އާއެކޭ ލޯބިވޭ ނުވަވަނަބައި ( އެކުވެރިޔާގެ ކައިވެންޏަށް އައްޑޫއަށް ދިއުން)
ހަފްތާއެއް ތެރޭ ބަލި މުޅިން ރަނގަޅުވެ ހަމަ އަކަށް އެޅުނެވެ. އެދުވަހު އަހަރެންގެ ހަދާނީ ފިލާއާއި ހަވާލުވެ ދިނީ ކޮއްކޮއެވެ. ރަސްމީ ޑިއުޓީ އަށް ނިކުންނަށް ޖެހެނީ އަންނަށްމަހު ފަހުކޮޅުއެވެ. “އައި.ޖީ.އެމް.އެޗް”އަށެވެ. ވަޒީފާ ހަމަ ޖެހުނީ އެތަނުންނެވެ. ލިޔަމުން މިދާ ވާހަކަވެސް އަދި ނުނިމެއެވެ. ހަސްފަތާލަށް ނިކުންނަށް ވާއިރު ނިންމާލެވޭތޯ އުޅެމާހެވެ. މި ފަށަނީ ވާހަކައިގެ ފަހު ބާބު ލިޔާށެވެ.
ކިޔެވުމުގެ ދެވަނަ އަހަރު ފެށިގެން ކުރިޔަށް ދިޔައެވެ. މީ ތިން އަހަރާއި ހަމަހުގެ ކޯހެކެވެ. މި ޓާމް ޗުއްޓީގައި އައްޑޫއަށް ވެސް ދާންޖެހެއެވެ. ކުލާސް ކުއްޖެއްގެ ކައިވެނި ހަފްލާއަށެވެ. މި ދަތުރަށް އަހަރެން ވަރަށް ފޮނި އުންމީދުތަކެއް އެބަ ކުރަމެވެ. މިލީއަށް މިހިތުގައިވައި ލޯބި ހާމަކޮށްދޭން ގަސްތުކުރަމެވެ. އައްޑޫ ދަތުރުގައި ކަންތައްވާނީ ކިހިނެއް ބާއެވެ. މިލީހަމް ހިތުގައި ޖާގައެއް ދެވިފައިވާނީ ކާކަށް ހެއްޔެވެ؟
****************************************************************
ވިލާ ކޮލެޖުގެ ލައިބުރަރީގައި ޚުބާބް އިންނަތާއި ގަޑިއިރެއް ފާއިތުވެގެން ހިގަންޖެއެވެ. ލެޕްޓޮޕު ހުޅުވައިގެން އެހެން އިންއިރު މީހާގެ ނަޒަރު ހުރީ ކުރިމަތިން ފެންނަން ހުރި މިލީހަމްގެ ތަސްވީރަށް ހުއްޓިފައެވެ. އެއީ އުފަންދުވަހުގެ ޚާއްސަ ހަފްލާގައި ނަގާފައިވާ ފޮޓޯއެކެވެ. ހުދު އޭނާގެ ދެއަތުން ނަގައިދިން ފޮޓޯ ގަނޑެވެ.
ބާސިލް :” އޭ އޭ ކޮންފިކުރެއްގައި” ޚުބާބް ދިޔައީ ސިހިގެންނެވެ. ހާސްވިވަރުން ނިވައިނުލާ ލެޕްޓޮޕުވެސް ލައްޕާލިއެވެ.
” ޚުބާބް : ކޮން ވަޑާމެއެއް މިތާގައި” ހިނިގަނޑެ ޖަހާލަމުން ބާސިލް ޖަވާބުދިނެވެ.
“ބާސިލް : ލައްކަ އިރު ވެއްޖެ އަހަރުމެން މިތާ އުޅޭތާ ބަލާލާ ކޮންމެ ފަހަަރަކުވެސް މި ފެންނަނީ ތި ލެޕްޓޮޕަކަށް ލޯއަޅައިގެން އިންދާ ވިއްޔަ އެވަރަށް ކޮން އެއްޗެއްތަ ތި ބަލަނީ ދައްކަބަލަ ”
ލެޕްޓޮޕުގައި ހިފާލަމުން ބާސިލް ވާހަކަތައް ނިންމާލިއެވެ. ޚުބާބް ހީވީ ބިރެއްފެނިގެން ކޮޅަށް ތެދުވިހެންނެވެ.
