ދެވުނީ ވޭނޭ 30
ބަލައިލި އިރު ލިވާޒާގެ ފަރާތުން އައިސްފައިވާ މެސެޖެކެވެ. އަރީން އެ މެސެޖުން އިރުޝާދުދީފައިވާ ގޮތަށް މަސައްކަތް ކޮށްލުމުން ޕެންޑްރައިވް ޑިކްރިޕްޓް ކޮށްލެވުނެވެ. އޭގައި ވަނީ އެންމެ ވީޑިއޯ އެކެވެ. ޚިޔާލެއް ފިކުރެއް ނެތި އަރީން އެ އަޅުވާލިއެވެ. އިވިގެން ދިޔަ ވާހަކަ ތަކުގެ ސަބަބުން އަރީނަށް ވަރުގަދަ ޝޮކެއް ޖެހުނެވެ. އަނގަމަތީގައި އަތް އަޅާލެވުނު އިރު އެ ދެލޮލަށް ތާޒާ ކަރުނަ ޖަމާވެއްޖެއެވެ.
“ކަލޭމެން ހީކުރީތަ ކަލޭމެންގެ އަނިޔާވެރިކަން ދުނިޔެއަށް ވަންހަނާ ކުރެވިދާނޭ. އެރޭ މަރާލި ކުއްޖާގެ ޤާތިލުން މަށަށް ވަރަށް ރަނގަޅަށް އެނގޭ. އެރޭ އެމީހުން ބެލްކަނީގަ ތިބެގެން ޒުވާބުކުރި އަޑު މަ އެހީމޭ. އެ ބްލޮކުގެ ކެމެރާތައް ނިވާލިއެއް ކަމަކު ދިރިހުރި ބަޔަކު ވާނެކަން ހަނދާން ނެތުނީތަ؟ މި ވިޔަފާރި އާއި ރިސޯޓުތަކަށް ވެރިވެގަތުމަށް ކަލޭމެން ހިންގި ނުބައި ޖަރީމާ ދުނިޔެއަށް ފާޅުކުރާނަން. ދަހިވެތިކަމުގެ އަވާގައި ޖެހި ވަޖިދުވެފަ ތިބި ބައެއް ތީ. ކަލޭމެން ކިތަންމެ ވަރަކަށް އިންޒާރު ދިނަސް މަށަށް ވަރިހަމަ. ކުށެއް ނެތް ފުރާވަރު އަންހެން ކުއްޖެއްގެ ހަށިގަނޑަށް އެހާ އަނިޔާވެރި ގޮތަކަށް ވަޅިހަރާފަ، ނުރައްކާތެރި ޑުރަގުތައް އިންޖެކްޓް ކުރި ބަޔަކަށް އިންސާނުންނޭ ވެސް ނުކިޔޭނެ. އެކަމުގެ ބަދުނާމު އެހެން ކުއްޖެއްގެ ބޮލުގަ އަޅުވާފަ އެ ކުއްޖާގެ ފަކީރުގެ އަބުރު ކަތިލައިގެން ކަލޭމެންނަށް މިކަމުން ރެކިގަނެވޭނެ ކަމަށް ހީކުރީތަ؟ ނުވާނެ ތި ކަމެއް.” އެއިން އިވިގެން ދިޔައީ ލިވާޒާގެ ފިރިމީހާ މާނިއުގެ އަޑެވެ.
“ކަލޭ ހީކުރީތަ އެހާ ފަސޭހައިން އަހަރެމެންނަށް ބިރު ދައްކާލެވޭނެކަމަށް. ދިރި ހުރި ލޯތައް އުމުރަށް މަރާލުމަކީ ވެސް ފެންފޮދެއް ބޯލުންހާ ފަސޭހަ ކަމެއް. އަހަރެމެންގެ މަޤްސަދުތައް ޙާސިލުކުރުމަށް ހުރަސް އަޅާ ކޮންމެ މީހަކު ދާނީ އެ މަގުން. މާ ގައްޑާވެގެން އަހަރެމެންނަށް ގޮންޖަހަން އުޅޭނެ ކަމެއް ނެތް.” ދެން ވާހަކަ ދެއްކީ ބްލޫ ވޯޓާސްގެ ރިސޯޓެއް ހިންގުމާއި ހަވާލުވެގެން ހުރި މީހެއް ކަމަށްވާ ލާޝީނެވެ. އަރީން އެ ވީޑިއޯ އިން ލިބުނު މައުލޫމާތުގެ އަލީގައި ލިޔުނު ރިޕޯޓުގައި ހުރި ޖަޖްމެންޓްސްތަކަށް އިތުރު ބަދަލުތައް ގެނައެވެ. މަސައްކަތް ނިންމާ ހަމަޖެހިލެވުނު އިރު އެގާރަ ގަޑި ސާޅީހެވެ.
