ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-7
މިހާރު ދެމަސް ފާއިތުވެ ގޮސްއިއެވެ. އަހަރެންގެ ކިޔެވުން އަނެއްކާވެސް ފަށާފިއެވެ. އެއްދުވަހެއްގެ އިރުއޮށްސުނު ވަގުތެވެ. އަހަރެން ބަދިގެޔަށް ދިޔައީ ސައިބޯލާނަމޭ ހިތާއެވެ. އޭރު މަންމަ އާއި ބައްޕަ ވެސް ތިއްބެވެ. މުނުމަތީ ފެންނަން ހުރީ ސީރިއަސް ކަމެވެ. އަަހަރެން ފެނުމާއި އެކު އިށީނުމަށް މަންމަ ބުންޔެވެ. އަހަރެން ހިތަތް އެރިއެވެ. މިހާރު ކޮންކަމަކާއި ލެކްޗަރު އަޅަން ހެއްޔެވެ؟
*ޕާރްޓް-7*
އަހަރެން ވަކިވަކިން މަންމަ އާއި ބައްޕަގެ މޫނަށް ބަލާލީމެވެ. ކޮންމެވެސް ވާހަކައެއް އަހަރެންކައިރީ ބުނަން އުޅޭކަން އަހަރެންނަށް އެނގެއެވެ.
“ރާނިޔާ.. މަންމައާ ބައްޕަ ވަރަށް ވިސްނައިފަ ހަމަ ދަރިފުޅަށް ރަގަނޅަކަށް ނަގާ ފިޔަވަޅެއް މީ އެނގޭ..” މަންމަ ވާހަކަފެށިއެވެ. އަހަރެން ހިތް އޮބިނޯންނަ ވަރަށް ތެޅެމުންދިޔައީ ކޮންކަހަލަ ފިޔަވަޅެއް ކަން ނެއިންގޭތީއެވެ.
“މިހާރު ރާނިޔާ ތީމިހާރު ބޮޑު އަންހެން ކުއްޖެއް އެކަމު އަމިއްލަ ނަފްސް ހިމާޔަށް ކުރާކަށް އަދިނެއިންގޭނެ.. ދެން މަންމަމެން މިއުޅެނީ ވަރަށް ބުރަކޮށް ވަޒީފާގަ.. ރާނިޔާ އަކަަށް އެހާ އަޅައެއްވެސްނުލެވެ.. އެހެންމަ..” ބައްޕަގެ ޖުމްލަ ފުރިހަމަ ނުވަނިސް އަހަރެންނަށް ބައްޕަ ބުނަން އުޅުނު އެއްޗެއް ފަހުމް ވިއެވެ. އަހަރެންގެ ހިތް ތެޅިގަތީ ބިރުވެރި ގޮތަކަށެެވެ. ނޫނެކެވެ. ހަމަރަގަނޅަށްވެސް މަންމަމެން އެއުޅެނީ އެހެން ހަދަން ހެއްޔެވެ. ކީއްވެހެއްޔެވެ. މަންމަމެންގެ ހިތުގައި އެއްވެސް ރަހުމެއް ނެތީ ހެއްޔެވެ؟
“އާން ރާނިޔާ.. މަންމަމެން މިނިއްމީ ދަރިފުޅުގެ ކައިވެނި ކުރުވަން..” އަހަރެންގެ ކަންފަތް ދޮށުގައިހީވީ ގުގުރިއެއް ޖަހާލިހެންނެވެ. ލޯ ކަރުނުން ތެމުނެވެ. އަހަރެން އަދި މިއުޅެނީ ކިޔަވާ ނުނިމިގެނެވެ. އަނެއްކޮޅުން އަދި އަހަރެންނަށް އަށާރަ އަހަރުވެސް ނުފުރެއެވެ.
“ނޫން.. އަހަރެން ބޭނުމެއްނޫން ކައިވެނި ކުރާކަށް.. އަދި ކިޔަވާވެސް ނުނިމެ.. އަށާރަ އަަހަރުވެސް ނުފުރެ.. އަހަރެންނަކަށް ނުވެސް އެނގޭ ކާކާ ކަމެއްވެސް ކައިވެނި ކުރުވަނީކީ.. ނުވާނެމިކަމެއް..” އަހަރެން ދެކޮޅު ހެދީމެވެ.
