Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ހިގުން އަވަސްވޭ-5

lalla
lalla Level 1
July 27, 2025 One Min Read
0 Comments

3 އަހަރު ކުރިން……….
ނުހައިކް އޭނާގެ އެކުވެރިންނާއެކު ބޭރުގަ އުޅެފައި ގެޔަށް އައެވެ. އޭރު ސިޓިން ރޫމުން އުމްނާ ވާހަކަ ދައްކާ އަޑު އިވެއެވެ. ނުހައިކް އެތަނަށް ދިޔައިރު އުމްނާ ކައިރި އޭނާއަށް މީގެ ކުރިން ފެނިފައި ނުވާ އަންހެން ކުއްޖެއް އިނެއެވެ. ލޫޅާފަތި ހަށިގަނޑެއްގެ ވެރި އެ އަންހެން ކުއްޖާއަށް ލިބިފައި ވަނީ ދޮން ހަންގަޑަކާއި ކަޅުކަން ގަދަ ފަން އިސްތަށި ގަޑެކެވެ. ނުހައިކް ކަޅި ޖަހާ ނުލާ އެކުއްޖާއަށް ބަލަން ހުރެވުނެވެ. “ދޮންބޭ!” އޭނާއަށް ހަމަހޭވެރިކަންވީ އުމްނާ ގޮވާލުމުންނެވެ. “ލައްބަ’ ނުހައިކް ބުނެލިއެވެ.

“ދޮންބެ ކޮންތާކުން ތިއައީ؟”އުމްނާ އަހާލިއެވެ. “މިއައީ އެކުވެރިންނާ ބައްދަލު ކޮއްލާފަ. މާދަމާ ސިންގަޕޫރަށް ދާން ފުރާތީ އެމީހުންނާއެކު ވަގުރު ކޮޅެއް ހޭދަ ކޮއްލާފަ މިއައީ. ތީނީ ކޮން ކުއްޖެއްތަ؟” ނުހައިކް އެތަނަށް އައީންސުރެ އޭނަގެ ހިތުގައި އޮތް ސުވާލު ކޮއްލިއެވެ. “މީ އުމްނުގެ ބެސްޓްފްރެންޑް، އީޝާ” އުމްނާ ނުހައިކްގެ ސުވާލަށް ޖަވާބު ދިނެއެވެ.”އޯ! ތީދޯ އުމްނު ކިޔާ ބެސްޓްފްރެންޑްކީ. އުމްނު ވަރަށް ގިނައިން އީޝާގެ ވާހަކަ ދައްކާނެ. މީ ނުހައިކް” ނުހައިކް ބުނެލިއެވެ. އީޝާވެސް ނުހައިކްއަށް ‘ހާއި’އެއް ބުނެލިއެވެ.

މިހާރު…….
އެދުވަހުންސުރެ ނުހައިކްގެ ހިތުގައި އީޝާގެ ނަންވަނީ ބޮޑު އަކުރުން ފެވިފައެވެ. ފުރަތަމަ ނަޒަރުން ނުހައިކްގެ ހިތް އީޝާއށް ދެވުނެވެ.ހިތުގެ ހާލު އީޝާއަށް ބުނެދޭން ފަސް ޖެހެނީ އީޝާ އޭނައަށް އިންކާރު ކޮއްފާނެތީއެވެ.

ފަތިސް ވަގުތެވެ، އުމްނާ އޮތީ ހަމަޖެހިލައިގެން ނިދާފައެވެ. ކުއްލިއަކަށް އޭނާގެ ބޮލަށް މީހަކު ފިނިފެން އެއްޗެއް ވަރާލިއެވެ. ލޯ ހުޅުވާފަ ބަލާލިއިރު ނުހައިކް ބާލިދީއެއް ހިފައިގެން ހުއްޓެވެ. ވަގުތުން އުމްނާގެ ނިދި ފިލިއެވެ. އުމްނާ އެދުން ތެދުވެ ނުހައިކް ފަހަތުން ދުވަން ފެށިއެވެ.

އެވަގުތު ވީ ދާއިން ގެއަށް އައި ވަގުތަށެވެ. “ދަރިފުޅުމެން ކީތް ވެގެން ތިއުޅެނީ” ދާއިން އަހާލިއެވެ.”ބައްޕާ. ދޮންބެ އުމްނު ބޮލަށް ފެން އެއެޗެއް އަޅާލީ” އުމްނާ ޝަކުވާ ކޮއްލިއެވެ. “ގޮވާ ގޮވާ ނުހޭލީމަ އެހެންދޯ ވާނީ” ނުހައިކް ބުންޏެވެ. އެހެން ތިއްބާ އިނާޝާ އައިސް ދިން ހަބަރަކުން ނުހައިކް އާއި އުމްނާ ހުއްޓުން އެރިއެވެ.

Share Article

lalla
Follow Me Written By

lalla

Level 1

Other Articles

Previous

ބަރުބާދުކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-8

Next

މަޢާފް އެދެމުން 38

Next
July 27, 2025

މަޢާފް އެދެމުން 38

Previews
July 27, 2025

ބަރުބާދުކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-8



All Right Reserved!