Skip to content
އެސްފިޔަ

ޝަކުވާ 02

މީސް ކޮޅު މަދު އެއް ރަށަކަށް ޒަކުވާން ދިރިއުޅެމުން އަންނަ ރަށް ވާނޭ ކަން ކަށަވަރެއެވެ . ނަމަވެސް ޒަކުވާން އަށް ރަށުގައި އުޅޭ މީހުންގެ ނަން ތައް އިގެނީ ވަރަށް ވެސް މަދުންނެއެވެ . ވާނީ ވެސް އެހެން ތާއެވެ . ޒަކުވާން އަކީ އަބަދު ވެސް ގެއިން ބޭރަށް ދާ ޒުވާނެއް ނުމެ ނޫނެއެވެ .

ޒަކުވާން އަކީ ބަލާލަން ކަމުދާ ޒުވާން ފިރިހެން ކުއްޖެކެވެ . އަންހެން ކުދިން ހިތް ކަތިލަމުން އަންނަ ޒުވާނުން ގެތެރޭގައި ހިމިނޭ އެކަކެއެވެ . ޒަކުވާން ސްކޫލް ދުވަސް ވަރު ވެސް ސްކޫލް  ޒަކުވާން އަށް ހިތް ކިޔާ ކިތަމެއް އަންހެން ކުއްޖެއް ވެއެވެ . މިއިން އެއް ކަމަކަށް ވެސް ޒަކުވާން ނުމެ އުޅެއެވެ .  ރަށުގައި ޖެހޭ އޮއެއް ވައެއް ޒަކުވާން އަށް ނުމެ އިގެއެވެ . ސަބަބަކަށް ވަނީ ޒަކުވާން ގެއިން ބޭރަށް ނިކުންނަނީ ހާލަކުން ފަހަރަކު ކަމަށް ވުމުންނެއެވެ ….

ހެނދުނުގެ ވަގުތެއެވެ . ޒަކުވާން ގޭތެރޭގައި ބުރަކޮށް އުޅުނު ވަގުތެކެވެ . ބޭރުން މީހަކު ސަލާމް ގޮވާ އަޑަށް އެ ސަލާމް އަށް ޖަވާބު ދާރީ ވިއެވެ . އެއީ ކާކު ތޯ ބަލާލިއެވެ . އެއީ ޒަކުވާން އާ އެއްކޮށް އެއް ކިލާހެއްގައި ކިޔަވަން އުޅުނު ކުއްޖެކެވެ .  ނަމަވެސް ޒަކުވާން އަށް އެއީ ކާކު ކަން ކުލަ ނުވފައި އެތަކެއް އިރު ވަންދެން ހުއްޓެއެވެ . “އޭ ޒަކުވާން … ހާދަހާ ފާޑަކަށް ބަލަން ތި ހުރީޔޯ … ކާކުކަން ނޭންގިފަ ތަ ” އައިހަމް ގޭތެރެ އަށް ވަންނަމުން ބުނެލިއެވެ . ” އާން އަދި ނުމެ އިގުނު … އެކަމަކު މޫނު މަތިން އެބަ ޖަހާ ދަންނަ މީހެއްގެ ވައްތަރު . މި ބުނީ މީގެ ކުރިން ފެނިފައި ހުރި މީހެއް ފާޑު ޖަހާ ވާހަކަ ” ޒަކުވާން ބުނެލިއެވެ . މިހާރު ޒަކުވާން ސްކޫލް ނިއްމާލިތާ މިހާރު 5 އަހަރު ފުރި 6 ވަނަ އަހަރަށް ފުރެން ކައިރި ވެއްޖެއެވެ .

” އަހަރެން ގޮސްލީ އޭ ފަހުން ދިމާ ވާނެ ” އައިހަމް ބުނުމަށް ފަހު އައިހަމް ހިގައިގަތެއެވެ . ޒަކުވާން އޭނަގެ އަމިއްލަ މަސައްކަތުގައި އުޅެމުން ގެންދިޔައެވެ .