އަވަސް ހަރަކާތާއެކު ދަބަސް ތެރެއަށް ލެޕްޓޮޕު ކޮށްޕާލިއެވެ. އަދި ބާސިލަށް ހަނާ އަޅާލަމުން ދާން ހިނގައިގަތެވެ.
ސާއިލްގެ ކައިވެންޏަށް ފުރުމުގެ ކުރިން ރަނގަޅު ހަދިޔާއެއްވެސް ހަދަން އެބަޖެހެއެވެ. ހަތަރު މީހުންގެ މަޝްވަރާ ބައްދަވުމެއް މިލީހަމްގެ ގޭގައި ބޭއްވުނެވެ. އެންމެންނަށް ކަހަލަ ގޮތަކަށް އެއްބަސް ވެވުނީ ބޮޑު ޕާރުސަލެއް ހަދާށެވެ. ދެމަފިރިއަކަށް ބޭނުންވާނެ ފަދަ ތަފާތު އެއްޗެހި ގަނެގެން ބަންދުކުރާށެވެ. އެކަމަކު އެންމެ ފަހު ވަގުތު ރޯނާގެ ހިޔާލު ބައްދަލުވެއްޖެެއެވެ.
“ބާސިލް : އޭ ތީތި ކަޑައޭ ވީނު ކޮންމެ މީހަކު ވަކި އެއްޗެއް ދޭން މަދޭނަށް ފިހިގަނޑެއް”
ފާނޑަކަށް ލިނީ ބޯހޫރުވާލިއެވެ.
” ޚުބާބް : ސަބާހޭ ރޯނޭ އެއްޗެހި ގަނެ ބަންދުކުރީމަ ތިހެން ބުނިނަމައެއްނެ ”
ހެވިފައި ބާސިލް އަށް ކުދިކިޔާލުމުން މިލީވެސް ޚުބާބާ އެއްބަސްވެލިއެވެ.
“މިލީހަމް: އާ މި ބާސީ ކޮންމެ ފަދަ ވަގުތަކުވެސް ޚިޔާލު ބަދަލުވެދާނެ” ޚުބާބް އާއި މިލީ ވަނީ މިހާރު ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ. ދިރިއުޅުމުގެ ސިއްރުތައް މަޑުމަޑުން ހިއްސާކުރެވެމުން ދިޔައެވެ.
ހަމަހިމޭން ރޭގަނޑެކެވެ. ހިތްގައިމު ހަވީރެކެވެ. ކޮޅު ކޮޅަށް ދުއްވާ ކާރާއި ސައިކަލުތައް އެހާވެސް މަދެވެ. މާލޭ ކަހަލަ ހަލަބޮލިތަކުގައި މިފަދަ މަންޒަރެއް ފެނުނު މީ ޚުބާބަށް ފުރަތަމަ ފަހަރެވެ. އޭނާ ލަންޑަނުން އައި ފަހުން މުޅިންވެސް ދިމާވަނީ ހަލަބޮލިކަމާއެވެ. ޓުރެފިކުގެ ކިއުގައި ނުޖެހި އޭނާއަށް ވަރަށް ދަތުރުނުކުރެވެއެވެ.
“ރެޑުވޭވަށް” ނުވައެއް ޖަހާއިރަށް ގަޑި ކިއައިގެން
ފަނަރަ ވިއިރުވެސް މޮޅު ޚިޔާލު ދިން ބާސިލަކަށް ނާދެވެއެވެ. އޭނާ އައިރު ލިނީމެން އެއްޗެހި ބަލަމުންދިޔައެވެ. ހޯދާ ބަލައިގެން ކޮންމެ މީހަކުވެސް އެމީހަކު ބޭނުންވާ އެތި ގަތުނެވެ. މިއުޅޭ އަންހެންވެރިންނަށް އަދި ބަންދުނުކޮށް ކަމަކު ނުދިޔައެވެ. ލީނިޔާ ނެގީ ތަށި ސެޓެކެވެ. މިލީހަމް ނެގީ ތެލި ސެޓެކެވެ. އެ ބާސިލް ނެގީ ފިހިގަނޑަކާއި ކުނި ނަގައި އެއްޗެކެވެ. މަޝްވަރާތެރޭ އެހެން ބުނެވުނީތީ ދެރަނުވާން ވެގެންނެވެ. ޚުބާބު ވަރަށް އެއްޗެހީގައި އަތް އުނގުޅުމަށް ފަހު ނެނގީ އެނދުގައި އަޅުވައި ކަވަރު ސެޓެކެވެ.
