Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-6

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
July 17, 2025 3 Mins Read
0 Comments

ކުއްލިއަކަށް ކްލާސް ކުދިންތަށް ވަރަށް ސިއްރުކިޔަންފެށިއެވެ. އަހަރެން ހުރި ވާނުވާގައެވެ. އިރުކޮޅަކުން ކުއްޖަކު އަހަރެން އަތުގަ ހިފައިގެން ކުރިޔަށް ޖެހިލިއެވެ. އެއްމެން ކުރިމައްޗަށް ވާގޮތަށް އަހަރެން ބަހައްޓައިފައި އޭނާ ދިޔައެވެ. އެއްމެންގެ ލޯތަށް ވަނީ އަހަރެންނަށް އަމާޒުވެފައެވެ. އަހަރެން ހުރީ މިވަނީ ކީއްހޭ ހިތަތް އަރާފައެވެ. އަހަރެން ފަހަތުން އިވުނީ މީހަކު ކަރުކެހިލިއަޑެވެ. އަހަރެން ބަލާލީމެވެ.

*ޕާރްޓް-6*

އަހަރެން ކުރިމަތީ ހުރީ ނާހިލް އެވެ. އޭނާ ހުރީ އެއްކަކޫ މައްޗަށް ތިރިވެލައިގެން ސައިފަތް މަލެއް އަތަތް ލައިގެނެވެ. އަހަރެންނަށް މިވީ ގޮތް ކިތައްމެހާވެސް ރަގަނޅަށް އެނގުނެވެ. އަހަރެން އެހެން ހުއްޓައި ނާހިލް ވާހަކަދައްކަން ފެށިއެވެ.

“ރާނިޔާ.. އަހަރެން ރާނިޔާ އާ ދުރުން އުޅެފަ ވާހަކަނުދައްކާތީކީ އޭގެމާނައަކީ އަހަރެން ރާނިޔާ އާއި މެދު ނުވިސްނައެކޭ ނޫން.. ދުވާލާ ރޭގަނޑު.. އަބަދުހެން އަހަރެންގެ ސިކުނޑީގައި ދައުރުވަމުން ދަނީ ހަމަ ރާނިޔާގެ ހަދާންތަށް.. އަބަދު ރާނިޔާ އެކަނިވެފަ ދެރަވެފަ އިންނާތީ އަހަރެންގެ ހިތަތް ވަރަށް އަސަރު ކުރޭ.. އެކަމު އަހަރެން ރާނިޔާ ދެރަވާކަހަލަ އެއްވެސް ކަމެއް ނުކުރާނަން.. އައި ޕްރޮމިސް.. ސޯ، ވިލް ޔޫބީ މައި ގާރްލް ފްރެންޑް..؟” ނާހިލް ވަރަށް ރީތި ސްޕީޗެއް ކިޔާނިއްމާލީރު އަހަރެން ހުރީ ދޭނެ ޖަވާބެއް ނެއިންގިފަ އެވެ. އަހަރެން ހަމަ އޭނާ އާއި ދިމާ އަށް ބަލަހައްޓައިގެން ހުރީއެވެ.

“ރާނިޔާ.. ގިވް ހިމް އޭން އާންސާރް..” ކުއްޖަކު ގޮވާލި އަޑުއިވުނެވެ. އަހަރެން ބަލާލީރު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ނާހިލް އާއި ދިމާ އަށް ބަލަން ހުރި ޔޫޝައު އެވެ. ބަލާލި ކޮންމެމީހަކަށް ވެސް އެދެލޮލުން ނަފްރަތުގެ ކަނި ބުރަމުން ދިޔަތަން ފެންނާނެކަން ގައިމެވެ. އަހަރެން ވެސް ޔޫޝައު ބަލަން ހުރި ގޮތުން ބިރުގަތެވެ.

“މިގަޑީގަ ޖަވާބެއް ބުނަން ނެއިންގެންޔާ.. މާދަމާ އަހަރެންނަށް މެސެޖް ކޮށްލާ..” ނާހިލްގެ އަޑު އިވުނީ ކައިރިންނެވެ. އަހަރެން ބަލާލީރު ނާހިލް ހުރީ އަހަރެންނާއި ފުދޭވަރަކަށް ކައިރީގަ އެވެ. އަހަރެން ދުރަށް ޖެހިލީމެވެ. އޭނާ ހިނިތުންވެލައިފައި އަހަރެން އަތަށް އެމާ ލައިދިނެވެ. ހުރިހާ އަންހެން ކުދިން ގޮތަށް އަހަރެން ކައިރިއަށް އައެވެ.

“ހާދަ ލަކީ އޭ ދޯ..” އެކުއްޖަކު ބުނެލިއެވެ. “އަޅެ ކީކޭތަ ޔޫ ބުނާނީ..” އެހެން ކުއްޖަކު އެހިއެވެ. ވިސްނާލަން ޖެހޭނީ ކަމަށް ބުނެ އަހަރެން އެވާހަކަ ހިންދާލީމެވެ. ގެޔަށް ދާންވެގެން އަހަރެން ޝާނަށްތަ ކައިރިއަށް ދިޔައީމެވެ.