“ބްލޫ ވޯޓާސް. ވަރަށް ކޮރަޕްޓް ކުންފުންޏެއް. މި އެނގުނީ އަޒާ މަރާލީ ވެސް އެމީހުން ކަން. މާނިއު ހެކިވެރިޔަކަށް ވީސް. އޭރުން އަހަރެންގެ ކުށެއް ނެތް ކަން އެންމެ ފުރިހަމައަށް ސާބިތުކުރެވޭނެ. އެކަމަކު މާނިއު އެ މައްސަލައިގެ ވާހަކަ ނެގީމަ އެ މަރާލީ. އަހަރެން އެ މައްސަލައިގެ އަޑި ކޮންނަން އުޅެފިނަމަ ކިހިނެއް ބާ ވާނީ؟” އަމިއްލަ ނަފްސަށް އިވޭ ވަރަށް އަރީން ބުނެލިއެވެ. އެ ވަގުތު މީހަކު އެ ކެބިނުގައި ޓަކި ޖަހަން ފެށިއެވެ. ކާކުތޯ ބަލާލުމަށް އަރީން ތެދުވިއެވެ. ބްލައިންޑާސްތައް ކުޑަކޮށް ފޭކޮށްލުމަށް ފަހު ބަލާލުމުން އެއީ ނާއިލް ކަން އެނގުނެވެ. އަރީން އަވަސް އަވަހަށް ގޮސް ލެޕު ދަބަހަށް ލައި ތިރީ ކަބަޑަށް ލައި ތަޅުލިއެވެ.
ފުން ނޭވާއެއް ލައިފައި އަރީން ކެބިންގެ ދޮރު ހުޅުވާލާފައި ނުކުތެވެ. ބަންދު ތަނެއްގައި ނާއިލް އާއި ކުރިމަތިލުމަކީ ނުރައްކާތެރި ކަމަކަށް ވާތީއެވެ. އެހެނަސް ކަންވީ އަރީން ބޭނުންވި ގޮތަކަށް ނޫނެވެ. ސަބަބަކީ ނާއިލް އަރީންގެ އަތުގައި ހިފާ އެ ކެބިނުގެ ތެރެއަށް ވަދެ ދޮރު ތަޅުލުމުންނެވެ.
“ނާއިލް! ކި…ކިހިނެއްވީ؟” އަރީން ފަހަތަށް ޖެހެމުން ދިޔައީ ނާއިލްގެ އަތްދަށު ނުވާންވެގެންނެވެ. “އަރީ ހީކުރީތަ މި ތަނުގަ އުޅޭ އިރު އުސޫލާއި ޤަވާޢިދުތަކަށް އަމަލުކުރަން ނުޖެހޭނޭ. ބޭނުންހާ އިރަކު ބޭނުން ކޭސްއެއްގަ މަސައްކަތެއް ނުކުރެވޭނެ. އަހަރެންގެ ހުއްދަ ހޯދައިގެން ނޫނީ އިތުރު ކޭސްއެއް ނުނެގޭނެ.” ދަތްކުނޑި ވިކައިގެން ހުރެ ނާއިލް އަރީން ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކަށް ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ.