ބަޒާރުކޮށް ހަދައިގެން ދިޔައީ ޔޫގޯ ބޯށެވެ. ޖެލީއިން ޖޫގޯ އާއި ޕިއްޒާ ގަނެގެން ދިޔައީ ހުރިހާ ކުދިންތައް ސާއިލްމެން ގެއަށެވެ. ނުބުނެ އައުމުން ސާއިލް ހުރީ ހައިރާންވެފައެވެ.
” ސާއިލް : ބުނެވެސް ނުލާ އޭ ތި އައީ ” ބާސިލް ރައްދު ޖަވާބު އެރުވިއެވެ.
” ބާސިލް : އަޅެ ގަޑި އެއް ގަޑިއެއް އޮވޭތަ އަންނަށް އަންނަ ހޮނިހިރުގައި ފުރަންވީ އޭ މީ ބުދަ މިހާރު މަޖާކޮށްލެވޭނީވެސް މިހެންދޯ ކައިވެނިކުރިމާ ނުވާނެ ވަގުތެއްވެސް މި ކަހަލަ ކަންކަމުގައި”
އެބުނީވެސް މުޅިއަކުން ދޮގެއް ނޫންކަމަށް ހުރިހާ ކުދިން ހެކިވިއެވެ.
ޕިއްޒާ ކަމުން ޖޫގޯ ބޮމުން އެކި ޒާތް ޒާތުގެ ވާހަަކަތައް ދައްކަމުންދިޔައެވެ. ތަފާތު ނަސޭހަތް ދެމުން މަޖާ ވާހަކަތައް ކިޔައިދީ ހެދިއެވެ.
” ލީނިޔާ : އުޅޭ ރަހަތަފާތު ކޮށްލަން ލަވަ ބާޒީ ކުޅެން ” އެންމެން އެކަމާއި އެބަސްވެ ފެށުމަށް ސާއިލަށް ފުރުސަތު ދިނެވެ.
“ބާސިލް : އޭ އިއްލެ ފަށާ ހ އަކުން” މޫނު އަނބުރާލަމުން ސާއިލް ލަވަފެށިއެވެ. ލަވައިގެ ކޮންމެ ކަޑިއެއް ބުނެދެމުންދިޔައެވެ. އާއެކެވެ. މިލީގެ ލޯތްބަށް ޚުބާބް ފެންބޮވައިގެންފައި ހުރިވަރު ހާމަވަމުންދިޔައެވެ.
” ހިތްވެސް ދެން ފިސާރި މޮޔައޭ
މިހިތް ހަމަ ބޭނުމީ ކަލާއޭ
ދޭށޭ ލޯބިވާނެ ހިތްވަރު
އަހަރެން އިންތިޒާރުކުރަމޭ”
މީމަކުން އިއްލެ އޭނާގެ ލަވަ ނިންމާލީ ހަމަ ގަސްތުގައެވެ. ބާސިލްއަށް ލަނޑެއް ދެވޭތޯއެވެ. އެހެނަސް ހީކުރެވުނު ގޮތާ ޚިލާފަށް ބާސީ މާ ގަދައެވެ. ނިންމިއިރު ފަށައިފިއެވެ.