“ރާނިޔާ ބޭނުން ނޫނަސް މިހާރު ކައިވެނި ތާރީހުވެސް އޮތީ ހަމަޖެހިފަ.. ދެންހަމަ ޖެހޭނީ މިކައިވެނި ކުރަން..” ބައްޕަގެ އަޑުވެސް ބާރުވެގެން ދިޔައެވެ. އަހަރެންނަށް ކުރެވުނުހާވެސް ކަމަކީ ދަތްކުޑި ވިކާލުމެވެ.
“އެހެންވީރު ބުނެބަލަ ކާކާ..؟” އަހަރެން މަންމަ އާއި ދިމާއަށް ބަލާލީމެެވެ. އަހަރެން ހިތާ ދެކޮޅަށްވެސް އެއްބަސްވީމެވެ. ނޫނެކޭ ބުންޔަސް ކަންތަށް ވާނީ ހަމަ މިހެންނެވެ. އަހަރެން ކައިވެންޔަށް އެއްބަސްވިކަން އެނގުމުން މަންމަ މޫނުމައްޗަށް ހަމަޖެހުމުގެ ކުލަވަރު ވެރިވިއެވެ.
“ބައްޕަގެ ވަރަށް ކުރީގެ އެކުވެރިއެއްގެ ހުރިހަމައެކަނި ދަރިއެއް.. ޒާން ކިޔަނީ 22 އަހަރު..”
“ބާވީހޭ..؟” އަަހަރެންނަށް އަހާލެވުނެވެ.
“އެއްމެ ފަސް އަަހަރުގެ ތަފާތޭ.. ރަގަނޅުވާނެ..” މަންމަ ޗޮކެއް ކަޑާލިއެވެ. އަަހަރެންނަށް ހުރެވުނީ ހުއްޓުން އަރައިފަ އެވެ. އެކިޔާ ޒާން އެއްގެ މިޒާޖު އެނގެނީކީ ނޫނެވެ. އަނެއްކޮޅުން އަަހަރެންނަށް ތުރެ ފަސް އަހަރު ބޮޑެވެ.
އަހަރެން ބައްޕަ އާއި ދިމާ އަށް ބަލާލި އާދޭހުން ފުރިގެންވީ ލޮލަކުންނެވެ.
“މީ ފަހުގެ އިއްވުން.. ރާނިޔާ ޒާން އާއި ކައިވެނި ކުރާނެ.. މާދަން ހަވީރު އެމީހުން އަންނާނެ.. ރެޑީވެ އޮންނާތީ..” ބައްޕަގެ ފަހުގެ އިއްވުން އިއްވުމަށްފަހު ބަދިގެ އިން ނުކުމެގެން ދިޔައެވެ.
“މަންމާ.. ކީއްވެ އަހަރެން ކައިރީ ނުބުނީ..” ބައްޕަ ކޮޓަރިއަށް ވައިންކަން ޔަގީން ކޮށްފައި އަހަރެން އައިސް މަންމަ އާއި ޖެހިގެން ހުރި ގޮނޑީގައި އިށީނީމެވެ.
“އެނގޭ ބުނެފިއްޔާ ބޮޑާ ހާކާނެ ކަން.. އެހެންވެ ހުރިހާ ކަމެއް ނިންމައިފަ މިބުނީ.. މާދަމާ ހަވީރު ހަތަރު ގަޑިބަޔަށް ރެޑީވެގެން އިންނައްޗޭ..” މަންމަ ވަރަށް ހަމަޖެހިލައިގެން ހުރެ ބުނެލި އެވެ.
“ކީއްވެ..؟” އަހަރެންނަށް އަހާލެވުނީ ކުރެވިފައިވީ އަޑަކުންނެވެ.
“ރާނިޔާ ތިޔަ ދަނީ ދުވަހަކަށް ވުރެ ދުވަހެއް ބަލިވަމުން.. މަންމެންނަކީ ގިނައިން ގޭގާ އުޅޭބައެއް ނޫން.. ދެން ކާކު ދަރިފުޅަށް ބަލަނީ..؟” މަންމަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލި އެވެ.
މަންމަމެން ކޮންމެ ކަމެއްވެސް ކުރާނީ ވަރަށް ވިސްނައިފައެވެ. އެއްމެ ރަގަނޅަށެވެ. ތަގުދީރު އަހަރެންނާއި މިއުޅެނީ ކޮން ސަމާސާ އެއްހެއްޔެވެ. ކެއްކުރަންތާ އެ ޖެހޭނީއެވެ. މަންމަ ދަނީ އެ ބުނެފައި ބަދިގެން ނުކުމެގެން ދިޔުމާއި އެކު އަހަރެންގެ ބަޑިފަޅައިގެން ދިޔައެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






