އާއެކޭ ލޯބިވޭ ދިހަވަނަބައި ( ޖެހުނު މަޖުބޫރުގައި އެހިތް ކުދިކުދިވެއްޖޭ)
އައްޑޫ ދަތުރުގައި ބޮޑު ވާހަަކަ އެއް ބުނާނެ ވާހަކަ އޮތީ މިލީހަމް ބުނެފައެވެ. މިއަދު އެބުނީ ބޮޑު ކަމަކު އެދޭ ވާހަކައެވެ.
“މިލީހަމް : ވަރަށް ހިތްހަމަޖެހޭ މާހައުލެއްގައި މިތިބީ އެއްވެސް މީހެއްގެ އުނދަގުލެއް ނުވާތާކު މިތިބީ އެ ވާހަކަ ބުނަށް މީ އެންމެ ރަނގަޅު ވަގުތު ކައްނެއް މި ކަން ކޮށްދޭނެ ކަމަށް ވަރަށް އުންމީދުކުރަން”
ޚުބާބްގެ ކިބައިން މިލީ އެދެން މިއުޅެނީ ކޮން ކަމެއްބާއެވެ. ބުނަށް އެއުޅެނީ ކިހާ ބުރަ ދަނެއްގެ އެކުލެވޭ ވާހަކައެއް ބާއެވެ. އެދުލުން މިވަގުތު އިވިގެންދާ ބަހަކުން ޖުމްލައަކުން ޚުބާބްގެ ހިތް ހަލާކު ވެގެން ގޮސްދާނެ ހެއްޔެވެ؟ އެހެން ވެއްޖެއްނަމަ ދެން ކަންތައްތައް ވެގެން ދާނީ ކިހިނެއްބާއެވެ؟
****************************************************************
“ޚުބާބް : މިލީއަށް ކޮންމެ ވާހަކަ އެއްވެސް އަހަންނާއި ހިއްސާކުރެވޭނެ ފޫހިކަމެއް ނެތި އަޑު އަހާނަން ބުނި ކޮންމެ ކަމެއް ހެޔޮ ހިތުން ކޮށްދޭނަން ތީ އަހަރެން ވަރަށް ލޯބިވާ ރައްޓެއްސެއް ދެރަގޮތެއް ވާކަން ދުވަހަކު ކޮޅުންވެސް ނޭދެން” އެ ވާހަކަތަކުން ހިތްހަމަޖެހުން މިލީހަމަށް ލިބުން ކަހަލައެވެ. ފުޅާ ހިނިތުން ވުމާއެކު ޙުބާބްގެ މޫނަށް ބަލާލާފައި ކައިރީ ހުރި ގޮޑީގައި އިށީނދެ ހަމަޖެހިލިއެވެ. ފުން ނޭވާ އެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. މަޢުލޫއާއިގެން ފެށިއެވެ. ކޮންމެ ކަމަކު އެދުނަސް ކޮށްދޭނެކަމުގެ ޔަޤީން އޭނާއަށް ލިބިއްޖެއެވެ. ޖެހިލުމެއްނެތި ކޮންމެ ވާހަކަ އަކަށް ވެސް އެދެންވީއެވެ.
“މިލީހަމް : އަހަންނަށް ލޯބިވެވިއްޖެއް ކޮންއިރަކު ކަމެއްވެސް ބުނެދޭކަށް ނޭނގެ އެނގޭހާވެސް އެއްޗަކީ ބާސިލްއާއި ނުލާ އަހަންނަށް ދެން އެންމެ ނޭވާ އެއްވެސް ނުލެވޭނެކަން”
ހެވިފައި މިލީގެ ވާހަކަ އަހަން އިން ޚުބާބުގެ ވިންދު ހީވީ ހުއްޓުނުހެންނެވެ. އެންމެފަހުން އިއްވާލި ނަން އިވިފައެވެ. މި އޮތް ހުރިހާއިރު ހީކުރެވުން ދިޔައީ އެއީ އޭނާކަމުގައެވެ. އެހެނަސް ބާސިލްގެ ނަމާއެކު، އެނާ ބިނާކުރަމުން އައި ގަނޑުވަރު ވަށްޔައްބުރައިގެން ދިޔައެވެ. ވިއްސިވިހާލިވިއެވެ.