” މާ ކުރިން އެގުނޭ ތީއީ ލޯބިދޭ ހިތެކޭ
މިކަން ނާއްގާއި ހުރީމޭ
މީ ކުށެއްބާއޭ މި ސުވާލުކޮށްލަންހޭ
ޖަވާބަށް އެދި ހުރީމޭ”
އިއްތިފާޤަކުން ވިޔަސް ބާސިލަށް ކިޔުނީ މިލީހަމްއަށް އެންމެ ރީތި ލަވައެވެ. ނިދުމުގެ ކުރިން ކޮންމެ ރެއަކު މިލީ އެ ލަވަ އަޑުއަހާލައެވެ. އެއީ އޭނައަށް އެތައް ގޮތަކުން ވަރަށް ޚާއްސަ ލަވައެކެވެ. ވިޑިއޯގައި ފެނިގެންދާ އަންހެން މޫނަކީ އޭނާ އެންމެ ތާއިދުކުރާ ފިލްމީތަރިއެވެ. ކުޑައިރުން ފެށިގެންވެސް މެއެވެ.
“ޙުބާބް : އޭ ދެން ޖެހޭނީ ސީނުން ކިޔަން ލޯބިވެެރިޔާ ނިންމީމާލީމަ ލޯބިވާ ދޯ ކިޔަންޖެހޭނީ ” ބާސިލް ކިޔާ ނިމުމުން ދެން ކިޔަން ޖެހޭނީ ލީނިޔާ ކަމުގައި ޚުބާބް އިއްވާލިއެވެ.
” ސާއިލް : އާ ފިރިކަލުން ކީމާ ދެން އަނބިކަނބަލުން ދޯ ކިޔަންވާނީ” ހެވިފައި އިއްލެވެސް ދިމާކޮށްލިއެވެ. މި އަޑުތައް އަހާފައި މިލީހަމްގެ ހިތުގައި ރިއްސާލިއެވެ. ސުމާރެއްނެތި ވެވެމުން މިދާ ލޯބީގެ އަސަރުތައް ބާސިލަށް ނުފެންނަނީހެވެ. ނޫނީ ޤަބޫލުކުރަން ބޭނުން ނުވަނީހެވެ. ޚިޔާލުން މިލީ ނެރެދިނީ ލިނީގެ ޖާދޫވީ އަޑެވެ. ޖަޒުބާތުން ފުރިފައިވި ރާގެކެވެ. މަޑުމައިތިރިވެފައި މަޑުމޮޅި އަޑެކެވެ.
” ސަބަބު ބުނާށެ ލޯބި ނުވަނީހޭ
ސަބަބު ބުނާށެ ލޯބި ނުވަނީހޭ
އާވެދައި މި ހަނދާނުން
ވޭނީ އިންތިޒާރެއްގައި”
ބާސިލް ލޯބިވަމުން ދާ ކަމާމެދު ލިނީއަށް މިހާރު ޝައްކެވެ. ލިނީއަށް ނުދޭ އެތައް ހާސް ސަމާލުކަމެއް މިލީހަމްއަށް ދެމުން ދާކަމަށް ފާހަގަވާތީއެވެ. މިވީ ކުޑަ ދުވަސްކޮޅު ތެރޭވެސް ކޫސަނި އެތައް ކަމަކާއި މައްސަލަ ޖެހިއްޖެއެވެ. މިއީ އެއްގޮތަކަށްވެސް ވާން އެދޭ ގޮތެއް ނޫނެވެ.
އަލިފުން ލިނީ ނިންމާލުމުން އިސްދަށައް ޖަހައިލަމުން ވައްކަޅިން މިލީ އަށް ބަލާލަމުން ޚުބާބް ފެށިއެވެ. ކޮންމެ ލަފުޒެއް އޭނާ ބަރުތީލަކުރަމުން ދިޔައީ މިލީހަމްއަށެވެ. ވަމުން އަންނަށް ލޯބީގެ ހައްޤުގައެވެ. މި ލޯބި ހާސިލްވާނެކަމުގެ ޔަޤީންކަމެއްވެސް ނެތެވެ. ހިތާ ހިތާ ކިޔަމުން ދިޔައެވެ.
