމަ ދިމާއަށް ބަލާލިއެވެ. އެ ތަނުން އެއްވެސް ދިރުމެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޔުމްނާ މަޑުމަޑުން ކޮޅަށް ތެދުވިއެވެ. “އަހަރެން ކޮންތާކަށްތަ ތިގެނައީ؟” ޔުމްނާ ޒަބީލާއި ދިމާއަށް އެނބުރެމުން އެހިއެވެ. “މީ އެހެން މީހުންނަށް ފޮރުވިފައިވާ ތަނެއް. މި ތަނަށް މި ގެނައީ ޔުމްނާއަށް ހުރިހާ ވާހަކައެއް ކިޔައިދޭންވެގެން” ޒަބީލު ބުންޏެވެ. ޒިންނީރާ ވެސް މީގެ ރައްދުގައި ބޯ ޖަހާލިއެވެ. “އިށީނދެލީ. ތަންކޮޅެއް އިރު ވެދާނެ” ޒަބީލު ކުއްލިއަކަށް ފާޅުވި ގޮނޑިއަކަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. ޔުމްނާ އެ ގޮނޑީގައި އިށީނުމުން ޒަބީލު ވާހަކަ ފެށިއެވެ.

“އަހަރުމެން ދެ މީހުން މީ ޔުމްނާއަށް އެނގޭނެ ފަދައިން ދެ ޖިންނި. އެކަމަކު ހިތަށް އަރާ ދޯ އެއީ ކިހިނެއް ވާ ކަމެއް ހޭ؟” ޒަބީލު މި ސުވާލު ކޮށްލުމުން ޔުމްނާ ބޯ ޖަހާލިއެވެ.

“އަހަރެން މިއީ ހުސްނާގެ އެންމެ ދޮށީ ދަރިފުޅު. އެހެންވީމާ އަހަރެން ބޮޑުވާނެ ޔުމާންއަށް ވުރެ ވެސް،” މިހެން ޒަބީލު ބުނުމުން ޔުމްނާ އެހާ ހައިރާނެއް ނުވިއެވެ. ޒިންނީރާއަކީ އޭނާގެ ދައްތައޭ ބުނި ހިސާބުން ޒަބީލަކީ ވެސް ހަމަ ލޭގެ ގުޅުމަކުން ޔުމްނާއާއި ގުޅިފައިވާ މީހެއްކަން ޔުމްނާއަށް ވިސްނުނެވެ. ނަމަވެސް އެ ވަރުންވެސް ޔުމްނާގެ ހިތުގެ ތެރޭގައި އޮޅެމުން ދިޔަ ސުވާލުތަކުގެ އޮޅުން ބޮޅުންގަނޑު ފިލާ ގޮތެއް ނުވިއެވެ. “އަޑުއަހާ ރަނގަޅަށް”. ޒަބީލު ބުންޏެވެ.

***

މުޅި މާހައުލަށް ވެރިވެފައިވަނީ އުފާވެރިކަމެވެ. ކޮންމެ މީހަކުވެސް ހުރީ އެ މީހަކަށް ލިބުނު އެންމެ ރީތި ހެދުން ލައިގެންނެވެ. ކޮންމެ މީހަކުވެސް އަވަސް ހިނގުމެއްގައި ހިނގަމުން ދިޔައީ ރަށުގެ ތުނޑިއާއި ދިމާއަށެވެ. މުޅި ތުނޑި ވަނީ ރަތް ކުލައިގެ ފޮތި ދަމާ ޒީނަތްތެރި ކޮށްފައެވެ. ބޮޑު މޭޒެއްމަތީ އެކި ވައްތަރުތަކުގެ ހެދިކާއާއި ކަޅުސައި އަޅާފައި ހުރި ތަރުމޯޒުތައް ހުއްޓެވެ. ކޮންމެ މީހަކުވެސް ދައްކަމުން ދިޔައީ އަލަށް ކައިވެނި ކުރެވުނު ޖޯޑުގެ ވާހަކައެވެ. އެ ޖޯޑުގެ ފުރިހަމަ ކަމުގެ ވާހަކައެވެ.

ހުސްނާ ހުރީ އަދިވެސް އަލަށް ކައިވެނި ކުރީތީވެ ބިރުން ފިތްކަނޑައިގެން ދާވަރުވެފައެވެ. އިރުއިރުކޮޅާ  އޭނާ ލައިގެން ހުރި ރަތް ކުލައިގެ އޮފު އަރާ ދިގު ހެދުމުގައި ހިފާލައެވެ. ނޫނީ އޭނާގެ އިސްތަށިގަނޑުގައި އަޅާފައި އިން ވިދާ ފޮތިގަނޑުގައި ޖަހާފައި އިން ޓިސް ދަތި ރަނގަޅު ކޮށްލައެވެ. ނޫނީ އޭނާގެ އިސްތށިގަނޑު އެއް ކޮނޑަށް ވައްޓާލާފައި އަނެއް ކޮނޑަށް އިސްތަށިގަނޑު ބަދަލުކޮށްލައެވެ.

