އެކުގައިވާނަން-7
އެރޭގެ ނިދިން މަހްރޫމް ވެގެން ދިޔައީ ހަޔާ އެކަންޔެށް ނޫނެވެ. ކައިލާން ވެސް މެއެވެ. ނިއްކުރީގައި އަތް ބާއްވައިލައިގެން އޮތީރު އޭނާއަށް ވިސްނެމުން ދިޔައީ މިއަދު ދިމާވިކަންތަކާއި މެދުއެވެ. އެހެން އަންހެންކުއްޖަކު ފެނިގެން ނުވާގޮތެއް މިއަދު އޭނާގެ ހިތަތް ވެއްޖެވެ. ސަބަބެއް ހަމައެއްގޮތަކަށްވެސް ނުވިސްނުނެވެ. ފުރަތަމަ ނަޒަރުންވެސް އެކުއްޖާ ވަނީ ކައިލާންގެ ހިތުންޖާގަ ހޯދާފައެވެ. ކައިލާން އެއީ ކާކުތޯ ބަލަން ބޭނުންވިއެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ؟
*ޕާރްޓް-7*
މިއަދަކީ ސުކޫލު ހުޅުވޭ ދުވަހެވެ. ފަތިހު 5:30 އެލާމު ކޮށްފައިވާ ގަޑި ސޯނާ ވާންފެށިއެވެ. ކަންނެތް ގޮތަކަށް އެލާމް ނިއްވައިލާފައި ހަޔާ ލޯއުގުޅަމުން ތެދުވިއެވެ. ދެން އޭނާ ހަދާންވީ މިއަދަކީ ސުކޫލުގެ ފުރަތަމަ ދުވަސްކަމެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ހަޔާ އަވަސްއަވަހަށް ގޮސް ފާހަނައަށް ވަނެވެ. މިންހާ ވެސް ތެދުވެ އުޅެއެވެ. ލިވާން ބަދިގޭގައި ނާސްތާ ކުރަން އިންދައި ހަޔާވެސް އައެވެ.
“ފައިނަލީ ދޮންތިއާ އެއްކޮށް ސްކޫލަށް ދަނީ.. ޑޫ ޔޫނޯ އައި ހޭވްބީން ވެއިޓިން ފޯދިސް މޯމެންޓް ސިންސް ސެވެން އިޔާޒް އެގޯ..” ލިވާން އާއި ހަޔާ އެއްކޮށް ސައިބުއިގެން ދިޔައީ ރީތިވާށެވެ. ހަޔާ ލޯގަނޑު ކުރިމަތީގައި ހުރީރު މޫނުމަތީގައި ވަނީ އުފާވެރިކަމެވެ. ޔަސްރާ އާއި އެކޮށް އޭނާ ސްކޫލަށް ދަނިއެވެ. އެތަކެއް ދިގު އިންތިޒާރަކަށް ފަހުގަ އެވެ. އާއެކުވެރިން ވެސް ލިބޭނެއެވެ. ވަރަށް މަޖާވެސް ވާނެއެވެ. މިކަހަލަ ފޮނި ހިޔާލުތަށް ކުރަމަުން ހަޔާ ނިކުމެ ބޫޓަށް އެރިއެވެ. ލިވާން އާއި ދެމީހުން އެކުއެކީ ހިގައިގަތެވެ.
