Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 76

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
June 18, 2026 7 Mins Read
26 Comments

“ނޫން… ސިލްވީ ނޫން.” އަހަރެން ބޯ ހޫރާލަމުން ހަޅޭއްލަވައިގަތީމެވެ. އެހެނަސް މަރުގެ ވަގުތު ޖެހުމުން އެކަން ހުއްޓުވޭނީ ފަހެ ކާކަށް ހެއްޔެވެ؟ ރޮމުން ސިލްވިޔާ އަށް ޝަހާދަތް ލައިދެމުން ދިޔަ އިރު އަހަރެން ދިޔައީ ތުރުތުރު އަޅަމުންނެވެ. އެއާއިކު ސިލްވިޔާގެ ދެލޯ މެރުނެވެ. ވިންދު ކެނޑުނެވެ. ނޭވާ ހުއްޓުނެވެ. އަހަރެންނަށް ވޭނީ އަޑަކުން ސިލްވިޔާ އޭ ކިޔާ ޙަޅޭއްލަވައިގަނެވުނެވެ. އަލިފާނުގެ ހޫނުކަން ފެތުރޭން ފެށުމުން ހަމަ ހޭވެރިކަން ލިބުނު ފަދައެވެ. އެ އަތުގައި އޮތް ކެވެލި ނެގުމަށް ފަހު ޖީބު ތެރެއަށް ކޮށްޕާލީމެވެ. އެއަށްފަހު އަހަރެން ސިލްވިޔާ ދޫކޮށްލައިފައި ތެދުވީ ހިތާއި ދެކޮޅަށެވެ. މޭޒުމަތީގައި ހުރި ވަށިގަނޑު ތެރޭ ހައުލީ ފުން ނިންޖެއްގައި އޮތެވެ. އެކުއްޖާ އަށް ޓަކައި ހިތްވަރު ކުރަން ޖެހޭނެ ކަން އިޙުސާސްވުމުން އެއްފަރާތުގައި ހުރި އަލަމާރި ކައިރިއަށް ދިޔައީމެވެ.

އެ ދަގަނޑު އަލަމާރި ހުޅުވާފައި އޭގައި ހުރިނަމަހާ އެއްޗެއް ނަގާ ބިންމައްޗަށް އުކާލަމުން އެ ހުސްކޮށްލީމެވެ. އެއަށްފަހު ލެވުނު ބާރެއް ލައިފައި އެ އަލަމާރި ސިލްވިޔާގެ ގާތަށް ގެންގޮސް އެ ފުރާނަނެތް މަސްގަނޑު މައްޗަށް ތިރިކޮށްލީ ވަރަށް ބަލައިގެންނެވެ. އޭރު ހީވަނީ އަހަރެންގެ ނަފްސު އެތައް ހާސް މަރަކުން މަރުވަމުން ދިޔަ ހެންނެވެ. މޭގައި ތޫނު ރިހުމެއް ވީއިރު އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައީ އިންތިހާއަށެވެ. ލޯބިވާ އަނބިމީހާ މި ފަނާވަނިވި ދުނިޔެ އާއި ވަކިވެގެން އެ ދިޔައީ ދެލޯ ކުރިމަތީގައެވެ. އަހަރެންނަށް އޭނާ ސަލާމަތް ކުރަން އެއް ކަމެއް ވެސް ނުކުރެވުނެވެ. ހިސާބަށް ވުރެ އަމިއްލަ މީހާ ބަލިކަށީއެވެ.

އަތުގައި އޮތް ކައިވެނީގެ އަނގޮޓި ބިންމައްޗަށް ވައްޓާލުމަށް ފަހު އަހަރެން ހައުލީގެ ރަން ފަށް ވެސް ނެގީމެވެ. އެއަށްފަހު އެ ކުއްޖާ ނަގާ އުރާލުމަށް ފަހު ސިލްވިޔާ ބުނި މަގުން ބޭރަށް ނުކުތީމެވެ. އަހަރެން ދިޔައީ އޭނާ ނަގަން ބުނި ހެކި ހުރި ރަބަރު ކޮތަޅު ވެސް ހިފައިގެންނެވެ. ފަހު ފަހަރަށް އަހަރެން އެ ގެއާއި ދިމާއަށް ޖަޒުބާތީ ކަޅިއެއް އެއްލީމެވެ.

އެރޭ އެ ތަނުން ފިލައިގެން އަހަރެން ދިޔައީ ހުޅުމާލެ އަށެވެ. ސިލްވިޔާ ހެކި ރައްކާތެރިކުރަން ބޭނުން ކުރި ރަބަރު ކޮތަޅުގައި ހުޅުމާލޭގެ އެޕާޓްމަންޓެއްގެ ތަޅުދަނޑި އޮތެވެ. ދަން ވަގުތަކަށް ވުމުން މަގުމަތީގައި މީހުން ނެތް ކަމީ ނަސީބެކޭ ހިތަށް އެރިއެވެ. ފުލެޓު ނަންބަރު 150 ހޯދައިފައި އަހަރެން އެ އިމާރާތުގެ ތެރެއަށް ވަނީމެވެ. އަލަށް ހަދައިފައި ހުރި ތަނެއް ކަމުން ލިފްޓެއް ހުއްޓެވެ. އެހެނެއް ކަމަކު އެއަށް ނޭރީ އެތެރޭގައި ކެމެރާ ހުންނާނެތީއެވެ. ވަދެގެން ދިޔައިރު އަހަރެން މަސައްކަތް ކުރީ ކެމެރާ އަކަށް ނާރާ ދެވޭތޯއެވެ. ނަސީބަކުން ލިބުނު ޔުނިޓް ހުރީ ސިޑި ގޮޅި ކައިރީގައެވެ.

