“ޕޮއް..” ޙިޔާލުތަކަށް ގެއްލިފައި އިން ހިދާއަށް ލިބުނީ ސިހުމެކެވެ. ފަހަތުން އިވެންފެށި ހުނުމުގެ އަޑަށް ހިދާ ފަސްއެނބުރި ބަލައިލިއެވެ.
“ހޫން…ޝިފްނާގަނޑު…މީހަކު ހަމަޖެހިގެން ތާކު އިނަ ނުދޭތި…” ލާނެތް ހިނިތުންވުމަކާއެކު ބަލަހައްޓައިގެން ހުރި ޝިފްނާއާއި ދިމާލަށް ހިދާ ތުން އްނބުރާލިއެވެ.
“އެއްޗެކޭ ހީނުކުރައްޗޭ…އަހަރެން މިހެން ދަނިކޮށް މިތާ އިނީ ހިދާހެން ހީވެގެން އަސްލު މިއައީ…ދެން މަަބުޑު ފިކުރެއްގަ އިނީމަ ޖެއްސުންކޮއްނުލާ ހަމަ ނުހުރެވުނީ…” ޝިފްނާ އައިސް އިށީނދެލީ ހިދާ ގަަތުގައެވެ. “އައްދޭ….ބޭފުޅާ ހާދަ މޫޑީވެފަ…އެންގްރީ ބާރޑް..” ޝިފްނާ ހިދާގެ ކޮލުގައި ހިފާލިއެވެ.
‘ޑޯންޓް ކޯލް މީ އެންގްރީ ބާރޑް..އަހަރެން މޫޑީވެފައެއް ނޫންނޭ…މިދެން ފޫހިވެގެން ބޭރަށް ނިކުމެލީހަމަ…” ހިދާ ދޮގެއް ހަދާލިއެވެ.
“އޯކޭ އޯކޭ…އަހަރެން ދަނީދެން…ބާރަޖަހަނީ އެއޮއް….މަންމަ ހުއްނާނީ ރުޅިއައިސް ކައްނޭނގެ…” ޝިފްނާ އަވަސްއަރުވާލިއެވެ.
އިރުކޮޅަކު މަޑުކޮއްލުމައްފަހު ހިދާވެސް މިސްރާބުޖެހީ ގެޔާދިމާލަށެވެ. ގެއަށް ވަދެވުނުއިރު ސަކީނާ އިނީ ފަހާފޮށިދޮށުގައެވެ. ސަކީނާށް އެއްޗެއް ބުނުމުގެ ފުރުސަތު ދޭކަށް ހިދާ ބޭނުމެއްނުވިއެވެ. ހިދާ މަސައްކަތްކުރީ ސަކީނާއަށް ނުފެނި އަވަހަށް އެތެރެއަށް ވަދެވެތޯއެވެ.
“ހިދާ…މަޑުކޮއްބަލަ” ސަކީނާ ގޮވާލިއެވެ. “މަންމަ އެބައޮތް ވާހަކައެެއް ދަރިފުޅާ ދައްކާލަން ޖެޭ…” ސަކީނާ ކުރިއަށް ގެންދިޔައެވެ.
“ކޮންވާހަކައެއް؟…” ހިދާގެ އަޑުގައި އެއްވެސް ޝައުގުވެރިކަމެއް ނުވާކަން ސަކީނާއަށް ވަރަށް ރަނގަޅަށް ފާހަގަވިއެވެ.
“ދަރިފުޅަށް ވަޒީފާއެއް ހަމަޖެއްސޭތޯ މަންމަ މީހަކާ ވާހަކަ ދައްކާލައިފިން…ހީވަނީ ދެތިން ދުވަސްތެރޭ ވަޒީފާގެ ކަންތައްވެސް ހަމަޖެހިދާނެހެން..” ހިދާގެ މޫމުމައްޗައް ވެރިވެގެންއައި ފޫހިކަމަކަށް ސަކީނާ އެއްވެސް ސަމާލުކަމެއް ނުދެއެވެ.
“އެހެންތަ؟..ކޮން ވަޒީފާއެއް؟…” ހިދާ އަހާލިއެވެ.