ސްކޫލަށް ދިޔަ މަގުމަތީ އުޅޭ ކުދިން މަދެއް ނޫނެވެ. އެކި އުމުރު ފުރައިގެ ކުދިން އެކުވެރިންނާއި އެކީ ހިގައިފައި ދާއިރު މަންޒަރު ކިތައްމެހާވެސް ހިތްގައިމެވެ. ހަޔާހެ ދަންނަން އައީ ރާއްޖޭގައި މިގޮތަށް އެކުވެރި ކުދިންނާއި ސްކޫލަށް އައިސް އުޅޭ ހަދާނެވެ. އެދުވަސްތައް ހާދަ މަޖަލެވެ. ގޭޓުން ވަދެފައި ހަޔާ މަޑުކޮށްލިއެވެ. ޔަސްރާގެ އިންތިޒާރުގައެވެ. މަޑުކޮށްކޮށް ސްކޫލަށް ކުދިން އައިސް ނިމުނުއިރު ވެސް ޔަސްރާ އެއް ނައެވެ. ސްކޫލު ފެށުމުގެ ބެލް ޖެހުމުގެ ކުރިޔަށް އޭނާ އަވަހަށް ކްލާހަށް ދިޔައެވެ. ސަލާމް ގޮވާފައި ކްލާހަށް ވަނުމުން ޓީޗަރު ބުނުއްވީ އިށީނުމަށެވެ. ހަޔާ ހޯދާލީ ހުސް ގޮނޑިއަކަށެވެ. ހުސްކޮށް އިން ދެގޮނޑިކައިރީ ެސް ތިބީ ފިރިހެން ކުދިންނެވެ. ޖަޔާ ދިޔައީ ކުޑަދޮރު ކައިރީ ހުރި މޭޒުގައި ބޯއަޅައިގެން އޮތް ކުއްޖާ ކައިރިއަށެވެ. މީހަކު އައިސް ކައިރީ އިށީން ކަމުގެ އިހްސާސް ކުރެވުނީ ކަންނެއިންގެއެވެ. އޭނާ ބޯ ހިއްލައިލައި ބަލާލި އެވެ. އެފިރިހެން ކުއްޖާގެ ދަންނަގޮތެއް އެބަހުއްޓެވެ. އެކަމު ކޮންތާކުންހެއްޔެވެ؟ ހަޔާ ހިނިތުންވެލުމުން އެކުއްޖާ އަނެއްކާވެސް ބޯޖެހިއެވެ. ހީއްކުރިވަރަށް ވުރެ މާ ފޮނި ބޮޑު މީހެކެވެ. އަޅާނުލާށެވެ.
“ހަޔާ..” ހަޔާ ސިހުނީ ކުރިމަތީ ހުރި ކުއްޖާ އޭނާގެ ނަން ބުނެލުމުން މެވެ. ބަލާލީރު އެކުއްޖާ ލޯހަނިކޮށްހެން ހަޔާހެ ނަން ޓެގްކޮޅާއި ދިމާއަށް ބަލަނީއެވެ.
“ހަޔާ ދޯ..؟” އެކުއްޖާ އަހާލިއެވެ. ޖަޔާ ބޯ ޖަހާލިއެވެ.
“ލޯބި ނަމެއް.. ބައިދިވޭ އައިމް ޒޯޔާ..” ޒޯޔާ އަމިއްލައަށް ތަޢާރަފް ވެލިއެވެ.
“އައި ފީލް ސޮރީ ފޯރްޔޫ، ތިތާ އިންނާން ޖެހުނީމަ.. ރީމާ މިތާ ނީންނަމަ އައި ވިލް ބްރިންގްޔޫ ހިޔާރް..” ޒޯޔާ އޭނާގެ އެކުވެރިޔާއަށް އިޝާރާތް ކޮށްލަމުން ބުނެލި އެވެ.
“އާން ތިހެން ބުނާނީ..” ރީމާ ބުނެލި އެވެ.
“އެނގޭތަ.. ތިފިރިހެނާއާ ރަގަނޅުވާނީ ވާހަކަ ނުދެއްކިއްޔާ..” ރީމާ ސިއްރުސިއްރުން ބުނެލި އެވެ.
“އެއީ..؟” ހަޔާ ހައިރާން ވިއެވެ.
“ތިހޮލާއަކީ ވަރަށް ވިއާރްޑް ގޮލައެއް.. އެކަކާވެސް ވާހަކަ އެއް ނުދައްކާނެ.. އަބަދުހެން އިންނަނީ ކަންފަތަށް އުގުރިޖަހައިގެން.. ދެން އެހެންމީހުން ކިޔާއެއްޗެއް އަޑެއް ނާހާނެ.. އަބަދުވެސް ތިމާ ބޭނުން ގޮތެއް..” ޒޯޔާ މޫނަށް ޖެއްސި ވައްތަރުން ރީމާގެ އިތުރަށް ހަޔާއަށް ވެސް ހެވުނެވެ.
“ތިޔަ މާމަ ގަނޑެއް ހެން އަގަނުތަޅުވަ މަޑުން ހުރެބެ..” ހަޔާ މެންނާއި ޖެހިގެން ތިބި ދެކުދިން ތެރެއިން ކުއްޖަކު ބުނެލި އެވެ.