އެޕާޓްމަންޓު ތެރެއަށް ވަދެފައި އަހަރެން އެކި ފަރާތް ފަރާތަށް ނަޒަރު ހިންގާލީމެވެ. ބެލްކަންޏަކާއި ދެކޮޓަރި ހުއްޓެވެ. ތަނަވަސް ސިޓިންރޫމެކެވެ. ގެއަށް ބޭނުންވާ ހުރިހާ ފަރުނީޗަރުތަކެއް ހަމައަށް ހުއްޓެވެ. މިހާ ވަރަށް ސިލްވިޔާ ތައްޔާރު ވީއިރު ވެސް އަހަރެންނަށް ކަމެއް ރެއަކާ ނުލާ ހުރުމުން އަމިއްލަ ނަފްސަށް މަލާމާތް ކޮށްލެވުނެވެ. އަހަރެން ނިންމީ ސިލްވިޔާ އެހާ މަސައްކަތުން ހޯދި ހެކިތައް ވަންހަނާ ކުރުމަށެވެ. މި ކުއްޖާގެ އައިޑެންޓިޓީ ބަދަލުކޮށްގެން އައު ދިރިއުޅުމެއް ފަށާށެވެ. އެ ނުރައްކާތެރި މީހުންނަށް ގޮންޖަހައިގެން އަމިއްލަ ދަރިފުޅު ނުރައްކަލަކަށް ވައްޓާލާކަށް ބޭނުމެއް ނުވިއެވެ. މިއީ އަހަރެމެން ދެމީހުންގެ ލޯބީގެ ނިޝާނެވެ. މުޅި ދުނިޔެއަށް ވަންހަނާ ވެގެން އުޅެން ޖެހުނަސް އަހަރެން މި ކުއްޖާ ރައްކާތެރިކުރާނަމެވެ. އަހަރެންހެން ބަލިކަށި ކުއްޖެއްގެ ގޮތުގައި ބޮޑެއް ނުކުރާނަމެވެ. އަމިއްލަ ނަފްސު ރައްކާތެރިކުރަން ދަސްކޮށްދޭނަމެވެ. އެއީ ޤައުމުން ބޭރަށް ގޮސްގެން ވިޔަސް ހެވެވެ.

***

“އަދިވެސް ބައްޕަ އަތުގައި އެ ހެކިތައް އެބަހުރި. ވަރަށް ވިސްނައިގެން އުޅެއްޗޭ. ނުރައްކަލެއްގައި ބެދިއްޖެ ނަމަ ކުޑައިރު ދަސްކުރި ޓްރައިނިންގެ ބޭނުން ހިފާތި. އަދި އެ މީހުން ގެންގުޅޭ ޑްރަގްތައް އިންޖެކްޓް ކުރިޔަކަ ނުދޭތި. ވަޅީގެ ހަމަލާ ވެސް އެއަށް ވުރެ ރައްކާތެރިވާނެ. އެންމެ ފަހު ވަގުތާއި ހަމައަށް ދަރިފުޅުގެ އަސްލު ވަންހަނާ ކުރާތި.” ޢަބްދުއްރަޙްމާން ބުނެލިއެވެ. ސުމައްޔާ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލީއެވެ. އޭރު ރުއިމުގެ ސަބަބުން ސުމައްޔާ މޫނު ރަތްވެފައި ވިއެވެ.

ޢަބްދުއްރަޙްމާންގެ ފަހަތުން އެ ކޮޓަރިއަށް ދިޔަ ސުމައްޔާގެ ހިތް އަވަސްވެފައިވިއެވެ. ޢަބްދުއްރަޙްމާން އަލަމާރި ތެރެއިން ވަކި ކަބަޑެއް ހުޅުވާލިއެވެ. އެއިން ނެގީ ވަރަށް ބާވެފައިވީ ރަބަރު ކޮތަޅެކެވެ. އެތެރޭގައި ދެ ޕެން ޑްރައިވަކާއި ކަރުދާސްތަކެއް ހުއްޓެވެ. އޭގައި ވަނީ ސަގަރޭ އަހުމަދާއި އެކު ހަދައިފައިވާ އެއްބަސްވުން ތަކެކެވެ. ޑްރަގް ވިޔަފާރި ފެށުމަށް ބޭނުންވާ ފައިސާ ހޯދުމަށް ނަން މަޝްހޫރު ވިޔަފާރިތައް އިނދަ ޖައްސާލަން އެހީވާނެ ކަމަށް ބުނެފައެވެ. ބަދަލުގައި ޢަލީ އަހުމަދަށް ބަޔެއް އަޅާ ގޮތަށެވެ.

ސުމައްޔާ އެ އެއްޗެހި ހިފައިގެން ދިޔައީ ކޮޓަރިއަށެވެ. ލެޕު ނަގައިފައި އޭނާ ޕެން ގައި ހުރި އެއްޗެހި ބަލަން ފެށިއެވެ. އޭގައި ގިނައީ އޯޑިޔޯ ރިކޯޑިން ތަކެވެ. ފުރަތަމަ ޕެންގައި ހުރި އެއްޗެހި އަޑުއަހާ މުހިންމު ކަން ކަން ނޯޓު ކުރަމުން ދިޔައީ ވަރަށް ވިސްނުންތެރިކަމާއި އެކުގައެވެ.