އެ އަޑުގައި ވަނީ އާދޭހުގެ ރާގެކެވެ. ކުރާނީ ކީއް ހެއްޔެެވެ؟ މީހާ ހާސްވެއްޖެއެވެ. ނެވާ ނޯށަށް އެރިކަހަލައެވެ. ހިތުގެ ހިގުން އަވަސްވިއެވެ. ހިލަގަނޑެއް ހިތުގައި ބާއްވަމުން ޚުބާބް ހިނިތުންވެލިއެވެ. އެންމެ ލޯބިވާ މިލީހަމަށްޓަކައެވެ.
” ޙުބާބް : އެހާވެސް ލޯބިވޭތަ” ހިތާދެކޮޅަށް ޚުބާބް އަހާލިއެވެ. މިލީ މީހަކުދެކެ އެހާ ވަރަށް ލޯބިވާކަން އެގުންމީ ފުރަތަމަ ފަހަރެވެ. އެވަރު ކަމަށް އެދުންވެސް މީ ފުރަތަމަ ފަހަރެވެ.
“މިލީހަމް: ހިވޭތަ؟ ޚުބާބަށް ހީއެއް ނުވޭ ދޯ ؟ މި މޫނުމަތީގެ އަސަރުތަކުން ބާސިލްގެ ލޯތްބަށް އެދޭވަރު ” ޚުބާބްގެ ހަމަހިމޭން ކަމުން މިކަން ވާނެ ކަމާމެދު މިލީއަށް ޝައްކުވިކަހަލައެވެ.
” ޚުބާބް: ނޫނޭ ބާސިލް އާމެދު ވިސްނާލެވުނީ އޭނަ އެއުޅެނީ ލިނީއާވެސް ރައްޓެހިވެގެންއެއްނު” ޖެލަސްވެވުނު ވަރުން ޚުބާބާށް ބުނެވުނެވެ.
“މިލީހަމް : މީގަ ކޮބާތަ މައްސަލައެއް އެހާ އުފަލަކު ނޫނޭ ލީނިޔާ އާއެކު ބާސިލް އެއުޅެނީ” އަބަދު އަބަދު ޝަކުވާ އަޑު އަހަން ޖެހޭ ވާހަކަ އެންމެ ފަހުން ދިމާވި ދުވަހުވެސް ބުނިކަމަށް މިލީ އެއްބަސްވިއެވެ.
ޚުބާބަށް ނޭގުނަސް ބާސިލް އާއި މިލީހަމްގެ ސިއްރު ގުޅުންތަކެއް ވާކަން އެނގުނީ އެދުވަހުއެވެ.
“ޚުބާބް : އެކަމަކު ބާސި އަކީ ލޯބީގެ އަރާހުރި މީހެއް ލައްކަ ބިޓުން ގެންގުޅޭނެ، ވެދާނެ ލޯބިނުވެ ވޭތީ ކަމަށް ވެސް ލިނީ އާއެކު އުޅެމުންވެސް ތިން ހަތަރު ކުދިންނާއި މާ ފޮޅުވާ ” ގަދަކުރަމުން ދިޔައިީމެވެ. ބޭނުންވީ މިލީގެ ހިތުން ބާސިލްގެ އުންމީދުތައް ފުނޑުފުނޑު ކޮށްލާށެވެ. ޚުބާބަކީ ގޯސްމީހެއް ނޫނެވެ. ހަޤީޤީ ލޯތްބަކީ ކިހާ ވަރެއްގެ އެއްޗެއްކަން ނުދަންނަށް މީހަކާއެކު މިލީއަށް ދެރައެއް ލިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެނޫން ރަނގަޅު ގޮތެއް ކައިރީގައި އެބަހުއްޓެވެ. އެ ރަނގަޅު ގޮތަކީ ދެން ޚުބާބްކަން އެއީ ކުރިއަށް އޮތްތާވެސް ނުދައްކާނެވާހަކައެވެ.
” މިލީހަމް : ޚުބޭތަ ތި ބުނީ ހަަމަ ތިހެން ޤަބޫލުކުރަން ވެސް ދަތި އަދި އެހެން ބާސިލް އެ އުޅެނީ ލޯބި ނުލިބޭތީ އަހަރެން ލޯބި ދޭން ފެށީމަ އެހެންނެއް ނޫޅޭނެ” މިލީ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ޚުބާބް އޮށްދާހިއްލަން ފެށިއެވެ. ކަނާއަތު ފައި އަކުނިވަޔަށް ދަމައިގަތް ކަހަލައެވެ. މިހާ އަށް އެތައް އުނދަގުލެއް ވަމުންދިޔައެވެ. އެ ހިތް ކުދި ކުދިވެ ފޮތި ފޮތިވެއްޖެއެވެ.