“އޯހް ޔޫއާރް ޖަސްޓް ސްކެއާރްޑް ކޮޒް މަ ވާހަކަ ދައްކަން ފަށާފިއްޔާ ކަލޭގެ ވާހަކައެއް ބޭރުވާތީތަ..؟” ޒޯޔާ ރައްދުގައި ބުނެލި އެވެ. އެކުއްޖާ އެކައްޗެކޭވެސް ނުބުނެ އެނބުރުނެވެ.
އާދައިގެ ގޮތަކަށް ގަޑިތަށް ދިޔައެވެ. ޖެހިގެން ތިން ގަނޑިޖެހިޖެހިގެން ކިޔަވައި ފައި ދެން ޖެހިގެން އައި ގަނޑީގައި ޓީޗަރެއް ނައެވެ. އެކި ކުދިން އެކިކަންކަމުގައި ޝާމިލުވެ އުޅެއެވެ. ހަޔާ ކައިރީ އިން ކުއްޖާ ވެސް ހެޑްސެޓު ޖަހައިލައިގެން އިނދެ ކޮންމެވެސް އެއްޗެއް ލިޔަނީއެވެ. ހަޔާ ވެސް ސިއްރުސިއްރުން ފޯނު ނަގައި ޔަސްރާ އަށް މެސެޖް އެއް ފޮނިވައެވެ.
“އޭތް ކީއްވެ ސުލޫކަށް ނައީ..؟” ދެ މިނެޓް ތެރޭގައި ޔަސްރާ ރިޕްލައި ދިނެވެ.
“ޝުހޫ ރޭދަންވަރުއްސުރެއް ފަށައިގެން ހޮޑުލަނީ.. ދޮންބެވެސް ނޫޅެ ރަށަކު.. މާމަ ވެސް ކައިރި އަވަށަކަށް ދިޔަގޮތަށް އަދި ނާދޭ.. މިހާ ބަލިކޮށް އުޅޭތީ ނުކެރުނީ ޑޭ ކެޔާރް އަށް ލާން..” ޔަސްރާގެ މެސެޖް ކިޔާލައި ފައި ހަޔާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
“އެހެން.. ޝުހޫ އަށް ބޭސް ދީފިން..؟” ހަޔާ އަނެއްކާވެސް އެއްޗެއް ލިޔަން އުޅެނިކޮށް ކުއްޖަކު އައިސް މޭޒުމަތީ ވަރަށް ބާރަށް ޖެހިއެވެ. ބަލާލީރު މޭޒުމަތީ އަތް ވިއްދައިލައިގެން އަންހެން ކުއްޖެއް ހުއްޓެވެ.
“ސިއްރު ސިއްރުން ކާކަށް މެސެޖް ކުރަނީ.. ތިހާ ވަގައް ނޫޅުނަސް ވާނެ..” އެކުއްޖާ މަލާމާތުގެ ރާގަކަށް ބުނެލި އެވެ.
“ކާކާ މާ ވަގަށް ވާހަކަ ދައްކަނީ..؟” އެކުއްޖާ މިފަހަރު ހަޔާ އަތުން ފޯނު ޖަހައިގަތެވެ. ހަޔާ ވެސް ތެދުވިއެވެ. އޭނާ ވެސް ފޯނުގައި އަތްޖެހޭތޯ އަތް ދިއްކޮށްލިއެވެ.
“ފޯނު ގެނޭ..” ހަޔާ ނުރުހުންވެފައި ހުރެ ބުނެލި އެވެ.
“ހީއްކުރީތަ ތިހާ ފަސޭހައިން ދޭނެކަމަށް..؟” އެހެން ބުނެ އެކުއްޖާ ދުރަށް ހިނގައިގަތެވެ. ހަޔާ އިނީ ހަދާނެ ގޮތް ހުސްވެފަ އެވެ. އޭނާ ވެސް އެދިމާއަށް ހިނގައިގަތެވެ.
އަންހެން ކުއްޖާ ހަޔާގެ ފޯނު ހާވަން އިންދައި އޭނާގެ އަތުގައި މީހަކު ވަރަށް ބާރަށް ހިފިއެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