ހުސްނާ ކައިރީގައި ހުރި ފިރިހެން މީހާގެ މޫނުމަތިން މި ކަހަލަ އެއްވެސް ހާސްކަމެއް ނުފެނެއެވެ. އޭނާގެ ކަޅު ކުލައިގެ ފަޓުލޫނަށް އަތް ޖަހައިގެން ހުރިއިރު އޭނާ ހުރީ ކައިވެނީގެ ސަޔަށް އަންނަމުން ދިޔަ މެހެމާނުންގެ ހަރަކާތްތަކަށް ބަލާށެވެ. ދޭތެރެއަކުން ވައްކަޅިން ހުސްނާ ތެޅޭ ވަރު ބަލާލައެވެ. ނަމަވެސް އެ މޫނު މަތިން އެއްވެސް ނުތަނަވަސްކަމުގެ އަސަރެއް އަދި އުފާވެރިކަމުގެ އަސަރެއްވެސް ނެތެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

ވަކިވީ ލޯބިން…

Next

އެކުގައިވާނަން-16

Next
November 22, 2025

އެކުގައިވާނަން-16

Previews
November 22, 2025

ވަކިވީ ލޯބިން…

12 Comments!

  1. 🤍 Eekko 🤍 says:
    November 22, 2025 at 2:14 pm

    Wait, is Yumna ge dad a jinni?
    Is it the reason why Zinnira and Zabeel are jinni?
    Mi part ves varah reethi
    Curiously waiting for the next one!
    Lysssm🩷

    1. Mariyam Imna Mariyam Imna says:
      November 23, 2025 at 4:11 pm

      Hi Eekko!
      It could or could not be that their dad is a jinni🫠
      We’ll see the truth soon
      Im so glad you liked this part!
      Insha Allah next part coming soon
      Lyttttt🫶

  2. Kudu says:
    November 22, 2025 at 2:40 pm

    Maashaa Allah mi part ves v Reethi
    Huh? Is yumna ge dad a jini?!?! 😱
    What
    Wherever did zabeel and zinneera takes yumna
    Oh God I am wondering now what will happens to her 😭😭
    Some curious
    When next??
    TC
    Lysm 💗

  3. Mariyam Imna Mariyam Imna says:
    November 23, 2025 at 4:16 pm

    Hi Kudu!
    We’ll see if their father is a jinni or not very soon
    Yes poor Yumna who keeps ending up in the most unhinged situations😭
    Insha Allah next episode very soon!
    TC and Lyttttt!🫶

  4. elly says:
    November 23, 2025 at 9:35 pm

    yes i knew it he was related but i wonder how yumna has jinni siblings pls try to make next part longer i want to read more

    1. Mariyam Imna Mariyam Imna says:
      November 24, 2025 at 5:22 pm

      Hi elly!
      We will find out soon how Yumna has jinni siblings👀
      Insha allah next part miah vure ves dhigu kohlleveytho massakkai kuraanan💪

  5. Shaa says:
    November 24, 2025 at 1:11 pm

    Mi varah reethi story eh. But part thah kuda Koh las vaathy. Can’t wait to read next part vx. 😄
    And can you please write it little more longer 🤍🤍

    1. Mariyam Imna Mariyam Imna says:
      November 24, 2025 at 5:23 pm

      Hi Shaa!
      Yes, feshi irah vure mihaaru story upload kohlleveyleh las, ekamaku kuriah oi thanuga veehaas avahakah adhi veehaas dhigu koh next part upload kohlleveytho v massakkai kuraanan💪

  6. 🥀mishh🥀 says:
    January 16, 2026 at 11:47 pm

    Dhigu kuraanamey kiyaafa filee dhw??
    Mihaaru 2 months vejje.. adhives e dhuvaheh naadhey
    Kihaa dhera kameh????

  7. Nonns says:
    January 21, 2026 at 3:47 pm

    When is the next episode

  8. Anonymous says:
    January 27, 2026 at 6:27 pm

    Mashakah neynge meena kuraa kameh mihaaru…hama ehaa varu ge kuda kameh kollaane vaguthu ves nulibanee tha
    PLS PLS AVAS KOHDHEEBA … AT LEAST TELL US WHY… U R NOT ANSWERING 😭😭😭😭😭

  9. Anonymous says:
    February 6, 2026 at 8:32 am

    Pls pls when next

Comments are closed.



All Right Reserved!