“މަރުފަލި ގޭންގް ލީޑަރ ސަގަރޭ. އާރގް ދިސް *** **! ގޭންގް ފުޅާކޮށް މަސްތުވާތަކެތި ވިޔަފާރިކޮށްގެން ފައިދާ ހޯދަން ހުރަސް އަޅާ ކޮންމެ މީހަކު މަރާލައިފި. އަމިއްލަ ކޮއްކޮ ވެސް ދުލެއް ނުކޮށްލި. ބުއްދިނެތް ޖަނަވާރެއް ވެސް މިއަށް ވުރެ ރަނގަޅު ވާނެ. ރަޙުމް ކުލުނޭ ކިޔުނު ސިފަ އެއްވެސް ވަރަކަށް ނެތް. ސަހާދެއް މި ކުރި. މީނާގެ އަނިޔާވެރިކަން އެނގޭ ވަރަކަށް ފުލުހުންނަށް މި ގޮލާ ދޫކޮށްލަން އަހަރެންގެ ހިތް ނުރުހޭ. ހަމަ އަހަރެންގެ އަމިއްލަ އަތުން މަރާލާ ހިތް ވަނީ. އޮރިންޑިއޯގެ ތިން ޝޮޓް ދީފަ ސާޅީސް ފަހަރު ގަޔަށް ވަޅި ހަރާފަ މުޅި މީހާ ކޮށާ ކުދިކޮށްލެވޭނެ ނަމަ. އޭނާ އަށް އެއީ ކިހާ ވޭންދެނިވި ކަމެއްކަން އިހުސާސް ކޮށްދެވޭނެނަމަ. ކޯޓުން މި ނުލަފާ އިންސާނާ އަށް މަރުގެ ޙުކުމެއް ނުކުރިއްޔާ މަށަށް މައިތިރި ވެގެން ހުންނަން އުނދަގޫ ވާނެ. މީނާ މަރައިފައި ތިބި މީހުންގެ އަދަދު ސާޅީހުން މައްޗަށް ދޭއެބަ ވިއްޔާ.” ސުމައްޔާ ދެއަތް މުއްކަވާލަމުން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ.

ސުމައްޔާ ދެވަނަ ޕެންގައި ހުރި އެއްޗެހި އަޑުއަހަން ފެށީ އިރުކޮޅެއް ފަހުންނެވެ. އެއިން އިވެމުން ދިޔަ ވާހަކަތަކުން ސުމައްޔާގެ ދެލޮލަށް ތާޒާ ކަރުނަ ޖަމާވަމުން ދިޔައެވެ. މަންމަ ނިޔާވީ ދުވަހު ލެވި ހަޅޭކާއި ވޭނީ އާދޭސްތައް އިވޭ ކޮންމެ ފަހަރަކު ސުމައްޔާގެ ހިތަށް އެތައް ހަންޖަރެއް ހަރާލާ ކަހަލައެވެ. ބިރު ކަނޑާލައިފައި ސަގަރޭ އާއި ކުރިމަތިލާން ސިލްވިޔާ ހާދަ ހިތްވަރުގަދައެވެ. ވެދާނެ ގެއްލުންތައް ވެސް ލަފާކޮށް ބަދަލުގައި ބުއްދިވެރި ފިޔަވަޅުތައް އަޅައިފައި ހުރުމުން މަންމަގެ ކުޅަދާނަކަމާއި ވިސްނުން ތޫނުކަން އެނގިގެން ދެއެވެ. ދެރައީ އަމިއްލަ ނަފްސަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވާން މަސައްކަތް ކޮށްފައި ނެތުމުންނެވެ. އެއަށްވުރެ އޭނާ އާއި ބައްޕަ ސަލާމަތް ކުރަން ފިޔަވަޅު އަޅައިފައި ވުމެވެ.

އެ ހުރިހާ އެއްޗެއް އަޑު އެހުމަށް ފަހު ސުމައްޔާ ގޮނޑިން ތެދުވެއްޖެއެވެ. އައިސްފައިވާ ރުޅިން މުޅި މީހާ ދިޔައީ ތުރުތުރު އަޅަމުންނެވެ. ގަދަޔަށް ރުއިމުގެ ސަބަބުން ދެ ލޮލަށް ރަތް ލޭ ކުލަ އަރައިފައި ވިއެވެ. ހިނގާލައިފައި ގޮސް އޭނާ ހުއްޓުނީ ސަގަރޭ އަށް ޚާއްސަކޮށްގެން ހަދައިފައިވާ ސިއްރު ބޯޑު ކުރިމަތީގައެވެ. ފުން ނޭވާތަކެއް ލަމުން އޭގައި އިން ސަގަރޭގެ ފޮޓޯ އަށް ކަތުރު ހަރަމުން ދިޔައީ އޭނާގެ ރުޅިގަނޑު ހިންދާލެވޭތޯއެވެ. މިވަގުތު ސަގަރޭ އޭނާ އާއި ކުރިމަތިލައިފިނަމަ ސުމައްޔާގެ އަތުން އެ ނުލަފާ މީހާ މަރުވެގެން ދިއުމަކީ ވެސް ދާދި ގާތުގައިވާ ކަމެކެވެ.

ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެވެ. އަރީން ޒަވިއަނާއި އެކު ދިޔައީ ދޫނިދޫ އަށެވެ. ބައްދަލު ކުރަން އައި ފަރާތާއި ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމުން އަރީން ލަސްނުކޮށް އެ ބަޔަށް ވަނެވެ. ޒަވިއަން އެކުގައި އެތެރެއަށް ވަތް އިރު ވެސް ހުރީ ވާނުވާއެއްގައެވެ. އަރީން ގޮވައިގެން އެހާ ވަރަކުން މި ތަނަށް އައީ މިއަދު އިރު އެރީއްސުރެ މި ކަމަށް ދަމާ ވަރުންނެވެ. އަރީންގެ އެދުމަށް ލީވާން ލައްވާ އެ ބައްދަލު ކުރާ ރޫމުގެ ކެމެރާ ކްރޭޝް ކުރީ މި ތަނުގަ ދައްކާ ވާހަކަ އެހެން މީހެއްގެ ކަންފަތަށް ފޯރިޔަކަ ނުދޭށެވެ.

“އަނެއްކާ މިއަދު ވެސް އެ ނުލަފާ ފިރިހެނާ މަ ކޮބާތޯ ބަލަން މީހަކު ފޮނުވީތަ؟ ސަހާދެއް މި ކުރި. މި ތަނުގަ އޮތަސް އެ އަމީރެއްގެ ކިބައިން ސަލާމަތެއް ނުވެވޭ.” އައްފާނުއަށް ޖަލު ބަލަހައްޓާ މީހާ ގޮވާލައިފައި ދެއްކި ވާހަކައަކުން އޭނާގެ މުޅި މޫޑު ޚަރާބުވިއެވެ. މޯޅިވެފައިވާ މަލެއްހެން ދެކޮޅަށް ކިރެމުން ކަހަލަ ގޮތަކަށް އޭނާ އެ މީހާގެ ފަހަތުން ދިޔައެވެ.

ބައްދަލު ކުރާ ބައިގެ ތެރެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު އައްފާނުގެ މޫނުމަތީގައިވީ ކުލަވަރު ބަދަލުވެ ހަށިގަނޑު ސީދާކޮށްލައިފިއެވެ. ފުޅާ ހިނިތުންވުމަކާއި އެކު ގޮސް އޭނާ ގޮނޑީގައި އިށީނދެއްޖެއެވެ.

“އޯހް މައި. އަރީންތަ؟ ހާދަ ދުވަހެއް ފަހުންނޭ ޒިޔާރަތެއް ތިޔަ ކޮށްލީ. ރަނގަޅުތަ؟ އަޑުއެހިން މި ދޭތެރޭ އެކްސިޑެންޓެއް ވެގެން އުޅުނު ވާހަކަ.” އައްފާނު ފޯރީގައި ވާހަކަ ދައްކަން ފެށިއެވެ. މި ނުދަންނަ ފިރިހެން ކުއްޖާ އަރީނާއި އެހާ ގާތް ގޮތަކަށް ވާހަކަ ދެއްކުމުން ޒަވިއަނަށް މޫނު ކުނިކޮށްލެވުނެވެ. “އަލްޙަމްދުލިއްލާހި ރަނގަޅު. އައްފާނުއޯ. ޖަލުގައި ބަސްއަހައިގެންތަ އުޅެނީ.” އަރީން ބުނެލިއެވެ. “ޔަޤީނެއްނު. އަހަރެން ހަނދާނުގައި އެބަހުއްޓޭ އަރީންގެ ނަސޭހަތް. އޭނީ ކާކުތަ. މަށަށް އެހާ ވަރަށް ލޯ އަޅަނީ ކީއްވެގެންތަ؟ ހީވަނީ ދެންމެ ދެންމެ ވެސް މި ބިއް ފަޅާލައިފައި އަހަރެންގެ ގަޔަށް އަރައިފާނެހެން.” އައްފާނު ޒަވިއަނަށް ފާޑަކަށް ބަލައިލަމުން ބުނެލިއެވެ.

“މިއީ ޒަވިއަން. އަހަރެން ފިރިމީހާ. ޒެވް ދެން ތިޔަހެން އެ ކުއްޖާއަށް ނުބަލަބަލަ. ހީވަނީ ދެލޮލުން އެ ސޮރު ފަކީރު ފިއްސާލަފާނެހެން.” އަރީން ޒަވިއަންގެ އަތަށް ދަމާލަމުން ބުނެލިއެވެ. “ކަޅި އަޅާނެއްނު. ޖަލުގައި ހުރި ނުވެސް ދަންނަ ފިރިހެނަކު ރީނާއި މާ ގާތް ވެގެން ވާހަކަދައްކަން އުޅެންޏާ.” ޒަވިއަން ކަޅި އަނބުރާލަމުން ބުނެލިއެވެ. “ބްރޯ ހާދަ ޖޭވީ. މަ ނޫޅެމޭ ބްރޯ އަތުން އަރީން ޖަހައިގަންނާކަށް. އަރީން ކިހިނެއްތަ މިހާ ޕޮސެސިވް މީހަކާ އިނދެގެން ތިޔަ ހިފަހައްޓާލަނީ.” އައްފާނު އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

“ޒެވް ވެސް ދޯ. މިއީ އަހަރެން ރިޕްރެޒެންޓް ކުރި ކްލައިއެންޓެކޭ. އަދި އެ ސޮރަށް އަށާރަ އަހަރު. އެ ވަރު ކުޑަ ކުއްޖެއް ފެނިފައި ތިޔަ ވަރު ނުވަގަ.” އަރީން ޒަވިއަނާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލިއެވެ. ޒަވިއަން އެހެން ހެއްޔޭ ބުނަމުން ހަމަޖެހިލީ ދެނެވެ. އެއާއެކު އަރީން އޭނާ ދައްކަން އައި ވާހަކަ ފެށިއެވެ.