” އާދެޔޭ ލޯބީގައި އުފަލުން ރޮވޭތަން
އަނިޔާގެ ތީރުން ދެހިތައި މޭ ޒަޚަމުވާތަން
އާދެޔޭ ލޯބީގައި އުފަލުން ރޮވޭތަން
އަނިޔާގެ ތީރުން ދެހިތައި މޭ ޒަޚަމުވާތަން
އުފަލާއި އަރާމުން ވީ މަޚުރޫމުވާންހޭ
ލޯބިވާ އަހާށޭ އޭ ޖަވާބުދޭށޭ”
އެ ލަވައިގައި ބުނަމުންދެއެވެ. ލޯބީގައި އުފަލުން ރޮވޭތަން އަންނާނެއެވެ. އަދިހަމައެޔާއެކު އަނިޔާގެ ތީރުން ދެހިތައި މޭ ޒަޚަމްވާތަން ވެސް އަންނާނެއެވެ. ޖަވާބު އެދި ސުވާލެއްވެސް ލޯބިވާ އާއި އަހައެވައެވެ. އުފަލާ އަރާމުންވީ މަޚުރޫމުވާން ހެއްޔެވެ؟
ށަވިޔަނިން ފަހު ހުށައެޅުން ނިންމާލުމުން މިލީއަށް އެންގީ ޚުބާބް ނިންމި ހިސާބުން ފަހުބައި ކިޔާށެވެ. އެއްވެސް ޝަކުވާއަކާއި ނުލައި މިލީހަމް ފެށިއެވެ.
” ލޯބިވާ ޒުވާނާއާއި ދުރުގައި ވެވޭހޭ
ލޯބިވާ އަހާށޭ އޭ ޖަވާބު ދޭށޭ
އޭ ޖަވާބު ދޭށޭ…”
އެ ރާގުން ކޮންމެ ހިތަކަށްމެ އަސަރުކުރުވާނެވެ. މިލީގެ ލަވަ ނިމުމުން ގަޑި ބަލާލިއިރު ކަމަކު ދާކަށް ނެތެވެ. އެގާރަ ޖަހައި ބޮޑުވެގެން ގޮއްސިއެވެ. މަޖާކުރުން ނިންމާލާފައި ބާއްޖަވެރި ރޭގަނޑަކަށް އެދިފައި އެ މީހަކު އެމީހެއްގެ ގެއަށް ދާން ނައްޓާލިއެވެ.
ވިއްސާރަ ދުވަހަކަށްފަހު މޫސުން ރީތި ހުކުރު ދުވަހަކަށް އަލިވިއެވެ. މި ވޭތުވެދިޔަ ދުވަހު ހެނދުނު ވެހެންފެށި ވާރޭ ހުއްޓާލީ ދަންވަރު ތިނެއްވެސް ޖެހި ފަހުންނެވެ.
ދަބަސް ތައްޔާރު ކުރުމުގައި ބާސިލްގެ މަންމަ އާއި ދޮންތަ އުޅުނީ އަވަދިނެތިއެވެ. ތަނަކަށް ދަންޔާއި ލައްކަ އެއްޗެހި އޭނާ ގެންދާނެއެވެ. އެންމެ ދުވަހަކަށް ދިޔަޔަސްމެއެވެ. މީ ޚުބާބްގެ ކަށީގައި ހިފާފައި ހުރި އާދައެކެވެ.
” މަންމަ ސިހުމާ : ވިއްސާރަ ދުވަސްވަރެއް ވީމާ ކޮންމެ ފަދަ ގޮތެއްވެސް ވެދާނެތީ މަންމަ ބިރުގަންނަނީ ” ހާސްވެފައި ވާވަރު މަންމަ އިއްވާލިއެވެ. އެއީވުން ހަމަ އެކަށޭނަކަމެކެވެ. ވައި ބާރުވިޔަސް ނިމުނީއެވެ. މާތް ﷲއަށް އެއްވެސް ކަމެއް ބޮޑެއް ނުވާނެއެވެ. އެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާންގެއެވެ.