“އަހަރެން ނާއިލްގެ ކެބިނަށް ސިޓީލީން. އެޕްރުވަލް ދިން ކަމަށް ނާއިލްގެ އެސިސްޓެންޓް ބުނި.” އަރީން ބުނެލިއެވެ. “ސިޓީއޭ. ބަލަ ނުބުނެ އެހެން ލީމަ އަހަރެންނަށް ހީވާނީ އާދައިގެ މަތިން ސޮއި ކުރަން ޖެހޭ އެއްޗެއް ކަމަށް ދޯ. އެހެން ހުރިހާ މުވައްޒަފުން ވެސް ކޭސް ނަގާއިރު އައިސް ބައްދަލުކުރާނެ. އޮޅުމަކުން އެކަން ވީ. އެހެންވީމަ ތި ކޭސް ދޫކޮށްލާ. އަރީނަށް ސޯލްވް ކުރެވޭނެ ބައިވަރު އެހެން ކޭސްތައް އެބަހުރި.” ނާއިލް އަމުރުކޮށްލިއެވެ. މޭޒުގައި ޖެހި އަރީނަށް ހުއްޓެވުނީ ވެސް އެ ވަގުތެވެ. ނާއިލް މޭޒުގައި ދެފަރާތުން އަތް އަޅުވާލިއެވެ. “ނޫން. ދެން ފެށުމަށް ފަހު ދުލެއް ނުކުރެވޭނެ. ކްލައިއެންޓް މިހާރު އަގު ދައްކައިފި. މި ލޯވް ފާރމަކީ ކްލައިއެންޓުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދޭނެ ކަމުގެ ޔަގީންކަން ދޭ ތަނެއް. މި ހިސާބަށް އައިސް ކޭސް ދޫކޮށްލައިފިއްޔާ ނުރަނގަޅު ރިވިއު އެއް ލިބިދާނެ.” އަރީން އަޑަށް ބާރުލައިފައި ބުނެލިއެވެ.
“އެހެންވީމަ އަހަރެންނަށް މިނޫން ކަމެއް ނުކުރެވޭނެ.” ނާއިލް އޭނާގެ ޖީބުން ސިރިންޖެއް ނަގައިފައި އަރީންގެ އަތުގައި ހިއްޕެވެ. އަރީން އެ އަތް ފޮޅުވާލެވޭތޯ މަސައްކަތް ކުރިއެވެ. “ދޫކޮށްލާ.” އަރީން ނާއިލްގެ އަތުގައި ދަތް އަޅާ ދުރަށް ކޮށްޕާލިއެވެ. އެއަށްފަހު ދުވެފައި ގޮސް ވަނީ ކެބިންގެ ފާޚާނާ އަށެވެ. ދޮރު ތަޅުލައިފައި އަރީން ހަމަޖެހެން މަސައްކަތް ކުރިއެވެ. ދެން އިވުނީ ބާރު ބާރަށް ދޮރުގައި ތަޅައިގަތް އަޑެވެ. “އަރީ. މި ދޮރު ހުޅުވާ. އަހަރެން އަރީ މި ކޭސްގައި މަސައްކަތް ކުރިޔަކަ ނުދޭނަން.” ނާއިލް ދޮރުގައި ގޮށްމުއްކަވައިފައި ޖަހަމުން ދިޔަ ގޮތުން ހީވަނީ އެ ދޮރު ވައްޓާލަފާނެހެންނެވެ.
“ހެހެހެ. ތި ތަނުގަ ހުންނަން ބޭނުމިއްޔާ ހުރޭ. މިއަދުގެ އަޑުއެހުމަށް ނުގޮސް ހުރީމަ ވީނުން. ނިކަން ވިސްނާލަބަލަ. އަންގާލުމެއް ނެތި ކްލައިއެންޓަށް ކެހި ދިނީ. އޭރުން އަރީއަށް އޮންނަ އިތުބާރު ގެއްލޭނެ.” ނާއިލް މައިތިރިވީ އިރުކޮޅެއް ފަހުންނެވެ. އަރީނަށް ނާއިލް ބުނި އެއްޗަކާއި މެދު ވިސްނާލެވުނެވެ. މިހާރު އެގާރަ ގަޑި ފަންސާސް ވަނީއެވެ. މިތަނުގައި ހުރެގެން ވާނެ ފައިދާއެއް ނޯންނާނެއެވެ. ކޮންމެ ގޮތެއް ހަދައިފައި ވިޔަސް އެބަ ނުކުންނަން ޖެހެއެވެ.
ދޮރު ހުޅުވާލި އަޑަށް ނާއިލް އިސްއުފުލާލިއެވެ. ލަސްނުކޮށް އެތެރެއަށް ވަދެގަތީ އަތަށް އެ ސިރިންޖް ހެޔޮވަރު ކޮށްލަމުންނެވެ. އެހެނަސް ނާއިލަށް ކަމެއް ކުރެވެން ވާއިރަށް އަރީން އެ ސިރިންޖް ޖަހައިގަނެފައި އޭގައި ހުރި އެއްޗެހި ދޫކޮށްލިއެވެ. ދުރަށް ސިރިންޖް އެއްލައިފައި އޭނާ ފާޚާނައިން ނުކުމެގެން ދިޔައެވެ. ދުވެފައި ގޮސް ކެބިނުން ނުކުތް އިރު އަރީންގެ ހިތް ޑަންޑަޑަންލައިފައި ތެޅެމުން ދިޔައެވެ. ނާއިލް އަތް މުއްކަވާލައިފައި އަރީންގެ ފަހަތުން ދިޔައެވެ.