“ހަމަ އަސްލަށް ވެސް އެ ދުއްޕާންގަނޑަށް އަދަބު ދެނީތަ؟ ޝުކުރިއްޔާ އަރީން. ޝުކުރިއްޔާ. އަހަރެން މިއަދު ވަރަށް އުފާވެއްޖެ. އޭނާއާއި ދެކޮޅަށް އަހަރެން ހޯދި އެއްޗެހި ވެސް ނަގާ. އެ ހުންނާނެ އަހަރެންގެ އެޕާޓްމަންޓުގެ ލޯންޑަރީ ރޫމް ބައިގެ ސީލިންގެ ތެރެއިން ހަދާފަ ހުރި ސިއްރު ކެބިނެޓެއްގަ. އޭނާ އަކަށް ނޭނގޭނެ އެއީ އަހަރެން އުޅޭ ތަނެއް ކަމެއް. އެއަށްވުރެ އަހަރެންގެ ކަންކަމަށް ފަރުވާކުޑަ ***** އެއީ. އެޕާޓްމަންޓު ހުންނާނީ 98ވަނަ ފުލެޓުގެ ދެވަނަ ފްލޯގަ. އެތާގެ ފުރަތަމަ ޔުނިޓް އެއީ. ގުޑްލަކް އިނގޭ. އަރީން މިކަން ކާމިޔާބު ކޮށްދީފިނަމަ އަހަރެން މިތަނުން މިނިވަންވެގެން ކޮންމެވެސް ދުވަހަކުން ބަދަލު ދޭނަން.” އަރީންގެ ވާހަކަތަކުން އައްފާނު އުފާވެފައި ހުރެ ބުނެލިއެވެ.

“އަމީރުގެ ދަރި އޭނާއާއި ދެކޮޅަށް ހުރީމަ މަ އަޖައިބު ވެއްޖެ. އެ ގޮލާ ކީއްވެގެންތަ ޖަލަށް ދިޔައީ.” ޒަވިއަން އޭނާގެ ހިތުގައި އޮތް ސުވާލު ކޮށްލީ އަނބުރާ ހުޅުމާލެ އައުމަށް ފަހުގައެވެ. “އެ ސޮރުގެ މަންމަ މަރާލީ އަމީރުކަން އެނގުނު ދުވަހު ނައްޓާފަ ހުރެގެން ކާރު ފުލު ސްޕީޑުގައި ދުއްވަނިކޮށް އެކްސިޑެންޓެއްވީ. އޭނާގެ ކުށަކުން އެ ފުރާނަ ދުނިޔެއާ ވަކިވެގެން ދިޔައީ. އެހެންވެ ޖަލަށް ދާން ޖެހުނީ. އޭނާ އެ ތަޙުޤީޤަށް އެއްބާރުލުން ދިނީ ވެސް އަހަރެން އެ މަންމަ އަށް އިންސާފު ހޯދުމަށް ޝަރުތުކުރުވާފަ.” އަރީން ކުރު ގޮތަކަށް އެ ވާހަކަ ބުނެލިއެވެ. “އޯހް. އެ ސޮރު ބުނި އެއްޗެހި ނަގަން މަ ދާނަން އިލެވެން އާއި އެކު.” ޒަވިއަން ބުނެލިއެވެ.

ރޭގަނޑު ދިހައެއް ޖެހުމަށް ގުރޫޕްގަނޑު އެއްވީ ޒަވިއަންގެ ކެބިނަށެވެ. އެ ތަނުގައި މިހާރު ފަސޭހައަކަށް ބޮޑު ޑިޖިޓަލް ބޯޑެއް ބަހައްޓައިފައި ހުއްޓެވެ. އޭގައި ވަނީ މުހިންމު މައުލޫމާތުތަކުގެ ޚުލާސާއެކެވެ. އެންމެ ފާހަގަކޮށްލެވޭ ކަންކަން ވަނީ ހައިލައިޓް ކޮށްލެވިފައެވެ.

“އޯލްރައިޓް. ސޫމޯ ފަށާ.” އިޙުސާނު ބުނެލިއެވެ. ސުމައްޔާ ރޭގައި ބައްޕަގެ ފަރާތުން އެނގުނު ކަންތައްގަނޑުގެ ތަފްސީލު ދޭން ފެށިއެވެ. މި ވާހަކަތައް އަހަމުން ދިޔަ ވަރަކަށް އެހެން މީހުން ފެންކަޅިވެގެން ދިޔައެވެ. ސަގަރޭގެ އަނިޔާވެރިކަން ހުރި ދަރަޖަ ވަޒަން ކޮށްލެވުމުން ކޮންމެ މީހެއްގެ ހަށިގަނޑުން ހީބިހިނަގައިގެން ދިޔައެވެ. އެއްބަނޑު އެއްބަފާ ކޮއްކޮ އަށް ނުކުރި ރަޙުމެއް އެހެން މީހަކަށް ކޮށްފާނެ ހެއްޔެވެ؟

ސިލްވިޔާ އެއްކޮށްފައި ހުރި ހެކިތައް މޭޒުމަތީގައި އަތުރާލައިފައި ވިއެވެ. މި އެއްޗެހި ފެނި އެންމެން ވެސް ތިބީ އަޖައިބުވެ އަންތަރީސް ވެފައެވެ. މިއިން ކޮންމެ ލިޔުމަކާއި ފޮޓޯއަކުން ދޭހަކޮށްދެނީ ސިލްވިޔާގެ ހުށިޔާރުކަމާއި މި ހަގީގަތް ހޯދުމަށް އޭނާ ކުރި ބުރަ މަސައްކަތެވެ.