“ކޮބާ ދާންވީތަ..؟” ޝާނަށްތަ އަހާލުމުން އަހަރެން ބޯޖަހާލީމެވެ.

“މަންމާ އަހަރެން ދާނަން ރާނިޔާ ގެޔަށް ލައިދޭން..” ފަހަތުން ޔޫޝައު ބުނެލިއެވެ. އަހަރެން ބަލާލީރު އޭނާގެ މޫނުަމަތީ ވަނީ ސީރިއަސް ކަމެވެ. ޝާނަށްތަ އެއްބަސް ވިއެވެ.

އެއްވެސް ވާހަކައެއް ނުދެކެވި ހިގަމުން ދިޔައީމެވެ. އަހަރެންނަށް އިރު އިރުކޮޅާ ޔޫޝައުގެ މޫނަށް ބަލާލެވެއެވެ. އޭނާ ހުރީ ހަމަ ވަރަށް ނޯމްލް ކޮށެވެ. ރުޅިއައިސް ހުރިކަމުގެ އެއްވެސް ނިޝާނެއް އެމޫނުމަތިން ފެންނާކަށް ނެތެވެ. އަަހަރެން ހީއްކުރީ އެއީ އަހަރެންނަށް ފެނުގޮތް ކަމުގަ އެވެ.

“ޑޫ ޔޫ ލައިކް ހިމް..؟” މަގަށް ނަޒަރު ސީދާކޮށްގެން ހުރެ ޔޫޝައު އަހާލިއެވެ.

“އެއިން..؟” އަހަރެންނަށް ކިތަށްމެހާވެސް ސާފުކޮށް އޭނާ ކީއެއްޗިހި އަޑުއިވުނެވެ.

“އަަހަރެން މިބުނީ ރާނި ނާހިލް ދެކެ ލައިކް ވޭހޭ..؟” ޔޫޝައު ހިގުން މަޑުކޮށްލައިފައި ބަލާލި ސީދާ އަހަރެންގެ ދެލޮލަށެވެ. އަހަރެންނަށް އިރުކޮޅަކު އެފުން ދެލޮލަށް ބަލަން ހުރެވުނެވެ.

“ހެލޯ..” ޔޫޝައު އަހަރެންގެ މުނުމަތި އަތް ހޫރާލަމުން ގޮވާލިއެވެ. އަހަރެން އަވަސްއަވަހަށް މޫނުއަނެއްފަރާތަށް އަނބުރާލީމެވެ.

“އައި ޑޯންޓް ލައިކް ހިމް އެޓް އޯލް..” އަހަރެން މޭމަތީ އަތް ހުރަސްކޮށްލަމުން ބުނެލިމެވެ. ޔޫޝައު އެކެއްޗެކޭވެސް ނުބުނެ ބަލަން ހުރީއެވެ.

“ގަބުލޫ ނުކުރަނީތަ.. ބުނަން ފަސްޓް އޮފްއޯލް އަހަރެންނަށް އަޅައިވެސް ނުލާ މިތާ ކުރިމައްޗަށް އައިސް-”

“އާން އޯކޭ އޯކޭ..” ޔޫޝައު ފެށީ ހޭށެވެ. އަހަރެން ރުޅިއަންނަކަމަށް ހެދިގެން ހުރީއެވެ.

“ބުނަން މިރޭ ދާގޮތަށް ގޮސް ނާހިލް އަށް މެސެޖް ކޮށްފަ ބުނާތި.. ނޫނީ ހީވާނީ ކައިރީ އެނބުރޭ މާބުރެއްހެން..” ޔޫޝައު މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. ގެޔަށް ދިޔަ މަގުމަތީ މާގިނަ ވާހަކއެއް ނުދެއްކެއެވެ.

ޖީސީ ނިމިއްޖެވެ. ބޮލުން ބުރައެއް ލުއިވީއެވެ. މިހާރު އަހަރެން އަބަދުހެން އޮންނަނީ ނިދާފައެވެ. ނޫނީ ފޯނު ހިފައިގެނެވެ. އެކަމަކު ހާސްވަނީ ރިޒަލްޓްސް އާއި މެދުގައެވެ. ދަށުން މާރްކްސް ލިބިއްޖެއްޔާ ނޫނީ ފާސްނުވެއްޖެއްޔާ އަހަރެންގެ ދުވަސްދިޔައީއެވެ. އެތިވަރު ގޮވާލާނެވެ. އަހަރެން ހިތަތް އަރައެވެ. ކިތަތްމެ ވަރަކަށް ހަޅޭލެވިއަސް ވެފައޮތް ކަމެއް ބަދަލެއް ނުވާނެއްނޫންހެއްޔެވެ. އޭގެބަދަލުގައި ލޯބިން ވާހަކަދައްކައި ނަސޭހަތްދީ ކުއްޖާއަށް ހިތްވަރު ދިނމުން ކިތަށްމެހާވެސް ރަގަނޅު ވާނެނޫންހެއްޔެވެ.