” ޚުބާބް : ލަސްތަކެއް ނުވެ ތިކަން ވެދާނެ އުފާކުރޭ” ހިތުގައި ޖެހުނަސް ދެރަވިޔަސް އެކަން ނުދައްކާ ވޭތޯ ޚުބާބް ބެލިއެވެ.
” ސާއިލް : މިތިބީނު މިމީހުން” އިއްލެ ބެލްކަންޔަށް ބޯ ދިއްކޮށްލަމުން ބުނެލިއެވެ. ފަހަތުން ބާސިލް އާއި ލިނީވެސް އައެވެ.
” ބާސިލް : އޭ އޭ މީ ދޯ މިވީ ގޮތަކީ އަހަރުންނާއެކު ކޮފީއަށް ނުދެވުނީ މާ ފޮޅުވަން ދޯ” ސުވާލު އައީ ޚުބާބަށް ވިޔަސް ޖަވާބު ދިނީ މިލީއެވެ. ގަޓުގައި އާއެކޭ ބުނަން ހުއްޓާ މިލީހަމް ނޫނެކޭ ބުނެފިއެވެ.
“މިލީހަމް : ނޫނެކޭ ތިހީކުރާ ކަހަލަ ގުޅުމެއް ނެތް ހަަމަ ކުޑަ ކޮން އަނގަތަޅާލަން ތިބެލީ ” މަލާމާތުގެ ގޮތް ގަނޑެއް އެ އަޑުގައި ހުރިހެންވެސް ޚުބާބަށް އިޚުސާސްވިއެވެ.
“ސާއިލް : ކަލޭމެން ގެއްލިގެން ނިދާފައި އޮތް ލިނީވެސް ނަގައިގެން މުޅި އަވަށުގައި ދުއްވާފައި ލޯޑުން ގޮވަން އުޅެނިކޮން ވިއްޔަ ތި ފެނުނީ” ދިމާކުރާ ރާގުގައި އިއްލެ ބުނެލިއެވެ. އެހެންނޫނަސް އެއީ ބޮޑު ތެދެކެވެ. މިލީމެން ގެއްލިގެން އަވަށުގެ ދެތިން ގެއަށް ވެސް ވަދެވުނެވެ. މިތާކު ތިބެދާނޭ ހިތަށް އަރުވާލާނީވެސް ފަހެ ކިހިނެއް ހެއްޔެވެ؟
“ލީނިޔާ : ހާދަ ރިއްޗޭ އުނދޯލި ގެ އެއްވެސް ވާވާ” މޮޔައެހެން ލިނީ ބެލްކަނީގައި ދުވަމުންދިޔައެވެ. އެ އަނގަ ހުއްޓަނުލައެވެ. ލިނީ ނުބުންޏަސް އެ މާހައުލު ވަރަށް ރީއްޗެވެ. ހައްދާފައިވާ މާމެލާމެލީގެ މީރުވަސް މުޅިތަނުގައި ހިފާފައި ހުއްޓެވެ.
ތިރިއަށް ފައިބިއިރު ސައި ހަދައިގެން ގޭގޭ މީހުން ސިޓިންރޫމުގައި ތިއްބެވެ. ކޮންމެ މީހަކަށް ބަލާލީމެވެ. އެޢާއިލާގެ މީހުން ހަމަ ހިކީއެވެ. ސާއިލްގެ ބައްޕަ އަކީވެސް ސާއިލްގެ ދުވަސްވީ ސިފައެއްފަދަ މީހެކެވެ. ނަމަވެސް މޫނުމަތިން މަޖާ މިޒާޖެއްގެ މީހެއްކަން ހާމަވާން ހުއްޓެވެ. އޭނާގެ ދޮށީ ބޭބެ ސާއިން އާއި ދައްތަ ސައިލާ އައިސް ތިއްބެވެ. ޢާއިލާގައި އިއްލެއަކީ ތިންވަނައެވެ. އަދި އޭނާގެ ކޮއްކޮ ސައިނާވެސް ވެއްޖެއެވެ. މި ކައިވެންޏާއެކު އޭނާގެ ކޮއްކޮ ސައިނާ ނުވަތަ އިނާގެ ކައިވެނިވެސް ކުރެވޭނެއެވެ. އެތަނުގައި ސާއިލްގެ ދޮންތަގެ ކުދިން ސަމާ، ސުމާ އަދި ސަމާހުވެސް ތިއްބެވެ. ދޮންބެގެ ކުދިން ސާން،ސަނާ، ސައުނާ އަދި ސައުން ތިއްބެވެ. އޭގެތެރެއިން ސާން ، ސަނާ އަކީ އެއްމާބަނޑު ދެކުދިންނެވެ. ސާއިލްގެ މަންމަ އާއި ބައްޕައަށް ސީނުން ފެށޭ ކުދިން ނޫނީ ކަމުނުދަނީބާއޭ ހިތަށް އެރުމާއެކު ހެއްވިއްޖެއެވެ.