އެއީ އަހަންނާ އެކު ކިޔަވަން އުޅުނު ސޮރެއް . އަހަރެންގެ ބެސްޓް ފްރެންޑް އެއް ގޮތުގައި ގެންގުޅުނު ސޮރު   .މި ދޭތެރެއިން އޭނަ ޤައުމުން ބޭރަށް ދިޔަ ވާހަކަ އެއް އަޑު އެހިން . … ޒަކުވާން ހިތާ ހިތުން ކިޔާލެވުނެއެވެ .  ޒަކުވާން އަށް  ވިސްނުނީ ލަހުންނެއެވެ . އައިހަމް ދިޔަ ފަހުންނެއެވެ .

ހަވީރުގެ ވަގުތެއެވެ . ރަށުގެ މަގުތަކުން އެ މީހުން ގެ ދަރިން ، ފިރިން ، އަނބިން ، މާމައިންނާއި ކާފައިން ، ދެ ލޯބި ވެރިން  ހަވީރު ފިންޏަށް ދުއްވާލާށާއި ހިގަން އުޅުނު ވަގުތެއެވެ . ޒަކުވާން ވެސް އަސުރު ނަމާދު ކޮށްލައިގެން ޒަކުވާން ވެސް ހިގައިގަތީ އެ އުފާ ތަކުގައި ބައިވެރި ވެލުމަށެއެވެ .  ގޮޑު ދޮށުގައި އެކި ދިމަ ދިމާ ގައި އެލުވާފައި ހުރި އުދޯލި ތަށް ހުރީ ފުރިފައެވެ . މީހުން ތިބީ އެ އުދޯލި ތަކުގައެވެ . ޒަކުވާން ހިގައިގަތީ ބޭރު ތޮށިގަނޑާއި ދިމާ އަށެއެވެ .  އެއީ ހުސް އުދޯޔެއް ނެތުމުގެ ސަބަބުންނެއެވެ .

އަހަ ޒަކުވާން ހާދަހާ އެކަނިވެރި ކޮށް ތި އިނީ … މާ ބޮޑު ކަމަކާ ވިސްނަން … އައިހަމް ބުނެލިއެވެ . ޒަކުވާން ސިހިފައި .. އެހެން ބުނި ދިމާ އަށް ބަލާލަމުން ވަކި ކަމެއް ނުވޭ ބުނެ މޫނު މައްޗަށް ހިނިތުން ވެރި ކޮށްލިއެވެ.  އެހެން ނުވާނެ ބުރޯ . ކޮންމެ ވެސް ކަމަކާ އެބަ ވިސްނާ ދޮގު ހަނދަން ތި އުޅެނީ … މިހާރު އަހަރެން މީ ކާކު ކަން އެގިއްޖެ ތަ ” އައިހަމް  ފައްޗަކަށް ހުރިހާ ސުވާލު ތަކެއް އަމުނާލިއެވެ . ” މިހާރު ތީ ކާކު ކަން އެގިއްޖެއެވެ . ދެން ދުނިޔެ މަތީގައި ކަން ތައް ތައް ވާ ގޮތުގެ މަތިން ވިސްނޭނޭ ” ޒަކުވާން ބުނެލިއެވެ .  އެހެން ބުނުމަށް ފަހު 2 މީހުން ހިގައި ގަތީ ކޮފީ ބޯށެއެވެ . މިސްރާބް ޖަހާފައި ވަނީ އެ ރަށުގައި އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓް އާ ދިމާއަށެވެ .

އަދި ނުނިމޭ :

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. Shuhaa

    V reethi when’s next

    1. mr black
      Shuhaa

      inshaa allah will see soon next part

  2. Nayerr

    Masha Allah Mi part ves vrh reethi curiously waiting for the next part ☺️ when’s next

  3. Unnie

    Woa mi part ves vrh reethiii.. waiting for the next part❤️❤️!!

Comments are closed.