“އަހަންމަދުބެ މެންގެ ފިހާރައިން…އެތާ ކައުންޓަރަށް އަރާނެ ކުއްޖެއް ބޭނުންވެގެން އުޅެނީ” ސަކީނާ ކުރުކޮއް ކިޔައިދިނެވެ.
ކޮން އަހަންމަދުބެއެއް؟…” އަނެއްކާވެސް ހިދާ ކޮއްލީ ސުވާލެކެވެ.
“ސާބަސްް ހިދާއަށް…ޝިފްނާމެންގެ ގެޔާ ޖެހިގެން އިންގޭ މަރިޔަންތަގެ ފިރިމީހާ…އެއި އަހަންމަދުބެއަކީ…”ސަކީނާ ބުންޏެވެ. ” މިއަދު މަގުމަތިން މަރިޔަންތައާ ދިމާވެގެން މަންމަ އޭނައާއި ވާހަކަ ދައްކާލީ ވަޒީފާ ކަންތަކާ…ބުނި އަހަންމަދުބެއާއި ވާހަކަ ދައްކާލާފަ ޖަވާބެއްދޭނަމޭ…އަހަންނަށް ވަރަށް ޔަޤީން އެވަޒީފާ ހަމަޖެހޭނެ ކަން…” ޔަޤީންކަމާއެކު ސަކީނާ ވާހަކަ ދެއްކިއެވެ.
“އެހެންތަ؟…އޯކޭ…އެއީ ކޮން ފިހާރައެއް؟…” ހިދާ އަހާލިއެވެ.
“އެއީ މިތާ ކަންމަޗަށްއިން ފިހާރައަށް ފިހާރައަށް…ގޭކައިރިމަ ދަރިފުޅަށް ފަސޭހަވެސް ވާނު…ދެން މަރިޔަންތަ އެއްޗެއް ބުނީމަ މަންމަ ބުނާނަން…” ސަކީނާ ހުރީ ހަމަޖެހިލައިފައެވެ. “މަންމަ ހުއްނާނެ އެއްޗެހި ދޮންނަން އަޅާފަ…ނިމުނީމަ ހިއްކަން އަޅާލާތި…ހަސީނައްތަ ކާޖާ ކޮޅެއް ދަމާލަދޭން އަންނަން ބުނެފައިނީ…އަހަރެން ނަމާދުކޮއްލައިގެން އެގޭދޮށަށް މިދަނީ…ތަންކޮޅެއް ލަހުންހެން ހީވަނީ އާދެވޭނީ ދެން….” ސަކީނާ އަތްމަތި އަވަސްކޮއްލިއެވެ.
ސަކީނާ އެތެރެއަށް ދިޔުމުން ހިދާ ގޮސް ވަނީ ކާގެއަށެވެ. މުގުރިހައާއި ބަތާ އަޅައިގެން އައިސް ކާންފެށިއިރު އޭނާ ވެފައި ހުރި ބަނޑުހައި އަމަލުތަކުން ރަނގަޅަށް ހާމަވެގެންދެއެވެ. ކައިގެން ހިދާ ގޮސް ސަކީނާ ހަވާލުކުރި މަސައްކަތް ފުރިހަމަ ކުރިއެވެ. ކޮޓަރިއައް ގޮސް ހިދާ އޮށޯވެލީ ކުރާނެ އިތުރު ކަމެއް ނެތީމައެވެ. ފޯނުން ލަވައެއް ޖަހާލައިގެން ހިދާ އޮށޯވެ ލޯ މަރާލިއެވެ. މިހެން އޮވެވުނީ ކުޑައިރުކޮޅަކުއެވެ. ހިދާގެ ފޯނު ރިންގުވާންފެށިއެވެ.
“ހަލޯ…” އެކޮޅުން ވާހަކަ ދައްކަންފެށިއެވެ.
“ކާކު؟…” ހިދާއަށް އަހާލެވުނެވެ.
