Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-27

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
July 19, 2025 3 Mins Read
2 Comments

އަރަން އަށް މިވީ ކިހިނެއް ހެއްޔެވެ؟ އެހެން ނޫނީ އޭނާ އާއި ވާހަކަ ދައްކާނޭ ފުރުސަތެއް ނުލިބިފައި އިން މީހަކު ވާހަކަ ދައްކަން ފުރުސަތު ލިބުމުން އެކައްޗެކޭވެސް ނުބުނެއެވެ. އަރަންގެ އުޅުން ހުރިގޮތުން އޭނާ ބަދަލު ވެފައިވާ ވަރު އެނގެއެވެ.

*ޕާރްޓް-27*

“ފޮނި މީހެއްދޯ..؟” މާހީ ސިއްސައިގެން ދިޔައީ ކައިޝްގެ އަޑުއިވުމުންނެވެ. ބަލާލީރު އޭނާ އިނީ ކޮފީތަށި ތުމުގައި ޖަހައިގެން އަރަން އާއި ލިޔާ ދިޔަ ދިމާއަށް ބަލާށެވެ. މާހީ ބޯހޫރާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ނެވެ.

“ކުއްލިއަކަށް ލިޔާ އާ އެއްބައިވީ..” ޖައިޝް އެހެން ބުނުމުން މާހީގެ ލޯ ކުރިމަތީގައި އަނެއްކާވެސް އެމަންޒަރު ފެވިގެން ދިޔައެވެ.

“ދަނީ ކްލާހަށް..” ބެލް ޖެހުމުން މާހީ ހިނގައިގަތެވެ. ޖައިޝް އާއެކޭ ބުނެލައިފައި އެތާ އިނީއެވެ. މިއަދު އަރަންގެ އަމަލުތަށް ހުރިގޮތުން މާހީގެ ހިތަށް އުދަގޫ ކުރަން ފެށިއެވެ. އަރަން މާހީ އާއި ވާހަކަ ދައްކަން ބޭނުން ނުވަނީ ހެއްޔެވެ. އޭނާ މާހީ ދެކެ ރުޅިއައީ ހެއްޔެވެ. މިކަހަލަ ހިޔާލުތަކެއްގައި ހުރެ މާހީ ގޮސް ކްލާހަށް ވަނެވެ. މާހީ އިށީންދެ ހަމަޖެހިލުމަށްފަހު މާއިލް އަށް ބަލާލި އެވެ. އޭރު އޭނާ ހުރީ ދަތްދޮޅީގައި އަތް އަޅުވާއިލައިގެން މާހީ އަށް ބަލާށެވެ. މާހީ ބުމަ އަރުވާލީ ކިހިނެއްވީ ގޭ އެހުމުގެ ގޮތުން ނެވެ. މާއިލް އެކައްޗެކޭވެސް ނުބުނެ ހުރީއެވެ. މާހީ ލަދުގަންނަން ފެށިއެވެ.

“ތިހާވަރަށް ނުބަލާ ބަލަ.. ލަދުގަނެޔޭ..” މާހީ އެއްމެފަހުން ބުނެލި އެވެ. މާއިލް ގުޑާވެސް ނުލައެވެ. މާހީ ގޮތަކުން އޭނާގެ މޫނު ފޮރުވާލިއެވެ. މާއިލް މަޑުހުނުމަކައި އެކު ބޯޓް ފޮތް ނަގައި ލިސެންއަށް ތައްޔާރުވެލިއެވެ. ކެންޓީނަށް ގޮސް ވެސް މާއިލް އެކި އެއްޗިހި ކިޔައިގެން މާހީ ލަދުގަންނަވާލައެވެ.

“އަހަރެން ހިތަކަށް ނާރަން މާއިލް މިހާ ލާނެތްވާނެ ކަމަކަށް..” މާހީ ހިނިތުންވެލައިގެން ހުރެ ބުނެލި އެވެ.