” ސާއިލް ބައްޕަ : މިހިރީ ޚަބީބުގެ ޚުބާބް ދޯ ބޮޑު ވެއްޖެއްނު މިހާރު އެ ސޮރުވެސް” ބައްޕަ ވަރަށް ގިނައިން ވިޔަފާރި ދަތުރުތަކުގައި އައްޑޫއަށް އައިސް އުޅޭނެއެވެ. އެހެންކަމުން ރަށުގެ ގިނަ ބަޔަކަށް ބައްޕަ އެގިލައްވާނެއެވެ.
ގެންފައި ހުރި ލަދުން އެއްޗެއް ބުނާކަށް އަހަންނަކަށް ނުކެރުނެވެ. ސާއިލާއި ރައްޓެހި ވެވުނީވެސް ބައްޕަ އާއެކު އައްޑޫއަށް އާދެވުނު ދަތުރެއްގައިއެވެ.
ވަރަށް ފުރިހަމަ އަށް ސައިގެ ކަންތައް އޮތީ ހަމަ ޖައްސާފައެވެ. ނަން ހުސްކޮން ހެދިކާ ހުއްޓެވެ. ކަވާބު، ގުޅަ ބަޖިޔާ، ކީމިޔާ، އަތުޖެހި، ބޯކިބާ، ފޮނި ފޮޅި، ރިހަ ފޮޅި އަދި މީނޫންވެސް އެތައް ބަނަހުގެ ސާމާނުވެސް ހުއްޓެވެ. ޕިއްޒާ، ސަބުމެރީން ، ބާގަރ އެވެ. މަސް ބަނަހެވެ. ކިޔާނެ ކަމެއްވެސް ނެތެވެ. ނަން ނޭނގޭ އެތައް ޚާއްސާ އައްޑޫގެ އެއްޗެއްވެސް ހުއްޓެވެ. ތިން ހަތަރު ވައްތަރުގެ ސަޔާއި ކޮފީގެ ކޫލަރުތައް ހުރީ ބަރި ޖަހާލާފައެވެ.
ސައިބޮއެ ނިމުނު އިރު ލީނިޔާ ޝަކުވާ ފަތި ދަމާލިއެވެ. ބޭރަށްދާން އޭނާ އިނީ ނުލާހިކު ރީތިވެގެންނެވެ. އިރުއޮއްސޭ މަންޒަރު ބަލަން ބަނދަރަށް ދާން ކިޔަން ފެށިއެވެ. ނުގޮސް ނުވާނެ ކަން އިނގުމުން އެންމެ ފަހުން ދާން ހިގާށޭ ސާއިލް ބުނެލިއެވެ. ރަށުގެ ބޮޑު މަގަށް ނިކުންނަނިކޮށް ފުރުޅުލީ ގޮނޑިއެއްގައި އިން ބަލި ފާޑު ޖަހާ އަންހެންކުއްޖެއް ފެނިއްޖެއެވެ.
” ބާސިލް : އޭ އިއްލެ އޭނީ ހާދަ ގޮތަކަށް އިން ކުއްޖެކޭ” ބާސިލް އިޝާރަތް ކުރި ދިމާލަށް ސާއިލް ބަލާލާފައި ބޯ އަނބުރާލިއެވެ. މިފަދަ ތާކު ދެއްކޭ ވަރަށް ވުރެ އެއީ ދިގު ވާހަކައެވެ. އެފަކީރު އަދިވެސް އޭނީ ހަމަ އެހެންނެވެ. ރަނގަޅު ވާ ގޮތެއް ނުވެއެވެ.
