Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-4

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
July 6, 2025 2 Mins Read
0 Comments

އަހަރެން ބާރަށް ހިގައިފައި އައިސް ގެޔަށް ވަނީމެވެ. އައިސް ޖޯލީގައި އިށީންދެވުނީ ހަމަކިރިއާއެވެ. ހަމަރަގަނޅަށް ވެސް ރޮވިއްޖެވެ. އަޑު ނުކުމެދާނެތީ އަގަމަތީ އަތް އަޅައިގެން އަހަރެން ހުރީމެވެ. އެއްމެ އެކުވެރިކޮށް އުޅުނު ޔުޝައު ވެސް އަހަރެް ދޫކޮށްލައިފައި ދާން އުޅެނީ ހެއްޔެވެ؟ ކީއްވެހެއްޔެވެ؟ އަހަރެންނަށް ގޯސްކޮށް ކުރެވުނި ކީއްހެއްޔެވެ؟ނުބުނަންޔާކާއެއް އެކަމެއް އިސްލާހުކުރާކަށް ވެސް ނޭންގޭނޫން ހެއްޔެވެ. އޮށޯވެލައިގެން ވިސްނަން އޮށްވައި މީހަކު ގޯތި ދޮރު ހުޅުވާލި އަޑު އިވުނެވެ. އަހަރެން އަވަހަށް ކަރުނަތަށް ފުހެލައިފައި ބަލައިލީމެވެ. އަހަރެން ކުޑަކޮށް ހައިރާން ވިއެވެ.

*ޕާރްޓް-4*

ލަސްހިގުމެއްގައި އަހަރެންނާ ދިމާއަށް އެއަންނަނީ ޔޫޝައު އެވެ. އަހަރެންނަށް ރޮވިދާނެތީ އަހަރެން އަނެއްފަރާތަށް މޫނު އަބުރާލީމެވެ. ޔޫޝައު އައިސް އަހަރެންނާ ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. އަހަރެން ހުރީ ބަހެއްނުބުނުމަށް ނިންމައިގެންނެވެ.

“ކީއްވެ ގޮވީ އެގަޑީގަ..؟” ޔޫޝައު އަހާލި އެވެ. އަހަރެން ބަލާވެސް ނުލަމެވެ. ޔޫޝައު ވެސް އަހަރެެންނަށް އެހެންހަދަންޔާ އަހަރެންނަށްވެސް އެހެން ހެދޭނެއެވެ.

“ރާނީ.. ރުޅިއައިސްތަ..؟” ޔޫޝައު އަހަރެންނާއި ދިމާއަށް ބޯގުދުކޮށްލަމުން އަނެއްކާ ވެސް ވާހަކަދެއްކި އެވެ.

“ރުޅިނައީއާ ދެރަ.. މިހާރު ޔޫޝައު އެއްގޮތަކަށްވެސް އަހަރެންނަކާ ވާހަކައެއް ނުދައްކަ.. އަބަދުހެން ބައިންދަނީ އިގްނޯ ކޮށްލާފަ.. އަހަރެން މަތިން ފޫހިވީދޯ.. އަހަރެންނަށް މައްސަލައެއްނެތް.. އެކަމު ޕްލީސް އަހަރެން ދޫކޮށްލައިފަ ދާންވި ސަބަބު ބުނެދީބަ..؟” އަހަރެން ޝަކުވާ ބޮނޑި އޮއްސާލީމެވެ. ޔޫޝައު ހުރީ ހެވިލާގެން އަހަރެންނާއި ދިމާއަށް ބަލާށެވެ. އަހަރެންގެ ލޯފުރު ކަރުނަ އަންނަން ހުރީ ތައްޔާރަށެވެ. ޔޫޝައު އެއްޗެކޭ ނުބުނެ ބަލަން ހުރީ އެވެ. އެހިތަަތް އަރިފައިބަމުންދިޔަ އެއްޗިހި ހަމައިގޭނީ އޭނާ އަށެވެ.

“ސޮރީ ރާނީ.. އެއީ ރާނީ އަށް ހާރްޓް ކުރާކަށް ނޫން.. އަހަރެން ކުޑަކަމެއް ދިމާވެގެން ބޭނުންވީ ކުޑަ އެކަހެރި ވަގުތުކޮޅެއް..” ޔޫޝައު އެހެން ބުނެލުމުން އަހަރެން ބަލާލީ ހައިރާން ވެހުރެއެވެ.

“ހަމައެކަނި އަހަރެން ފަރާތުންތަ ބްރޭކެއް ބޭނުންވީ..؟ އެހެންމީހުންނާ އެކީ ބޭނުންވަރަކަށް އުޅެންވީ ދޯ..” އަހަރެންނަށް ރޮވެން ފެށުނެެވެ.