“ސީރިއަސްލީ ހިދާ…ހަމަ ނޭނގިގެން ތިއުޅެނީ ؟..” ޖަވާބުގައި އެކޮޅުންވެސް ކޮއްލީ ސުވާލެކެވެ.
“ޝިފްނާ ދޯ…” ހިދާއަށް ނަންބަރަށް ބަލައިލެވުނީ ދެނެވެ. ” ކިހިނެއްވީ؟…ކަމަކުތަ؟…” ހިދާ ސުވާލުކުރިއެވެ.
“ބިޒީތަ؟،،” ޝިފްނާ އަހާލިއެވެ، “އައިމް ބޯރޑް…ހިނގާބަލަ އަހަންނާއެކު ބޭރަށް ނިކުމެލަން…ރެޑީވެލަ އިނގޭ..އައިމް އޮން މައި ވޭ ތިގޭދޮށަށް… އަވަސްކޮށްލައިގެން ނިކުމެ…” ޝިފްނާ ހިދާގެ ޖަވާބަކަށް އިންތިޒާރެއް ނުކުރެއެވެ.
ހިދާހުރީ ބޭރަށްދާ ހިތަކުން ނޫނެވެ. ނަމަވެސް ޝިފްނާގެ އެދުމަށް ހިދާ ތައްޔާރުވެގެން ނިކުތެވެ. އާދައިގެ ޓީޝާރޓަކާއި ޖިންސެއްގައި ހުރި ހިދާގެ މޫނުމަތީގައި ވަނީ ތާޒާކަމެވެ. ތުނި ތުންފަތް ގަދަ ރަތްކުލައިން ފަވާލެވިފައިވާއިރު އޭނާގެ ދިގު ފަން އިސްތަށިގަނޑު ވަނީ ހުޅިއެއްގައި ބަނދެލާފައެވެ. ޝިފަނާ ފެނުމުން ހިދާގެ ދޮން މޫނުމަތިން ފާޅުވެގެން ދިޔައީ އުފާވެރިކަމެވެ. އެއުފާވެރިކަން ފޮރުވާލަމުން ހިދާ ޝިފްނާއާއި ދިމާލަށް ތުން ދަމާލިއެވެ.
“ބަލާބަލަ ނިކަން…އަހަރެން ފެނުނީމަ ހަމަ ތުންދަމައިގެނޭ ތީނީ…އާން ދެން..އަހަރެން އަންހެނަކަށް ވީމަ…މަށާއެކު ބެރަށް ދާކަށް ބޭނުމެއް ނުވާނެތާ…އޯކޭ އޭ…” ޝިފްނާ ފެށީ ދިމާކުރާށެވެ.
“ތާހިރެއްނު…މަށެއްނު ނަންވީ އެއްމެފަހުން…ގައިމު ދެތިން ހަފްތާ ވެދާނެ ޝިފާއަށް އަހަންނާއެކު ތަނަކަށް ނުދެވޭތާ…އަހަރެން ގުޅާ ކޮންމެ ފަހަރަކު ބެފުޅާ ބިޒީ…ގައިމު ވަޒީރެއްވެސް އެހާ ބިޒީއެއް ނުވާނެ…ފާޑެއްގެ އުމަރެއް ރަށަށް އަރައިގެން…ދެން ހެވޭ…މަށަށް ކިޔަނީ އުމަރު ނޫން ވީމަ ހަމަ…އުމަރު ދޫކޮއްލާފަ ދެން ހިދާއަކާއެކު ނުދާނެވިއްޔާ…” ޝިފްނާގެ ގައިގަ ޖަހާލަމުން ހިދާ ދިމާކޮއްލިއެވެ.
“އޭ…އެއްކަލަ…ތިދެން ކޮންވާހަކައެއް…” ލަދުރަކިކަމާއެކު ޝިފްނާ އިސަޖަހައިލިއެވެ. “ހިނގާބަލަ އެފަރާތު ވަލާ ދިމާލަށް އިންނަ ޖޯލިފައްޗަށް…” މައުޞޫ ބަދަލުކޮއްލުމުގެ މަޤްޞަދުގައި ޝިފްނާ ޙިޔާލުދިނެވެ.