އާއެކެވެ. އަހަރެން ހިތަތް އެރި ހަމަރަގަނޅަށެވެ. އަހަރެްނ ހިސާބުންނާއި ފިޒިކްސް އަކުން ފާހެއް ނުވެއެވެ. މަންމަ ހަޅޭލަވާލިއެވެ. އަބަދުހެން ދަމާފަތިވަރު ދަމައެވެ.

“ރާނިޔާގެ މައްސަލައަކީ ކޮބާތަ.. ގޭގަ އޮވެގެން ފޮތް ނުކިޔަ ފޯނާކުޅެން އޮންނަނި ހަމަ.. ދެން މިކަހަލަ ނަތީޖާއެއް ހޯދައިގެން ކިހިނެއް، ކާކު ކަލެއާ އިންނާނީއޭ..” އަހަރެން އިނީ ސިޓިންރުމު ސޯފާގައެވެ. ބައްޕަ ވެސް ނިއްކުރީގައި އަތް އަޅައިލައިގެން ހުއްޓެވެ. އަހަރެން ކޮޓަރިއަށް ވަނީ އެތާ ހުންނަން ބޭނުންނުވެގެނެވެ. އެދުގައި އިށީންދެ އަމިއްލަ ހާލާމެދު ވިސްނާލީމެވެ.

އަަހަރެންމީ މަންމަމެންނަށް ބޮޑު އުދަގުލެކޭ ހިތަތް އަރާފަހަރުވެސް އާދެއެވެ. އަހަރެންގެ މުޅި ދިރިއުޅުން މިވަނީ އެފުއްމިށަށް ޖެހިފައެވެ. މަންމަމެން ފަޙުރުވެރި ވާނެފަދަ ނަތީޖާ އެއްވެސް އަހަރެންނަކަށް ނުހޯދުނެވެ. އެކުވެރިއެއްވެސް ހުރީކީނޫނެވެ. އާއިލާ މީހުންވެސް އަޅައެއް ނުލައެވެ. އަޅެ އެއްމެފަހަރަކުވެސް މަންމަމެން އަހަރެން ކިޔާ އެއްޗިއްސަށް އަޑުއަހާލަބަލާށެވެ. އަޅެ އެއްމެފަހަރަކުވެސް އަހަރެންނާއި އެކީ ވަގުތުކޮޅެއް ހޭދަކޮށްބަލާށެވެ. މަންމަގެ މި ރާނިޔާ މިވަނީތި މަންމަގެ ލޯބަތް ނިކަން ބޮޑަށް އެދިފައެވެ. އަޅެއެއްމެފަހަރަކުވެސް ތި އުގުގައި ބޯއަޅައިގެން އަހަރެންގެ އިހްސާސްތަށް އަޑުއަހާލަބަލާށެވެ. ނޫނެކެވެ. އެވަރުވެސް އޮންނާނި މަންމަމެންނަށް ބޮޑުވެފަ އެވެ. ވަޒީފާ އާއި ހެދި ހުރިހަމައެކަނި ދަރިޔަކަށްވެސް ނުބެލެއެވެ.

އެހެން އިދެ ގިސްލަގިސްލާފައި ރޮވެމުންދިޔައިރުވެސް އެކަކުވެސް އަހަރެންނާއި މެދުނުވިސްނާނެކަން އެނގެއެވެ. ނަމަވެސް އަމިއްލަ ހިތަށް ހަމަޖެހުން ގެނައުމަށް ރޮއިލަންވެސް ޖެހޭނެވެ.

މިހާރު ދެ މަސްފާއިތުވެ ގޮއްސިއެވެ. އަހަރެންގެ ކިޔެވުން އަނެއްކާވެސް ފަށާފިއެވެ. އެއްދުވަހެއްގެ އިރޯއްސުނު ވަގުތެވެ. ސައިބޯލާނަމޭ ހިތާ އަހަރެން ބަދިގެޔަށް ވަނީމެވެ. އޭރު މަންމަ އާއި ބައްޕަ ތިއްބެވެ. މޫނުމަތިން ފެންނަން ހުރީ ސީރިއަސްކަމެވެ. އަހަރެން ފެނުމާއިއެކު އިށީނުމަށް މަންމަ ބުންޔެެވެ. އަހަރެން ހިތަތް އެރިއެވެ. މިހާރު އަހަރެންނަށް ކޮންކަމަކާއި ލެކްޗަރު އަޅަން ހެއްޔެވެ؟

*ނިނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

އަބަދަށް-26

Next

ހިތުގެ ރިހުން (10)

Next
July 18, 2025

ހިތުގެ ރިހުން (10)

Previews
July 17, 2025

އަބަދަށް-26



All Right Reserved!