“ރީން ހާދަ ހާސްވެފަ. ކިހިނެއްވީ؟” އަރީންގެ އަތުގައި ހިފާލަމުން ޝައިނާ ކަންބޮޑުވުމުގެ ނަޒަރެއް ދިނެވެ. “އަމް… މި…މިއަދު ކޭސްގެ ފުރަތަމަ އަޑުއެހުން އޮތީމަ ހާސްވެފަ.” ހަމަޖެހޭގޮތް ދައްކާލަމުން އަރީން ބުނެލިއެވެ. ނާއިލް އަރީންގެ ކެބިނުން ނުކުތީ އެ ވަގުތެވެ. އެހެނަސް ޝައިނާ ހުރުމުން އެއްޗެއް ނުބުނެ ދިޔައީއެވެ. އަރީން ގޮސް އޭނާގެ ދަބަސް ނަގައިފައި ގޮސް ލިފްޓަށް އަރައިފިއެވެ.
“ދެން ތި ބުނަން އުޅޭ އެއްޗެއް ބުނެބަލަ.” ސުމައްޔާ ކާރަށް އަރައި ހަމަޖެހިލުމުން ލީވާން ބުނެލިއެވެ. “ޕޮލިސް އިންޓަލިޖަންސަށް ހެކް ކޮށްލަދޭންވީ.” ސުމައްޔާގެ ޖުމްލަ އިވިފައި ލީވާން ކޮށި އެރިއެވެ. އަތުގައި އޮތް ކޯކު ދަޅު ބަހައްޓާފައި ސުމައްޔާ އަށް ބަލައިލެވުނީ ޤަބޫލުނުކުރެވިގެންނެވެ. “ކީކޭ؟ ސުމައްޔާ އަށް އެނގެއެއްނު އެއީ މަނާ ކަމެއްކަން. ފުލުހަކަށްވެ ހުރެ ތިހެން ބުނީމަ މަ ހައިރާންވެއްޖެ.” ލީވާން ބުނެލިއެވެ. “މިހާރުގެ އިސް ފުލުހުންނަކީ ވަކި މާ ރަނގަޅު ބައެއްތަ. އެތަނުގަ ވެސް ކޮރަޕްޝަން އިންތިހާ އަށް އޮންނާނެ. އަހަރެންނަށް ވަރަށް ރަނގަޅަށް އެކަން ފެނުނު ދިއްދޫގަ އުޅުނު އިރު. އެތަނުގަ ހުރީ ނުފޫޒުގަދަ މީހެއްގެ އަޅެއް ކަހަލަ މީހެއް. އެހެންވީމަ މި ތަނަކަށް ވަކި އިތުބާރެއް ނުކުރެވޭނެ. މަދު ފޯލްޑާތަކަކަށް އެކްސެސްދީފަ ޚާއްސަ ކޭސްތައް ނުބައި މީހާގެ ކޮޅަށް ދޫކޮށްލާ ތަން ބަލާކަށް މަށެއް ދެއަތް އުރާލައިގެނެއް ނުހުންނާނަން. ސިއްރިޔާތުގައި މައްސަލައިގެ ޙަޤީޤަތް ހޯދައިފަ އަނިޔާވެރިންނަށް އަމިއްލަ ނަފްސު ސަލާމަތް ނުކުރެވޭނެވަރު ޔަޤީންކޮށްފަ އޮފިޝަލީ ކޭސް އޯޕެން ކުރާނީ. އެކަމު އެކަން ކުރެވޭނީ ވެސް ކުރީގެ ރެކޯޑްތައް ލިބިގެންނެއްނު. އެކަން ކުރާށޭ މިއުޅެނީ.” ސުމައްޔާ ފަރިތަކަމާއި އެކު ދެއްކި ވާހަކަތައް އިވިފައި ލީވާނަށް އަނގަ ހުޅުވާލެވުނެވެ.
