އަބަދަށް-29
އެނދުމަތީ އޮތް އަރަންގެ ހިޔާލުތައް ގުޅިފައިވަނީ މާހީ އާއެވެ. މާހީ އާއި މާއިލް އެއްކޮށް އުޅޭތާ އެވީ އެއްމެ މަހެކެވެ. މިހާތަނަށް އައިރުވެސް މާއިލް ފަރާތުން އެއްވެސް ނޭދެވޭ ސިފައެއް ފެނިފައެއް ނެތެވެ. ނަމަވެސް އޭނާއަކަށް މާއިލް އަކީ ކޮންކަހަލަ މީހެއްކަމެއް ނެއިންގެއެވެ. އަދި މާއިލް އަކަށް އެހާ އިތުބާރެއް ނުކުރެވެ އެވެ. އަދި މާއިލް އަށް ފާރަލާން އެބަޖެހެއެވެ.
*ޕާރްޓް-29*
މާއިލް ދިޔައީ މާހީ އަށް އޭނާ އާއި ކައިވެނި ކުރުމަށް އެދެމުންނެވެ. ނަމަވެސް މާހީ ހުރީ ހަދާނެގޮތެއް ނެއިންގިފަ އެވެ. ޒަހީނާ ކައިރީ އަހަން ވީ ހެއްޔެވެ. އާއެކެވެ. އޭނާ ބޭނުމީ މިހާރު މުޅި އުމުރަށް މާއިލްގެ މީހަކަށް ވާށެވެ. އެއްދުވަހަކު މާހީ ޒަހީނާ އާއި ގުޅައިގެން އިނދެފައި އެވާހަކަ ފެށިއެވެ.
“ކުޑޫ.. މާއިލް މަންމަމެން ބުނީ އަހަރެންވީ ވީހާވެސް އަވަހަކަށް މާއިލް އާ އިންނާށޯ..”މާހީ ވާހަކަ ފެށީ އެހިސާބުންނެވެ.
“އެކަމަކު ދެން މާހީ ކިޔަވާނީ ކިހިނެއް..؟” ޒަހީނާ އަހާލިއެވެ.
“މާއިލް ބުނީ ކައިވެނި ކޮށްގެން ވެސް ކިޔެވޭނޯ.. އޭނާގެ މައިންބަފައިން ބުނީ އެހާ ގިނަ ދުވަހު ރައްޓެހި ވެގެން އުޅޭކަށް ނުވާނެއޯ..” މާހީ ބެލީ ޒަހީނާ އެކަމަށް އެއްބަސް ކުރެވޭތޯ އެވެ.
“އެހެންމަ ކުޑޫ އަށް ފެންނަނީ މާހީ ގޮސް މާއިލްގެ މައިބަފައިންނާއި ވާހަކަ ދައްކާލަން.. އޭރުން ކުޑޫވެސް ޖަވާބެއް ދޭނަން..” ޒަހީނާ ބުނެލިއެވެ. މާހީ ވެސް އެއްބަސް ވިއެވެ.
އަރަން ދިޔައީ މާއިލް އަށް ފާރަލަމުންނެވެ. އޭނާ އަށް ފާހަގަ ކުރެވިފައި ވަނީ މާއިލް ގިނަވަގުތު ހޭދަކުރަނީ ގެއިން ބޭރުގައި ކަމެވެ. ކުރިން އޭނާއަށް މާއިލް ފެނުނު ކޯރު ކައިރީ އޭނާ ގިނައިރު އުޅެއެވެ. އޭނާ ކޮންމެވެސް ކަމެއް އެބަ ފޮރުވައެވެ. ބައެއްފަހަރު އޭނާ މާހީ އާއި ގުޅައިގެން އުޅޭތަން ފެނެއެވެ. މާހީ އާއި ވާހަކަ ދައްކާރު އޭނާގެ މޫނުމަތީ ވީ ހިނިތުންވުމުން އޭނާ ހަމައަސްލައްވެސް މާހީ ދެކެ ލޯބިވާ ހެން ވެސް ހީވެއެވެ.
މިއަދުވެސް މާއިލް ހޭލައިގެން ސައިވެސް ނުބޮއި ކާރު ތަޅުދަނޑި ހިފައިގެން ތިރިއަށް ފޭބިއެވެ. އޭނާ ނިކުންނަން ދަނިކޮށް ފަހަތުން މީހަކު ގޮވާލި އަޑު އިވުނެވެ. ފޫހި ގޮތަކަށް އެނބުރިލިއިރު ކުރި މަތީ ހުރި މީހާ ފެނި މާއިލްގެ މޫނުމަތި މަލެއްހެން ފޮޅުނެވެ.
“ރަޒާން..” މާއިލް ރަޒާން އަށް ގޮވާލައިފައި އޭނާއާއި ސަލާމް ކޮށްލިއެވެ. ރަޒާން އަކީ ހުޒާމް އަށް މަސަށްކަތް ކޮށްދޭ މީހެކެވެ. އޭނާ އަކީ މާއިލްގެ ކަންކަމަށް ހުންނަ މީހާ އެވެ. އޭނާގެ ކޮށްކޮ އެއް ބަލިވެގެން ދިޔަގޮތަށް އޭނާ އަދި އައީ މިއަދެވެ.
“ކޮންއިރަކު އައީ..؟” މާއިލް ހުރީ ނިކަން އުފަލުންނެވެ. ސަބަބަކީ އޭނާގެ އިހުސާސްތައް އެނގޭ ހަމައެކަނި މީހަކީ ރަޒާން އޭ ބުންނަސް ދޮގަކަށް ނުވާނެއެވެ.