“އައްދެ…ހާދަ ލަދުރަކި ދުވަސްކޮޅެއް…ވަރެއް ވެފައޭދޯ ހުއްނަނީ ޝިފާއަށް…” ހިދާ ސަމާސާކޮއްލީ ޝިފްނާ ލަދުންހުރީމައެވެ. “ހިނގާބަލަ ތިބުނާ ތަނަކަށް…އެތަނަށް ގޮސަ ތިނުކިޔިގެން އުޅޭ އެއްޗެއް ކިޔާބަލަ…” ހިދާ ބުންނެވެ.
ކާކުބުނީ އަހަރެން ވާހަކައެއް ދައްކާށެކޭ؟…” ނޫންކަމަށް ހަދާލަމުން ޝިފްނާ އަހައިލިއެވެ.
“މީހަކު ނުބުނޭ…ބަޓް އައި ނޯ ޔޫ ޝިފޫ…” ހިދާ ހިނިގަނޑެއް ޖަހާލިއެވެ.
ކުޑަދެކުދިން ފަދައިން އެކަކު އަނެކަކަށް އުނދަގޫކޮއް ސަކަރާތް ޖަހަމުން ހިދާއާއި ޝިފްނާ ހިނގަމުންދިޔައެވެ. ހިދާ ދޭތެރެއަކުން ޝިފްނާގެ ކޮނޑާއި ހަމައަށް ކޮށާލެވިފައިވާ ފަން އިސަތަށިކޮޅަށް ދަމާލަނީ ޝިފްނާ ރުޅިއަރުވާލުމުގެ ބޭނުމުގައެވެ. ޝިފްނާގެ ވަށް މޫނުގެ ކުލަ އައްޔެވެ. ބޮޑު ތުންފަތުގައި މަޑު ފިޔާތޮށި ކުލައެއް ޖައްސާލާއައިވާއިރު ފެންނަލެއް ލޯއިބެވެ. ހިދަނގޫ ކުރަމުން ދިޔުމުން ޝިފްނާވެސް ދޭތެރެއަކުން ހިދާގެ ކޮލުގައި ހިފާލައި އަދި ހުޅިއެއްގައިވާ އޭނާގެ އިސްތަށިގަނޑުގައި ހިފާ ދަމާލައެވެ. މިގޮތަށް މަޖަލުގައި ދަމުންގޮސް އެމީހުންގެ މަންޒިލާއި ހަމައަށް ވާޞިލްވެވުނެވެ.
“އާހް…ވަރުބަލި ވެއްޖެ…” ހިދާ ފުންނޭވާއެއް ބެރުކޮއްލިއެވެ. “ދެން ކިޔާބަލަ ތިކިޔަން އުޅޭ އެއްޗެއް…” ހިދާ ޖޯލީގައި އިށީނދެ ހަމަޖެހިލިއެވެ.
“އަހަރެން މެރީ ކުރަން މި ޕްލޭން ކުރަނީ….” ޝިފްނާ ލަދުން އަނެއްފަރާތަށް އެނބުރިލިއެވެ.
“ވަޓް؟…އަސްލު؟…ވެން؟…” ހިދާ ދެލޯބޮޑުކޮއްލިއެވެ.
“އަދިނޭނގެ…އައި މީން އަދި ސީދާ ޑޭޓް ފައިނަލްއެއް ނުކުރަން…” ޝިފްނާ ބުންޏެވެ. “މިފަހަރު އުމަރު ފުރުމުގެ ކުރިން މީޓް ކޮއްފަ ބުނީ ދެން އައިސް މެރީ ކުރަން ބޭނުންވެއޭ…” ޝިފްނާގެ ތުންފަތަށް ވެރިވީ ރަކި ހިނިތުންވުމެކެވެ.
“އެހެންތަ؟…މަރްހަބާ ޑިއާރ…ކީކޭ އުމަރު ބުނީ؟…” އުފާވެރިކަމާއެކު ހިދާ އިތުރަށް ސުވާލުކުރިއެވެ.