“މީ އަދި ފެށުމޭ ލޯބީ..” މާއިލް އެއްލޯ މަރާލަމުން ބުނެލި އެވެ. މާހީ އަނެއްކާވެސް ހޭންފެށިއެވެ.

ދުރުގައި މިމަންޒަރު ބަލަން ހުރި އަރަންގެ ލޮލުން ދިޔައީ ނަފްރަތު ގެ ކަނިބުރާމުންނެވެ. އޭނާ ދިޔައީ އަތުގައި އޮތް އުލުން ކުކުޅު މަސްކޮޅަށް ހަރަމުންނެވެ. ޖައިޝް އަށް މިތަން ފެނުމުން ފަހަތަށް އެނބުރި ބަލާލި އެވެ. އޭރު މާއިލް އާއި މާހީ ހީހީފައި ވާހަކަދައްކަނީ އެވެ.

“ތި އަޅައިނުލާ ކެވޭތޯ ބަލާބަލަ..” ޖައިޝް ބުންޔެވެ.

“މަގޭ އަތުޖެހިބަލަ.. ދުލެއް ނުކުރާނަން..” އަރަން ހިތާހިތުން ކިޔާލިއެވެ. އޭނާ ވެސް ކާން ފެށިއެވެ.

އާދައިގެ ގޮތަކަށް ގޮސް ކޮލެޖްވެސް ނިމުނެވެ. މާއިލް އޭނާގެ ބައްޕަ ބުނެގެން ކޮށްމެވެސް ތާކަށް ދާންޖެހުނެވެ. އެހެންކަމުން މާހީ އަށް ގެޔަށް ދާންޖެހުނީ އެކަންޔެވެ.

“ސޮރީ ލޯބީ.. ބައްޕަ ގުޅީމަ ދާންތާޖެހޭނީ ހަމަ.. އޯރް އެލްސް އައި ވުޑް ގޯވިތްޔޫ..” މާއިލް މާހީގެ އަތަށް ފިތާލަމުން ބުނެލިއެވެ.

“އިޓްސް އޯކޭ..” މާހީ ލުއި ހިނިތުންވުމަކާއި އެކު ބުންޔެވެ. ބަހުގައި ދަތުރުކޮށްފައި ގެޔަށް އައިރު ޒީކްގެ ހިލަމެއް ނުވެއެވެ. އަޅައިނުލާ އޭނާ ގޮސް ކޮޓައރިއަށް ވަނެވެ. މާގަނޑު ދަށުަގއި ހުރެގެން މާހީ ދިޔައީ ފެންވަރަމުންނެވެ. ގައިގައި ފިނިފިނި ފެން ޖެހޭރު ވަރަށް ވެސް އަރާމެވެ. މާހީ ލޯމަރާލުމް އޭނާއަށް ސިފަވީ އަރަން އާއި ލިޔާ ހިގައިފައި ދިޔަ ތަނެވެ. އަރަން އޭނާ ދެކެ ފޫހިވީހެއްޔެވެ؟ އެއީ ކީއްވެގެން ބާއެވެ. މާހީ ހިތަށް އެރިއެވެ. އޭނާ އަރަން އާއި މެދު މިވިސްނަނީ ކީއްވެ ހެއްޔެވެ. އޭނާ މީ މިހާރު މާއިލްގެ ލޯބިވެރިޔާއެވެ. މިހެން އެހެން ފިރިހެނުންނާއި މެދު ވިސްނާކަށް ނުވާނެއެވެ. އަރަްނ އޭނާ އާއި ވާހަކަ ނުދައްކަން ކޮށްމެވެސް ސަބަބެއް އޮންނާނެއެވެ.

ގެޔަށް އައިސް އަރަން ބޭގު މޭޒުމަތީ ބާއްވައިފައި ތައްޓަކަށް ފެންފޮދެއް އަޅައި ބޯލިއެވެ. ޖައިޝް އައިސް ސޯފާއަށް ޖެހިގަތީއެވެ.