“މިއަދު.. މާއިލް ކިހިނެއް..؟” ރަޒާން މާއިލްގެ ބޮޑަށް އަތް ވައްޓާލަމުން ބުނެލިއެވެ.
“ހިގާބެ ބޭރަށް ގޮސް ލާން ދޯ..؟” މާއިލް އެހެން ބުނެ ހިގައިގަތުމުން ފަރީހާ ގޮވާލި އަޑު އިވުނެވެ.
“ދަރި ފުޅާ ސައިނުބޮއިތަ ތިދަނީ..؟”
“ހޫމް.. ބޭރުން ކާނީ..؟” މާއިލް ބުނެލިއެވެ.
ދެމީހުންވެސް އެކި ވާހަކަ ތަކުގަ ތިބެ ކާރު މަޑުކޮށްލީ ކޯރު ކައިރިއަށެވެ. ފައިބެ ފައި ދެމީހުންވެސް އިށީނީ އެތާ ހުރި ބެންޗްގަ އެވެ.
“އެލާ މަތިން އަދިވެސް ހަނދާން ވޭ ދޯ..” ރަޒާން ކޯރާއި ދިމާއަށް ނަޒަރު ހުއްޓައި ލައިގެން ހުރެ އަހާލިއެވެ.
“އާން.. ވަރަށް ބޮޑަށް.. އައި ވޮޒެންޓް ރެޑީޓު ލީޒާ ހާރް.. ވަރަށް ފޫހިވޭ ބައްޕަ ދެކެ.. އެނޫން މީހަކު ނޫނީ ނުހުންނާނެ..” މާއިލް ނުރުހުމުގެ ރާގަކަށް ބުނެލިއެވެ.
“ދެން.. މާއިލް ނުވެސް ބުނެ އުޅުނީމަ ދޯ އެއީ..؟” ރަޒާން ބުނެލިއެވެ. މާއިލް އެއްޗެކޭ ނުބުނެ ހުރީއެވެ.
“ދެން މިހާރު އެކަންތައް ދަނީ ކިހިނެއް..؟” އަނެއްކާވެސް އޭނާ އަހާލިއެވެ.
“މިފަހަރު މަ ބޭނުން ގޮތަށް ކަންކުރާނީ.. ބައްޕަ ވެސް މަ ކައިރީ ނުބުނެ އެލާ މަރާލީ.. އެހެންމަ މިފަހަރު މަބޭނުން ގޮތަކަށް ކަންކުރާނީ.. އެކަމު ބައްޕަ ބުނިހެން ކައިވެނި ކުރާނަން..” މާއިލް ކިޔައިދިނީ މާހީގެ ވާހަކަ އެވެ.
“ކިހިނެއް ކަލޭ އެމަންޖެ އަތު ގުޅާލީ..؟” ރަޒާން ވަރަށް ޝައުގުވެރި ހުރެ އެހިއެވެ.
“އެއީ މާލަށް އުދަގޫ ކަމެއް ނޫން.. މަ އޭނަ ލައިބްރަރީގެ ހުއްޓަ ގޮސް ކައިރީ އިށީންދެފަ ވާހަކަ ދައްކަން ފެށީ.. ދެން އެކުވެރިވީ.. ފަހުން މަ އޭނަ ކައިރީ ރައްޓެހިވާން އެހީ.. މިހާރު މިބުނީ މަންމަމެން އޯކޭ އެއް ނޫނޭ އެހާ ގިނަދުވަހު ރައްޓެހިވެގެން އުޅޭކަށް އެހެންވެ މެރީކުރަން..” މާއިލް ކިޔައިދިނެވެ.
“މަށަށް ޔަގީން އެމަންޖެއަށް ރަގަނޅުގޮތެއް ނޫން ކަލޭ ހަދާނީކީ.. ދޮގެއްތޯ މިބުނީ..” ރަޒާން ހިނިގަނޑެއް ޖަހައިލިއެވެ.
“މިފަހަރު ބައްޕަ ކޮންމެ އެއްޗެކޭ ބުންޏަސް މަބޭނުން ގޮތެއް..” މާއިލް މޭމަތީގައި ޖަހާލަމުން ބުނެލިއެވެ.
“ދެން ކިހިނެކޯ ހަދާނީ މެރީ ކޮށްފަ..؟”
އިރުކޮޅަކު އެތާ ތިބެފައި މާއިލް އާއި ރަޒާން ކާރާއި ދިމާއަށް ހިނގައިގަތެވެ. އެއްވެސް ހިޔާލެއް ފިކުރެއް ނެތި ހެމުން ގޮސް ކާރަށް އަރައި ދުއްވައި ލިއެވެ.
އެކާރު ދިޔުމުން ގަހުގެ ނިވަލަށް ވަދެ އިން މީހަކު ނިކުތެވެ. އެމީހާ ލައިގެން ހުރީ ކަޅު ޖިންސަކާއި ކަޅު ހުޑީ އެކެވެ. އަޅާއިގެން ހުރި މާސްކުން އޭނާގެ އަނގަޔާއި ނޭފަތް ނިވާކޮށްފައި ހުއްޓެވެ. އިސްތަށިގަނޑު ނިވާކުރުމިގެ ގޮތުން ހަމަ އެކުލައިގެ ތޮއްޕަކުންނެވެ. ހަމަ އެގޮތަށް ތޮފި މަތިން ވަނީ ބިޑް ވެސް އަޅައިފަ އެވެ. އޭނާ ކޯރާއި ދިމާވާގޮތަށް ހުއްޓިލައިފައި ތޮއްޕާއި މާސްކް ނެގިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







Mashallah mi part vx vrh reethi
When is next?
I can’t wait