“އޭނަ ފުރުމުގެ ކުރިން އަހަރެން މީޓުކުރަން ދިޔައިން…އެރޭ ބުނީ މެރީކުރަން ބޭނުމޭ…ގިނަ ދުވަހު މެރީ ނުކޮއް ރައްޓެހިވެގެން އުޅެންޏާ މީހުން އެކިވާހަކަ ދައްކާނެޔޯ…ދެން ރަށައް އައިސް މެރީ ކޮއްގެނޯ ބުނީ ފުރާނީ…އަހަރެން ބައްޕައައް ގުޅަންށޭކިޔާފަ ނަންބަރުވެސް ހޯދައިގެން ދިޔައީ…” ޝިފްނާ ކިޔާދިނެވެ.
“ވެއިޓް…މެރީކޮއްގެން ޝިފާ އުމަރާއެއްކޮއް މާލެ ޗޭންޖް ވަނީތަ؟…” އެންމެ ގާތް އެކުވެރިޔާ ދުރަށްދަނީއޭ ހިތައް އެރުމުން ހިދާ ދެރަވިއެވެ.
“ޑޯންޓް ބީ ސޭޑް…އަހަރެން ހިދާ ދޫކޮއްލާފައެއް ނުދާނު…” ހިދާ ދެރަވިކަން ޝިފްނާއަށް ފާހަގަވިއެވެ. “ސީރިޔަސްކޮއް ނުދަމޭ މަށެއް…މެރީކޮފަ އޭނަ ފުރާނެ…ދޭތެރެޔަކުން ދެން އަންނާނެ ރަށައް…އުމަރު ކިޔަވާ ނިމެންދެން ލޯންގް ޑިސްޓެންސް….” ޝިފްނާ ހިދާގެ ކޮލުގައި ހިފާލިއެވެ.
“އޯކޭ…ފަޒީލައްތަ ކައިރީ ބުނެފިން؟…” ހިދާ އަހާލިއެވެ.
“ހިދާ ކައިރީ އެކަނި މިބުނީއަދި…އަހަރެން މަންމަމެއްނާ ވާހަކަ އެވާހަކަ ދައްކަން ބޭނުންވަނީ އުމަރު އަމިއްލައަށް…ޑޯންޓް ޓެލް އެނީވަން އިނގޭ…” ހިދާ ބޯޖަހާލުމުން ޝިފްނާ ހިނިތުންވެލިއެވެ. “ދެން ހިދާއަށް ވެގެން އުޅޭގޮތެއް ކިޔާދީބަލަ…” ޝިފްނާ އެދުނެވެ.
“މަށެއް ނޫޅެން ކަމެއްވެގެނެއް…” ނުތަނަވަސް ހިނިގަނޑެއް ޖަހާލަމުން ހިދާ ޖަވާބުދިނެވެ.
“މަށަށް އިނގޭ ހިދާ ކަމަކާ ސްޓްރެސްވެފަ ހުންނަކަން…ކަމަކާ ބިރުން އިންނަހެންވެސް ހީވޭ…އަމިއްލައަށް ފެނިގެން ކިޔާދޭތޯ އެއްޗެއް ނުބުނެ ހުރީ މިހާދުވަސްވީއިރުވެސް….ކިޔާދިބަލަ ދެން ވެގެންތިއުޅޭ ގޮތެއް…” ޝިފްނާ ހުރީ ގޮތްދޫކުރާގޮތަކައް ނޫންނެވެ.
“އެއްވެސް މީހެއްކައިރީ ނުބުނާމަތިން ކިޔާދީފާނަން…” ޝިފްނާ ދޫނުކުރާނެކަން އެނގުމުން ހިދާ ބުންޏެވެ.
“މަށެއް ނުބުނާނަން…” ޝިފްނާ ޔަގީންކަން ދިނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

vaahaka varah reethi
Thank you.
Maa shaa Allah ❤️ vaahaka varah reethi☺️❤️
Waiting for next part 🫶
Thank you.
a good starting im interested in whats going to happen a lot of people will start a horror story like this and not finish so i hope it gets completed when next part
Next part will be available soon In Shaa Allah.