“ލީނިޔާ : އެ ކުއްޖާ މަންމަ ކައްނެދޯ އެގެންދަނީ ހާދަ ދެރައޭ” ލިނީ އެކުއްޖާއާމެދު ހިތާމަ ފާޅުކުރިއެވެ. އެވެސް ހަމަ ގާތް ގަނޑަކަށް އެ އުމުރުގެ ޒުވާނެކެވެ.
ބަނދަރު މަތީ ގާޑިޔަލަކޮން އައިސް ކޯނު ގަނެގެން ފާލަމުގައި އެކި ގޮތް ގޮތަށް ފޯޓޮ ނަގަމުން ދިޔައެެެވެ. އެންމެންނާއި އެކަހެރިވެގެން އިނީ ޚުބާބެވެ. އެހިތުގައި އުފެދިގެން އުޅޭ ހައިޖާނު ގަނޑަށް ނިމުމެއްެނެތެވެ. ކުރި އިންތިޒާރުވެސް ފެނަށް ވެއްޖެއެވެ.
ސާއިލު ކޮންމެހެން ހަދާފަވެސް ބަންޤިއަށް ގެއަށް ދާން ޖެހޭނެކަމަށް އެންގިއެވެ. ރަށުގައި ހިނގި ހާދިސާއަކުން މީ ކުރަން މަޖުބޫރުވެފައި އޮތް ކަމެކެވެ. ކިތަންމެ ބޭނުން ނުވިޔަސް މިނޫން ގޮތެއް ނެތެވެ.
މަގުމަތިން ހުރަސް ކުރި މީހުން އުފުލާ ޒާތުގެ ބަގީއެއް ހުއްޓުވިއެވެ. އޭގައި ގެއަށް ދާށެވެ. އޭރު ހައެއްވެސް ނުޖަހައެވެ. އައްޑޫގެ އެތައް ރީތި ކަމެއް ކުޑަ ވަގުތުކޮޅަކުން ފެނިގެންދިޔައެވެ. ލިނީ ފޯނު ތިރިކޮށް ނުލައެވެ. “ސުނެޕް” ކުރުމުގައި އެއީ ވަރު ހުންނަން އަންހެނެކެވެ.
ރޭވެ އަނދިރިވުމުން ގޭގެ ދޮރުތައް ލައްޕައިފިއެވެ. ޔާޝީން ޝޫރަތު އަޑު ނޫނީ އެހެން އެއްވެސް އަޑެއް ގޭތެރެއިން ނީވެއެވެ. މުޅިން ގެ އޮތީ ނިދާފައެވެ.
އިޝާ ނަމާދުކޮށް ހަދައިގެން ނިކުމެވުނީ ސާއިލްގެ ދޮންތަގެ ކުރި މައްޗަށެވެ. ހިތްހެޔޮ ކަމާއެކު ހިނިތުންވެލިއެވެ.
” ސައިލާ : ބެލްކަނީގައި މިރޭ ނޫޑުލްސްގަނޑެއް ހަދާލަން މިއުޅެނީ އެބަ އާދޭ ސުމާމު އާ ސިރުހާވެސް ވަރަށް މަޖާކުރަން ވާނެ ހުރިހާ ކުދިންވެސް ލަދުން ނުތިބޭ ” ސިރުހާ އެއީ ސާއިލް އިންނަށް އުޅޭ ކުއްޖާއެވެ. ސުމާމު އަކީ ސާއިލް ކޮއްކޮ ސައިނާ އިންނަށް އުޅޭ ކުއްޖާއެވެ. މި ވެސް ސީނުން ފެށޭ ދެނަމެވެ. މިކަން އަހަންނަށް ވަރަށް ފާހަގަވިއެވެ.