“އޭ ކީއްވެތަ މަކާރީ ނުބުނީ ކުރިން..” ޖައިޝް އަހާލިއެވެ. އަރަން ތަށިބަހައްތައިފައި ޖައިޝް އަށް ބަލާލިއެވެ.

“އެގަޑި ބުނާހިތް ނެތީމަ..” އަރަންގެ ޖަވާބު ކުރެވެ.

“މިހާރު އެއޮށް މާހީ އެހެން މީހެއްގެ މީހަކަށްވީ.. ޝީ ލައިކްސް ހިމް އަ ލޮޓް.. ދެން އަރަން ހަމަ މާހީގެ އިންތިޒާރުގަ ހުންނާނީތަ..؟” ޖައިޝް ވިސްނައިދޭ ފަދަ ގޮތަކަށް އަހާލިއެވެ. އަރަން ބޯޖަހާލިއެެވެ. ޖައިޝް ފުންނޭވާއެއް ބޭރުކޮށްލިއެވެ. ހަމަ އެވަގުތު އޭނާގެ ފޯނު ވައިބްރޭޓް ވާން ފެށިއެވެ. ބަލާލިއިރު ނަމަކަށް “ލަވް” ޖަހައިފައި އިނުމުން އޭނާގެ ތުންފަތްމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ފޯނު ކަންފަތުގައި ޖައްސާލަމުން އޭނާ ނުކުތީ ބެލްކަންޔަށެވެ.

“ހެލޯ..” ޖައިޝް ގޮވާލިއެވެ.

“ހަލޯ.. މިއަދު ކޮލެޖް ކިހިނެއް..؟” ލަވްޔާ ނިކަން ލޯބިން އަހާލިއެވެ.

“ރަގަނޅު.. ލަވްގެ ކިހިނެއް..؟”

“ވަރަށް މަޖާ.. ލަވްގެ ޑެސްކް މޭޓް ކިޔާ އެއްޗިހިން ހަމަ ހެވެނީ..” ލަވްޔާ އޭނާގެ ޑެސްކް މޭޓް ވާހަކަ ބުނެލިއެވެ.

“ލަވްގެ ޑެސްކް މޭޓް އަކީ ކާކުތަ..؟” ޖައިޝް ވަރަށް އާދައިގެ ގޮތަކަށް އަހާލިއެވެ.

“އަހްޔާން ކިޔާ ކުއްޖެއް.. ހީޒް ސޯފަނީ..” ލަވްޔާ ފެށީ ހޭށެވެ.

“ލަވްޔާގެ ޑެސްކް މޭޓްް އަކީ ފިރިހެނެއް..؟” ޖައިޝް ހައިރާންވެ ހުރެ އަހާލިއެވެ.

“އާން މިދިޔަ ދެދުވަހު ރާޔާ ނާންނާތީވެ އޭނާ އިނީ އައި ކާރީގަ..” ލަވްޔާ އޮޅުންފިލުވައިދިނެވެ.

“އެހެންދޯ.. އެކަމު އޭނާ އާ އެހާ ކްލޯޒް ނުވައްޗޭ..” ޖައިޝް ނުތަނަވަސްވެ ހުރެ ބުނެލިއެވެ.

“އޮފްކޯޒް..”

“ޖައިޝް ދެކުނިންތަ މާހީ..؟” އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށް ފަހު ލަވްޔާ އަހާލިއެވެ.

“އާން ދެކުނިން.. އެނގޭތަ މާހީ އަރަން އާއި ޕްރައިވެޓް ކޮށް ވާހަކަދެއްކީ މިއަދު..” ޖައިޝް ވަރަށް ސިއްރުން ބުނެލިއެވެ.

“ކީކޭ ކީ..؟” ލަވްޔާގެ އަޑުގައިވީ ފޯރިއެވެ.

“ނެއިންގެ..” ޖައިޝް ބުނެލިއެވެ.