ގޭގެ އެންމެންނާއިއެކު އެއް ސުފުރާ މަތިން ކައިގެން ޚުބާބް ވަދުނީ ނިދާށެވެ. ފަތިހު ހޭލަން ޖެހޭތީއެވެ. އަނެއްކޮޅުން ހެނދުނު ހައެއް ޖަހާއިރަށް ފުރަންވެސް އޮތީ ކިޔާފައެވެ. ނުނިދި ހުރެއްޖެނަމަ ދަތުރުކުރާއިރު ދަތިވާނެއެވެ.
ފަތިސްނަމާދުކޮށްގެން ގެއަށް އައިރު މަންމަ ސައިހަދައި ނިންމަނީއެވެ. ރަނގަޅަށް ސައިބޮއެގެން އަވަހަށް ތައްޔާރުވާން ދިޔައީމެވެ.
ދަތުރުދާން ތައްޔާރުވެގެން ހުރިހާ ކުދިންނަށް ފެރީ ދަށަށް އާދެވުނު އިރު ހައެއް ޖަހަނީއެވެ. އެންމެންގެ ސަމާލުކަން ގޮސް ހުއްޓުނީ މީލީހަމްއަށެވެ. މަޑު ރީނދޫ ކުލައިގެ ކޮކާލެއް ހެއްޔެވެ؟ މިލީގެ ރާޅު ބާނީ އިސްތަށިގަނޑުގެ މެދުގައި ޖަހާފައިވާ ހުޅި ފަރުދާވެފައި ވަނީ ބުރުގަލުންނެވެ. ހާމަ އަށް ފެނަން ހުރި ނަމަ މި އިސްތަށިގަނޑުން ފިރިހެން ވެރިން މޮޔަވީހެވެ. މިކަމަކާ ލީނިޔާ ހުރީ އަލިފާން ކަނި ބުރަބުރައެވެ. އޭނާ އެތާ އެތައް އިރަކު ހުރި އިރުވެސް ބާސިލްވެސް ރީއްޗޭ ބުނެ ނުލައެވެ. ފުރަން ފަނަރަ ސިކުންތުގައި އެތަނަށް އާދެވުނު މީހަކަށް އެންމެންގެ ނަޒަރު ސީދާވާން ޖެހޭހެއްޔެވެ؟ ކުރީގެ ކަޑަ ހަރުވާޅު ހެދުމުގައި ހުރި މިލީ އަށް ވުރެ ޒަމާނީ ކުރު ޓޯޕާ ބާރު ޖިންސުގައި ހުރި ލިނީ ފަރިވެފައި ޖާލުކަމަށް ހުދު އޭނާ އެއްބަސްވެއެވެ. އެހެނަސް ތަފާތު ފަރިކަމެއް މިލީހަމްގެ ހުރިކަމަށް ލިނީގެ ޒަމީރުވެސް ޤަބޫލުކުރެއެވެ. ބާސިލްގެ ދުލުން މީލީހަމްއަށް ތަޢުރީފުގެ ބަސްތައް އުއްސާލިއެވެ.
” ބާސިލް: މިލީ ރީތިކަން ހީވަނީ މަޑު ރީނދޫ ކުލައިގެ ތާޒާ ފިނިފެން މަލެއް ހެން ތި ހެދުން ވަރަށް ގުޅޭ ރީތި”
ލީނިޔާގެ ދަރުއަޅާ ރޯ ކުރަމުން ދިޔަ އަލިފާންގަނޑުގައި ހުޅުހިފާ ހަސަދައިން ބަރާވާން ނެގީ މަދު ސިކުންތު ކޮޅެކެވެ.
ގަން އިންޓަނޭޝަނަލް އެއަރޕޯރޓުގައި ބޯޓު ޖެއްސުމާއެކު ލަސްކުރުމެއް ނެތި ފައިބާން ތައްޔާރުވިއެވެ . ހުރިހާ ކަމެއް ނިމިގެން ނިކުމެވުނު އިރު ވޭނެއް އޮތީ ފޮނުވާފައެވެ.
އައްޑޫސިޓީ ހިތަދުއަށް ދާން ނައްޓާލެވުނު އިރު ބަރާބަރު ބާރަ ޖެހީއެވެ. އެއަރޕޯޓުން ތިބޭ ގެއަށް ދެވުނު އިރު އެއްގަނޑި ފަނާރަވެގެން ގޮސްފިއެވެ.