“އެންމެ ރަނގަޅު. އެކަމަކު ކޮޕުންނަށް ނޭނގި ހެކެއް ނުކުރެވޭނެ. އެމީހުންނަށް ނުދަންނަ މީހަކު ހެކް ކުރިކަން އެނގުނީމަ ކާކުކަން ހޯދަން މަސައްކަތް ކުރާނެ. އޭރުން އަހަރެންނަށް ގެއްލުންވާނެ.” ލީވާން ބުނެލިއެވެ. އެ ޖަވާބުން ސުމައްޔާ މާޔޫސް ވިއެވެ. “ކިހިނެއް ހަދާނީ؟” ސުމައްޔާ އެހިއެވެ. “އެންމެ ރައްކާތެރިވާނީ ސްޓާފް ސާރޖެންޓެއްގެ އަތުން އިންޓެލްގެ ކޯޑު ހޯދައިފަ ހެކް ކުރަން. އޭރުން އެ ފުލުހެއް މައިތިރިވެގެން ހުރިއްޔާ ކޯޓުނުވެ ސަލާމަތް ވެވޭނެ.” ލީވާން ބުނެލިއެވެ.
“ސޫމޯ ކޮންމެވެސް ގޮތަކުން އެ ކޯޑު ހޯދާ. ފަސޭހައެއް ނުވާނެ.” ލީވާން ބޯކަހާލިއެވެ. “ތިޔަ ގޮތެއް އޮތް ކަން ވެސް ރަނގަޅެއްނު. މި ޖެހުނީ އުންމަތުލް ވަބާ ނަޅާލަން. ނުކުޓުވައިފިއްޔާ ރަނގަޅު.” ސުމައްޔާ ފުން ނޭވާއެއް ލައިފައި ކާރުން ފޭބިއެވެ. “އުންމަތުލް ވަބާ؟ އެ އަނެއްކާ ކާކުބާ؟” ލީވާން އޭނާގެ އަމިއްލަ ނަފުސަށް އިވޭ ވަރަށް ބުނެލިއެވެ.
“މިޔޯ. މަގު ބެދޭނެހެން ނިޔުސް ރިޕޯޓަރުން އެއްވާން ކިހިނެއްވީ؟” ލީވާން ގޯޅިއެއް އަޅައިފައި ހުއްޓާލަން މަޖުބޫރުވީ މަގު ފުރި ބާރުވެފައި ވުމުންނެވެ. ކާރުން ނުކުމެފައި ލީވާން އެ ވެގެން އުޅޭ ގޮތެއް ބަލައިލިއެވެ. އޭނާއަށް ފެނުނީ ހުދު ކުލައިގެ ހުޑީއެއްގައި ހުރި އަންހެން ކުއްޖެކެވެ. މޫނުގައި އަތް އަޅައިގެން ހުރުމުން ކާކުކަން އެނގޭ ވަރެއް ނޫނެވެ. ނޫސް ރިޕޯޓަރުން އެ އަންހެން ކުއްޖާ ވަށާލައިގެން އުޅުނެވެ. އެ ކުއްޖާގެ ޙާލަތު ދެނެގަނެވުމުން ހަމްދަރުދީ ވެވުނެވެ. މީހުންގެ ތެރެއިން ވަދެގަނެގެން ގޮސް ލީވާން އެ އަންހެން ކުއްޖާގެ އަތުގައި ހިއްޕެވެ.
މީހުންގެ ތެރެއިން ފުރޭނިގެން ގޮސް ލީވާން ހުއްޓުނީ ކާރު ކުރިމަތީގައެވެ. “މިހާރު ރަނގަޅުތަ؟” ލީވާން އެއްސެވެ. އޭރު ވެސް ފަހަތުން ވައި ކުޅަނދުރުތަކެއް ހެން ނޫސްވެރިން ފޮޓޯ ނަގަނަގައިފައި އުޅުނެވެ. “ލީވާން.” ދެލޯ ބޮޑު ކޮށްލަމުން ނައުރީން އެ ނަން ކިޔާލިއެވެ. ލީވާނަށް އެއީ ނައުރީން ކަން ވެސް އެނގުނީ އެ ވަގުތެވެ. “ފުރަތަމަ ކާރު ދުއްވާ. ފަހުން ވާހަކަ ދައްކާނީ.” ނައުރީން ލީވާންގެ ބުރަކަށީގައި މަޑުމަޑުން ޖަހާލިއެވެ. އެއާއިއެކު ލީވާން ކާރަށް އަރައިފިއެވެ. ބަރުގޮނު އަޅުވަމުން އޭނާ ކާރު ދުއްވާލިއެވެ.