ކޮޓަރިއަށް ވަދެ ލިނީވެސް ނެރުނެވެ. އޭނާ ހުރީ ހަމަ ވަރަށް ތައްޔާރުގައެވެ. ފޫހިވެގެން އުޅޭތައި އިރުކޮޅެއް ވެއްޖެއެވެ. މައްޗަށް އެރި އިރު “ނޫޑުލީސް” ތެޅުމުގައި ފިރިހެން ގުރޫޕު އުޅުނެވެ. ތިން ސޮސެޖު ބޮޑި ހިފައިންގެން އެއަންނަނީ ސައިލާގެ ފިރިމީހާ ސަހުދެވެ. ފިޔާކޮށަން ޖޯލީގައި އޭނީ ސާއިންގެ އަންހެނުން ސީރީންއެވެ. މީހަކު އަޅެ ހައިރާނެއް ނުވާނެ ހެއްޔެވެ؟ އެވެސް ސީނެވެ. މިވެސް ސީނެވެ. ދެން އަންނަނީވެސް ސީނެވެ.
ކައްކާ ނިމުމުން ބިސްމިނުގެ ބަރަކާތުން އެންމެން ކާންފެށިއެވެ. ކެއުން ހުއްޓާލަން މަޖުބޫރު ކުރުވީ ލީނިޔާގެ ސުވާލެވެ.
އަނެއްކާ މަގުމަތިން ފެނުނު ކުއްޖާގެ ވާހަކަ އެހިއެވެ.
” ސައިލާ : ކާކުގެ ވާހަަކައެއް ” ސާއިލްގެ ދޮންތަ އިތުރަށް އެނގެން ބޭނުންވިއެވެ. ކުރު ގޮތަކަށް އެޒުވާނާ ލިނީ ސިފަކޮށްދިނެވެ. ފޮރޮޅުލީ ގޮނޑިއެއްގައި އިން ބަލި ކުއްޖެކެވެ. އަމިއްލަ ހާލަށް އެއްވެސް ކަމެއް ކުރެވޭ ފާޑެއް ނުޖަހައެވެ.
” ސައިލާ : އޯ އޯ އެނގިއްޖެއް ޒަރީނައްތަ އާއި ނަޖާހުބެގެ ހަގުދަރި އަފާ ދޯ ” ސާއިލަށް ބަލާލަމުން ސައިލާ ދޯ އެއްލިއެވެ. ދޮންތައަށް ބަލާލަމުން ތެދެކޭ ބުނާހެން ސާއިލް ބޯޖަހާލިއެވެ. އެ ވާހަކަ އެންމެ މޮޅަށް އިނގޭނީ ދޮންބެއަށޭ ސާއިލާ ބުންޏެވެ.
“ސާއިން : އާ ވަރަށް ދެރަ ގޮތެއް ވެފައި އިން ކުއްޖެއް އެއީ މީގެ އަހަރުތަކެއް ކުރިން، އިރުއޮއްސޭ ދަޅަމަތިން ދިމާވި ޖިންނިއެއް ގެއަށް ގެނައީ އިންސާނަކަށްވެ ރަށު ސުކޫލަށް ވަދެ ޓީޗަރަކަށްވެ އަފާއާ ލޯބިވެގެން އުޅެނިކޮން އެހެން އަންހެން ޖިންނިއަކު އައިސް ޒަރީނާއްތަ ހައްލާލައިގެން އުޅެނިކޮން ނަޖާހުބެ ބެލިބެލުމަކުން އެކަން އެނގުނީ ދެން ފަނޑިތަވެރިޔެއް ހޯދައިގެން ހަމަ ކިރިޔާ އެ ޢާއިލާ ސަލާމަތްވީ ” ކުރުގޮތަކަށް ސާއިން ކިއަދިނެވެ. އެއީ ދިގު ވާހަކަ އެކެވެ.
“ސައިލާ : ޤުރުއާން ކިޔަވަން އެރޭ އަހަރުމެން ބައްޕަވެސް ދިޔަ ބުނި އެވަރު ކަމެއް ނުދެކެމޭ އަފާ ހޭނެތިގެން ވެއްޓުން އިރު މުޅިތަން ގޮވައިގެން ދިޔައިރު ބައްޕަވެސް އިނީ ކިރިޔަ ކިރިޔައޭ ” ސާއިންގެ ވާހަކައަށް ސައިލާ ބޮޅެއް އިތުރު ކޮށްލިއެވެ.