“ސަޅި. މި ހުރިހާ ހެއްކެއް ހުއްޓާ އެމީހުންނަށް މިކަމުން ބޯދަމައިގަތުމަކީ ވާނެ ކަމެއް ނޫން. ކުރެވުނަސް ކުރެވެން އޮތް ކަމަކީ ޤައުމުން ފިލައިގެން ދިއުން.” އިޙުސާނު އަތް ޖަހާލަމުން ބުނެލިއެވެ. “މި މީހުންނަށް ފިލާނެ ފުރުސަތެއް ނުދީ ހައްޔަރު ކުރީމަ ވީނުން. އަހަރެން ކޯޓު އަމުރު ލިބޭނެ ގޮތެއް ބަލާނަން. އެ ލިބުނީމަ އިއްސޭމެންގެ ޓީމުން ގޮސް މި މީހުން ހައްޔަރު ކުރޭ.” ޒަވިއަން ވިސްނާލުމަށް ފަހު ބުނެލިއެވެ. މިއާއި އެކު ލީވާން ފިޔަވައި ތިބި އެންމެން އަނގަ ޗޭ ކޮށްލަމުން ޒަވިއަނަށް ބަލައިލީ ފާޑަކަށެވެ.

“ބްރޯ. ފުރަތަމަ ކަމަކަށް އެ ސަގަރޭގެ އެންމެ މަތީ ރޭންކް ޕަޕެޓްތައް އެއްވާނެ ގޮތެއް ހެދޭނެތަ؟ ދެން ކުރިން ވެސް ބުނެފަ އެއްނު އޮންނާނީ ކޯޓު އަމުރު ލިބެން ވާއިރަށް އެ ސަގަރޭމެންނަށް ޚަބަރު ދާނޭ. ލިބޭ ތަނުން ފްލައިޓަކަށް އަރާފަ ރަށަށް އަލްވަދާޢު ކިޔާފާނެ. އޭރުންނޯ؟” އިޙުސާނު ރައްދުގައި ބުނެލިއެވެ. “ތެދެއް ޒެވް. އެ ކަހަލަ ރިސްކެއް ނެގޭނެތަ؟” އަރީން އިޙުސާނަށް ބާރު ދެމުން ބުނެލިއެވެ.

“ސަގަރޭމެންނަށް އެކަނިތަ ބާރު ހިންގޭނީ. ހަނދާން ނެތުނީތަ އަހަރެން އިލެވެން ލައްވާ އެމީހުން ހާސްކަމެއްގެ ކަނޑަކަށް ގަންބާލި ހަނދާން. އެހެން ބިރުދައްކާލާފަ އެއްޗެއް ފޮނުވާލީމަ ނިމުނީ. ސުމައްޔާ އަތުގައި ހުރި ހެކިތަކުން އެއްޗެއް ބޭނުން ކޮށްލާނީ. އޭރުން އެ ގުރޫޕް ކޮންމެ ގޮތެއް ހަދާފަ ވިޔަސް އެއްވާނެ. ދެން ކޯޓު އަމުރު ދޯ. ހާސްނުވޭ. އަހަރެންނަށް ތިކަން ސިއްރިޔާތުގައި ނިންމާލެވިދާނެ. ކަނެކްޝަންސް ހުރި ބަޔަކީ ހަމަ އެކަނި ސަގަރޭ އާއި ޢަލީ އަހުމަދެއް ނޫނޭ.” ނުރައްކާތެރި ގޮތަކަށް ހީނލަމުން ޒަވިއަން ބުނެލިއެވެ.

“ވާހް. ސަގަރޭމެންގެ ގޮތްތައް މޮޑިފައި ކޮށްލާފަ ދޯ ތި ބޭނުން ކުރަނީ. މިއީ ވެސް އެހެންވީމަ ނުރައްކާތެރި މީހެއް. ތިއިން މީހަކު ނަމަނަމަ ޒެވް އާއި ދެކޮޅަށް ކަމެއް ނުކުރާތި.” ސުމައްޔާ ޒަވިއަނަށް އަވަސް ނަޒަރެއް ދެމުން ބުނެލިއެވެ.

“އަހަރެމެން ގޭގަ ސައުވީސް ގަޑިއިރު ކެމެރާ ބަލަހައްޓާ ބަޔަކު ތިބޭނެ. ސެކިޔުރިޓީ ބަލަހައްޓާން ވަރުގަދަ ޓީމެއް އޮންނާނެ. އެއިން ބަޔަކަށް ފަޅާ އެރިއްޔާ ހީވަނީ ބައް… ބައްޕައަށް އެ ޚަބަރު ދާނެހެން.” ނައުރީން ބުނެލިއެވެ.

“އިލެވެން އަށް އެ ކެމެރާތައް ހެކު ކޮށްލެވިދާނެއްނު. ދެން ނޫރީ ކޮންމެވެސް ސްޓަންޓެއް ޖައްސާލާ. އަހަރެމެން އެތެރެއަށް ވަދެގެން ދާ އިރު އެމީހުންގެ ސަމާލުކަން އަތުލާ.” ސުމައްޔާ ވިސްނާލުމަށް ފަހު ބުނެލިއެވެ. “އޯކޭ. ތި މީހުން ޖެހޭނެ އަވަސް ވާން. ބައްޕަ ގެންގުޅެނީ އާދައިގެ ގާޑުންނެއް ނޫން. އެމީހުންގެ ސަމާލުކަން އަތުލައިގެން މާކަ ގިނަ އިރަކު ނުހުރެވޭނެ.” ނައުރީން ބުނެލިއެވެ.