“ކިހިނެއް ވެގެންތަ އެ އުޅުނީ؟” އެ ރިޕޯޓަރުންގެ ކިބައިން ސަލާމަތްވެވުމުން ލީވާން އެހިއެވެ. “ހެހެހެ. މިހާރަކަށް އައިސް ބޭރު ތެރޭ މިނިވަންކަމާއި އެކު އުޅެން އުނދަގޫ. ބޮޑީ ގާޑެއް ހޯދަންވީ ކަންނެ. ޝުކުރިއްޔާ އެ މީހުންގެ ކިބައިން ސަލާމަތް ކޮށްދިނީމަ.” ނައުރީން ލުއި ހިނިތުންވުމަކާއި އެކު ބުނެލިއެވެ. “ސެލެބްރިޓީއެއްތަ ތިއީ އެ ވަރު ކުރަން.” ލީވާން ސުވާލުގެ ރާގަކަށް އެހިއެވެ. “އެހެން ވެސް ކިއިދާނެ. މި ރާއްޖޭގެ އެންމެ މަޝްހޫރު ލަވަ ކިޔާ އާރޓިސްޓަށް ވީމަ ވާގޮތް. ގެއަށް ޑްރޮޕް ކޮށްލަދެއްޗޭ.” ނައުރީން އާދައިގެ ގޮތަކަށް ރައްދު ދިނެވެ. ލީވާނަށް ލިބުނު ކުއްލި ސިހުމުން ކާރު ހުއްޓާލެވުނެވެ. “ތިއީ ތަ މީހުން އެހާ ވަރަކަށް ކިޔާ ނައު އަކީ؟ ނޭނގޭނެއްނު. އަހަރެން ލަވަ ބަލައިފައި ނެތީމަ ކަންނެ.” ލީވާން ބުނެލިއެވެ.
ލަހުން އާދެވުނެއް ކަމަކު އަރީން ކުރި ހޯދާ އިދިކޮޅުގެ ހެކިތައް މުގުރާ އަޅާލަމުން ދިޔައީ އާޝޯހުވާހާ ފުރިހަމައަށެވެ. ޕްރޮސެކިޔުޓަރުންނަށް އެމީހުންގެ މަސައްކަތް ލުއިވެގެން ދިޔަ ކަހަލައެވެ. މި ކަމާއި ހެދި ލާޝީން ހީވަނީ އެ ތަން ސުންނާފަތިކޮށްލަފާނެހެންނެވެ. ލިވާޒާގެ މޫނުމަތީގައި ކުޅެލެވިފައި ވަނީ ފަތަޙައިގެ ހިނިތުންވުމެކެވެ. އެހެނަސް އެ އަޑުއެހުން ނިމުނީ އަރީންމެން އުންމީދުކުރި ގޮތަކަށް ނޫނެވެ. ވަކި އަތަކަށް ނުޖެހިއެވެ. ދެވަނަ އަޑުއެހުމަކަށް އިންތިޒާރުކުރަން މަޖުބޫރު ކުރުވަމުންނެވެ.
ޑިޔުޓި އަދާކުރަންޖެހޭ ވަގުތު ހަމަވުމުން ޓީމުގެ އެހެން މެންބަރުން ގެއަށް ދިޔަ ނަމަވެސް އިޙުސާނު އިނީ އޭނާގެ ކެބިނުގައެވެ. އޮތް މައްސަލައިގެ ފައިލް އެއްކޮށް ފުރިހަމަކޮށްފައި ނޫނީ ނުދާން ނިންމައިގެން އިން ކަހަލައެވެ. މަސައްކަތް ނިންމާލެވުނު އިރު އެގާރަ ޖަހަން ގާތްވެއްޖެއެވެ. އިނގިލިތަކަށް ދަމާލައިފައި އޭނާ ގޮނޑިން ތެދުވިއެވެ. ގެއަށް ދާން ތައްޔާރުވެލައިފައި އޭނާ ދޮރުގައި ހިފިހެނެއް ހިޔެއް ނުވެއެވެ. އެތެރޭގައި ހުރި ބޮކިތައް ނިވިއްޖެއެވެ.