“ސާއިލް : މި އަހަރު ކުރީ ކޮޅު މި ހާދިސާއަށް ލިޔުންތެރިޔެއް ފޮތެއްވެސް ނެރުން ވަރަށް ވައިގައި ހިފައިގެން ދިޔަ އެ ވާހަކަ ފޮތް މަންމަ ގެންގުޅޭނެ އެފޮތް ” އެ ހާދިސާއަށް ވާހަކައެއްވެސް ނެރުން ކަން ސާއިލު ހާމަކޮށްލިއެވެ. މަންމަ ގެންގުޅޭ ވާހަކަ އެކޭ ބުނުމުން މިލީހަމް ކިޔުމުގެ ޝައުގުވެރިކަން އުފެއްދިއެވެ. ސައިލާ މަންމަ އަތުން ހޯދައިގެން ގެނެސް މިލީހަމްގެ އަތަށް ފޮތް ދިއްކޮށްލިއެވެ.
ބަނޑޭރިގަނޑުގައި މިލީ ފިރުމާލިއެވެ. ފެންނަން ހުރީ މޫނު އަތުގައި ބާއްވައިގެން އަރިއަކަށް އެނބުރި އިށީނދެއިން އަންހެން ކުއްޖެކެވެ. ފެންނަން އިނީ ހަމައެކަނި ދެ ބުމަޔާއި ނޭފަތެވެ.
“މިލީހަމް : “އިސްނާން އަޙުމަދުގެ “ރޯލީމޭ” ހިތާމަވެރި ބިރުވެރި ލޯބީގެ އަސަރުގަދަ ވާހަކައެއް ”
އެންމެންނަށް އިވޭ ވަރަށް މިލީ ބޭރުގަނޑު ކިޔައިލިއެވެ. އެއަށްފަހު ފެށުންވެސް އިއްވާލިއެވެ. ކިޔާ ހިތްވާ ކަހަލަ ސައުޤުވެރި ފެށުމެކެވެ.
” މެންދަމުން އަލިވެ ތިނެއް ޖަހަނީއެވެ. ރޭގަނޑު ނިދަން އެރި އަފާއަށް އެއުޅެނީ ނުނިދިއެވެ. ހީވާ ގޮތުންނަމަ މާޒީ ހަނދާން ކުރަނީއެވެ. މާދަމާއަކީ އެކެއް ޖެނުއަރީއެވެ. ނިމިގެން މި ދިޔައީ ތޭރަ ޑިސެމްބަރު ދެހާސް ނަވާރަ އެވެ. ކުރިއަށް އޮތީ ދެހާސްވިހީ އެވެ. އެހެނަސް އަފާގެ ދިރިއުޅުން އޮތީ ދެހާސް ސޯޅައާއި ގުޅިލާމެހިފައެވެ.
އެއީ ދިގު ވާހަކައެކެވެ. މީގެ ހަތަ އަހަރު ކުރިއެވެ. އެކެއް ޖެނުއަރީ ދެހާސް އެވެ. އަފާ އާއި ނިހާދު ދިމާވަނީ ރަށުގެ ބަނދަރުމަތިންނެވެ. ނިހާދަކީ ރަށަށް ބީރަށްޓެއްސެއްކެވެ. ދަތުރުވަރެއްގައި އައި މެހެމާނެކެވެ. ” އިވިގެން ދިޔަ ފެށުމުން ފޮތް ކިޔަން ފޫހިވާ ލީނިޔާވެސް ކިޔާ ހިތްވެގެން ހުއްދައަށް ސައިލާގެ ކިބައިން އެދެފިއެވެ. އޭނާ ހުރީ މިލީހަމް ކުރާ ކޮންމެ ކަމެއް ވެސް ކުރަން ހިތުލައިގެންނެވެ.
އެދަތުރުގެ ފުރަތަމަ ދުވަސް ދިޔައީ އެކަހަލަ ގޮތަކަށެވެ. ޚުބާބްގެ ހިތް ހަލާކުވިއެވެ. މިލީހަމް އުންމީދު އާކުރިއެވެ. ބާސިލްގެ ހިތް ދެކޮޅަށް ކިރެމުންދިޔައެވެ. ލީނިޔާ ފިޔަވަޅެއް ކުރިއަށް އެޅިއެވެ. ދެން ކަންތައްތައް ވަމުންދާނީ ކިހިނެއްހެއްޔެވެ؟ އެއްވެސް މީހަކަށް ހަމަޖެހުމެއް ލިބިދާނެ ހެއްޔެވެ؟
ނުނިމޭ
😊❤️🥀🥰🫶
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Vrh reethi
Thank you (shynyx inax) 🫶🥀🥰