Skip to content
އެސްފިޔަ

ޝަކުވާ 03

އަހަ ޒަކުވާން ހާދަހާ އެކަނިވެރި ކޮށް ތި އިނީ … މާ ބޮޑު ކަމަކާ ވިސްނަން … އައިހަމް ބުނެލިއެވެ . ޒަކުވާން ސިހިފައި .. އެހެން ބުނި ދިމާ އަށް ބަލާލަމުން ވަކި ކަމެއް ނުވޭ ބުނެ މޫނު މައްޗަށް ހިނިތުން ވެރި ކޮށްލިއެވެ.  އެހެން ނުވާނެ ބުރޯ . ކޮންމެ ވެސް ކަމަކާ އެބަ ވިސްނާ ދޮގު ހަނދަން ތި އުޅެނީ … މިހާރު އަހަރެން މީ ކާކު ކަން އެގިއްޖެ ތަ ” އައިހަމް  ފައްޗަކަށް ހުރިހާ ސުވާލު ތަކެއް އަމުނާލިއެވެ . ” މިހާރު ތީ ކާކު ކަން އެގިއްޖެއެވެ . ދެން ދުނިޔެ މަތީގައި ކަން ތައް ތައް ވާ ގޮތުގެ މަތިން ވިސްނޭނޭ ” ޒަކުވާން ބުނެލިއެވެ .  އެހެން ބުނުމަށް ފަހު 2 މީހުން ހިގައި ގަތީ ކޮފީ ބޯށެއެވެ . މިސްރާބް ޖަހާފައި ވަނީ އެ ރަށުގައި އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓް އާ ދިމާއަށެވެ .

3 ވަނަ ބައި

ވަގުތަކީ ހަވީރު ވަގުތު ވުމުން . ޒަކުވާން އާއި އައިހަމް 2 މީހުން ހަވީރުގެ ސައި ރަގަޅަށް ބޯލިއެވެ . އެކި ފާޑު ފާޑުގެ ހެދިކާ ތަކުން ބަޑު ފުރާލިއެވެ .  އެ މާހައުލުން މީހުން ގެ ވާހަކަ ދެއްކުމުންނާއި ޖަހާފައި ހުރި ލަވަ އެއް ވެފައެވެ . އެ މާހައުލުގައި  ޒަކުވާން އާއި އައިހަމް ދައްކަމުން އައި ވާހަކަ ތަކުން 2 މީހުންނަށް އެތަކެއް އިބުރަތް ތަކެއް ހާސިލް ވެގެން ދިޔައެވެ . އެތަކެއް މައުލޫމާތު ތަކެއް ލިބިގެން ދިޔައެވެ . ” ޒަކުވާން އަދި ކޮފީ ބޯލާގެން ދޯ ދެން ދާނީ ” އައިހަމް އަހާލިއެވެ . ” އަހަންނަށް އޯކޭ .. ” އައިހަމް ކުރު ގޮތަކަށް ޖަވާބު ދިނެއެވެ . މިއިން ވެސް އައިހަމް އަށް ދޭހަވެގެން ދިޔައީ ޒަކުވާން ކޮންމެ ވެސް ކަމަކާ ވިސްނާ ކަމެއެވެ . އައިހަމް އަށް ކަމެއް ސިއްރު ކުރަން އުޅޭ ކަމެއެވެ .

” ޒަކުވާން … ކައޭ އަނެއްކާ ރަގަޅު ތަ .. މޫނު މަތިން ދައްކުވައި ދެނީ އެހެން އެއްޗެއް . ކަމެއް ސިއްރު ކުރަން އުޅެ ކަމުގެ ކުލަ ވަރު އަހަންނަށް ސިފަވޭ .. ” އައިހަމް . ޒަކުވާން މޫނަށް ބަލާލަމުން ބުނެލިއެވެ . ” ނޫނޭ . އެއީ ހަމަ ހީވާ އެއްޗެއް . އަހަރެން ކީއްކުރަން އައިހަމް އަށް ކަމެއް ފޮރުވަން ވީ . ތީ އަހަރެންގެ ބެސްޓް ބަޑީ އެއް ނުން . ” ޒަކުވާން ހިތް ދާލަމުން ބުނެލިއެވެ .

އައިހަމް އަށް މި ވަގުތު ވެސް ޒަކުވާން ފަރާތުން އެތަކެއް ކަމެއް ފާޅުވެގެން ދިޔައެވެ . އެތަކެއް ކަމެއް ސިއްރު ކުރާ ކަމުގެ ކުލަ ވަރު ތަށް އައިހަމް އަށް ފެނިގެން ދިޔައެވެ . ޒަކުވާން ކިތަމެއް ވަރަކަށް ނުބުނި ކަމުގައި ވީ ނަމަވެސް ޒަކުވާން އަށް އެ ގޮތަށް ސިއްރު ކޮށްގެން އުޅެވޭނީ ކިތައް ދުވަސް ތޯ އައިހަމް ހިތާ ހިތުން ކިޔާލިއެވެ .  ޒަކުވާން ދުލުން ކަމެއް ނުވޭ ބުނާ ބަހުން  ފަހު އައިހަމް އެކަމަކާ އަޅައެއް ނުމެ ލައެވެ .

ކިޔަވަން  2 މީހުން އެކުގައި އުޅުނު ދުވަސް ވަރު ޒަކުވާން އަކީ ވަރަށް ވެސް ސަކަ މިޒާޖެއްގެ މީހެކެވެ . ނަމަވެސް ފަހުން ފަހުން ޒަކުވާން އަށް އެތަކެއް ބަދަލު ތަކެއް އައިސްފާވެއެވެ . އަދި ޒަކުވާން ގެ މޫނު މަތިންނާއި ،  މުޅި ހަށިގަނޑުން ހީވަނީ އެއް ވެސް އެއްޗެއް ނުކައި ނުބޮއި އުޅުނު މީހެއް ހެންނެއެވެ . ވަރަށް ވެސް ހިއްކެއެވެ . މޭމަތި ކަށިގަނޑު ހުންނަނީ އަރާފައެވެ .

އެތަކެއް އިރެއް ވަންދެން ޒަކުވާން އާއި  އައިހަމް ވާހަކައިގައި ތިއްބެއެވެ . އަދި އެކަންތައް ތައް ސަބަބުން ޒަކުވާން އާއި  އައިހަމް އަށް އެތަކެއް ފިލާވަޅު ތަކެއް ލިބިގެން ދިޔައެވެ . އެތަކެއް މުހިއްމު ވާހަކަ ތަކެއް ލިބިގެން ދިޔައެވެ . މާޒީގައި ވެފައިވާ އެތަކެއް ވާހަކަ އެއް 2 މީހުން ދޭތެރޭގައި އޮތެއެވެ .

ދަރިފުޅާ ޒަކުވާން ކޮންތާކުން ތި އައީ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (1)

  1. eddie

    mi part ves v salhi keep gong .. keep it up

Comments are closed.