3 އަހަރު ކުރިން………. ނުހައިކް އޭނާގެ އެކުވެރިންނާއެކު ބޭރުގަ އުޅެފައި ގެޔަށް އައެވެ. އޭރު ސިޓިން ރޫމުން އުމްނާ ވާހަކަ ދައްކާ އަޑު އިވެއެވެ. ނުހައިކް އެތަނަށް ދިޔައިރު އުމްނާ ކައިރި އޭނާއަށް މީގެ ކުރިން ފެނިފައި ނުވާ އަންހެން ކުއްޖެއް އިނެއެވެ. ލޫޅާފަތި ހަށިގަނޑެއްގެ ވެރި އެ އަންހެން ކުއްޖާއަށް ލިބިފައި ވަނީ ދޮން ހަންގަޑަކާއި ކަޅުކަން ގަދަ ފަން އިސްތަށި ގަޑެކެވެ. ނުހައިކް ކަޅި ޖަހާ ނުލާ އެކުއްޖާއަށް ބަލަން ހުރެވުނެވެ. “ދޮންބޭ!” އޭނާއަށް […]
އުމްނާ މަގުމަތިން ހިނގާފައި ދަނިކޮށް، ކުއްލިއަކަށް މައްޗަށް ބަލާލެވުނު ވަގުތު، ފެނުނު މީހެއްގެ ސަބަބުން އޭނާގެ ހަށިގަނޑުން ހީބިހި ނަގައިގަތެވެ. ހިތް ހިނގުން އަވަސްވިއެވެ. އެއީ އިތުރު މީހެއް ނޫނެވެ. އޭނާއަށް ދެވަނަ ފަހަރަށް ލޯއަޅާލެވުނުއިރު، އެއީ އިވާންކަން އޭނާއަށް ޔަޤީންވިއެވެ. އުމްނާ ފެނުމާއެކު އިވާންގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ. އޭނާގެ ދެލޯ ރަތްވެފައި ހުއްޓެވެ. “ކަލޭ މިތާ ކީއްކުރަނީ؟” އިވާން ވަރަށް ރުޅިއައިސްފައި އަހާލިއެވެ.”އީޝާއާ އެކީ ހިނގާލަން ދާން މިއައީ.” އުމްނާ މަޑުމަޑުން ޖަވާބު ދިނެވެ. […]
ކާރުން ފޭބި ގޮތަށް ކުއްލިއަކަށް އޭނާއަށް ފެނުނީ އޭނާ ލޯބިވާ އިވާންއެވެ. އިވާން ފެނުމާއެކު އޭނާގެ ހިތް ހިނގުން އަވަސްވެގެން ދިޔައެވެ. ދުވަހަކުވެސް އިވާންދެކެ އޭނާ ލޯބިވާކަން އިވާންއަށް އިޙުސާސުވެފައި ނުވި ނަމަވެސް، އިވާން ދެކެ އުމްނާ ލޯބިވަނީ އޭނާގެ ނަފްސަށްވުރެ ބޮޑަށެވެ. އިވާންއަކީ އުމްނާގެ އެންމެ ގާތް އެކުވެރިޔާ އީޝާގެ ދޮންބެއެވެ. ނަމަވެސް، އިވާން އަބަދުވެސް އުމްނާ ދެކެ ރުޅި އާދެއެވެ. އިވާންއަށް އުމްނާ ފެނިއްޖެނަމަ ރުޅި އަންނަނީ ކީއްވެކަމެއް އުމްނާއަކަށް ދުވަހަކުވެސް ނޭނގެއެވެ. މިކަމުގެ […]
ހެދުނުގެ އިރު އަރައިގެން ދިޔައީ އިނާޝާ އޭނަގެ އަންހެން ދަރި އުމްނާއަށް ގޮވަނިކޮށެވެ.”ދަރިފުޅާ އަވަސް ކުރޭ، މިހާރު އެއޮށް ސްކޫލަށް ދާ ގަޑިޖެހެނީ”.އިނާޝާ މިހެން ބުނިތާ އިރުކޮޅެއް ފަހުން އުމްނާ ނުކުމެގެން އައެވެ.”ސާބަހޭ މަންމާ، ތިވަރަށް ނުގޮޔވިޔަސް އަޅުގަނޑެ ގަޑިއަށް ރެޑީ ވާނަމޭ”އުމްނާ މަޑުމައިތިރިކޮށް ބުންޏެވެ. އިރުކޮޅަކުން އުމްނާގެ ބައްޕަ ދާއިން އައެވެ.”ދިރިފުޅު ސްކޫލަށް ގެންދާ ހުރިހާ އެއްޗެއް ހަމައަށް އެޅިންތަ”ދާއިން އޭނާގެ ދަރިފުޅު ކައިރި ލޮތްބާއެކު އަހާލިއެވެ.”ލައްބަ.ބައްޕާ، މިއަދު ހަވީރު އަޅގަނޑުގެ އެކުވެރިންނާއެކު ބޭރަށް ދިޔަސް […]
އުމްނާ ގިސްލަމުން ގިސްލަމުން އިނީ ސްކޫލުގެ ކުލާސްރޫމްގެ ދޮރުމަތީގައި ހުރި ބެންޗެއްގެ މަތީގައެވެ. އޭނާގެ ހިތް ހުރީ ބާރަށް ތެޅިތެޅިފައެވެ. ދެތިން މިނެޓު ކުރިން އިވާން އޭނާއަށް ވަރަށް ހިތި އެއްޗެހި ކިޔައި، އޭނާގެ ހަށިގަނޑާމެދު ދިމާކުރިއެވެ. އިވާންގެ ބަސްތަކުން އުމްނާގެ ހިތް ރޮއްވާލައިފިއެވެ. އޭނާގެ ހިތަށް ލިބުނު ބޮޑު ހައިރާންކަމާއި ހިތާމައިގައި އުމްނާއަށް ހުރެވުނީ ހުއްޓުން އެރިފައެވެ. އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކަށް ކޮޅެއް ނެތެވެ. އެވަގުތު އުމްނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އީޝާ ކުލާހުން […]