“ތިޔަހެން ވިއްޔާ އަހަރެމެންގެ ޓީމު ފުރަތަމަ އެތެރެއަށް ވަންނާނީ. އެ ތަނަށް އިންފިލްޓްރޭޓް ކުރެވުނީމަ ބެކަޕް އަށް ގެންނަ ފުލުހުން ވައްދާނީ. ދެން އޮތް ކަމަކީ ރީން ލޯވް ފާރމަށް ރިޖޮއިން ކުރުން. މި ކޭސް އާއި ހަވާލުވާން އަހަރެންނަށް އެންމެ އިތުބާރު ކުރެވޭނީ ރީނަށް. ޕްލަސް ޔޫ އާރ ވެރީ ޓެލެންޓެޑް. މި މައުލޫމާތުތައް ރަނގަޅަށް އެނގޭ ލޯޔަރަކަށް ހުރީ ވެސް ރީން.” އިޙުސާނު ބުނެލިއެވެ. “އަހަރެންނަށް ރިޖޮއިން ކުރަން ފަސޭހަވާނެ. އެ މީހުން ހައްޔަރު ކުރެވުނީމަ ރިޖޮއިން ކުރަން ކަމަށް އިހަށް މި ހުރީ. އޭރުންނެއްނު އެމީހުންނަށް މިއިން ކަމެއްގެ ހިލަމެއް ނުވާނީ” އަރީން ރައްދުގައި ބުނެލިއެވެ.

“މިހާރު ދެން މައިގަނޑު ކަންކަން ނިމުނީނުން. ހިނގާބަލަ މި ސީޒަރ ސެލެޑް ކާން. އަހަރެން ވަރަށް ކާހިތްވެފައި މި އިނީ.” ތަނުގައިވީ ސީރިއަސްކަން ކަނޑުވާލަމުން ސުމައްޔާ ބަނޑުގައި އަތް އުނގުޅާލަމުން ބުނެލިއެވެ. “އެ ތެދެއް. މިއީ މުޅި މާލޭގައި ވެސް ހުރި އެންމެ ފައްކާ ތަނުން އޯޑަރަށް ގެނައި އެއްޗެއް. ތާޒާކަން ނުކެނޑެނީސް ކާން ވާނެ.” ލީވާން އަމިއްލައަށް ތަށްޓެއް ނަގާ ކާން ފެށިއެވެ. ދެން ތިބި މީހުން އެމީހެއްގެ ތަށި ނަގާ ކާން ފެށިއެވެ.

އަރީން ނޫން އެހެން މީހުންކައި ނިމިގެން ކޮތަޅުން ފްރުޓް ސޮޑާ ދަޅެއް ނަގާފަ ކަނޑާ ބޯން ފެށިއެވެ. އޭނާ އެންމެ ރަހަ ބަލާލަން ބޭނުންވެފައި ހުރި ސޮޑާ ދަޅު ނެގީ ޒަވިއަނެވެ.

“ޒެވް! ތިއިން އެތިކޮޅެއް ރަޙަ ބަލާލަން ދެއްޗޭ.” އަރީން ޒަވިއަންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެހެނަސް ޒަވިއަން ފާޑަކަށް ހީނލަމުން ދަޅު އެއްކޮށް ހުސްކޮށްލައިފިއެވެ. “ދޭން ޒެވް! ހަމަ އެންމެ ކޯވަރެއް ވެސް ރަހަ ބަލާލަން ނުބެހެއްޓުނުތަ؟” އަރީން އަކުރުތަކަށް ދަމާލީ ޒަވިއަން އެ ހުސްކޮށްފައި ޑަސްބިނަށް ލުމުންނެވެ. “ހަމަ އެހާ ރަޙަ ބަލަން ބޭނުންތަ؟ އަހަރެން ނުބުނަމެއްނު ރަޙަ ބަލަން ނުދޭނަމެކޭ.” ޒަވިއަން އަރީންގެ ގާތުގައި އިށީންނަމުން ބުނެލިއެވެ. އަރީން ދެބުމަ ގާތް ކޮށްލިއެވެ. ޒަވިއަން އަރީނަށް އެ ވާނުވާ ދެނެގަންނަން ފުރުސަތެއް ނުދިނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ޒާޔާ – 2 (ހަވަނަ ބައި)

Next

ހިމޭން 1

Next
June 18, 2026

ހިމޭން 1

Previews
June 18, 2026

ޒާޔާ – 2 (ހަވަނަ ބައި)

26 Comments!

  1. diva_gurly says:
    June 18, 2026 at 6:36 pm

    oooo i think i know what zevs gonaa doooooo
    im blushing hes so funny and teasy
    i love this bai
    whn nexttt?????
    im too curiuos
    im grinning like an idot
    btw my mom said okay vaaneyo maafu kohfeemey
    lysmm

    1. White rose White rose says:
      June 18, 2026 at 11:23 pm

      Hehe, tease king zev 😅😅
      IA next Monday
      Aww, mother so nice 🥹🥹
      Shukran diva_gurly ✨✨
      Lyt darl 🫰🏻🫰🏻