ގެއަށް ދުރުވާ ސާއިލްގެ އެކުވެރިންނަން ގެ އޮތީ ވަރަށް ތައްޔާރުކޮށްފައިވައެވެ. ބޮޑު ދިގު މޭޒެއް ކޮޅާ ކޮޅު ނުފެއްނަ ވަރަށް ކާތަކެތި ހުރީ އަތުރާފައެވެ. ދިވެހި ކުކުޅާއި ގެރި ބަތާ ދިވެހި ކެއުންވެސް ހުއްޓެވެ. ވަރަށް ރަނގަޅަށް ހުރިހާ ކުދިންވެސް ކެއެވެ. ދިގު ދަތުރެއް ކޮށްފައި އަންނަން އިރު ފުދޭ ވަރަށް ބަނޑުހައިވެސް ވާނެތާއެވެ.
ހަތަރު ފަންގިފިލާގެ ބޮޑު ގެއެކެވެ. އަހަރުމެންނަށް ކޮޓަރި ހަމަޖައްސާފައި ހުރީ ހަތަރުވަނަ ބައިންނެވެ. ގޭގެ އެންމެ މަތީ ފަންގިފިލާ އިންނެވެ.
ސިޑީގެ ހަރުފަތްތައް ގިރާކޮށް ހުރިހާ ކުދިން މަތީ ބަޔަށް އެރިއެވެ. އެންމެ ފުރަތަމަ ކޮޓަރިއަށް ވަނީ ދެ އަންހެން ކުދިންނެވެ. އެއީ ޖާގަ ތަނަވަސް ބޮޑު ކޮޓަރިއެކެވެ. މަޑު ފެހިކުލައިގެ ފާރުތަކުން ކޮޓަރިއަށް ދިރުން ގެނެސްދެމުންދެއެވެ. ހަތަރުބައިގެ ބޮޑު އަލާމިރެއެވެ. ދިގު ގޮޅި ރީތިވާ މޭޒެވެ. ހުސް ފެހި ކުލައިގެ ފަރުނީޗަށެވެ. ކޮޓަރީގެ މެދުގައި ހުރި ކިންގު ސައިޒު އެނދުގައިވެސް ހުރީ ފެހި ކުލައިގެ އެއްޗެއްސެވެ. ފެހި ބާލީހު އުރައެވެ. ބެޑުސީޓެވެ. ކައްނެއޮ އުރައެވެ. “ކުއިލްޓް” ކަވަރެވެ. ހިތްފަސޭހަ ރީތި ކޮޓަރިއެކެވެ.
ފިރިހެން ކުދިން ވަދުނީ ފަރާއި އިންވެގެން ކަނާއަތް ފަޅީގައި ހުރި ކޮޓަރިއަށެވެ. އެވެސް ހަމަ ފެހި ކުލައިން ނަލަކޮށްފައި ހުރި ކޮޓަރިއެކެވެ. މިގޭ މީހުންނަކީ ފެއްސަށް ލޯބިކުރާ ބަޔަކު ކަން ހާމަވަމުން ދިޔައެވެ. ދޮރުތަކުގައިވެސް ހުރީ ފެއްސެވެ.
ފެންވަރައި ހަދައިގެން ނަމާދުކޮށްގެން އެނދުގައި ޖައްސާލުމާއެކު ލިނީއަށް ނިދިއްޖެއެވެ. ނިދޭ ގޮތް ނުވީ މިލީއަށެވެ. އެހެން ކޮޓަރީގައި ނީދެވިގެން “ބެލްކަންޔަށް” ނިކުމެވުނު އިރު ނަސީބު ވަރަށް ރަނގަޅެވެ. ޚުބާބުވެސް އިނެވެ. ލަސް ފިޔަވަޅުތަކުގައި ގޮސް އެތާ މަޑުކޮއްލީމެވެ. ޚުބާބަށް ހިލަމެއްވެސް ނުވިއެވެ. އެއަށްވުރެ ބޮޑަށް މީހާ އިނީ އެހެން ކަމަކަށް ގެއްލިފައެވެ. މަޑުމަޑުން މިލީހަމް ގޮވާލިއެވެ.
