“އަހަރެން މިހުރީ އައިސް…” ފިރިހެންވަންތަ އަޑެކެވެ. ހިދާ ވަރަށް މަސައްކަތުން ބޯހިއްލާލުމަށްފަހު ބަލާލިއެވެ. ފުސްކޮއް ފެނުނު ނަމަވެސް އެތަނުގައި ހިދާއަށް ފުރަގަސްދީގެން ވެލިގަނޑުމަތީ އިށީންދެލައިގެން އިނީ އިންސާނެކެވެ. “ތީ އިންސާނެއްތަ؟…” ހިދާ ޔަޤީން ކޮއްލުމަށް ސުވާލުކޮއްލިއެވެ. “ނޭނގިގެންތަ ތިއަހަނީ؟..” އެމީހަކުގެ އަޑުގައިވަނީ ރުންކުރުކަމެވެ. “މަށަކީ އިންސާނެއް ނޫން..” އެމީހަކު ޖަވާބުދިނެވެ. “ކޮންނަމެއް ކިޔަނީ؟…ކީއްވެ އަހަރެން ފަހަތުން އަޅައިގަނެގެން ތިއުޅެނީ؟…ކޮބާ ބޭނުމަކީ؟..” ހިދާ ތެދުވެ ވެލިގަނޑުމަތީ އިށިންދެލުމަށްފަހު ސުވާލުތައް އެއްފަހަރާ ކޮއްލިއެވެ. […]
“މަންމާ!….” ހިދާއަށް ހަޅޭލަވައިގަނެވުނެވެ. ހިދާއަށް ހޭލެވުނީ ތެޅިގަނެފައެވެ. އޭރު މުޅިމީހާ ވަނީ ދާހިއްލާފޯވެފައެވެ. ބިރުން މައިނޭވާލެވެމުން ދިޔައިރު ހިދާގެ މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. އަތްފައި ފިނިކަމުން ހީވަނީ ގަނޑުފެންކޮޅެއް ހެންނެވެ. ހިދާ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލެވުނީ ވަރަށް މަސައްކަތުންނެވެ. ކުޑަކޮއް ހަމަޖެހިލުމަށް ފަހު ހިދާ އޭނާގެ ފޯނު ހޯދަންފެށި ޝިފްނާގެ ހާލެއް ބަލާލުމުގެ ގޮތުންނެވެ. ފޯނު ރިންގުވާތާ ފުދޭވަރަކަށް އިރުވީފަހުން ޝިފްނާ ފޯނުނެގިއެވެ. “ހަލޯ؟….” ޝިފްނާ ވާހަކަ ދެއްކިއެވެ. […]
“ބިރުވެރި ހުވަފެނެއް ފެންނަނީ…ތަކުރާރުކޮއް އެއް ހުވަފެނެއް ފެންނަތާ އޯލްމޯސްޓް ވީކްއެއް މިވީ..” ހިދާ ފެށިއެވެ. “ސާބަސް…ޔަގީން ކުރުސިވެސް ނުކިޔާކަން ނިދަނީ…” ޝިފްނާ ހިދާގެ ބޮލުގައި މަޑުމަޑުން ޖަހާލިއެވެ. “ދެން ފުރަތަމަ އަޑުއަހާބަލަ…” ހިދާ ހުރީ ސަކަރާތްޖަހާ ހިތަކުން ނޫންނެވެ. “ކޮންމެހެން ބިރުވެރި ހުވަފެނެއް ފެނުނޭ ކިޔާފަ އަހަރެންވެސް ބިރަކުން ނޫޅޭނެއެއްނު…އަހަރެން ބިރުގަންނަނީ ރިޕީޓްކޮއް ސޭމް ހުވަފެން ފެންނާތީ..ދެން ނޭނގެ..އައި ފީލް ލައިކް އިޓްސް ނޮޓް ޖަސްޓް އަ ޑްރީމް…” ހިދާ ކިޔާދިނެވެ. އޯހް…އެހާ […]
“ޕޮއް..” ޙިޔާލުތަކަށް ގެއްލިފައި އިން ހިދާއަށް ލިބުނީ ސިހުމެކެވެ. ފަހަތުން އިވެންފެށި ހުނުމުގެ އަޑަށް ހިދާ ފަސްއެނބުރި ބަލައިލިއެވެ. “ހޫން…ޝިފްނާގަނޑު…މީހަކު ހަމަޖެހިގެން ތާކު އިނަ ނުދޭތި…” ލާނެތް ހިނިތުންވުމަކާއެކު ބަލަހައްޓައިގެން ހުރި ޝިފްނާއާއި ދިމާލަށް ހިދާ ތުން އްނބުރާލިއެވެ. “އެއްޗެކޭ ހީނުކުރައްޗޭ…އަހަރެން މިހެން ދަނިކޮށް މިތާ އިނީ ހިދާހެން ހީވެގެން އަސްލު މިއައީ…ދެން މަަބުޑު ފިކުރެއްގަ އިނީމަ ޖެއްސުންކޮއްނުލާ ހަމަ ނުހުރެވުނީ…” ޝިފްނާ އައިސް އިށީނދެލީ ހިދާ ގަަތުގައެވެ. “އައްދޭ….ބޭފުޅާ ހާދަ މޫޑީވެފަ…އެންގްރީ ބާރޑް..” ޝިފްނާ […]
‘ގަސްބޯ ބިޔަ ޖަންގައެޔެކެވެ. އެތަނުން ނިކުމެވޭނެ މަގެއް ހަމަލޮލައް ފެންނަ ހިސާބަކުނެތެވެ. ހަމަހިމޭން ވަގުތެކެވެ. ވަށައިގެންވަނީ އަނދިރިކަމެވެ. މި ހަމަހިމޭންކަމުގެ ތެރެއިން އިވެމުންދިޔަ އެކި ދޫނިސޫފާސޫފީގެ އަޑުން މުޅި މާހައުލު ނާންމާންކަމަށް ދައްކައެވެ. ހިދާ އިނީ ބިރުން ގުޑިލާންވެސް ނުކެރިފައެވެ. ހުރެވުނީ ކޮންތަނެއްގައިކަމެއް އަދި އެތަނަށް އާދެވުނުގޮތެއްވެސް ހިދާ ނުދެނަހުއްޓެވެ. ހިއްވަރުކޮއްފައި ހިދާ އިސްއުފުލާލިއެވެ. އެތަނުން ނިކުމެވޭނެ މަގެއް ފެނޭތޯ ވަށައިގެންވާ މާހައުލައް ނަޒަރު ހިންގާލިއެވެ. އާދަޔާ ޙިލާފަށް ތަފާތު އަދި ބިޔަ ގަސްތަކެކެވެ. ވަށައިގެން ވަނީ […]