  2. diva_gurly says:
    June 18, 2026 at 6:37 pm

    MEE FIRST

    1. White rose White rose says:
      June 18, 2026 at 11:24 pm

      Yhh, congrats for being first 🎉🎉

  3. pumpkin🎃 says:
    June 18, 2026 at 7:08 pm

    omg very curious vege zev kuran ulheekanthakaa😮
    vrh kihaahithun indha enimunee
    waiting for nxt exp/

    1. White rose White rose says:
      June 18, 2026 at 11:31 pm

      Engidhaanethaa e kuraa kameh 😅😅 stay tuned 😄😄
      Shukran pumpkin🎃 ✨✨

  4. Exxo says:
    June 18, 2026 at 7:35 pm

    Superrrrrr

    1. White rose White rose says:
      June 18, 2026 at 11:32 pm

      Shukran Exxo ✨✨

  5. BLOSSOM says:
    June 18, 2026 at 9:42 pm

    omg zev ves dho is he really going to do what i think he will alhey im soo curious

    1. White rose White rose says:
      June 18, 2026 at 11:32 pm

      Let’s see if your thoughts will be accurate or not 🫣🫣
      Shukran BLOSSOM ✨✨

  6. Miss rose says:
    June 18, 2026 at 11:12 pm

    Mi part ves varah reethi.I think zev ge agaiga hunnaanee reen raha balan bahattaafa hunna ethi kolhu . even ali ahumad is also savage ge puppet eh. Curiously waiting for next part?

    1. White rose White rose says:
      June 18, 2026 at 11:35 pm

      Thives oiy possibility eh 🫣🫣
      Shukran Miss rose ✨✨

  7. xxx_dodo_xxx says:
    June 19, 2026 at 10:11 am

    Oh my God. This one’s really good. Sifakurunthah kiyaalumun heevanee hama story thereyga ulheveyhen. Vrh reeeethi.
    Oh mi Xev vx haadha fonyey dhww. He’s like a Comedian. Ehera serious Meehan ehen ulhen vx haadha molhey. Emme kiyaa hiyvefa huri vaguthah thi nimmaalee. When next ?????
    Really appreciate your hard work.
    Take good care.
    Luv u

    1. White rose White rose says:
      June 19, 2026 at 4:21 pm

      I’m delighted to hear that 🥰🥰
      That side only for his beloved wife 🫣🫣
      IA next Monday
      Shukran xxx_dodo_xxx ✨✨
      Lyt darl 🫰🏻🫰🏻

  8. Leeshaa says:
    June 19, 2026 at 10:14 am

    Vrh salhi. Sumeege rulhi gandah oetrol alhaafa ehureeee. Shes burning with angerrrr. Ehennu vaanee ves dhww. Finally. Adhives emme baraabaru heki thah nulibeytha ??
    Mihaaru vrh gina heki libijjehnu.
    Curiously waiting ……

    1. White rose White rose says:
      June 22, 2026 at 8:12 am

      Rulhi annnaanehnu sagarey sumee ge mom ehaa aniyaaveri gothakah maraalyma 😣😣
      Mihaaru vaavarah heki eba huttehnu 😄😄
      Shukran Leeshaa ✨✨

  9. 🥀 says:
    June 19, 2026 at 1:31 pm

    Mi part ves vrh reethi MA!
    Alhe Xevvv! Laanei kamun next level 😍😍🙈
    Sumee ge mom vrh hihvaru gadha dhwww
    Insaafu libeyne hn heeveyy vrh avahah
    Whn nxt????
    Luv u 💗

    1. White rose White rose says:
      June 19, 2026 at 4:32 pm

      I’m ecstatic to hear that 🥰🥰
      Dhww, abadhu areen fakeeru raki vefa 🫣🫣
      Yehh, sumee mother is a great soldier 💪💪
      IA next Monday
      Shukran 🥀 ✨✨
      Lyt darl 🫰🏻🫰🏻

  10. Leeshaa says:
    June 19, 2026 at 6:31 pm

    Great

    1. White rose White rose says:
      June 19, 2026 at 10:30 pm

      Shukran Leeshaa ✨✨

  11. Your fav bab Your fav bab says:
    June 19, 2026 at 6:59 pm

    This part as expected;; incredibly amazing✨✨!!
    Woa aachaa!! Zev ah engey dhw possessive ve J vaan vx! Hama e kujja fulhah loa alhaigen🤦 hee hee vx varubalivejje, enme 18y viyya😹
    Oh god! This zev, the Rizzler King!! I have an idea eyna kuran e ulhey kamakah!! But yoo can’t wait to know what he’s actually gonna doo..
    When next?
    Lysm💗💗

    1. White rose White rose says:
      June 22, 2026 at 8:15 am

      Hehe, aan zev vrh possessive when it comes to reen 🤭🤭
      Engidhaane thaa kohlaane kameh, check out the next ep 👀👀
      Its now uploaded 🙃🙃
      Shukran Your fav bab ✨✨
      Lyt darl 🫰🏻🫰🏻

  12. Anonymous says:
    June 20, 2026 at 8:01 pm

    how many episodes…?

    1. White rose White rose says:
      June 20, 2026 at 8:10 pm

      83 orrr 84
      Shukran Anonymous ✨✨

  13. Aisha says:
    June 20, 2026 at 11:02 pm

    Mi part VX varah reethi ,Masha Allah

    1. White rose White rose says:
      June 21, 2026 at 8:13 am

      Glad to know 🥰🥰
      Shukran Aisha ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 77←


All Right Reserved!