“މިލީހަމް : ޚުބާބް ” އެ އަޑު އަހާފައި ވީގޮތެއްވެސް ނޭނގެއެވެ. މީހާ ދިޔައީ ސިހުނު ވަރުން އެއްލިގެންނެވެ.
“މިލީހަމް : ހާދަ އެކަނިވެފައި ކޮބާ އިއްލެމެން” ޖަވާބު ދެމުން ޚުބާބް ބުުންޏެވެ. އެ މީހުން ކޮފީއަކަށް ގޮހެވެ. އޭނާ ކައިރީވެސް ދަމުން ދިޔައީ ބުނެފައެވެ. ދާ ހިތް ނެތުމުން މަޑުކޮށްލީއެވެ. އެހެންހޭ އަހާފައި މިލީހަމް އަނެއްކާވެސް ވާހަަކަ ފެށިއެވެ.
އައްޑޫ ދަތުރުގައި ބޮޑު ވާހަަކަ އެއް ބުނާނެ ވާހަކަ އޮތީ މިލީހަމް ބުނެފައެވެ. މިއަދު އެބުނީ ބޮޑު ކަމަކު އެދޭ ވާހަކައެވެ.
“މިލީހަމް : ވަރަށް ހިތްހަމަޖެހޭ މާހައުލެއްގައި މިތިބީ އެއްވެސް މީހެއްގެ އުނދަގުލެއް ނުވާތާކު މިތިބީ އެ ވާހަކަ ބުނަށް މީ އެންމެ ރަނގަޅު ވަގުތު ކައްނެއް މި ކަން ކޮށްދޭނެ ކަމަށް ވަރަށް އުންމީދުކުރަން”
ޚުބާބްގެ ކިބައިން މިލީ އެދެން މިއުޅެނީ ކޮން ކަމެއްބާއެވެ. ބުނަށް އެއުޅެނީ ކިހާ ބުރަ ދަނެއްގެ އެކުލެވޭ ވާހަކައެއް ބާއެވެ. އެދުލުން މިވަގުތު އިވިގެންދާ ބަހަކުން ޖުމްލައަކުން ޚުބާބްގެ ހިތް ހަލާކު ވެގެން ގޮސްދާނެ ހެއްޔެވެ؟ އެހެން ވެއްޖެއްނަމަ ދެން ކަންތައްތައް ވެގެން ދާނީ ކިހިނެއްބާއެވެ؟
ނުނިމޭ 🥀🥰❤️😊🫶
بِسْــــــــــــــــــمِ اﷲِالرَّحْمَنِ اارَّحِيم
السلام عليكم ورحمة الله وبركاته
(ކިޔުންތެރިންގެ ސަމާލުކަމަށް) އާއެކޭ ލޯބިވޭގެ ނުވަނަބައި ނުގެނެސްދެވި ދިގު މުއްދަތެއް ހޭދަވެގެން ގޮސްފައިވާތީ ކިޔުންތެރިންގެ ކިބައިން ނިޚާޔަތަށް މާފަށް އެދެވެ. މާތް ﷲ ގެ ތަނަވަސް ރަޚުމަތާއެކު ދެން ލަސްތަކެއްނުވެ މި ވާހަކަ ކިޔާލަން ލިބެމުން ދާނެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.






Vrh reethi
Thank you (shynyx inax) 🫶🥰
Heyyyygurl haadha reethi ey mi vhk Masha Allah 😍 🥰 best of best author 😘
Thank you ( Eelam..) 🥰🥀
Vrh ufaa vehjjeh asluvess 😍🫶
Mi vaahaka vx vrh reethi
Thank you (shala) 🫶🥰
baasil is the problem here cuz why is he not complimenting his gf but other girls in front of his gf so i get why leeniya might feel jealous towards milee and l dont think hes even into leeniya anymore and hes just wasting her time and milee should also find a better guy to fall in love honestly hubaab way better
Thank you (Anonymaous) 🫶🥰
Leeniya and baasil in breakup area
Hubaab is a better man for milee but she never think about him 😔