ގުދުރަތީގެ ރީތި ކަމާ ، ސާފު ވައި ލިބުމެއެވެ . އަމިއްލަ ހިތް ހަމަ ޖެހުމާއި މަޖާ މާހައުލެއްގައި އަދި އަމިއްލަ ވަންތަ ކަން އިހުސާސް ތައް ކުރެވެއެވެ . މަލަ މަތިން ފެނިގެން ދަނީ ގަދަ ފެހިކަން ކުލާގެ ގަސްތަކެއެވެ . ކާޅާއި ކޮވެލީގެ އަޑުން މުޅި ރަށް ވަނީ ގުގުމާލާފައެވެ . ފަތިސް ނަމާދަށް މުދިމު ބަންގީ ގޮވަމުން ދާއިރު ބަންގީގެ އަޑަށް މިސްކިތަށް ދާ އެތަކެއް ޒުވާނުންނާއި ހަރު މީޙުންނާއި ކުޑަ ކުދިން މަގުމަތިން ފެނިގެން ދެއެވެ ..
ޒަކުވާން ފަތިސް ނަމާދު ބަންގީގެ އަޑު ޖެހުމާއެކު ނިދާފައި އޮތް ޒަކުވާން މޯޅި އަކަށް ދެމިލިއެވެ . އެދުން ތެދުވެ ހޭވިފައި ހުރި އިސްތަށިގަނޑު ރަގަޅު ކޮށްލު\މަށް ފަހު ޒަކުވާން ފާޙާނާ އަށް ވަދެއްޖެއެވެ . އެއީ ފަތިސް ނަމާދު ކުރުމުގެ ނަޔަތުގައެވެ .
އިރު ކޮޅެއްގެ ފަސް ޒަކުވާން ފާޙާނާ ކޮށްލުމަށް ފަހު ޒަކުވާން ރީތި ވެލައިގެން ޒަކުވާން ހިގައިގަތީ މިސްކިތާ އި ދިމާ އަށެއެވެ . ޒަކުވާން އަކީ ދީނަށް ލޯބި ކުރަމުން އަންނަ ޒުވާނެކެވެ، ޒަކުވާން ގެ މައިންބަފައިންނަށް ކިޔަމަށް ޒުވާނެކެވެ .
އަވައްޓެރިންނަށް ހިތް ހެޔޮ އާއިލާ އަކަށް ނިސްބަތް ވާ ޒުވާނެކެވެ . އެކުވެރިނަށް އެހާ އަޅާލައެވެ . ޒަކުވާން އެހީ އަކަށް އެދުމުން އެ މީހުން ކުރާ ބީދައިންނެއެވެ . ނުލާހިކު ހިތް ހެވެއެވެ .
ކޮންމެ ފަތިސް ނަމާދަކަށް ފަހު ޒަކުވާން ހިތް ހަމަ ޖައްސާލަން ބަދަރަށް ދެއެވެ . އެއީ ހެނދުނުގެ އިރު އަރައިގެން އަންނަ ވަގުތު އެ ލިބޭ އިރު އަލި ކަމުން އެތަކެއް ފައިދާ ތަކެއް ލިބިގެން ދާ ނޭ ކަމެއެވެ .
އެ ހިތް ގައިމު ވަގުތު ބަދަރު މަތީގައި މަސް ބާނަން އުޅޭ މީޙުން މަސް ބާނަށް އުޅެއެވެ . ދޯނި ފަހަރު ގެން ގުޅޭ މީހުން މަސް ހޯދުމަށް އެކި ކަޑަ ވަޅި ތަކަށް ދަތުރު ފެއްޓެވުމަށްޓަކައި އިންޖީނު ތައް ސްޓާރޓް ކޮށްފައި ހުއްޓެއެވެ . ސަބަބަކަށް ވަނީ އެ ދޯނި ތަކުގެ ފަޅުވެރިން އަންނަން ދެންނެއެވެ .
ޒަކުވާން އުފަން ރަށަކީ ހިތް ގައިމު ރަށެކެވެ . ހެދިފައި ހުރި ގަސްތަކުން ހިޔާ ލިބެމުން ދެއެވެ . ދުރުން ބަލާލި ކަމުގައި ވަނީ ނަމަ ހީވާނީ މީހުން ނޫޅޭ ފަޅު ރަށެއް ހެންނެއެވެ . މީސް ކޮޅު މަދު ދުއްވާ ސައިކަލު ތައް މަދު މި ރަށަކީ އަމާން އޮމާށް ރަށެއް ގެ ގޮތުގައި މި އަތޮޅުގައި މަޝްހޫރު ވެފައި އޮވެއެވެ .
- – ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