“އާން ބޮޑު ބަންދުގަ ރަށަށް އަންނަންތަ..؟”

“ހޫމް.. ކިހިނެއްވީ..؟” ޖައިޝް އިނީ ރެއިލިންގައި އަތް އަޅުވައިލައިގެންނެވެ. އެމޫނުމަތިން ފެންނަންހުރީ އުފާވެރިކަމެވެ.

“މަންމަ އެހީ..” ލަވްޔާ އެހެންބުނުމުން ޖައިޝް ދިޔައީ ސިއްސައިގެނެވެ.

“މަންމައޭ.. ލަވް މަންމަމެން ކައިރީވެސް ބުނީތަ..؟” ޖައިޗް ހާސްވިއެވެ.

“ހަމަޖެހިބަލަ.. މަންމަ އޯކޭއޭ.. މަންމަ ބުނީ ޖައިޝް އަކީ ވަރަށް ރަގަނޅު ކުއްޖެކޯ..” ލަވްޔާ ކިޔާދިނެވެ.

“އެހެންމަ ވެޑިންވެސް ހަމަޖެހުނީދޯ..؟” ޖައިޝް ވަރަށް ލާނެތް ރާގަކަށް އަހާލިއެވެ.

“އަދިކޮބާ އެދުވަސް..”

“މިފަހަރު ރަށަށް ގޮސް އައިވިލް މޭކްޔޫ މައިން ފޯއެވާރް..” ލަވްޔާގެ މޫނުމަތި އެކޮށްރަތް ވިއެވެ. އޭނާ މަޑުމަޑުން ހީލިއެވެ. ދެލޯބިވެރިން އެތަށްކެށް ވަގުތެއް ވަންދެން ވާހަކަދައްކަން ތިއްބެވެ. ފޯނުބޭއްވީ އަސުރުނަމާދަށް ބަންގިގޮވުމުންނެވެ.

އަސުރުނަމާދަށް ފަހު މާހީ މޭޒޔކައިރީ އިށީންދެލީ ފިލާވަޅުތަށް ހަދާނަމޭ ހިތާއެެވެ. ނަމަވެސް އަދި މިއަދު ޒަހީނާ އާއި ނުގުޅާތީވެ އޭނާ ޒަހީނާގެ ނަމްބަރަށް ގުޅާލިއެވެ. ދެތިން ރިންގަކަށްފަހު އޭނާ ފޯނުނެގިއެވެ.

“ކޮބާ ކައިފިންތަ..؟” ފޯނު ނެގުމައްފަހު އޭނާ ފުރަތަމަވެސް އަހާލިއެވެ.

“ލައްބަ.. ކުޑޫ ހާދަ ބުރަކޮށް އުޅޭ ދުވަހެއް..” މާހީ އަށް ޒަހީނާ އަވަދިނެތި އުޅޭތަން ފެނުމުން އަހާލިއެވެ.

“ހޫމް.. އެލީނާ މިގެޔަށް އަންނަން އުޅޭތީ ސައިހަދަނީ..” ޒަހީނާ ޖަވާބު ދިނެވެ.

“ހާދަ އުފަލުން މިއަދު ތިހިރީ.. ކިހިނެއްވީ..؟” މާހީގެ އުޖާލާވެފައިވާ މޫނުފެނި ޒަހީނާ އަހާލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ޔާރު ދެވުނޭ ލޮބޭ ހަޤީޤީ 03

Next

ހިތް އެދެ ޔާރާ ތިއޭ – 24

Next
July 20, 2025

ހިތް އެދެ ޔާރާ ތިއޭ – 24

Previews
July 19, 2025

ޔާރު ދެވުނޭ ލޮބޭ ހަޤީޤީ 03

2 Comments!

  1. Aishath Limsha Aishath Limsha says:
    July 21, 2025 at 6:35 pm

    Heyyy devil Masha Allah vrh reethi mi part vx when’s next curiously waiting for the next lysm Tc ❤️

  2. _MuXo_ _devil_ says:
    July 21, 2025 at 10:19 pm

    Aww thank you!

Comments are closed.

Next Episodeއަބަދަށް-28←


All Right Reserved!