“ޕްލީސް ރާނީ ނުުރޮއިބަ.. ފަހުން ހުރިހާ ކަމެއްވެސް ކިޔައިދޭނަން.. ރާނީ އައިސް ސޮރީ ދެން އެހެން އިގްނޯ ކޮށްފައެއް ނުބަހައްޓާނަން..” ޔޫޝައު އަހަރެންގެ އަތުގައި ހިފައި ފިތާލިއެެވެ. އެދެލޮލުން ފެނުނީ ބަޔާން ކުރަންދަތި އަސަރުތަކެކެވެ.

“ކޮންވާހަކައެއް..؟” އަަހަރެން ރުއިން ކޮންޓްރޯލް ކުރަމުން އަހާލީމެވެ.

“ފަހުން.. ވަގުތު އައިސް ޖެހުނީމަ ބުނާނަން..” ޔޫޝައު ރާގުހުރިގޮތުން ހީވަނީ ވަރަށް ސީރިއެސް ވާހަކައެއް ހެންނެވެ. އެހެން ތިއްބައި މަންމަ އާއި ބައްޕަ އައިސް ގެޔަށް ވަނެވެ. އޭރުވެސް ޔޫޝައު ހުރީ އަހަރެންގެ އަތުގައި ހިފާގެންނެވެ. ޔޫޝައު ފެނުމުން މަންމެންގެ މޫނުމައްޗަށް ހިނިތުން ވުމެއް ވެރިވިއެވެ.

“އަހަ ޔޫޝައުތަ..؟ ނުވެސް ފެނޭ މިހާރު އާދޭ ސައިބޯން..” މަންމަ ވަގުތުން ބުނެލިއެވެ. ބައްޕަ ވެސް ޔޫޝައުގެ ހާލު އަހާލައިފައި ގޭތެރެއަށް ވަދެގެން ދިޔައެެެވެ. އަހަރެން ޔޫޝައު ކައިރީ އަންނާށޭ ކިޔައިފައި ތެދުވުމުންވެސް އޭނާ އަހަރެން އަތުން ދުލެއް ނުކުރިއެވެ. އަހަރެން އަތަށް ބަލައިލައިފައި ޔޫޝައު އަށް ބަލާލުމުން ޔޫޝައު އަވަހަށް އަހަރެން އަތުން ދޫކޮށްލި އެވެ. އަދި ބޯކަހާލި އެވެ. އަަހަރެންނަށް ހެވުނެވެ. މަންމަ އާއި އެކީ ސައިހަދައިގެން ސައިބޯން ތިބީރު ދެކެވެމުން ދިޔައީ ޖީސީގެ ވާހަކައެވެ.

“ޔޫޝައު މިމަންޖެއަށް ވިސްނައިދީބަލަ.. އަބަދު ގޭގަ ނޯވެ ބޭރަށް ނުކުމެބަލާށޭ.. ތިހެން އޮވެގެން ބަލިވެދާނެއޭ..” މަންމަ ދެން ދައްކަންފެށީ އެހެން ވާހަކައެކެވެ. އަހަރެން އިސްޖަހައިލައިގެން ހުރީއެވެ. އޭރުވެސް ޔޫޝައުގެ ތޫނު ނަޒަރު އަމާޒުވެފައިވަނީ އަހަރްނާއެވެ.

އިރުކޮޅެއް ވުމުން ޔޫޝައު ދަނީ ކަމަށް ބުނެ ގޯތިތެރެއަށް ނުކުތެވެ. އަހަރެންވެސް ޔޫޝައު ފަހަތުން ނުކުތީމެވެ.

“ޔޫޝައު..” އަަހަރެންނަށް ޔޫޝައު އާއި އަރާހަމަވިއިރު އޭނާ ނިކުންނަނީ އެެވެ. ޔޫޝައު ކިކޭހޭ ބުނުމުން އަހަރެން އިނީ ބުނަންވި އެއްޗެއް ނެއިންގިފައެވެ. ހަގިގަތުގައި އަހަރެން ޔުޝައު އަށް ގޮވީ ހަަމަ ގޮވާލަން ވެގެނެވެ.

“ބާޔް..” އަހަރެން އެއްމެފަހުން ބުނެލީމެވެ.

“ސީޔޫ ޓުމޯރޯ..” ޔޫޝައު ނިކުންނަމުން ހީލިއެވެ. އަހަރެންނަށް ވެސް ހެވުނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ހިތުގެ ރިހުން (6)

Next

އެކްޓަރ (ޕާޓް 22)

Next
July 6, 2025

އެކްޓަރ (ޕާޓް 22)

Previews
July 6, 2025

ހިތުގެ ރިހުން (6)



All Right Reserved!