އަނދިރީގެ ތެރެއިން އިތުރު ޙަރަކާތެއް ކޮށްލަންވާއިރަށް މީހަކު އެ ތަނަށް ވަދެގަތެވެ. ދެން އެސްފިޔަ ޖަހާލެވޭހާ ކުޑަ ހިނދުކޮޅެއްގެ ތެރޭ މީހަކު އިޙުސާނުގެ ގައިގައި ހިފައިގަތެވެ. ސަލާމަތްވުމަށް އިޙުސާނު މަސައްކަތް ކުރި ނަމަވެސް ހަމަލާ ދިން މީހަކަށް ވުރެ ގަދައެއް ނުވެވުނެވެ. އެ އުކުޅުތަކުން މީހާ ބޯ ހާސްވެގެން ދިޔައެވެ. ފުލުހަކަށް ވިއެއް ކަމަކު އެ ގޮތް ނޭނގޭ މީހާ އިޙުސާނު މޭޒުމައްޗަށް ތިރިކޮށްލިއެވެ. އެއަށްފަހު އޭނާގެ ދެއަތުގައްޔާއި ދެފައިގައި ބިޑި އަޅުވާ ހައްޔަރުކޮށްލިއެވެ. އިމަޖެންސީ ލައިޓުގެ ފަނޑު އަލިން އިޙުސާނަށް ތަންދޮރު ވަކިވާން ފެށީ އެ ވަގުތެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.







Wow vrh suprise vehje thank you soooooo much ♥️♥️♥️
New year gift mi ee.
Hehe, ur welcome.
Shukran Aisha ✨✨
New year ge surprise eh dhw!
Vrh kamu gosfi😊
So areen ah e libunee ehnu proof kolheh! Now she have to fight for herself! She have to prove that she’s not wrong😭
Soomoa kanne dhw isse ah ehen ehedhy! Koalhamun dhaa bayeh veema heenuvey password hoadhan soomoa reechah bunaane hen😹😂
Anyways loved this part so much!!!!!
when next?
Ly💗💗
Yea, new year surprise.
Konmeves varehge proof eh libijje dhw, let’s see whether she uses it to prove her innocence or not.
Soomoa ah ves nuvedhaane, who could it be 🫣
IA next Sunday ga submit kohlaanan.
Shukran Your fav bab ✨✨
Lyt darl 🫶🏻🫶🏻
Awww vrh Suprise vehje anehka mee new year Suprise eh tha hehe 😀😍….. Kaaku baa ihsaan ah ehen ehedhy…. 🤔 naail vx dhw vrh foohivey 🙄… Naureen aa leevaan aa kanne dhw dhn gulhumeh fashaany heehe 😂 mi part ves Vrh reethi MA!! Curiously waiting for the next part when’s next??
Lyyy ❤️✨
Yup, glad u liked the surprise 😄😄
Isse ah ehen hedhy kaaku thoa balamaa hingaa.
Yeaa, naail is really annoying.
Lets lee wht happens to naureen and leevan
IA next Sunday ga submit kohlaanan.
Shukran Shaba_73 ✨✨
Lyt darl 🫶🏻🫶🏻
Omgg new year surprise eh dhww
Finally areen ah amihlla self defense kuran heki libbejje
Mashallah vrh salhi mipart vx
When next?
Next Sunday ga submit kohlaanan IA
Shukran 14 ✨✨
New year gift Vrh Salhi…. Thanxs 🤗❤️
Naail dhn ulhey goi 😣……. So reen ah Proof eh libuny ehnu dhw 😄
leevaan and naureen kanne dhn gulheyny 😹
CURIOUSLY WAITING FOR NEXT PART….. WHN NXT??????
LUV YOU AND TAKE CARE
Naail ge undhagoo adhivex bodee hama 😣😣
Next Sunday ga submit kohlaanan IA
Shukran Alaika_22 ✨✨
Lyt darl 🫶🏻🫶🏻
Like kithah ep ge story eh mee?? ☺️
It will be over 80 episodes 😄
OMG 😱😅
Mibai ves varah salhi
Alhe aree kairy buney e video kolhu beynun kuraashey
When next???
Masha allah u are my favorite author
Keep it up
Lysm❤️❤️❤️❤️
IA tomorrow
So glad to hear that 😄😄
Shukran Diva_gurly ✨✨
Lyt darl 🫶🏻🫶🏻